Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 19

hygge Level 510 Stories100 Comments100 Login500 Comments
September 24, 2018 11 Mins Read
42 Comments

ދާނިޔަލް އެއްފަރާތަކަށް މޫނު އަނބުރާލި އިރު ގާތުގައި އިން އަޒާން ފެނިފައި ފުޅާ ހިނިތުންވުމެއް އޭނާއަށް ރައްދުކޮށްލިއެވެ. “އަޒާން ހާދަ ދުވަހެއް ވެއްޖޭ ދިމާ ނުވާތާ..” އަޒާން އާއި ދާނިޔަލްއަކީ އެއްކޮށް ވަޒީފާއަށް ނިކުތް ދެ ޑޮކްޓަރުންނަށް ވުމުން މިވީ އެއްވަރަކަށް އަހަރު ދުވަސްތެރޭ އެދެމެދުގައި ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. “ކުޑަ ޗުއްޓީއެއްގަ ހުރީ އެއިރު ފެމިލީ ކަމެއް ދިމާވެގެން..” އަޒާން ހިނިތުންވުމަކާއެކު ބުނެލިއެވެ. ދާނިޔަލްވެސް އެހެން ހެއްޔޭ ބުނެލިއެވެ. ދެމީހުންގެ ވާހަކަ މެދުކަނޑާލީ އެތެރެއަށް ވަދެގެން އައި އާދިން ފެނިފައެވެ.

“އައްސަލާމް ޢަލައިކުމް..” އާދިން ފުރަތަމަވެސް އިސްލާމީ ރިވެތި ސަލާމުން ހުރިހާ ޑޮކްޓަރުންނާއި ސަލާމް ގޮވާލިއެވެ. އެޔަށްފަހު އެ ބައްދަލުވުމުގެ ކުޑަ ތައާރަފެއް ދިނުމަށްފަހު އަލަށް ގުޅުނު ފަސް ޑޮކްޓަރުން ތަޢާރަފް ކޮށްދޭން ފެށިއެވެ. ބިދޭސީ ޑޮކްޓަރެއް ކަމަށްވާ ޑރ.އިރާނީ ތައާރަފްވުމަށްފަހު ދެން އާދިން ތައާރަފްކޮށްދިން ޑޮކްޓަރގެ ނަން އަޑު އިވި ދާނިޔަލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

“ޑރ.ފާތިމަތު އާލާ އަރީފް؟” ދާނިޔަލްއަށް މަޑުމަޑުން ބުނެލެވުނެވެ. އެއީ ހަމަ އެ އާލާ ހެއްޔެވެ؟ އޭނާއަށް އުނދަގޫ ކުރި އަންހެން ކުއްޖާ ހެއްޔެވެ؟ ފުރައްސާރަ ކޮށް މީހުންނަށް މަލާމަތް ކުރި ކުއްޖާހެއްޔެވެ؟ ދާނިޔަލްއަށް އިނދެވުނީ ޚިޔާލަކަށް ގެއްލިފައެވެ. އާދިން ކިޔަމުން ދިޔަ އެކައްޗެއްވެސް އޭނާއަކަށް ރެއަކާނުލައެވެ. އޭނާގެ ސިކުނޑީގައި ބޮޑު ހައިޖާނު ގަނޑެއް އުފެދިފައިވެއެވެ.

“ނޫން.. އެންމެ އާލާއެއް ނޫނެއްނު އުޅޭނީ.. ދާނިޔަލް.. ސިކުނޑީގެ ބޭނުން ކޮށްބަލަ.. އެއް ނަން ކިޔާ އެތަށް ބަޔަކު އުޅޭނެ މިދުނިޔޭގަ..” ދާނިޔަލް އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެހެން އިނުމަށްފަހު އޭނާ އިސް އުފުލާލި ވަގުތު އެބުނާ އާލާއެއްގެ މޫނު ވަރަށް ސާފުކޮށް ފެނުނެވެ.

އެއީ ހަމަ އެ މޫނެވެ. އެ ދެލޮލެވެ. އެ ތުންފަތާއި އެ ދެބުމައެވެ. ދާނިޔަލް ދެފަރާތަށް ބޯ ހުރުވާލި އޭނާގެ ދެލޯ އޭނާއަށް އޮޅުވާލަން އުޅެނީ ކަމަށް ހީކޮށެވެ. އެހެން ނަމަވެސް ކަންތަށްވީ ދާނިޔަލް ހީކުރި ގޮތާ ދިމާ އިދިކޮޅަށެވެ. އާނއެކެވެ. އެއީ ހަމަ އެ އާލާއެވެ. މީގެ އަށް އަހަރު ކުރިއްސުރެވެސް ދާނިޔަލް ދަންނަ އާލާއެވެ. އެއިރަށްވުރެ ކުޑަކޮށް ފަލަވެލައިފައި ވުން ނޫން އެހެން އެއްވެސް ބަދަލެއް އޭނާއަކަށް ނާދެއެވެ.

މަޑު ފިޔާތޮށިކުލައިގެ ކަކުލާހަމައަށް އަރާ ގަމީސް ޓޮޕް ކޮޅާއި ގަދަ ނޫކުލައިގެ ޖީންސްގައި އާލާ ފެންނަލެއް ހިތްގައިމެވެ. ކަޅު ކުލައިގެ ޝޯލްއަކުން ބޯ ފޮރުވާލައިފައިވީގޮތުން އިހުނަށްވުރެ މާ ފުރިހަމަ ކަމަށް ދައްކައެވެ. ތުންފަތުގައި ގަދަ ރަތްކުލައިގެ ލިޕްސްޓިކް ޖައްސާލުން ފިޔަވާ އިތުރު މޭކަޕެއް އާލާ ކޮށްފައެއް ނެތެވެ. ދާނިޔަލް އެކަމާހުރެ ހައިރާންވެސް ވިއެވެ. އެހެން ނަމަވެސް މީހުންނަށްވެސް ބަދަލު އަންނާނެތާއެވެ.

މީޓިންގް ނިމުމުން ޑޮކްޓަރުން ވަކިވަކިން އަލަށް ގުޅުނު ޑޮކްޓަރުންނާއި ސަލާން ގަލާންކޮށް ވާހަކަ ދައްކާލާ ހެދިއެވެ. އެހެން ނަމަވެސް ދާނިޔަލް ބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ. އާލާގެ ކުރިމަތީގައި ހުރުންވެސް އޭނާއަށް ވަނީ ދަތިކަމަކަށެވެ. އެކަން އަޒާންއަށް ފާހަގަ ވުމުން އޭނާ ދާނިޔަލްގެ ކޮނޑުގައި ހިފަހައްޓާ މަޑުކުރުވިއެވެ. “ހިނގާބަލަ އެހެރަ ސޮރާ ވާހަކަ ދައްކާލަން.. އަހަރެމެން ވަރު ޒުވާނެކޭ އެއީ..” ދާނިޔަލް ދެކޮޅު ހެދުމުންވެސް އަޒާން ހުއްޓާ ނުލުމުން އޭނާ އެންމެފަހުން ހަތިޔާރު ބެހެއްޓިއެވެ.

އަޒާން ބުނި ބުނުން ފުރިހަމަ ކޮށްދިނުމަށްފަހު ދާނިޔަލް އަވަސް އަވަހަށް އެ ރޫމުން ނިކުންނަން ދިޔައެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތައް ބިމުގައި ހަރުލީ ފަހަތުން އިވުނު އާދިންގެ އަޑުންނެވެ. އާދިން ދާނިޔަލްއަށް ގޮވާލުމަށްފަހު އޭނާ ގާތަށް އައުމަށް އެދުނެވެ. ހިތާ ދެކޮޅަށް ނަމަވެސް އާދިންގެ އެދުމުގައި ކޮޅުފައިން ނުޖަހަންވެގެން ދާނިޔަލް އޭނާ ގާތަށް ދިޔައީ އާދިންއަށް ދާނިޔަލް ކުރާ އިހްތިރާމެއްގެ ބޮޑުކަމުންނެވެ.

“ޑރ ދާނިޔަލް، މިއީ ޑރ.އާލާ… ޑރ.އާލާ، މިއީ ޑރ.ދާނިޔަލް.. ޑރ.އާލާވެސް މިއީ ސައިކޭޓްރިސްޓެއް.. އެން ޑރ އާލާ.. ޑރ ދާނިޔަލްއަކީ ޑިޕާޓްމެންޓް އޮފް ސައިކޭޓްރީގެ ހެޑް.. މިއަހަރު އެ މަޤާމަށް އައްޔަން ކުރީ.. އެ ޑިޕާޓްމެންޓްގަ މި ހޮސްޕިޓަލްގެ ފުދޭވަރަކަށް ޑޮކްޓަރުން މަދުވާނެ އެހެން ޑިޕާޓްމެންޓް ތަކާ އަޅާ ބަލާއިރު.. ވަރަށް މަދުވާނެ.. އެންމެ މައްޗަށް ކިޔަވައިގެން ހުރީ މިވަގުތު ޑޮރ.ދާނިޔަލް.. އެހެން ވީމަ ޑރ އާލާ ދެން މަސައްކަތް ކުރަން ޖެހޭނީ ދާނިޔަލްގެ ދަށުން..” އާދިން އާލާއަށާއި ދާނިޔަލްއަށް ދެމީހުން ތައާރަފްކޮށްދިން އިރު ދާނިޔަލްއަށް ހުރީ ގޮތް ހުސްވެފައެވެ.

