Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 45

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 24, 2018 5 Mins Read
34 Comments

ބޭބެ ހާސްނުވޭ. އަހަރެން އެކަންތައް ކުރާނަން” އެ މީހާގެ ކޮނޑުގައި އަތްއަޅާލަމުން އިވާން ބުންޏެވެ. އޭރު އޭނާގެ ތުންފަތް މަތީގައި ނުލަފާ ހިނިތުންވުމެއް ހުއްޓެވެ.

“އެކަމު މިހާރު މާ ލަސްވެއްޖެ އަހަރެން ބޭނުން އަފްރާގެ ދަރި ނާކާމިޔާބު ކުރަން. މިހާރުވެސް މާމޮޅު ކުޅުންތެރިއަކަށް ވެގެން ބޭރު ގައުމުތަކަށް ގޮސް ވަރަށް ފޮނިވެގެން އޭޭނަ އެއުޅެނީ. ލޯބި ނުލިބުނީމަ ހިތަށް ކުރާނެ އަސަރު އަފްރާގެ ދަރިއަށް ވިސްނަދޭންޖެހޭނެ އޭރުން އަފްރާއަށްވެސް އެއްޗެއް ވިސްނޭނެ. އަފްރާ ކުރި ކުށުގެ ސަޒާ އޭނާގެ ދަރިއަށާއި އޭނާގެ ދައްތަގެ ދަރިފުޅަށް ހަހަ” ނުލަފާ ގޮތަކަަށް ހީގަންނަމުން އޭނާގެ މޫނުގައި އަޅާފައި އިން މާސްކް ނެގިއެވެ. އިވާންގެ މޫނު މަތީގައި ވި ނުލަފާ ހިނިތުންވުން ރަޒީންގެ މޫނު މަތީގައި ވެސް ވިއެވެ. ރަޒީންއާއި އިވާން ވެގެން މަސައްކަތް ކުރަމުން ދަނީ އާރާޝާއި މާނީގެ ހަޔާތް ބަރުބާދު ކުރާށެވެ. އިވާނަށް އިސްރާ ނުލިބުމުން އެކަމުގެ އަދަބު މާނީއަށް ދޭން އިވާން ބޭނުންވިއެވެ.

ޔާޒާއި ޒިވާ ގޮވައިގެން ޓެރަހުގައި ހޭދަވީ ވަގުތު ތެރޭގައި އާރާޝާއި މާނީގެ ގުޅުންވެސް އިހުނަށްވުރެ ރަނގަޅުވިއެވެ. ދެހިތުގަވެސް ލޯބީގެ ވިންދު ޖަހަމުން ދިޔައެވެ. އެހެނަސް މޫނުމަތިންވެސް އެކަން ނުދައްކާ ދެޒުވާނުން ވަގުތު ހޭދަކުރަމުން ދިޔައެވެ.

ހައެއް ޖެހުމުން މާނީ ތިރިއަށް ދިޔައެވެ. އޭރު ނަވްޔާ ސައި ހަދާފައި ހުއްޓެވެ. މާއިޒާއި ޔާޒް ހަވާލުކުރުމަށްފަހު މާނީ ސައިބޮއެގެން އޮފީހަށް ދާން ތައްޔާރުވިއެވެ.

މާނީ ގޮސް އޮފީހަށް ވަންއިރު އިތުރު އެއްވެސް މުވައްޒަފަކު ނާދައެވެ. މާނީ މަސައްކަތް ކުރަމުން ދަނީ ހަމައެކަނު ކުޅިވަރުގެ ޚަބަރު ގެނެސްދޭ މީޑިއާއެއްގައެވެ. މާނީއަކީ ކުޅިވަރުގެވެސް ހަމައެކަނި ފުޓުބޯޅައަށް ޚާއްސަ ކުރެވިފައިވާ ނޫސްވެރިއެކެވެ. ކުޅިވަރު ރިޕޯޓްތަކާއި ޚަބަރު ލިޔުމުގެ އިތުރަށް ކުޅިވަރާއި ބެހޭ ޕްރޮގްރާމްތައް ވެސް މާނީ އަންނަނީ ހުށަހަޅައިދެމުންނެވެ.

ވޯލްޑް ކަޕަށް ރާއްޖެ ކޮލިފައިން ވުމާއެކު އެކަމާ ބެހޭ ގޮތުން ގިނަ ޚަބަރު ތަކެއް މާނީ ލިޔަންޖެހުނެވެ. އެދުވަސް ވެގެން ދިޔައީ ވަރަށް ބުރަކޮށް މާނީ މަސައްކަތް ކުރަން ޖެހުނު ދުވަހަކަށެވެ.

