“ދާނިޝް…!” އެވަގުތު ބަދިގެ ތެރެއިން ދާނިޝް ފެނުމުން ރީޝާ ހައިރާންވިއެވެ. ލިބުނު އެހައިރާން ކަމާއިއެކުު މަޑުމަޑުން ދާނިޝްގެ ނަން ދުލުގެ ކުރިއަށް ގެނައީ ޔަޤީން ކުރަން ދަތިވެފައި ވާކަހަލަ ގޮތަކަށެވެ. ދާނިޝް މާލޭޭގައި ނެތްކަމަށް ވަސީމާ ބުނެެފައިވާތީ ރީޝާގެ ހިތުގައި ސުވާލުުތަކެއް އުފެދެންފެށިިއެވެ. މިިވަގުތު ރީޝާއަށް އެ ފެންނަނީ ވަސީމާ ބުނިގޮތާއި ޚިލާފު މަންޒަރަަކަށް ވީތީ އެއީ ހުވަފެނެެއް ނޫންބާއޭ ވެސް އޭނާގެ ހިތަށްއެރިއެވެ.
“ރީޝާ…!” އެއްލި ކަޅިއަކުން ކުއްލިއަކަށް ރީޝާ ފެނުމުން ދާނިޝްއަށް ވެސް ލިބުނީ ސިހުމެކެވެ. އެ ސިހުމާާއިއެކު ހިތާހިތުން ރީޝާގެ ނަން ކިޔާލެވުނީީ ލިބުނު ހައިރާން ކަމާއިއެކު ޝައްކެއްމަތީ ހުރެއެވެ. “ރީޝާ މިގޭގަ…މީ އަނެއްކާ ޙަޤީޤަތެެއްބާ…؟” ދާނިޝްގެ ސިކުނޑި އޭނާގެ ނަފުސާާއި ސުވާލު ކުރަން ފެށިއެވެ. ކަޅިޖަހައި ނުލައި ޔަޤީން ނުވާހާލުގައި ރީޝާއަށް ބަލަހައްޓައިގެން ހުރިއިރު ރީޝާގެ ނަޒަރުވެސް ހުއްޓިފައި ހުރީ ދާނިޝްއަށެވެ. “އެއްޗެއް ވެއްޓުނު އަޑު އިވިގެން…” ސުވާލުތަކުން ފުރިފައިވާާ ނަޒަރަކުން ދާނިޝް ބަލަން ހުރުމުން ރީޝާ ވާހަކަ ދައްކަންފެށިއެވެ. އެއާއިއެކު ދާނިޝްގެ ޝައްކު ޔަޤީނަަކަށް ބަދަލުވެެގެންދިއެެވެ. ހަމަ ޙަޤީޤަތުުގައި ވެސް ރީޝާ އެވަގުތު އެތާނގައި ހުރިކަން ދާނިޝްއަށް އެނގިގެންދިއެވެ. “ކައްކަން ނޭނގޭ މީހުން ބަދިގެއަށް ވަނީމަ އަޑުއަޑު ވެސް އިވޭނެ…މަންމަ ވެސް މަށަަށް ކައްކަން ދަސްކޮށްދިނީީކީ ނޫން…” މުށިތައް މައްޗަށް ވެއްޓިފައިއޮތް ސަމުސާ ނަގަމުން ދާނިޝް ބުނެލިއެވެ. “އަހަރެން ހީކުރީީ ޙަޤީޤަތެެއް ނޫންކަމަށް…އެކަމަކު..މިހާރު ޔަޤީންވެއްޖެ…” ފުން ނަޒަރަކުން ރީޝާއަށް ބަލާލަމުން ދާނިޝް ބުނެލިއެވެ. ދާނިޝްގެ އެ ބަލާލުން ރީޝާގެ ހިތަށް ބިރުވެރިކަން ވައްދާލިއެވެ. ގަސްތަަކާއި ނުލައި ހިތުގެ ތެޅުން އަވަސްވާންފެށިއެވެ. “މަންމަ ބުނީީމަ މަޑުކުރީީ…ދާނިޝް މާލޭގަަ ނެތްކަމަށް މަންްމަ ބުނި…” ތެޅިތެޅި އޮތް ހިތަށް ހަމަޖެހުމެއް ލިބޭތޯޯ ކަންވީގޮތް ރީޝާ ބުނެލިއެވެ. “އާނ…ގެއިން ނިކުމެ ލޯންޗުދޮށަށް ދިޔައީ އެ މަޤުޞަދުގަ… އެކަމަކު…ދާންއުޅުނު ހިސާބަށް މާ ބޮޑަށް ވިއްސާރަވީމަ ދަތުރު ކެންސަލް ކުރީީ…މަންމަގާތު އެެވާހަކަ ނުބުނެވުނީ…” ރީޝާ ބުނި ޖުމްލައާއި ގުޅުވައިގެން ކަންވީގޮތް ދާނިޝް ހާމަކޮށްލިއެވެ. “އަހަންނަށް އެހީވެދީފާނަންތަަ…؟ މި ކައްކާލަން… ނޭނގިގެން މި އުޅެނީ…” އަތުގައި އޮތް ނޫޑްލިސް ޕެކެޓު ދައްކާލަމުން ރީޝާގެ އެހީއަކަށް ދާނިޝް އެދުނެވެ. ދާނިޝްގެ މޫނުމަތިން ފެނުނު މަންޒަރުން އެވަގުތު ދާނިޝްއަށް އެހީވުން ނޫންގޮތެއް ނެތްކަމަށް ރީޝާގެ ޒަމީރު ބުނެލިއެވެ. އެހެންކަމުން, އިތުރު ޝަކުވާއަކާއި ނުލައި ދާނިޝް ދިއްކޮށްލިި ނޫޑުލިސް ޕެކެޓު ގައި ހިފާލުުމަށްފަހު އެ ތައްޔާރު ކޮށްލުމަށް ރީޝާ އުޅެގަތެވެ.