އޭނާ އެންމެ ބޭނުން ނުވި ހާލަތާއި މީހާއާއިވެސް ކުރިމަތިލާން ޖެހުނީއެވެ. އާލާ ކުރިމައްޗަށް އަރަން ޖެހުނީއެވެ. އެހެން ނަމަވެސް އޭނާ ބިރުގަންނަން ޖެހޭނީ އާލާއަށް އޭނާ އެއީ ހަމަ އެ ދާނިޔަލްކަން އިނގިއްޖެޔާ ނޫންހެއްޔެވެ؟ ދާނިޔަލް އާލާއަށް ބަލައިލި ތަނާ އޭނާ ސިހުނީ އާލާ އޭނާއަށް ބަލަހައްޓައިގެން ހުރުމުންނެވެ. އާދިން ދެއްކި އެއްވެސް ވާހަކަ އެއް އާލާ އަޑުއެހި ހެނެއް ހިއެއް ނުވެއެވެ.

ކޮންމެޔަކަސް އާދިން އޭނާ ދޭން ބޭނުންވާ މައުލޫމާތު ދިނުމަށްފަހު ދެމީހުން އެތަނުން ދިޔުމުގެ ހުއްދަ ދިނެވެ. އެވަގުތު ދާނިޔަލް އަވަސް އަވަހަށް އެ ކޮޓަރިން ނިކުތީ އާލާގެ ވަސްވެސް ޖެހޭ ހިސާބެއްގައި ހުރުމަށް އޭނާއަށް ދަތިވާތީއެވެ.

“ތިއީ ހަމަ އަޙްމަދު ދާނިޔަލް އަދީލްތަ؟” ދިގު ދެތިން ފިޔަވަޅެއް ކުރިޔަށް އަޅާލި ދާނިޔަލްއަށް ހުއްޓުން އެރީ ފަހަތުން އިވުނު އަންހެން އަޑުންނެވެ. ދެލޯ މަރާ ތަގުޅި ކޮށްލުމަށްފަހު ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. “އާދެ.. އަޅުގަނޑަށް ކިޔަނީ އަޙުމަދު ދާނިޔަލް އަދީލް.. ކިހިނެތް ވީތޯ؟” އާލާ އަކީ އޭނާގެ ދަށުން މަސައްކަތް ކުރާ ޑޮކްޓަރެއް ކަމުގައިވޔަސް ދާނިޔަލް ވަރަށް ރަސްމީކޮށް ވާހަކަ ދެއްކީ އާލާއަށްވެސް އޭނާ އިޙްތިރާމް ކުރާތީއެވެ.

“ކަމެއް ނުވޭ.. ހަމަ ޤަބޫލު ނުކުރެވިގެން އަހާލީ.. ކިހިނެތް ޤަބޫލު ކުރާނީ އެއިރު އަހަރެމެން ގޭ ޑްރައިވަރަކަށް އުޅުނު ދާނިޔަލް އައިސް މިއޮށް ބޮޑު ހޮސްޕިޓަލްގެ ޑޮކްޓަރަކަށް ވެވޭނެ ކަމަށް؟” އާލާ މަޑު ފިޔަވަޅު ތަކެއްގައި އައިސް ދާނިޔަލް ކުރިމަތީ ހުއްޓިލިއެވެ. އޭނާގެ ބޯ އަރަނީ ކިރިޔާ ދާނިޔަލްގެ ދަތްދޮޅިއާއި ހަމއަށްކަމުން އާލާއަށް ދާނިޔަލްގެ މޫނުމައްޗަށް ނަޒަރު ހުއްޓުމަށްޓަކައި ޖެހުނީ ކުޑަކޮށް މައްޗަށް ބަލާށެވެ.

އެއިރުގެ ޅަ ދާނިޔަލްއާއި މިހާރު އާލާ ކުރިމަތީ އެހުރީ ހަރުދަނާ ޒުވާނާ އާއި ހާދަ ތަފާތެވެ. އޭނާގެ އެ ފަށްބޯ ފަން އިސްތަށިގަނޑު އެއްފަރާތަކަށް ކަފި ކޮށްލައިފައި ވާއިރު ނިތްމައްޗަށް ބައެއް އިސްތަށި ވެރިފައި ހުއްޓެވެ. އެ ދުންމޫނުމަތީގައި ވީ ކަޅުކަންގަދަ ދެބުމައާއި މަޑު ފިޔާތޮށިކުލައަކަށްދާ ތުންފަތުން ދާނިޔަލްގެ ރީތިކަން އިތުރު ކުރުވައެވެ. ތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅިން އެ ދޮން މޫނުމަތި އިތުރަށް ފުރިހަމަ ކުރުވައެވެ.

އާލާއަށް އޮޅިގެން ނަމަވެސް ހިތާހިތުން ދާނިޔަލްގެ ރީތިކަމަށް ތައުރީފް ކުރެވުނެވެ. “ކިތަންމެ ނިކަމެތި ދަރަޖައެއްގަ ހުރި މީހަކަށްވެސް އޭނާ ކުރި ބުރަ މަސައްކަތުގެ ސަބަބުން މުސްތަޤްބަލުގަ މަތީ މަޤާމަކަށް އާދެވިދާނެ.. މާތް ﷲގެ ނިންމެވުން އިނގޭނީ ކާކަށް؟ ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް އަކީ މުއްސަނދި ބޭކަލެއް ނޫން.. އެކަމަކު އެކަލޭގެ ފާނަށް ދެއްވައިފައިވާ ދަރަޖަ ކިހާ މަތިވެރި.. އެކަލޭގެ ފާނުގެ ރިވެތި އަޚްލާޤް.. އެކަލޭގެ ފާނު އެހެން މީހުންނާއި މުޢާމަލާތް ކުރައްވާ ގޮތް.. ﷲއަށް ގިނަގިނައިން ތައުބާވާ މިންވަރު..

ތަޤްވާވެރިވުން.. މިހެން ގޮސް އެތަށް އެތަށް ކަމެއް.. އެގޮތަށް އެތަށް ރަސޫލު ބޭކަލަކާއި ސަޙާބީންނެއް ވޭ.. އެހެން ނަމަވެސް އެބޭކަލުންގެ ރިވެތި ޚުލްޤުފުޅުގެ ސަބަބުން ދެއްވި ދަރަޖަ މާ މަތިވެރިވެގެންވޭ.. ދެން މިއަދުގެ މުޖުތަމަޢުއަށް ބަލައިލައިފިނަމަ ޚާމިޔާބު މީހުންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާނެ އެކަކު އެއީ ބިލް ގޭޓްސް.. ބިލް ގޭޓްސް އަށް މިއަދު އެ ހުރި ހިސާބަށް އާދެވުނީ ކުޑައިރު މުއްސަންޖެއްގެ ދަރިއަކަށް ވެގެންތަ؟ ނޫން.. ކުޑައިރު އޭނާއަކީ ތިބުނާހާ މުއްސަންޖެއް ނޫން.. ލިއޮނެލް މެސީ މިއަދު އެހުރި ހިސާބަށް އައީ ދަތި ކިތަށް ހަރުފަތް ގިރާކޮށްފަ؟ ތެދު ރޮނގެއް ހެނެއް ނޫން އޭނާގެ އެ ދިގު ރާސްތާ އޮތީ.. އެތަކެއް ދަތި ހުރަސްތަކާއި ހިތްވަރާއެކު ކުރިމަތިލީ.. ރޮނާލްޑޯ އުޅުނު ފަގީރު ދިރިއުޅުމުން އޭނާއަށް މިއަދު އެހުރި ހިސާބަށް ނާދެވޭނެ ކަމަށް ޤަބޫލުކޮށް އޭނާ އެއްވެސް އިރެއްގަ އެކުރި ބުރަ މަސައްކަތާއި ހިތްވަރު އެލުވާލިތަ؟

ބައްޔެއް ތަޙައްމަލު ކުރަމުން ދިޔައިރުވެސް އެންމެ ފަހަރަކުވެސް އުންމީދުގެ ހުޅުކޮޅު ނިތްވާލިތަ؟ ނޫން.. އެކަމަކު މިއަދު އޭނާ އެހުރި ހިސާބު ބަލައިބަލަ.. ތިމާ އަށް ލިބޭ މަޤާމަކީ ތިމާ ކުރި ބުރަ މަސައްކަތެއްގެ ނަތީއްޖާ.. އެއީ އެމީހެއްގެ މާލީ ފެންވަރުގެ ސަބަބުން ކަނޑައެޅޭނެ އެއްޗެއް ނޫން.. ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ކުރާ ކޮންމެ ކަމެއްގަ މާތް ﷲ ބަރަކާތް ލައްވާނެ..

