އެވްލީން… 20
އެލީސާ އެވްލީންއާއި ދިމާއަށް ލޯއަޅާލި އިރު އެދެލޮލުގައި ވިދަމުންދިޔަ ނަފްރަތުގެ ހުޅުކޮޅުތައް އެވްލީންއަށް ނިކަން ފަސޭހައިން ދެނެގަނެވުނެވެ. ބިރުވެރި ކަމުގެ ރާޅު ބާނީތަކެއް ހަށިގަނޑުގެ ހުރިހާ ނަރުތަކުގައި ދުވެލި ހިނދު ނޭގޭ ބިރުވެރިކަމެއް އެވްލީންގެ ހިތުގައި ބާރަކަށް ވިކައިގަތެވެ. ބޭއިހްތިޔާރުގައި އެވްލީންއަށް އަކިޔަސްގެ އަތުގައި ހިފަހައްޓާލެވުނެވެ. ” ލީން ކިހިނެއްވީ ؟ ” އަކިޔަސްއަށް އަހާލެވުނެވެ. ” އެލީސާ… ” އެވްލީން އަވަސް އަވަހަށް ބުނެލައިފިއެވެ. ” އޭނަ ވަރަށް ޖެލަސްވާނެ ލީންއާއެކު އަހަރެން ހުއްޓާ ފެނުނީމަ… ކުޑަކޮށް ކައިރިވެބަލަ އޭރުން އޭނަ އަނދައިގެން ދާނެ…. ޝީ ތިންކްސް ޔޫއާރ މައި ގާރލްފްރެންޑް…. ” އަކިޔަސް އެވްލީންގެ އުނަގަނޑުގައި ހިފާ އޭނައާއި ކައިރިކޮށްލަމުން ވައި އަޑަކުން ވާހަކަ ދެއްކިއެވެ. އެލީސާއަށް އަކިޔަސްއާއި އެވްލީން ކައިރީގައި ތިބި މަންޒަރު ފެނުމުން އޭނަގެ ހިތުގައި އަނދަމުންދިޔަ ރުޅިގަނޑު ފަޅައިގެން ގޮސް މުޅި މޫނު އަނގުރު އަލިފާން ކޮޅެއްހާ ރަތްވެގެން ދިޔައެވެ.
ތުން އޫކޮށްލައިގެން އެލީސާ އެވްލީންއާއި ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ބާރަކަށް ހިނގާލާފައި ގޮސް އެގެއިން ނުކުތެވެ. މިމަންޒަރު ފެނުމުން އަކިޔަސް އެވްލީން ކަންފަތް ދޮށުގައި ބުނެލި ޖުމްލަ އާއެކު އެވްލީންގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލައިފިއެވެ. އަކިޔަސް އާއި އެހާ ކައިރީގައި ހުރުމުގެ ނަސީބު ލިބުމުން އެވްލީންގެ މުޅި ހަށިގަނޑުވަނީ ފިނިވެފައެވެ. ދުވަހަކުވެސް މިހާ ބޮޑު އުފަލެއް ލިބުނު ހެނެއް ހިޔެއް ނުވެއެވެ. ހިތުގެ ތެޅުން އިންތިހާއަށް އަވަސް ވެފައި ވާއިރު ވަރުގަދަ ތޫފާނެއް ހިތުގައި އުފައްދާލާފައި ވެއެވެ. ” ލީން ، އައި ވިލް ކަމް އިން ފައިވް މިނެޓް… ޑޯންޓް ގޯ އެނީ ވެއާރ…. ” އެވްލީންގެ އުނަގަނޑުގައި ވަށާލެވިފައިވާ އަތް ދުރުކޮށްލަމުން އަކިޔަސް ހިނގައިގަތީ ދުރުގައި ހުއްޓިލައިގެން ތިބި އެކުވެރިން ތަކަކާއި ބައްދަލު ކުރާށެވެ. އަކިޔަސް ދިއުމާއެކު ، ނުދަންނަ ބައެއްގެ ތެރޭގައި ހުންނަން ވުމުން އެވްލީން ފޫހިވާގޮތް ވިއެވެ.
އެވްލީން ޑްރިންކް ސްޓޭންޑާއި ދިމާއަށް ލުއި ފިޔަވަޅު ތަކެއްގައި ގޮސް ހުއްޓިލަމުން ކޯކް ތަށްޓެއްނަގައި ތުންފަތުގައި ޖައްސާލިތަނާ ސިއްސައިގެން ދިޔައީ އިމާ އައިސް ހަޅޭއްލަވައި ގަތުމުންނެވެ. ކޮށިއަރައިގެން އެވްލީން ކެއްސަމުން ގޮސް މަރުވާވަރު ވިއެވެ. ” އީމް… މިތާ ކީއްތިކުރަނީ ؟ ” ކެއްސުންގަނޑު މަތަކުރަމުން އެވްލީން ޙައިރާންކަމާއެކު ވާހަކަ ދެއްކިއިރު އެލޮލުން ކަރުނަ ހިލިފައިވެއެވެ. ” ގެސް ވަޓް… ” އީމާ އުފާވެފައި ހުރިވަރުން އޭނަގެ ދެފައި ބިމުގައި ވެސް ހަރުލާ ގޮތެއް ނުވިއެވެ. ” އީމް ތިހުރީ ހާދަ އުފާ ވެފައޭ…. ދެޓް މީންސް ސަމްތިންގް ބިގް ހެޕެންޑް… ” އެވްލީން ފެން ފޮދަކުން ކަރުތެރެ ތެތްމައިލަމުން އަހާލައިފިއެވެ. ” ލީންއަށް ބްލީވް އެއްވެސް ނުވާނެ… އެޑްވިން ޕްރޮޕޯސްޑް މީ ! ” އީމާ ހުރިހާ ދަތްތައް ފެންނަވަރުގެ ފުޅާ ހިނިތުން ވުމަކާއެކު ބުނެލިއެވެ. ” ކޮންގްރާ… ” އެވްލީން އީމާގެ ގައިގައި ބައްދާލިއެވެ.
” ލީންއަށް ފުރަތަމަ ވެސް މިގުޑް ނިއުސް ދޭންވެގެން ހުއްޓާ ލީން މިތަނުން ފެނުނީމަ އަވަސް އަަވަހަށް ޑީންއަށް އެކްސްކިއުޒްއެއް ދައްކާލާފަ މިއައީ… ” އީމާ ޑްރިންކް ސްޓޭންޑް ކައިރީގައިވާ އުސް ގޮނޑިއެއްގައި އިށީނެވެ. ” އައެމް ސޯ ހެޕީ ފޯރ ޔޫ… ” އެވްލީން މެހުމާނުންގެ ތެރެއަށް ނަޒަރު ހިންގާލަމުން ބުންޏެވެ. އަކިޔަސް ފެންނަން ނެތުމުން އެވްލީން އަނެއްކާވެސް މުޅިތަނަށް ފުންނަޒަރެއް ހިންގާލިއެވެ. ” ލީން ފްރެންޑެކޭ ކިޔާފަ ދޮގު ހަދާލައިގެން ހުއްޓާ މިރޭ ބަސްޓްވެއްޖެ އެއްނު…. އައި ސޯ ޔޫ ވިތް ދެޓް ބޯއި… ” އީމާ ލާނެއް ރާގަކަށް ބުނެލި ޖުމްލައިން އެވްލީންއަށް ސިހިފައި އީމާއާއި ދިމާއަށް ބަލައިލެވުނެވެ. ” އީމް ލޮލަށް ފެންނަ ކޮންމެކަމެއް ހަޤީޤަތަކަށް ނުވެ ހިނގައިދާނެ… ހީ އިސް ޖަސްޓް އަ ފްރެންޑް… ” އެވްލީން ނުތަނަވަސް ވެފައިވާވަރުން އޭނަގެ އަޑުވެސް ނުކުތީ ނުހަނު އުނދަގުލާ އެކުއެވެ. ” ސަމްތިންގް އިސް ފިޝީ… ” އެވްލީންގެ މޫނުގައި ވިދަންފެށި ދާތިކިތަކާއި އެމޫނަށް އަރާފައިބަމުން ދިޔަ ކުލަތައް އީމާ ފަސޭހަ ކަމާއެކު ދެނެގެންފިއެވެ.
އީމާގެ ސުވާލުތަކުން އެވްލީންއަށް ރެކިގަނެވުނީ އެޑްވިން އައިސް އީމާ ގޮވައިގެން ދިއުމުންނެވެ. އީމާ ދިއުމާއެކު އެވްލީންއަށް ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެވްލީން ލިވިންގް ރޫމް ހޯދާ ނިމުނު އިރުވެސް އަކިޔަސް ފެންނަގޮތެއް ނުވިއެވެ. މާހައުލު ތެރޭގައި އަޑުގަދަ ވުމުގެ ސަބަބުން އެވްލީން ހޭންޑް ބޭގްއިން ފޯނު ނަގަމުން ބޭރަށް ނުކުތެވެ. އޭރު ފަތިހަށް ފޮޅިފައިވާ ފިނިފެން މަލެއްގައި ޝަބްނަމް ތިކިތަކެއް ވިދާހެން އެވްލީންގެ މޫނުގައި ދާތިކިތައް ވިދަމުން ދިޔައެވެ.
އަކިޔަސްއަށް ދެތިން ފަހަރު ގުޅުމުންވެސް އޭނަ ފޯނު ނުނެގުމުން އެވްލީން ކަންބޮޑުވާ ގޮތްވިއެވެ. އެވްލީންގެ ސިކުނޑިއަށް ވާން ކުރަމުން ދިޔަ ޚިޔާލުތަކުން އޭނަގެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ. އަކިޔަސް ހަނދާން ނެތިވެ އޭނަ ބަހައްޓާފައި ގެއަށް ދިޔައީ ހެއްޔެވެ ؟ އެވްލީން އަކިޔަސްއަށް ގުޅަން ބޭކާރު މަސައްކަތް ކުރަމުން ގޮސް އެގޭގެ ގޭޓުން ބޭރަށް ނުކުތެވެ. މަރުދަފަ ހަމަހިމޭންކަން ވެރިވެފައިވާ މަގުތަކުގައި ވަޔާއެކު ރީސައިކަލް ބިން ތަކުގައިވާ ކުނިތައް އުދުހެމުން ދިޔައިރު ދުންފިނީގެ ސަބަބުން ތަނެއް ދޮރެއް ވަކިވާވަރެއް ނުވެއެވެ. އެވްލީން މަގުގެ ދެފަރާތް ހޯދާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. ސްޓްރީޓް ލައިޓްތަކުގެ ފަނޑުއަލިކަން ފެތުރިފައި ވީނަމަވެސް އެވްލީން ބޭނުންވާ ވަރަށް އަލިކަން ނެތުމުން އޭނަ ހުރީ ހިނގަންވެސް ބޭނުން ނުވެފައެވެ.