ހަމަހިމޭންކަން ކަންމަތީީ ރީޝާގެ ހަރަކާތްތަައް ބަލަން މާދުރުނޫން ހިސާބެއްގައި މަޑުކޮށްލައިގެން ދާނިޝް ހުއްޓެވެ. ދުލުގައި ތަޅުލެވިފައި ވިޔަސް ބުނަން ބޭނުންވެފައިވާ ކިތަންމެ ވާހަކައެއް އެ ދުލުގައި ހައްޔަރު ވެފައި ވާކަން ދާނިޝްގެ ނާޒުކީީ ލޮލުންވެސް ހާމަވާން ހުއްޓެވެ. ކަޅިޖަހައި ނުލައި ރީޝާގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އެދެމެދަަށް ގަސްތަަކާއި ނުލައި އެޅެމުން އައި ހުރަސް ދާނިޝްގެ ހިތަށް އުނދަގޫ ކުރަންފެށިއެވެ. ރީޝާގެ މޫނުމަތީގައި ވިހުރެމުންދިއަ އިސްތަށިކޮޅު ދާނިޝްގެ ހަމަހިމޭންކަން ނަގާލަން ދަޢުވަތު ދިންކަހަލައެވެ. މަޑުމަޑުން ގޮސް ރީޝާގެ މޫނުގައި ބީހެމުންދިއަ އިސްތަށިކޮޅު އެއްފަރާތް ކޮށްލި ވަގުތު ހައިރާން ވެފައި ދާނިޝްއަށް ރީޝާ ބަލާލިއެވެ. ކޮންމެެސް ވަރަކަށް ހިތަށް ބިރުވެރިކަން ވަނުމާއިއެކު ދާނިޝްއާއި ކުޑަތަންކޮޅެއް ދުރަށް ރީޝާ ޖެހިލިއެވެ. ދާނިޝްއާއި ދުރަށް ރީޝާ އަޅާލި ކޮންމެ ފިޔަވަޅަކަށް ރީޝާއާއި ކައިރިއަށް ދާނިޝް ފިޔަވަޅެއް އެޅިިއެވެ. ދާނިޝްގެ އެ ހަރަކާތުުން ރީޝާއަށް އުނދަގޫވިއެވެ. އެހެންކަމުން, ނޫޑުލިސްގަނޑު ކެކިގަތުމާއިއެކު އުނދުން ނިވާލައިފައި އަވަސް އަވަހަށް އެތަނުން ދިއުމަށް ރީޝާ މަސައްކަތް ކޮށްލިއެވެ.
“އަހަންނަށް މަޢާފު ކުރޭ…!” ކުރިއަށް ހިނގައިގަތް ރީޝާގެ އަތުގައި ހިފާލަމުން ދާނިޝް ބުނެލި އެ ތިން ލަފުޒުން ރީޝާއަށް ހީވީ ހޮނުގުގުރިއެއް ޖަހާލިހެނެވެ. އެތައް ދުވަހަކަށް ފަހު ދާނިޝްގެ ދުލުން ބޭރުވި އެ ލަފުޒުތައް އަޑުއިވުމާއިއެކު ރީޝާގެ ހަށިގަނޑު ގަނޑުވި ކަހަލައެވެ. ގުޑިލަން ވެސް ނޭނގިފައި އިރުކޮޅަކު ހުރުމަށްފަހު ހައިރާންވެފައި ދާނިޝްގެ ލޮލާއި ލޯ އަމާޒުކޮށްލީ އެއަޑުގެ ޞައްޙަކަން ކަށަވަރު ކޮށްލުމަށެވެ. “އަހަންނަށްް މިހާރު ހުރިހާކަމެއް ވެސް އެނގިއްޖެ…ހުރިހާ ޙަޤީޤަތެެއް ވެސް އެގިއްޖެ…ރީޝާ އަހަންނަށް ސިއްރުކޮށްލި ހުރިހާ ސިއްރެއް ވެސް އަހަންނަށް ހާމަވެއްޖެ…” ރީޝާއާާއި ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ ދާނިޝް ބުުނެލިއެވެ. “އެކަމަކު…އެހުރިހާ ޙަޤީޤަތެެއް އަހަންނަށް އެނގުނީ ވަގުތު ފާއިތުވި ފަހުން…ރީޝާ އަހަންނަށް ބޭވަފާތެރިވީ ކީއްވެކަން އަހަންނަށް އަންގައިދިނީ ހަނާގެ ޑައިރީ…އާދިލްއާއި ރީޝާގެ ގުޅުން އަހަންނަށް ހާމަކޮށްދިން ހަނާގެ ޑައިރީ އަހަންނަށް ފެނުނީ ރީޝާ ވަރިކުރި ފަހުން…” ރީޝާގެ އަތުގައި ހިފަހައްޓައިލަައިގެން ހުރެ ރީޝާގެ ހުރިހާ ހަޤީޤަތެެއް އެނގިފައި ވާކަމާއި އެކަން އެނގިގެންދިއަ ގޮތް ދާނިޝް ހާމަކޮށްލިއެވެ. ރީޝާ ސިއްރުކުރި ހުރިހާ ކަމެއް ހަނާގެ ޑައިރީގައި ލިޔެފައިވާ ކަމަށް ދާނިޝް ބުނުމުން އަނެއްކާވެސް ރީޝާއަށް ލިބުނީ ސިހުމެކެވެ. އެކަން ހަނާއަށް އެނގުނީ ކިހިނެއްބާއޭ އޭނާގެ ހިތަށްއެރި ވަގުތު ހަނާގެ ޑައިރީގައި ވާގޮތަށް ހަނާއަށް ރީޝާގެ ޙަޤީޤަތް އެނގުނު ދުވަހު ކަންހިނގައިދިޔަ ގޮތުގެ ވާހަކަ ދާނިޝް ރީޝާއާއި ޙިއްޞާކޮށްލިއެވެ.