އަހަރެމެން މުސްލިމުންނަށް ވީ ހިނދު ކުރާ ކޮންމެ ކަމެއްގައި ބަރަކާތް ލެއްވުން އެދި އަދި ކާމިޔާބު މިންވަރު ކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުން ދުޢާ ދަންނަވާނަމަ، ކޮންމެވެސް ދުވަހަކުން އެ ދުޢާގެ ޖަވާބު ލިބޭނެ.. އިން ޝާ ﷲ..” ދާނިޔަލް މަޑުމައިތިރި ކަމާއެކު އޭނާގެ ފިރިހެންވަންތަ އަޑުން ރީއްޗަށް ބުނެލިއެވެ. އާލާ އިތުރަށް އެއްޗެކޭ ނުބުނެއެވެ. ބުނާނެ އެއްޗެއް އޭނާގެ ދުލުކުރިއަށް ނުވެސް އައީއެވެ. އޭނާއަށް ހުރެވުނީ ބަސް ހުއްޓިފައެވެ. ދާނިޔަލް އެވަރުގެ ހިތްވަރެއް ނެރުނީ ކޮންތާކުން ހެއްޔެވެ؟ އޭނާގެ ކުރިމަތީ ބަސްބުނާހާ ހިތްވަރު ދާނިޔަލް ހޯދީ ކިހިނެއް ހެއްޔެވެ؟ ކޮންމެޔަކަސް ދާނިޔަލްގެ ރީތިކަމާއި އެއްވަރަށް އޭނާގެ އެ ފިރިހެންވަންތަ އަޑަށްވެސް އާލާއަށް ނޭނގުމުގެ ތެރެއިން ތައުރީފް ކުރެވުނެވެ.

ދުރު ބަލަހައްޓައިގެން ހުރި ދާނިޔަލް އޭނާ ބުނަން ބޭނުންވި މިންވަރަށް ބުނެލުމަށްފަހު އިތުރު އެއްވެސް އެއްޗެކޭ ބުނުމެއް ނެތި ލިފްޓާއި ދިމަލަށް ހިނގައިގަތެވެ. ނަމަވެސް އެއިރުވެސް އެހުރި ހައިރާން ކަން މަތީ އާލާ އިރުގަނޑެއް ވާންދެން ހުއްތެވެ. އެހެން ހުރުމަށްފަހު މަޑު ފިޔަވަޅުތަކެއްގައި އާލާވެސް ލިފްޓަކަށް އަރައިގެން ގޮސް އޭނާގެ ކެބިން އިން ފްލޯއަށް ފޭބިއެވެ.

ކަން ދިމާ ކުރިގޮތުން އެއީ ދާނިޔަލްގެ ކެބިންވެސް އިން ފްލޯއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އެއް ޑިޕާޓްމެންޓެއްގެ ޑޮކްޓަރުން އެ ހޮސްޕިޓަލުގެ ޤަވައިދު ބުނާގޮތުން ނަމަ ތިބެނީ އެއް ފްލޯ އެއްގައެވެ. އެކަން އެހެން ހެދުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ޑޮކްޓަރުންނާއި ބަލި މީހުންނަންވެސް ފަސޭހަ ކޮށްދިނުމެވެ.

އާލާ އޭމާގެ ކެބިން އަށް ވަނުމަށްފަހު ގޮނޑީގައި އިށިނދެލިއެވެ. އެހިނދު އޭނާ ފުން ޚިޔާލުތަކުގެ ތެރެއަށް ގެނބިގެން ދިޔައެވެ.

***

ޑިއުޓީ ނިންމާލުމަށްފަހު ގެއަށް އައިސް ވަތް ދާނިޔަލްގެ ސިކުނޑީގައި މިއަދު ހިނގާދިޔަ ކަންތައް ރަސްކަންކުރަމުން ދިޔައެވެ. އަނެއްކާ އާލާ އައީހެއްޔެވެ؟ އެ އަންހެން ކުއްޖާގެ ޖެއްސުމާއި މިފަހަރުވެސް އޭނާ ކުރިމަތިލާން ޖެހޭނެ ބާވައެވެ؟ އާލާ އަދިވެސް އޭނާގެ އުޅުން ބަދަލެއް ނުކުރޭ ބާވައެވެ؟ ދެފަރާތަށް ކުޑަކޮށް ބޯ ހޫރުވާލުމަށްފަހު ދާނިޔަލް ﷲ މަތިން ހަނދުމަ ކޮށްލަމުން އެ ޚިޔާލުތަކުން ދުރުވެލީ އެއީ ކޮންމެހެން އޭނާ އެވަރުން ފިކުރު ކުރަން ޖެހޭ ކަމަކަށް ނުވާތިއެވެ.

ފެންވަރާލައި ތާޒާވެލައިގެން އައިސް ދާނިޔަލް ބަދިގެތެރެއަށް ވަދެލީ ރޭގަނޑުގެ ކެއުމަށް ކޮންމެވެސް އެއްޗެއް ތައްޔާރު ކޮށްލުމަށެވެ. އައިސް އަލަމާރި ހުޅުވާލުމަށްފަހު ސޕިނެޗާއި ކިއުކަމްބާއެއްގެ އިތުރުން ކުޑަ ރެޑިޝް އަކާއި އެވޮކާޑޯއެއް ނެގިއެވެ. އެޔަށްފަހު ސަނާމުގު އަޅައިފައި ހުރި ދަޅެއް ނެގުމަށްފަހު މޭޒުމަތީގައި ބެހެއްޓިއެވެ. އެ އެއްޗެހި އެތާ ބަހައްޓައިފައި ދާނިޔަލް މިސްރާބު ޖެހީ ބެލްކަންޏަށެވެ. އެހިނދު ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިތަށް އައިސް ދާނިޔަލްގެ ހަށިގަނޑުގައި ބީހެލިއެވެ. ނަމަވެސް އެ ހިތްހަމަޖެހުން ހޯދާކަށް މިވަގުތު އޭނާއަށް ހުރެވޭކަށް ނެތެވެ. އެޔަށްވުރެ އޭނާ ހުރީ ބަނޑުހައިވެފައެވެ.

ބެލްކަނީގައި ހައްދާފައި ހުރި ގަސްތަކުގެ ތެރެއިން ޗެރީ ޓޯމާޓޯތަކުން ބަރާވެފައި ހުރި ކުޑަ ގަހުން ދެތިން ޓޮމާޓޯ ބިނދެލައިފައި ދާނިޔަލް އަނެއްކާވެސް ގޭތެރެއަށް ވަދެގެން ގޮސް ބަދގެއަށް ވަނެވެ. އެޔަށްފަހު އޭނާއަށް އެންމެ މީރު ސެލެޑް ތައްޔާރު ކޮށްލިއެވެ. ބަލައިލައިފާވެސް މީރުވާނެކަން ގައިމެވެ. ކުޑަ މަސްކޮޅެއް ފިހެލުމަށްފަހު ސެލެޑް ތައްޓާއެކު ދާނިޔަލް އެ ކަމުން ދިޔައެވެ. އޭނާގެ މޫނުމައްޗަށް ބަލައިލައިފައިވެސް ހިތްހަމަ ޖެހިފަ ހުރިކަން ވަޒަންކޮށްލެވެއެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފުކޮށްލުމަށްފަހު ދާނިޔަލް އައިސް ސިޓިންގް ރޫމް ސޯފާގައި އިށީނދެލީ ކުޑަކޮށް އަރާމުކޮށްލުމަށްޓަކައެވެ. ޓީވީ ރިމޯޓު ނެގުމަށްފަހު ޓީވީ ހުޅުވާލިއެވެ. އެހިނދު އޭނާގެ ހުރިހާ ސަމާލުކަމެއް ޓީވީއަށް ހުއްޓިގެން ދިޔައެވެ. ދާނިޔަލްއަށް އެތާ އިނދެވުނީ އިރުކޮޅެއް ވާންދެންނެވެ. ނިދި އައުމުން އިން ތަނުން ތެދުވެގެން އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

***

“ދަރިފުޅު ކިހިނެތް ވަނީ ވަޒީފާގެ ފުރަތަމަ ދުވަސް؟” ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އިން އާލާ ގާތު އަރީފް ވަރަށް ލޯބިން ސުވާލު ކޮށްލިއެވެ. ޝަޒިއްޔާވެސް އިނީ އާލާ ދޭނެ ޖަވާބަކަށް އިންތިޒާރު ކޮށްކޮށެވެ. “ހަމަ ވަރަށް ފައްކާ.. ވަރަށް އުފާވި މިއަދު.. އަޅުގަނޑު އެންމެ ދާން ބޭނުންވި ހޮސްޕިޓަލަށް މި ދެވުނީވެސް.. އެހެންވީމަ އުފާވާނެއްނު..” އާލާ އޭނާގެ ހިތުގެ ޝުއޫރު ފާޅު ކޮށްލިއެވެ. އެހިނދު އަރީފްއާއި ޝަޒިއްޔާވެސް ހިނިތުންވެލަމުން އާލާގެ އުފަލުގައި ބައިވެރިވިއެވެ.

