Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އިނގޭ ނަމަ 1

Aami Level 210 Stories100 Comments
October 27, 2018 2 Mins Read
9 Comments

އިރު އޭގެ ވާޖިބު އަދާކުރަމުން ދުނިޔެއަށް އޭގެ ރަން ދޯދިތައް ފޯރުވަމުން ދެއެވެ. މިއަދުވެސް އަވްލީން އަތްމަތި އަވަސްކޮށްލައިގެން އުޅެނީ ސްކޫލަށް ދާން ޖެހޭ ގަޑި ކުޑަތަން ވެފައި ހުރުމުންނެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. އަވަލީންއަށް ފަތިހު ތެދުވެ ގޭތެރެ ސާފުކޮށް ސައިހަދާ ކަންތައް ކުރުމަށް ފަހު ސްކޫލަށް ގަޑިއަށް ދެވެނީ ހަމަ ކިޔިރަ ކިރިޔާއެވެ. ކިތެއްމެ ލަހުން ތެދުވެވުނު ނަމަވެސް ސައިހަދައިކަންތައް ނުކޮށް ސްކޫލަށް ގޮސްފި ނަމަ އަވްލީން ގެ ދޮންމަންމަ ޔާސިރާ އަވްލީން އަށް އަނިޔާކޮށް އެއްޗިސް ކިޔާ ހަދައެވެ.

އަވްލީން އަކީ އުމުރުން 17 އަހަރުގެ ކުއްޖެކެވެ. އަވްލީންގެ މަންމަ ވަނީ އޭނާގެ އުމުރުން އެންމެ 4 އަހަރުގައި ނިޔާވެފައެވެ. އަވްލީން ގެ އުމުރުން 7 އަހަރުގައި އޭނާގެ ބައްޕަ މިރުހާން ދެވަނަ ކައިވެންޏެއްކުރީ އެކަނި އަވްލީން ބަލައިބޮޑުކުރުމަކީ އުނދަގޫކަމަކަށް ވަފައި އޭނާ ވެސް ހަޔާތުގައި އެހެން ބައިވެރިއެއް ބޭނުންވާތީއެވެ. މިރުހާން އަވްލީން ދެކެ ކިތައްމެ ލޯބި ވިޔަސް ޔާސިޔާ އާއި ކައިވެނި ކުރި ފަހުން އެ ލޯބަށް ފަނޑުކަމެއް އަންނަން ފެށިއެވެ. އަވްލީން އަށް އަޅާލައި އޭނާ އަށް އެކު ހޭދަކުރެވޭ ވަގުތުތައް މަދު ވާން ފެށިއެވެ.

އަވްލީން އަށް 10 އަހަރު ފުރުނުތަނާ ޔާސިރާއާއި މިރުހާން އަށް ފިރހެން ކުއްޖެއް ލިބުނެވެ. ކޮއްކޮ އެއް ލިބުމުން އަވްލީން ކިތައްމެ އުފާވި ނަމަވެސް އަވްލީން އަށް އެ ކުއްޖާ ގައިގައި އަތްލުމުގެ ހުއްދައެއް ވެސް ނޯވެއެވެ. މާޒިން އުފަންވި ފަހުން މިރުހާން މުޅިހެން އަވްލީން ބާކީކޮށްލީއެވެ. ޔާސިރާ އަވްލީން ގެންގުލެނީ ނޯކަރެއްގެ އުސޫލުންނެވެ. ގޭ ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން ކިޔެވުމަށް އަވްލީން އަށް ދެވޭ ވަގަތު ވަރަށް މަދެވެ. ނަމަވެސް ހިތްވަރުކޮށްފައި ކިޔަވަމުން ދިޔައީ ރަނގަޅު ނަތީޖާއެއް ލިބިގެން ނޫނީ މުސްތަޤުބަލް އުޖާލާ ނުކުރެވޭނެކަން އަވްލީން އަށް ވިސްނޭތީއެވެ. އަވްލީން ގެ މިންނެއް ބުރަ މަސައްކަތުން ޖީ.ސީ.އޯލެވެލް ފުރިހަމަކުރުމަށް ފަހު މިހާރު އޭ ލެވެލް ގެ އިމްތިހާނުތައް ވެސް ފުރިހަމަ ވާން ގިނަ ދުވަސްތަކެއް ނެތެވެ.