އެވްލީން މަގުން ހިނގާލާފައި ދިޔައިރު އޭނަ އިރު އިރު ކޮޅާ މަގުގެ ދެފަރާތަށް ނަޒަރު ހިންގާލައެވެ. ވައި ބާރުވުމުގެ ސަބަބުން ފަޒާ ކުރިއަށް ވުރެ ފިނި ކޮށްލާފައި ވުމުން ހީވަނީ އެންޓާރޓިކާގައި އުޅޭވޭ ހެންނެވެ. ކުއްލިޔަކަށް ވިދާލި އަލިގަދަ ވިދުވަރާއެކު ހީވީ ލޮލުގެ ފެނުމުން މަހްރޫމްވެގެން ދިޔަ ހެންނެވެ. އެވްލީންއަށް ކުޑަ އިރުކޮޅެއް ވަންދެން ޖެހި ބުދެއްހެން ހުއްޓުން އަރާފައި ހުރެވުނެވެ. އޭނަގެ ހުރިހާ ހިއްސެއް މަސައްކަތް ކުރަން ފެށީ ކުޑަ އިރުކޮޅެއް ފަހުންނެވެ. ލައިޓްނިންގްގެ ސަބަބުން އިންސާނުންނަށް ދިމާވާ ހެލްތް ހެޒާޑްސްތައް މަތިން ހަނދާން ވުމާއެކު އެވްލީން އަވަސް އަވަހަށް ހިނގައިގަތީ ޕާޓީ އޮތް ގެއާއި ދިމާއަށެވެ. ޑޮކިއުމެންޓަރީ ފިލްމްތަކުން އޭނައަށް ފެނިފައިވާ މަންޒަރު ތަކުން ލައިޓްނިންގް އިން ގެއްލުންތައް ލިބިފައިވާ މީހުންގެ ގައިގައި އަޅާނެ ވޭން ތަސައްވަރު ކުރެވޭ ވަގުތު ތަކުގައި އެހިތުގައި ތޫނު ރިހުމެއް އުފައްދާލައެވެ.
ކުއްލިޔަކަށް ރީސައިކަލް ބިނެއްގެ ތެރެއިން ބޭރަށް ފުންމާލި ކަޅު ބުޅަލެއްގެ ސަބަބުން އެވްލީންއަށް ހީވީ މެޔަށް ފިނި ފެން އެއްޗެއް އޮއްސައިލެވުނު ހެންނެވެ. ހިތް ނުހަނު ބާރަށް ތެޅެމުން ދިޔައިރު މޭގަނޑު ފަޅާލާފައި ހިތް ނުކުމެދާނެހެން ހީވެއެވެ. އެބުޅާ ” ހިސް ” އޭ ކިޔާފައި އެސޮރުގެ ހަށިގަނޑުގެ ހުރިހާ ކެހެރިތަކެއް ކޮޅަށް ޖަހާލައިގެން ހުރި ގޮތަކުން ކޮންމެ މީހަކުވެސް ބިރުން ހަލާކުވެގެން ހިނގައިދާނެއެވެ. ހީވަނީ ކުޑަ ވެއާރވުލްފްއެއް ހެންނެވެ. އެވްލީންއަށް ހަޅޭއްލަވަންވެސް ހަނދާންވީ އޭގެ ކުޑަ އިރުކޮޅެއް ފަހުންނެވެ. ކަރު ފަޅައިގެން ދާހާ ބާރަށް އެވްލީން ހަޅޭއްލަވައިގަތް ވަގުތު އެބުޅާވެސް ސިހުނެވެ.
” ޔޫ ސްކެއާޑް ދަ ހެލް އައުޓް އޮފް މީ… ” އަކިޔަސް ބާރަކަށް ހިނގާލާފައި އައިސް އެވްލީންއާއި އަރާހަމަކުރަމުން ވާހަކަ ދެއްކިއެވެ. އެވްލީންއަށް ބޭއިހްތިޔާރުގައި އަކިޔަސްގެ ގައިގައި ބައްދާލެވުނީ ގެންފައި ހުރި ބިރެއްގެ ސަބަބުންނެވެ. އަކިޔަސް ނުފެނިގެން ހޯދަން އުޅުމުން އޭނައަށް ކުރިމަތި ލާން މިޖެހުނީ ވަރުގަދަ ނައިޓްމެއާރ އަކާއިއެވެ. ” ލީން ސްޓްރޯންގް ނުވިއެއްނު… ކުޑަކުޑަ ކިޓެންއެއް ފެނުމުން ތިހުރީ ހާޓް އެޓޭކެއް ޖެހޭ ހިސާބަށް ގޮއްސަ…. ” ރޫރޫއަޅަމުން ދިޔަ އެވްލީންގެ ހަށިގަނޑުގެ ސަބަބުން އެވްލީން ބިރުގެންފައި ހުރިވަރު އަންދާޒާ ކޮށްލެވުމާއެކު އަކިޔަސް ބޭނުންވީ އެވްލީން ހަމައަކަށް އަޅުވާލާށެވެ. އޭރު އެބުޅާ ބާރަކަށް ދުވެލާފައި ގޮއްސިއެވެ. އެވްލީންއަށް މަޖާވީ އަކިޔަސް ” ކިޓެން ” އެކޭ ބުނުމުންނެވެ.
” ދެޓް ވޯސް ނޮޓް އަ ކިޓެން… ” އެވްލީން އަކިޔަސްއާއި ދުރަށް ޖެހިލަމުން ބުނެލިއެވެ. އޭރު އެކޯތާފަތަށް ވެރިވެފައިވަނީ ޖަންބު ކުލައެވެ. އަކިޔަސްގެ އަތުގެ ހިމާޔަތް ލިބުނު ވަގުގައިވެސް އޭނަ އެދައަތުގެ ތެރެއަށް ވިރިގެން ދާން ބޭނުންވިއެވެ. އަކިޔަސް ބޭނުންކޮށްގެން ހުރި ސެންޓް ވަހުންވެސް އޭނަގެ ސިކުނޑީގައި ވާހާ ބިރުވެރި ހަނދާންތައް ވައިގެ ތެރެއަށް ބުރައިގެން ދިޔައެވެ. އޭނަގެ ހިތުން އަކިޔަސްއަށް ހާއްސަ މަގާމެއް ދެވިފައި ނޫވާނަމަ މިހެންވެސް ނުވާނެއެވެ. އަކިޔަސްގެ ކޮންމެ ހަރަކާތަކަށް އޭނަ ފިދާވެގެން ދިއުމުގެ ފަހަތުގައި ކޮންމެވެސް ކަމެއް ވާނެއޭ އޭނަގެ ޞަމީރު ތަކުރާތުކޮށް ބުނަމުން ދިޔައެވެ. ނަމަވެސް އެވްލީންއަށް އެކަމާމެދު އެހާބޮޑަށް ވިސްނައެއް ނުލެވުނެވެ. ” ޕުއާރ ތިންގް…. ލީން ސީރިއަސްލީ ސްކްރީމިންގް ވޮލިއުމް ދަށްކޮށްބަލަ… ލީން ނުފެނިގެން ހޯދަމުން ދަނިކޮށް ލީން ހަޅޭއްލަވައިގަތް އަޑަށް ހީކުރީ ލީންއަށް ބޮޑު ކަމެއް ދީމާވީކަމަށް… ” އަކިޔަސް އިސްތަށިގަނޑަށް އަތުގެ އިނގިލިތައް މަހައިލަމުން ބުނެލިއެވެ. ސްޓްރީޓް ލައިޓްތަކުގެ ފަނޑުއައްޔާއި ދުންފިނީގެ ސަބަބުން އަކިޔަސް ފެންނަމުން ދިޔަ ގޮތް ކުރިއަށް ވުރެ ރީއްޗެވެ. ކަޅާއި ހުދުކުލައިގެ ސުއިޓްގައި އަކިޔަސް ފެންނަމުން ދިޔައީ ވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައެވެ. ” އައި ވިލް ތިންކް އެބައުޓް އިޓް… ” އަކިޔަސްގެ ޖުމްލައިން އެވްލީންގެ ރަނގަޅަށް ވެސް ރަކިވިއެވެ.
ހެނދުނުގެ ވަގުތެވެ. އެވްލީން ޔުނިވާރސިޓީއަށް ދާން ތައްޔާރު ވެލައިގެން ކޮޓަރިން ނުކުމެގެން ގޮސް ލިވިންގް ރޫމް ސޯފާގައި ފޮތްތަކާއި ހޭންޑްބޭގް ބާއްވަމުން ހިނގައިގަތީ ބަދިގެއާއި ދިމާއަށެވެ. އެވްލީން ބަދިގެއަށް ވަންއިރު ހެނދުނުގެ ސާންތާ ތައްޔާރު ކުރަން މެއިޑުންތަކެއް އަވަދިނެތި އުޅެއެވެ. ” ގުޑް މޯރނިންގް މޭމް… ” ލޫސީ އެވްލީން ފެނުމާއެކު އަދަބު ވެރިކަމާއެކު ބުނެލިއެވެ. އެވްލީން ހިނިތުން ވުމަކާއެކު ގޮސް އައިސް އަލަމާރި ހުޅުވާލާފައި ފެންފުޅިއެއް ނަގައިގެން ތަށްޓަކަށް ފެން އަޅައިލަމުން އެބޯން ފެށިއެވެ. ” މޭމް… ބްރެކްފާސްޓް އިސް ރެޑީ… ” ލޫސީ ޑައިނިންގް ޓޭބަލް މަތީގައި ސްޓްރޯބެރީ ޕައިއެއް ބަހައްޓަމުން ވާހަކަ ދެއްކިއެވެ. ޑައިނިންގް ރޫމް ހުންނަނީ ބަދިގެއާއި ކައިރީގައި ކަމަށް ވުމާއެކު ބަދިގެއިން ލާފައި ޑައިނިންގް ރޫމަށް ދެވޭ ގޮތަށް ހަދާފައި ހުރެއެވެ.
