ޔަލާ ނިކުމެގެން ދިޔަ ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިން އައްރާދުގެ ހިތުގައި އުތުރި އަރަމުން ދިޔައީ މިހުރިޙައި ދުވަހު އޭނާއަށް ކުރެވެމުން އައި ކަންތަކެވެ. ރުހާނީ ބުނީ ތެދެއް ހެއްޔެވެ؟ އާރާއަކީ ހަމަ އަސްލުގައުވެސް އޭނާގެ ދަރިއެއް ހެއްޔެވެ؟ މޫނުގައި އަތް ހާކާލަމުން އައްރާދު ހާޅޭއްލަވައި ގަތެވެ. އޭނާ މިވަގުތު ދެކިލަން ބޭނުމީ ހަމައެކަނި ރުހާނީއެވެ. އާރާއަކީ އޭނާގެ ދަރިއެއް ވިއްޔާ އެކުއްޖާ ގެންނާށެވެ. އައްރާދު ކުއްލިއަކަށް ހަނދާންވީ ރުހާނީ އޭރު ބޮލުގައި ރިހޭތީ އުޅުނު ދުވަސްތައް […]
“ކޯސް ނިމޭ ދުވަހު ފުރާނަން މިކޮޅަށް އަންނަން. އޯކޭނު” ފައިހާގެ ނިތްކުރީގައި ބޮސްދިނުމަށްފަހު ޔާނިއު ތެދުވަމުން ބުންޏެވެ. ޔާނިއުގެ ފަހަތުން ފައިހާވެސް ދާން ހިނގައިގެންފިއެވެ. ކުއްލިއަކަށް ބަގީޗާގެ މަގުމައްޗާވީ ފަރާތުގެ ގަސްތަކުތެރެއިން އެއްޗެއް ތެޅިގަތް އަޑާއެކު ދެމީހުން ސިއްސައިގެން ދިޔައެވެ. ޔާނިއުއާއި ފައިހާވެސް ދުވެފައި ކަހަލަ ގޮތަކަށް ދޮރާށިން ބޭރަށް ނުކުތްއިރު ފާރުމަތިން މީހަކު ފުއްމާލައިގެން ދުވެފައިގޮސް ކައިރީގައި ޖެހިގެން ހުރި ގޯޅިއަޅަނީއެވެ. ޔާނިއުވެސް ފަހަތުން ދުއްވާގަންނަން އުޅުނު ނަމަވެސް ފައިހާ އޭނަ ހިފެހެއްޓިއެވެ. “ނޫން ޔާނިއު. […]
އޭނާގެ ދެލޮލުން ފެންނަނީ އުންމީދެވެ. އޭނާ އެ ހީކުރާ ގޮތަށް އެކަން ވެއްޖެނަމަ އާދިން އުފާވާނެ ވަރު ބަޔާންކުރަންވެސް ނޭނގެއެވެ. “ވިޝް.. އެއީ ދޮންބެގެ ދަރިއަކަށް ވެއްޖެނަމަ އަނެއްކާވެސް ދޮންބެއާއި ދިމާވާނެ ދޯ..” އާދިން އަނެއްކާވެސް ވިޝާމާ ގާތު ބުނެލީ އުންމީދުން ފުރިގެންވާ އަޑަކުންނެވެ. އާދިންގެ އަޑުގައި ވީ ރިހުމާއި އަސަރުން ވިޝާމާގެ ލޮލުންވެސް ވަނީ ކަރުނަ ހިލުވާލައިފައެވެ. ކަރުނައިގެ ތެރެއިންވެސް އޭނާ ބޯ ޖަހާލީ ފިރިމީހާއަށް ހިތްވަރު ދިނުމަށްޓަކައެވެ. “އަހަރެން އަދި ބަލާނަން.. އެއީ އަހަރެމެންގެ […]
އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން ތިބި ގޮތުން ދެހިތުގައިވެސް އެކަކު އަނެކަކަށްޓަކައިވާ ލޯބި ހާމަކޮށްދެމުން ދިޔައެވެ. ޔޫހާން މަޑުމަޑުން އައިލީން އޭނަގެ ގަޔާއި ދުރުކޮށްލިއެވެ. ”އައިލީ… ނޯ މޭޓާ ވަޓް ހެޕެން، ޔޫ ވޮންޓް ލީވް މީ… އޯކޭ… އަހަރެމެން ދެމީހުން އެކުގަ ތިބިއްޔާ މިކަމުގެ ހައްލުވެސް ލިބޭނެ އިންޝާ ﷲ އަދި… އައި ވިލް ސޯލްވް ދަ ޕްރޮބްލެމް އިންޝާ ﷲ… ދުވަހަކުވެސް އައިލީ ނޫން އެހެން ކުއްޖަކަށް އަހަރެންގެ ހިތުންވެސް އަދި ދިރިއުޅުމުންވެސް ޖާގައެއް […]
“ވިލް ޔު މެރީ މީ މައި ލަވް؟” ސުޕެއިން ބަހުން ބުނި އެތި އިނގެރޭސިން އާރާޝް ބުންޏެވެ. “ޔޭސް މައި ލަވް އައި ވިލް މެރީ ޔޫ” އިސްދަށަަށް ޖަހާލަމުން މާނީ އޭނާ ދިން ޖަވާބު އިނގެރޭސިން ދިނެވެ. އެއާއެކު ނާވްޔާއާއި އިސްރާ އަދި އިޝްމާ ދުވެފައި ގޮސް މާނީ ގައިގައި އޮޅުލައިގަތެވެ. މާނީއާ އާރާޝަށް ހުރިހާ ކުދިން މަރުހަބާ ކިޔެވެ. މާއިޒާއި އިޝްމާ އުފަލުން ހީވަނީ އެހެން ކަމެއް ހެއްނެވެ. “މާނީ ޔޫ އާ ގޮއިން […]