ފެންކަޅިވެެފައިވާ ދާނިޝްގެ ލޮލަށް ބަލަހައްޓައިގެން ހުރިއިރު ރީޝާގެ ލޮލުގެ އެސްފިޔަ ތަކުގެ ތެރެއިން ކަރުނަ ހިލެން ލަހެއް ނުވިއެވެ. ހުރިހާ އުފާތަކެއް ޤުރުބާން ކޮޮށްފައި އެންމެގާތް އެކުވެރިޔާއަށްޓަކައި ލޯބިވެރިޔާ ޤުރުބާން ކުރަން ޖެހުނު އެ މަންޒަރު ރީޝާގެ ހިތަށް ސިފަވުމުން އޭނާގެ ކޯތާފަތް ތެމިގެންދިއެވެ. ނަމަވެސް އެކަރުނަތަކަށް އިތުރު ފުރުސަތެއް ނުދިނުމަށް އަވަސް އަވަހަށް ކޯތާފަތް ތެތްމާލި ކަރުނަތައް އެއްއަތުން ފޮހެލަމުން އަނެއް އަތް ދާނިޝްގެ އަތުތެރެެއިން ދަމައިގަތެވެ. އެއަށްފަހު އަނެއްކާވެސް ދާނިޝްގެ ކުރިމަތިން ދިއުމަށްް ކުރިއަށް ދެތިން ފިޔަވަޅެއް އަޅާލިއެވެ. އެހެނަސް..އެކަން ނާކާމިޔާބުވާން ނެގީ ދެތިން ސިކުންތެކެވެ. މާޒީގެ ޞަފްޙާތަކަށް ޣަރަޤުވާން ހިތް ދެކޮޅު ހެދުމުގެ ސަބަބުން އެހަނދާންތައް އެއްފަރާތް ކޮށްފައި ދާނިޝްގެ ކުރިމަތިން ދިއުމަށް ރީޝާ ކުރި މަސައްކަތައް ދާނިޝް ހުރަސްއެޅިއެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް ރީޝާގެ ކުރިމައްޗަށް އަރަަަމުން ދާނިޝް ރީޝާ ހުއްޓުވިއެވެ. އަދި މަޑުމައިތިރި ކަމާއިއެކުު ރީޝާގެ މޫނުގައި ދެއަތުން ހިފާލަމުން ހިތުގައި ކެކެމުން އައި އުދާސްތައް ހާމަ ކުރަންފެށިއެވެ. “އަހަރެން ޤަބޫލްކުރަން… އަހަންނަށް ކުށް ކުރެވިއްޖެ…ރީޝާއަށް އެތައް އަނިޔާއެއް ދެވިއްޖެ…ހިތަށްއެރިހާ އެއްޗެއް ރީޝާއާއި ދިމާއަށް ކިޔުނު…އެކަމަކު މިއަދު އެހުރިހާ ކުށަކަށް އަހަރެން މަޢާފަށް އެދެން…އާދޭސްކޮށްފަ ބުނަން…އަހަންނަށް މަޢާފު ކުރޭ…! ދެން ދުވަހަކުވެެސް އަހަރެންް ރީޝާގެ ހިތް ރޮއްވަައެއް ނުލާނަން…ދުވަހަކުވެސް ރީޝާއަކަށް ނަފުރަތެެއް ނުކުރާނަން…” ދާނިޝްގެ ލޮލުން ސިއްރު ސިއްރުން ނިރާލި ކަރުނައާއިއެކު ކުރެވުނު ހުރިހާ ކުށަކަށް ޢިޢުތިރާފްވެ އެކުށަށް މަޢާފަށް އެދި އާދޭސްކުރިއެވެ. އެ އާދެހުގައި ރިހުމާއި ތެދުވެރިކަން އެކުލެވިފައިވާާއިިރު ކަރުނައިން ތެމެމުންދިއަ ދާނިޝްގެ ލޮލުން ރީޝާއަށް ސިފަވަމުން ދިއައީ މީގެ ދެ އަހަރު ކުރިން އެލޮލުން ރީޝާއަށް ފެނުނު ލޯތްބެވެ. އިންތިހާ ދަރަޖައަށް ރީޝާދެކެ ދާނިޝްވީ އެ ލޯބީގެ ހުރިހާ ޖަޒުބާތެެއް, ހުރިހާ ސިފަތަކެއް އެވަގުތު ރީޝާއަށް އިޙްސާސް ކުރެވުނެވެ. އެހެނަސް..އެ ހުރިހާ ކަމެއް އިޙްސާސް ކުރެވެން ހުރި ހާލުގައި, މޫނުމައްޗަށް ނުރުހުންވުން ވެރިކުރުވަަން ރީޝާ މަސައްކަތް ކުރީ ދާނިޝް ދައްކަމުން ދިއަ ވާހަކަތަކާާއި އަސަރުން ފުރިފައިވާ ދެލޮލުން ފާޅުވާން ހުރި ރިހުމާއި ކަރުނައިިން ހިތް ބަލިކަށިވިޔަ ނުދިނުމަށް އޭނާގެ ސިކުނޑި ބާރު އަޅަަމުންދިއަ ކަހަލަ ގޮތަކަށެވެ.