” ގުޑް މޯނިންގް ލީން…. ” އެވްލީން ޑައިނިންގް ޓޭބަލްއާއި އަރާ ހަމަވީތަނާ އަކިޔަސް އައިސް އެވްލީންއާއި އަރާ ހަމަކުރަމުން ބުނެލިއެވެ. އެވްލީން ހިނިތުންވެލަމުން ގޮނޑީގައި އިށީނެވެ. ” މޯމް މިއަދު ގުޅި…. މޫސުން ގޯސްވީމަ ފުރުން ލަސްވެއްޖެ ވާހަކަ ބުނަންވެގެން… ” އަކިޔަސް ސްޓްރޯބެރީ ޕައިއިން އެތިކޮޅެއް ކައިލިއެވެ. ” ދެން ކޮން ދުވަހަކުތަ އާންޓްމެން އަންނަނީ ؟ ” އެވްލީން އަވަސް އަވަހަށް އެހިއެވެ. ” މޭއިބީ އާފްޓާރ ތްރީ ޑޭއިސް… ” އަކިޔަސް އެވްލީންއާއި ދިމާއަށް ބަލައިލަމުން ބުންޏެވެ.
މިއަދު އެކްސްޓްރާ ލެސަންސްތައް އޮތުމުގެ ސަބަބުން ކްލާސްތައް ނިމުނީ ރޭގަނޑުވެފައި ވަނިކޮށެވެ. އެވްލީން ކްލާހުން ބޭރަށް ނުކުތް ވަގުތު އީމާ އެވްލީން ދަމަމުން ކަހަލަ ގޮތަކަށް ހިނގައިގަތީ ލައިބްރަރީއާއި ދިމާއަށެވެ. ” އީމް ދޫކޮށްބަލަ… މިހާރުވެސް ވަރަށް ލަސްވެއްޖެ… ކިޔާ ހުންނާނެ ލަސްވެގެން…. ” ލައިބްރަރީއަށް ވަންނަމުން އެވްލީން މަޑުމަޑުން ބުނެލިއެވެ. ” ހޫމްމްމްމް… ލާސްޓް ނައިޓް ސުވާލު ނުކުރެވެނީސް ލީން ސަލާމަތްވެއްޖެ… އެނީވެއިސް މާދަމާ ކޭމްޕް ޓްރިފަކު ދާން މިއުޅެނީ، ލީންވެސް ދާން ޖެހޭނެ ވިތް ދެޓް ބޯއި… ” އީމާ ބުކް ޝެލްފްތަކުން ފޮތެއް ހޯދަން ފެއްޓިއެވެ. ” ނޭގޭ ދެވޭނެ ކަމެއް… އާންޓްމެން ތިބީ ސްކޮޓްލޭންޑްގައި ، ކިޔާ ނުދާނެހެން ހީވަނީ… އާފްޓާރއޯލް ހީއިސް ނޮޓް ފްރެންޑްލީ ވިތް އަސް… ” އެވްލީން ބޭނުންވީ ވީހާވެސް އަވަހަކަށް އެތަނުން ދާށެވެ. ” ދެން އެކްސްކިއުޒް ނުދައްކަބަލަ ލީން އިޓް އިސް ފައިނަލްޑް ޔޫ އާރ ކަމިންގް… ” އުނަގަނޑުގައި ދެއަތް ވިއްދާލަމުން އީމާ ބުނެލިއެވެ. އެވްލީންގެ ޖުމްލައިން އީމާ ޝައުޤުވެރި ކަމާއެކު ހޯދަން އުޅުނު ފޮތް މަތިންވެސް އޭނަ ހަނދާން ނެތުނެވެ. ” ފައިން… އަހަރެން ކިޔާއާ ވާހަކަ ދައްކާލާނަން… ބަޓް ނޮޓް ފައިނަލްޑް އިނގޭ… ” އެވްލީން ބުންޏެވެ.
އީމާ ބޭނުންވާ ފޮތް ފެނުމާއެކު އީމާއާއި އެވްލީން ހިނގައިގަތީ ލައިބްރަރީން ބޭރަށް ނުކުތުމަށެވެ. ” ހޮރޯ ސްޓޯރީ އެކޭމީ… ނުކިޔާނަން ތަ ؟ ” އީމާ އޭނަގެ އަތުގައި އޮތް ” ދަ ޓާރން އޮފް ސްކްރިއު ” ވާހަކަ ފޮތް ދައްކާލިއެވެ. ” ނޯ ވެއިސް… ތި ކިޔައިގެން ދެން އޮތްނާނީ މަންތެއް ވަންދެން ނުނިދިގެން… ” ހިނިތުންވެލަމުން އެވްލީން އީމާގެ އަތުން ވާހަކަ ފޮތް އަތުލަމުން ބުކް ސަމަރީ ކިޔާލައިފިއެވެ. ” އޯކޭ… މާދަމާއަށް ރެޑިވެގެން ހުންނައްޗޭ… ” ޕާކިންގް އޭރިއާ ކައިރިއަށް ދެވުމާއެކު އީމާ ހިނގައިގަތީ އެޑްވިން ކައިރިއަށް ދިއުމަށެވެ.
” ދާންވީ ދޯ ؟ ” ކާރަށް ލެނގިލައިގެން ހެޑްސެޓް އަޅައިގެން ލަވަ އަޑުއަހަން ހުރި އަކިޔަސްއަށް އެވްލީން ފެނުމާއެކު އަހާލައިފިއެވެ. އެވްލީން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަކިޔަސް ކާރަށް އެރުމާއެކު އެވްލީން އަކިޔަސްގެ ފަހަތުން ގޮސް ކާރަށް އެރިއެވެ. ކާރު ދުއްވާލަމުން އަކިޔަސް އޭނަ އަޅައިގެން ހުރި ހެޑްސެޓް ނަގަމުން ބެކްޕެކް ތެރެއަށް ކޮށްޕާލިއެވެ. ބާރު ދުވެއްޔެއްގައި ކާރު ދުއްވަމުން ދިޔައިރު ހިތްގައިމު ރީތި ލަވައެއްގެ އަޑު ކާރު ތެރެއަށް ފެތުރިފައި ވެއެވެ. މަގުގެ ދެފަރާތުގައި ހެދިފައިވާ ގަސްތަކުގައި ނިވިދިއްލޭ ބޮކިތަކެއް ހަރުކުރެވިފައި ވާއިރު މަޑުމަޑުން ބޮކިތައް ދިއްލިފައި ނިވިގެން ދާއިރު ރީއްޗެވެ. ފެސްޓިވަލްސް ތަކަށް ގެތަށް ޒިނަތްތެރި ކުރެވިފައި ވުމުން ގެތަކުގެ ރީތިކަން ކުރިއަށް ވުރެ އިތުރުކޮށް ދީފައިވެއެވެ. ގިނަ މީހުންނަށް ފިނިމޫސުން ރަނގަޅު ނުވިނަމަވެސް ފެންނަ ޤުދުރަތީ ރީތި މަންޒަރު ތަކުން ހިތްތަކަށް ފިނިކަން ގެނެސްދޭނެއެވެ. ގެތަކުގެ ބޭރުގައި އަލިފާންގަނޑެއް ރޯކޮށްލައިގެން އާއިލާ މެންމަބަރުން އަލިފާންގަނޑު ކައިރީގައި އިށިންދެލައިގެން މަޖާކުރާ މަންޒަރު ތަކަށް އެވްލީންއަށް ބަލަހައްޓައިގެން އިނދެވުނެވެ.
” އިފް އަވާރ ލަވް ވޯސް އަ ފެއަރީ ޓޭލް… އައި ވުޑް ޗާރްޖް އެންޑް ރެސްކިއު ޔޫ…. އޮންއަ ޔޮޓް ބޭބީ ވީ ވުޑް ސެއިލް… އޮން އޭން އައިލޭންޑް ވީޑް ސޭއި އައި ޑޫ… އެންޑް އިފް ވި ހެޑް ބޭބީސް ދެއި ވުޑް ލުކް ލައިކް ޔޫ…. އިޓް ވުޑް ބީ ބިއުޓިފުލް އިފް ދެޓް ކަމްސް ޓްރޫ… ޔޫ ޑޯންޓް ނޯ ހައު ސްޕެޝަލް ޔޫއާރ… ބްރެތްލެސް… ” އެވްލީން ކާރު ތެރޭގައި ގުގުމާލަމުން ދިޔަ ހިތްގައިމު ލަވަ މަޑުމަޑުން ކިޔަމުން ދިޔައެވެ.
” ޔޫ ހޭވް އަ ބިއުޓިފުލް ވޮއިސް… ” އަކިޔަސް ކާރުގެ ދުވެލި މަޑުކޮށްލަމުން އެވްލީންއާއި ދިމާއަށް ބަލައިލިއެވެ. އޮރެންޖް ކުލައިގެ ފަނޑު އައްޔެއް ކާރު ތެރޭގައި ރަސްކަން ކުރަމުން ދިޔައިރު އެއަލިކަމުގެ ތެރޭން އެވްލީންގެ މޫނު ރަތްވެގެން ދިޔަ ވަގުތު ހީވީ ރީތިކަން ހުސްކޮށްލާފައިވާ ޕަރީއެއް ހެންނެވެ. ” ވޮޗް ދަ ވޭއި ޔޫއާރ ގޮއިންގް…. ” އަކިޔަސްއަށް އެވްލީންގެ ރީތި މޫނުން ނަޒަރު ވަކިކޮށްލަން މަޖްބޫރްވީ ދުއްވާލާފައި އައި ކާރެއްގައި އިން މީހަކު ބާރަކަށް ހަޅޭއްލަވައި ގަތުމުންނެވެ. އަކިޔަސް އަވަސް އަވަހަށް ބްރޭކް ޖައްސާލިއިރު އެވްލީން އިނީ ނޭވާ ހިފަހައްޓާލައި ގެންނެވެ. އެވްލީން ދެލޯ ބޮޑުކޮށްލަމުން އަކިޔަސްއާއި ދިމާއަށް ބަލައިލިއެވެ. އޭރު ނޭވާލާންވެސް އެވްލީންއަށް އުނދަގޫ ވިއެވެ.
” އޮން ޓައިމް…. މިވަރު ވާނީ އޭންޖެލްއެއް ކައިރީގައި އިނީމަ….. ” އަކިޔަސް އެތޫނު ދެލޯ އެވްލީންއާއި ދިމާއަށް އަމާޒު ކޮށްލިއެވެ. އަކިޔަސްގެ ދެލޮލުގައި އެވާ ބާރެއްގެ ސަބަބުން އެވްލީންގެ ހިތުގެ ތެޅުން ހަލަބޮލި ކޮށްލައިފިއެވެ. ކުޑަ އިރުކޮޅެއް ކުރިން އެހިތުގައި ވަށާލެވުނު ބިރުވެރިކަމުގެ ފަރުދާތައްވެސް ސިކުންތު ކޮޅެއްގެ ތެރޭގައި ކެހިގެން ދިޔައެވެ. އަކިޔަސް އޭނައާއި އެކުވާނަމަ އޭނައަށް އަބަދު ހިމާޔަތާއި ރައްކާތެރިކަން ލިބެއެވެ. އެވްލީން ވާހަކައެއް ދައްކަން އުޅެފައިވެސް އެވާހަކަ ދައްކާނެހާ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. އަކިޔަސް ފުންނޭވާއެއް ދޫކޮށްލަމުން ކާރު ސްޓާޓް ކޮށްލައިފިއެވެ.
