“މަށަކަށް….” މީޓްކުރަން ޔާނިއު ބުނުމުން އޭނާއަކަށް ނުކެރޭނެކަމަށް ބުނަން އުޅެނިކޮށް ޔާނިއު ފޯނު ކަނޑާލިއެވެ. ފައިހާ ހާސްވެގެން ދެކޮޅަށް ހިނގަން ފެށިއެވެ. ޔާނިއު އެހެން ބުނެފިއްޔާ އަންނާކަން ފައިހާއަށް ޔަގީންވިއެވެ. ދެން ހަދާނީ ކިހިނެއްބާއެވެ. ފައިހާ އިންތިހާއަށް ބިރުވެސް ގަނެއެވެ. އެކަމަކު ޔާނިއު މީޓްކުރަން ބުނުމުން މީޓްކުރަންވެސް ބޭނުންވެއެވެ. އެންމެފަހުން ފައިހާ ގޮތެއް ނިންމިއެވެ.
ގަޑިން 11 ޖަހަން 2 މިނިޓަށް ވީތަނާ ފައިހާ މަޑުމަޑުން ގޭގެ ސިޓިންގ ރޫމްއިން ގޯތިތެރެއަށް ނުކުންނަން ހުރި ދޮރު ހުޅުވާލުމަށްފަހު ފައިހާ އާންމުކޮށް އެކަނި ވަގުތު ހޭދަކުރާ ބަގީޗާގެ ތެރެއަށް ވަދެގެން ދިޔައިރު ހިތަށް ބިރުވެރިކަންވެސް ވަންނަމުން ދިޔައެވެ. ފައިހާ މަޑުމަޑުން ހިނގާފަގޮސް ބަގީޗާގައި ހުންނަ އުނދޯލީގައި އިށީދެއްޖެއެވެ. އިރުކޮޅެއް ނުވަނީސް ބަގީޗާއަށް ވެދެގެން އަންނަ ދިމާލުން މީހެއްގެ ހިލަމެއް ވީހެން ހީވެ ފައިހާގެ ހިތް ބާރަށް ތެޅެންފެށިއެވެ. ބިރުން މީހާ ރޫރޫއަޅަން ފެށިއެވެ. އިރުކޮޅަކުން މީހެއްގެ ހިޔަނި ފެންނަން ފެށިއެވެ. ބަގީޗާ ދިއްލާފައި އޮތީ ވަރަށް ފަނޑު އަލިކަމެއް ލިބޭގޮތަށެވެ. އެހެންކަމުން ވަދެގެން އައިމީހާ ރަނގަޅަށް ސާފުކޮށް ނޭގުނެވެ. އަލިއެޅޭ ހިސާބަށް އެމީހަކު އައިސް ނުކުތުމާއެކު ފައިހާއަށް ކުއްލިއަކަށް ތެދުވެވުނެވެ. ކުރިމަތީގައި ހުރީ އޭނާ އެންމެ ދެކެން ބޭނުންވާ ސޫރައެވެ. ނޫކުލައިގެ ޖީންސްއަކާއި، އަޅިކުލައިގެ ޓީޝާޓެއް ލައިގެން ހުރިއިރު ޖަހާފައިވާ ސެންޓްގެ ވަސްޖެހުމާއެކު، އީދު ދުވަހުގެ ހާދިސާ ހިނގިއިރު ޔާނިއުގެ ގައިން ދުވި މީރުވަސް ދުވަން ފެށިއެވެ. ޔާނިއު މަޑުމަޑުން ކައިރިއަށް އައިސް ފައިހާއާ ދާދި ކައިރިއަށް މަޑުކޮށްލިއެވެ.
“ހާދަ ބިރުން ތިހުރީ. ހެހެހެ. މަށަކީ ޔާނިއުކަން ޔަގީންތަ؟” ޔާނިއު އުޅުނީ ފައިހާ އިތުރަށް ބިރުގަންނަވާލާ މަޖާކޮށްލުމަށެވެ.
“މަށަކީ އިންސާނެއްކަން ތިޔަ މަޚުލޫގަކަށް ޔަގީންތަ؟” ބިރުން ހުރެވެސް ފައިހާ ޔާނިއުއަކަށް ދުލެއް ނުދިނެވެ.
“ހޫނ. މަށަށް އެނގޭ ތީ އެންމެ ތަންފުކެއްވެސް ދޫކުރާނެ ކުއްޖެއް ނޫންކަން” ޔާނިއު ކުރިން ހިނގައިދިޔަ ހާދިސާ ހަނދާނަށް ގެނައެވެ.