“އަހަރެންގެެ ހިތްް ދުވަހަކުވެސް ދާނިޝްއަކަށް މަޢާފެއް ނުކުރާނެ…ދުވަހަކުވެސް އަހަރެންގެެ ހިތަކުުން ދާނިޝް ކުރި އަނިޔާތަކެއް ނުފިލާނެ… އަހަރެންގެެ ހިތަށް ދިން ވޭނާއި ކެކުޅުންތައް ދުވަހަކުވެސް އަހަރެންގެެ މި ހިތަކުން ފޮހެވިގެނެެއް ނުދާނެ…” ދާނިޝްގެ އަތުުގައި ހިފައި މޫނާއި ދުރުކޮށްލަމުން ނުރުހުމާއެކު ރީޝާ ބުނެލިއެވެ. “ހަމަ އެންމެ ކަމެއްގެ ސަބަބުން ދާނިޝްގެ ހިތުގަ އަހަންނާމެދު ނަފުރަތު އުފައްދާ ހިތްކަޅުކޮށްލީ އޭގެ އެންމެ އިންތިހާއަށް…އެހަނދާންތައް އަހަރެންގެެ ހިތަކުން ދުވަހަކުވެސް ނުފިލާނެ…އަހަރެންގެެ އެންމެގާތް އެކުވެރިޔާއަށްޓަކައި ދާނިޝްގެ ހަޔާތުންް އެއްފަރާތްވީ އަހަރެންގެެ އުފަލަށްވުރެ ބޮޑަށް އަހަރެންގެ އެކުވެރިޔާގެ އުފަަލަށްޓަކާ…އަމިއްލަ އުފާތަކަށްވުރެ ބޮޑަށް އަހަންނަށް މުހިންމުވީ ހަނާގެ އުފާތައް…ސަބަބުތައް ބައިވަރު…މީގެ ހަ އަހަރު ކުރިން އަހަރެންގެެ ފުރާނަ ސަލާމަތް ކުރަން ގަދަ އޮއިވަރު ތަކުގެ ތެރެއަށް ހަނާ ފުންމާާ ނުލިނަމަ މިއަދު ހަނާއަށްވުރެ ކުރިއަށް ފަސްދަށުުގަ ވާނީ އަހަރެންް…އެދުވަހު ހަނާއަށް އަމިއްލަ ނަފްސަށްވުރެ ބޮޑަަށް މުހިންމުވީ އަހަރެންގެެ ނަފްސު…އަހަރެންގެ ފުރާނަ…ފަޅި ސިކުންތެއްވެސް ވިސްނާލަން ހޭދަ ނުކޮށް ގަދަ އޮއިވަރުގެ ތެރެއިން އަހަރެންް ސަލާމަތް ކުުރި އެމަންޒަރު އަދިވެސް ހަނދާނުގައި އެބަހުރި…” ދާނިޝްގެ ލޯތްބާއި ދުރަށް ޖެހިލި ސަބަބު ރީޝާގެ ދުލުން ފުރަތަމަ ފަހަރަށް ހާމަކޮށްލިއެވެ. ހަމައެހެންމެ މީގެ ހައަހަރު ކުރިން ދިމާވި ހާދިސާއެއްގެ ވާހަކަ ހާމަކޮށްލިއެވެ.