” މިއަދު އެޑްވިން ދެއްކި ކޮންމެވެސް ކޭމްޕެއްގެ ވާހަކަ… ހީ ޓޯލްޑް މީ ޓުކަމް ވިތް ޔޫ…. ” އަކިޔަސްގެ ސަމާލުކަން ހުއްޓިފައިވަނީ މަގުން ދުއްވަމުންދިޔަ އުޅަނދު ތަކަށެވެ. އަކިޔަސްގެ ޖުމްލައިން އެވްލީންއަށް ޙައިރާންކަމެއް ލިބުނެވެ. އޭނަ ދައްކަން އުޅުނު ވާހަކަ އަކިޔަސް ދެއްކުމުން އަކިޔަސްއަކީ މައިޑް ރީޑަރެއް ވާބައޭ އެވްލީންގެ ހިތަށް އަރަމުން ދިޔައެވެ. ” އާނ… މިވީކްގަ ކްލާސްތައް ކެންސަލް ވީމަ…. އެޑްވިންއަކީ ކިޔާގެ ފްރެންޑެއް ދޯ ؟ ” އެވްލީން އޭނަގެ އަތުގެ އިނގިލިތަކާއި ކުޅެލަމުން އަހާލައިފިއެވެ. ” ޔާހ… އެޑްވިން އިސް މައި ފްރެންޑް… ސޯ ލީން ބުނަނީ ކީކޭތަ ؟ ” އަކިޔަސް ވައްކަޅިން އެވްލީންއަށް ބަލައިލިއެވެ. ” އާންޓްއާ ވާހަކަ ދައްކާލާ… ” ނޯ މޯމް ކައިރީ ބުނެފިނަމަ މޯމް އެއްގޮތަކަށް ވެސް އެއްބަހެއް ނުވާނެ… ” އަކިޔަސް އެވްލީންގެ ޖުމްލަ މެދު ކަނޑައިލިއެވެ. މަންމަ ކައިރީގައި ކޭމްޕަށް ދާވަހަކަ ބުނެފިނަމަ މަންމަ ހުއްދަ ނުދޭނެކަން އަކިޔަސްއަށް ރަނގަޅަށް އިނގެއެވެ. އެވްލީން ވިސްނާލަމުން ދާނެކަމަށް ބުނުމުން އަކިޔަސް ހިނިތުން ވެލިއެވެ.
* * *
ޖެހިގެން އައި ދުވަހު ހެނދުނު އަކިޔަސްއާއި އެވްލީން ހުރިހާ އެންމެންނާއެކު ކޭމްޕަށްދާން ނައްޓާލިއެވެ. ކޭމްޕް އޮތީ ފަރުބަދަ ތަކުގެ ކައިރީގައިވާ ފޮރެސްޓެއްގައި ކަމަށް ވުމާއެކު ދިގު ދަތުރެއް ކުރަން ޖެހުނެވެ. ނަމަވެސް ފެންނަމުން ދިޔަ ޤުދުރަތީ ރީތި މަންޒަރު ތަކުން ދަތުރު ކުރުކޮށްދިނެވެ. ފަރުބަދަ ތަކުގެ ކައިރީގައި ހެދިފައިވާ ބިޔަ ގަސްތައް ފަތްތަކާއެކު ސްނޯއިން ބަރާވެފައި ވުމުން ލޯތަކަށް ފިނިކަން ގެނެސްދޭނެއެވެ. ދޫނި ސޫފާސޫފީގެ ރީތި މިޔުޒިކީ އަޑުން މާހައުލުގެ ހިމޭންކަން މުގުރާލާފައި ވާއިރު މަދުން ނަމަވެސް ކުލަކުލައިގެ ކޮކާތައް އުދުހޭ މަންޒަރު ފެންނަމުން ދިޔައެވެ. ފުއްލާ ، ޒަރާފާ ، މަސްކް – އޮކްސެން އަދި ބިގް ހޯރން ޝީޕްސްތައް ދުވެލާ މަންޒަރު ފެންނައިރު ހާދަ ހިތްގައިމެވެ. އެސޮރުމެން ދުއްވަމުން ދިޔަ ކާރުތަކަށް ބަލަހައްޓައިގެން ބިތޭ އިރު ހީވަނީ ބިރެއް ފެނިގެން ބަލަހައްޓައިގެން ތިބޭހެންނެވެ.
” ލަޔަންސް މެން ތިބޭނެތަ މިތާ ؟ ” އެވްލީން ކައިރީގައި އިށީންދެލައިގެން އިން އީމާ ފޮރެސްޓަށް ނަޒަރު ހިންގާލިއެވެ. ” ހުމްމްމްމް… މިތާ ލަޔަންސް އުޅޭނެ… ” އެޑްވިން އީމާއާއި ދިމާއަށް ބަލައިލަމުން އިނގިރޭސި ބަހުން ބުނެލައިފިއެވެ. ” ސީރިއަސްލީ ؟ ” އީމާ ނިކަން ފަސޭހަ ކަމާއެކު އެޑްވިން ދެއްކި ވާހަކަ ޤަބޫލު ކޮށްފިއެވެ. ” އީމް ހާދަ ސްޓުޕިޑްއޭ… މިތާ ނުތިބޭނެ ލަޔަންސް އެންޑް ބިގް ކެޓްސްތައް… ” އެޑްވިން ހިނިތުން ވުމަކާއެކު ވާހަކަ ދެއްކިއެވެ. ” ޑީން… ” އީމާ އެޑްވިންގެ ކޮނޑުގައި ބޮނޑިއެއް އަޅާލައިފިއެވެ. ” އައުޗް… ” އެޑްވިން އަނގަޔަށް ވައްތަރެއް ޖައްސާލައިފިއެވެ. މިމަންޒަރު ބަލަން ހެވިލާފައި އެވްލީން އިންއިރު އޭނަގެ ދެލޯ ވަނީ ގަދައްޕާނަށް ދަގަނޑު ދަމާ ބީދައިން އަކިޔަސްގެ ރީތި މޫނަށް ހުއްޓާލެވިފައެވެ. ރީނދޫ ކުލައިގެ އަތްދިގު ޓީޝާޓްގެ އަތްކުރި އޮޅާލާފައި ވާއިރު ޓީޝާޓް މަތިން ލައިގެން ހުރި ގަޔަށް ފިޓް ކަޅުކުލައިގެ ވެސްޓްގައި އަކިޔަސް ހޮލީވުޑް ސެލެބްރިޓީންނަށް ދުލެއް ނުކުރާނެއެވެ.
” ހޭއި ލީން ވޮންޑަރ ލޭންޑަށް ގެއްލިފަތަ ؟ ” އެވްލީންގެ އަތުގައި އީމާ ބާރަކަށް ވިކައި ގަތުމުން އެވްލީން ހަޅޭއްލަވަން އުޅެފައި ވެސް އަނގަމަތީގައި އަތް އަޅައި ބާރުކޮށްލިއެވެ. ” ނޫނޭ… އައި ވޯސް ލުކިންގް އެޓް ދީސް ބިއުޓިފުލް ސީނަރީސް… ” އެވްލީން އަތުން ދިލަ ނަގަމުން ދިޔަ ތަނުގައި އަތް ހާކައިލަމުން ބޭރަށް އިޝާރާތް ކޮށްލިއެވެ. ” ސީނަރީސް ތަކެށްތަ ބަލަނީ ނޫނީ ކިޔާއަށްތަ ؟ ” އީމާ ސަމާސާ ރާގަކަށް ވާހަކަ ދައްކިއެވެ. އީމާގެ ޖުމްލަ އަޑުއިވުމާއެކު އަކިޔަސް ކާރުގެ ފްރޮންޓް މިރާން އެވްލީން އަށް ބަލައިލިއެވެ. ” އީމް… ” އެވްލީން ރަކިވިވަރުން އެމޫނު ހީވަނީ އަނގުރު ކޮޅެއް ހެންނެވެ. އީމާ އެއްގޮތަކަށް ވެސް އޭނަ އެގޮތަށް ބޭޒާރު ކޮށްލާނެއޭ އެވްލީންއަށް ޤަބޫލުވެސް ނުކުރެވުނެވެ.
ކާރުތައް ގޮސް ފޮރެސްޓް ކައިރިއަށް މަޑުކޮށްލުމުން ހުރިހާ އެންމެން ކާރުތަކުން ފޭބިއެވެ. ޖުމްލަ ދިހަ ކުދިން ބައިވެރިވާ އެކޭމްޕް ގައި ތިބީ ހުސް ޖޯޑުތަކެވެ. ޓެންޓްތަކެއް ހަރުކޮށްލުމަށްފަހު ހުރިހާ ފިރިހެނުން ދިޔައީ ފޮރެސްޓުން ވަކަރު ހޯދާށެވެ. އީމާއާއި އެވްލީން އެކުއެކީގައި ތިބި އިރު އެލީސާ ފެނުމުން އެވްލީން ކުޑަކޮށް މޫޑް އޮފްވާގޮތް ވިއެވެ. އެލީސާ އަކިޔަސްގެ ފަސްފަހަތުން ހިޔަނިހެން އުޅުމުން އެހިތަށް އުނދަގޫވެއެވެ. ” އީމް އޭނަ މިތާ ކީއްކުރަނީ ؟ ދަންނަ ކުއްޖެއްވެސް ނޫނެއްނު… ” އެވްލީން ދެއަށް ޖޯޑު ކޮށްްލައިގެން ހުރެ އަތަށް ފުމެލިއެވެ. ފިޔާތޮށި ކުލައިގެ ބޮޑު ކޯޓަކާއި ސްނޯ ޕޭންޓެއްގައި އެވްލީން ހުރިއިރު ހީވަނީ ފިޔާތޮށި ކުލައިން ޖަރީވެފައިވާ މަލެއް ހެންނެވެ. ” ޑޯންޓް ނޯ… އޭނަ އިންވައިޓެއްވެސް ނުކުރަނީސް އައިސް އެއުޅެނީ… ” އީމާ ހިތްހަމަ ނުޖެހިފައިވާ ރާގަކަށް ބުނެލިއެވެ.
