މައުސޫމް ކަމާއެކު ނިދާފަ އޮތް އެ އަންހެން ކުއްޖާގެ ލޮލުގައި އަޅާފައިވާ ވަށް އައިނު އޮތީ ނޭފަތް މައްޗަށް ވެއްޓިފައެވެ. އީމާން އެ އައިނު ރަނގަޅު ކޮށްދިނެވެ. އިސްތަށިގަނޑު ކުރު އަދި އެހާމެ ދޮން އެ ޒުވާނާ މި ކަޅުފޮއެ ރޭގަނޑު އަލިކޮށްދިނީ ހަނދެއް ފަދައިންނެވެ. އެކުއްޖާގެ މޫނާ އީމާންގެ މޫނު ކައިރިކޮށްލީ އައިރާގެ ހަނދާންތަށް އާވުމުންނެވެ. އީމާންގެ ނަފްސު އަމިއްލަ ބާރުން ދޫވި ފަދައެވެ. ލޫޅާފަތި މަންޖެ ކައިރީގައި އީމާންވެސް އިށީނދެލިއެވެ. ނޭވާ އިހްސާސް ވާހާ […]
ދުވެފައި ގޮސް ކޮޓަރިއަށް ވަދެ އީން އެނދު މައްޗަށް ވެއްޓިގަތެވެ.އިރުކޮޅެއް ނުވަނީސް ރިންގްވާން ފެށި ފޯން ބަލާލިއިރު ގުޅަނީ އަލްޔާން އެވެ.”މިހާރު ގުޅަނީ ކޮން ދޮގެން ހަދަން” ރުޅި އައިސް އީން ފޯން އެއްލާލިއެވެ. އަނެއްކާވެސް ގުޅަން ފެށުމުން އީން ފޯން ނެގިއެވެ.”އަހަންނަށް ނުގުޅާ !!އައި ޑޯންޓް ވޯންޓް ޓު..”އީން ބުނަން އުޅުނު ޖުމްލަ ހުއްޓުނީ އެކޮޅުން ވާހަކަ ދެއްކި މީހާ ބުނި އެއްޗެއް އަޑު އިވުމުންނެވެ. އެއީ އަލްޔާން ގެ އަޑު ނޫންކަން އެނގުނު އިރު […]
އެއްލި ކަޅިޔަކުން ޝަރްވާންއާއި އެކު ޔާނާ ނަށަމުން ދިޔަތަން ރާދިންއަށް ފެނުނެވެ.ޔާނާގެ އުނަގަނޑުގައި އެއްއަތުން ހިފަހައްޓައިގެން އިންއިރު އަނެއް އަތުން ޔާނާގެ ފަހަތުން ބުރަކަށީގައި ހިފަހައްޓައިގެން ޝަރްވާން އިނުމުން ރާދިންގެ ހިތައް ތަދުވިއެވެ. ޔާނާގެ ދެއަތްވަނީ ޝަރްވާންގެ މޭމަތީގައެވެ. ރާދިންގެ ހިތުގައި ހަސަދަވެރިކަމުގެ އަލިފާންގަނޑެއް ރޯވިއެވެ. ހިތާމަވެރިކަމާއި ހަސަދަވެރިކަމުގެ އިހުސާސް އެހިތުތެރޭގައި އެއްވެގެން ދިޔުމުގެ ނަތީޖާއަކަށްވީ ރާދިންއަށް ކިޔަން އިން ލަވަ ނޫން އެހެން ލަވައެއް ކިޔަންފެށުމެވެ. އިންތަނުން ތެދުވެ އެލަވަ ކިޔަމުން ޔާނާއާއި ދިމާއަށް ރާދިންއަށް […]