“ދާނިޔަލް ވެސް..” އަރީފް ވަރަށް ފޯރިއާއެކު ފެށި ނަމަވެސް ބުނަން އުޅުނު އެތި ހުއްޓާލީ ޝަޒިއްޔާ އެތާ އިންކަން ހަނދާން ވުމުންނެވެ. ދާނިޔަލްގެ ނަން އަޑުއަހަންވެސް ޝަޒިއްޔަ ހިތްހަމަ ނުޖެހޭނެއެވެ. ވީއިރު އޭނާގެ ކާމިޔާބީގެ ވާހަކަ ދައްކައިފިއްޔާ އަދި ޝަޒިއްޔާ ގާތަށް ކިހާ ރުޅިއެއް އަންނާނެ ހެއްޔެވެ؟

ދާނިޔަލްގެ ވާހަކަ އަރީފް ބުނަން އުޅުމުން އާލާގެ ދެބަމަ ގާތްވިއެވެ. ބައްޕަ އެއުޅުނީ ދާނިޔަލްގެ ކޮން ވާހަކައެއް ދައްކަންބާވައެވެ؟ އަދިވެސް ދާނިޔަލްއާއި ބައްޕައާއި ދެމެދު ހަމަ އެހާ ގާތް ގުޅުމެއް އޮވޭ ހެއްޔެވެ؟ އާލާ ވިސްނަމުން ދިޔަ ވަރަކަށް ދާނިޔަލްއާއި މެދު ފޫހިކަން އުފެދެމުން ދިޔައެވެ.

ކައި ނިންމުމަށްފަހު އަރީފް ދައްކަން އުޅުނު ދާނިޔަލްގެ ވާހަކައަށް މާބޮޑު އަޅާލުމެއްނެތި އާލާ ސިޑިން އަރައިގެން ދިޔައެވެ. ކޮޓަރިއަށް ވަނުމަށްފަހު އެނދު ކައިރިން ލައިފައި ގޮސް ބެލްކަންޏަށް ނުކުމެލި އާލާގެ ގައިގައި ފިނިފިނި ވައިރޯޅިތައް ބީހެމުން ދިޔައެވެ. ރެއިލިންގައި ދެއަތް އަޅުވާލުމަށްފަހު ފޯނު ހުޅުވާލި ވަގުތު އާލާގެ ދެބުމަ ގާތްވެގެން ދިޔައީ ފަސްފަހަރަށް މިސްވެފައި އޮތް ރުކާގެ ކޯލްތައް ފެނިފައެވެ. ކާންދިޔަ ވަގުތުކޮޅުތެރޭ ރުކާ އެވަރަށް ގުޅައިފައި އޮންނާނީ ކޮންމެވެސް ބޮޑުކަމެއް ވީމަތާއޭ އާލާގެ ހިތަށް އެރުމުން އޭނާގެ މޫނުމަތިން ނުތަވަސްކަން ފާޅުވާން ފެށިއެވެ.

އަވަސް އަވަހަށް ރުކާގެ ނަންބަރަށް ގުލާލިއެވެ. ކެތްތެރިކަމާއެކު ރުކާ ފޯނު ނަގާނެ އިރަކަށް އިންތިޒާރު ކޮށްކޮއް ހުރި އާލާގެ އިންތިޒާރުގެ ވާފަށް ކެނޑުނީ ރުކާ ފޯނު ނެގުމުންނެވެ. “ހަލޯ ރުކާ؟ ކިހިނެތްވީ ހާދަ ވަރަކަށް ގުޅާފަ މިއޮތީ؟ އަނެއްކާ ބޮޑު ކަމެއް ވީތަ؟” އެއް ނޭވާއިން އާލާ އޭނާ ބޭނުންވާ އެއްޗެހި ބުނެލީ ރުކާ އަނގައިން ބުނެލާނެ ފުރުސަތެއްވެސް ނުދީއެވެ.

“ހެހެހެ.. ސާބަސް.. އެއީ އާލް ފޯނު ނުނެގީމަ ގިނައިން ގުލާލީ.. އެއިރަށް ފެންނަ އިރަށް ކޮންމެވެސް އެއްޗެކޭ ހިތަށް އަރައގެން އަވަހަށް ގުޅާނެއްނު.. އެހެންވެ..” ރުކާ ހިނިގަނޑެއް ޖަހާލަމުން ބުނެލި ވަގުތު ރުކާ އޭ ކިޔައިފަ އާލާ ދަމާލިއެވެ. “ހޫމް.. އަސްލު ކަމަކާއެކީއޭ ހަމަ ގުޅީ.. ބަލައިބަލަ މަކަރުން އުޅޭ ވަރު.. ވަޒީފާ ލިބުނީމަވެސް ތިއުޅެނީ ފިލައިގެން.. ހަމަ މަށަށް ކާން ދޭން ޖެހޭނެތީ.. އެހެން ފިލައިގެން އުޅެވޭނީ އެހެން މީހުން ކުރިމަތީގަ އިނގޭ.. މި ރުކާއާއި ފިލައިގެން އާލާއަށް ނޫޅެވޭނެ..” ރުކާ ސަމާސާ ރާގެއްގައި ބުނެލި ވަގުތު އާލާ ގާތަށް އައީ ހިންޏެވެ.

“އެހެންތަ؟ އޯކޭ.. މާދަން ކޮންމެވެސް ރެސްޓޯރަންޓަކަށް ދަމާ.. ބްރޭކް ވީމަ ރުކާއަށް ގުޅާލާނަން.. މާދަން އޮތީ އެކަމް މެންދުރު ޑިއުޓީ.. އާނ ޔެސް.. އޯކޭ ވާނެ އެއިރަށް.. ރުކާ އޮފީސް ނިމޭނެ ދޯ ތިނެއް ޖަހާއިރަށް؟” އާލާ އޭނާއަށް އިގުނު މިންވަރަކުން ވާހަކަ ދައްކަމުން ދިޔައެވެ. ރުކާވެސް އެގޮތަށް އެއްބަސްވުމުން މާދަން އާލާގެ ބްރޭކް ގަޑީގައި ތަނަކަށް ދިއުމަށް ނިންމިއެވެ.

“ކޮބާ ކިހިނެތް ވަނީ ހޮސްޕިޓަލުގެ ފުރަތަމަ ދުވަސް؟ މަޖާތަ؟” ރުކާ ސީރިއަސް ވެލައިފައި އާލާއާއި ސުވާލު ކޮށްލިއެވެ. އެހިނދު ދާނިޔަލްގެ ސޫރަ އާލާގެ ލޯމައްޗަށް ސިފަވެގެން ދިޔައެވެ. “ވަރަށް މަޖަލެއްނު.. ފުރަތަމަ ދުވަހުވެސް އެ ދާނިޔަލް އާއި ދިމާވީ.. އޭނަވެސް ވޯކް ކުރަނީ އެތާ.. ކިހާ ބޮޑު ކަމެއް.. މަ ޖެހޭނެ ދެން ކޮންމެ ދުވަހަކު އޭނާއާއި ކުރިމަތިލާން.. އަދި އެއީ އަހަރެމެން ޑިޕާޓްމެންޓްގެ ހެޑް.. ވަރަށް ފޫހިވޭ..” އާލާ ތުންކޮޅު ހަދާލަމުން ހިތްހަމަ ނުޖެހިފައިހުރެ ބުނެލިއެވެ.

“ވަޓް.. ދާނިޔަލް؟ އެ ދާނިޔަލް؟” ރުކާ ޤަބޫލު ނުކުރެވިފައި އަހާލިއެވެ. އެހިނދު އާލާ އަނެއްކާވެސް ތުންކޮޅު ހަދާލަމުން ހޫމް ލައްވާލިއެވެ. “ގަދަ އެހެންވިއްޔާ.. އަސްލުގަވެސް.. ހާދަ ބުރަ މަސައްކަތްތަކެއް ކޮށްގެނޭ އޭނާއަށް ތިހާ ހިސާބަށް ދެވޭނީ.. ވަކި އޭނާއެއް ނޫން ދޯ.. އެންމެންވެސް.. އެކަމަކުވެސް.. ވަރަށް ގަދަ ދާނިޔަލް..” ރުކާ އެހުރި ހައިރާންކަންމަތީ ހުރެ ބުނެލިއެވެ. “ނިމުނީތަ؟ ރުކާވެސް ކޮންމެހެން މާ އޭނަ ވެގެން އުޅޭނެ ކަމެއް ނެތް އިނގޭ..” އާލާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. އެވަގުތު ރުކާ ޖަހާލީ ހިނިގަނޑެކެވެ.

“ކޮބާ ހީވޭ.. އެހެންވެޔޭ މަ ބުނަނީ ތި ދެމީހުން ދޭތެރޭގަ ކޮންމެވެސް ގުޅުމެއް ވެއޭ.. މީހުން ކިޔާ ތިހެން އުފެދޭ ނަފްރަތު ފަހުން ބަދަލުވާނީ ލޯތްބަށޭ.. އިނގިދާނެތާ ވާގޮތެއް..” ރުކާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އެވަގުތު އާލާ ރުޅި އައިސްފައި ރުކާއަށް ގޮވާލިއެވެ. ޙަޤީގަތުގައިވެސް އޭނާ ދާނިޔަލްދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ރުކާއާއި އެކު ވާހަކަ ދައްކާލަން އިރުގަނޑެއް ވާންދެން ބޭރުގައި ހުރުމަށްފަހު އާލާ ކޮޓަރިއަށްވަދެ ބެލްކަނީގެ ދޮރު ލައްޕާލިއެވެ.

