Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 19

almaa2004 Level 210 Stories100 Login
September 24, 2018 6 Mins Read
13 Comments

އެވަގުތު ލޯންޗަށްއެރި ވިޝާލްފެނި އާލާގެ ދެލޯ ބޮޑުވިއެވެ. ލޮލަށް ކަރުނަޖަމާވާންފެށީ ބަސް ބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. އެއްފަހަރު ކުރިމަތީގައި އިން ނަސީރަށް އަނެއްފަހަރު ވިޝާލްއަށް ބަލަމުންދިޔައިރު ހަދަންވީ ގޮތެއް އާލާއަކަށް ނޭނގުނެވެ. ތަންކޮޅެއް ދުރުގައި ވިޝާލް އިނެއްކަމަކު ވިޝާލްގެ މޫނު ކިތަންމެހާވެސް ރީތިކޮށް އާލާއަށް ފެނެއެވެ. އަޅައިގެން އިން މޫނުބުރުގާ ނެގުމަށްފަހު ވިޝާލް ކައިރިއަށް ދާންވެސް އާލާ ބޭނުމެވެ. ނަމަވެސް ސަމީރާގެ އިންޒާރުތައް ހިތައް އެރިޔަސް ބިރުން ފިއްކަނޑައިގެން ދާވަރުވެއެވެ. ސަމީރާއަށް ވިޝާލްއަކީ ކާކުކަން އެނގިއްޖެއްޔާ ހަދާނެ ގޮތެއްވެސް އެނގެނީކީ ނޫނެވެ. ވިޝާލްގެ މިލާފައިވާ މޫނުފެންނަ ކޮންމެ ފަހަރަކު އާލާގެ ހިތް ފޮތިފޮތި ވެގެންދަނީ ހިތައް ކުރާ އަސަރެއްގެ ބޮޑުކަމުންނެވެ. ވިޝާލްގެ ކުރިމަތީގައި އެ ގޮތައް މޫނު ފޮރުވައިގެން އިނުންވީ އާލާއަށް ވަރަށް އުނދަގޫ ކަމަކަށެވެ. އަނެއްކޮޅުން ނަސީރެވެ. އިންސާނެއްގެ ސިފައިގައި އިން ޖަނަވާރެކެވެ. އޭނާގެ އަތްދަށަށް ދިޔުމުން ހަދާނެ ގޮތެއްވެސް އެނގޭނީކީ ނޫން ވިއްޔާއެވެ. ގަދަ ކަމުން ވިޔަސް އޭނަ ބޭނުން ހުރިހާ ކަމެއް ކުރާނެކަން މަރު އިނގޭފަދައިން އާލާއަށް އިނގެއެވެ. ފުރާނަނެތް މަސްގަނޑެއްފަދައިން އާލާ އިނީ އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތުމުންނެވެ. އެކަލާނގެއަށް ވަކީލުކޮށްލައިގެން އޭނަ އިނީ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަމަށް ގަބޫލުކޮށްގެންނެވެ.