“އެކަމަކު..ހަނާގެ ޙައްޤުގައި ދާނިޝްގެ ހަޔާތުން ބޭރުވުމަށް އަހަރެން ނިންމި ނިންމުން, އަހަންނަށް އެހާބޮޑު އަދަބެއް ލިބިދާނެ ކަމަކަށް ހިއެއް ނުކުރަން…ދާނިޝްގެ ނަފުރަތުުން ފުރިގެންވީ އަނިޔާވެރިކަމާއި ކުރިމަތިލާން ޖެހިދާނެ ކަމަކަށް ފަހަރެއްގައި ވެސް ހިއެއްނުކުރަން…ޝާޔާކޮއްކޮ ނިޔާވި ޚަބަރު އާދިލްގެ ފަރާތުން އަހަންނަށް ލިބުނު އެރޭ ދާނިޝް ޢަމަލުކުރިގޮތް ދުވަހަކުވެސް ހިތަކުން ނުދާނެ…ދާނިޝްގެ ދުލުން ބޭރުކުރި ބަސްތަކާ އަނިޔާވެރި ޢަމަލުތައް ހަނދާންނައްތާލާ, ދާނިޝްއަށް މަޢާފު ކުރާނެ ހިތްވަރެއް އަހަރެންގެެ ގަޔަކު ނެތް…” ހިތުގައި ފޮރުވާާލި ހުރިހާ އުދާސްތަކާއި ކެކުޅުންތައް އެކީއެކައްޗަކަށް ދާނިޝްގެ ކުރިމައްޗަށް ރީޝާ ބަންޑުން ޖަހާލިއެވެ. ހިތް ހުޅުވާލުމަށްފަހު އެ ހިތަށް ކޮޮށްފައިވާ އަސަރުތަކާއި ޒަޚަމުތައް ހާމަކޮށްލީީ ކަރުނައާއި އެކުގައެވެ. ރީޝާގެ އެވާހަކަތައް އަޑުއަހަން ދާނިޝް ހުރީ ކުށަށް އިޢުތިރާފްވާ ހާލުގައެވެ. ރީޝާ އޭނާގެ ހިތުގެ ނިންމުން ދާނިޝްއަށް ހާމަކުރުުމަށްފަހު އެތަނުން ދިއައީ މަޢާފަށް އެދި ދާނިޝް އާދޭސް ކުރަމުން ދަނިކޮށެވެ.
ކޮޓަރިއަށް ވަދެ ދޮރުފަތް ލައްޕާލުމަށްފަހު ދޮރުފަތުުގައި މަޑުމަޑުން ރީޝާ ލެގިލިިއެވެ. އެވަގުތު ހޯސްލާފައި ލޮލުން އޮހިގެންދިއަ ކަރުނަތައް, ދާނިޝްގެ ޢަމަލު ތަކުން ރީޝާގެ ހިތް ކަތިލެވިފައިވާ މިންވަރު ހާމަކޮށްދިނެވެ. އިންތިހާއަށް ލޯބިވި އިންސާނާގެ ފަރާތުން އެކިދުވަސް ދުވަހު އެކި ގޮތްގޮތަށް ލިބުނު އަނިޔާތައް ފަރުދާއަކާއި ނުލައި ސިފަވާން ފެށުމުން ގިސްލަގިސްލާފައި ރީޝާއަށް ރޮވެންފެެށުނެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް މިއަދު ރީޝާއަކަށް އޭނާގެ ކަރުނައެއް ނުހިފޭއްޓުނެވެ. ގިސްލުމެއް ނުހިފޭއްޓުނެވެ. ދާނިޝްގެ ސަބަބުން ރީޝާގެ ނިކަމެތި ހިތް ކުދިކުދިވެފައި ވާކަން ވޭނުން ފުރިގެންވީ ރީޝާގެ ރުއިމުގެ އަޑު ހާމަކޮށްދެމުން ދިއައެވެ.
ދުވަހަކުވެސް މަޢާފު ނުކުރާނެ ކަމަށް ރީޝާ ބުނިބުނުން ދާނިޝްގެ ހިތް ރޮއްވަމުން ގެންދިއެެވެ. ރީޝާއާއި ވަކިން ދެން ނޫޅެވޭނެއޭ އޭނާގެ ބޭޤަރާރު ވެފައިވާ ހިތްް ބުނަމުން ގެންދިއައިރު ރީޝާގެ މަޢާފު ލިބޭނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުންދިއެވެ. ރީޝާގެ މަޢާފު ހޯދަން ކުރާނީ ކީއްބާއޭ އަމިއްލަ ނަފުސާއި ސުވާލު ކުރަމުންދިއަައިރު ރީޝާގެ ލޯތްބާއި އޯގާތެރިކަމާއި ނުލައި ނޫޅެވޭނެއޭ އޭނާގެ ހިތާއި ސިކުނޑި ބުނަމުން ގެންދިއެވެ.
ރީޝާއަށް ލޯހުޅުވައިލެެވުނީ އޭޭނާގެ ފޯނު ރިންގުވާ އަޑަށެވެ. ގައިމަތީީ އޮތް ރަޖާގަނޑު އެއްފަރާތް ކޮށްލަމުން އެނދުން ތެދުވެ ޑްރެސިން ޓޭބަލު މަތީގައި އޮތް އޭނާގެ ފޯނާއި ދިމާއަށް ހިނގައިގަތެވެ. ގުޅަމުން ދަނީ އޭނާގެ މަންމަކަން އެނގުމުން ލަސްނުކޮށް ފޯނުނަގައި ވާހަކަ ދައްކަންފެށީީ އަނެއްކާވެސް އެނދާއި ދިމާއަށް ހިނގައިގަންނަމުންނެވެ. އޭގެ ހިލަމެއް ވެސް ނުވާފަދައިން ގަދަނިދީގައި ކުޑަކުޑަ ހަނާޝްއޮތެވެ. ޒުލޭޚާއާއި ދައްކަމުން ދިއަ ވާހަކައިގެ ތެރެއިން ހަނާޝް ނިދައިފައި ވާކަމަށް ރީޝާ ބުނެލިއެވެ.
