ބަރާބަރު 8 ޖެހިއިރު ޔާނާ ހުރީ ތައްޔާރުވެގެން ގޭގެ ދޮރުމަތީގައިއެވެ. ޝަރްވާންގެ އިންތިޒާރުގައިއެވެ. ޝަރްވާން އޭނާގާތު ވާހަކައެއް ބުނަން ބޭނުންވާ ކަމަށް ބުނެ މެސެޖްކުރީ 7 ޖެހިފަހުންނެވެ. އަދި އޭނާއާއި އެކީ ތަނަކަށް ދާން 8 ޖަހާއިރަށް ރެޑީވާށޭވެސް އެމެސެޖްގައި ބުނެފައި އޮތެވެ. ނުދާން ހުރެފައި ޔާނާ ރެޑީވީ ޝައުންއާއި އައިރާ ކިޔާވަރުންނެވެ. ޝަރްވާން ބުނަން ބޭނުންވާ ވާހަކައެއް ގޭގައި ހުއްޓަސް ބުނެވޭނޭ ކިޔައި ޔާނާ ވަރަށް ދެކޮޅުހެދިއެވެ. ޝަރްވާންގެ ކާރު ގެކައިރީގައި މަޑުކުރުމުން ޔާނާގޮސް ކާރަށް […]
“އެވްލީން” މުޅި މާހައުލުގައި ގުގުމާލީ އަޑުގެ ނަތްތަނަށް ހަޅޭއްލަވައިގަތް ޔާންގެ އަޑެވެ. ދުވަމުން ދިޔަ އެވްލީންވެސް އޭނާގެ ފިޔަވަޅުތަށް ހުއްޓާލަމުން ފަހަތަށް އެނބުރިލިއެވެ. އޭނާގެ ދެބުމަ ގޮށްޖެހުނެވެ. ދެވަނަ ސިކުންތުގައި ދެލޯ ބޮޑުވިއެވެ. ޔާންގެ ކާރާ ދިމާލަށް އޭނާ ދުއްވައިގަތީ ބިރުން ހުރެއެވެ. އޭނާގެ މޭ ފަޅާފައި ހިތް ނިކުންނަން އުޅޭހެން ހީވެއެވެ. ދާދި ދެންމެއަކު ބާރު ސްޕީޑެއްގައި ދިޔަ ސައިކަލު ޔާން ވިއްސާލާފައި ރައްކާވާންދިޔައެވެ. އެއީ އެ ސައިކަލުގެ މައްސަލައަކަށް ނުވާނެ ނޫންހެއްޔެވެ. މަނާ ކަމެއްކަން […]
އިވާނަށް ހީވީ އޭނާގެ ކަންފަތް ދޮށުގައި ބޮމެއް ގޮއްވާލިހެންނެވެ. ދެލޯ ބޮޑުކޮށްގެން މާނީއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. “ސޭ އިޓް އަގައިން މާނީ” އިވާނަށް ބުނެވުނެވެ. “އިވާން އައި ޑޯންޓް ވޯންޓް ޓު މެރީ ޔޫ.” ފުން ނޭވައެއް ދޫކޮށްލަމުން އަނެއްކާވެސް މާނީ ބުންޏެވެ. “އޯ ޕްލީޒް މާނީ! އަހަރެން ހަތަރު އަހަރު މާނީއަށް ކުރި އިންތިޒާރުގެ ފޮނި މީރުކަމަކީ މީތަ؟ އެތައް އަންހެން ކުދިންނެއް އަހަންނާ އިންނަން އެހުމުން އެކަމާ އެއްބަސް ނުވެ އަހަރެން ހުރީ […]
ބޭބެ ހާސްނުވޭ. އަހަރެން އެކަންތައް ކުރާނަން” އެ މީހާގެ ކޮނޑުގައި އަތްއަޅާލަމުން އިވާން ބުންޏެވެ. އޭރު އޭނާގެ ތުންފަތް މަތީގައި ނުލަފާ ހިނިތުންވުމެއް ހުއްޓެވެ. “އެކަމު މިހާރު މާ ލަސްވެއްޖެ އަހަރެން ބޭނުން އަފްރާގެ ދަރި ނާކާމިޔާބު ކުރަން. މިހާރުވެސް މާމޮޅު ކުޅުންތެރިއަކަށް ވެގެން ބޭރު ގައުމުތަކަށް ގޮސް ވަރަށް ފޮނިވެގެން އޭޭނަ އެއުޅެނީ. ލޯބި ނުލިބުނީމަ ހިތަށް ކުރާނެ އަސަރު އަފްރާގެ ދަރިއަށް ވިސްނަދޭންޖެހޭނެ އޭރުން އަފްރާއަށްވެސް އެއްޗެއް ވިސްނޭނެ. އަފްރާ ކުރި ކުށުގެ ސަޒާ […]
ދާނިޔަލް އެއްފަރާތަކަށް މޫނު އަނބުރާލި އިރު ގާތުގައި އިން އަޒާން ފެނިފައި ފުޅާ ހިނިތުންވުމެއް އޭނާއަށް ރައްދުކޮށްލިއެވެ. “އަޒާން ހާދަ ދުވަހެއް ވެއްޖޭ ދިމާ ނުވާތާ..” އަޒާން އާއި ދާނިޔަލްއަކީ އެއްކޮށް ވަޒީފާއަށް ނިކުތް ދެ ޑޮކްޓަރުންނަށް ވުމުން މިވީ އެއްވަރަކަށް އަހަރު ދުވަސްތެރޭ އެދެމެދުގައި ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. “ކުޑަ ޗުއްޓީއެއްގަ ހުރީ އެއިރު ފެމިލީ ކަމެއް ދިމާވެގެން..” އަޒާން ހިނިތުންވުމަކާއެކު ބުނެލިއެވެ. ދާނިޔަލްވެސް އެހެން ހެއްޔޭ ބުނެލިއެވެ. ދެމީހުންގެ ވާހަކަ މެދުކަނޑާލީ އެތެރެއަށް […]