“ވާހަކަ ދައްކާލަން މިތާ އުނދީލީގައި އިށީންނަމާ!” ޔާނިއު ބޭނުންވި ގޮތް ބުނެލިއެވެ.
“މިތާކޮޅަށް ހުރެވެސް ތި ބުނަން އައި ވާހަކައެއް ބުނެފަ ދެވިދާނެ” ޔާނިއުއާއެކު އުނދޯލައި އިންނަން ކިތައްމެ ބޭނުންވިޔަސް ކުޑަކޮށް ޔާނިއު ރުޅިއަރުވާލަން ފައިހާ ބޭނުންވިއެވެ.
“ފޯނުންވެސް ވާހަކަ ދެއްކެން އޮވާ ފައި އާއި ބައްދަލުކުރަން ބޭނުންވީ. ހަމަޖެހިލައިގެން ތިބެ ދޯ ވާހަކަ ދައްކާލެވޭނީވެސް” ފައިހާ ހީކުރިގޮތާ ޚިލާފަށް ޔާނިއު ހިނިއައިސްފައި އެދުނީ އަނެއްކާވެސް އިށީނދެ ތިބި ވާހަކަ ދައްކާށެވެ. ފައިހާ އިސްވެ އުނދޯލީގެ އެއްކޮޅުގައި އިށީނުމުން ޔާނިއުވެސް އަނެއް ކޮޅުގައި އިށީދެއްޖެއެވެ. ފައިހާގެ ހިތް އާދަޔާ ޚިލާފަށް ތެޅެމުން ދިޔައެވެ.
“ފައި. ފުރުމުގެ ކުރިން ކޮންމެހެންވެސް ބައްދަލުކޮށްލަން ބޭނުންވީ މަށަށް ފައި ފެނުނު ދުވަހުން ފެށިގެން މިވާގޮތްތައް ކިޔާނުދީ ގޮސްފިނަމަ ފަހުން ހިތާމަކުރަން ޖެހިދާނެތީ. އެދުވަހު ފައި ގަޔަށް ކުލަފެން ނުޖެހުނު ނަމަ މިއަދު މިފުރުޞަތު ނުލިބުނީސް. އެދުވަހުއްސުރެ މަށަށް އަބަދު ވިސްނެނީ ފައި އާ މެދު. މަށަކީ މާ މޮޅަކަށް މިކަހަލަ ވާހަކަ ދައްކަން އެނގޭ މީހެއް ނޫން” ޔާނިއު ހިތުގައި ހުރި ޝުއޫރުތައް ކޮންމެވެސް ވަރަށް ކިޔާދެމުން ދިޔައެވެ.
“ހިހިހި. ……… ތީހަމަ މަށަށްވެސް މިވަމުންދާ ގޮތް” މަޑު ހުނުކަމާއެކު އެހެން ބުނިނަމަވެސް ފައިހާ އެހެން ބުނިއަޑު ޔާނިއުއަކަށް ނޭވެއެވެ.
“ކީކޭ؟ އެއްޗެއް ބުނިންތަ؟” ޔާނިއުއަށް ފައިހާ އެއްޗެއް ބުނިހެން ހީވިއެވެ.
“ނޫނޭ. ނުބުނަން” ކިރިޔާ ޔާނިއު އަށް ސާފުވާ ވަރަށް މަޑުން ފައިހާ ބުންޏެވެ.
“ފައި. މަށަށް ފައި ދެކެ ލޯބިވެވިއްޖެ!” ޔާނިއު ސީދާ ފައިހާއަށް ބަލަންއިނދެ ހިތް ހުޅުވާލިއެވެ. ފައިހާއަށް ލިބުނު އުފާވެރިކަން ސިއްރުކުރަމުން އިސްޖަހާލިއެވެ.
“ފައި. ހަމަރަނގަޅަށް މިބުނީ. މަށަށް ހަމަނިދިވެސް ނުލިބޭ މިވާހަކަ ފައި ކާރީގައި ދައްކާނެ ގޮތެއް ނޭގިގެން. އެހެންވެ މިވާހަކަ ކޮންމެހެންވެސް ބުނަން ބޭނުންވީ. އަހަރެން ވަރަށް ލޯބިވޭ ފައިދެކެ” ފައިހާއާ ދިމާލަށް ކުޑަކޮށް އެނބުރި އިނދެ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“ފައި. ކޮންމެވެސް ޖަވާބެއް ދީބަލަ. ޕްލީސް” ފައިހާ އިސްޖަހާލައިގެން އިންގޮތުން ޔާނިއުގެ ހިތަށް ބިރުވެރިކަން ވަންނަން ފެށިއެވެ. ކުއްލިއަކަށް ފައިހާ ތެދުވިއެވެ. ފަހަތުން ޔާނިއުވެސް ތެދުވިއެވެ. ފައިހާ ކުޑަ ތަންކޮޅަކަށް ދުރަށް ޖެހިލުމަށްފަހު މަޑުކޮށްލިއެވެ.
