Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް ތިއޭ މިހިތް އެދޭ (3)

Nashy Level 110 Stories
October 28, 2018 3 Mins Read
3 Comments

ދަންވަރުގެ ވަގުތެވެ. އައިރާއަށް ހޭލެވުނީގޭ ފޯނު ރިންގުވާ އަޑަށެވެ. އިރުކޮޅަކަށް ފަހު އިވުނީ މަންމަގެ ހަޅޭކުގެ އަޑެވެ. އައިރާ އަވަހަށް ކޮޓަރިން ނުކުތެވެ. ކޮޓަރިން ނުކުމެވުމާއެކެ ފެނުނީ ވެއްޓިފައި އޮތް މަންމަ އެވެ. އައިރާ ބާރަށް މަންމަ އަށް ގޮވަން ފެށިއެވެ. މަންމަގެ ހޭވެރިކަމެއް ނެތެވެ. ގޭގަ ބައްޕަ އެއްވެސް ނެތެވެ. އައިރާ މަންމަ އަށް ގޮވާ އަޑަށް އެންމެ ހަނގު ކޮއްކޮ އާރާ ވެސް ހޭލައިގެން ރޯން ފަށައިފިއެވެ. އައިރާ އަށް މަންމަ ދޫ ކޮށްލާފަ ކޮއްކޮ މަސަލަސް ކުރަންދެވޭކަށްވެސް ނެތެވެ.އާރާ ރޯ އަޑަށް އީރާވެސް ހޭލައިފިއެވެ. ހޭލެވުނު އިރު މަންމަ ފެންނަން ނެތުމުން އީރާ ވެސް ރޯން ފަށައިފިއެވެ. އައިރާ މަންމަގެ މޫނަށް ދެތިން ފަހަރަކު ފެން ވިއްސާލުމުން ކުޑަކޮށް ލޯ ހުޅުވާލާަފިއެވެ. ރަގަޅަށް ލޯ ހުޅުވުމާ އެކު މަގޭ އާދަނާއޭ ކިޔާ ބާރު ބާރަށް ރޯން ފަށައިފިއެވެ. ” މަގޭ އާދަނު ކައިރިޔަށް ގެން ގޮސްދީ ” މަންމަ އަށް އިތުރު އެއްޗެކޭ ނުކިޔެއެވެ..
“މަންމާ… ބައްޕަ އަށް ވީ ކީއްތަ؟؟ ” މަަންމަ އަކަށް ޖަވާބެއް ނުދެވެއެވެ. އައިރާގެ ގޮތް ހުސްވެއްޖެއެވެ. މަންމަ ގާތު ވީ ކީއްތޯ އަހާ އަހާވެސް އޮޅުން ފިލާގޮތެއް ނުވިއެވެ. އެންމެން ރޯން ދޫކޮށްލާފައި ކައިރި މީހަކަށް ގޮވަންދާކަށްވެސް ނުކެރުނެވެ. ތިން ހަތަރު މީހަކަށް ފޯނުންވެސް ގުޅިއްޖެއެވެ. ދަންވަރު ވީމަވެސް ތޯއްޗެކެވެ. އެއްވެސް މީހަކު ފޯނެއް ނުނެގިއެވެ. މިގޭތެރެއިން މި ވަރަށް ރޯ އިރު ގައިމު ބޭރަށްވެސް އިވޭނެތާއެވެ. މިހެން ހިތައް އެރި ވަގުތު ދޮރުގައި މީހަކު ގޮވަމުން ދޮރުގަ ތަޅާ އަޑު އިވެން ފަށައިފިއެވެ. ދޮރު ހުޅުވާލި އިރު ހުރީ ޖެހިގެން ހުރި ބައިގަ އުޅޭ އަނީސާއްތަ އެވެ. އަނީސާއްތަ އަށް ކަމެއް ގޯސް ވެއްޖެކަން މަންމަ އަށް ބަލާލާފަ އެގިއްޖެއެވެ.
މަންމަ އަށް އިތުރު އެއްޗެކޭ ބުނެވޭ ވަރުވީ އަނީސާއްތަގެ ހިތްވަރުންނެވެ.
