Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެވްލީން (2)

?Eemrnal Level 1
September 25, 2018 3 Mins Read
5 Comments

“އެވްލީން” މުޅި މާހައުލުގައި ގުގުމާލީ އަޑުގެ ނަތްތަނަށް ހަޅޭއްލަވައިގަތް ޔާންގެ އަޑެވެ. ދުވަމުން ދިޔަ އެވްލީންވެސް އޭނާގެ ފިޔަވަޅުތަށް ހުއްޓާލަމުން ފަހަތަށް އެނބުރިލިއެވެ. އޭނާގެ ދެބުމަ ގޮށްޖެހުނެވެ. ދެވަނަ ސިކުންތުގައި ދެލޯ ބޮޑުވިއެވެ. ޔާންގެ ކާރާ ދިމާލަށް އޭނާ ދުއްވައިގަތީ ބިރުން ހުރެއެވެ. އޭނާގެ މޭ ފަޅާފައި ހިތް ނިކުންނަން އުޅޭހެން ހީވެއެވެ. ދާދި ދެންމެއަކު ބާރު ސްޕީޑެއްގައި ދިޔަ ސައިކަލު ޔާން ވިއްސާލާފައި ރައްކާވާންދިޔައެވެ. އެއީ އެ ސައިކަލުގެ މައްސަލައަކަށް ނުވާނެ ނޫންހެއްޔެވެ. މަނާ ކަމެއްކަން އެނގިހުރެވެސް ކާުރު ޕާކު ކޮށްގެން އިނީ ޔާންއެވެ.

ދުވެފައި އެކިސިޑެންޓި ހިނގި ސަރަަހައްދައް އެވްލީން ދިޔައިރު ހުޅުލޭގައި މަސަތްކަތްކުރަމުން ދިޔަ ބައެއް މީހުންނާ ފުލުހުން އެތަނަށް އެއްވަނީއެވެ. ކާރު ދޮރު ހުޅުވިގެން ވެއްޓިފައި އޮތް ޔާން ކަރީގައި ދެފައި މައްޗަށް އެވްލީން އިށީނދެލިއެވެ. އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ބީހިލީ ޔާންގެ މޫނުގައެވެ. “ޔާން..” ކުރަކި އަޑެއްގައި އޭނާގެ އަނގައިން ނިކުތީ އެންމެ ބަހެކެވެ.

** ** ** ** ** **

މަޑު މަޑުން އެސްފިޔަތަށް ތަޅުވާލަމުން ޔާން ލޯ ހުޅުވާލިއެވެ. ބޮލަށް އަރައިގެން ދިޔަ ކުއްލި ތަދާއެކު އަލުން އެސްފިޔަތަށް ލައްޕާލެވުނެވެ. ފުންނޭވާއެއް ލަމުން ތަދު ކެނޑެންދެއް އޭނާއަށް އޮވެވުނެވެ. ބޮލުގައި އަތްޖައްސާލުމުން އެންމެ ފުރަތަމަވެސް ޔަގީންވީ ބޭސްގަނޑެެއް އަޅާފައި އޮތްކަމެވެ. ދެލޯ މަރައިގެން އޮއްވާ އޭނާއަށް އަނެއްކާވެސް ނިދުނެވެ.

ހޮސްޕިޓަލުގެ ޕްރައިވެޓް ކޮޓަރިއެއްގެ ބޭރުގައި ހުރި އެވްލީންގެ ފޯނު ރިންގުވާން ފެށިއެވެ. ލައިގެން ހުރި ޓްރެކްޝޫޓްގެ ޖީބުން އޭނާ ފޯނު ނެގިއެވެ. “ހަލޯ” މަންމަގެ ކޯލަށް ޖަވާބުދިން އެވްލީންގެ އަޑު އައީ ކެނޑިކެނޑިގެންނެވެ. “މަންމާ…ޔާން..އެކްސިޑެންޓްވީ..” މަންމަ ކަމަށް ހީކޮށް އެވްލީން ބުނެލިއެވެ. ކުރަކި އަޑަކުން ރޮވިފައެެވެ. “އޭނނ..” ނަމަވެސް ބައްޕަގެ އަޑު ކަންފަތުގައި ޖެހުމުން އެވްލީންގެ ހިތް ހުއްޓުުނުފަދައެވެ. އޭނާ ދާދި ދެންމެއަކު ބުނި އެތި ބައްޕަގެ ކަންފަތާ ހަމައަށް ފޯރިކަން އެނގުނެވެ. އޭނާގެ ބައްޕަ އަމީން ދެން ބުނެލިއެތިން އެވްލީންއަށް ފާރުގައި ލައްގަނެވުނެވެ. ދެލޯ މަރައި ތަގުޅިކޮށްލިއިރު ކަރުނައިގެ ރޮނގެއް ލޮލުން ފޭބިއެވެ. ބައްޕަގެ ބަހަށް ކިޔަމަން ގަންނަމުން ފޯނު ކަނޑާލިއެވެ.

