Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ބުނާށެ ލޯބި ނުވަނީހޭ 08

Blackpearl Level 210 Stories100 Comments100 Login
September 25, 2018 7 Mins Read
44 Comments

ބަރާބަރު 8 ޖެހިއިރު ޔާނާ ހުރީ ތައްޔާރުވެގެން ގޭގެ ދޮރުމަތީގައިއެވެ. ޝަރްވާންގެ އިންތިޒާރުގައިއެވެ. ޝަރްވާން އޭނާގާތު ވާހަކައެއް ބުނަން ބޭނުންވާ ކަމަށް ބުނެ މެސެޖްކުރީ 7 ޖެހިފަހުންނެވެ. އަދި އޭނާއާއި އެކީ ތަނަކަށް ދާން 8 ޖަހާއިރަށް ރެޑީވާށޭވެސް އެމެސެޖްގައި ބުނެފައި އޮތެވެ. ނުދާން ހުރެފައި ޔާނާ ރެޑީވީ ޝައުންއާއި އައިރާ ކިޔާވަރުންނެވެ. ޝަރްވާން ބުނަން ބޭނުންވާ ވާހަކައެއް ގޭގައި ހުއްޓަސް ބުނެވޭނޭ ކިޔައި ޔާނާ ވަރަށް ދެކޮޅުހެދިއެވެ.

ޝަރްވާންގެ ކާރު ގެކައިރީގައި މަޑުކުރުމުން ޔާނާގޮސް ކާރަށް އެރިއެވެ. ޝަރްވާން ކާރު ދުއްވައިލުމުން މިދަނީ ކޮން ތާކަށްހޭ އަހައިލިއެވެ. ސަޕްރައިޒްއެކޭ ބުނުމަައްފަހު އޭނާ ބުނެލީ ވިލިގިއްޔަށްކަމަށެވެ. ޔާނާ ވަރަށް ސުވާލުކުރުމުންވެސް ކަމަކު ގޮތެއް ނުބުނިއެވެ. އެންމެ ފަހުން ޔާނާ ސުވާލުކުރުން ހުއްޓާލީ ޖަވާބުނުލިބޭނެކަން ޔަގީންވުމުންނެވެ.

8:30 ވިއިރު ދެމީހުން ތިބީ ވިލިގިލީގައެވެ. ޝަރްވާން ޔާނާ ގެންދިޔައީ އެރަށު އެންމެ ހިތްގައިމު ހިސާބުގައި ހުރި ގެޔަކަށެވެ. ޒަމާނީ ފެންވަރަށް ދެބުރިއަށް ހަދައިފައިވާ ބޮޑުގެޔެކެވެ. އެއީ މީހުން އުޅޭ ގެޔެއްނޫންކަން އެނގުނީ އެތެރެޔަށް ވަނުމުންނެވެ. އެއްކޮއް އަދިރިކޮއް އޮތީމައެވެ. ޝަރްވާން އޭނާ ގޮވައިގެން މީހުން ނޫޅޭ ތަނަކަށް އެއައީ އަނެއްކާ ކީއްކުރަންބާއެވެ. ޔާނާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއްވިއެވެ. ޝަރްވާންއަށް އެކަން ފާހަގަ ކުރެވުނީ ޔާނާގެ މޫނުމަތިން ކުއްލިއަކަށް ދާހިތްލަން ފެށުމުންނެވެ. ޔާނާގެ ހިތުގައިވާ އެއްޗެއް ނަގައިގަނެވުމުން އަވަހަށް ގޮސް ލައިޓްތައް ޖައްސައިލިއެވެ.

” ޑޯންޓް ވޮރީ އަހަރެން ނޫޅެން ޔަންނު ރޭޕްކުރާކަށް.. ” ޝަރްވާން ބުނެލިއެވެ.

” ހޫނ ޝަރްވާންއަކަށް ނުވެސް ކެރޭނެ އެކަހަލަ ކަމެއްކުރާކަށް.. އެއައްވުރެ މާރަގަނޅު މީހެއް ތިއީ.. ” ރަކިނުވާންވެގެން ޔާނާ ބުނެލިއެވެ.

” އެކަމެއް ނޭންގެ މީހާ ހާސްވެގެން ދާހިއްލަން ފެށިއިރަކު.. އެހެން ނޫނަސް ޔަންނުއަށް ކިހިނެއް އެނގެނީ އަހަރެންމީ ރަގަނޅު މީހެއްކަމެއް.. ބޭރު ފުށުން ކިތަންމެ ރަގަނޅުވެގެން އުޅުނަސް އަހަރެން ވެދާނެއެއްނު ވިލަންއަކަށްވެސް.. ” ޝަރްވާން އެހެން ބުނުމުން ޔާނާ ފާޑަކަށް ލޯ އަޅައިލިއެވެ. ” ވައި.. އޭމް އައި ޓޫ ހެންޑްސަމް ޓު ބީ އަ ވިލަން.. ” ޔާނާގެ އަތުގައި ހިފައިލަމުން ލާނެތް ރާގަކަށް އޭނާ ބުނެލިއެވެ. ޔާނާގެ އަތުގައި ހިފަހައްޓައިގެން އިން ޝަރްވާންގެ ގައިގައި ސަލާމަތުން އިން އަތުން ޖަހައިލައިފައި ޔާނާ އެގޭތެރެ ބަލަންފެށިއެވެ.