“ދާނިޝް…!” އެވަގުތު ބަދިގެ ތެރެއިން ދާނިޝް ފެނުމުން ރީޝާ ހައިރާންވިއެވެ. ލިބުނު އެހައިރާން ކަމާއިއެކުު މަޑުމަޑުން ދާނިޝްގެ ނަން ދުލުގެ ކުރިއަށް ގެނައީ ޔަޤީން ކުރަން ދަތިވެފައި ވާކަހަލަ ގޮތަކަށެވެ. ދާނިޝް މާލޭޭގައި ނެތްކަމަށް ވަސީމާ ބުނެެފައިވާތީ ރީޝާގެ ހިތުގައި ސުވާލުުތަކެއް އުފެދެންފެށިިއެވެ. މިިވަގުތު ރީޝާއަށް އެ ފެންނަނީ ވަސީމާ ބުނިގޮތާއި ޚިލާފު މަންޒަރަަކަށް ވީތީ އެއީ ހުވަފެނެެއް ނޫންބާއޭ ވެސް އޭނާގެ ހިތަށްއެރިއެވެ. “ރީޝާ…!” އެއްލި ކަޅިއަކުން ކުއްލިއަކަށް ރީޝާ ފެނުމުން ދާނިޝްއަށް ވެސް ލިބުނީ […]
އެވަގުތު ލޯންޗަށްއެރި ވިޝާލްފެނި އާލާގެ ދެލޯ ބޮޑުވިއެވެ. ލޮލަށް ކަރުނަޖަމާވާންފެށީ ބަސް ބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. އެއްފަހަރު ކުރިމަތީގައި އިން ނަސީރަށް އަނެއްފަހަރު ވިޝާލްއަށް ބަލަމުންދިޔައިރު ހަދަންވީ ގޮތެއް އާލާއަކަށް ނޭނގުނެވެ. ތަންކޮޅެއް ދުރުގައި ވިޝާލް އިނެއްކަމަކު ވިޝާލްގެ މޫނު ކިތަންމެހާވެސް ރީތިކޮށް އާލާއަށް ފެނެއެވެ. އަޅައިގެން އިން މޫނުބުރުގާ ނެގުމަށްފަހު ވިޝާލް ކައިރިއަށް ދާންވެސް އާލާ ބޭނުމެވެ. ނަމަވެސް ސަމީރާގެ އިންޒާރުތައް ހިތައް އެރިޔަސް ބިރުން ފިއްކަނޑައިގެން ދާވަރުވެއެވެ. ސަމީރާއަށް ވިޝާލްއަކީ ކާކުކަން އެނގިއްޖެއްޔާ ހަދާނެ […]
“ރޫހީ ކުޑަކޮށް ފަލަވެއްޖެ ދޯ..” ޒަޔާން ކާރު ދުއްވާލަމުން ބުނެލިއެވެ. ދޮރާއި ހަމައަށް އައިސް ހުއްޓުނު އައްރާދަށް ރުހާނީއާއި ޒަޔާން ކާރަށް އެރިތަން ފެނުމުން ގައިން ލޭކެކި ގަތެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ދެމީހުންގެ ފަހަތުން ސައިކަލުގައި ދުއްވާލިއެވެ. “އާރ ޔު ޕްރެގް…” ޒަޔާން އެހެން ބުނުމުން ރުހާނި ދެލޯ ބޮޑުކޮއްލިއެވެ. ‘ނޫން..” އަވަހާ ނޫނެކޭ ބުނުމަށްފަހު ރުހާނީ އަނެއް ފަރާތަށް އެނބުރުނެވެ. ކާރުގެ ލޯގަނޑުން ފަހަތަށް ބަލާލި ޒަޔާން އަދިވެސް ހުރީ ހީލައިގެންނެވެ. “ސޮރީ… އެކަމް […]
“މަށަކަށް….” މީޓްކުރަން ޔާނިއު ބުނުމުން އޭނާއަކަށް ނުކެރޭނެކަމަށް ބުނަން އުޅެނިކޮށް ޔާނިއު ފޯނު ކަނޑާލިއެވެ. ފައިހާ ހާސްވެގެން ދެކޮޅަށް ހިނގަން ފެށިއެވެ. ޔާނިއު އެހެން ބުނެފިއްޔާ އަންނާކަން ފައިހާއަށް ޔަގީންވިއެވެ. ދެން ހަދާނީ ކިހިނެއްބާއެވެ. ފައިހާ އިންތިހާއަށް ބިރުވެސް ގަނެއެވެ. އެކަމަކު ޔާނިއު މީޓްކުރަން ބުނުމުން މީޓްކުރަންވެސް ބޭނުންވެއެވެ. އެންމެފަހުން ފައިހާ ގޮތެއް ނިންމިއެވެ. ގަޑިން 11 ޖަހަން 2 މިނިޓަށް ވީތަނާ ފައިހާ މަޑުމަޑުން ގޭގެ ސިޓިންގ ރޫމްއިން ގޯތިތެރެއަށް ނުކުންނަން ހުރި ދޮރު ހުޅުވާލުމަށްފަހު […]