ކުޑައިރުކޮޅަކު ޒުލޭޚާއާއި ވާހަކަ ދައްކާލަން ހުރުމަށްފަހު ފޯނު ބާއްވާފައި ރީޝާ ކޮޓަރިން ބޭރަށް ނިކުތީ ހެނދުނުގެ ސައި ތައްޔާރު ކުރަން ވަސީމާ އުޅޭނެއޭ ހިތަށް އަރުވާލާފައި ވަސީމާއަށް އެހީތެރިވެލުުމުގެ ނިޔަތުގައެވެ. އެވަގުތު ސޯފާގައި ނިދައިފައިއޮތް ދާނިޝް ރީޝާގެ ލޮލުގައި އަޅައިގަތެވެ. އެއާއިއެކު އެރޭގެ މަންޒަރުތައް ކުރު ގޮތަކަށް ސިފަވެގެންދިއެވެ. ދާނިޝްގެ ބޯދަށުން ކައްސާލައިގެން މުށިތައް މައްޗަށް ވެއްޓިފައިއޮތް ބާލިސް ފެނުމުން ރީޝާގެ ސިކުނޑިއަށް ބާރުކޮށްލިއެވެ. އެމަންޒަރު ބަލަން ހުންނަން އުނދަގޫވުުމުން ހިތާއިދެކޮޅަށް ނަމަވެސް ދާނިޝްގެ ގާތަށް ޖެހިލަމުން ވެއްޓިފައިއޮތް ބާލިސް ނަގައި ދާނިޝްގެ ބޯދަށަށްލުމަށް މަސައްކަތް ކޮށްލިއެވެ. އެއް އަތުން ބާލީހުގައި ހިފަހައްޓައިގެން ހުރެ އަނެއް އަތުން ދާނިޝްގެ ބޯ ހިއްލާލި ވަގުތު ދާނިޝްއަށް ހޭލެވުނެވެ. ހައިރާން ވެފައި ރީޝާއަށް ދާނިޝް ބަލަންހުރިއިރު ރީޝާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. ލިބުނު އެފުރުސަތުުގެ ބޭނުން ހިފުމުގެ ނިޔަތުގައި ދާނިޝް ވާހަކަ ދައްކަން މަސައްކަތްކޮށްލި ވަގުތު އެވާހަކަތައް އަޑުއަހަން ބޭނުން ނުވާކަހަލަ ގޮތަކަށް ދާނިޝްއާއި ދުރަށް ޖެހިލަމުން ރީޝާ އެތަނުން ހިނގައިގަތެވެ. އަނެއްކާވެސް ދާނިޝްއަށް ލިބުނީ މާޔޫސްކަމެވެ. ރީޝާގެ ފަރާތުން ފެނުނީ ނުރުހުމެވެ. އެ ނުރުހުން ބަދަލުވެގެންދާނެ ކަމުގެ އުއްމީދުގެ ހުޅުކޮޅެެއް ދިއްލިގެންދާނީ ކޮންއިރަކު ކިހިނެއްބާއޭ އޭނާގެ ހިތަށް އަަރުވާލިއެވެ.
“ހާދަ ލަހަކުން ދަރިފުޅު ތިއައީ…ދަރިފުޅުމެންގެ އިންތިޒާރުގަ މަންމަ ހުންނަތާ ކިހާއިރެއް…” ރީޝާ ގޭތެރެެއަށް ވަދެގެންއައި މަންޒަރު ފެނުމުން ޒުލޭޚާ ބުނެލިއެވެ. “ކޮއްކޮ ސުކޫލަަށްލާފަ ބައްޕަ ވެސް ވީ ފިހާރަައަށް ގޮސް…މަންމަ މި ހުންނަނީ އެކަނިވެފަ…” ޒުލޭޚާ އިތުރަށް ބުނެލިއެވެ. “ދެންވެސް އަވަހަށް ސައިބޯން އުޅޭ…މަންމަ ހުންނާނީ މިހާރު ސަައިވެސް ތައްޔާރުކޮށްފަ…” ހަނާޝް އުރާލަމުން ޒުލޭޚާ ބުނެލިއެވެ. “މަންމާ..! އަހަރެންް މިއައީ ސައިބޮއެގެެން…ދެން މިވަގުތަަކު އެއްވެސް އެއްޗެއް ނުކެވޭނެ…” ޒުލޭޚާއަށް ބަލަންހުރެ ރީޝާ ޙަޤީޤަތް ހާމަކޮށްލިއެވެ. އެކަމާއި އިތުރު ޝަކުވާއެއް ނުކޮށް ހަނާޝް ގޮވައިގެން ރީޝާގެ ފަހަތުން ކޮޓަރިިއާއި ދިމާއަށް ޒުލޭޚާ ހިނގައިގަތެެވެ. އެވަގުތު ދޮރުގައި ޓަކިޖަހާލި އަޑު އިވުމުން އެއީ ކާކުތޯ ބަލާލަން ޒުލޭޚާ އޭނާގެ ފިޔަވަޅު ތަކުގެ މިސްރާބު ބަދަލުކޮށްލިިއެވެ.