” މީ ވާންގެ ގެތަ.. މިހާ ރީތި ގެޔެއް ހުއްޓަ ކީއްކުރަން ކުއްޔަށް ކޮޓަރިއެއް ހިފައިގެން އެގޭގައި ތިހުންނަނީ.. ” ޔާނާ ސުވާލުކޮއްލިއެވެ.

” މީ އަހަރެން ގެނެފައި އިން ގެޔެއް.. ހަތަރު އަހަރު ވެއްޖެ އަހަރެން މިގެ ހަދަމުން ދާތާ.. މިހާރު ދެން އެއްކޮއް ނިމެން ކައިރިވެފަ މިއިނީ.. މިއީ އަހަރެން ލޯބިވާ އަންހެން ކުއްޖާއާއި ކައިވެނި ކޮއްގެން އެކުގައި މުޅި އުމުރަށް ދިރިއުޅެން ހަދާ ގެޔެއް..” ޝަރްވާން ޖަވާބު ދިނެވެ.

” ވާންގެ ލޯބިވެރިއަކު ހުރޭތަ..” ޔާނާ އަހައިލިއެވެ.

” އަހަރެން ވަރަށް ލޯބިވާ ކުއްޖަކު އެބަހުރި..” ޝަރްވާން ބުނެލިއެވެ.
” ލެޓްސް ގޯ ޓު ޓެރަސް..” ޔާނާ އެއްޗެކޭ ނުބުނެ އިންނަން ފެށުމުން ޝަރްވާން އޭނާގެ އަތުގައި ހިފައިގެން ސިޑިން މައްޗައް އަރަން ދިޔައެވެ.

************************

” ރާދް ދެން ކޮން އިރަކުންތަ މެރީކުރާނީ..” ތުއި ގޮތަކަށް މަލްކާ ބުނެލިއެވެ. ރާދިންއާއި މަލްކާ ތިބީ ސީ ހައުސްގައެވެ. ޝަމީލްގެ އިންތިޒާރުގައެވެ.

” މަލްކާ ތިހެން ޝަކުވާކުރާއިރު ހީވަނީ އަހަންނާއި ރައްޓެހިވެގެން އުޅޭތާ ގަރުނެއް ވެއްޖެހެން.. އަދި މިއުޅެނީ 24 ގަޑިއިރުނުވެގެން އިންނަން އެއްބަސްވިތާވެސް.. އަދި ނެތެއްނު ނީންދެވީގެން އުޅޭކަށް.. އެހާ އަވަހަށް އަދި ޝަރްވާން މަތިން ހަނދާންނުވެސް ނެތޭނެއެއްނު ދޯ.. އަދި ދެތިން މަސް ބަލައިފައި ކައިވެނިކުރާނީ..” ރާދިން ބުނެލިއެވެ. މަލްކާ އިތުރު އެއްޗެކޭ ބުނަން އުޅެފައި ހުއްޓުނީ ޝަމީލް އައިސް އެމީހުން ކައިރީގައި އިށީންނުމުންނެވެ.

” މަލްކާ ކީއްކުރަނީ މިތާގައި..ކޮބާ ވާން..” ޝަމީލް އެހެން ބުނެފައި ބެލީ އެތަނުގައި ޝަރްވާން ހުރިތޯއެވެ.

” މަލްކާ އައީ އަހަންނާއި އެކީގައޭ..” ރާދިން ބުނެލިއެވެ.
” އަހުރުމެން މިއުޅެނީ މެރީކުރަން ވެގެން..”

” ރާދްއަށް އެނގޭތަ މިއީ ކާކުކަން..އަހަރެންގެ ކަޒިން ބުރޯއެއްގެ ގާރލް މީ.. އެދެމީހުން ރައްޓެހިވެގެން އުޅޭތާ ވަރަށް ދުވަސްވެދާނެ މިހާރު..” ޝަމިލްގެ މޫނުގައިވި ހައިރާންކަމުގެ ކުލަވަރު ބަދަލުކޮއްލަމުން އޭނާ ބުނެލިއެވެ.

” މޭން މިއިން ޒަމާނަކުވެސް ޝަރްވާންއާއި ދިމާވިތަ..” ޝަމީލްގެ ކޮނޑުގައި ޖަހައިލަމުން ރާދިން އަހައިލިއެވެ. ” އާ ދިމާވޭ ވަރަށް ގިނައިން.. ދޭތެރެ ދޭތެރެއިން ގެޔަށްވެސް އަންނާނެ. ކޮފީއަށް ގޮސްވެސް ހަދަން.. ކީއްވެ ތިހެން ތިއެހީ..”

މަލްކާ ޝަމީލްއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެހެން ކުއްޖެއްދެކެ ލޯބިވެވިއްޖޭ ކިޔައިފައި އޭނަ ދޫކޮއްލި ވާހަކައެވެ. މިހާރު އުޅެނީ އެއަންހެންކުއްޖާއާއި އިނދެގެން ކަމަށާއި ދަރިއަކު ހުންނަ ވާހަކައެވެ. އެއީ ޔާނާކަމަށް ބުނެލީ ރާދިންނެވެ.