“ނޫނޭ. ތީ ކުޑާއަށް ހީވިގޮތެއް. ގޭގައިއެއްވެސް ކަމެއް ނުވޭ” ފައިހާ ކަމެއް ނުވާކަން ދައްކަމުން ބުނެލިއެވެ. ކުއްލިއަކަށް ފައިހާގެ ފޯން ރިންގުވާން ފަށައިފިއެވެ. ފައިހާ އަތް ދަބަހުން ފޯނުނަގާ ބަލާލިއިރު ފޯނުކުރަނީ ދަންނަ ނަންބަރަކުން ނޫނެވެ. އެހެންވެ ފޯނު އަލުން ޖީބަށްލާން އުޅެފަވެސް ފޯނު ނަގާފައި ކަންފަތުގައި ޖަހާލިއެވެ. ފޯނުން އިވުނު އަޑު ކަންފަތުގައި ޖެހުމާއެކު ފައިހާ ކުއްލިއަކަށް ސިހިގެން ދިޔައެވެ. “މީ މަށޭ. ހައްހައްހައް. އެނގިންޖެދޯ. ޖާނު ކޮންތާކު؟” ފައިހާއަށް އަބަދުވެސް ފޯނުކުރާ އެނުލަފާ މީހާ […]
ކުއްލިއަކަށް ދުރަށް ބަލާލަމުން ޔާނިއު ވަރަށް ހާސްކަމާއެކު ގޮނޑިން ފުންމައިގެން ކަހަލަގޮތަކަށް ތެދުވެއްޖެއެވެ. ޔާނިއުއަށް ވީގޮތް ފެނިފައި އަރީންވެސް ޔާނިއު ބަލަންހުރި ދިމާލަށް އެނބުރި ބަލާލިއެވެ. ތަންކޮޅެއް ދުރުގައި ހުރި މޭޒުގައި އަންހެން ކުދިންތަކަކާއެކު އިނީ ފައިހާ ނޫން ދެވަނަ މީހެއް ނޫނެވެ. “ވަރެއް ވެއްޖެދޯ؟ ބަލަ ފޫކޮޅަށް ކައްޓެއް ހެރިގެން ގޮނޑިން ފުންމާގަތްގޮތުން މަހީކުރީ ކުރިމަތިން ބޮޑު ބިރެއްފަދަ އެއްޗެއް ފެނުނީކަމަށް” އަރީން ހެމުންހެމުން ދިމާކުރާކަހަލަ ގޮތަކަށް ބުންޏެވެ. “ހެހެހެ. އެކުއްޖާގެ ވާހަކަ ދައްކަން ތިއްބާ […]
ކުއްލިއަކަށް ދެމީހުން ސިއްސައިގެން ދިޔައީ މީހަކު ދޮރުން އެތެރަށް ވަން އަޑުއިވިގެންނެވެ. ދެމީހުން އެއްފަހަރާ ދޮރާ ދިމާލަށް ބަލާލިއިރު ދޮރުމަތީގައި ހުރި މީހާ ފެނުނުން ދެމީހުންވެސް ހާސްވެ ކުލިއަކަށް ދުރަށް ޖެހެވުނެވެ. ކުރިމަތީގައި ހުރީ ފައިހާގެ މަންމަ ރަޝީދާއެވެ. “ފައިހާ. ހުރި ގޮތްކުޑަކަން ބަލާބަލަ” ފައިހާގެ މަންމަ ރަޝީދާ އަޑުގެ ކޮޅަށް ހަޅޭއްލަވާގަތެވެ. އަދި ވައިސޫރިއެއްހެން އައިބާރުމިނުގައި ފައިހާގެ އަތުގައި ހިފާ ދަމާގަތެވެ. “މަންމާ ވީގޮތަކީ…” ފައިހާ ކަންވީގޮތް ސާފުކޮށްދޭން އުޅުނެވެ. “އިތުރު އެކައްޗެއް ވެސް ދެން […]
ދެދުވަހެއްގެ ތެރޭގައި މާނީ ހަމައަކަށް އެޅުނެވެ. އޭނާ ބެލީ ވީހާވެސް އާރާޝާއި ދުރުން އުޅެވޭތޯއެވެ. އެއާ ޚިލާފަށް އާރާޝް ބެލީ މާނީއާ ގާތް ވެވޭތޯއެވެ. އަބަދުވެސް ކޮންމެސް އެއްޗެކޭ ކިޔާ މާނީ ރުޅި އަރުވަން މަސަައްކަތްކުރެއެވެ. އެހެނަސް އެއިން ކޮންމެ ފަހަރަކު އަޅާވެސް ނުލާ މާނީ ދުރަށްދަނީއެވެ. އެކަމުގެ ސަބަބުން އާރާޝްގެ ހިތަށްވޭން ލިބެމުން ދިޔައެވެ. އަފްރީނަަށް ވިސްނެމުން ދިޔައީ އާރާޝާ މެދުގައެވެ. އާރާޝް އޭނާއަަށް ކިޔާދިން ވާހަކަތައް އަރްޝާދަށް ކިޔާދޭންވެސް އަފްރީން ހިތަށް އެރިއެވެ. އެހެނަސް […]