***

އިރު އޭގެ ވާޖިބު އަދާކުރުމައިގެން ކުރިޔަށް ދިޔައެވެ. ވިލާ ރޮއްޖެއްހާ ހިސާބުވެސް ނެތް ސާފު އުޑުމަތީގައި ރަސްކަން ކުރުމަށްޓަކައި މަދުމަދުން ކާޅުތައް އުދުހެމުން ދިޔައެވެ. ފަތިސް ނަމާދުން އައިސް ޖޮގިންއަށް ދިޔަ ދާނިޔަލް ހުސްކޮށް އޮތް މާލޭގެ މަގުމަތިންލައިފައި ދިޔައީ މިނިވަންކަމާއެކުއެވެ. ދުއްވާ އެއްޗެހީގެ މަދުކަމާއި މީހުން އެއްވެސް ވަރަކަށް މަގުމަތިން ނުފެނުމުގެ ސަބަބުން އޭނާގެ ހިތަށް ލިބިފައިވަނީ ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެކެވެ.

ޖޮގިން ނިންމާލުމަށްފަހު ދާނިޔަލް އޭނާގެ ގެޔަށް މިސްރާބު ޖެހިއެވެ. ގެއަށް ވަންނަނިކޮށް އޭނާގެ ފިޔަވަޅުތަށް މަޑުޖެހުނީ ޖީބުގައި އޮތް ފޯނު ރިންގް ވީ އަޑަށެވެ. “ބްރޯ.. މިއަދު ހަވީރު މަށާ އެކީ ތާކަށް ދާން ރެޑީ ވައްޗޭ.. މަގޭ ކޮއްކޮ ކާޅެއް ބޮލުގަ ކޮށާހެން އެބަ ކިޔާ ކޭ.އެފް.ސީއަށް ދާން.. ކިޔަން ފަށައިފި ކަމެއް ހުއްޓާލާނެ މީހެއް ނޫން އެއީ.. މަ ފޫހިވެދާނެ ހަމައެކަނި އޭނާއާއެކީ އެތަނަށް ގޮސްގެން.. މިއަދު ހަވީރު ފްރީވާނެތަ؟” ފުރަތަމަވެސް އިވިގެން ދިޔައީ އިޝާންގެ ޝަކުވާއެވެ. ހިފަހައްޓައިގެން ހުރި ހިނިގަނޑުވެސް އެންމެ ފަހުން ދާނިޔަލްއަށް މަތައެއް ނުކުރެވުނެވެ.

“ހޫމް ފްރީ.. މިއަދު މަ އޮފް ދުވަހޭ..” ދާނިޔަލް ހިނިގަނޑު މަތަކޮށްލަމުން ބުނެލިއެވެ. އިޝާންވެސް ދާނިޔަލްއަށް ޝުކުރުވެރިވެލުމަށްފަހު ފޯނު ކަނޑާލިއެވެ. އެހިނދު ދާނިޔަލް ކުޑަކޮށް ދެފަރާތަށް ބޯ ހޫރުވާލިއެވެ.

ފެންވަރާލައި ތާޒާވެލައިގެން އައި ދާނިޔަލް ހެނދުނުގެ ނާސްތާ ކޮށްލުމަށްފަހު ފޮތެއް ކިޔާލަން އިނެވެ. ހުސް ވަގުތުގެ ބޭނުން އޭނާ ހިފަނީ އެކަހަލަ ގޮތަކަށެވެ.

***

“ދަރިފުލާ އާލާ.. އަދިވެސް ރެޑީ ނުވެވޭތަ؟” ސިޓިންގް ރޫމުގައި އިނދެފައި އަރީފް ބާރުބާރަށް ގޮވާލީ އާލާއަށް އަޑު އިވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ. ކަން ވީވެސް އެހެންނެވެ. “އަދުގެ ޒުވާން ކުދިން އެއީ އަރީފް.. އަވަހަކަށް ނުނިމޭނެ..” އެތަށް ދުވަހަކަށްފަހު ޝަޒިއްޔާ އަރީފް އާއި ސަމާސާ ކޮށްލިއެވެ. ދާނިޔަލްގެ މައްސަލައިގައި އަރީފްއާއި އޭނާ ރަނގަޅަށް ވާހަކަ ދައްކާ ނުލާތާވެސް މިހާރު ކޮންދުވަހެއް ހެއްޔެވެ؟

“ދޮގެއްވެސް ނޫން.. ޒާތް ޒާތަށް ބޮލުގަ އެ ފޮތިގަނޑު އޮޅައި މޫނުގަ ކުލަ ޖައްސަން އެތަށް ގަޑިއިރެއް ނަގާނެވިއްޔަ ދޯ.. ހެހެ..” އަރީފް ހިނިގަނޑެއް ޖަހާލައިފައި ބުނެލިއެވެ. އެވަގުތު ބާރުބާރަށް ސިޑިން ފައިބައިފައި އައިސް އެތަނަށް ހުއްޓިލީ އާލާ ނޫން ދެވަނަ އަންހެން ކުއްޖެއް ނޫނެވެ. މެރޫން ކުލައިގެ ކަކުލުން ތަންކޮޅެއް މައްޗަށް ހުރި އަތް ދިގު ގަމީސް ޓޮޕާއި ކަޅުކުލައިގެ ސްކިނީ ޖީންސްއާއި އެއްކޮށް އަތުގައި އަޅުވާލައިފައި އޮތް ޑޮކްޓަރ ކޯޓާއިއެކު އޭނާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ.

މަޑު ފިޔާތޮށިކުލައިގެ ޝޯލްއިން އޭނާގެ ދޮން މޫނު ވަށާލައިފައި ވުމުން އިތުރަށް ރީތިކަމަށް ދައްކައެވެ. ކުރިއާއި ޚިލާފަށް މިހާރު އޭނާ ކުރަނީ ލުއި މޭކަޕެވެ. ސަބަބެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ގަދައަށް މޭކަޕް ކުރަށް އެ ހިތް ހަމަ ހިތްހަމަނުޖެހެނީއެވެ. އޭނާގެ ކޮނޑުގައި ކަޅުކުލައިގެ ދަބަހެއް އަޅުވާލައިފައިވިއިރު އަތުގައި ފައިލްތަކެއް ހުއްޓެވެ.

އާލާއަށް ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު އަރީފް އިން ތަނުން ތެދުވެ ކުރީގައި ހުރެ ހިނގައިގަތެވެ. އާލާވެސް ބައްޕައަށް ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު ފަހަތުން ހިނގައިގަތެވެ. އަރީފް އާލާ ހޮސްޕިޓަލަށް ލުމަށްފަހު ކާރު ދުއްވާލީ އޭނާގެ އޮފީހަށް ދިޔުމަށެވެ.

ކެބިންއަށް ވަނުމަށްފަހު އާލާ ގޮނޑީގައި ހަމަޖެހިލިއެވެ. އަދި މިއަދު އަންނަން ހުރި ބަލި މީހުންގެ ލިސްޓަށް ރަނގަޅަށް ބަލައލިއެވެ. މާ ގިނަ މީހުންނެއް ނެތެވެ. އެހެން ކަމުން ހިތްހަމަ ޖައްސާލައިފައި އޭނާ ފޯނަށް ނަޒަރު ހުއްޓާލިއެވެ.

ވަގުތުތައް ފާއިތުވަމުން ގޮސް ހަވީރުގެ ހިތްގައިމު ވަގުތު އައިސް ޖެހުނެވެ. އާލާ އިން ތަނުން ހަށިގަނޑު ތެދުކޮށްލީ ބްރޭކް ވުމުންނެވެ. ކެންޓީނަށް ދިޔުމުގެ ބަދަލުގައި މިއަދު އޭނާ ދާނީ ރުކާ އާއި އެކުގައި ކަމުން ކޮނޑުގައި ދަބަސް އަޅުވާލުމަށްފަހު ކެބިން އިން ނިކުތެވެ. ބޭރަށް ނިކުމެ ދެކޮޅު ހޯދާލި ގޮތުން ހީވަނީ އޭނާ އެއްޗެއް ހޯދާ ހެންނެވެ. ވާނީވެސް އެހެން ނޫންހެއްވެ؟ މިއަދު ފެށުނީއްސުރެ ވެސް ދާނިޔަލްގެ ހިލަމެއް ނުވެއެވެ.

އެހެން ނޫނަސް އޭނާ އެވަރަކުން ދާނިޔަލް ހޯދަން އުޅެނީ ކީއްކުރަން ހެއްޔެވެ؟ އާލާ ދެފަރާތަށް ކުޑަކޮށް ބޯ ހޫރުވާލީ ހިތަށް ވެރިވި އެއްޗެހިންނެވެ. މަޑުމަޑުން ހިނގާލައިފައި ދިޔަ އާލާ ހުއްޓުން އެރީ ރިސެޕްޝަން ކައުންޓަރ ކައިރިން ލައިފައި ދިޔަ އަޒާން ފެނިފައެވެ. އެއީ އޭނާއަށް ބައެއް ދުވަސްދުވަހު ދާނިޔަލްމެންނާއި އެކީ ފެންނަ ޑޮކްޓަރެކެވެ. ނަމަވެސް އޭނާ ގާތުގައިވެސް ދާނިޔަލް މިއަދަކު ނެތެވެ.