” ނުވާނެ ތިހެންނެއް.. އަހަންނަށް ޔަގީން ރާދްމެންނަށް ތިއުޅެނީ އޮޅިގެންކަން.. ބަލަ އެއީ އަހަރެންގެ ބޭބެއޭ.. އޭނަ މީހަކާއި އިނދެ ދަރިއެއް ލިބުނުއިރު އަހަރުމެންނަށް ނޭންގިއެއް ނުހުންނާނެ.. ވެދާނެ މަލްކާއާއި ރުޅިވީ ކަމަށް..މަލްކާއާއި ރުޅިވި ވާހަކައެއްވެސް އަހަރެމެން ކައިރިއަކު ނުބުނޭ.. ވާންއަކީ ޕާސަނަލް ލައިފްގެ ވާހަކަ އެހާ މީހުންނާއި ސެއާރ ކުރާ މީހެއްނޫން.. އެކަމަކު ވާން އަދި މީހަކާއި ނީންދޭ.. އެވަރު ކަމެއް ސިއްރެއްނުކުރާނެ.. އަދި އަމުދުން ވާން ކިހިނެއް ޔާނާއާއި އިންނާނީ.. ޔާނާ ފިލައިގެން ދިޔަތާ 4 އަހަރު ވެއްޖެ.. ވާންއަށް ޔާނާ ފެނުނީ އެންމެ ރެޔަކު.. ވާން ކިހިނެއް ޔާނާއާއި ވާހަަކަ ދައްކާނީ.. އެއީ މީހެއްގެ އަންބަކާއި އަޅައިގަނެގެން އުޅޭނެ މީހެއްނޫން.. ވާންއަކީ އަހަރުމެން ފެމިލީގައިވެސް ހުރި އެންމެ ހަމަޖެހޭ މީހާ.. އެހާ ކަޑަކަމެއް ވާންއެއް ނުކުރާނެ.. މަށަށް ހަމަ ޔަގީން ތިމީހުންނަށް ތިއުޅެނީ އޮޅިގެންކަން” ރާދިންމެން ދެއްކި އެއްވެސް ވާހަކައެއް ޝަމީލް ގަބޫލެއްނުކުރިއެވެ.

**************************
” ވާން މީ..” މުޅި ޓެރަސްއޮތީ އެކި ކުލަކުލައިގެ އަލި މަޑު ބޮކިތަކުން ޒީނަތްތެރިކޮއްފައެވެ. ތިރީގައި ރަތް ފިނިފެންމަލުގެ ފިޔައިން ހިތުގެ ބައްޓަމަށް ކުރަހާފައިވެއެވެ. އޭގެ ތެރޭގައި ހުދުކުލައިގެ މިނާތަކުން އައި ލަވް ޔޫ ޖަހައިފައިފައި އިނެވެ. މޭޒެއް ބަހައްޓައިފައި އިންއިރު އޭގެ މެދުގައި ބޮޑު ކޭންޓަލްއެއް ހުއްޓެވެ. ކާއެއްޗެހިވެސް މޭޒުމަތީގައި ހުއްޓެވެ. ” ވާން އެއްޗެކޭ ބުނުމުގެ ކުރިން އަހަރެން އެއްޗެކޭ ބުނަންތަ..” ޔާނާ ބުނެލިއެވެ. ޝަރްވާން ބޯޖަހާލީ އާއެކޭ ބުނަމުންނެވެ.

” މަންމަ ބަލިވި ފަހުން ކޮންމެ ދުވަހަކު ގޮތަކަށް އަހަންނަށް ރާދިން ފެނޭ.. ރާދިން ފެންނަ ކޮންމެ ފަހަރު އަދިވެސް އަހަރެންގެ ހިތްއަވަސްވެގެން ދޭ.. އަހަރެން ހީކުރީ އަހަންނަށް އިތުރު ކައިވެންޏެއް ކުރެވިދާނެކަމަށް.. ރާދިންމަތިން ހަނދާން ނެތޭނެ ކަމަށް.. އަހަރެން މިއަދު އެގޭގަ ހުއްޓަ ލިބުނު ހަބަރެއް އިނގޭތަ.. ރާދިން މީހަކާއި އިންނަން އުޅޭ ވާހަކަ ބުނީ އަހަރެންވެސް އެތަނުގައި ހުއްޓައި.. އަހަރެންގެ ހިތަށް ހީވީ މީހަކު ތޫނު އެއްޗަކުން ހަމަލާދިންހެން.. އެއަންހެން ކުއްޖާއާއި މެދު މިހިތުގައި ހަސަދަވެރިކަން އުފެދުނު.. އެކަމަކުވެސް އަހަރެން މީހަކަށް އެކަމެއް ނުދައްކަން.. އަހަރެންގެ ހިތާމައިގެ މައްޗަށް ރުޅިވެރިކަން އިސްކުރަން އަހަރެން ދަންނަން.. ކިތަންމެ ރުޅިއަރާކަމަށް ދެއްކިޔަސް އަހަރެން އަދިވެސް ރާދިންދެކެ ލޯބިވޭ.. އެހެންނޫންނަމަ އަހަންނަށް އެހާ އަސަރެއް ނުކުރާނެއެއްނު ދޯ.. އެކަމަކު އަހަރެން ދުވަހަކުވެސް ރާދިންއަށް މާފެއް ނުކުރާނަން.. ވާން ގާތު މިވާހަކަ މިދެއްކީ ވާން ބުނަން އުޅޭ ވާހަކައެއް އެނގޭތީ..” ޔާނާގެ ހިތުގެ ހާލަތު އޭނާ ޝަރްވާންއަށް ކިޔައިދިނެވެ.

