Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވީމޭ މަ ކައިރީގާ (10)

Ninnu Level 210 Stories
September 24, 2018 4 Mins Read
9 Comments

“ރޫހީ ކުޑަކޮށް ފަލަވެއްޖެ ދޯ..” ޒަޔާން ކާރު ދުއްވާލަމުން ބުނެލިއެވެ. ދޮރާއި ހަމައަށް އައިސް ހުއްޓުނު އައްރާދަށް ރުހާނީއާއި ޒަޔާން ކާރަށް އެރިތަން ފެނުމުން ގައިން ލޭކެކި ގަތެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ދެމީހުންގެ ފަހަތުން ސައިކަލުގައި ދުއްވާލިއެވެ.

“އާރ ޔު ޕްރެގް…” ޒަޔާން އެހެން ބުނުމުން ރުހާނި ދެލޯ ބޮޑުކޮއްލިއެވެ.

‘ނޫން..” އަވަހާ ނޫނެކޭ ބުނުމަށްފަހު ރުހާނީ އަނެއް ފަރާތަށް އެނބުރުނެވެ. ކާރުގެ ލޯގަނޑުން ފަހަތަށް ބަލާލި ޒަޔާން އަދިވެސް ހުރީ ހީލައިގެންނެވެ.

“ސޮރީ… އެކަމް ރޫހީ ކުޑަކޮށް ފަލަހެން ހީވަނީ… ޔޫ ރިއަލީ ލުކް ޕްރެގް…” ޒަޔާން އެހެން ބުނުމުން ރުހާނި މޫނު ހަދާލަމުން ޒަޔާނަށް ބަލާލިއެވެ.

“ޒަޔާންއާ ބެހޭ ކަންތަކާ ބެހިބަލަ..” ރުހާނި އިތުރަށް ރުޅި ނާރުވާ ޒަޔާންބެލީ ކާރުގެ ދުވެލި ތަންކޮޅެއް ބާރުކޮއްލެވޭތޯއެވެ. ނަސީބަކުން ގަޑި ޖެހުމުގެ ފަސްމިނެޓް ކުރިން އެމީހުންށް ދެވިއްޖެއެވެ. ރުހާނީ ކާރުން ފައިބަމުން އެންމެ ފަހަރަކުވެސް ފަސްއެނބުރި ބަލާނުލައެވެ. އެދިޔަ ގިތަށް ކޮލެޖަށް ވަދެގެން ހިނގައްޖެއެވެ. ދުރުގައި ސައިކަލު މަޑުކޮށްލި އައްރާދު އަދިވެސް ހުރީ ރުހާނި ވަދެގެން ދިޔަތަން ބަލަންހުރި ޒަޔާނަށް ބަލާށެވެ. ކާރަށް އެރުމަށްފަހު ޒަޔާން މިސްރާބުޖެހީ އައްރާދުމެންގެއަށެވެ. އެގެއާއި ޖެހިގެން ހުރި ބިން ރާމިޒު ގަތުމުން އެތަނުގެ އިމާރާތް ފަރުމާކުރަން ޒަޔާން ބޭނުންވީ ވަރަށް ފުރިހަމަކޮށެވެ.