އާލާއަށް ކެތްވީ ވަކި ވަރަކަށެވެ. ރިސެޕްޝަން ކައުންޓަރ ކައިރިއަށް ޖެހިލުމަށްފަހު އެތާ އިން އަންހެން ކުއްޖާ ގާތު ދާނިޔަލްއާއި ގުޅޭ ގޮތުން ސުވާލު ކޮށްލިއެވެ. އެކުއްޖާ ބުނި ގޮތުން ނަމަ މިއަދު މިއީ ދާނިޔަލްގެ އޮފް ދުވަހެވެ. އޭނާ ނުފެނުން ސަބަބަކީ މިއީތާއެވެ. އާލާ އެ އަންހެން ކުއްޖާއަށް ހިނިތުންވުމެއް ރައްދު ކޮށްލުމަށްފަހު ލިފްޓާއި ދިމާލަށް ހިނގައިގަތެވެ.

“ހިނގާ ދަމާ.. ކޮންތާކަށް ދަނީ؟” އާލާ ރުކާ އަށް ރީތި ހިނިތުންވުމެއް ރައްދު ކޮށްލުމަށްފަހު ބުނެލިއެވެ. “އަނހަ.. ރިޔައްތަވެސްތަ؟” ކައިރީގައި ހުރި ރިޔާޝާ ފެނުމުން އާލާއަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ވާހަކަ ދައްކާނީ އެތަނަށް ގޮސްފައި ކަމަށް ބުނެ ރުކާ ކުރިޔަށް ހިނގައިގަތެވެ.

“އަދި މަ ނުދަން ކޭ.އެފް.ސީ އަކަށް.. އެތަށް ހުޅުވިތާ މިހާރު ދުވަސްގަނޑެއް ވެއްޖެ.. މިއަދު އެތަނަށް ދަމާ..” ރުކާ އޭނާގެ ޚިޔާލު ހުށަހެޅިއެވެ. އާލާވެސް ދެކޮޅު ހެދުމެއް ނެތި ރުކާ އާއި އެކު ހިނގައިގަތެވެ. އެތާ ތެރެއަށް ވަދެގެން ދިޔައިރު ކާ އެއްޗެހީގެ މީރުވަސް ނޭފަތުގައި ޖެހުމުން އާލާއަށް ދެލޯ މަރާ ނޭފަތް ދަމާލެވުނީ ބޭ އިޚްތިޔާރުގައެވެ. އާލާއަށް ވީގޮތް ފެނި ރުކާގެ އިތުރުން ރިޔާޝާވެސް ހޭން ފެށިއެވެ.

“ހޫމް.. އެއްޗެއް ކެވޭތޯ ބަލަމާ.. ޓެސްޓުން މަތި ހޯދީމަ އިނގޭ މިއަދު ތި އާދެވުނީ.. ބަސް އަހަންޏާ މިގޮތަށް ތަންތަނަށް ގެނެވޭނީވެސް..” އިޝާން އިރާޝްއާއި ސަމާސާ ކޮށްލިއެވެ. “އޯކޭ.. ގިނަ ގިނައިން ފޮތް ކިޔާނަން އެހެން ވީމަ.. އެއިރަށް ދޮންބެ ޖެހޭނެ އަޅުގަނޑު ގިނައިން ތަންތަނަށް ގެންގޮސްދޭން..” އިރާޝްވެސް ދުލެއް ނުދިނެވެ. އުމުރުން ބާރަ އަހަރަކަސް ދައްކާ ވާހަކައިން އިޝާންއަށް ވަކި ދުލެއް ނުދޭނެއެވެ. އިޝާން އާއި ދާނިޔަލް ގާތަށްވެސް އެވަގުތު ހިނި އައެވެ.

“އައުޗް.. ކިހިނެތް ތި ހެދީ؟” އިޝާން ކުއްލިޔަކަށް އިނދެފައި ދާނިޔަލްގެ އަތުގައި ޖެހުމުން އޭނާ އެތަނުގައި ފިރުމަން އިނދެ ބުނެލިއެވެ. އިރާޝް އެއިރު އިނީ އޭނާގެ އައިޕެޑުން ގޭމެއް ކުޅެން ކަމުން އެކުއްޖާއަކަށް އެއިން ކަމެއް ރޭކާ ނުލައެވެ. “ބަލާބަލަ އޭނި ކުއްޖެއް.. ވާހް.. ސަޅިއޭ..” ހުވެފެނީ ގޮތަކަށް ދަތްދޮޅީގައި އަތް އަޅުވާލަމުން ކުރިމަތީގައި ހުރި މޭޒުގައި އިން އަންހެން ކުއްޖާ ދައްކާލަމުން އިޝާން ބުނެލިއެވެ. ނަމަވެސް އޭނާ އެ ކިޔާ ކުއްޖެއްގެ ކުރިމައްޗަށް ވާގޮތަށް އިށީނގެ އިން އެހެން ކުއްޖެއްގެ ސަބަބުން ދާނިޔަލްއަކަށް އޭނާއެއް ނުފެނުނެވެ.

“ޔާ ﷲ.. މި ކުއްޖާއަށް ހެޔޮ ވިސްނުން ދެއްވާފާނދޭވެ!” ދާނިޔަލް ދެއަށް އުފުލާލަމުން މަޑުމަޑުން ބުނެލިއެވެ. “ކީއްތަ ވީ؟” އަނގަ ސަކަރާތްވެފައި އިނދެ އިޝާން އަހާލިއެވެ. “ތި އުޅޭ ގޮތުންނެއްނު.. އެހަކަށް ދުވަހުވެސް މި ވާހަކަ މަށަށް ނުދެއްކޭތަ؟ އެހެންވިއްޔާ އެކުއްޖާ ފަހަތުން ނުދުވެ މިފަހަރު ގޮސް ކައިވެނި ކުރޭ.. ހަމަ ތެދެއް މިބުނީ މިސޮރު އުޅޭ ގޮތަކުން މީހަކު ބޯ ގޮވާ ވަރުވޭ..” ދާނިޔަލް މަޖާވެލައިފައި ބުނެލިއެވެ. އެހިނދު އިޝާން ގޮށް މުއްކަވައިފައި މަޑުމަޑުން ދާނިޔަލްގެ އަތުގައި ޖަހާލިއެވެ. ދެމީހުން އެ ސަކަރާތުގައި އިރުގަނޑެއް ވާންދެން ތިބީ ވެއިޓަރ ކާ އެއްޗެހި ނުގެންނާތިއެވެ.

އާލާ އާއި ރުކާގެ އިތުރުން ރިޔާޝާ އެކި އެކި މައުލޫއަށް ވާހަކަ ދައްކަމުން ދިޔައެވެ. ތިން މީހުންވެސް ދުވަސްތަކަކަށްފަހު ދިމާވުމުން ތިބީ ނުހަނު އުފަލުންނެވެ. އެއްލި ކަޅިއަކުން ރިޔާޝާގެ ލޮލުގައި އަޅައިގަތީ ކުރިމަތީގައި އިން މޭޒުގައި ތިބި ދެ ޒުވާނުންނެވެ. އެތަނުން އެކަކަކީ އޭނާއަށް ކުރިން ފެނިފައި ހުރި މީހެއްހެން ހީވަނި ކީއްވެބާވައެވެ؟ އޭނާގެ ސިކުނޑީގައި އައިސް ކޮއްޓާލި ޚިޔާލަކުން ރިޔާޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއީ ދާނިޔަލް ހެއްޔެވެ؟ ހަމަ އެ މޫނެވެ. ނަމަވެސް ތުނިކޮށް ފަޅައިފައިވާ ތުނބުޅިއާއި ބައިމަތި ފުޅާވެފައިވާ ހަށިގަނޑުން އޭނާ އިހުނަށްވުރެ ހަރުދަނާ ކަމަށް ދައްކައެވެ.

ރިޔާޝާ ރުކާގެ އަތުގައި ކޮއްޓާލުމަށްފަހު އެމަންޒަރު ދައްކާލިއެވެ. އެހިނދު ރުކާއަށްވެސް ލިބިގެން ދިޔައީ ހައިރާންކަމެވެ. ނަމަވެސް އޭނާ އެވާހަކަ ދެއްކުން މަނާ ކުރިއެވެ. މަސްލަހަތައްޓަކައެވެ. އެއްކޮޅުން ދާނިޔަލްއަށް އިންތިހާއަށް ނަފްރަތުކުރާ އާލާއެވެ. އަނެއްކޮޅުން ދާނިޔަލްއާއި މެދު ގޮތްނޭނގޭ އިޙުސާސްތަކެއް ކުރެވެމުން ދިޔަ ރިޔާޝާއެވެ. ނަމަވެސް މިހާރު ރިޔާޝާ އަމިއްލައަށް ވަނީ ރުކާ ގާތު އޭނާ ދާނިޔަލް ބޭނުން ނުވާ ކަމުގައި ބުނެފައެވެ. އެހެން ކަމުން ރުކާ ހުންނަނީ ނަގަންވީ މާނައެއް ނޭނގިފައެވެ.