“އަހަރުމެންނަކީ ވަރަށް ނިކަމެތި ފަޤީރު އާޢިލާއެއް. ޔާނިއުއަކާ މަށާ ގުޅެން އެކަށީގެން ނުވޭ. ޔާނިއު އާއިލާއިންވެސް ބޭނުންވާނީ ޔާނިއު ތި އާއިލާއާ އެއް ފެންވަރުގެ އާއިލާއެއްގެ ކުއްޖަކާ ގުޅެން. ކުރިއަށް ނުދެވޭނެ ކަމަކާ އުޅުމަކީ ރަނގަޅު ކަމެއް ނޫން” ފައިހާ ވަރަށް މަޑުމަޑުން މޮޅިވެރިގޮތަކަށް ވާހަކަ ފެށިއެވެ.
“ފައި އަކަށް އަހަރެންގެ ފެމެލީ ގޮތެއް ނޭގިދާނެ. އަހަރެންގެ ބައްޕައާއި މަންމަ އަހަރެން ބޭނުންވާ މީހަކާ ގުޅުމަށް ދެކޮޅެއް ނުވާނެ. އެހެން ނޫނަސް ލޯތްބަކީ ހަސަބާއި ނަސަބަށް ބަލައިގެން ނޫނީ މުދާވެރިކަމަށް ބަލައިގެންވާ އެއްޗެއް ކަމެއް މީގެކުރިން އެނގިފައެއް ނެތް” ފައިހާއާ ހަމަޔަށް ޖެހިލުމަށްފަހު ޔާނިއު ބުނެލިއެވެ.
“އެކަން އޮންނަންވާނީ އެހެން ނޫންކަން ޔާނިއު ގަބޫލުކުރިޔަސް ދުނިޔެއިން މިސާލު ދައްކަނީ އެހެންތަ؟” ފައިހާ މިފަހަރު ޖަވާބު ދިނީ ސީދާ ޔާނިއުއަށް ބަލަން ހުރެއެވެ.
“ހުރިހާ އެންމެން އެއްގޮތެއް ނުވާނެ ފައި. ވިސްނާ ވަރަކަށް ވިސްނާފައި ނަމަވެސް މަށަށް ޖަވާބެއް ދީ. ޕްލީސް” ޔާނިއުގެ ލޮލުން އޭނަ ފައިހާ އަށް ބޭނުންވާ މިންވަރު ފައިހާ އަށް ފެނުނެވެ. ނަމަވެސް ފައިހާ ވަކި ޖަވާބެއް ނުދީ ހުރީއެވެ. ހަޤީޤަތުގައި ފައިހާ ހުރީ އުފަލުން ފޮޅިފައެވެ. ނަމަވެސް އޭނަ ބޭނުންވަނީ ޔާނިއު ކުޑަކޮށް ތަޅުވާލާށެވެ.
“މިހާރު އެއޮތްގެން 12 ޖަހަނީ. ދެން އަހަރެން ގޮސްލީ. އުންމީދުކުރަނީ ފައި އަހަންގެ އުންމީދު އާކޮށްދޭނެކަމަށް.” ދާން ހިނގައިގަންނަމުން ޔާނިއު ސަލާމްކޮށްލުމަށް އަތް ދިއްކޮށްލިއެވެ. ފައިހާ ޔާނިއުގެ އެއަތުގައި ހިފާލި ނަމަވެސް ޔާނިއުއާ ދިމާލަށް ނުބަލައެވެ. ޔާނިއު އެތަނުން ދާން ހިނގައިގަތީ ކޮންމެވެސް ވަރެއްގެ އުންމީދަކާއެކުގައެވެ.
“ޔާނިއު. އަހަރެންވެސް…..” ކުއްލިއަކަށް ޔާނިއުއަށް އިވުނީ ފައިހާ ބުނި އަޑެވެ.
“ކީކޭ؟ މަށަށް މިއަޑުއިވުނީ ރަނގަޅަށްތަ؟ އަދި އެއްފަހަރު ބުނެދީފާނަންތަ ދެންމެ ތިބުނި އެއްޗެއް” ޔާނިއު ކުއްލިއަކަށް ޔާނިއުގެ ހިނގުން ހުއްޓާލުމަށްފަހު ފައިހާ ދިމާލަށް އަންނަން ފެށިއެވެ.