” ޔާނާއަށް ތިހީވީ ރަގަނޅަށް.. އަހަރެން ޔާނާދެކެ ވަރަށް ލޯބިވޭ.. އެހުމުގެ ކުރިން ޔާނާ އަހަރެން ރިޖެކްޓް ކޮއްލީ ދޯ..” ހިތުގައިވާ ރިހުން ފޮރުވަމުން ޝަރްވާން ބުނެލިއެވެ. ” އަހަރެން ނޫނެކޭ ނުބުނަމެއްނު..” އިސްއުފުލާލައި ޝަރްވާންގެ މޫނައް ބަލައިލަމުން ޔާނާ ބުނެލިއެވެ. ” އެހެންވިއްޔާ ބުނެބަލަ.. ވިލް ޔޫ މެރީ މީ.. އަހަރެން ލޯބިވަނީ ހަމަ އެކަނި ޔާނާ ދެކެއެއް ނޫން.. ރާއްކޮއަށް ބައްޕައެއްގެ ލޯބިދޭން އަހަރެން ބޭނުން.. ޔާނާ ވިސްނާނެ ވަރަކަށް ވިސްނަން އަހަރެން ވަގުތު ދީފާނަން.. އަހަންނަށް އަދިވެސް ޔާނާއަށް އިންތިޒާރު ކުރެވިދާނެ.. ސޯ ވިސްނާފައި އަހަންނަށް ޖަވާބެއް ދީ އިނގޭ..” ޔާނާގެ ދެކޮނޑުގައި ދެއަތުން ހިފަހައްޓައިލަމުން ޝަރްވާން ބުނެލިއެވެ. ޔާނާ ބުނީ ވިސްނައިފައި ޖަވާބެއް ދޭނެކަމަށެވެ. ދެމީހުން މާލެ ދިޔައީ ރޭގަނޑުގެ ކެއުމައް ފަހުގައެވެ.

ދުވަސްތައް ފާއިތުވަމުންގޮސް މިހާރު ޝަރްވާން ޔާނާއަށް ލޯބި ހުށަހެޅިތާ ހަފްތާއެއް ވެއްޖެއެވެ.ޔާނާ އަދިވެސް ޝަރްވާންއަށް ޖަވާބެއް ނުދެއެވެ.ޝަރްވާންވެސް ޔާނާ ކައިރިން ޖަވާބު ހޯދާކަށް މާވަރަކަށް ނޫޅެއެވެ. ވޭތުވެދިޔަ ހަފްތާ ތެރޭގައިވެސް އެދެމީހުންގެ ގުޅުން ދިޔައީ އިތުރަށް ވަރުގަދަވެގެންނެވެ. ޔާނާއާއި ޝަރްވާންގެ ގުޅުން އިތުރަށް ވަރުގަދަ ކުރަނީ ޔާނާގެ ދަރިފުޅު ރާޔާއެވެ.

އެދެމީހުންނެކޭ އެއްގޮތަށް ރާދިންއާއި މަލްކާގެ ގުޅުންވެސް ދިޔައީ މަޑުމަޑުން ކުރިއަރަމުންނެވެ. އެދެމީހުން ގުޅުމުގެ އެންމެ ބޮޑު ބާރަކަށް ވެގެން ދިޔައީ ރާދިންގެ ހިތުގައި ޔާނާއަށްޓަކައިވާ ރުޅިވެރިކަމެވެ.

ޔަސީރާގެ ހާލު މިހާރު ރަގަނޅުކަމުން ޔާނާމެން އެގެޔަށް ގޮސް ހަދަނީ ވަރަށް މަދުންނެވެ. ގިނަ ދުވަހު އެމީހުން ކަައިރިއަށް އަންނަނީ ޔަސީރާއެވެ. މާމަ ދަރިފުޅާއި ގުޅުން ބަދަހިވާކަށް ގިނަ ދުވަހެއް ނުނެގިއެވެ.

އާއިލާއާއި އެކީ އުފަލުގައި ދުވަސްތައް ވޭތު ކުރަމުން ދިޔަޔަސް 4 އަހަރު ދުވަހު ޔާނާމެންގެ ކަންތައް ކޮއްދިން ޖުވެއިރިޔާ މަތިން ޔާނާ ހަނދާން ނައްތައެއްނުލައެވެ. ކޮންމެ ދުވަހަކުވެސް ޔާނާ ޖުވެއިރިޔާއަށް ގުޅައި ވާހަކަދައްކައެވެ. ޖުވެއިރިޔާ ގާތުގައި މާލެއައުމަށް ކޮންމެ ދުވަހަކުވެސް ޔާނާ ބުނެއެވެ.

އޮފީހުގެ މަސައްކަތްތައް ކުރަމުން ރާދިން ރައިހާންގެ 50 ވަނަ އުފަންދުވަހުގެ ހަފްލާއަށް ތައްޔާރުވަމުން ދިޔައެވެ. ރައިހާންގެ ހުރިހާ ރައްޓެހިންނަށް އެޕާޓީއަށް ދައުވަތުދިނެވެ. ޕާޓީ ބާއްވަން ހަމަޖައްސައިފައިވަނީ އެކުންފުނީގެ އެންމެ ބޮޑު ހޮޓެލްގައެވެ. ޕާޓީގެ ހުރިހާ ކަމެއްވެސް ބެލީ ރާދިންއާއި ޝަމީލްއެވެ. ހުރިހާ ކަމެއްވެސް ރާދިން ބޭނުންވާ ގޮތައް ފުރިހަމައަށް ތައްޔާރުކުރެވުނެވެ.