ލޯންޗަށް އެރީއްސުރެ ވިޝާލްއަށް ވަމުންދިޔަައީ މުޅިން ތަފާތު ގޮތްތަކެކެވެ. އާލާ އޭނާއާއި ދާދި ގާތުގައި ވާކަމުގެ އިހުސާސް ކުރެވެމުންދިޔައީ ކީއްވެ ކަމެއް ނޭނގެއެވެ. އޭނާއާއި ތަންކޮޅެއް ދުރުގައި މޫނުބުރުގާ އަޅައިގެން އިން އަންހެނަކާއި ދިމާއަށް ބެލެމުން ދިޔައީ ބޭއިހްތިޔާރުގައެވެ. އޭނަ ބަލައިލާ ކޮންމެ ފަހަރަކު އެ އަންހެންމީހާ އެހެން ދިމާއަކަށް ބަލާތީ ވިޝާލް ހައިރާންވާގޮތް ވިއެވެ. ވިޝާލް އަވަހަށް އޭނާގެ ފޯނަށް ނަޒަރު ހުއްޓައިލީ މި ކުރެވެނީ ރަނގަޅު ކަމެއް ނޫނޭ ހީވާން ފެށުމުންނެވެ. ނަމަވެސް އޭނައަށް ނޭނގުނުކަމަކީ އޭނަގެ އެ އަމަލުން ފުނޑުފުނޑު ވަމުން ދިޔައީ އާލާގެ ހިތް ކަމެވެ. މާ ދިގުނޫން ދަތުރަކަށްފަހު ލޯންޗު މާލެއަށް ބަނދަރުކުރީ ހެނދުނު އަށެއް ޖަހަނިކޮށެވެ. މާލެއަށް މީހުން ބޭލުމަށްފަހު ލޯންޗު އަނެއްކާވެސް މިސްރާބުޖެހީ މާލެ ކައިރި އޮތް އެހެން ރަށަކަށް އައި މީހުން އެމީހުންގެ މަންޒިލަށް ވާސިލް ކޮށްދިނުމަށެވެ. ރަނގަޅަށް ނޭވާ ނުލެވި އުޅެނިކޮށް އާލާގެ ލޮލުގައި އަޅައިގަތީ ސައިކަލެއްގައި އައިސް މަޑުކޮށްލި ޒާއިފްއެވެ. ވިޝާލް އަވަސް އަވަހަށް ގޮސް ޒާއިފްގެ ސައިކަލު ފަހަތަަށް އެރުމުން ޒާއިފް ސައިކަލު ދުއްވައިލިއެވެ. މަންޒަރު ބަލަން ހުރި އާލާއަށް އިސްޖަހައިލެވުނީ ލޮލުން ފައިބަން ތައްޔާރުވަމުންދިޔަ ކަރުނަތައް ފޮރުުވުމަށެވެ. ނަމަވެސް ފަހު ފަހަރަށް އޭނަ ވިޝާލްއާއި ދިމާއަށް ބަލައިލީ ދެން އެ ސޫރަ ފެންނާނެކަމުގެ ކުޑަވެސް އުންމީދެއް ނެތުމުންނެވެ. އާލާވެސް ނަސީރުއާއިއެކު ޓެކްސީއެއްގައި މިސްރާބުޖެހީ ހުޅުމާލެއަށް ދިޔުމަށެވެ. އެވެސް ދިރިއުޅުމާއިމެދު އޮތް ހުރިހާ އުންމީދެއް ކަނޑައިލަމުންނެވެ.

އާއިލާއާއިއެކު ހެނދުނުގެ ނާސްތާކުރަމުންދިޔަ އައިފާގެ މޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ. އުލުން ތަށި ހާވަމުންދިޔަ އައިފާގެ ހަރަކާތްތަކަށް ބަލަން އިން އޭނާގެ މަންމަ އެންމެ ފަހުން ސުވާލުކުރިއެވެ. “ދަރިފުޅާ….؟ ކިހިނެތްވެފަތަ ތި އިންނަނީ..؟ ދަރިފުޅު މިހާރު ކެއުމަށް ވަރަށް ފަރުވާކުޑަކުރާކަން މަންމައަށް ފާހަގަ ކުރެވޭ..؟ އަނެއްކާ ކަމެއް ގޯސްވީތަ؟..” އޭނާގެ މަންމަ އެހެން އަހާލުމުން އައިފާ ދެފަރާތަށް ބޯ ހޫރުވައިލީ ކަމެއް ނުވެއޭ ބުނާފަދައަކުންނެވެ. އެވަގުތު އޭނަގެ ފޯނުވެސް ރިންގްވާންފެށިއެވެ. އައިފާގެ މޫނުމައްޗަށް ފޫހިކަން ވެރިވީ އެއަކީ އާރާގެ ފޯނަކަށް ވާތީއެވެ. ނަމަވެސް މަންމަގެ ސުވާލުތަކަށް ފިލުމަށް އޭނާ އަވަސް އަވަހަށް އެތަނުން ތެދުވެގެންގޮސް ކޮޓަރިއަށް ވަނެވެ. “ހަލޯ…” އަޑުގައިވި ފޫހިކަން ފޮރުވަމުން އައިފާ ބުންޏެވެ. “މިއަދު ކަމެއް ނެތިއްޔާ އައިސް ދޭންވީނުން…. ޝާއިމް ބޭނުންވަނީ ވީހާވެސް އަވަހަކަށް މެރީ ކުރަން…. އެހެންވެ ޕާޓީގެ ކުލައާއި ވެޑިން ޑްރެސްއެއް ފައިނަލް ކުރަންވެގެން… ޝާއިމްވެސް އަންނާނެ އިރުކޮޅަކުން..” އުފާވެފައި އާރާ ދިން ހަބަރުން އައިފާއަށް ހީވީ މީހަކު މޫނުމަތީގައި އެތިފަހަރެއް ޖެހިހެންނެވެ. ތުންފަތުގައި ދަތް އަޅައިލަމުން ދެލޯ މަރައިލީ ރުޅިގަނޑު މައިތިރި ކުރުމަށެވެ. ޝާއިމްއާއި ވީހާވެސް ކައިރިވެވޭނީ އެ ގެއަށް ގޮސްގެންކަން އައިފާއަށް އިނގެއެވެ. އެހެންކަމުން ރީތިވެގެން މި ދަނީ ކަމުގަ ބުނެ ފޯނު ކޯލު ކުރުކޮށްލިއެވެ. “މަ ބަލަން މި ހުރީ ކަލެ ޝައިމްއާއި އިންނަތަން…. ހަހަަހަހަ… ތި ކައިވެނި ނުހުއްޓުވައިފިއްޔާ މަށަކަށް އައިފާއެއް ނުކިޔާނެ….. ވެއިޓް އެންޑް ވޮޗް…” އައިފާ ހިތާހިތުން ކިޔާލިއެވެ.