މިއަދަކީ އަވްލީން ގެ އެންމެ ފަހު އިމްތިހާން އޮންނަ ދުވަހެވެ. ޓެސްޓަށް ފުރިހަމައަށް ތައްޔާރުވެގެން އަވްލީން ދިޔައީ ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގައެވެ. އަމްތިހާން ނިންމުމަށް ފަހު ހޯލުން ނިކުތް އިރު އަވްލީން ހުރީ ވަރަށް ވެސް ހިތްހަމަޖެހިފައެވެ. ހީކުރި ވަރަށް ވުރެވެސް މާ ފަސޭހައެވެ.

“ލީން އަޅޭ ޓެސްޓް ހާދަ އުނދަގުލޭ ދޯ؟ ހުވާ މިބުނީ މަ ފާސް ވިޔަސް ވާ މޮޅު” މައިރާ އަވްލީން އާއި އަރާ ހަމަކޮށްލަމުން ބުނެލިއެވެ. މައިރާ އަކީ އަވްލީން އާއި އެއް ކްލާހެއްގައި އުޅޭ ކުއްޖެކެވެ. އަދި މައިރާ އަކީ އަވްލީންގެ އެންމެ ގާތް ރަހުމަތްތެރިޔާވެސްމެއެވެ.

“މާއި ދަސްނުކުރަންޏާ އުނދަގޫ ވާނެ ދޯ. މަށަށް ނުލާހިކު ފަސޭހަ ޓެސްޓް. އެހެން ނޫނަސް މައި އަބަދުވެސް ޓެސްޓް ހަދާފަ އައިސް ބުނާނީ ތެހެން އެކަން ކޮންމެ ފަހަރަކު ދެވަނަ ހޯދާނެ” އަވްލީން ވެސް މައިރާގެ ވާހަކައިގައި ބައިވެރިވެލަމުން ބުނެލިއެވެ.

“ލީން ދެރަވާނެތީ އޭ އަސްލު މަ އެއް ވަނަ ނުހޯދަނީ. އެއީ ލީން އަށް ސޮޕެޝަލްކޮށްފަ އިންނަ ޕްލޭސް އެއް. އެނީވޭސް!! ނިފަހަރު އަސްލުވެސް ހަމަ އުނދަގޫ އިނގޭ. ދެން ބަލަމާ ދޯ ވާނެ ގޮތެއް ވެސް” ވާހަކައިގައި ތިބެ އަވްލީންގެ ގެއާ ހަމައަށް އާދެވުމުން ދެ އެކުވެރިން ވަކިވިއެވެ.

Share Article

Follow Me Written By

Aami

Level 210 Stories100 Comments

Other Articles

Previous

އިސްޓާކީން

Next

ވީ ބޭވަފާ އޭ… ކުށަކީ ކޮބައި ހޭ… 1

Next
October 27, 2018

ވީ ބޭވަފާ އޭ… ކުށަކީ ކޮބައި ހޭ… 1

Previews
October 27, 2018

އިސްޓާކީން

9 Comments!

  1. Shuttey says:
    October 27, 2018 at 8:56 pm

    Nice

    1. Aami says:
      October 27, 2018 at 11:24 pm

      ? Thanks Shuttey dear

  2. Shaa Yaal says:
    October 27, 2018 at 9:06 pm

    Haadha avahakah nimuny?
    Varah reethivaane kamah unmydhukuran??❤️

    1. Aami says:
      October 27, 2018 at 9:14 pm

      Sorry dear dhn anna bayeh dhigukollaanan in sha allah ?

  3. Aami says:
    October 27, 2018 at 9:16 pm

    Assalamualaikum everyone.
    I know mi part vrh kurukan. Im sorry for dat. Dhn anna bayeh dhigukollaaanan.
    Goodnight all.

  4. naash says:
    October 28, 2018 at 7:43 pm

    its okii dear baeh faharu kuru vx vane baeh part thah… anyway mi part vx vvv nice hama… keep it up.. insha allah u can do it??????❤❤❤❤❤❤❤❤❤❤??????????

    1. Aami says:
      October 31, 2018 at 10:29 pm

      Thanks for understanding and for your support ?

  5. rau says:
    October 29, 2018 at 12:37 am

    liyumuga ebahuri typing mistakes.. feshun v reethi.. kuriah huri part thavves reethi vaane kamah ummeedhu kuran.. good luck…

    1. Aami says:
      October 31, 2018 at 10:31 pm

      Rau dear i know typing mistakes hurikan. Busy koh ulheythii check kohnulaa up kureveny. But kuriyah huri part thakuga mistakes madhu kuran mashakaiyy kuraaanan
      Nd thanks

Comments are closed.


All Right Reserved!