“ފަށަމާ..” ކާއެއްޗެހި ލިބުމުން އާލާ އަވަހަށް ބުނެލިއެވެ. ރިޔާޝާއާއި ރުކާވެސް އެކަމަށް އެއްބަސްވެލުމަށްފަހު ކާން ފެށިއެވެ.

***

ވަޒީފާގެ ބުރަ މާހައުލުން ހިތްހަމަޖެހޭ އުފާވެރި ދުނިޔެއަށް ފުރިހަމަ ނޭވާއެއް ލެވުމުން އާދިން ހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ. ގެއަށް އައިސް ވަތް ގޮތަށް ސޯފާގައި އިށީނދެލީ ވެފައި ހުރި ވަރުބަލި ފިލުވާލުމަށްޓަކައެވެ. އޭނާ ގާތު އަޒާންވެސް އައިސް އިށީނދެލިއެވެ. ދެބަފައިން މާ ވަރުބަލިވެފައި ތިބި ތަން ފެނި އެވަގުތު އެތަނށް އައިސް ހުއްޓިލި ވިޝާމާ އެމީހުން ގާތު މަޑުކޮށްލިއެވެ. “ފެންތައްޓެއް ބޭނުން؟” ދެމީހުންނަށް އެއްކޮށް އެހެން ބުނެލި ވަގުތު އަޒާންއާއި އާދިން ދެލޯ ހުޅުވާލުމަށްފަހު ބަލައިލިއެވެ. އަދި ވިޝާމާގެ ހިނިތުންވެފައިވައި މޫނަށް ބަލައިލުމަށްފަހު ދެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ބޯ ޖަހާލިއެވެ. ވިޝާމާ ލުއި ހިނިގަނޑެއް ޖަހާލުމަށްފަހު ބަދިގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.

“ދަރިފުޅުމެން ހާދަ ވަރުބަލި ވެފައޭ ދޯ.. މާ ބިޒީ ދުވަހަކީތަ؟” ވިޝާމާ ގެނައި ފެންތަށި ބޯން ތިބި އާދިން އާއި އަޒާންގެ ސަމާލުކަންވެސް ހުއްޓިގެން ދިޔައީ ކުރިމަތިން އިވިގެންދިޔަ ބަރު ފިރިހެން އަޑަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ލޯބި ވީމޭ ސިއްރު ސިއްރުން (21

Next

ރާސްތާ 45

Next
September 24, 2018

ރާސްތާ 45

Previews
September 24, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (21

42 Comments!

  1. aish noor says:
    September 24, 2018 at 2:10 pm

    Assalaamu a’laikum my dear readers.. 🙂 miothee vaahakaige 19 vana bai up vefa.. hehe.. ummeedhu kuran dear mennah mi part ves kamudhaane kamah.. 🙂 noor mi masahkaiyy kuranee hama thikudhinnah kamudhaane fadha gothakah story kuriyah gendheveytho.. ummeedhu kuran dear mennah kuriyah huri baithah ves adhi mi bai ves kamudhaane kamah.. 🙂 anyway, hurihaakudhinge haalu ahuvaalu kihineh? 🙂 noor ah thikudhin dhey support ah hama fah fashun shukuru dhannavan.. thikudhin ge faraathun libey hiyy varuge kuda kuda baskolhakee ves noor ah vrh vrh vrh bodu ehcheh.. noor mi dhaairaa in kuriyah dhaan libey ithuru hiyyvareh.. adhi vaahaka thah genesdhinumah libey ihturu baareh.. 🙂 vrh bodah shukuriyyaa my dear readers.. 🙂 kuree part ge comment thakah ehaa lahun reply kurevuneethee vrh bodah maafah edhen hurihaa kudhinge faraathun ves.. mi part ge comment thakah noor ah fenun minvarakun veehaaves avahakah reply kureveytho noor balaanan ingey… in sha allah.. 🙂 jazakumullah khairan and LY all.. 🙂 <3<3<3<3<3

  2. haais says:
    September 24, 2018 at 2:14 pm

    balabalaa indha viyya thi up kohlee ……….. btw im first

    1. aish noor says:
      September 24, 2018 at 2:15 pm

      hehe.. ehntha dear? yess dear first.. congrats haais.. 🙂 and jazakallah khair… 🙂

  3. aish noor says:
    September 24, 2018 at 2:14 pm

    ehn part thakuga hen hama mibaigaves rangalhu kohlan v kanthah thikudhin noor ah buneladhehchey.. noor varah ufaavaane hageegathugaves.. 🙂 rangalhu kuran v kanthah enguneema noor ah dhn oiyy part ehgaves ebaithah rangalhu kohleveynee.. 🙂 noor ummeedhu kuran thikudhin egothah kanthah kuraane kamah.. komme comment eh ves noor hama ehves shakuvaa akaa nulai ufalaaeky balaigannnaanan.. 🙂 ehn v ma mi vaahaka aa gulhey gothun thikudhinge khiyaalu faalhu kuran fas nujehehchey.. aee hama ehves massala eh noon.. eki kudhinge khiyaal thafaathu vaanennu dhw? eki kudhin dhekeynee eki gothah.. noor ekan qabool kuran.. 🙂 dhn nxt part or 20 vana part maadhan noon aneh dhuvahu up kohdheveytho noor masahakaiyy kuraanan ingey.. in sha allah.. noor ah vaguthu libihje nama maadhan ves up kohleveytho try kuraanan.. in sha allah.. 🙂 jazakumullah khairan and LY all.. 🙂 <3<3<3<3<3

  4. hanee says:
    September 24, 2018 at 2:15 pm

    balabalaa indha viyya thi up kohlee ……….. btw im first

    1. aish noor says:
      September 24, 2018 at 2:17 pm

      ehentha? hehe.. dear ge comment ehtha matheega e iny ves? ehn kamah nuvaa nama dear ah mifaharu 2nd ey miothee libifa.. congrats dear.. 🙂 dhn aee dear ge comment akah vaa nama noor ge javaabu eothee e comment ga, ingey.. 🙂 hehe.

    2. hanee says:
      September 24, 2018 at 2:35 pm

      oops sry im 2nd dhw btw vrh reethi

    3. aish noor says:
      September 24, 2018 at 3:03 pm

      hehe.. aee ehves massala eh noonennu.. jazakillah khairan dear.. 🙂

  5. noora says:
    September 24, 2018 at 2:18 pm

    habeys & ly btw haalu hama rangalhu

    1. aish noor says:
      September 24, 2018 at 3:00 pm

      jazakillah khairan dear.. 🙂 aww.. <3<3<3<3<3 🙂

  6. Ishaan says:
    September 24, 2018 at 2:54 pm

    vrh salhi………. konirakun vaahakaige dhen oii bey up koh dhey neeeeeeeeeeee…………..hehe

    1. aish noor says:
      September 24, 2018 at 3:01 pm

      jazakallah khair ishaan dear.. 🙂 hehe.. maadhan noon aneh dhuvahu, in sha allah.. aee wednesday.. 🙂 vegen vaa nama maadhan ves up kohdheveytho noor try kohlaanan.. in sha allah.. ok ehnu dhw? hehe.. 🙂

    2. Ishaan says:
      September 24, 2018 at 3:27 pm

      veehaaves avahakah noor ge stry thah fennaane kamah ummeedhu kuran …………wassalaam alaikum

  7. Hudher says:
    September 24, 2018 at 3:31 pm

    Wooow mi part vx v rythi maasha allah???

    1. aish noor says:
      September 24, 2018 at 4:12 pm

      jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂

  8. Aalaa&Dhaan says:
    September 24, 2018 at 3:36 pm

    Slm alaiki. MSA mibai ves varah reethi. Noor dear plssss aalaa dhaan gulhuvaba. Plsssssss

    1. aish noor says:
      September 24, 2018 at 4:13 pm

      wslm.. 🙂 jazakillah khairan dear.. 🙂 alhey.. hehe.. balamaa dhw kuriyah oiyythaa vaagotheh.. hehehe.. 🙂

  9. Maya says:
    September 24, 2018 at 4:09 pm

    Woooooow vv reethi MashaAllah ?????????dhaan n aalaa gulhuvaba?‍❤️‍??‍❤️‍??‍❤️‍??‍❤️‍??‍❤️‍??‍❤️‍???‍❤️‍?‍??‍❤️‍?‍??‍❤️‍?‍??vv reethi ingey hama awesome.. Alhe izaan ge kaafa dhw eii.. Alhe kaakubaa eii???? So many questions…. Bt Waiting Curiously for the next part avahah up kohdhehchey Darling luv u??????????????????????????????