ކޮޓަރި ދޮރު ހުޅުވާލި އެވްލީންގެ ލޮލުަގައި އަޅައިގަތީ އެނދުގައި އޮތް ޔާންއެވެ. އޭނާ އޮތީ ނިދާފަކަން ޔަގީންވުމުން އެވްލީން އެނދު ކައިރިއަށް ޖެހިލިއެވެ. އޭނާގެ މަޑު އަތްތިލައިން ޔާންގެ އޮމާން މޫނުގައި ފިރުމާލިއެވެ. އޭނާގެ ބޮލުގައި އަޅާފައިވާ ހުދު ބޭސްގަނޑުގެ މަތިން ނިއްކުރީގައި ބޮސްދިނެވެ. ޔާން ދެލޯ ހުޅުވާލި ވަގުތަކީވެސް އެއީއެވެ. ސިހިފައި އެވްލީން ދުރަށް ޖެހިލިއެވެ.

އުނދަގުލުން ނަމަވެސް ޔާން ތެދުވަން މަސަތްކަތްކުރިއެވެ. އެނދު ކައިރީގައި ދަމާފައިވާ ކާރޓެއިންގެ ފަހަތުގައި އެވްލީންއަށް ނިވާވެގެން ހުރެވުނީ ހިނދު ކޮޅެކެވެ. ޔާން އުޅުނު ހާލު ފެނި އޭނާ ކައިރިއަށް ނުގޮހެއް އެވްލީންއަކަށް ނުހުރެވުނެވެ. ޔާންގެ ބުރަކަށީގައި ހިފާއްޓާލަމުން އެނދުގައި ލެނގިލަން އެހީވެދިނެވެ. ކުރިމަތިން ފެންނަ މަންޒަރު ގަބޫލު ނުކުރެވިފައި ޔާންއަށް ހުރެވުނީއެވެ. އެއީ ހަމަ އޭނާގެ އެވްލީން ހެއްޔެވެ.؟ މީގެ ދެއަހަރު ކުރިން ގެއްލުނު ލޯބިވެރިޔާ ހެއްޔެވެ؟ އެމީހަކަށްޓަކައި ރެއާ ދުވާލު  ކަރުނައެޅި އަންހެން ކުއްޖާ ހެއްޔެވެ؟ އެތަށް ސުވާލުތަކެއް ޔާންގެ ހިތުގައި ފުނި ޖެހިފައި ވިއެވެ.

“އެވްލީން..” ޔާންގެ ތުންފަތް ހަރަކާތްކޮށްލިއެވެ. އައިވީ ވާގަނޑު ރަނގަޅު ކުރަން އުޅުނު އެވްލީން އޭނާއަށް ބަލާލިއެވެ. “ހައު ޑޫ ޔޫ ނޯރ މީ..” ހިތުގައި ހިލަގަނޑެއް ބާއްވާލަމުން އެވްލީން މޫނުމަތީ ކުލަވަރު ބަދަލުކޮށްލިއެވެ. “އެވްލީން… އިޓްސް މީ އޭ..ލީންގެ ޔާންއޭ..” ދެއަތް ހިއްލާލަމުން އެވްލީންގެ ދެކޮނޑުގައި ހިފާ ތަޅުވާލިއެވެ. އޭނާގެ ލޮލަށް ކަރުނަ ޖަމާވީ ހިނދުކޮޅެއްގެ ތެރޭގައެވެ. އެހާ އަވަހަށް އެވްލީން އޭނާ ހަނދާން ނައްތާލީ ހެއްޔެވެ؟