“އާދަނު މިދުނިޔެ އަކު ނެތް.. އެކްސިޑެންޓެއްވީ.. އަހަރެން އެ ހޮސްޕިޓަލަށް ގެންގޮސްދީ” މިހެން ބުނެ ނުނިމެނީސް މަންމަ އަނެއްކާވެސް ހޭނެތިއްޖެއެވެ.
އައިރާ އަށް އެލިބުނު ހަބަރަކުން ބާރަށް ރޮއިގަނެވިއްޖެއެވެ.ރުއިން ހުއްޓާލެވުނީ އަނީސާއްތަގެ ހިތްވަރު ދިނުމުގެ ބަސްތަކުންނެވެ. މިއަދު އައިރާ ހިތްވަރު ކުރަން އެބަޖެހެއެވެ. މަންމައާ ކޮއްކޮމެންނަށްޓަކައެވެ. ދުނިޔެއަކީ އިމްތިހާނުގެ ގޮވެއްޗެކެވެ. އޮތީ ކެތްތެރިވުމެވެ.
އަނީސާއްތައާއި އޭނާގެ ފިރިމީހާގެ އެހީތެރިކަމާއިއެކު މަންމަ ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ. ދެން އޮތީ ބައްޕަގެ ޖަނާޒާގެ ކަންތަކެވެ.
ބައްޕަ ނިޔާވިފަހުން މަހެއްވީއެވެ. އެކަމަކު މަންމަގެ ހާލަތަކަށް ބަދަލެއް ނާދެއެވެ. އެނދުން ތެދުވާނެހާ ހިތްވަރުވެސް މަންމަގަޔަކު ނުހުރެއެވެ. އަރަކުން ކާ އެއްޗެއް ނުދިރެއެވެ. ކުޑަދެ ކޮއްކޮ ބަލަމުން އައިރާ އަށް ހިންދެމިލާނެ ވަގުތު ނުލިބެއެވެ. އަތުގަ މިހާރު އެންމެ ލޯ ލާރި އެއްވެސް ނެތެވެ. އެއްޗެއް ބޭނުން ވިޔަސް ކަންމަތީ ފިހާރައިން ނަގަނީ ދަރަންޏަށެވެ. އަނީއްސާތަ ދޭތެރެ އަކުން ކާ އެއްޗެއް ގެނެސްދެއެވެ. އެހެންނޫނީ އެހީއެއްވާނެ އެކަކުވެސް ނެތެވެ.
ދުވަސްތައް މާޒީއާ އެކުވަމުން ދެއެވެ. ގޭތެރޭގެ ހާލަތަކަށް ބަދަލެއް ނާދެއެވެ. ބައްޕަ ނެތުމުގެ އުނިކަން ފޫ ބެއްދޭ ވަރަށް ވުރެން މާ ބޮޑެވެ. ގޭ ކުލި ނުދައްކައިގެން އެތައްފަހަރަކު ގޭ ވެރިމީހާގެ އިންޒާރުތައް ލިބިއްޖެއެވެ. ހީވާ ގޮތުން ގޭން ނުނެރެ މިހާ ދުވަހު މި އުޅެވުނީ އަނީސާއްތަގެ ސަބަބުންނެވެ. އައިރާމެންގެ ހާލު އަނީސާއްތަވަނީ ވަރަށް ރަގަަޅަށް ކިޔާދީފައެވެ.
އެއް ރެއެއްގެ ދެ ނަމާދު ދޭތެރޭ ވަގުތެވެ. އައިރާ އިނީ އީރާ އަށް ޤުރުއާން ކިޔަވަދޭށެވެ. އާރާވެސް ނިންދަވަމުންނެވެ. މަންމަ އަށް އޮތީ ނިދިފައެވެ.. އާރާ ނިދުމުން މަަންމަ ކައިރީ އާރާ ބާއްވާލަން ދިޔަވަގުތު މީހަކު ދޮރުގަޓަކިޖަހާ އަޑު އިވުނެވެ. ދޮރު ހުޅުވި އިރު ހުރީ އަނީސައްތައެވެ. މެދު އުމުރުގެ ފިރެހެނަކުވެސް ކައިރީގަ ހުއްޓެވެ.