    1. aish noor says:
      September 24, 2018 at 4:15 pm

      jazakillah khairan dear.. 🙂 alhey.. hehehe.. dear, balamaa dhw dhn vaagotheh.. 🙂 dear ge suvaaluthakah kuriyah huri baithakun javaabu libeyne, in sha allah.. 🙂 hehe.. in sha allah noor masahkaiyy kuraanan ingey.. 🙂 awww.. <3<3<3<3<3<3

  10. Someone? says:
    September 24, 2018 at 4:15 pm

    YAY! up vehjje finallyyy?
    Haalu ahuvaalu rangalhu alhamdhulillah. Noor kihinehtha❤
    Alheyy kaaku tha e firihen meehaa akee. Probably azaan ge kaafa dhw eii. Ehennuunee dharifulhu menney bunaanee keehve? Omggg. Caantt waiit. Varahh curious❤
    Aalaa dhwww. I find her character varah majaa? gabool kurey dhw aslu ekam dhen hunna stubborn kamun gabool kuran beynun nuwanee haha. Aalaa aa dhaan aa dhemeehun marry kuraane dhuahakah waitingggg. I totally ship e dhemeehun❤?
    Asss usualll, this part is also AMAAZINGGG. someone abadhuves bunaa hen you are a very talented writer, ma sha allah. Thi rogun noor ah kuriah dheveyyne in sha allah.❤
    Suggestion eh bunantha. Umm. It would be really great if you would like publish these stories as actual stories like as in story books. I feel like it would benefit a lot of people kiyaigen bcs it has benefited me a lot cux someone ge ulhun varah bodah islaahu vejjje. Its just a suggestion?
    Noor thikuraa masahkathuga maaiy allah barakaaiy lahvaashi. Aameen.❤
    Waiting for the next part❤? ly❤

    1. Someone? says:
      September 24, 2018 at 4:17 pm

      Omg someone ge comment haadha dhigeyy? i just love this story so much theres too much to say about it and kudakoh limit kureemaves bala dhigu kan ahahah?❤

    2. aish noor says:
      September 24, 2018 at 4:30 pm

      ahahah.. its ok.. ehn ves vaane.. 🙂 balaa noor ge comment thah ves.. heheheh.. aee ehves mahsala eh noon ingey.. 🙂 comment adhi kithanme dhigu viyas dear mn bunaa vaahaka noor hama qabool kuraanan, adhi e vaahaka thah adu ahan hama thahyaarah mihuree.. in sha allah.. 🙂 vrh ufaavehje dear ge comment kiyaalaafa.. jazakillah khairan someone dear.. 🙂

    3. noora says:
      September 24, 2018 at 4:47 pm

      aameen…..luv this stry

  11. aish noor says:
    September 24, 2018 at 4:28 pm

    haha.. yess dear.. 🙂 al’hamdhulillaah! noor ves hama rangalhu allah ge iraadhafulhun… 🙂 hehe.. balamaa dhw aee kaakutho.. kuriyah oiyybai kiyaalyma in sha allah thi suvaalu thakuge javaabu libeyne ingey.. 🙂 hehehe.. inthizaaru kuramaa dhw dhn vaanegothakah.. 🙂 noor ah hini aadheveythee thikudhin ehchekey heenukurahchey ingey… noor aky mihen aammukoh ulhey iruves vrh hevey kuhjeh.. ehnve aee.. hehe,, 🙂 asluvestha? vrh ufaavehje dear ah mibai kamudhiyaeema.. 🙂 jazakillah khairan dear.. 🙂 in sha allah.. 🙂 dear thi dhey hiyyvarah hama fah fashun shukuriyyaa ingey.. 🙂

    yess dear.. 🙂 oh.. yeah, dear ge thi idea noor ah ves vrh kamudhey hama.. 🙂 in sha allah, kuriyah oiyythaa thigothah ves hama vedhaane, in sha allah.. ekam noor adhives eba jehey vrh gina kanthah liyuntherikamuga rangalhu kohlan. ekahala kankan rangalhu kohlevunyma, in sha allah noor visnaanan thikahala kamakaamedhu ingey.. 🙂 vrh ufaavehje dear ge khiyaalu faalhu kohlyma.. 🙂
    ehentha dear? aslu vrh ufaavey noor ge faraathun bayakah faidhaa vaakan inguneema.. e libey hiyyhamajehun bayaan kurevey varah vure bodu.. hehe.. aslu hageegathugaves vrh ufaavey.. al’hamdhulillaah!.. 🙂 vrh ufaavehje dear ge ulhumah badhalu thakeh ai kan inguneema.. thigothuga dhemihunnaathi ingey dear.. 🙂 maaiyy allah engevi gothah ulhey meehunnah kaamiyaabu othy.. dhedhuniyeyge baahjeverikan othy.. 🙂 maaiyy allah thibaa ge faafa fussavaa thibaa ah heyo rahmaiyy lavvaashi.. aameen.. 🙂

    aameen.. 🙂 baarakkallah feeki.. jazakillah khairan dear.. 🙂 awww.. <3<3<3<3<3

    1. aish noor says:
      September 24, 2018 at 4:31 pm

      baarakallah feeki*

  12. Reen says:
    September 24, 2018 at 5:34 pm

    Masha allah vvvv reethi mi part….curiously waiting for the next part☺☺☺❤❤❤

    1. aish noor says:
      September 24, 2018 at 8:36 pm

      jazakillah khairan dear.. 🙂 keep waiting dear.. 🙂

  13. riya says:
    September 24, 2018 at 6:26 pm

    masha allah sis mibai ves varah furihama. for me just hama typing ga hunna kuda mistakes thah fiyavaa ehen mistake e adhi nufeney. and keep it up sis. we readers will help you to improve your writings

    1. aish noor says:
      September 24, 2018 at 9:09 pm

      jazakillah khairan dear.. 🙂 ehen dhw? vrh ufaavehje dear ekan faahaga kohladhinyma.. 🙂 awwww.. jazakillah khairan dear.. hageegathugaves vrh vrh vrh ufaavey dear mn thihaa supportive v ma.. 🙂

  14. annoying reader says:
    September 24, 2018 at 6:43 pm

    yeay i think adhin ei hama dhaniyal ge uncle hen and azan and dhaniyal cousins so they dhaniyal ge ves kaafa ei dhw noor. varah reethi mi part ves. aala adhivea islaahu vaakah noolhe dhw. waiting eagerly for the nxt part. i love ur stories so much bcz it shows real life characters plus islamic messages brings ur stories more beautiful. keep it up. U the best

    1. aish noor says:
      September 24, 2018 at 9:18 pm

      hehehe.. balamaa dhw dhn vaagotheh.. eirah dear ah hama hurihaa ehcheh ingigen dhaane.. hehe.. 🙂 ehentha? awww.. jazakillah khairan dear.. 🙂 asluvestha.. vrh ufaavehje dear thihen bunelyma.. 🙂 dear ves thy hama best ingey.. 🙂

  15. Nzhshz says:
    September 24, 2018 at 8:36 pm

    Varah varah varah salhi ingey.. Luv the story

    1. aish noor says:
      September 24, 2018 at 9:20 pm

      jazakillah khairan dear.. 🙂 vrh ufaavehje.. 🙂

  16. unknown says:
    September 24, 2018 at 9:04 pm

    masha allah. beautiful. whn next part??????

    1. aish noor says:
      September 24, 2018 at 9:21 pm

      jazakillah khairan dear.. 🙂 vrh ufaavefa mihury noor dear ah mi part kamudhiyaeema.. 🙂 maadhan noor ah viyyaamu maadhan.. ehn noony day after tomorrow.. in sha allah.. 🙂

  17. Fayaa says:
    September 24, 2018 at 9:42 pm

    Hudher bby

    1. Hudher says:
      September 24, 2018 at 9:44 pm

      fayaaa stop it

  18. Sofoora says:
    September 25, 2018 at 8:56 am

    Ma sha Allah ? v reethi mi baives

  19. Queen Dandelion says:
    September 25, 2018 at 1:04 pm

    Wa’alaikukumuh salaam….masha allah..vrh reethi mi part..Mi esfiyaiga ulhey
    Queen Dandelion ingey..kuda massala eh dhimaa vegen mi kulaiga myny..dear☺☺kithah part inna stry eh tha mi?Jazakallah khairan..noor sis…luv yuh my sis kolhu??????????????????????❤❤

  20. kokee says:
    September 25, 2018 at 1:28 pm

    maasha allah..vrh vrh salhi…dhaniyal n ?…riyaa tha noony aalaa tha?..idk..btw ey kon firiheneh tha..mi bunee nimunu thaanga…kokee ge boluga hus suvaaalu maaku thah huree…ahahaha…lov u sis..sorry lahun comment kurevunii ma

  21. Ishaan says:
    September 25, 2018 at 1:37 pm

    NOOR……up vaavaru vey tha 🙂 😉 miadhu up kohlevetho balaa………… 🙂 🙂 i know U r busy…… 🙁 bcz noor akee kiyavaa kuhjjeh v ma 😉

  22. wishaa says:
    September 25, 2018 at 1:48 pm

    eyy…ehen v ma adhi ves dhaniyal ge family eba ulhey dhw….. mi bunee bodubeybe(aadhin), cousin (axaan) & axaan ge kaafa akee dhaniyal ge ves kaafa… 🙂 🙂 🙂 🙂 sry if im wrong 🙁 🙁

Comments are closed.

Next Episodeދުޢާ 20←


All Right Reserved!