ހަވީރަށް ހުރިހާ އެކުވެރިން މާއިޒްމެންގެއަށް ޖަމާވިއެވެ. އޭރު މާނީ އަދި އޮފީހުން ނާދެއެވެ. އައިރާއާ ޔަޒާން ވަރަށްފޯރީގައި ކުޅެން އުޅުނެވެ. އަހަރުވެފައި ވުމާއެކު އައިރާއަށް ރީތި ކޮށް ހިނގެއެވެ.

“ބްރޯ އަހަރުން މިހާރު ބައްޕައިންނަށް ވެސް ވެއްޖެ. އެކަމު ކަލޭ އަދިވެސް ތިހުންނަނީ ހަމަ ހުސްކޮށް. މިކޮޅުން ނުލިބުނިއްޔާ ސްޕޭނުން މަންޖެެއެއް ނަގަން ވެއްޖެއްނު.” އާރާޝް މީހަކާ އިންނަ ޚިޔާލު އަދިވެސް ނުގެންގުޅޭތީ އެކަމާ ކަންބޮޑުވެގެން އަހުސަމް އެވާހަކަ ދެއްކިއެވެ. ދެންތިބި ކުދިން ވެސް އެކަމާ ބެހޭ ގޮތުން އާރާޝާއި ވާހަކަ ދެއްކިއެވެ. “މަށަށް ހީވަނީ އަލައިކާމެން މީހުންނާ އިންނައިރުވެސް ދޮންބެ ހުންނާނީ ތިހެހެން. ދެން ކުރިން ދޮންބެ ލައިކްވި ކުއްޖާ ނުލިބުނީމަ އޭގެ މާނައެއް ނޫންދޯ މީހަކާ ނީންދެ މުޅި އުމުރަށް ހުސްކޮށް ހުންނާށެކޭ” ނަސޭހަތްދޭ ފަދަ ގޮތަކަށް އިޝްމާ އާރާޝާއި ވާހަކަ ދެއްކިއެވެ.

މާނީ ގެއަށް އައިރު ހުރީ ވަރަށް ވަރުބަލިވެފައެވެ. އެހެނަސް ކުދިންކޮޅު ފެނުމުން ހުރިހާ ވަރުބަލި ކަމެއް ފިލައިގެން ދިޔައެވެ. ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ގޮސް ތާޒާ ވެލައިގެން ނުކުތެވެ.

“މާނީގެ ވެޑިން އޮންނަނީ ކޮންއިރަކުތަ؟ ހަތަރު އަހަރު ވެއްޖެ އިވާން އިންތިޒާރުގައ ބަހައްޓައިގެން ހުންނަތާ؟” އަކްމަލް ކުރި ސުވާލުން މާނީ އަދި އާރާޝްގެ މޫޑުވެސް ޚަރާބުވިއެވެ. އިސްރާގެ މޫނު މަތީގައިވި ހިނިތުންވެސް ފިލައިގެން ދިޔައެވެ. އިވާން އިސްލާހު ވެދާނެ ކަމަކަށް އިސްރާގެ ހިތެއް ނުބުނެއެވެ. އިވާން މާނީގެ ހަޔާތަށް އަންނަން އެއުޅެނީ ކޮންމެސް އެހެން މަގްސަދެއްގައި ކަން އިސްރާއަށް ހީވަމުން ދިޔައެވެ.