އައްރާދު ގޭތެރޭގައި އިށީނދެގެން އިނީ ޒަޔާން އަންނަންދެނެވެ. ޒަޔާން ލެޕްޓޮޕް ހިފައިގެން އައިސް ވަތްއިރު އައްރާދު އިނީ ގޭގެ މެދުގައި ހެން ޖަހާފައި ހުރި ސޯފާތަކުގައެވެ. ޒަޔާން ބަލާލާފައި ހީލުމުންވެސް އައްރާދު ހީވެސް ނުލިއެވެ. ހީވަނީ ދެންމެ ދެންމެ އައިސް ޒަޔާންގެ ބޮލުގައި ޖަހައިފާނެހެނެވެ. ޒަޔާނަށް އެކަން އެނގުމުން އިތުރަށް ފުޅާކޮށް ހީލިއެވެ. ޒަޔާން ކުރިމަތީގައި ހުރ ސޯފާގައި އިށީންނަމުން އޭނާގެ ލެޕްޓޮޕް ނަގައި ހުޅުވާލިއެވެ. އައްރާދު އަދިވެސް ހުރީ އެހެންނެވެ. ލޯހަނި ކޮއްލައިގެން އިންއިރު ހީވަނީ ޒަޔާންގެ އަތުގައި އޭނާގެ ހިތް އޮތްހެންނެވެ. ރުހާނީއާއި ޒަޔާން އެކުގައި ފެނުނަސް އޭނާއަށް މިވަރުވާން ޖެހޭނެ ހެއްޔެވެ. ޒަޔާން އެހެން އިނދެ މަސައްކަތް ފެށިއިރުވެސް އައްރާދު ޒަޔާން ނޫން މީހަކަށް ނުބަލައެވެ. އެންމެފަހުން ލެޕްޓޮޕް ލައްޕާލަމުން ޒަޔާން އައްރާދަށް ބަލާލިއެވެ. އަދި ބުމައަރުވާލިއެވެ.

ޒަޔާން އެތަނުން ތެދުވެގެން ސިޑިއާއި ދިމާލަށް ދާން ފެށުމުން އައްރާދު އަނެއްކާވެސް ޒަޔާންގެ ފަހަތުން ސިޑިން އަރަން ދިމާކޮއްލިއެވެ. އެކަން ފާހަގަވި ޒަޔާން އަނެއްކާ ތިރިއަށް ހިނގައި ގަނެއްޖެއެވެ. އޭނާ އެހެން ކަންތައްކުރީ އައްރާދު ހަދާ ގޮތެއް ބަލާށެވެ.

“ވަޓް…” އެންމެ ފަހުން ޒަޔާން ބޮލަށް އުނދަގޫ ވުމުން އަހާލިއެވެ.

“ޔޫ ޓެލް މީ…” ތުން ހަދައިގެންހުރި އައްރާދު އެގަޑީގައި ހީވަނީ އަންހެން ކުއްޖެއް ހެންނެވެ. ޒަޔާން ކައިރިއަށް އިތުރަށް ހިނިއައުން ނޫން ކަމެއް ނުވިއެވެ.

“ވައި އާރ ޔު ފޮލޮވިން މައި ވައިފް… ނޯ.. ޒަޔާނަކާ ނުޖެހޭނެ ރޫހީ ކޮލެޖަށް ގެންދާކަށް…” އައްރާދު އަވާހާއި އެހެން ބުނެފައި ހަށަން ބަނދެލިއެވެ.

“ފަސްޓް.. އަހަރެން ރޫހީއަކަށް ޕޮލޯ އެއް ނުކުރަނަ… ރޫހީ ގަޑި ޖެހިދާނެތީ އަވަހަށް ގެންދިޔައީ” ވެގެން އުޅޭ ގޮތް އެނގުމުން ޒަޔާން ހީލިއެވެ.

“ނޮޓް އޮންލީ ދެޓް.. ޒަޔާން އަބަދު ހުންނާނި ރޫހީއަށް ބަލަން މިގޭގަ ހުންނަ ގަޑިއެއް ވިއްޔަ.. އިޒިންޓް ދެޓް ކްރީޕީ؟” އައްރާދު ރުޅިއަންނަ ގޮތްވިއެވެ.