“މިބުނީ. އަހަރެންވެސް ޔާނިއު ދެކެ ލޯބިވެއޭ” ފައިހާ އެހެން ބުނެލުމަށްފަހު ގަތް ލަދުން އަނެއްކާވެސް އިސްޖަހާލިއެވެ.
“އަހަރެން ދުވަހަކުވެސް މިހާ އުފަލެއް ނުވޭ. ތެންކިޔޫ ސޯމަޗް ފައި. ތެންކިއު” ޔާނިއު ފައިހާގެ އަތުގައި ހިފުމަށްފަހު ބިންމަތީގައި ދެކަކޫ ޖަހާ ދެއަތް މައްޗަށް ނަގާ ހަމްދުކޮށް މޫނުގައި ދެއަތް އެޅިއެވެ. އެއަށްފަހު އަލުން ފައިހާގެ އަތުގައި ހިފުމަށްފަހު ތެދުވިއެވެ. ފައިހާ ހުރީ ޔާނިއު އޭނަ ދެކެ އެހާވަރަށް ލޯބިވާކަން އެނގުމުން ވަރަށް ބޮޑަށް އުފާވެފައެވެ.
“އަނހަ…! ކިހިނެއްވީ ތި ރޮނީ!” ޔާނިއު ތެދުވެ ފައިހާއަށް ބަލާލިއިރު ފައިހާ ލޮލުން ހޯސްލާފާ ކަރުނަ އަންނަނީއެވެ.
“ވީއުފަލުން. ޔާނިއު ފެންޖެހި ދުވަހުއްސުރެ ޔާނިއުއަށް ތިވާ ހުރިހާ ގޮތެއް މަށަށްވެސް ވި. މަހީކުރީ މަށަށް އެހެން ވިސްނުނަސް ޔާނިއު މަށާގުޅެން ބޭނުން ނުވާނޭ. އެހެންވިޔަސް މިހާރު ޔާނިއު އަހަރެން ދެކެ ލޯބިވާކަން އެނގުނީމާ އުފަލުން ފޮޅުނީ” އަލުން ދެމީހުން އުނދޯލީގައި އިށީންނަމުން ފައިހާ ބުނެލިއެވެ. މިފަހަރު ދެމީހުން އިށީނީ ކައިރީގައި ޖެހިޖެހިގެންނެވެ.
“ނަސީބެއް ދޯ. ހަހަހަ. އެކަމަކު ތިލޮލުން ދެން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭތަން ދެކެން ކެތެއް ނުވާނެ. އަހަރެން މިއަހަރު ކޯސް ނިމޭނެ ޑިސެމްބަރުގައި. އެކަމަކު އޭ ހާދަ ދުވަހެކޭ ދޯ؟” ޔާނިއު ފައިހާގެ ދެއަތުގައި ހިފަހައްޓައިގެން އިނދެ ކުޑަކޮށް ދެރަވެފައި ބުނެލިއެވެ.
“އަހަރެންވެސް މިދަނީ ޓީޗަރސް ޓްރޭނިންގ ކޯސް ހަދަމުން މިރަށު ކެންޕަސްއިން. މަވެސް ނިމޭނެ ޑިސެމްބަރުގައި. އެކަމަކު ޔާނިއު ދުރުގަ ހުންނާތީ ވަރަށް ދެރަ” ފައިހާވެސް ޔާނިއާ އެއްބަސްވީ ކުޑަކޮށް މާޔޫސްކަމާއެކުގައެވެ.
“އަހަރެން ފައި އަށް ވަރަށް ގިނައިން ގުޅާނަން. ޗެޓްވެސް ކުރެވޭނެނު. ވީޑިއޯ ކޯލްވެސް ކުރެވޭނެ. އޭރުން ފެންނާނެނުދޯ!” ފައިހާ ދެރަވިކަން އެނގުމުން ޔާނިއު ފައިހާ ހިންހަމަޖެހޭހެން ހިނިތުންވުމާއެކު ބުނެލިނަމަވެސް އޭނަވެސް ހުރީ ދާންޖެހޭތީ ވަރަށް ދެރަވެފައެވެ.
“އަހަރެންވެސް ވަރަށް ގިނައިން ގުޅާނަން. އުނދަގޫވާވަރަށް. ހެހެހެހެ….. ގުޅާއިރު ފޯނަށް ޖަވާބުދޭންވާނެ އިނގޭ” ފައިހާވެސް ކުޑަކޮށް ހިނިތުންވުމާއެކު ބުނެލިއެވެ.