“އާދިލް…! އަވަހަށް ވަދޭ އެތެރެއަށް…” އެއްމަސް ފަހުން އާދިލް މާލެއައުމުން ހިނިތުންވުމަކާއިއެކު ޒުލޭޚާ އާދިލްއަށް މަރުޙަބާ ކިއެވެ. އާދިލްގެ ނަން އަޑު އިވުމާއިއެކު ރީޝާގެ ފިޔަވަޅުތައް ހުއްޓުނެެވެ. ފަސްއެނބުރި ބަލާލަމުން ސިޑިން ފައިބައިގެން ތިރިއަށް ރީޝާ އައީ އަވަސް ހިނގުމެއްގައެވެ. “އާދިލް…! ކިހިނެއްތަ…؟” އާދިލް ފެނުމާއިއެކު ހާލުއަހުވާލު އޮޅުންފިލުވަަން ރީޝާ އަވަސްވެގަތެވެ. “ރަނގަޅު…ރީޝާ ކިހިނެއްތަ…؟” ޒުލޭޚާގެ އުރުގައި އިން ހަނާޝްގެ ކޮލުގައި ހިފާލަމުން ރީޝާގެ ސުވާލަށް ޖަވާބު ދިނުމަށްފަހު އާދިލްވެސް ރީޝާގެ ހާލުކިހިނެއްހޭ އަހާލިއެވެ. “އަހަރެންވެސް ރަނގަޅު…ކޮބާ އަޒީޒާއްތަ…؟ މިހާރު ހަމައަކަށް އެޅިއްޖެތަ…؟” ރީޝާވެސް އޭނާގެ ހާލު ރަނގަޅުކަމަށް ބުނެ އޭނާގެ ބޮޑުދައިތަގެ ހާލަކީ ކޮބައިތޯ ސުވާލުކޮށްލިއެވެ. ތިންއަހަރުގެ ޝާޔާގެ މަރު އަޒީޒާއަށް ބަރުދާސްތު ކުރަން ދަތިވިއެވެ. އޭގެ ސަބަބުން ލިބުނު ހިތްދަތިކާއި މާޔޫސް ކަމާއިއެކުު އަޒީ ހުންނަނީ ގަބުވެފައެެވެ. މީހަކާއި އަނގައިން ބުނަނީވެސް މަދުފަހަރަކުއެވެ. ކަރުނައިން އަޒީގެ ލޯ ތެމިފައިނުވާ ވަގުތެއް ފާއިތުވެގެނެއް ނުދެއެވެ. “އާނ…މިހާރު ކުރިއަށްވުރެ ރަނގަޅު…ބައްޕަ ވަރަށް މަސައްކަތްކުރޭ މަންމަ ހަމައަކަށް އަޅުވަން…ބައްޕަގެ އޯގާތެރިކަމާއި އަޅާލުން މަންމައަށް ފުރިހަމައަށް ލިބޭ…އެެހެންވެ އަހަރެންް ވެސް އެހާއަވަހަށް މިކޮޅަަށް މިއައީ…” އާދިލް އޭނާގެ މަންމަގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ބުނެ އެކަމުގައި އޭނާގެ ބައްޕަގެ އެހީ އޭނާގެ މަންމައަށް ފުރިހަމައަށް ލިބުނުކަން ފާހަގަކޮށްލިިއެވެ. “ކޮޓަރީގަ ދަބަސް ބަހައްޓާފަ އާދޭ ސައިބޯން…ދައްތަ ހުންނާނީ ސައި ތައްޔާރުކޮށްފަ…” އާދިލްގެ ގާތުގައި މިހެން ބުނެ ރީޝާއާއި ހަނާޝް ހަވާލުކޮށްލަމުން ޒުލޭޚާ ހިނގައިގަތީ ކާގެއާއި ދިމާއަށެވެ. ހަނާޝް ގޮވައިގެން ރީޝާ ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.
ކޮޓަރީގައި ދަބަސް ބަހައްޓާފައި މާލަސްތަކެއް ނުވެ ކާގެއަށް އައިސް އާދިލް ސައިބޯންފެށިއެވެ. ޒުލޭޚާ ވެސް އާދިލްއާއި އެއްބައިވެލީ ކުޑަ ވަގުތުކޮޅަަކު އާދިލްއާއި ވާހަކަ ދައްކާލަން ހުުރުމުގެ ނިޔަތުގައެވެ. ޝާޔާ ނިޔާވުމާއި ގުޅިގެން އާދިލްގެ މޫނުމަތިން އަދިވެސް ފެންނަން ހުރީ މޮޅިވެތި ކަމެވެ. އެކަން ޒުލޭޚާ ދެނެގަތެވެ. އެހެންކަމުން, އެ މޮޅިވެތިކަމުން އަރައިގަތުމަށް އާދިލްއަށް ވެވެންހުރި އެހީތެރިކަމެއް ވާން ޒުލޭޚާގެ ހިތުގައިއޮތެވެ.