“އަސްލު… އަހަރެން ބޭނުމެއް ނޫން އިވާނާ އިންނާކަށެއް” ފުން ނޭވައެއް ދޫކޮށްލުމަށްފަހު މާނީ ބުންޏެވެ. އެވާހަކަ ބުނަންވެގެން މާނީ މަސަައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. އާރާޝަށް ވަގުތުން ހިނިތުން ވެވުނެވެ. “އެކަމު ހަތަރު އަހަރު ވަންދެކަށް އިވާން އިންތިޒާރުގަ ބަހައްޓާފަ އެހެން ބުނާކަށް ނުކެރޭނެ. އައި ނީޑް ޔުއާ ހެލްޕް ގާއިޒް” ވަކި ވަކިން ކޮންމެ ކުއްޖެއްގެ މޫނަށް ބަލާލުމަށްފަހު މާނީ އެކުދިންގެ އެހީއަށް އެދުނެވެ. “ސަންތިމަރިޔަނބު އަހާކަށް ވެސް ނުޖެހޭނެއްނު. ވީ އާ އޯލްވޭޒް ދެއާ ފޯ ޔޫ.” އާރާޝަަށް ކުއްލި ފޯރިއެއް އެރިއެވެ. ހަތަރު އަހަރަށްފަހު “ސަންތިމަރިޔަނބު” ގެ ނަމުން މާނީއާ އާރާޝް މުޚާތަބު ކުރުމުން ނޭންގޭ އުފަލެއް މާނީއަށް ލިބުނެވެ. ގަބޫލުކުރަން ދަތިވެފައި އާރާޝާ ދިމާއަށް ބަލަހައްޓާގެން މާނީއަށް އިނދެވުނެވެ. “ހީ އިޒް ރައިޓް ނުންނޫ. ނުންނު ބޭނުމިއްޔާ ނޫނެކޭ ބުނަންވީ ދޮންބެވެސް ކުއްބެވެސް ތިއްތަވެސް ކުޑާއާ ކުޑާބެވެސް ތިބޭނީ ނުންނުއާ އެއްކޮށް. ކާފަ ހިތްހަމަނުޖެހިދާނެތީ އެއްބަސްވާން ނޫޅޭތި.” އޭނަ އަބަދުވެސް ހުންނާނީ މާނީއާ އެކުގަން މާއިޒް ބުންޏެވެ. ްްޭްްްްޭްްްޭްްްްޭްްޭްްްްޭްްްޭްްްް

ހުރިހާ އެކުވެެރިންވެސް އޭނާއާ އެކު ތިބިކަން އެނގުމުން މާނީގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ. “އޯކޭ އަ ވިލް މީޓް ހިމް ޓުނައިޓް. ކާކަށް އާދެވޭނީ މަށާއެއްކޮށް މިރޭ އިވާންއާ މީޓް ކުރަން؟” “އައި ވިލް” މާނީ ވާހަކަ ދައްކާ ނުނިމިގެން އުޅެނިކޮށް އާރާޝް ޖަވާބު ދިނެވެ.

އާރާޝަށް އަރައިގެން އުޅޭ ފޯރީގެ ހަގީގަތް އެނގޭ ހަމައެކަނި ފަރާތްތަކަކީ އިސްރާއާއި އަހުސަމެވެ.

“އޯކޭ” ފާޑަކަށް އާރާޝާއި ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު މާނީ ބުންޏެވެ. އަދި އެރޭ އަށްގަޑި ބައިވާއިރަށް ތައްޔާރުވާން މާނީ އެދުނެވެ.

“ވީ ނީޑް ޓު ޓޯކް އިވާން. މިރޭ ނައިންއަށް ޖެން އަށް. ސީ ޔޫ ދެއާ” އިވާންގެ ފޯނަށް އައި މާނީގެ މެސެޖް ބާރަށް ކިޔާލިއެވެ. އަތުގައި އޮތް ވޭޕް މޭޒުމަތީ ބޭއްވުމަށްފަހު ރަޒީނަަށް އެ ޚަބަރު ދޭން އިވާން ދިޔައެވެ.

މަޣްރިބް ނަމާދުކޮށްގެން ގެއަށް އައިރު އާރާޝްގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުއްޓެވެ. އޭނާ ގެއަށް ވަން އިރު އަރްޝާދާއި އައްޒާމް ސޯފާގައި ތިއްބެވެ. “ހައި ޑެޑީސް” އަރްޝާދާއި އައްޒާމް އެކީ ފެނިޖެއްނަމަ އާރާޝް ފަހަކަށް އައިސް ގޮވަނީ އެހެންނެވެ. އެހެންނާ ނުހުންނަ އުފާވެރިކަމެއް އާރާޝްގެ މޫނުމަތީގައި ހުރިކަން އަރްޝާދާއި އައްޒާމަށް ފާހަގަވިއެވެ. އެދެމީހުންވެސް އެބައިގައި އެގަޑީ ތިބުމުގެ މަގްސަދަކީ އާރާޝްގެ ހިތާމައަ ބެހޭ ގޮތުން އާރާޝާއި ވާހަކަ ދެއްކުމެވެ.

“އާރާޝް ބައްޕަމެން ބޭނުން އާރާޝާއި ކުޑަ ވާހަކައެއް ދައްކާލަން” އާރާޝް ސޯފައިގައި އިށީނުމުން އަރްޝާދް ބުންޏެވެ. “އުމް ބައްޕަމެން ބޭނުން ވާހަކައެއް އަޅުގަނޑާ ދެއްކޭނެ.” ހިނިތުންވެ ހުރެ އާރާޝް ޖަވާބުދިނެވެ. އެވަގުތު ފަސް ޖޯޑުކޮފީ ތަބަކަކަށް ލައިގެން އަފްރީން އައިސް އައްޒާމާއި އަރްޝާދްގެ އިތުރަށް އާރާޝް އަތަށް ދިނެވެ. އެއަށްފަހު އަމިލައަށް އެއްޖޯޑު ނަގައިގެން އަރްޝާދް ގާތު ސޯފާގައި އިށީނެވެ. އޭރު އަފްރާވެސް ޒިވާ ނިންދެވުމަށްފަހު ސިޓިންރޫމަށް އައިސިއެވެ.