“ފައި. މަށަށް އިންތިޒާރު ކުރައްޗޭ. މިއަހަރު ނިމޭއިރު ދެމީހުންވެސް ކޯސް ނިމިފައެއްނު އޮންނާނީ. އަހަރެން ރަށަށް އައިސް ބޭނުމީ ފައި އާ އިންނަން” ޔާނިއު ފައިހާއާ އެއަށްވުރެވެސް ކައިރިއަށް ޖެހިލަމުން ބުންޏެވެ.
“އިރާދަކުރެއްވިއްޔާ އަހަރެން ވާނީ ޔާނިއުއަށް ވަފާތެރި މީހަކަށް. ޔާނިއު މަށަށް ބޭވަފާތެރި ނުވައްޗޭ. އެދުވަހަކުން އަހަންނަށް ވާނެ ގޮތެއްވެސް ނޭނގެ” ޔާނިއުގެ މޫނަށް ބަލަން އިނދެ ފައިހާ ބުންޏެވެ.
“އަހަރެން ފައި އާއި މިގުޅެނީ ދުވަސްކޮޅަކަށް ނޫން. ބޭނުންވަނީ ދެމީހުން މުޅި އުމުރުގައި އެއްކޮށް އުޅެން” ފައިހާގެ އަތަށް ބޮސްދެމުން ޔާނިއު ބުނެލިއެވެ.
“ފައި. މިހާރު ވަރަށް ލަސްވެއްޖެ. ދާން ބޭނުން ނޫނަސް މިގޮތަށް ނުތިބެވޭނެ. އޭރުން ކަމަކު ނުދާނެ” މަޑުކުރަން ބޭނުންކަން ޔާނިއުގެ މޫނަށް ބަލާލީމަވެސް އެނގެއެވެ.
“އަހަރެން ބޭނުންވަނީ މިރޭ އެއްކޮށް ޔާނިއު ކައިރީގައި މިގޮތަށް އިންނަން. ޕްލީސް އަވަހަށް އަންނައްޗޭ” ފައިހާ ލޮލުން ހިތާމައިގެ ކަރުނަތައް ކޯތާފަތްމައްޗަށް ފައިބައިގެންފިއެވެ.
“ކޯސް ނިމޭ ދުވަހު ފުރާނަން މިކޮޅަށް އަންނަން. އޯކޭނު” ފައިހާގެ ތިންކުރީގައި ބޮސްދިނުމަށްފަހު ޔާނިއު ތެދުވަމުން ބުންޏެވެ. ޔާނިއުގެ ފަހަތުން ފައިހާވެސް ދާން ހިނގައިގެންފިއެވެ. ކުއްލިއަކަށް ބަގީޗާގެ މަގުމައްޗާވީ ފަރާތުގެ ގަސްތަކުތެރެއިން އެއްޗެއް ތެޅިގަތް އަޑާއެކު ދެމީހުން ސިއްސައިގެން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.

Varah reethi mi part ….waitting for the next part☺☺
are you a real super girl
you must be my daughter
Woww vrh salhi ❤❤❤ is this a true stry ??? when next ????
nyc stry dear……….maasha allah….whn next….:)
Eyy super lady thee hama aslu ves super lady eii tha …alhey u must be my mom…..lol
Enn nunas eyee meehaka behey kameii nun i jahaane nameii ingeynii i ah …
i bunefin tha u jahaane nameh ingeyny u akah nooney
Beykaaru vaahaka nudhahkaa nidhaabala
midhanii nidhan, super girl
1 vana part ninmi thanun noonennu fashafa eii ny
Aharumen dhemeehunge conver thereyah vannan jeheytha??
Neyngeyne mee kaakutha . Nidhaamyhaku nidhan vynun . Nuheyliyas varihama . Fennahaa thaakah boa nukohpabala
SUPER BOY
boleh nukhppan dhw,,, super lady rangalhu vaaniii hagyyygaii balaaen vaahaka dhekkyy aa ma mee thanthanah boa kohppaa myyheh noon ngey,,.. yuh better kyp quiet, ekinan nan jahaaen esfiya site ga mi munjey veedhenyy!!!!!!
Mind your language….super boy akas thehn vaahak dhahkaakah nujehey
stay out of your business Xim it’s better if you also kyp qiuet!!
gud job ……….SUPER BOY
v v v v reethi tanks …….. waiting next part …….
Super boy n super girl mi ulheny loabi vrgen tha? ??
bune ehnu nafrathakee lowbee ge feshumy..e dhemyhun ge zuvaabu vs feshifa einy ekahala moya zuvaabakun
Vaahakaige komme baeh ves nimeny kulli akun dhw
Hehehe
Varah salhi vaahaka
Ekam 90s ge aharu thakuga PCX inyma thankolheh odd igey dear