ޔަސީރާގެ އެދުމަށް ޔާނާއާއި އައިރާގެ އިތުރުން ޝައުންއާއި ޝަރްވާންވެސް އެރޭގައި އޮތް ޕާޓީއަށް ދާން ތައްޔާރުވަމުން ދިޔައެވެ.
ޔާނާއާއި އައިރާގެ ހެދުން ފަހާފައިވަނީ އެއްގޮތަކަށެވެ. ގަދަ ފެހިކުލައިގެ އަތްކުރު ދިގު ހެދުމެކެވެ. އެއީ ޔަސީރާ އެދެމީހުންނަށް އެރޭގެ ޕާޓީގައި ލުމަށް ގެނެސްދީފައިވާ ހެދުމެވެ. ދެމީހުން ރީތިވެގެން ކޮޓަރިން ނިކުތްއިރު ޝައުންއާއި ޝަރްވާން ސީޓިން ރޫމްގައި އިނެވެ.ދެމީހުންވެސް ހުރީ ކަޅު ފަޓޫލޫނަކާއި އެކު ހުދުކުލައިގެ ގަމީހެއް ލައިގެންނެވެ.

” ރާއްކޮ އެކަނި ބާއްވައިފައި އަހަރެން ނުވޭ ދާހިތެއް.” ޔާނާ ބުނެލިއެވެ. ” ރާއްކޮ އެކަންޏެއްނޫނެއްނު އަޅެ އެއޮތީ.. އަޒޫ އިންނާނޭ އަހަރުމެން އަންނަން ދެން ރާއްކޮ ކައިރީގައި.. މަންމަ ދެން އެވަރަށް ކިއީމަ ދާންވާނެ އެއްނު.. ” އައިރާ ބުނެލިއެވެ. އަޒުރާއަކީ އައިރާގެ ރައްޓެއްސެކެވެ. ދެހިޔާލެއްގައި ހުރެފައި ޔާނާ އެމީހުންނާއި އެކުގައި ދާން ނިކުތެވެ.

ޕާޓީއަށް ވަދެގެން އައި މީހުންގެ ތެރެއިން ރާދިންއަށް ޔާނާ ފެނުނެވެ. ލުއި މޭކަޕެއް ކޮއްފައިވާއިރު ޔާނާ އިތުރަށް ރީތިކަމަށް ދައްކައެވެ. ކަޅި ޖަހާނުކައި ރާދިން ޔާނާއަށް ބަލަން އިންތަން ފެނުމުން މަލްކާގެ އަނގައަށް ވައްތަރެއް ޖައްސައިލައިފައި ރާދިން އޭނާއާއި ވީ ފަރާތަށް އަނބުރާލައިއެވެ. އެއައްފަހު ރާދިންގެ ކަރުގައި ދެއަތް އަޅުވާލައިފައި އޭނާ މިރޭގައި ރީތިހޭ އަހައިލިއެވެ. ރާދިން މަލްކާގެ ދެއަތް ނައްޓުވައި ފަހަތް ބަލައިލިއިރު ޔާނާ އިނީ އެދެމީހުނަށް ބަލާށެވެ. މަލްކާއާއި ވީކޮޅަށް އެނބުރި އޭނާ ނެއްޓުވި ދެއަތް އޭނާގެ ކަރުގައި އަޅުވައިލިއެވެ. އިތުރަށް މަލްކާއާއި ކައިރިވެލައި މަލްކާގެ ކަންފަތް ދޮށުގައި ވަރަށް ރީއްޗޭ ބުނެލިއެވެ. މީހަކަށް ދައްކަން ކަމުގައި ވިޔަސް ރާދިންގެ އެގާތްކަމުން މަލްކާގެ ހިތް އުފަލުން ނަށައިލިއެވެ.

ރާދިންގެ ގާތުގައި އިން އަންހެން ކުއްޖަކީ މަލްކާކަން އެނގުމުން ޝަރްވާން ކުޑަކޮއް ހައިރާންވިއެއް ކަމަކު އޭނާ އެކަމާއި މާބޮޑަށް އަޅައެއްނުލައެވެ. އޭނާ އުޅުނީ ޔާނާއާއި އެކީގައެވެ.

ރާދިންއާއި މަލްކާގެ ވާހަކަ ގަބޫލުނުކުރި ޝަމީލްއަށް ޔާނާއާއި ޝަރްވާން އެއްކޮއް ފެނުމުން އިނީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. ޔާނާއާއި ޝަރްވާން އޮތީ ކޮން ގުޅުމެއްތޯ ބަލަން އޭނާ ބޭނުންވިއެވެ. ޔާނާއާއި ޝަރްވާންގެ ހަރަކާތްތަކަށް ފާރަލަމުން ދިޔަ ޝަމީލް އިންތިޒާރު ކުރަމުން ދިޔައީ ޝަރްވާން އެކަނިވާނެ ވަގުތަކަށެވެ.

” އަހަންނަކަށް ނޭންގެ ޝުކުރުއަދާކުރާނެ ގޮތެއްވެސް..އެހާ ބިޒީކޮއް އުޅެމުން އަހަރެންގެ އުފަންދުވަސް ފާހަގަކުރަން އައީތީ އަހަރެން ވަރަށް އުފާވެއްޖެ.. މިއީ އަހަރެންގެ އެންމެ ހަނދާނުން ނުނެތޭނެ ދުވަހަކަށް ވާނޭކަން ޔަގީން.. އޯލް ތެންކްސް ޓު މައި ސަން އެންޑް ވައިފް..އަހަރެންގެ ހުރިހާ ރައްޓެހިން މިގޮތައް އެއްތަން ކުރުވީ ވަރަށް ބޮޑަށް ޝުކުރިއްޔާ..” އެންމެންނަށް އަޑުއިވޭނެހެން މައިކެއް ހިފައިގެން އިނދެ ރައިހާން ބުނެލިއެވެ. ރައިހާން ހުރީ ޔަސީރާގެ އަތުގައި ހިފައިގެންނެވެ.