” މިއީ ރަޝާދު . އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް” އަނީސާއްތަ ވަންނަމުން ކައިރީގައި ހުރިމީހާ ތައާރަފް ކޮށްދިނެވެ. ރަޝާދުއަށް އައިރާ ފެނުނީއްސުރެ އެހެން ދިމާއަކަށް ނުބެލެއެވެ.
” އަހަރެންނަކީ މިހާރު މި އާއިލާގެ ވެސް ގާތް އެކުވެރިޔެއް” ރަޝާދު އައިރާއާ ދިމާއަށް ބަލަމުން ބުންޏެވެ. އައިރާ އަށް ބަލާތީ އައިރާ ހުރީ ނުރުހުންވެފައެވެ. އެކަމަކު މެހެމާނުންނާދޭތެރޭ ކަންތައްތައް ބަހައްޓަން ޖެހޭނެގޮތް އޭނާ އަށް އެގެއެވެ.
އޭގެ ފަހުން ކޮންމެ ދުވަހަކު ރަޝާދު އެގެއަށް އާދެއެވެ. ކޮއްކޮމެންނަށް ކުޅޭ އެއްޗެއްސާ މެޓަޔާ ޗޮކުލެޓްގެނެސްދެއެވެ. އެވެރިންވެސް ތިބެނީ ރަޝާދުއާހެދި މޮޔަވެފައެވެ. މި ވޭތުވެ ދިޔަ މަސްތަކުގެ ގޭ ކުއްޔާ ކަރަންޓް ބިލާ ފެން ބިލުވެސް ދައްކާ ނިންމި ވާހަކަ އަނީއްސަތަ ބުންޏެވެ. ރަޝާދުގެ އެ ހެޔޮކަމުގެ ފަހަތުގައިވަނީ ކޮންކަމެއް ކަމެއް އައިރާ އަކަށް ނޭގެއެވެ. މަންމަގެ ބައްޔަ ފަރުވާ ކޮށްދޭން ބުނުމުން އެކަމަށް އެއްބަސްވެވުނީ އެހެންވެގެންނެވެ. އައިރާގެ މިހާރު ހުރިހާވެސް އުއްމީދަކީ މަންމަ ރަގަޅުވުމެވެ.
****
“އައިރާ ގާތު ދައްތަ އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ” އަނީސާއްތަ އައިރާ ކަންމަތީ އިންނަ ފިހާރައަށް ދާން ނުކުން ގަޑީ ހުއްޓުވާފަ ބުންޏެވެ.
” އަނީސާއްތަ އަޅުގަނޑާ ދައްކަން ބޭނުން ކޮންމެ ވާހަކަ އެއް ދެއްކޭނެ. މިއަދު އަނީސާއްތަ ނެތްނަމަ އަޅުގަނޑުމެން އުޅޭނީ ކޮންހާލެއްގަ” އައިރާ ހިނިތުންވެލަމުން ބުންޏެވެ.
” އައިރާ ދައްތައަށް ވަރަށް ބޮޑު ކަމެއް ކޮށްދޭން ވެއްޖެ” އަނީސާއްތަ އައިރާގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ
“އަޅުގަނޑަށް ކޮށްދޭވަވުރުގެ ކަމެއް ވިއްޔާ ކޮންމެ ކަމެއްވެސް ކޮށްދޭން ތައްޔާރަށް މިހުރީ” އަނީސާއްތަ ބޭނުންވެގެން އުޅެނީ ކޮންކަމެއްކަން ނޭގުނުނަމެވެސް އޭނާ ޖަވާބުދީފިއެވެ.
” އައިރާ އަށް ނުކޮށްދެވޭ ވަރުގެ ކަމެއް ދައްތަވެސް ނުބުނާނެ ނުން.. ރަޝާދު އަށް އައިރާ ވަރަށް ކަމުދޭ. ރަޝާދު ބޭނުން ވަނީ އައިރާއާ އިންނަން” އަނީސާއްތަ އެންމެ ފަހުން ބޭނުންވެގެން އުޅޭ ކަންތައް ހާމަ ކުރިއެވެ.