“ސޮރީ..ޔާން ކިޔާ މީހެއް މަ ނުދަންނަ..ތިވާނީ ޔާން ދަންނަ އެހެން އެވްލީން ކިޔާ ކުއްޖަކާ މަ ވައްތަރީކަމަށް..” އެވްލީން ބުނެލިއެވެ. ނަމަވެސް ޔާންގެ ލޮލަށް ބޮނޑިވެފައިވާ ކަރުނަތަކުގެ ސަބަބުން އެހިތުގައި ރިއްސަމުން ދިޔަކަން ވަނީ މުޅި ދުނިޔެއަށް ކަޝްފުކުރަން ޖެހިފައެވެ. އެވްލީންއާ ދިމާލަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް ޔާންއަކަށް ނުކުރެވުނެވެ. “އަމް..މީ ޓްރީ ޓޮޕް ހޮސްޕިޓަލް އިފް ޔޫ ޑިންޑްންޓް ނޯރ..އެންބިއުލާންސް އެއްގަ މަ ޔާންމިތަނަށް ގެނައީ ޑޮކްޓާރ ބުނީ ބޯ ފަޅައިގެން ދިޔުން ނޫން އެހެން ގެއްލުމެއް ނަސީބަކުން ނުލިބެޔޯ..އެން އެކްސިޑެންޓްގެ މައްސަލަ ތަހުގީގް ކުރަން އިރުކޮޅަކުން ޕޮލިސް އަންނާނެޔޯ..އޮލްސޯ ޕޭރަންޓަކަށް ގުޅާދެންތަ ހަވާލުވާން..” އަތާ އަތް މޮަޑެމުން ދުރު ބަލަހައްޓައިގެން އެވްލީން ވާހަކަ ދައްކަމުން ދިޔައިރު ޔާންއަށް ހުރެވުނީ ކޮސްވެފައެވެ. އޭނާގެ އެވްލީން އޭނާއަކަށް ނޯޅޭނެއޭ އެހިތް ބުނަމުން ދިޔައެވެ.

“އަންނާން އިނގޭ ނަރުަސް ކުއްޖަކަށް ގޮވާފަ..” ޔާންއަށް ފަސްދީފައި ނިކުންނަން އެވްލީން ހިނގައިގަތެވެ. “އައިމް ސޮރީ ޔާން..ބަޓް މީ ހަމަ ޔާންގެ ފިއުޗާރ އަށް ކޮށްދޭ ކަމެއް..” މި ބަސްތަށް ވީ އެވްލީންގެ ހިތުގައެވެ. ދުލުން ބޭރުކުރާނެހާ ހިތްވަރެއް އޭނާގެ ހައްޓަކު ނެތެވެ. މަޑު ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުންނަން އޭނާ ދިޔައެެވެ. “ލީން..” ޔާން ގޮވާލި އަޑަށް އޭނާގެ ފިޔަވަޅުތަށް މަޑު ޖެހުނެވެ. “އެވްލީން..” ފަހަތަށް އެނބުރެމުން އެވްލީން ބުނެލިއެވެ.

“ސޮރީ..އެވްލީން..އަމް..މަގޭ ފޯނު ކޮބާ..” މާފަށް އެދެމުން ޔާން އެއްސެވެ. އެވްލީން ބުނި އެތިން އޭނާ ރަނގަޅަށްވެސް ހިތުގައި ޖެހިއްޖެއެވެ. އެއާއެކު ކޮޓަރީގެ ސޯފާމަތީގައި ބާއްވާފައި އޮތް ފޯނު ޔާންއަތަށް އެވްލީން ދިއްކޮށްލިއެވެ. ކޮޓަރިން ނިކުންނަން އަނެއްކާވެސް ހިނގައިގަތެވެ. ނަމަވެސް ކުރިން ފަހަރެކޭ އެއްގޮތަށް ޔާން ގޮވާލުމުން ފަސް އެނބުރި ބަލާލަން ޖެހުނެވެ. އޭނާގެ ހައިރާންކަން ދެގުނަވިއެވެ.

އެނދުން ތެދުވެގެން އައިސް ޔާން ހުރީ އެވްލީންގެ ނޭވާ އިހްސާސްވާހާ ކައިރީގައެވެ. އިތުރު އެއްޗެއް ނުބުނެ ކޮޓަރިން ނިކުންނަން އެވްލީން މިސްރާބުޖެހިއެވެ. ނަމަވެސް އޭނާގެ އަތުގައި ހިފައި ޔާން އަނބުރާލިއެވެ. އެ ދިޔަ ބާރުމިނުގައި އެވްލީންގެ މޫނު ގޮސް ޖެހުނީ ޔާންގެ މޭމަތީގައެވެ. އޭނާ ގައިން ދުވި ސެންޓުވަހުން އެވްލީންއަށް ނޭފަތް ދަމާލެވުނެވެ. “ޔާން..” މަޑުމަޑުން ގޮވާލަމުން އެވްލީން ފަހަތަށް ޖެހެން ފެށިއެވެ. ނަމަވެސް ޔާން ހުރީ އޭނާގެ އަތުގައި ހިފާއްޓައިގެން ކަމުން ފަހަތަށް ޖެހެވުނީ ޔާން އާއެކުގައެވެ.