“ދުނިޔޭގެ އެންމެންގެ މެދުގަވެސް މަގުބޫލު ކުޅުންތެރިއެއް އާރާޝަކީ މިހާރު. ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ އެކަކަށްވެސް އާރާޝް ވާނެ. އެކަމު އޭގެ ސަބަބުން އާރާޝްގެ މޫނު މަތިން ފެންނަން ޖެހޭ އުފާވެރިކަމެއް މިވީ ހަތަރު އަހަރު ތެރޭ އާރާާޝްގެ މޫނު މައްޗަކުން ނުފެނޭ. އަބަދުވެސް ކޮންމެސް ކަމަކާ ހިތާމަ ކުރާތަން އާރާޝްގެ މޫނު މަތިން ފެންނަނީ. ބައްޕަމެންނަށް އޭގެ ސަބަބު ކިޔާދެވިދާނެތަ؟” އަރްޝާދް ބެލީ ވީހާވެސް ގާތްކޮށް އާރާޝާއި ވާހަކަ ދެއްކޭތޯއެވެ. “ތީ ބައްޕަމެންނަށް ހީވާ ގޮތް އަޅުގަނޑު ވަރަށް އުފަލުގަ މިއުޅެނީ” ހަމަޖެހޭ ގޮތް ދައްކަމުން އާރާޝް ބުންޏެވެ. “ދެން އާރާޝް މީހަކާ އިންނަން ގަސްތު ކުރަނީ ކޮންއިރަކުން. އާރާޝާއި އެންމެ ގާތްކޮށް އުޅުނު ކުދިން އިނދެގެން ދަރިންވެސް ލިބިފަ އެތިބީ. މިހާރު ތޭވީސް އަހަރުވެފަ ތިހިރީ. ބައްޕައަަށް ޔަގީން އާހޫމެން ކުދިން ގޮވައިގެން އުޅޭތަން ފެނުނީމަ އާރާޝްވެސް އެހެން އުޅެން ބޭނުންވާނެކަން. އަދިވެސް އެކުއްޖާގެ އިންތިޒާރުގަތަ؟” އަރްޝާދް އެންމެ ފަހުން ބުނި ޖުމްލައިން އާރާޝްއަށް އިސްޖަހާލެވުނެވެ. އޭނާގެ މޫނު އެކީހެން ރަތްވެގެން ދިޔަތަށް އެންމެނަށް ފެނުނެވެ.

“އާރާޝް އެއީ ކޮންކުއްޖެއްކަން ބުނީމަ ދޯ މަންމަމެންނަށް ވެސް އެކުއްޖާ ހޯދަން އެނގޭނީ. ހަމަ ނަން ނުބުނާނަންތަ؟” މިފަހަރު ވާހަކަ ދެއްކީ އަފްރާއެވެ. “އެއީ ތެދެއް. ތިއްތައަށް ޔަގީން އާރާޝާއި އިންނަން އެއްވެސް އަންހެން ކުއްޖެއް ދެކޮޅު ނުހަދާނެކަން” އަފްރީންވެސް ވާހަކައިގައި ބައިވެރިވިއެވެ. “އާރާޝް ބޭނުމެއް ނޫން އާރާޝްގެ މުއްސަނދިކަމާއި ރީތިކަމަށް މޮޔަވާ ކުއްޖަކާ އިންނާކަށް އެހުރިހާ އެއްޗެއް ނެތަސް އާރާޝްއަކީ ކާކުކަން އެނގިގެން އާރާޝްދެކެ ލޯބިވާނެ ކުއްޖެއް ބޭނުމީ” ދުރުބަލަހަށްޓައިގެން ވާހަކަ ދައްކަމުން ދިޔައިރު އާރާޝަށް ސިފަކުރެވެމުން ދަނީ މާނީއެވެ.