އައިރާ ހުއްޓުން އެރީއެވެ. ދޭނެ ޖަވާބެއް ނޭގުނެވެ. އައިރާއަށް އެއައި ކުއްލިބަދަލު އަނީސާއްތަ ދެނެގަނެފިއެވެ. ދެން ފެށީ ރަޝާދު ކޮށްދޭ ކަންތައްތަކުގެ ވާހަކަ ދައްކާށެވެ. އައިރާމެންގެ ހާލަތު އަނީސާއްތަ ދައްކަން ފެށުމުން އެމީހުންގެ ނިކަމެތިކަން އިހްސާސްވެ ރޮވެން ފެށުނެވެ. އަނީސާއްތަ އެދައްކަނީވެސް ދޮގު ވާހަކަ އެއް ނޫނެވެ. އައިރާ އަށް މިހެން ދިމާވިޔަސް ކޮއްކޮމެންގެ މުސްތަޤުބަލު ހަލާކު ކޮށްލާގެން ނުވާނެއެވެ. އެމީހުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެވެން އޮތީ އޭނާގެ އަތް މަތީގައެވެ. އައިރާ ރަޝާދު އާ ކައިވެނި ކުރަން އެއްބަސް ވިއެވެ. އަނީސާއްތަ ވަގުތުން ރަޝާދުއަށް ގުޅާ އެ ޚަބަރު ދީފިއެވެ.
އައިރާގެއަށް ވަން ގޮތައް މަންމަ ގައިގަ އޮޅުލާގަނެފަ ރޯންފެށިއެވެ. މަންމައަށް ވެގެން އުޅޭގޮތެްއް ނޭގެްެއެވެ. ވާހަކަދެއްކޭތޯ ވަރަށް މަސައްކަތް ކޮށްފިއެވެ. އެކަމަކު އަޑެއް ބޭރެއް ނުވެްެއެވެ. ބައްޕަ ނިޔާވިފަހުން މަންމަގެ ހާލަކީ މިއެވެ.
” މަންމާ.. އަހަރެން މި އުޅެނީ ރަޝާދު އާ އިންނަން…” އައިރާ އަށް މިހެން ބުނުމާ އެކު މަންމަ ތެޅިގަތެވެ. ނޫނެކޭ ބުނަން ދުލަށް ވަރަށް ބާރުލިއެވެ.
” މިއަދު އަހަރެމެންނަށް މި ނޫން ގޮތެއް ނެތް މަންމާ” އައިރާމަންމަގެ މޭގަ މޫނު ފޮރުވާގެން ހުރެ ވާހަކަ ދައްކަމުން ދެއެެެވެ. މަންމަގެ ލޮލުންވެސް ކަރުނަތައް ފައިބަމުންދިޔައެވެ. މި ހާލަތު ބަދަލު ކުރައްވާތޯ ހިތުން ދުޢާ ކުރަމުން ދިޔައެވެ…
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nashy

Level 110 Stories

Other Articles

Previous

?ހައިލަން 1

Next

ހޯދޭތޯ މަންޒިލެއް… 7

Next
October 28, 2018

ހޯދޭތޯ މަންޒިލެއް… 7

Previews
October 28, 2018

?ހައިލަން 1

3 Comments!

  1. Someone says:
    October 28, 2018 at 11:41 am

    Vv reethi next part kn irakun

    1. Nashy says:
      October 29, 2018 at 9:47 am

      Shukuriyyaa☺️

  2. RHAI says:
    October 31, 2018 at 4:22 pm

    Gud work nashy. Keep going

Comments are closed.

Next Episodeމަންޒިލް ތިއޭ މިހިތް އެދޭ (4)←


All Right Reserved!