“ދެޓްސް ބިކަޒް އައި ލައިކް ހަރ.. އަ ލޮޓް…” ކުރީގެ ހަނދާނެއް އާވުމުން ޒަޔާން ފުންނޭވާއެއް ދޫކޮށްލިއެވެ. އެއީ އެމީހުން ކަލާފާނުގައި އުޅުނުއިރުގައެވެ. ޒަޔާންއަކީވެސް ކަލާފާނުން ކިޔަވައި ނިންމި ކުއްޖެކެވެ. ރުހާނީ އޭރު އުޅުނީ ނުވައެއްގެ ފަހު އަހަރުގައެވެ. ޒަޔާން އޭރު ކަލާފާނަށް އައިސް އުޅުނީ ކެޑޭޓް ކަންތަކުގައެވެ. ޒަޔާނަށް ކުރިންސުރެވެސް ރުހާނި ކަމުދެއެވެ. ނަމަވެސް ޒަޔާން ސިހުނީ ރުހާނީއާއި އަމިއްލައަށް އައިސް ލޯބި ހުށަހެޅުމުންނެވެ. އަދިވެސް އޭނާއަށް އެމަންޒަރު ސިފަވެއެވެ. ދެރައީ އެމަންޒަރު ރިޔާޒުއަށް ފެނުމުންނެވެ. ގޭޓު ކައިރީގައި ވާހަކަ ދައްކަންތިބި ރުހާނީއާއި ޒަޔާންގެ އަޑުއިވުމުން އެދުވަހު ރިޔާޒު ހީވަނީ ކަލާފާނު ސުކޫލުވެސް ވައްޓައިލަފާނެ ހެންނެވެ. ރިޔާޒު ރުހާނީގެ ހުރިހާ ރައްޓެހިން ގެއަށް ގެނުވައި އެއެންމެންގެ ތެރޭގައި ރުހާނީ ލައްވައި ޒަޔާން ކައިރީގައި އެހެން ބުނުވަން ޖެއްސުވިއެވެ. މިއަދު ޒަޔާން ދެރަވަނީ އެކަން ނުހުއްޓުވުނީމައެވެ. އެދުވަހު ރުހާނީގެ ލޮލުގައި ބަބުޅަމުން ދިޔަ ކަރުނަތަށް އަދިވެސް ޒަޔާނަށް ފެންނަމުން ދިޔަ ކަހަލައެވެ. ބަފައިން އެހެން ކަންތައް ކުރޭ ހެއްޔެވެ؟

“އިޒް އިޓް…” އައްރާދު ޒަޔާންގެ މޫނާއި ދިމާލަށް އަތް ހޫރާލަމުން ބުނެލިއެވެ. ޒަޔާން ހިޔާލުތަކުން މިންޖުވަމުން އައްރާދަށް ބަލާލިއެވެ.

“ޔަ… މައި ކުއެޝަން އިޒް ޑޫ ޔޫ ލަވް ހަރ…” ޒަޔާން ސުވާލުގެ ނަޒަރަކުން ބަލާލީ އައްރާދުގެ މޫނަށެވެ. އޭގެއަށް ދޭނެ ޖަވާބެއް އޭނާގެ ނެތެވެ. ނަމަވެސް އެއްކަމެއް ސާފެވެ. ރުހާނީއާއި ޒަޔާން އެކުގައި ފެންނަ ކޮން ފަހަރަކު އައްރާދު ރުޅިއާދެއެވެ.

“ސީ… ރާދު ދޭނެ ޖަވާބެއްވެސް ނެތް.. ކުރިން ދުވަހު މިގޭ ކައިރީގައި ބައްދާލައިގެން ހުރި ކުއްޖާއަށް މިސުވާލުގެ ޖަވާބުދިން ކަންނޭނގެ އެކަމް…” ޒަޔާން އަންގާލަން ބޭނުމީ އޭނާއަށް އެމަންޒަރު ފެނުނުކަމެވެ. އައްރާދު އެހެން ކަންތައް ކުރަން ޖެހުނީ ޔަލާ ނުގިސްގެން ކަމެއް ޒަޔާނަކަށް ނޭނގެއެވެ.

“ޒަޔާނަށް ބޭނުން ވެގެން ތިއުޅެނީ ކޮންކަމެއް؟” ހާސްވި އައްރާދު އަވަހަށް ބުނެލެވުނެވެ އަދި ބޮލުގައި އަތް ހިންގާލަމުން ބަލާލީ ގޭތެރޭގައި މީހަކު އުޅޭތޯއެވެ. އެހެން މީހަކަށް އަޑު އިވިއްޖެނަމަ ކަންތައް ވާނެގޮތް އޭނާއަށް ރަނގަޅަށް އެނގެއެވެ.