 

އަށްގަޑި ފަނަރަ ވީއިރު މާނީ ތައްޔާރުވެގެން ތިރިއަށް ފައިބާގެން ހުއްޓެވެ. އަތުގައި އަޅައިފައިން ގަޑިއަށް ބަލާލުމަށްފަހު އާރާޝް ކޮބައިތޯ ބަލާލިއެވެ. ކަޅުކަލައިގެ އަބާޔާއަކާ ކަޅު ޝޯލް މާނީއާ ނުހަނު ގުޅެއެވެ. ލޮލުގައި އަޅާފައި ހުރި އަނދުން ފިޔަވާ އެއްވެސް އިތުރު މޭކަޕެއް ބޭނުން ކޮށްފައެއް ނެތެވެ.

 

އަށްގަޑި ފަނައިރަވީއިރު އާރާޝް ހުރީ ލޯގަނޑު ކުރިމަތިގައެވެ. ހަތަރު އަހަރަށް ފަހު މާނީއާ އެއްކޮށް ބޭރަށްދާ ފުރަތަމަ ރޭކަމުން ވަރަށް ރީތިވާން އާރާޝް ބޭނުންވިއެވެ. ކަޅު ކުލައިގެ ޓީޝާޓް މަތިން ހުދު ކުލައިގެން ޖެކެޓެއް ލައިގެން ކަޅު ސްކިނީ ޖިންސެއް ލައިގެން ހުރިއިރު ޔޫރަޕްގެ މޮޑަލަކާއި އާރާާޝް ވައްތަރެވެ. ކުޑަކޮށް ދިގުވެފައި އޮތް އިސްތަށިގަނޑު ނިއްކުރި މައްޗަށް ވައްޓާފައި އޮތެވެ. އެންމެ އަގު ބޮޑު ވައްތަރުގެ ގަޑިއެއް އަތުގައި އަޅެމަށްފަހު ސީއާރް ސެވެން ބްރޭންޑްގެ ސެންޓު ގަޔަށް ބުރުވާލިއެވެ. ކޮޓަރިން ނިކުންނަން ގޮއްސާ އަނެއްކާވެސް އެތެރެއަށް ވަދެ ލޯގަނޑުން އަމިއްލަ ނަފްސާ ދިމާއަށް ބަލާލިއެވެ.

 

މާނީ ތިރީގަ ހުންނަތާ ދިހަ މިނެޓު ވީއިރުވެސް އާރާޝް ތިރިއަކަށް ނައެވެ. ހިސާބަކަށް ރުޅި ގަދަވެފައި އަނެއް ފަރާތަށް އެނބުރު މާނީ ހުއްޓުން އެރީ ފިރިހެންވަންތަ ހިނގުމެއްގައި މާނީއާ ދިމާއަށް އަންނަމުން ދިޔަ އާރާޝް ފެނިފައެވެ. މާދުރުންވެސް އޭނާ ޖަހައިގެން ހުރި ސީއަރްސެވެން ސެންޓުގެ ވަސް މާނީއަށް ދުވަމުން ދިޔައެވެ. ބޭއިޚްތިޔާރުގައި މާނީއަށް ނޭފަތް ދަމާލެވުނީ ދުވި މީރުވަހުންނެވެ.

“މިހާރު ކިހާ އިރަށް މިތާ ހުންނަތާ؟ މަށަށް ވުރެ ވެސް އާރާޝް ަަަަަަަަަަަ ތަތް ހިނގާދެންވެސް ދާން” މާނީ ރުޅިއަންނަގޮތް ދައްކާލިއެވެ. އެއަށްފަހު ގޭޓުން ނުކުންނަން ދިޔައެވެ. “އޯހެލޯ ހިނގާފަތަ ދަނީ؟” މާނީ ނުކުންނަން ހެދުމުން އާރާޝް އެހިއެވެ. “އުމްއުމް ޔާ ކީއްވީ؟” އެއްބުމަ އަރުވާލަމުން މާނީ ޖަވާބު ދިނެވެ. “އޯ ޔޫ އިޑިއަޓް. އެނގެން ޖެހޭނެ ދޯ މަށާއެކީ ހިނގާފަ ނުދެވޭނެކަން. ފަހަތުން މީހުންތައް އަންނާނެ މޮޔަވެގެން. އާރާޝް އެހެރީ އާރާޝް އެހެރީ ކިޔަމުން.” މޭމަތީގައި ޖަހާލަމުން އާރާޝް ފޮނިވިއެވެ. “އާހް އެއްކަލަ ހަކުރު ފޮނިބެ. ދެން ކީއްކުރަން ބުނީ ދެވޭނޭ. ކުރިން ތިހެން ބުނި ނަމައެއްނު ނާޔާ ގާތު ބުނާނީވެސް” މާނީ ދެފައި ތަޅާގަތެވެ. “ހެލޯ ކްރައި ބޭބީ ރޯކަށް ނުވެއެއްނު އަދިއަކު. މަށެއް ނުބުނަމެއްނު ނުދާނަމެކޭ އައި ސެޑް ހިނގާފަކާ ނުދެވޭނެ. ކާރުގަ ދާންއާދޭ.” އާރާޝް ބެލީ މާނީ ރުޅިއަރުވާލެވޭތޯއެވެ. “ފައިން” ތޫލި އަޑަކުން މާނީ ބުންޏެވެ.