” ރައިހާންއަށް ރައިހާންގެ ފުރަތަމަ ލޯބި ލިބުނީތީ އަހަރެން ވަރަށް އުފާކުރަން.. ތިދެމީހުންނަކީ ކޮލެޖް ދައުރުންސުރެ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ދެމީހުން ވިއްޔަ.. އެދުވަސްތައް މަތިން އަހަރެން އަދިވެސް ހަނދާންވޭ.. އަލަތު ލޯބިވެރިޔާގެ އިންތިޒާރުގައި މީހަކާއިވެސް ނީންދެ ވިއްޔަ ރައިހާން ހުރީ.. ނިކަން އަހަރުމެންނަށް ރައިހާންގެ މާޒީ ކިޔައިދީބަލަ..” ރައިހާންގެ ރައްޓެއްސެއްކަމައްވާ
އާދިލް ބުނެލިއެވެ.

” އަހަންނަށް ޔަސީރާ ފުރަތަމަ ފެނިލުމާއިއެކު ލޯބިވެވިއްޖެ.. ޔަސީރާ އިމްޕުރެސް ކުރަން އަހަރެން އުޅުނު ގޮތް ތިއެންމެންނަށް އިނގޭނެ.. މާޒީގައި ކަންތައް ވީގޮތުން އަހަރުމެން ދެމީހުންނަށް އޭރު ކައިވެނި ނުކުރެވުނީ. ރާދިންގެ ޒިންމާ އަހަރެންގެ ބޮލުގައި އެޅުނު ހިސާބުން އަހަންނަށް ޖެހުނީ އަހަރެންގެ ލޯބި ފަސްދަށަށް ލައި ފޮރުވަން.. އެންމެންނަށްވެސް އިނގޭނެ ރާދިންއަކީ އަހަރެންގެ އަސްލު ދަރިއެއްނޫންކަން.. ބޭބެއާއި ފަހަރި ނިޔާވި ފަހުން އަހަރެން ރާދިން ގެންގުޅުނީ އަހަރެންގެ ދަރިއަކަށް ހަދައިގެން.. އެހެން މީހެއްގެ ދަރިއެއް ބަލަން އަހަންނާއި އިންނާކަށް ޔަސީރާގެ މައިންބަފައިން ގަބޫލެއްނުވި.. ޔަސީރާ ރޮއެ އާދޭސްކޮއްކޮށް ހުއްޓައި ގަދަކަމުން ރާއްޖޭން ބޭރަށް ގެންދިޔައީ.. އޭގެ 20 އަހަރުފަހުން އަހަރުމެން ދިމާވީ ލަންޑަނުން.. ޔަސީރާ އޭރު އިނީ ހުވަފަތްވެފައި.. އަހަރެން އަދިވެސް މިހުންނަނީ ޔަސީރާގެ އިންތިޒަރުގައޭ ބުނުމުން ގަބޫލުވެސް ނުކުރި.. ނަސިީބަކުން ލަހުން ނަމަވެސް އަހަންނަށް އަހަރެންގެ ލޯބި ކާމިޔާބު ކުރެވިއްޖެ.. އަހަންނައްވުރެ ވަކި ނަސީބު ގަދަ މީހަކު ހުންނާނެތަ.. ޔަސީރާ ކަހަލަ ހެޔޮލަފާ އަތްބަކު އެބަހުރި.. ރާދިން ކަހަލަ ރަގަނޅު ފިރިހެން ދަރިއަކު އެބަހުރި.. ދެއަންހެން ކުދިންވެސް ލިބިފަ އެބަހުރި.. އިތުރައް އަހަރެން ދެން ބޭނުންވާނެ އެއްޗެއް ނޯންނާނެ..” ރައިހާން އޭނާގެ މާޒީގެ ވާހަކަ ކިޔައިދިނުމުން ޔާނާ ހަނދާންވީ އޭނާ ރާދިންއާއި ދިމާލަށް ތިއީ ރައިހާންގެ އަސްލު ދަރިއެއްނޫނޭ ބުނި ހަނދާނެވެ. ޔާނާ ހީކުރީ ރާދިންއަށް އޭރު އެކަން ނޭންގޭކަމަށެވެ. ނަމަވެސް ރާދިންއަށް އޭރުވެސް ހުރިހާ އެއްޗެއް އިނގެއެވެ.

” ރާދިން ދަރިފުޅާ ދަރިފުޅުގެ އަޑުން ލަވައެއް ނީވިއްޖެނަމަ މިދުވަސް ފުރިހަމައެއް ނުވާނެ.. ނިކަން ބައްޕަގެ ފޭވަރިޓް ލަވަ ކިޔާލަބަލަ.. ހުރިހާ ކަޕުލްސްއެއް ވާނެ ނަށަން އަރަން.. މޭ އައި ހޭވް އަ ޑާންސް ޕުލީޒް މައި ބިއުޓިފުލް ވައިފް.. ” ރައިހާން އެހެން ބުނެފައި ޔަސީރާގެ އަތުގައި ހިފައިގެން އެބޮޑު ހޯލުގެ މެދުގައި ގޮސް މަޑުކޮއްލިއެވެ.

ބައްޕަގެ އެދުމުގެ މަތިން ރާދިން މައިކް ހިފައިގެން ގޮނޑިއެއްގައި އިށީންދެގެން އިނދެ ލަވަ ކިޔަން ފެށިއެވެ.