ކާރުގެ ބިއްލޫރިގަނޑުން ބޭރުބަލަން އާލާ އިނީ ފުން ހިޔާލަކަށް ގެއްލިފައެވެ. މި ފަހުން ހުޅުވި ސިނަމާލެ ބުރިޖުމަތިން ދިޔައިރުވެސް އާލާއަށް އެކަން ރޭކާނުލާފަދައެވެ. އެއަށްވުރެ އޭނާގެ ސިކުނޑީގައި ހިނގަމުންދިޔަ ހައިޖާނު މާ ބޮޑެވެ. 15 މިނެޓުގެ ދިގު ދަތުރަކަށްފަހު ކާރު އައިސް މަޑުކޮށްލީ 2 ބުރިއަށް ނަގާފައިވާ އިމާރާތެއްގެ ދޮރު މައްޗަށެވެ. ކާރުން ފޭބުމަށްފަހު އާލާ އެ އިމާރާތާއި ދިމާއަށް ބަލައިލިއެވެ. އަޅި ކުލަ ލައިފައިވާ އެގެއަށް ވަންނަން އިނީ ކުޑަވަރެއްގެ ގޭޓެކެވެ. ނަސީރުގެ ފަހަތުން އެ ގެއަށް ވަތް އާލާގެ ހިތުގައިވީ ބުނެދޭން ނޭނގޭފަދަ ބިރުވެރިކަމެކެވެ. އެ ހިސާބަކީ އެހާ މީހުން އާބާދުވެފައިވާ ހިސާބަކަށް ނުވާތީ ގެތަށް މަދުވެފައި މަގުމަތިން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އެކަންވީވެސް އާލާގެ ހިތުގައިވި ބިރުވެރިކަން އިތުރުކުރުވި ސަބަބަކަށެވެ. ނަސީރު ގޮސް މަޑުކޮށްލީ އެ ގޭގެ ދެވަނަ ފަންގިފިލާގެ ދޮރު މައްޗަށެވެ. އަދި ޖީބުން ތަޅުދަނޑި ފައްޗެއް ނެގުމަށްފަހު ދޮރު ހުޅުވައި އާލާ ކައިރި އެތެރެއަށް ވަންނަން ބުންޏެވެ. ބިރުން ހުރެ ނަމަވެސް އޭނަ އެތެރެއަށްވަނީ މިހާރު އޭނައަކީ ނަސީރުގެ ބެލުމުގެ ދަށުގައިވާ މީހަކަށް ވާތީއެވެ. އެއަކީ އެއް ކޮޓަރީގެ ކުޑަ އެޕާޓްމެންޓެކެވެ. ސިޓިންރޫމުގެ މެދުގައި އަޅިކުލައިގެ ސޯފާ ސެޓެއް ބަހައްޓާފައި ހުރިއިރު މެދުގައި ކުޑަ ބިއްލޫރި މޭޒެއް ހުއްޓެވެ. ބޮޑު ފަތި ޓީވީއެއް ފާރުގައި ހަރުކޮށްފައި ހުރިއިރު އެތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. “ކޮބާ ދެން ކާ އެއްޗެއް ހަދައި ދޭންވީނުން…” ލާނެތް ރާގަކަށް ނަސީރު އެހެން ބުނުމުން އާލާ ވީ އަމަށަކު ފޫއްސެއް ނޫނެވެ. މޫނުމަތީގައި އަޅައިފައި އޮތް ފޮތިގަނޑު ނެގުމަށްފަހު އާލާ ކައްކާ ބަޔަށްވަނީ ނަސީރުގެ އެއްވެސް އެދުމަކާއި ދެކޮޅު ހެދުމުގެ ހައްޤު އޭނައަށް ނެތީމައެވެ. ނަސީރު ފޮށިތައް ކޮޓަރިއަށް ލައިފައި އައިސް ޓީވީ ހުޅުވައިލާފައި ސޯފާގައި ހަމަޖެހިލިއެވެ. ކައްކަން ބޭނުންވާ ހުރިހާ ސާމާނެއް އެތަނުގައި ހުރުމުން އެއަކީ ނަސީރު ކުރިން އުޅެފައިވާ ތަންކަން އާލާއަށް ޔަޤީންވިއެވެ. ބިސްގަނޑެއް އަޅައި ދެ ޕާން ފޮތީގައި ޖޭމް އުނގުޅުމަށްފަހު އޭނަ ދެން އަވަސްވެގަތީ ކޮފީއެއް ގިރުމަށެވެ. އެ އެއްޗިހި މޭޒުމަތީގައި ބެހެއްޓުމަށްފަހު އާލާ ދެން އަވަސްވެގަތީ ނަސީރުއަށް ގޮވަން ދިއުމަށެވެ. ނަސީރު އައިސް މޭޒު ކައިރި އިށީނުމުންވެސް އާލާ ހުރީ ކޮށްޅަށެވެ. “ކޮޅަށްތަ ހުންނަނީ….މިތާ އިށީންދެބަލަ…ތީ މިހާރު އަހަރެންގެ އަންހެނުންނޭ….. ތިހާ ބީރައްޓެހިކޮށް ނޫޅެބަލަ..” ނަސީރު އެހެންބުނުމުން އާލާވެސް އެ ތަނުން ގޮނޑިއެއް ދަމާލާފައި އިށީނެވެ. އޭރު އޭނަގެ ހިތް ތެޅެމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ކާން ފެށިތާ އިރުކޮޅެއް ނުވެ ދެން ފެނުނީ ކޮފީތަށީގައި އަތުން ޖަހައި މޭޒުމައްޗަށް ބަނޑުން ކޮށްލި ތަނެވެ. މޭޒުމަތީގައި އޮތް އާލާގެ އަތަށް ކޮފީތައް އެޅުމުން އޭނައަށަ އަތްދަމައިގަނެވުނެވެ. އާވި އަރަ އަރައި ހުރި އެ ކޮޕީތަށިން ބޮޑުބައެއް އާލާގެ ހެދުމަށްވެސް އެޅުނެވެ. ނަސީރު ގޮނޑިން ތެދުވުމަށްފަހު އާލާއާއި ދިމާއަށް ބަލައިލި ގޮތުން އޭނާގެ އަރުތެރޭގައި ނޭވާ ތާށިވިއެވެ. “ބަލަ ކަލެ ހީކުރީ މިގޭގަ ކިރާއި ހަކުރު ގެނެސް ހުންނަނީ ރީއްޗަަކަށް ކަމަށްތަ..؟ ކޮފީއެއްވެސް ގިރަން ނޭނގޭއިރު ކަލެއަށް ދެން ކޮންކަމެއް ކުރަން އިނގޭނީ…… މީހަކާ އިންނަ އުމުރަށް އެޅީމަވެސް ނޭނގެ ކަމެއް ކުރާކަށް….. ސަހާދެއް މި ބުނި….” ނަސީރުގެ ރުޅިގަދަ ބަސްތައް އަޑުއިވިފައި އާލާއަށް ރޮވޭގޮތްވިއެވެ. އަތުން ނަގަމުން ދިޔަ ދިލައިގެ ސަބަބުން އޭނަގެ ރުއިން މަޑު ގިސްލުމަކަށް ބަދަލުވެގެން ދިޔައެވެ. “އަ..އަ..އަހަ..އަހަރެން..” ގިސްލަމުން ވާހަކަދެއްކޭތޯ އާލާ މަސައްކަތް ކުރިއެވެ. “ކޮން އަހަންނެއް ކިޔާކަށްތަ….. ކޮންމެހެން ރޯނެ ކަމެއްނެތް… މަށެއް ދެރައެއް ނުވާނެ ކަލެ ރުޔަކަސް…. ބުނަން ދެން މި ކަހަލަ ކަމެއް ކޮށްފިއްޔާ ކަލެއަށް ހިތަށްވެސް ނުގެނެވޭނެ މަ ކަލެއަށް ހަދާނެ ގޮތް… އަޑު އިވިއްޖެ..؟” އެހެން ބުނެފައި މޭޒުމަތީގައި ހުރި ތަށިތަށް ބުރުވައިލުމަށްފަހު ގެއިން ނުކުމެގެން ދިޔައީ ގެވެސް ތަޅުލާފައެވެ. ހިތްވަރުކޮށްފައި އާލާ އަވަހަށް އެތަން ސާފުކޮށްލުމަށްފަހު އޭނަ އަވަސްވެގަތީ ފެންވަރާލަން ދިޔުމަށެވެ. ފޮށި ހުޅުވުމަށްފަހު ހެދުމަކާއި ތުވާލި ނަގައިގެން ފާހާނައަށްވަނީ އަމިއްލަ ނަފްސާއި ޝަކުވާކުރާ ހާލުގައެވެ.