ކާރުގައި ތިބިގެންވެސް ކޮންމެސް ކަމަކާ ދެމީހުން ޒުވާބު ނުކުރާއިރެއް ނުދެއެވެ. އެގޮތައް ޒުވާބު ކުރުމުން ދެހިތަށްވެސް ހަމަޖެހުން ލިބެމުން ދިޔައެވެ. ޕާކިން އޭރިއާގައި ކާރު ޕާކު ކުރުމަށްފަހު އާރާޝް އަދި މާނީ ކާރުން ފޭބިއެވެ. ގިނަބައެއްގެ ލޯތައް ދެ ޒުވާނުންނަށް އަމާޒުވަމުން ދިޔައެވެ. އާރާާޝެކޭ އެއްފަދައިން މާނީއަކީވެސް މިހާރު ދިވެހިންނަށް އާ މޫނެއް ނޫނެވެ. މީހުންގެ ނަޒަރުން ސަލާމަތްވުމަށް މާނީ އިސްދަށަށް ޖަހާލިއެވެ.

ދޮރުން އެތެރެއަށް ވަދެގެން އައި މާނީ ފެނި އިވާނަށް ހިނިތުންވެވުނެވެ. މާނީގެ ކިބައިން ބަދަލުހިފަން އުޅުނެއް ކަމަކު އިވާންގެ ހިތްވެސް މާނީއަށް ކޮންމެސް ވަރަކަށް ލެނބެމުން ދިޔައެވެ. އެހެނަސް ދެވަނަ ސިކުންތުގައި އިވާންގެ ހިނިތުންވުން ފިލައިގެން ދިޔައީ މާނީގެ ފަހަތުން ވަތް އާރާޝް ފެނިފައެވެ.

މާނީއާ ދިމާއަށް ބަލާލުމަށްފަހު އާރާޝް ބޯ ޖަހާލިއެވެ. “ޖަަސްޓް ސޭ އިޓް އެންޑް ލީވް. އައި ވިލް ވެއިޓް ފޯ ޔޫ” އާރާޝް އުޅުނީ ބޭރަށް ނިކުންނާށެވެ. “އުހު ޑޯންޓް ގޯ އައި ނީޑް ޔޫ. ޑޯންޓް ގޯ ޕްލީޒް” މާނީއާށް އާރާޝްގެ އަތުގައި ހިފައިގެން ވައި އަޑުން ބުނެވުނެވެ. މާނީ އެހެން ބުނުމުން އާރާޝް އޭނާގެ އަތާ މާނީގެ އަތްގުޅާލިއެވެ. އެއަށްފަހު މާނީއާ އެއްކޮށް ކުރިއަށް ހިނގައިގަތެވެ.

މިހުރިހާ މަންޒަރެއް ބަލަން ހުރި އިވާން ހުރީ ރުޅިއައިސްގެން ފަޅައިގެން ދާން ކައިރިވެފައެވެ. އެހެނަސް މޫނުމައްޗަށް ދެއްކުންތެރި ހިނިތުންވުމެއް ވެރިކޮށްގެން އޭނާ ހުއްޓެވެ.

“ހައި އިވާން. ތޭންކްސް އެނގޭ އަހަރެން ބުނީމާ މިތަނަށް އައިސްދިނީމަ” ގޮނޑީގައި އިށީންދެ ހަމަޖެހިލަމުން މާނީ ބުންޏެވެ. މުޅި ކުއްޖާވަނީ ފިނިވެގެން ގޮސް ހަލާކުވާން ކައިރިވެފައެވެ. ޓީވީއަށް އަރާއިރުވެސް މާނީ އެހާ ބިރެއް ނުގަނެއެވެ.  “ޔޫ ޑޯންޓް ހޭވް ޓު ތޭންމް މީ” އާރާޝަށް ދައްކަން ވެގެން ގަސްތުގައި އިވާން މާނީގެ އަތުގައި ހިފިއެވެ. އެއާއެކު ލިބުނު ސިހުމުގަައި މާނީ އަވަހަށް އަތް ދުރަށް ގެންދިޔައެވެ. އޭރު ދެބުމަ ގޮށް ޖަހައިގެން އިވާނާއި ދިމާއަށް ބަލަހައްޓައިގެން އާރާޝް ހުއްޓެވެ. “އިވާން އައި ޑޯންޓް ވޯންޓް ޓު މެރީ ޔޫ” ވަރަށް ހިތްވަރު ކޮށްފައި މާނީ ބުންޏެވެ.