ޕެހެލީ ނަޒަރް މޭ
ކޭސެ ޖާދޫ ކަރް ދިޔާ
ތޭރާ ބަން ބޭޓާ ހޭ
މޭރާ ޖިޔާ
ޖާނޭ ކަޔާ ހޯގާ
ކަޔާ ހޯގާ ކަޔާ ޕަތާ
އިސް ޕަލް ކޯ މިލްކޭ
ްއާ ޖީލޭ ޒަރާ

ރައިހާންއާއި ޔަސީރާގެ އުމުރުގެ 10 ވަރަކަށް ޖޯޑު އެމީހުންނާއި އެކު ނަށަމުން ގެންދިޔައެވެ. ޝައުން އައިރާގެ އަތުގައި ހިފައިގެން އެއެންމެންނާއި ބައިވެރިވީ އެލަވައިގެން ހިތްގައިމުކަމުންނެވެ. އައިރާ ޔާނާ ކައިރީގައި އަންނަން ބުނިތަން ފެނުމުން ޝަރްވާން ޔާނާއަށް ދިއްކޮއްލިއެވެ. ޔާނާ އެއަތުގައި ހިފައިގެން އައިރާމެން ކައިރިއަށް ދިޔައެވެ.

މޭ ހޫ ޔަހާ
ތޫ ހޭ ޔަހާ
މޭރި ބާހޯމެ އާ
އާ ބި ޖާ
އޯ ޖާން އެ ޖާން
ދޯނޯ ޖަހާ
މޭރި ބާހޯމެ އާ
ބޫލް ޖާ އާ

އެއްލި ކަޅިޔަކުން ޝަރްވާންއާއި އެކު ޔާނާ ނަށަމުން ދިޔަތަން ރާދިންއަށް ފެނުނެވެ.ޔާނާގެ އުނަގަނޑުގައި އެއްއަތުން ހިފަހައްޓައިގެން އިންއިރު އަނެއް އަތުން ޔާނާގެ ފަހަތުން ބުރަކަށީގައި ހިފަހައްޓައިގެން ޝަރްވާން އިނުމުން ރާދިންގެ ހިތައް ތަދުވިއެވެ. ޔާނާގެ ދެއަތްވަނީ ޝަރްވާންގެ މޭމަތީގައެވެ. ރާދިންގެ ހިތުގައި ހަސަދަވެރިކަމުގެ އަލިފާންގަނޑެއް ރޯވިއެވެ. ހިތާމަވެރިކަމާއި ހަސަދަވެރިކަމުގެ އިހުސާސް އެހިތުތެރޭގައި އެއްވެގެން ދިޔުމުގެ ނަތީޖާއަކަށްވީ ރާދިންއަށް ކިޔަން އިން ލަވަ ނޫން އެހެން ލަވައެއް ކިޔަންފެށުމެވެ. އިންތަނުން ތެދުވެ އެލަވަ ކިޔަމުން ޔާނާއާއި ދިމާއަށް ރާދިންއަށް ހިނގައިގަނެވުނެވެ. ރާދިން ކިޔަންފެށި ލަވައަކުން އެންމެން އެނާއާއި ދިމާއައް ބަލަން ފެށިއެވެ. ޔާނާއަށްވެސް ލިބުނީ ހައިރާންކަމެކެވެ. އެހާމެ ރުޅިވެސް އައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Blackpearl

Level 210 Stories100 Comments100 Login

A girl who read to kill her boredom and write to entertain others ?? [email protected]

Other Articles

Previous

އެވްލީން (2)

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 18

Next
September 25, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 18

Previews
September 25, 2018

އެވްލީން (2)

44 Comments!

  1. Shiu says:
    September 25, 2018 at 1:11 am

    Me first dhw. V v v nice mi part masha allah when next part ???

    1. Blackpearl says:
      September 25, 2018 at 11:15 am

      Yes dear yuh got first
      Thank yuh so much
      Next part thursday ga Insha Allah ???

  2. Ana says:
    September 25, 2018 at 10:07 am

    Masha Allah mi partvx hama habeys..waiting for next part ❤

    1. Blackpearl says:
      September 25, 2018 at 11:16 am

      Thank yuh so much Ana Darling..keep waiting ???

  3. Someone says:
    September 25, 2018 at 11:01 am

    Mi part vvvvv reethi.. kn lavaehbaa Raadhin ekiyany Yaana ehaa rulhi annaakah ??
    Waiting for the next part

    1. Blackpearl says:
      September 25, 2018 at 11:18 am

      Thanks a lot dear..
      Kn lavaeh dhw balamaa dhw next part in ??

  4. Reem says:
    September 25, 2018 at 11:08 am

    Wow Amazing
    Yaana Sharwaan ah no eh jahaalabala dhen.. dhemyhunvx jealous vany dhw..heheh varah reethi mi part..next part avas kohlahchey ingey ??

    1. Blackpearl says:
      September 25, 2018 at 11:20 am

      Thank yuh Reem
      Visnaalaafa ehnu javaabeh dheyn vaany dhw.. Reemvx kuhjakah no jahaany varah visnaafa ehnu dhw..dhn hingaa dhw balamaa Yaana dheyne javaabehvx..
      Hmmm maa bodahvx jealous vegen dhemyhun eulheny dhw..
      Next part on thursday Insha Allah ?????

  5. Reem says:
    September 25, 2018 at 11:57 am

    Reem eh nuvisnan ehvx varakah..looks ah balaafa javaabeh dheny ???

    1. Blackpearl says:
      September 25, 2018 at 2:09 pm

      Looks ah balaafa Sharwaan ah yes bunaavaru veyey Reem ??