އެވްލީންގެ ފަސް ބެދުނީ ފާރުގެ ސަބަބުންނެވެ. އިތުރަށް ފަހަތަށް ޖެހެވެން ނެތުމުން އޭނާ ފާރުގައި ލެނގިލިއެވެ. ފާރުގައި ޔާން ދެއަތް ވިއްދާލިއެވެ. އެ އަތުގެ ދަށުން ދެމިގަންނަން އެވްލީން މަސަތްކަތްކުރިއެވެ. ނަމަވެސް އެއަށްވުރެ ކުރިން ޔާން އޭނާގައިގައި ބައްދާލިއެެވެ. އެ މޭގައި ފޮރުވާލިއެވެ. ހަދާނެ ގޮތެއްނެތިފައި އެވްލީން ހުރީ އެންމެ ހަރަކާތެއް ނުކޮށެވެ. އޭނާގެ ލޮަަލަށް ބޮނޑިވި ކަރުނަތަށް ހިނދަން މަސަތްކަތް ކުރީ ތުންފަތުގައި ދަތް އަޅައިގެންނެވެ. “ބޭބީ..އެހާ އަވަހަށް މަ ހަނދާން ނައްތާލީތަ އަދި އެންމެ ދެ އަހަރޭވީ..ޔޫ ނޯ ވަޓް..މަގޭ ލޮލުން ކަރުނަ ނުހިކޭ..ދެން މިހާރު އައިސް މަމީ ކާކުކަން ނޭނގެޔޭ ބުނީމަ މަށަށް ކުރެވޭނެ އިޙްސާސާ މެދު ވިސްނާ ނުލަންތަ..” ކުރަކި އަޑަކުން ޔާން ވާހަކަ ދެއްކީ އެވްލީންގެ ފަން އިސްތަށިގަނޑުގައި މޫނު ޖައްސާލައިގެން ހުރެއެވެ.

“ކަމް އޯން.. މަ މި ބުނީނު ޔާން ކިޔާ މީހެއް ނުދަންނަމޭ..އިފް ޔޫ ވޯންޓް ވީ ކެން ޖަސް ބީ ފްރެންޑްސް..މަ ލަންކާގެ އުޅެފަ މާލޭ ބަދަލުވީތާ އަދި މިވީ އެންމެ ހަފްތާއެއް..” ޔާންގެ މޭގައި އަޅާ ދުރަށް ކޮށްޕަން މަސަތްކަތް ކުރަމުން އެވްލީން ބުންޏެވެ. ނަމަވެސް ޔާން އޭނާގެ ގައިގައި ބައްދާލައިގެ ހުރީ ދުރު ނުކުރެވޭހާ ބާރަށެވެ.

ނަމަވެސް ދެމީހުންވެސް ސިއްސައިގެން ގޮސް ޔާންއަށް އެވްލީންވެސް ދުރަށް ލެވުނީ މީހަކު ދޮރު ހުޅުވާލުމުންނެވެ. ދޮރު މަތީ ހުރި މީހާގެ ލޯ ބޮޑުވިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

?Eemrnal

Level 1

E+e+m+r+n+a+l???hello its me Eemrnal? im a writer who got inspired by a writer ????not only a writer who writes and publishes❤❤❤ replying to comments is a duty I took by meh self ???? so everybody ves vaahaka kiyaalaafa comment kohlachey ❤????eyrah I'll be very happy ????And this is my emoji? My 1st story = Evelyn ?

Other Articles

Previous

ރާސްތާ 46

Next

ބުނާށެ ލޯބި ނުވަނީހޭ 08

Next
September 25, 2018

ބުނާށެ ލޯބި ނުވަނީހޭ 08

Previews
September 24, 2018

ރާސްތާ 46

5 Comments!

  1. Cherry? says:
    September 25, 2018 at 12:08 pm

    Nice but its little bit short and yeah sifakurun tha thankolhey bodha gennani koh i think it would be better hope next time ragalhu vaane kamah but story is beautiful waiting for the upcoming part
    Lots of loves ❤????????❤??❤?????

  2. pinky says:
    September 25, 2018 at 1:20 pm

    rangalhu …..ekam e haa rangalheh nooon… 🙁 :p

  3. Ishaan says:
    September 25, 2018 at 1:22 pm

    🙂 🙂 🙂

    1. ?Eemrnal says:
      September 25, 2018 at 1:32 pm

      ? ? ? ?

  4. Hudher says:
    September 25, 2018 at 3:33 pm

    hello dear……mi part vx v v v v v habeys…..next part thankolheh dhigukolla dhehchey……u r a perfect writer dear……love u more

Comments are closed.


All Right Reserved!