އިވާނަށް ހީވީ އޭނާގެ ކަންފަތް ދޮށުގައި ބޮމެއް ގޮއްވާލިހެންނެވެ. ދެލޯ ބޮޑުކޮށްގެން މާނީއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ދުޢާ 19

Next

ރާސްތާ 46

Next
September 24, 2018

ރާސްތާ 46

Previews
September 24, 2018

ދުޢާ 19

34 Comments!

  1. Kiyara says:
    September 24, 2018 at 3:31 pm

    Slm alikum. Varah bodah sorry cover pic ga in akmal and ishmaage pic badhal nukurevunyma. I tried to change ekam nueh vi. Ekam change kurevey goii vehjeyaamun kohdheynan ingey. Aw, mi part kihineh vany? Ivaan dhen hadhaany kihinehbaa? Aaraash confess kohfaanetha? Noony Maany? Thikudhinnah hyvany kihinehhen vaany?

    1. Anonymous says:
      September 24, 2018 at 4:05 pm

      Ahsam vx change kohlachey ingey

    2. Kiyara says:
      September 24, 2018 at 6:42 pm

      Change kurevey goii vehjeyaamun kuraanan ISA

  2. Hudher says:
    September 24, 2018 at 3:33 pm

    Its ok……anwy stry v v v v v v rythi…….maasha allah……luv yahh?????????

    1. Kiyara says:
      September 24, 2018 at 6:41 pm

      Thanks dear luv u 2

  3. Hudher says:
    September 24, 2018 at 3:34 pm

    Nd me first dhw…

    1. Kiyara says:
      September 24, 2018 at 6:41 pm

      Yes dear ure first congratulations

  4. Ishaan says:
    September 24, 2018 at 3:56 pm

    awwwn… its ok kiyara…….varah reethi mi part ves

    1. Kiyara says:
      September 24, 2018 at 6:41 pm

      Thanks

  5. None says:
    September 24, 2018 at 4:06 pm

    Speechless ❤️❤️when next?

    1. Kiyara says:
      September 24, 2018 at 6:43 pm

      Thanks Next part Mayb tmrw or day after tmrw

  6. None says:
    September 24, 2018 at 4:07 pm

    Alhe dhn avahah aaraash ah maany dheebala

    1. Kiyara says:
      September 24, 2018 at 6:43 pm

      Hingaa dho balamaa kon irakun tho maany aaraashah libeny

  7. Maya says:
    September 24, 2018 at 4:25 pm

    Alhe dhen maany and aaraash gulhuvaba ????????????????????theyonaaashi kaalhu jahai nugannanys???????????.. Vaavarah dhuruga thibevihje ehnu mihaaru 2 myhun nahves… And maany ivaan reject kohla.???. Block kohlaafa aadhey.. Dhen aaraash anna magumathyga confess her that he love maany????????????‍❤️‍??‍❤️‍??‍❤️‍?‍??‍❤️‍?‍??‍❤️‍??‍❤️‍?‍??‍❤️‍??‍❤️‍?‍???‍❤️‍?‍??‍❤️‍?‍??.. Dhen vv rom kohlahchey.???????. Vvv reethi hama Speechless ???????????????????????nxt part Knirakah up kurani.. Vv Curious vey eba mihaaru nxt part kiyaahithun ?????avahah up kohdhehchey love kolhu???????

    1. Kiyara says:
      September 24, 2018 at 7:08 pm

      Thanks. Maany and aaraash ulhey goii dho kykuraany ekakuves beynumeh nuveh confess kuraakasheh. Hingaa dho balamaa aaraash kihineh tho hadhany?

  8. Lotus says:
    September 24, 2018 at 4:41 pm

    Saabahey maanee ah.. maanee dhulun ehen buneytho haadha inthixaare koffeemey.. Waiting for the nxt part ?

    1. Kiyara says:
      September 24, 2018 at 7:09 pm

      Hehehe hingaa dho dhen vany kihineh tho balan

  9. anaan says:
    September 24, 2018 at 5:35 pm

    woww.. story varah nice igey, nd plx aaraash and maany gulhuva dheebala.. waiting 4 the nxt part… avahaa nxt part up kohdheebaa…

    1. Kiyara says:
      September 24, 2018 at 7:10 pm

      Thanks maany and aaraash gulheytho balamaa. Ivaan and Aaraash therein kaakah baa maany deserve iy.