“ދަރިފުޅުމެން ހާދަ ވަރުބަލި ވެފައޭ ދޯ.. މާ ބިޒީ ދުވަހަކީތަ؟” ވިޝާމާ ގެނައި ފެންތަށި ބޯން ތިބި އާދިން އާއި އަޒާންގެ ސަމާލުކަންވެސް ހުއްޓިގެން ދިޔައީ ކުރިމަތިން އިވިގެންދިޔަ ބަރު ފިރިހެން އަޑަށެވެ. ކުރިމަތީގައި ހުއްޓި ހުރި މެދު އުމުރުގެ ފިރިހެން މީހާ ފެނި ދެމީހުންގެ ތުންފަތުގައިވެސް ލުއި ހިނިތުންވުމެއް ކުޅެލިއެވެ. “ކާފާ.. ބުރައޭ ބުންޏަކަސް ވާ ބުރަ ދުވަހެއް މިއަދު.. ނޭވާއެއް ލާނެ ވަގތެއްވެސް ވީ ކިރިޔާ..” އަޒާން ވަރުބލިވެފައި ހުރެ ބުނެލިއެވެ. އެވަގުތު މަނިކު […]
ރޭގަނޑުގެ ފިނި ފިނި ވަގުތެވެ. ބޯ ރަޖަލެއްގެ ދަށުގައި ނިދާލަން މި ވިއްސާރަ ރޭގަނޑު ވަރަށް ފުރިހަމައެވެ. ވާރޭގެ މުތީތަށް ފުރާޅުތަކުގައި ޖެހިލާ އަޑު އަހާލަން ހިތްގައިމެވެ. ބިއްލޫރުގަނޑު ތަކުގައި ވާރޭ ތިކިތަށް ބީހޭ ގޮތް ބަލާލަން ރީއްޗެވެ. ނަމަވެސް މި އޮއްފަދަ ރޭގަނޑުވެސް އަރާމު ނިދި ގުރުބާން ކުރަމުން ދިޔަ ޒުވާނާއަށް ތަޢުރީފު ހައްގެވެ. އޮފީހުގެ މޭޒު ދަށުގައި ގަނޑުތަށް ބަލައިގެން ޓައިޕްކުރަމުން ދިޔައިރު ކޮފީ ތަށިން ކޮފީ ފޮދެއްވެސް ބޯލައެވެ. އިސްތަށިގަނޑު ތެރެއަށް އަތް […]
ރޭގަނޑު ދަންވެ ބާރަޖެހިއިރުވެސް އަރޫނާ ގެއަކަށް ނާދެއެވެ. ޔަނާލް ހާސްކަމާއެކު ކޮޓަރިތެރޭ އެނބުރެމުންދިޔައެވެ. އަރޫނާ ފޯނެއް ނުނަގައެވެ. ވީކަމެއް ނޭނގޭތީ ޔަނާލް ހުރީ ބިރުގެންފައެވެ. އެވަރަށް ގުޅާއިރުވެސް ފޯނު ނުނަގާތީއެވެ. ޒީކާއަށް ގުޅޭނެ ގޮތެއް ނޭނގޭތީ ހަބަރެއް ބަލާލެވޭކަށްވެސް ނެތެވެ. އާރިފާއަށް ގުޅައިފިނަމަ ކަންތައްތައް ގޯސްވާނެތީ ޔަނާލް ނިންމީ ނުގުޅުމަށެވެ. އޭނާ އަނެއްކާވެސް އަރޫނާގެ ނަންބަރަށް ޑައިލްކޮށްލަމުން އެނދުމަތީ އިށީނެވެ. ޒީންވެސް އައިސް އެކޮޓަރިއަށް ވަނީ އެވަގުތެވެ. “ޔަންތާ މިރޭ ނުނިދާ ރެއަކީތަ؟” ޒީން އައީ ޔަނާލްގެ […]
ރަސްފަންނުގެ ހިތްގައިމު މާހައުލުގައި އާލިމްއާއި އައިކާ ތިބިއރު ލޯތަށް އެދިމާލަށް އަމާޒުވަމުންދިޔައެވެ. ”ސޯ ކީއްވެ ދިމާވާންބުނީ.” ވަރަށް ހިތްވަރުކޮށްފައި އައިކާ އަހައިލިއެވެ. އާލިމްގެ ނަޒަރު އެވަގުތު ސީދާ އަމާޒުވީ އައިކާގެ މޫނަށެވެ. ލަދުން އައިކާ އިސްޖަހައިލިއިރު އެމޫނަށްވަނީ ޖަންބުކުލަވެރިވެފައެވެ. ”އައި ލަވްޔޫ” ކަންފަތަށް އިވުން ބަސްތައް ގަބޫލުކުރަން ނޭނގިފައި އައިކާ ދެލޯ ބޮޑުކޮށްގެން އާލިމްއަށް ބަލަންއިނެވެ. ހިތް އުފަލުން ނަށަމުންދިޔައިރު ދުލަށް އެންމެ ބަހެއްވެސް ނައެވެ. ހަގީގަތަކީ އާލިމްގެ ލޯތްބަށް އައިކާއަށްވެސް އެދެވެއެވެ. ފުރަތަމަ ފެނުނީންސުރެއް އެހިތުގައިވަނީ އާލިމްގެ ސޫރަ ބިންވަޅު ނެގިފައިއެވެ. އެލޯތްބަށް ހިތްއެދި ގޮވައެވެ. “އައިކާ… ކޮންމެސް އެއްޗެއް ބުނެބަލަ ޕްލީޒް. ” އައިކާ އެއްޗެއްނުބުނެ އިންނަންފެށުމުން އާލިމްގެ ހިތްދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. ކެތްތެރިކަން ކުޑަވެފައި އާލިމްއިނީ އެލޯތްބަށް ފެންބޮވައިގަނެފައިއެވެ. “އާ.. […]
“ރޫހީ… ޔަލާ އިޒް ހިއަރ…” ބުނާނެ އެއްޗެއް ނޭނގުނު އައްރާދު އެހެން ބުނެފައި ރުހާނީއާއި ދިމާލަށް އެނބުރުނެވެ. ނަމަވެސް މިބުނެވުނީ މިދަނޑިވަޅުގައި ބުނެގެން ނުވާނެ އެއްޗެއްކަން އެނގުނީ ދެނެވެ. “ސީރިއަސްލި…” ރުހާނީ އެނދުން ތެދުވަމުން ބުނެލިއެވެ. މޫނުގައި އަތްހާކާލަމުން ރުހާނީ ދުރަށް ބަލާލީ އޭނާ ގަނެފައިވާ ލަދު ފޮރުވޭތޯއެވެ. “ރޫހީ…” އެކަން ފާހަގަ ކުރެވުނު އައްރާދު އެނދުން ތެދުވަމުން އައިސް ރުހާނީގެ އަތުގައި ހިފާލަން މަސައްކަތް ކުރިއެވެ. ނަމަވެސް ރުހާނީ ޖެހެމުން ގޮސް އަލަމާރީ ކައިރީގައި ހުއްޓިއްޖެއެވެ. […]
އަގު ބޮޑު ހެން ހީވާ ކުޅޭ އެއްޗެހި ގެނެސް ދިނަސް އެޔަކުން އަރޫއަށް އެއްވެސް އުފަލެއް ނުލިބޭކަން ނޭނގޭތަ, ދައްތަގެ ދަރި މިއަދު އެހެރީ ބޮޑުވެ ޒިންމާދާރު ވެފަ, ދުވަހަކުވެސް އަރޫގެ ނުބައި ވާހަކައެއް ނީވޭނެ, އެހެންވީމަ ރަނގަޅަކަށް ނޫންތަ ބެލުނީ” އާތިފާ ހިތާ ދިމާލުގައި އަތް އަޅައިގެން ހުރެ ހިތުގެ އުދާސްތަކާއި ޝަކުވާތަށް ބޭރު ކުރީ ރޮމުންނެވެ. ދުވަސްތަށް ފާއިތުވަމުންދަނީ އަރުޝްއާއި ސާރާގެ ލޯތްބަށް އުޖާލާކަން ގެނުވަމުންނެވެ. ކޮންމެ ރެޔަކު ބައްދަލުކޮށް އެތަކެއް ވައުދާއި އަޙުދު […]