އީމާއާއި އެވްލީން އިރުކޮޅެއް ވަންދެން އެހެން ތިބުމަށްފަހު ދިޔައީ ހިނގާލުމަށެވެ. ބޮޑެތި ފަރުބަދަތައް ސްނޯއިން ބަރާވެފައި ވާއިރު ކައިރި ހިސާބުތަކުގައި ފޮޅިފައިވާ މާތަކުން ހީވަނީ ސްނޯމަތީގައި ކުލަކުލައިން ފެއިންޓް ކޮށްލާފައި ވާހެންނެވެ. ވަޔާއެކު ބޮޑެތި ގަސްތަކުގައިވާ ސްނޯތައް ފައިބައި ގަންނައިރު ނާމާން އަޑެއް ފަޒާގެ ތެރެއަށް ފެތުރިގެންދެއެވެ. އެތަނާއި ކައިރީގައި ކޯރެއް އޮންނައިރު ކޯރު ވަނީ ފުދޭވަރަކަށް ގަނޑުވެފައެވެ. އެވްލީން ކޯރުކައިރިއަށް ހުއްޓުނު ވަގުތު އީމާ އަހެކޭ ކިޔާފައި ހަޅޭއްލަވައި ގަތުމާއެކު ބޮޑެތި ގާތަކުގެ މަތީން އެވްލީން މޫނު ވަތަށް ނުވެއްޓުނީ ހަމަކިރިޔާއެވެ. އެވްލީން އަވަސް އަވަހަށް އީމާ އިޝާރާތް ކުރި ދިމާއަށް ބަލައިލިއިރު ކުޑަ ކުޑަ އައިސްލޭންޑިކް އަހެއް ކޯރުގެ ފެންގަނޑު ތެރެއަށް ބޯކޮށްފާލައިގެން އިނެވެ. އެވްލީން ހިޔާލެއް ފިކުރެއް ނެތި ހިނގައިގަތީ އަހާ ދިމާއަށެވެ. ” ލީން މޮޔަވީތަ ؟ އޭތި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ… ” އީމާ ބާރަކަށް ބުންޏެވެ. އެވްލީން އީމާގެ ވާހަކަތަކަށް ބީރުކަންފަތެއް ދިނުމަށްފަހު އަސް ކައިރިއަށް ހުއްޓުނެވެ. އެވްލީން އެސޮރުގެ ބޮލުގައި ފިރުމާލުމާއެކު އެސޮރު ތެޅިގެން ފިއެވެ. އީމާ އަޑުގެ ކޮޅަށް ހަޅޭއް ލަވައިގަތީ އެވްލީންއަށް ކަމެއް ވެދާނެތީއެވެ.
އެވްލީން މަޑުމަޑުން އަހުގެ ކެހިރި ތަކުގައި ފިރުމަން ފެށުމާއެކު ފާޑެއްގެ އަޑެއް ލައްވައިލަމުން އޭތީ އޮށޯތެވެ. އެވްލީން ހިނިތުންވުލައިގެން އެސޮރުގެ މޫނަށް ބޮސްދިނެވެ. ” އީމް އާދެބަލަ… ކިހާ ކިޔުޓް ހޯރސްއެއްމީ… ” އެވްލީން އަހުގެ ބުރަކަށީގައި ފިރުމާލިއެވެ. އީމާ ނުދާން ހުރެފައިވެސް އެވްލީން އޭނަ ނާންނަނީސް ހުއްޓާނުލާނެކަން އެނގުމާއެކު ލުއި ފިޔަވަޅު ތަކެއްގައި ގޮސް އެވްލީން ކުރިމައްޗަށް ހުއްޓުނެވެ. ” އޯހް ގޯޑް.. އަހަންނާ ދިމާ ކުރާނެ އެކަމަކު އީމްވެސް ފިނިޑި ވެއްޖެއެއްނު…. ” އެވްލީން ލާނެއް ރާގަކަށް ބުނެލިއެވެ. އީމާ ތުންކޮޅު އޫކޮށްލަމުން އަހުގައި ފިރުމާލަން އުޅުނު ވަގުތު އެސޮރު އީމާއާއި ދިމާއަށް ބަލައިލުމާއެކު އީމާ ދިޔައީ ސިއްސައިގެންނެވެ. ” އެއްވެސް ކަމެއް ނުވާނެޔޭ… ” ގަދަކަމުން އީމާގެ އަތް ގެންގޮސް އަހުގެ ބަލޮގައި އެވްލީން ޖެއްސިއެވެ. ” ސޮފްޓް.. ” އީމާ މަޑުމަޑުން އަތް ހިންގާލަމުން ބުނެލިއެވެ. އެވަގުތު ކޭމްޕަށް އައި ހުރިހާ އެންމެން އެތަނަށް އައުމާއެކު ބިރެއް ފެނުމާއެކު ފިލާ ރައްކާވާ އުސޫލުން އަސް ބާރަކަށް ދުވެލާފައިގޮސް ފޮރެސްޓް ތެރެއަށް ވަނެވެ.
” އީމް ހާދަ ބާރަކަށް ހަޅޭއްލަވައިގަތީ ؟ ބެއާރ އެއް ފެނުނީކަމަށް އަހަރުމެން ހީކުރީ… އެކަމަކު ކުޑަ ހޯރސްއެއް ފެނިގެން ވީވަރު ތީ… ”
* * *
ރޭގަނޑުގެ އަނދިރިކަން ދުރުދުރަށް ދާންދެން ފެތުރިފައި ވުމުން ފެންނަމުން ދިޔައިރު ހީވީ ކަޅުކުލައިގެ ފަރުދާތަކެއް ދަމާލެވިފައި ވާހެންނެވެ. އަނދިރީގެ ތެރޭން ހުދުކުލައިގެ ކްރިސްޓަލް ތަކެއްހެން ސްނޯ ފެންނަމުން ދިޔައިރު ފިނިފިނި ވައިރޯޅި ތަކާއެކު އަޅުވާލަމުން ދިޔަ ނާނާގެ ރީތި މިޔުޒިކީ އަޑަށް ނައިޓް ސިންގިންގް ބާޑްތަކުން ވަނީ އާދިރުމެއް ގެނެސްދީފައެވެ. އަޑުއަހަން އެމިޔުޒިކް އެހާ ހިތްގައިމެވެ. ފިނި މޫސުމުގެ ފެސްޓިވަލްތައް ކައިރިވެފައި ވާތީ ދޭތެރެއަކުން ފަޒާގެ ތެރޭގައި ފަޔާވޯކްސްތަކުން ފަތުރާލާ ޖާދޫތަކާއެކު ރީތި ޑިޒައިންތަކެއް ފަޒާގެ ތެރޭގައި ކުރަހާލައެވެ. ދުން ފިނީގެ އަސަރު ފަނޑުވެފައި ވިޔަސް ޖެހެމުން ދިޔަ ފިނި ފިނި ވައިރޯޅި ތަކާއެކު ހަށިގަނޑުގައި ދައުރުވަމުން ދިޔަ ލޭވެސް ގަނޑުވެދާނެހެން ހީވެއެވެ.
ހުދުކުލައިގެ ބޮޑު ހަތަރު ޓެންޓްގެ މެދުގައި ބޮޑު އަލިފާންގަނޑެއް ރޯކޮށްލާފައި ވާއިރު ހުދުކަން ގަދަ ސްނޯގެ މަތީގައި ރަތްކުލައިގެ ދޫލަތައް ފަތުރާލާފައި އޭގެ މަތީގައި ފްރުޓް ބާސްކެޓް ތަކެއް ބަހައްޓާފައި ވެއެވެ. ގްރިލްޑް ޗިކެން ، ބީފް ބާގާރސް އަދި ބްލޫބެރީ ކުކީސް ތަކެއްވެސް ރަތްކުލައިގެ ދޫލަތައް މަތީގައި ބަހައްޓާފައި ވެއެވެ. ވަޔާއެކު ދެފަރާތައް ހުޅުގަނޑު ނަށަމުން ދިޔައިރު އަލިފާނުގެ ދަޅަތައް ވަނީ މުޅި ހިސާބަށް ފެތުރިފައެވެ. ހުރިހާ އެންމެން އަލިފާންގަނޑު ކައިރީގައި އިށީންދެލައިގެން މަޖާ ވާހަކަ އެއްގައި ތިބިއިރު އެވްލީން އިނީ އަކިޔަސްގެ ރީތި މޫނަށް ގެއްލިފައެވެ. އޮރެންޖް ކުލައިގެ އަލި އެމޫނަށް އެޅިފައި ވުމުން ހިތް ދަމައިގަންނަ ގޮތެއް ހުއްޓެވެ. އެފަން އިސްތަށިގަނޑުން ބައެއް ވަޔާއެކު ވިހުރިލާފައި އެނިތު މައްޗަށް ވެއްޓި ގަންނައިރު ބަލާ ފޫހިނުވާހާ ރީއްޗެވެ.
” ލެޓްސް ޕްލޭއި ޓްރުތް އޯރ ޑެއާރ… ” އީމާ ބޮޑު ބިއްލޫރި ފުޅިއެއް ހިފައިގެން އައިސް ހުރިހާ އެންމެންނާއި މެދަށްވާ ހިސާބުގައި ހުއްޓިލިއެވެ. ނުހަނު ފޯރިއާއެކު އެގޭމް ކުރިއަށް ދިޔައިރު ކޮންމެ މީހަކުވެސް ކެތްތެރި ކަމާއެކު އިންތިޒާރު ކުރަމުން ދިޔައީ އެމީހެއްގެ ބުރު އަންނާނެ ވަގުތަކަށެވެ. ފުޅި އެނބުރިލާފައި އެވްލީންއާއި ދިމާއަށް ހުއްޓުމާއެކު އެވްލީން އެތެރެއަށް ލާން އުޅުނު ނޭވާވެސް އެތެރެ ހަށީގައި ތާށިވެގެން ދިޔައެވެ. ހާސްވެގެން ދިޔަ ވަގުތު އެވްލީންގެ ދޮން މޫނުގައި ދާތިކިތައް މޫތިތަކެއްހެން ވިދަން ފެށިއެވެ. ގަނޑު ފެން ކޮޅެއްހާ ފިނި ދެއަތް ޖޯޑު ކޮށްލައިގެން މަޑުމަޑުން ގެންގޮސް ހިތާއިވީ ފަޅީގައި އެވްލީން ޖައްސާލައިފިއެވެ. އޭރު ބާރުވެފައިވާ އޭނަގެ ހިތުގެ ތެޅުންވެސް އިހްސާސްވެގެން ދިޔައެވެ. ކުރީ ފަހަރަކުވެސް ޓްރުތް ނަގައިގެން އޭނަ ކުރިމަތިލާން ޖެހުނު ސުވާލުތައް މަތިން ހަނދާން ނައްތާ ނުލެވޭނެއެވެ. ” އޯހް ވާއު… ގެސް ހޫއިސް އިޓް… ލީން ވަޓް އިސް ޔޯރ ޗޮއިސް ؟ ” އީމާ އެވްލީންއާއި ދިމާއަށް ބަލައިލިއެވެ. އޭރު ހާސްވެފައިވާ އެވްލީން ފެނުމާއެކު އެތުންފަތުގައި ލާނެއް ހިނިތުންވުމެއް ކުޅެލައިފިއެވެ.