އާރާމެންގެ ގެއަށް ވަތް އައިފާގެ ދެބުމަ ގޮށްޖެހުނީ ޖެހިފިތިގެން ސޯފާގައިތިބި އާރާއާއި ޝާއިމް ފެނިފައެވެ. ގަދަކަމުން ހިނިތުންވުން ދައްކަމުން އައިފާވެސް އައިސް ސޯފާގައި އިށީނެވެ. “ސޯ މިހާރު މި ހުރީ އާރާއަށް އެންމެ ކަމުދާ އައިޑިއާޒްތައް… މިތަނުން އެންމެ ރީތި އެއްޗެއް ބުނެބަލަ….” ވަރަށް ފޯރީގައި އާރާ އޭނާގެ ލެޕްޓޮޕްގައި ހުރި ފޮޓޯތައް އައިފާއަށް ދައްކަމުން ދިޔައެވެ. އެހެންނަމަވެސް އައިފާގެ ސަމާލުކަން ހުއްޓިފައި ހުރީ ޝާއިމްއަށެވެ. ގަދަ ނޫކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސެއްގައި ޝާއިމް ފެންނަލެއް ވަރަށް ފުރިހަމައެވެ. އޭނާގެ ކަޅުކަންގަދަ އިސްތަށިގަނޑު އެއްފަރާތަކަށް ފުނާއަޅާފައިވާއިރު ނިތްމައްޗަށް އެއްބައި ވެއްޓިފައި އޮތެވެ. ތުނިކޮށް ކޮށާފައިވާ ތުނބުޅިން އޭނަގެ ފިރިހެންވަންތަކަން ކިތަންމެހާވެސް ރީއްޗަކަށް ހާމަވާން ހުއްޓެވެ. އާރާ ދެއްކި ފޮޓޯތަކުގެ ތެރެއިން އައިފާ ކޮންމެވެސް އެކައްޗެއް ދައްކާފައި އޭތި ރީތިކަމަށް ބުންޏެވެ. އޭނަ އެހެންބުނީ ކޮންމެހެން އެ ރީތިވެގެންނެއް ނޫނެވެ. އޭނަ އަސްލު އެ ގެއަށް އައީ ޝާއިމް ދެކެލުމުގެ ބޭނުމުގައެވެ. ނަމަވެސް ޝާއިމް ލޯބިން އާރާއާއި ކޮށްލައި ކުދި ކުދި ސަމާސާތަކުން އައިފާގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. އެހެންކަމުން މާ ގިނައިރު އެތަނުގައި މަޑުކުރަން ނުހަދައި އޭނަ އެ ގެއިން ނިކުތީ ކުޑަކަމެއް އެބައޮތޭ ކިޔާފައެވެ. އޭރު އެ ދެލޮލުން ހިތާމައާއިއެކު ރުޅިވެރިކަން ފެންނަން ހުއްޓެވެ.