    2. anaan says:
      September 24, 2018 at 9:21 pm

      ofcourse aaraash ah deserve iy

  10. Mal says:
    September 24, 2018 at 6:43 pm

    Salaam kiyaa…????alhey maany and aaraash…so cute.?????dhemyhun dhen goiyy dhookuran vejje ehnu dhw…?????☺☺?knmes ekaku confess kohbala…???dhn ivaan ahves maany e kamudhany dhw…pis pis….ivaan dhn neynge hadhaane gothehves….??????bt aaraash huhtaa maany ah gotheh nuhedheynu…aaraash to the rescue ah annane ehnu…????☺☺???aaraash v loabi vey dhw maany dheke…??????alhey MAANY aky MAL nama ey hithah araa…anyways v nyc mi part ves…lysm…whn next part???? ❤❤❤❤❤❤❤

    1. Kiyara says:
      September 24, 2018 at 7:14 pm

      Wslm. Hahah dho mal. Ekakuves nuvey goii dhookuraakasheh dho. Ivaan kihinehbaa hadhaany? Aaraash maanyge rescue ah aadheytho balamaa.yes dear aaraash vvvvv loabivey maany dheke ekam confess nukuranna kihineh ingeyny dho. At least ehen kuhjjakaa evaahaka share kohlla nama ehnnu dho. Ahusam ah engigen ehymaves nubunnehnu dho? Ahusam and israa ah eii maany kan ingi sirru kohgen thibun eii rangalhu gotheh hen hyveytha? Naayaa ves maany ge secret hide kohgen hurun rangalhutha?

  11. Kiyaa ge fans❤ says:
    September 24, 2018 at 6:56 pm

    Alhey ……..this prt is amazing ?awesome ?perfect.? …….,speechless.? ….aarash and maanii ge bai ginain genesdheythi vrh vrh vhr happy☺☺????????????????kiyaa❤….u r a brightly shining star ???……curiously waiting Fr the nxt prt . ……….and thing I have to say is keep it up ….u have that talent ……..keep it up kiya dear….??? lots of love and kisses..????????❤❤❤❤❤❤????…

    1. Kiyara says:
      September 24, 2018 at 7:18 pm

      Thanks for the beautiful comment. I have no words to say. Lysm♥️♥️♥️♥️♥️♥️♥️♥️♥️❤️

  12. Kiyaa ge fans❤ says:
    September 24, 2018 at 7:00 pm

    Hope you’ll read my comment and others??…issok ey cover change mifaharu cover change nukurevunax …hen faharaku try kohlaanii dhww….???luv ta

    1. Kiyara says:
      September 24, 2018 at 7:20 pm

      Reply nukurevunas kiyan hurihaa kudhinge comments thah ves. Varah ufaavey comments thah kiyaafa. Ekam time hunna gothun reply ehnukurevy aslu varah dheravey reply nukureveythyve ☹️☹️☹️☹️???

  13. Kiyaa ge fans❤ says:
    September 24, 2018 at 7:02 pm

    ???❤???Luv yah???❤???

  14. ish says:
    September 24, 2018 at 7:47 pm

    Yazaan e ee kaaku ge baby eh

    1. Kiyara says:
      September 24, 2018 at 8:37 pm

      Thank you faahaga kohlyma eii yaaz jahan ulhenikoh olhigen jehifa. Varah bodah sry

  15. 9737007 says:
    September 24, 2018 at 9:50 pm

    stry is osm……maasha allah…… allah kiyara liyaa stry thakugai barakaai lahvaashi…AAMEEN

    1. bradhaa says:
      September 24, 2018 at 10:11 pm

      eyni number ah gulhaa fiyya kihineh vaanee?kaaku number eh ? hehe…………..lol

    2. bradhaa says:
      September 24, 2018 at 10:18 pm

      eyni number ah gulhaa fiyya kihineh vaanee?kaaku number eh?haadha reethi number ekey dhw?bt i don’t call strangers hehe ………. lol

    3. Kiyara says:
      September 24, 2018 at 10:20 pm

      Thanks dear. Ameen

  16. hawner says:
    September 24, 2018 at 10:08 pm

    eyni number ah gulhaa fiyya kihineh vaanee??? kaaku number eh ??? hehe

Comments are closed.

Next Episodeރާސްތާ 46←


All Right Reserved!