“ކޮންކަމަކާ މާވަރަކަށް ތި ވިސްނަނީ…؟” ސައިބޮއެ ނިންމާލުުމަށްފަހު ރީޝާގެ ކޮޓަރިއަށް ވަންނަމުން, ސޯފާގައި އޮށޯވެލައިގެން ރީޝާ އޮތުމުން އާދިލް އަހާލިއެވެ. ރީޝާ އޮތްގޮތުުން ކޮންމެވެސް ކަމަކާއިމެދު ވިސްނަމުންދާކަން އާދިލްއަށް ޔަޤީންވިއެވެ. “ނުވިިސްނަން…ތީ އާދިލްއަށް ހީވިގޮތެއް…” ސޯފާއިން އާދިލްއަށް ޖާގައެއް ދެމުން ރީޝާ ބުނެލިއެވެ. “މަށަށް އޮޅުވާލަން ނޫޅޭ…ކޮންމެެސް ކަމެއް ރީޝާއަށް ވެއްޖެ…އެހެންނޫންނަމަ ތިހެނެއް ރީޝާ ނޯންނާނެ…” ރީޝާ ދިން ޖަވާބު އާދިލް ބަލައެއް ނުގަތެވެ. ހާމަކުރަން ބޭނުން ނުވިޔަސް ރީޝާ ކަމެއް ސިއްރުކުރިކަން އާދިލް ރަނގަޅަށް ދެނެގަތެވެ. “ދެން ބުނެބަލަ..! ކިހިނެއްތަވީ…؟” އާދިލް ގޮތްދޫކުރާކަށް ގަސްތެއް ނުކުރިއެވެ. އެހެންކަމުން ރީޝާއަށް ޖެހުނީ އޭނާގެ ސިކުނޑީީގައި ދައުރުވަަމުންދިއަ ކަންތަކުގެ ވާހަކަ އާދިލްއަށްް ހާމަކޮށްދޭންށެވެ. ފެށިގެން ނިމެންދެން ރޭގައި ކަންތައްވީގޮތް އާދިލްއަށް ރީޝާ ކިޔައިދިނެވެ. ރީޝާއަށް ދިން އަނިޔާތަކަަށް ދާނިޝް މަޢާފަށް އެދުުނު ކަމާއިި ހަނާގެ ޑައިރީއިން ރީޝާ ސިއްރުކުރި ހުރިހާކަމެއް ދާނިޝްއަށް މިހާރު އެނގިފައިވާކަަން ރީޝާ ހާމަކޮށްލިއެވެ. ހަމައެއާއިއެކު ދާނިޝްއަށް މަޢާފު ކުރެވެން ނެތްކަމަށް ރީޝާ ބުނިބުނުން ހާމަކޮށްލިއެވެ. ރީޝާގެ ވާހަކަތައް ކަނުލައި އަޑުއަހަން އިން އާދިލްއަށް ރީޝާގެ އެ ނިންމުން ކަމަކު ނުދިއެވެ. އިންސާނުންނަށް ކުށްކުރެވޭ އުޞޫލުން ދާނިޝްއަށް ވެސް ވަނީ ކުށް ކުރެވިފައިކަން އާދިލް ޤަބޫލް ކުރިއެވެ. ނަމަވެސް ކުށް ޤަބޫލްކޮށް އެކުށަށް މަޢާފަށް އެދިފައިވާތީ އެއްފަހަރު ނަމަވެސް ދާނިޝްއަށް މަޢާފު ކުރުން ގޯހެއް ނޫންކަމަށް އާދިލް ދެކުނެވެެ. ރީޝާގެ ނިންމުން ބަދަލު ކުރުމަށް އާދިލް ޚިޔާލުު ދިނެވެ. އެހެނަސް ދާނިޝްއަށް މަޢާފު ނުކުރަން ރީޝާ ނިންމި ނިންމުން ބަދަލު ނުވާނެކަމަށް އޭނާ ތަކުރާރުކޮށް ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.





Nice story
Thankss..
Woooow salhi mi part vx…..maasha allah….ekam haadha lahakun…… ??
Thank you….
haadha lahakuney thi up kohlee……part 22 than kolheh avahah up kollachey …i luv your story….v v v v v v v v v v v v v v v v v v v v v v REETHI
Sorry….In sha allah…22 vana bai veehaaves avahakah up koleveytho balaanan…thanksss…
haadha lahey up kohlileh ……….. vedhaane ennu hattey ah time nulibenee kamah ves ……btw vrh vrh vrh reethi story eh …ly
Sorry for that….thanks ❤
hattey busy tha…..dhaan v tha liye dheyn………eyrun avas vedhaane ehnun dhw
❤❤❤❤
Alhe Hattey haadha lahunneyy thi up kurani….. Haadha wait kuramey mi story ah??????????alhe reesha ge decision badhalu kohlaba… Vv reethi story hama fantastic ???????????vv interesting….. Avahah nxt part up kohdhehchey……. Vv Curious ?????????
…..thank you….???
Wowwww….very nice..
Thanks.,
hattey…… mihaa lahun up koaffa cmnt tha kah reply nukuraathee vrh vrh vrh dheraveyy…… ehen e vanee hattey busy kamun …….. dhw
Sorry….
15 dhuhun 15 dhuhun tha vaahaka up kuranee
?
Hahaha…ishaan idea v kamudhey…..hattey ah liyan help v ma thankolhe Ava’s vaane kanneyge up kollevey goith….?
hehehe… ;).thankQ so much 🙂 jazaakallah khairan hawwor 🙂
????????
hattey vrh dheravey 🙁 …..cmnt thakah reply nukuraathee…… bt eygein ves eba ingey hattey busy kan 🙁 🙁 🙁
Sorry..
😮
;o