“އައި ވޯންޓް ރޫހީސް ހެޕިނެސް…” ތިރިއަށް ބަލާލަމުން ޒަޔާން އެހެން ބުނެފައި އެގެއިން ނިކުންނަން ހިނގައި ގަތެވެ. މިވަގުތު ރަނގަޅުވާނީ އައްރާދު އެކަނި ދޫކޮށްލުމެވެ. ވިސްނަން ފުރުސަތު ދިނުމެވެ. އެހެން ހިތައި ޒަޔާން ތަންކޮޅެއް ބާރަށް ހިނގައި ހަނެއްޖެއެވެ.

“ޒަޔާން…” ސިޑިން ތިރިއަށް ފޭބި ރާމިޒު ގޮވާލުމުންވެސް ޒަޔާން މަޑެއް ނުޖެހުނެވެ. އަވަހަށް ނިކުތީ އިތުރަށް ދައްކަން ބޭނުންނުވާ ވާހަކައެއް ދެއްކިދާނެތީއެވެ.

“ރާދު ކީއްވެ ޒަޔާން އެހާ ބާރަށް އެދިޔައީ…” އައްރާޑު އުކުޅުގައި އަތް ވިއްދާލައިގެން ހުރި ތަން ފެނުމުން ރާމިޒު އަހާލިއެވެ.

“ނޭނގެ.. ބައްޕަ ތަންތަނުން ގެންނަ މީހުނެއްނު އެއީ…” އައްރާދު އެހެން ބުނެފައި މައްޗަށް އަރައިގެން ހިނގައި ގަނެއްޖެއެވެ. އެދިމާއަށް ބަލަހައްޓައިގެން ހުރި ރާމިޒު ހިނިތުންވެލިއެވެ. އެތަނުގައި ކަމެއް ވެއްޖެލަން ރާދު ބުނުންޏަސް އޭނާއަށް އެނގުނެވެ. އެއީ ބޭނުންވެސްވާގޮތެވެ.

އެނދުގައި އޮތް އައްރާދުއަށް ވުސްނެމުން ދިޔައީ ރުހާނީއާއި މެދުގައެވެ. ދެން ހިތަށްއެރީ އޭނާގެ މަންމަގެ މަތިންނެވެ. ރުހާނީ އައްރާދުއާއި ގާތްވެ އިތުރަށް ގުޅުން ބަދަހިވެ ހިތްޖެހެން ފަށައިފިކަން އައްރާދުއަށްވެސް އިހުސާސްވެއެވެ. އޮތީ ހަމައެކަނި އެންމެ މައްސަލައެކެވެ. އެއީ ޔަލާއެވެ. ސުހޭލާ އުޅުނުގޮތް އެންމެ ކައިރިން ދެކުނީ އައްރާދެވެ. އެހެން އަންހެނެއް އެވޭނުގައި އުޅޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ނިތުގައި އަތް ބާއްވާލައިގެން އޭނާއަށް އޮވެވުނީ ކިހާއިރަކު ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ސިހުނީ ކޮތަރީގެ ދޮރު ހުޅުވުމުންނެވެ. ރުހާނީ ދަބަސް ބަހައްޓާފައި އައްރާދަށް ދެލޯ އަޅާލިއެވެ. އޭނާ ބަލައި ނައުމުންކަން އެނގުނު އައްރާދު އަތް ފުޅާކޮއްލަމުން އައުމަށް ބުނެލިއެވެ. ރުހާނީ ނުފެންނަ ހުރިހައި އިރަކު ދުރުން އުޅެން ކިތަންމެ ފަހަރަކުވެސް ހުވާ ކުރެއެވެ. ނަމަވެސް ފެނުމާއެކު ހުރިހާކަމެއް ހަނދާން ނެތެއެވެ.

