Skip to content
އެސްފިޔަ

?ހައިލަން 1

ހަނދުވަރުގެ އަލީގައި މޫދުގެ ލޮނުގަނޑު ފެންނަލެއް ފުރިހަަމައެވެ. ކަޅު ކުލައިގެ ސާލެއް އޮޅާލެވިފައި ފަދަ އުޑުމަތީގައި ކުދި ކުދި ތަރިތަށް ބަބުޅަމުން ދިޔަކަމުގައިވިޔަސް ތަރިތަކުގެ އަލިކަމަށް ގޮންޖަހަމުން ހަނދު އޭގެ މަޤާމަށް އިސްވެގަތެވެ. މުޅި ފަޒާ އޭގެ އަލިން އަލިކުރަމުންނެވެ. ނަމަވެސް އިންޒާރެއް ދިނުމެއްނެތި ކަޅު ވިލާތަކުން އުޑުމަތި ބަނަކޮށްލިއެވެ. ނިކަމެތި ކަމާއެކު ހަނދުވެސް ވިލާގަނޑު ފަރުދާއަކަށް ހަދާލިއެވެ. ޖަހާލި ކުއްލި ހޮނު ގުގުރިއާއެކު ވާރޭގެ ކެރިގަނޑެއް އޮއްސާލިއެވެ. ފިނި ރޭގަނޑުގެ އަރާމުކަން އިތުރުކޮށްދެމުންނެވެ.

ބިންމަތީގައި ހުރި ތެތް ދޮންވެލީގެ މުށެއް ނަގާފައި ވިޝަލް ގަޔަށް ޖަހަލާމުން ހައިލަން ދުއްވައިގަތެވެ. ވާރޭގެ ތެރޭގައި އުދުހިގަތީ މިނިވަންކަމާއެކުގައެވެ. އެ ދެމަފިރިންގެ އަޑު ވާރޭގެ އަޑާ އެކުވެގެން މިއުޒިކެއް ފަދައިން ފަޒާގައި ގުގުމަމުން ދިޔައެވެ. “ބޭބީ ވެއިޓް..ވެއްޓިދާނެ..” ހިނިގަނޑެއް ޖަހާލަމުން ވިޝަލް ދުއްވައިގަތީ ހައިލަންގެ ފަހަތުންނެވެ. އެހެންނަމަވެސް ވެލިގަނޑުމަތީގައި އޭނާ ދުވަމުން ދިޔަ ގޮތުން ވިޝަލްގެ ހިތުގައި ކުޑަ ބިރުވެރިކަމެއް އުފެދުނެވެ. “ނޮޕް ކެޗް ކުރޭ.” ވިޝަލްއާއި ވީ ފަރާތަށް އެނބުރިލަމުން ހައިލަން ފަހަތަށް ދުވަމުން ދިޔައެވެ. އޭނާ ލައިގެން ހުރި ހުދުކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުންކޮޅު ގަޔަށް ތަތްލަވާފައިވާ ގޮތުން އެ ހަށިގަނޑުގައި ފޭރަމެއް ނެތްފަދައެވެ. ހިނދުކޮޅަކަށް ނަމަވެސް ވިޝަލްގެ ހިތް އެ ހަށިގަނޑަށް ފެން ބޮވައިގަތެވެ. ނަމަވެސް ވަގުތާއި ހާލަތަސް ވިސްނާލާފައި އޭނާ ޝަހްވާނީ އެދުން އެއް ފަރާތްކޮށްލަން ޖެހުނީއެވެ.

ފަހަތަށް ދުވަމުން ދިޔައި ހައިލަންގެ ފައި ބިންމަތީގައި އޮތް ގާގަނޑެއްގައި އަޅައިގަތެވެ. ވިޝަލް ހުރީ އެފަދަ ކަމަކަށް ހުށިޔާރުވެގެން ކަހަލައެވެ. ދިގު ދެތިން ފިޔަވަޅު އަޅާލަމުން ހައިލަންގެ އުނަގަނޑުގައި އޭނާ ހިފާއްޓާލިއެވެ. ނަމަވެސް ބެލެންސް ނުކުރެވުމުގެ ސަބަބުން ދެ ޒުވާނުންވެސް ވެއްޓުނީ ވެލިގަނޑު މައްޗަށެވެ. ހައިލަން އޭނާގެ ދެލޯ މަރައި ތަގުޅިކޮށްލިއެވެ. އޭނާ ހީކުރީ ވެލިގަނޑު މަތީގައި ބޮލުގެ ފުއްކިބަ ޖެހޭނެކަމަށެވެ. ނަމަވެސް ހީވީ ނުބައިކޮށެވެ. ވިޝަލްގެ ފިނި އަތްތިލައިގެ ހިމާޔަތް އޭނާއަށް އެވަގުތުކޮޅުވެސް ލިބުނެވެ.

ޝަބްނަމް ތިކިތަކެއް ފަދައިން ހައިލަންގެ މޫނުގައި ބީހެމުން ދިޔަ ވާރޭގެ މުތީތަކަށްވެސް އެވަގުތު ވިޝަލްގެ ހިތް ހަސަދަވެރިވިއެވެ. ހައިލަންގެ ހޫނު ނޭވާ އޭނާގެ ތުންފަތަށް އެޅެމުން ދިޔަ ގޮތުން މަސްތީ އިހްސާސެއް ކުރެވުނެވެ. ހަތަރު ކަޅި ދަގަތްފާނުތަކެއް ފަދައިން ގުޅުވާލައިގެން އެ ދެމަފިރިންނަށް ތިބެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. ހޫނު ނޭވާތަކުން ވާރޭގެ ތެތްފިނިކަންވެސް އިހްސާސް ނުކުރެވޭ ފަދައެވެ.