ނަސީރު އައިސް ގެއަށް ވަތް އަޑަށް ސިޓިންރޫމުގައި އިން އާލާ ދިޔައީ ސިއްސައިގެންނެވެ. މަސްތުވެފައިވާ މީހެއްފަދައިން އެންމެ ފުރަތަމަވެސް އޭނަ އައިސް ބައްދައިގަތީ އާލާގެ ގައިގައެވެ. ނޭފަތުގައި އަތް އަޅައި އާލާއަށް ނަސީރު ދުރަށް ކޮށްޕައިލެވުނީ ދުވި ނުބައި ސިނގެރޭޓް ވަހެއްގެ ސަބަބުންނެވެ. ރަނގަޅަށް ކޮޅަށް ނުހުރެވޭ ހާލު ނަސީރު އައިސް އޭނަގެ އަތުގެ ހޫނު ހަމަލާއެއް އާލާގެ މޫނުމައްޗަށް އަރުވައިލިއެވެ. އެކަމަށް ނުވިސްނާ ހުރި އާލާ ވެއްޓި ސޯފާގެ ކަނެއްގައި ބޯ ޖެހުނެވެ. ވީ ތަދުން މަންމާއޭ ކިޔައި އާލާއަށް ރޮއެ ގަނެވުނެވެ. ނަމަވެސް ނަސީރުގެ ހިތައް އެއްވެސް އެއްޗެއް ނޭރިއެވެ. އާރާގެ އަތުގައި ހިފައި ދަމަމުން ކޮޓަރިއަށްވަދެ އެނދުމައްޗަށް އޭނަ ހޫރައިލިއެވެ. މިވާންއުޅެނީ ކީއްކަން އެނގުނުހިނދު އާލާ ބިރުން ރޫރޫއަޅައިގަތެވެ. ނަސީރުގެ ވަކިތަކުގެ ދަށުން ސަލާމަތްވާކަށް އޭނައަކަށް މާ ބޮޑުކަމެއް ނުކުރެވުނެވެ. އޭނައަށްވުރެ ޖާނުން ވަރުގަދަ މީހެއްގެ އަތްދަށުން ސަލާމަތްވާނީ ކިހިނެތްހެއްޔެވެ؟ ނަސީރުގެ ކޮންމެ ބީހިލުމެއްވެސް ހީވީ އާލާގެ ހަށިގަނޑުގައި ކަރަންޓް ޖައްސަމުން ދިޔަހެންނެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭނާއިއެކު މޫނުމައްޗަށް އަނދިރިވަމުންދިޔައީ ނިތްކުރި ޖެހުނުތަނުންވެސް ކެތްނުވާވަރަށް ދިލަނަގަން ފެށުމުންނެވެ. އާލާގެ ދެލޯ މެރިގެންދިޔައިރުވެސް އަމިއްލަ އެދުމުން ފޯވެފައިހުރި ނަސީރުދިޔައީ އާލާގެ ފަރާތުން އުފާ ލިބިގަންނަމުންނެވެ.