” ޑެއާރ… ” އީމާގެ ސުވާލުތަކުން ސަލާމަތްވާނެ ހަމައެކަނި ގޮތަކީ އެއީކަމަށް އެވްލީންއަށް ވިސްނުނެވެ. ނަމަވެސް އޮޅުމެއްގެ ތެރޭންވެސް އެވްލީންއަށް ކުރެވުނީ މޮޔަކަމަކެވެ. އޭނައަށް ދެން ކުރިމަތި ލާންޖެހޭނެ ކަމަކާއި މެދު ވިސްނާލިނަމަ އެވްލީންއަށް އެހެން ނުބުނެވުނީހެވެ.
” ގުޑް… ލީންގެ ޓާސްކަކީ ކިޔާއާއި ފްރެޗް ކިސްއެއް ކުރުން… ” އީމާ އޭނަ ކައިރީގައި އިށީންދެލައިން އިން ދެ އެކުވެރިން ކަމުގައިވާ އީންއާއި ވިއޭންއާ ސިއްރު ވާހަކައެއް ދައްކައިލިއެވެ. އީމާގެ ޖުމްލައިން އެވްލީން ސިހުނެވެ. ދެލޯ ބޮޑު ކޮށްލަމުން އީމާއާއި ދިމާއަށް ބަލައިލިއިރު އެވްލީންގެ މުޅި މޫނު ހީވަނީ ރަތްކުލައިގެ މޭވާތަކުން ބަރާވެފައިވާ ގަހެއް ހެންނެވެ. މޫނު ގަނޑު ލޭކޮޅެއްހެން ފެންނަމުން ދިޔައިރު ކުރިއަށް ވުރެ ރީތިކަމަށް ދައްކައެވެ.
” ނޯ ނޯ ނޯ… ދެޓް އިސް ގޮއިންގް އެގެއިންސްޓް ރިލީޖަން…. އީމް އެހެންކަމެއް ކުރަން ބުނެވިދާނެ އެއްނު …. ” އަކިޔަސް އެވްލީންގެ މޫނަށް ނަޒަރު ހިންގާލިއިރު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. އެރީތި އަޅިކުލައިގެ ދެލޮލުގެ ސަބަބުން ވަރުދަގަ ޒަލްޒަލާތަކެއް އެވްލީންގެ ހިތުގައި އުފައްދާލިއެވެ. ބްލެކް ހޯލްއަކަށް އެއްޗި ދަމާ ފޯސްއާ އެއްވަރަށް އެވްލީން އެދެލޮލުގެ ތެރެއަށް ދަމައިގެން ދިޔައެވެ. ކޮންފަދަ ޖާދޫއެއް ހެއްޔެވެ ؟ އޭނަ ކިތަންމެ ވަރަކަށް އަކިޔަސްގެ ނަޒަރުން ސަލާމަތްވާން ބޭނުން ވިޔަސް ދުވަހަކުވެސް އެކަމެއް ނުކުރެވެއެވެ.
” އީމްއާ މެރީ ކުރަން ވާއިރަށް ދާނީ ކިޔާ ކައިރިއަށް އިސްލާމް ދީނާ ބެހޭގޮތުން އިންފޮމޭޝަން ހޯދަން… އީމް މޭއިބީ އަ ބޭޑް ޓީޗާރ… ” އެޑްވިން އަކިޔަސްގެ ކޮނޑަށް އަތް ވައްޓާލިއެވެ. އެޑްވިން މިހާރުވެސް އިސްލާމް ދީނާ ބެހޭގޮތުން ތަފާތު ކަންތައްތައް ހޯދަންވެސް ފަށައިފިއެވެ. ” ފައިން ޑީން ބޭނުންވާ ގޮތެއް…. އެކަމަކު ލީންއަށް ކިޔާގެ ޗީކްއަށް ކިސްއެއް ދެވިދާނެ އެއްނު… ޕްލީސް ލީން ޑޫ އިޓް… ” އީމާ ތުންކޮޅު އޫކޮށްލަމުން ކުރުނުކޮށް ބުނަން ފެށުމުން އެވްލީން ލުއި ފިޔަވަޅު ތަކެއްގައި ގޮސް އަކިޔަސް ކުރިމައްޗަށް ހުއްޓުނު އިރު ހިތް ތެޅި ފޮޅެމުން ދިޔައެވެ. ނޭވާވެސް އަވަސް ވެފައި ވުމުން އެވްލީންގެ ހަރަކާތް ތައްވެސް ހަލުވިއެވެ.
އެވްލީން ގުދުވެލި ވަގުތު އޭނަގެ ދިގު އިސްތަށިގަނޑު އަކިޔަސްގެ މޫނުގައި ބީހިގެން ދިޔައެވެ. ލެވެންޑާއާއި ރޯޒްގެ އެކުވެގެން އަންނައިރު ހުންނަ މީރުވަހެއް އެވްލީންގެ އިސްތަށިގަނޑުގައި ހަރުލާފައި ވުމުން އަކިޔަސް އެތެރެއަށް ނޭފަތް ދަމައިލަމުން ، އިސްތަށިތައް އެއްފަރާތް ކޮށްލަން އުޅުމުން އެވްލީންގެ އޮމާން ކޯތާފަތުގައި އަކިޔަސްގެ އިނގިލިތައް ބީހިގެން ދިޔައެވެ. ކަރަންޓް ރާޅުބާނީ ތަކެއް އެވްލީންގެ ހަށިގަނޑުގެ ހުރިހާ ނާރުތަކާއި ކުޅެލި ހިނދު އެވްލީންއަށް މަޑުމަޑުން އެސްފިޔަތައް ލައްޕައިލެވުނެވެ.
އެވްލީންގެ ފިނިފިނި ތުންފަތް އަކިޔަސްގެ ކޯތާފަތުގައި ބީހިގެން ދިއުމާއެކު އެވްލީންއަށް ލަފްޒުތަކުން ބަޔާން ނުކުރެވޭނެހާ ބޮޑު އުފަލެއް ލިބިގެންދިޔައެވެ. އެވްލީން އެސްފިޔަތައް ދުރުކޮށްލުމަށްފަހު ލޯހުޅުވައިލަމުން އަކިޔަސްއަށް ބަލައިލިއެވެ. އެރީތި މޫނުގައި ބޮސްދިނުމުގެ ޝަރަފް ލިބުމުން އެވްލީންއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބިގެން ދިޔައެވެ. ނަމަވެސް އެވްލީންއަށް ނޭގުނީ އޭނަގެ އުފާތަކުގައި އަލިފާން ރޯކުރަން މީހަކު އެބައިން ކަމެވެ. އެލީސާ ރުޅިއައިސް ރަތްވެފައި ވާއިރު އެވްލީން ނޮޅާލަންވެސް އޭނަ ބޭނުން ވިއެވެ. ” ޔޫ ބިޗް… އައިވިލް ކިލް ޔޫ… ” އެލީސާ އެވްލީންއާ ދިމާއަށް ލޯއަޅައިލަމުން ހިތާހިތުން ބުނެލިއެވެ. އެނޫކުލައިގެ ދޮލޮލުން ވެލްޑިން ކުލާއިރު ބުރައިގެން ދާހާ ގިނައިން އަލިފާން ކަނިތައް ބުރަމުން ދިޔައެވެ.
” ހާދަ ރޮމޭންޓިކޭ… ” އީމާ ބާރަކަށް ބުނެލައިފިއެވެ. އެވްލީން އަވަސް އަވަހަށް އައިސް ރަތް ދުލައިގެ މަތީގައި އިށީންއިރު ސްނޯގެ ސަބަބުން އޭނަ އަރިއަޅާލައިގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ލަދުންގޮސް އެވްލީން ވިރެމުން ދިޔައިރު ވީހާވެސް އަވަހަކަށް އެތަނުން ދާން އޭނަ ބޭނުން ވިއެވެ. ވަގުތު ދުއްވާލުމުގެ ބޭނުމުގައި ހިމަ ދަނޑިއަކަށް ފިޔާތޮށި ކުލައިގެ މާޝްމެލޯސްތަކެއް ކޮށްޕައިލަމުން އެވްލީން އަލިފާން ގަނޑުގެ ތެރެއަށް އެ ދަނޑިކޮޅު ދިއްކޮށްލައިފިއެވެ. އަލިފާނުގެ ގަދަ ހޫނަށް ކެތް ނުކުރެވިގެން މާޝްމެލޯސްތައް ވިރިގެން ފައިބަން ފެށިއެވެ.
އެވްލީން ކުޑަ އިރުކޮޅެއް ވަންދެން އެތާ މަޑުކޮށްލައިގެން އިނުމަށްފަހު ހިނގައިގަތީ ދުރުން ފަޒާގެ ތެރޭގައި ފަތުރާލާ ފަޔާވޯކްސްގެ ރީތި މަންޒަރުތައް ބަލައިލުމަށެވެ. ” ލީން ބަލައިގެން އުޅެއްޗޭ…. ގޯސްޓެއް ފެނިދާނެ… މީ ވަރަށް ސްޕޫކީ ފޮރެސްޓެއް… ” ވިއޭން އިނގިރޭސި ބަހުން ވާހަކަ ދެއްކިއެވެ. ” އައި ވިލް… ” ފަސްއެނބުރި ބަލައިލަމުން އެވްލީން ހިނިތުންވެލަމުން ފިޔަވަޅުތައް ބާރު ކޮށްލިއެވެ.
ލެދާރ ގްލޯވްސް އަތަށް އަރުވައިލަމުން އެވްލީން އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލިއެވެ. ނަންނުގަތި ތަކެއްހެން ބައެއް އިސްތަށިކޮޅުތައް މޫނަށް ފައިބައިފައި ވާއިރު އެފިޔާތޮށި ކުލައިން ފޯވެފައިވާ ތުންފަތުގައިވާ ހިނިތުންވުން ސިކުންތަކަށް ވެސް ފިލައިގެން ނުދެއެވެ.