ހައިލަންގެ ގައިމަތީގައި ގެއްލިފައި އޮތް ވިޝަލް ސިއްސައިގެން ދިޔައީ އޭނާގެ ބަނޑުގައި އެއްޗަކުން ޖަހާލިހެން ހީވެގެންނެވެ. އޭނާގެ ނަޒަރު ފުރަތަަމަވެސް ހުއްޓުނީ ހައިލަންގެ ބަނޑަށެވެ. ދެވަނަ ފަހަރަށް އެ ދަރިފުޅުގެ ތޮޅިލުން އިހްސާސްވުމުން ވިޝަލްގެ ތުންފަތްމަތީގައި ދުވެލީ ލުއި ހިނިތުންވުމެކެވެ.

އޭނާގެ ނަޒަރު ދެންވެސް ހުއްޓުނީ ހައިލަންގެ މޫނަށެވެ. ދެވަނަ ފަހަރަށް ޖަހާލި ހޮނު ގުގުރިއާއެކު ހައިލަންއާއި ވިޝަލްގެ ތުންފަތް ގުޅިގެން ދިޔައީ އެކަމަށް ފެންބޮވައިގަނެފައި ތިބި ބަޔަކު ފަދައިންނެވެ.

*** *** **** ***

ހޮނު ގުގުރީގެ އަޑަށް ސިއްސައިގެން ހޭލެވުނު ވިޝަލް އޮއްދާހިލާލިއެވެ. މާހައުލުގެ ތެތް ފިނި ކަމުގެ އަސަރެއް ނުކުރާ ފަދައެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯ ފެންތިކިތަށް ބީހެމުން ދިޔަ ކުޑަދޮރަށް ބަލާލިއެވެ. ނަަަމަވެސް މާޒީއާ ގުޅިފައިވާ އެ ހުވަފެން ވިޝަލްގެ ހިތަށް އުނދަގޫ ކުރަމުން ދިޔައީ އިންތިހާއަށެވެ. މާޒީގެ ހިތި ހަނދާންތަކުން ސިކުނޑި ފުރިބާރުވަމުން ދިޔަ ވަރަކަށް އޭނާގެ ބޮލަށް ވެސް ވާންވިއެވެ. ދެލޯ މަރައި އޭނާއަށް ތަގުޅިކޮށްލެވުނެވެ. އެނދު މައްޗަށް ވެއްޓިގަނެވުނީ ނޭނގުމެއްގެ ތެރޭގައެވެ. ” ގޯޝް..ހައިލަން ކަމް ބެކް ޓު މީ..މަގޭ ހިތަށް ފަރުވާއެއް ހޯދަދީބަ..ބޭބީ ހެޔޮނުވާނެ ޑޯންޓް ލީވް މީ ޓު ސަފާރ” ހިތާހިތުން ވިޝަލްއަށް ބުނެވުނެވެ.

(ނުނިމޭ)

Comments (25)

  1. aanikikki

    Assalam alaikum? ?..alhugandu ge furathama series vaahaka “HAILAN” ge furathama bai hurihaa readers ah ves kamudhaane kamah ummedhukuran?? since I’m new there will be a lot of mistakes so do comment those down and what do you think bout this prt ????? your support is indeed required fod the succses second part insha allah today ❤❤ gud nite all ????

  2. Shusha

    Wow ?

  3. Sheex

    Masha Allah varah reethi feshun. Kon dhuvas thakeh gai mi vaahaka up vanee? Waiting for the next part.??

    1. aanikikki
      Sheex

      Awwn thank you sheex dear ❤❤❤ insha allah daily koh upkohdhevythoa miulhenyy..????

  4. Shiff

    Whn nxt?? vrh salhi mi part vx…

    1. aanikikki
      Shiff

      Today insha allah❤❤ thank you sis???

  5. Shithoth

    I love this story…keep up the good work

    1. aanikikki
      Shithoth

      Then love u more ???❤ Thank you shithothiiii???

  6. Antiope

    Wooooow….when is next part i love this sooo much

    1. aanikikki
      Antiope

      Alheyy ❤❤ Thank you so much ?? next part today insha allah ?

  7. Aira

    Kurakas akas vrah rthi…cnt wait for nxt prt

    1. aanikikki
      Aira

      Next part dhigukohlaanan ??? thank you ❤❤??

  8. Livia

    Omg how nice….this is perfect for a real story book cant wait for next part

    1. aanikikki
      Livia

      Awwwn so sweet livia dear❤❤ aslutha? ?? I don’t think adhi ehaa perfect henneh ???

  9. Inu

    I love this story…its sooo creative and interesting…when is the next part???

    1. aanikikki
      Inu

      Love more ❤❤ Thank you so much ??? next part today insha allah ??

    2. aanikikki
      Inu

      Love u more inu sis❤❤ Thank you so much ??? next part today insha allah ??

  10. Anonymous

    Vrah rthi stry eh…????….but could u mke nxt prt a lil longr???

    1. aanikikki
      Anonymous

      Thank you anonymous dear ❤❤ yes I will insha allah ????

  11. aani

    I love it..wen next??
    me inu ge frnd eh :p
    did you know me???

  12. aani

    ???do you know me

  13. Shaya

    Masha allah…v reethi mi story????…waiting for nxt part

  14. inaa

    alhey haadha reethi vaahaka akaa vahtharuhe mi story. daily koh genes dhybala. mihaaraku mi esfiya site gaeh neh kiyaakahala vaahkaeh, vaahakaeh kiyan nufashan vess mihury dhuvahaku up eh nukuraane mahaku baeh nereyny, mivaahaka genesdhybala dailykoh, aanikikki ,

  15. Maimoona

    Varah reethi

  16. C grey

    Wow ♥️♥️ I luv the story …. very interesting ….lots of luv

Comments are closed.