ގަޑިން މެންދަމު 12:30 ވިއިރުވެސް އައިފާ އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އިނެވެ. ކޮޓަރީގައިވި ފަނޑު އަލިކަމުގެ ތެރެއިން އޭނާގެ ލޮލިގައި ވިދަމުންދިޔަ ކަރުނަ ތިކިތައް ކިތަންމެހާވެސް ރީއްޗަކަށް ފެނެއެވެ. ޝާއިމްއާއި އާރާގެ ކައިވެނިކުރެވޭތަން ބަލަން ހުރުމަކީ އޭނައަށް ވާނެކަމެއް ނޫނެވެ. ޝާއިމްއަށް ގުޅާފައި ލޯބިވާވާހަކަ ބުނަންވެސް ހިތައްއެރި އަދަދެއް ނޭނގެއެވެ. ނަމަވެސް ޝާއިމް އޭނާގެ ލޯބި ގަބޫލުނުކޮށްފާނެހެން ހީވާތީ ފަސްޖެހެވެނީއެވެ. އެންމެ ފަހުން އޭނަ ނިންމީ އިތުރުކަމެއް ކުރުމުގެ ކުރިން ޝާއިމް ކައިރި އޭނަ ލޯބިވާ ވާހަކަ ބުނުމަށެވެ. ވަރަށް ވިސްނުމަށްފަހު ޝާއިމް ނަންބަރަށް އޭނަ ގުޅައިލިއެވެ. “ހަލޯ.. ކިހިނެތްވީ މިއޮށް ދަންވަރު..؟” ފޯނު ނަގައިފައި ނިދި  އަޑަކުން ޝާއިމް ބުންޏެވެ. “އަ…އަހަރެން ބޭނުން ޝާއިމްއާ ބައްދަލު ކޮށްލަން…. ވަރަށް މުހިންމު ވާހަކައެއް ދައްކަން ވެގެން…..” ޖެހިލުންވެފައި އައިފާ ބުންޏެވެ. “މިހާރު…؟” ހައިރާންވެފައިވާ ރާގެއްގައި ޝާއިމް ބުންޏެވެ. “އާން ހަމަ މިހާރު…. ޕްލީޒް ނޫނެކޭ ނުބުނައްޗޭ… އިޓްސް ރިއަލީ އިންޕޯޓެންޓް…. ޝާއިމަ ބުނިތަނަކަށް އަހަރެން ގޮސްފާނަމޭ..” އާދޭސް ކުރާ އުސޫލުން އައިފާ ބުންޏެވެ. “އުހުނ އައިފާ ތަނަކަށް ދާނެ ކަމެއް ނެތް… އަހަރެން މި ދަނީ ތިގޭ ކައިރިއަށް…..” ޝާއިމް އެހެން ބުނިލެއް ލަސްވިފަދައެވެ. އަލަމާރި ދޮރުފަތުގައި އަޅުވާލާފައި އިން ދޫ ހަރުވާޅުލައިގެން އޭނަ އަވަސް އަވަހަށް ތިރިއަށްފޭބިއެވެ. އެވަގުތު ޝާއިމް އައިސް އެގޭ ދޮރުމައްޗަށް މަޑުކޮށްލަނީއެވެ. އައިފާ ފުރަތަމަވެސް ގޮސް ޝާއިމްގެ ގައިގައި ބައްދައިލިއެވެ. “ކިހިނެތް ތި އުޅެނީ..؟” އައިފާ ދުރަށް ޖައްސާލަމުން ޝާއިމް ސުވާލުކުރިއެވެ. “ޝާއިމް ކީއްވެތަ އަހަންނަށް ތިހެން ތި ހަދަނީ…. އަހަރެން ހާދަ ލޯތްބެއް ވެޔޭ ޝާއިމްދެކެ….. ޝާއިމް އާރާއާއި އިންނަތަން ބަލާކަށް މަށަކަށް ކެތެއް ނުވާނެ… ހެޔޮނުވާނެ ތިހެން ނުހަދާ….” އައިފާ ދައްކަމުންދިޔަ ވާހަކައަކުން ޝާއިމް އިނީ ވާނުވާގައެވެ. “ވަޓް!!! ކީކޭ ތި ކިޔަނީ މިހާރު..؟” ވާނުވާ ނޭނގޭ ހާލު ޝާއިމް ސުވާލުކޮށްލިއެވެ. “އަހަރެން ޝާއިމްދެކެ ލޯބިވެޔޭ މި ބުނީ…… މިއަށްވުރެ ސާފުކޮށް ބުނެވޭނެތަ..؟ ޝާއިމް ހެޔޮނުވާނެ ތި ކައިވެނި ހުއްޓުވަބަލަ… އަހަރެން ޝާއިމްގެ ހިތްފުރޭވަރަށް ލޯބި ދޭނަން….” އާދޭހާއިއެކު ވާހަކަ ދައްކަމުންދިޔަ އައިފާއަށް ނަޒަރު ހުއްޓައިލައިގެންއިން ޝާއިމް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “ކޮންކަހަލަ ވާހަކައެއްތަ ތި ދައްކަނީ…. ކައިވެނި ހުއްޓުވާށޭ..؟ ނުވާނެ ތި ކަމެއް….. އަހަރެން ލޯބިވަނީ އާރާދެކެ…. އަދި އިންނާނީވެސް އާރާއާ….” ސާބިތުކަމާއެއެކު ޝާއިމްް އެހެން ބުނުމުން އައިފާގެ ލޭ ކެކިގަތެވެ. “މަ ހިތައް އަރާ އެ އާރާގެ ގައިން ކޯޗެއް ބާއޭ ޝާއިމްއަށް ރީތިވެގެން ތި އުޅެނީ…… އަހަރެން އޭނައަށް ވުރެ ހުތުރީތަ…؟ ޕްލީޒް ޝާއިމް އަހަރެން ލޯބީގަ ކޮޅުފައިން ނުޖަހާ….” ރޮމުން އައިފާ ބުންޏެވެ. “ލުކް އައިފާ….. އައިފާ އައުމުގެ މާ ކުރިން އަހަރެން ލޯބީގެ ގޮތުން އާރާއާ ގުޅެފިން….. އައިފާ ހަޑިއެކޭ އަހަންނެއް ނުބުނަމެއްނު…. އައިފާއަކީ ހަމަ ރީތިކުއްޖެ…. ލޯތްބަކީ ހަމައެކަނި މީހަކު ހުންނަ ސިފައަކަށް ބަލާފަ ވެވޭ އެއްޗެއް ނޫނޭ…. އައިފާދެކެ ލޯބިވާނެ ބައިވަރު މީހުން ވާނެ….. ސޯ އަހަރެންގެ ކައިވެނި މިހާ ކައިރިވެފަ އޮއްވަ ތިހެން ނޫޅެބަލަ….. ވީއާ ލައިކް ބްރަދާ އެންޑް ސިސްޓާރ އެއްނު….” ޝާއިމް ވާހަކަ ދެއްކީ އައިފާ ވިސްނޭފަދަ ގޮތަކަށެވެ. ނަމަވެސް އޭގެން އެއްވެސް ފައިދާއެއް ނުކުރިއެވެ. “ސިސްޓާރ މައި ފުޓް….. އަހަރެން ބޭނުމީ ޝާއިމްގެ އަތްބެއް ގޮތުގަ ހުންނަން….. ކިތައް ފަހަރު ބުނީމަތަ ޝާއިމް ޤަބޫލުކުރާނީ…” ތަންކޮޅެއް ބާރަށް އައިފާ ބުނެލިއެވެ. “އައިމް ސޮރީ އައިފާ…. އަހަންނަކަށް ނެތް ތިކަން ކޮށްދެވޭކަށް…. ލޯބި ނުވާ މީހަކާއިއެކު އަހަންނަކަށްވެސް ނޫޅެވޭނެ އެއްނު…. ދެން އަވަހަށް ގެއަށް ވަދޭ…. އެއޮށް 1 ޖަހަނީ މިހާރު… ގުޑް ނައިޓް….” އެހެން ކިޔައި އައިފާއަށް އެއްޗެއް ބުނުމަށް ފުރުސަތުވެސް ނުދީ ޝާއިމް ސައިކަލު ދުއްވައިލިއެވެ. މަންޒަރު ބަލަން ހުރި އައިފާގެ ގާތައް އައި ރުޅީގައި ގޭގެެ ފާރުގައި ދެތިން ފަހަރަކު ޖަހައިލިއެވެ. “މަށަށް ނުލިބުނު އެއްޗެއް އާރާ އަކަށްވެސް ލިބުނަކަ ނުދޭނަން…. ބަލަން ހުންނާތި މަ ހަދާ ގޮތް…. ގެޓް ރެޑީ ޓު ގޯ ޓު ދި ހެލް އާރާ…. އައިމް ގޮނަ ރުއިން ޔޯ ލައިފް…” ވިހަ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން އައިފާ ގޭތެރެއަށް ވަނެވެ. އޭނައަށް ނޭނގުނު ކަމަކީ މި ކުރަން އުޅެވެނީ އިންސާނަކު ކޮށްގެން ވާނެވަރުގެ ކަމެއް ނޫން ކަމެވެ.