ފަރުބަދަތަކުގެ މަތީން ފަޔާވޯކްސްތައް ބުރައިގެންގޮސް ގެއްލިގެންދާ ރީތި މަންޒަރު ތަކުން ލޮލަށް ފިނިކަން ގެނެސްދެއެވެ. އެވްލީން އެރީތި މަންޒަރަށް ބަލަހައްޓައިގެން ހުއްޓާ އަކިޔަސް ފަހަތުން އައިސް ސިއްސުވާލުމާއެކު އެވްލީން ބިރުންގޮސް ހަލާކުވާވަރު ވިއެވެ. ” ކ..ކި..ޔާ… ” ބިރުން ހުރިވަރުން އެވްލީންގެ ދުލުގައި އެއްވެސް ބާރެއް ނެތެވެ. ” ސޮރީ ލީން… ލީން އެކަނި މާއެކަނި ފޮރެސްޓްގައި ހިނގާލަން ދާން ބޭނުންނުވާތީ މިއައީ…. އާފްޓާރއޯލް އައިއޭމް ޔޯރ ބޮޑީގާޑް އެންޑް އައި ހޭވް ރެސްޕޮންސިބިލިޓީސް… ” އަކިޔަސް ފިނިވެފައިވާ އޭނަގެ ދެއަތްތިލަ ޖިންސްގެ ޖީބަށް ކޮށްޕާލައިފިއެވެ.
ކުޑައިރުކޮޅެއް ވަންދެން ވާހަކަ ދައްކާލުމަށްފަހު އެވްލީންއާއި އަކިޔަސް ދިޔައީ ވުޑްސް ތެރޭގައި ހިނގާލުމަށެވެ. ފަޔާރ ފްލައިސްތަކެއް ވުޑްސް ތެރޭގައި އުދުހެމުން ދިޔައިރު ހީވަނީ ކުޑަކުޑަ ލެންޓާން ތަކެއް ހެންނެވެ. އަތުގައި އޮތް ޓޯޗަކުން އަލި ކޮށްލައިގެން ވުޑްސް ތެރޭގައި ހިނގަމުން ދިޔައިރު އެވްލީން ހުރީ އަނދިރީގެ ތެރެން ފެންނަމުން ދިޔަ ފެހި ކުލައިގެ ފަޔާރ ފްލައިސް ތަކަށް ބަލަަހައްޓައި ގެންނެވެ. ގަސްތަކުގެ ބޮޑެތި ބިޔަ މޫތަކުގައި ސްނޯ ހަރުލާފައި ވާއިރު މޮކިންގް ބާޑްގެ ހިތްގައިމު އަޑު މެދުކެނޑުމެއް ނެތި އިވެމުން ދިޔައެވެ. ” ކުރިއަށް އޮތް ޖެނުއަރީ މަހުގަ ކޯސް ނިމެއެއްނު…. ލީން މާލެއަށް ދޯ ދަނީ އާފްޓާރ ޖެނުއަރީ ؟ ” ޓޯޗުން އެކިތަންތަނަށް އަލިކުރަމުން އަކިޔަސް އަހާލައިފިއެވެ. ” ނޭގޭ އަދި ބުނާކަށް… އެކަމަކު ބައްޕަ މާލޭއަށް އެއްކޮށް ބަދަލުވި ވާހަކަ ގުޅާފަ ބުނި…. ބަޓް އައި ވޯންޓު ސްޓޭއި ހިޔާރ… ” އަކިޔަސްއާއި ދުރުގައި އުޅެން އެވްލީން ބޭނުން ނުވާތީ އޭނަ ވަނީ ބައްޕައަށް ތަފާތު ބަހަނާތަކެއް ދައްކާފައެވެ. އަކިޔަސް ނުފެނި ވޭތުވެގެންދާ ކޮންމެ ދުވަހަކު އެވްލީންއަށް ހީވަނީ އޭނަގެ ހަޔާތުން އެއްބައި މަދު ވާހެންނެވެ. މިހާވަރުން ކަންތައްތައް ދަންޏާ އޭނައަށް މާލެއަށް ގޮސް އުޅެވިދާނެ ހެއްޔެވެ ؟
ޖެހިގެން އައި ދުވަހު ހެނދުނު ހުރިހާ ކުދިންވެސް ދިޔައީ މައުންޓެއިން ކްލައިމްބް ކުރާށެވެ. އެވްލީންއަށް ކްލައިބް ކުރަންވީ ފަރުބަދަ ފެނުމާއެކު އޭނަ ހުއްޓުން އެރިއެވެ. އެފަރުބަދަ އުސްކަމުން އެތައް ސަތޭކަ ފޫޓެއް ހުންނާއޭ ހިތާހިތުން ބުނެލެވުނެވެ. އެވްލީން ފިޔަވާ ހުރިހާ ކުދިން ތިބީ ނުހަނު ފޯރިއާ އެކުގައެވެ. ބައެއް ކުދިން ފޮޓޯ ނެގުމުގައި އަވަދިނެތި އުޅެއެވެ. ” ވަޓް އިސް ދަ އެވްރެޖް ހެއިޓް އޮފް ދިސް މައުންޓެއިން… ” އެވްލީން ފަރުބަދައަށް ނަޒަރު ހިންގައިލަމުން ސުވާލު ކުރީ ސޭފްޓީ އިކުއިޕްމެންޓްތައް ނަގަން ހުރި އަކިޔަސް އާއެވެ. ” ލީން ތިހާ ބިރުން އުޅެންޔާ ނޯނީޑް ޓު ކްލައިބް…. އަހަރެން ހުރެދާނަން ލީން ކައިރީގަ… ” އަކިޔަސް ބޮޑު ވާގަނޑެއް ނަގަމުން މޯޅިއަކަށް ދެމިލިއެވެ. ” ނޫނޭ… ބިރެއް ނުގަނޭ…. ” އެވްލީން ބުންޏެވެ. މިފަހަރު ” ބިރު ” އެއްކައިރި ކޮށްލުމަށްފަހު އޭނަ ސްޓްރޯންގް ވާން ބޭނުން ވިއެވެ.
ތިން ގަޑި އިރުގެ މިންނެތް މަސައްކަތައް ފަހު ފަރުބަދައިގެ މައްޗަށް އެރުނު އިރު އެވްލީން ހުރީ ވަރުބަލި ވެފައެވެ. ނަމަވެސް އަކިޔަސް އެވްލީންއާ ނުހަނު ކައިރީގައި ހުރުމުން ގިނަފަހަރު އެވްލީންއަށް ވަރުބަލިކަން އިހްސާސް ނުކުރެވެއެވެ. ” ކުޑަކޮށް ރެސްޓް ކޮށްލުމަށްފަހު ސްކައި ޑައިވް ކުރާނީ… ” އެޑްވިން ފެންފުޅިން ކޯވަރެއް ބޮއިލަމުން ބޮޑު ގަލެއްގެ މަތީގައި އިށީނެވެ. ” ވަޓް ؟ ” އެޑްވިންގެ ޖުމްލައިން އެވްލީންގެ ހިތް ބިރުން ގޮސް ރޫރޫއަޅައިގެން ދިޔައެވެ. އޭނައަށް ވަގުތުން ބަލައިލެވުނީ ތިރިއަށެވެ. ފަރުބަދަ އުސްކަމުން ގޮސް އެވްލީން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ” ލީން އެކަނިއެއް ނޫނޭ ސްކައި ޑައިވް ކުރާނީ ، ލީންއާއެކު ކިޔާ ޑައިވްކުރާނެ… ސޯ ބިރުން ނޫޅޭތި… ” އީމާ އެވްލީން ކައިރިއަށް ހުއްޓިލަމުން އެވްލީންގެ ކޮނޑުގައި ޖަހާލައިފިއެވެ. ” އީމް… ” އެވްލީންއަށް ބާރަކަށް ބުނެލެވުނީ އޭނަ އަރިއަޅާލީމައެވެ.
ބޮޑު ޕެރެޝޫޓް ތަކާއެކު ފަރުބަދަ މަތިން އެންމެން ފުންމާލަމުން ގޮސް ހުސްވި އިރުވެސް އެވްލީން ހުރީ ފުންމާލަން ނުކެރިފައެވެ. ” ރެޑީ ؟ ” އަކިޔަސް އެވްލީން އޭނައާ ކައިރި ކޮށްލަމުން ބޮޑު ބެލްޓަކުން ދެމީހުން ހިޔަނި އަކަށްވެސް ނުވަދެވޭނެހާ ކައިރިކޮށްލިއެވެ. އެވްލީންގެ ހަށިގަނޑުގެ ހުރިހާ ނާރުތަކުގައި ލޭދައުރުވުން ވެސް ހުއްޓުނު ފަދައެވެ. އެވަގުތު އެވްލީން އެބާރުގަދަ ދެއަތުގެ ތެރެއަށް ވިރިގެން ދާން ބޭނުންވިއެވެ. ” ލީން ބިރު ނުގަންނާތީ… ޓްރަސްޓްމީ އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއްނުވާނެ.. ހޭވް ފެއިތް އިން ﷲ…. އެންޑް ޑޯންޓް ސްކްރީމްން އާފްޓަރ ދަ ޖަންޕް… ” ހެލްމެޓަކާއި ގޫގުލްސްއެއް އަރުވައިލަމުން އަކިޔަސް އެވްލީންއަށް ވެސް އެސާމާންތައް ދިއްކޮށްލައިފިއެވެ.
” އޯކޭ ހިޔާ ވީ ގޯ…. ޓޭކް އަ ޑީޕް ބްރެތް… ” އަކިޔަސް އެވްލީން ކަންފަތް ދޮށުގައި ބުނެލި ޖުމްލައާއެކު އެވްލީން ފުން ނޭވާއެއް ލުމަށްފަހު ދެލޯ މަރާލައިފިއެވެ. އަކިޔަސް އެބާރުގަދަ ދެއަށް އެވްލީންގެ ހަށިގަނޑުގައި ވަށާލަމުން ފުންމާލައިފިއެވެ. ވައިގެ ބާރުގަދަ އަޑުފަތްގަނޑު ކަންފަތުގައި ގުގުމާލީ ބާރަކަށެވެ. އެވްލީން ދެލޯމަރާ ތަގުޅިކޮށްލައިގެން ހިތާހިތުން އޭނައަށް އެގޭ ހުރިހާ ހެޔޮއެއްޗެއް ކިޔަމުން ދިޔައެވެ.
ޕެރެޝޫޓް ރޫޅައިލުމާއެކު އެވްލީން އެސްފިޔަތައް ދުރުކޮށްލަމުން ލޯ ހުޅުވާލައިފިއެވެ. އޭރު ފެންނަމުން ދިޔަ ގުދުރަތީ ރީތި މަންޒަރުތައް ސްނޯގެ ސަބަބުން ފުސްވަމުން ދިޔައެވެ. ބިމުގައި ދެފައި ޖައްސާލެވުމާއެކު އެވްލީންއަށް ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލެވުނެވެ. ” ލީން… ޑިޑް ޔޫ އެންޖޯއި އިޓް ؟ ” ވިއޭން ފެންފުޅިއެއް ހިފައިގެން އައިސް އެވްލީންއަށް ދިއްކޮށްލިއެވެ. އެވްލީން ބޯޖަހައިލަމުން ފެންފުޅި އަތުލަމުން ހިނގައިގަތީ ވިއޭން އާއެކުއެވެ.