  6. Airah says:
    September 25, 2018 at 12:19 pm

    Yaana n Radhin gulhuvaba plx.

    1. Blackpearl says:
      September 25, 2018 at 2:09 pm

      Why not Yaana and Sharwaan Airah?

    2. Airah says:
      September 25, 2018 at 2:47 pm

      Yaana n Radhin 2meehun ves lobivey eahenvea.

    3. Blackpearl says:
      September 25, 2018 at 2:56 pm

      Lets see what happens between them ?

  7. Siyah Inci says:
    September 25, 2018 at 12:40 pm

    Beautiful. When is the next part?

  8. Ishaan says:
    September 25, 2018 at 1:01 pm

    waaaaaw………..osm

    1. Blackpearl says:
      September 25, 2018 at 2:10 pm

      Thank yuh Ishaan ??

  9. Maii says:
    September 25, 2018 at 4:08 pm

    Yaanaa and sharwaan plxx.. they r cute.. like a cute couple.. I don’t like angry birds like raadhin..

    1. Blackpearl says:
      September 25, 2018 at 4:14 pm

      Yaanaa and Sharwaanves possible hama..
      Lets see dhw ??

  10. maya says:
    September 25, 2018 at 4:18 pm

    vv reethi masha allah…..nenge yaanaaa kaaka gulhuvyma kameh rythivaany ki..raadhin viyya vs reethi cox they both luv each other adhives..dhen sharvaan viyya vs hadi eh nuvaane kannenge..avahah nxt part up kohdhhehchey,…cvv curious…luv yuh dear

    1. Blackpearl says:
      September 25, 2018 at 4:55 pm

      Thank yuh so much maya
      Yaana libeny kaakah thw balamaa dhw dhn
      Next partvx varah avahah up kohla dheynan
      Much love ??

  11. Manje says:
    September 25, 2018 at 6:46 pm

    Dear mi part vvvvv reethi..cant wait to read the next part.. if possible mirey up kohladhybaa please ??

    1. Blackpearl says:
      September 25, 2018 at 9:18 pm

      Thank yuh so much dear..
      Mirey dhen not possible..
      Sorry.. maadhan up kohleveythw try kuraanan ingey ??

  12. Queen ?? says:
    September 25, 2018 at 7:36 pm

    Masha Allah.. mi part v furihama.. bunaane ehchehves neynge.. sharwaan aa buni gothah hama vedhaane dhw aee villain eh kamah.. I think hama edhemyhun dheytharah vany Sharwaan hen..waiting for the next part

    1. Blackpearl says:
      September 25, 2018 at 9:20 pm

      Thanks a lot Darling
      Vedhaane hama dhw.. lets see dhn vaa gotheh ??

  13. Ninni says:
    September 25, 2018 at 7:58 pm

    Blackpearl dear yuh are just amazing ❤❤❤.. story haadha reehchey Masha Allah ?
    Waiting for thursday ??

    1. Blackpearl says:
      September 25, 2018 at 9:21 pm

      Thank yuh so much Ninni
      Keep waiting dear ???

  14. ?? says:
    September 25, 2018 at 8:34 pm

    Varah loabi stoey eh mee ???

    1. Blackpearl says:
      September 25, 2018 at 9:21 pm

      Thank yuh so much dear ??

  15. ?? says:
    September 25, 2018 at 8:36 pm

    Story **

  16. Shaaya says:
    September 25, 2018 at 9:12 pm

    Mi partvx vvvvv salhi..waiting for the next part..next part thankolheh avahah genesdhehchey and thankolheh dhigukoh genesdhehchey

    1. Blackpearl says:
      September 25, 2018 at 9:22 pm

      Thanks a lot Shaaya
      Mi part kurutha dear??

  17. Shaaya says:
    September 25, 2018 at 9:26 pm

    Nooney mi partves kureh noon ?

    1. Blackpearl says:
      September 25, 2018 at 11:34 pm

      Next part dhigukohlaanan ingey ?

  18. ? says:
    September 25, 2018 at 10:25 pm

    Masha Allah vvv reethi

    1. Blackpearl says:
      September 25, 2018 at 11:35 pm

      Thank yuh dear ?

  19. Tinku says:
    September 25, 2018 at 10:45 pm

    Story hama habeys.. keep it up dear ??

    1. Blackpearl says:
      September 25, 2018 at 11:35 pm

      Thank yuh dear ?

  20. Hudher says:
    September 25, 2018 at 11:13 pm

    Nyc part deat maasha allah…whn next….haadha lahakun thi up kolly

    1. Blackpearl says:
      September 25, 2018 at 11:36 pm

      Thank yuh dear ?
      Iyye submit kurin story.. publish vaaleh lahy..
      Next part tomorrow or thursdayga

  21. Your fan ?❤ says:
    September 26, 2018 at 1:12 pm

    Haadha reethi vaahaka ekey mee.. mi sitega mihaaru in enme reethi vaahaka ??
    Miadhu part eh kiyaalan libeyne baa ??

    1. Blackpearl says:
      September 26, 2018 at 1:59 pm

      Insha Allah miadhu new part eh up kohdheynan
      Thank yuh dear ??

  22. Hafeez says:
    September 26, 2018 at 2:59 pm

    This part is awsome. Regular koh up kohdhechchey if possible. Curiously waiting for thursday.

    1. Blackpearl says:
      September 26, 2018 at 3:07 pm

      I am trying..but duty inna gothakun hama nuvany..mihaaru part eh submit kohfa innaany..

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ 09←


All Right Reserved!