އަނދިރި ކޮޓަރިތެރެއިން އިވެމުން ދިޔައީ އަންހެން ކުއްޖެއްގެ މަޑު ގިސްލުމުގެ އަޑެވެ. ވޭނުން ފުރިފައިވާ އެ ގިސްލުން އަޑު އިވޭ ކޮންމެ މީހަކަށްވެސް އަސަރު ކުރާނެކަން ގައިމެވެ. ފެން ލައިޓުން އެޅެމުން ދިޔަ އަލިފިޔަވައި އިތުރު އައްޔެއް އެ ކޮތަރިތެރޭގައި ނުވެއެވެ. ކޮޓަރީގެ ކަނުގައި ލެނގިގަނެގެން ކަކުލުގައި ބޯ ޖައްސާލައިގެން އިން އަންހެން ކުއްޖާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. ކޮޓަރީގެ ބޭރުގައި ހިނގާ ކަންތަކުގެ އަޑު ވަރަށް ސާފުކޮށް އޭނާއަށް އިވެއެވެ. “އޭ ބުރޯ..ކޮބާ ކިހިނެތް ކިިހިނެތް..” […]
ހަނދުވަރުގެ އަލީގައި މޫދުގެ ލޮނުގަނޑު ފެންނަލެއް ފުރިހަަމައެވެ. ކަޅު ކުލައިގެ ސާލެއް އޮޅާލެވިފައި ފަދަ އުޑުމަތީގައި ކުދި ކުދި ތަރިތަށް ބަބުޅަމުން ދިޔަކަމުގައިވިޔަސް ތަރިތަކުގެ އަލިކަމަށް ގޮންޖަހަމުން ހަނދު އޭގެ މަޤާމަށް އިސްވެގަތެވެ. މުޅި ފަޒާ އޭގެ އަލިން އަލިކުރަމުންނެވެ. ނަމަވެސް އިންޒާރެއް ދިނުމެއްނެތި ކަޅު ވިލާތަކުން އުޑުމަތި ބަނަކޮށްލިއެވެ. ނިކަމެތި ކަމާއެކު ހަނދުވެސް ވިލާގަނޑު ފަރުދާއަކަށް ހަދާލިއެވެ. ޖަހާލި ކުއްލި ހޮނު ގުގުރިއާއެކު ވާރޭގެ ކެރިގަނޑެއް އޮއްސާލިއެވެ. ފިނި ރޭގަނޑުގެ އަރާމުކަން އިތުރުކޮށްދެމުންނެވެ. ބިންމަތީގައި ހުރި […]