****ނިމުނީ****

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

almaa2004

Level 210 Stories100 Login

Other Articles

Previous

ވީމޭ މަ ކައިރީގާ (10)

Next

ލޯބި ވީމޭ ސިއްރު ސިއްރުން (21

Next
September 24, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (21

Previews
September 24, 2018

ވީމޭ މަ ކައިރީގާ (10)

13 Comments!

  1. Huvey says:
    September 24, 2018 at 11:34 am

    Am I first?

    1. almaa2004 says:
      September 24, 2018 at 12:03 pm

      Yes u r first

  2. Hudher says:
    September 24, 2018 at 11:44 am

    Maasha allah……..v v v habey…..luv yahh whn next ???????

  3. Hudher says:
    September 24, 2018 at 11:45 am

    *habeys……nd me second dhw

    1. almaa2004 says:
      September 24, 2018 at 12:04 pm

      Thankiu hudher❤

  4. Huvey says:
    September 24, 2018 at 11:52 am

    Masha allah story vrh reethi. When next part???❤

  5. love says:
    September 24, 2018 at 11:53 am

    nimunee????????????

  6. almaa2004 says:
    September 24, 2018 at 12:03 pm

    Salaam readers…. varah bodah sorry ehen liyevifa inyma…. vaahaka nunimey adhi…… im really sorry for that

  7. Ana says:
    September 24, 2018 at 12:03 pm

    Niminii eyy ebain jahaafa

  8. Ana says:
    September 24, 2018 at 12:05 pm

    Nimunii*

  9. almaa2004 says:
    September 24, 2018 at 12:06 pm

    Nooney adhi nunimey…. olhumakun ehen jehifa eyny…. varah bodah sorry

  10. Ige Ehnnu ? says:
    September 24, 2018 at 3:02 pm

    ?

  11. Maya says:
    September 24, 2018 at 3:39 pm

    Wat story nimuny ey.?????????????. How????? Vv reethi I think it’s a mistake dhw alma love ??????alhe so sad for aalaaa.????????????????????. And alhe shaim and aaraa ge life halaaku koh nulahchey???????i hate u aifa award ????????????????????????????????????????????????????????????nxt part avahah up kohdhehchey Darling ?????luv tah.. Vv reethi MashaAllah mi part ves?????????????????????????

Comments are closed.

Next Episodeއިންތިޒާރު 20 (ފަހުބައި)←


All Right Reserved!