ތުންފިއްތާލަމުން ރުހާނީއައިސް އައްރާދު ކައިރީގައި އޮށޯތެވެ. ރުހާނި ބޯ ހިއްލާލަމުން އައްރާދުގެ މޫނަށް ބަލާލިއެވެ. އަދި އެތުންފަތުގައި އިނގިލި ޖައްސާލިއެވެ. އަދި ކައިރިވެލާފައި އައްރާދުގެ ތުންފަތުގައި ބޮސްދިނެވެ. ރުހާނީގެ އެއަމަލުން އައްރާދުގެ މޫނަށް ވެރިވި ހިނިތުންވުމަކީ މިދުނިޔޭން އޭނާއަށް ފެނުނު އެންމެ ހިތްގައިމު މަންޒަރެވެ. އައްރާދު އެހާއި ރީތިކޮށް ހީލުމުން ރުހާނީއަށްވެސް ބޭއިޙްތިޔާރުގައި ހިނިތުންވެލިއެވެ.

“އައި ލަވް ޔޫ…” ރުހާނީއަށް ބުނެވުނީ ކީކޭކަން ވިސްނުނީ އަނގައިން އެތިން ލަފްޒު ބޭރުވި ފަހުންނެވެ. އެއަޑު އިވުނު އައްރާދު އަވަހަށް ތެދުވެ އެނދުގައި އިށީނެވެ.

“ރޫހީ…” އައްރާދު ހާސްވިވަރުން ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އޭނާ އަވަސްވަމުންދިޔަ ހިތާއެކު ބެލުނީ ދުރަށެވެ. ނަމަވެސް އައްރާދުއަށް ނޭނގުނީ ރުހާނީގެ މޫނަށް އަރައި ފައިބަމުންދިޔަ ކުލަތަކެވެ.

“ރޫހީ… ޔަލާ އިޒް ހިއަރ…” ބުނާނެ އެއްޗެއް ނޭނގުނު އައްރާދު އެހެން ބުނެފައި ރުހާނީއާއި ދިމާލަށް އެނބުރުނެވެ. ނަމަވެސް މިބުނެވުނީ މިގަނޑިވަޅުގައި ބުނެގެން ނުވާނެ އެއްޗެއްކަން އެނގުނީ ދެނެވެ.

ނުނިމޭ

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

ދުވަހަކުވެސް މާފެއް ނެތް – 5

Next

އިންތިޒާރު 19

Next
September 24, 2018

އިންތިޒާރު 19

Previews
September 23, 2018

ދުވަހަކުވެސް މާފެއް ނެތް – 5

9 Comments!

  1. Asha says:
    September 24, 2018 at 10:12 am

    Mi part hadha kurey …whn next part ??? Miah vuren dhigukoh ….☺☺

  2. vaan says:
    September 24, 2018 at 10:22 am

    thnankolhe digu koh up kohdheebala plz nice ☺?

  3. No name says:
    September 24, 2018 at 11:20 am

    Uhun add kohli baeh nun dhn beynumee aa add kohlaa??

  4. No name says:
    September 24, 2018 at 11:27 am

    Keehvetha maa avahah fuhpaniii ….ma bunefin tha shaugu ebahuriheyyy????

  5. Hudher says:
    September 24, 2018 at 11:28 am

    Nyc stry dear……maasha allah…..whn next….??

  6. boo says:
    September 24, 2018 at 11:50 am

    what is happening in this story? i dont understand anything now

  7. Anonymous says:
    September 24, 2018 at 11:55 am

    haadha kurey????????????????

  8. An says:
    September 26, 2018 at 9:51 am

    Kuhrihyaah dhahman v nuh dhigu kuhran dhw.

  9. Nikko says:
    October 8, 2018 at 10:20 am

    Vara reethi.. maasha allah.. proud of u.. ?

Comments are closed.


All Right Reserved!