” އީމްގެ ކަންތެކޭމީ … ” އެވްލީން އީމާ ފެނުމާއެކު ބުންޏެވެ. ” ކިޔާއާ ލީން ދުރުގަ އުޅޭތީ ކްލޯސް ކުރުވަން ވެގެން އަހަރެން ހުރިހާ ކަމެއް ކުރީ. ޔޫ ޝުޑް ބީ ހެޕީ… ” އީމާ ކައިރީގައި ހުރި ގަހުން ތިރިއަށް ފައިބައިފައިވާ ގަހުގެ ގޮފިގަނޑުތަކާ ކުޅެލައިފިއެވެ. ” އީމް ވީއާރ ޖަސްޓް ފްރެންޑްސް… އީމް ދެން ޤަބޫލު ކުރަން ވެއްޖެއެއްނު… ” އެވްލީން އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ. ” ލީން ސެލްފާ ސުވާލު ކޮށްބަލަ ކިޔާއަށްޓަކާ ފީލިންގް ނުވޭތޯ ބަލަން… ވީ ނޯ ދެޓް ޔޫއާރ ލައިން…. ” އީމާ ވިއޭންއަށް ބަލައިލިއެވެ. ” އީމް އެބުނަނީ ތެދު ވާހަކައެއް… ” ވިއޭން އިނގިރޭސި ބަހުން ބުނެލިއެވެ. އެކުވެރިންގެ ވާހަކަ ތަކުން އެވްލީން ހާސްވާ ގޮތްވިއެވެ. އޭނައަށް އަކިޔަސް ފެނުނު ފުރަތަމަ ދުވަހުން ފެށިގެންވެސް އެހިތުން އަކިޔަސްއަށް ޖާގައެއް ދެވިފައި ވެއެވެ. ނަމަވެސް އެއީ ލޯބި ބާވައެވެ ؟
ސްނޯ ސްކޭޓް ކުރަން ހުރިހާ ކުދިން އުޅުނު އިރު އެވްލީން އިނީ ސްކޭޓް ކުރަން އުޅުނު ސަރައްދުގައި ވަކަރުން ހަދާފައި ހުރި ބެންޗެއްގައި އިށީންދެ ލައިގެންނެވެ. އަމިއްލަ ހިޔާލީ ދުނިޔެ އަކަށް ގެއްލިފައި އިންއިރު އޭނަ ވިސްނަމުން ދިޔައީ އީމާއާއި ވިއޭން ދެއްކި ވާހަކަތަކާ ދޭތެރޭގައެވެ. ކުޑަ އިރުކޮޅެއް ވަންދެން ވިސްނާލަން އިނުމަށްފަހު އެވްލީން ހިނގައިގަތީ ކައިރީގައިވާ ކޯރާ ދިމާއަށެވެ.
ކޯރުގެ ފުން ހިސާބާ ކައިރިއަށް ހުއްޓުނު ވަގުތު ފަހަތުން ފިޔަވަޅު ތަކެއްގެ އަޑު އިވުމުން އެވްލީންއަށް ފަސް އެނބުރި ބަލައިލެވުނެވެ. އެލީސާ ފެނުމާއެކު އެވްލީންގެ މޫނުގެ ކުލަވަރު ބަދަލު ވެގެން ދިޔައެވެ. އޭނަ އަވަސް އަވަހަށް ހިނގައިގަތީ އެތަނުން ދިއުމަށެވެ. އެލީސާއަކީ ކުޑަކޮށް ” ސައިކޯ ” ކުއްޖެކޭ ވެސް އަކިޔަސް ވަނީ އޭނަ ކައިރީގައި ބުނެފައެވެ.
” ވެއާރ އާރ ޔޫ ގޮއިންގް ބިޗް… ؟ ” އެލީސާ ބާރަކަށް ހިނގާލާފައި އައިސް އެވްލީން ކޮށްފާލައިފިއެވެ. އެވްލީން އޭރު ހުރީ ކޯރުގެ އައްސޭރިއާ ކައިރީގައި ކަމަށް ވުމާއެކު އެވްލީން ކޯރަށް ނުވެއްޓުނީ ކިރިޔާއެވެ. ” ހީކުރީ ދޯ ކިޔާ ފޭރިގަތީމަ އަހަރެން މަޑުން ހުންނާނެކަމަށް ؟ ” އެލީސާ ދަތްކުނޑި ވިކައިގެން ހުރެ އިނގިރޭސި ބަހުން ބުނެލައިފިއެވެ. ” ލެޓް މީގޯ… ” އެއްވެސް މީހަކު ފެންނަން ނެތުމާއެކު ކައިރީގައި އޮތް ކޯރުގެ ސަބަބުން އެވްލީން ބިރުގަންނަ ގޮތްވިއެވެ. އޭނައަށް ފަތަން ނޭގޭ އިރު އެލީސާ އޭނަ ކޯރުގެ ތެރެއަށް ކޮށްޕާލައިފިނަމަ ވާނެ ގޮތް ހިތަށް ގެންނަން ވެސް ދައްޗެވެ.
” ޑައި ބިޗް… ” އަތަށް ލެވުނުހާ ބާރަކާއެކު އެލީސާ އެވްލީން ކޮށްޕާލެމާއެކު ކަރު ފަޅައިގެން ދާހާ ބާރަށް އެވްލީން ހަޅޭއްލަވައިގަތެވެ. ކޯރުގެ ގަނޑުވެފައިވާ ފެންގަނޑުގެ ތެރެއަށް އެވްލީން ވެއްޓުނު ވަގުތު އެވްލީންގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. އެލީސާ ވިހަ ހިނިތުން ވުމަކާއެކު ބަލަހައްޓައިގެން ހުރި އިރު އެވްލީން ފެންގަނޑުގެ ތެރޭގައި ތެޅިފޮޅެމުން ދިޔައެވެ. ފެންގަނޑު އިންތިހާއަށް ފިނި ވުމުގެ ސަބަބުން އެވްލީންގެ ހިތުގެ ތެޅުން ސިކުންތަކަށްފަހު ސިކުންތަކަށް ދިޔައީ ދަތްވަމުންވެ. ނޭވާލާން ދަތިވެ އެވްލީންގެ ހަށިގަނޑުން ހަކަތަ ދޫވަމުން ދިޔައެވެ. މޫނު ހުދު ކަފަ ކޮޅެއްހެން ފެންނަމުން ދިޔައިރު ލޭ ދައުރުވުން ވެސް ހުއްޓިފައިވާ ފަދައެވެ.
އެވްލީންގެ ބާރު ހަޅޭކުގެ އަޑަށް ސްކޭޓް ކުރުން ހުއްޓާލުމަށްފަހު އަޑުއައި ދިމާއަށް ހުރިހާ އެންމެނަށް އާދެވުނު އިރު ފެނުނު މަންޒަރެއްގެ ސަބަބުން އެންމެން ހުއްޓުން އެރިއެވެ. ގެނބެމުން ދިޔަ އެވްލީން ފެނުމާއެކު އަކިޔަސް ބާރަކަށް ދުވެލާފައި ގޮސް ފެންގަނޑު ތެރެއަށް ފުންމާލައިފިއެވެ. އެވްލީންގެ މެރެމުން ދިޔަ ދެލެލޮލުން ހުރިހާ މަންޒަރެއް ނުސާފު ވަމުން ގޮސް މުޅިތަން އަނދިރިވެގެން ދިޔައެވެ. އެވަގުތު ހީވީ ކަޅު ކުލައިގެ ފަރުދާތަކެއް ލޯކުރިމަތީގައި އޮޅާލެވުނު ހެންނެވެ.
އަކިޔަސް ނުހަނު ހަލުވި ހަރަކާތް ތަކާއެކު އެވްލީންގެ އަތުގައި ހިފާ އޭނައާ ދިމާއަށް ދަމައިގަތެވެ. އަދި ހަލުވި ކަމާއެކު ކޯރުގެ އައްސޭރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. އަކިޔަސް އެވްލީން ގެންގޮސް ބޭއްވީ އީމާ ހިފައިގެން އައި ނޫކުލައިގެ ކާޕެޓް މަތީގައެވެ. އަކިޔަސް އެންމެ ފުރަތަމަވެސް ބެލީ އެވްލީންގެ ހާޓްބީޓްއެވެ. ” ކޯލް ދި އެމްބިއުލާންސް… ” އަކިޔަސް އެވްލީންގެ އަތަށް ހޫނު ކުރަމުން ބުނެލިއެވެ. އެވްލީން އެހާލުގައި ފެންނަ ކޮންމެ ފަހަރަކު އެހިތަށް ތޫނު ކަށްޓެއް ހަރާލެވޭފަދަ ނުބައި އިހްސާސްތަކެއް ކުރެވިގެން ދެއެވެ. އެވްލީންއަށް ކަމެއް ވެއްޖެނަމަ ދުވަހަކު ވެސް އަމިއްލަ ނަފްސަށް މާއާފް ކުރެވޭނެ ހެނެއް ހިޔެއް ނުވެ އެވެ. ބާރަކަށް ތުންފަތުގައި ދަތް އަޅާލުމަށްފަހު އަކިޔަސް އެލީސާއާއި ދިމާއަށް ބަލައިލިއިރު އެއަޅިކުލައިގެ ދެލޮލުގައިވަނީ އިންތިހާ ދަރަޖައިގެ ނަފްރަތެވެ. އެލީސާއަށް ބިރުންގޮސް ފަހަތަށް ފިޔަވަޅެއް އަަޅާލެވުނެވެ. ހުރިހާ އެންމެން ހާސްވަފައިވާ ދަނޑި ވަޅެއްގައި އަވަސް އަވަހަށް ފިލަން އޭނަ ބޭނުންވިއެވެ.
ދިހަ މިނެޓް ފަހުން އިމަޖެންސީގައި އެމްބިއުލާންސް އައިސް މަޑުކޮށްލުމާއެކު ދެ ވާރޑް ބޯއިސް އައިސް އެވްލީން ސްޓްރެޗާ އަކަށް ލުމަށްފަހު ގޮސް އެމްބިއުލާންސަށް އެރުވިއެވެ. އަކިޔަސް އަދި އިމާވެސް އެމްބިއުލާންސްގައި ހޮސްޕިޓަލަށް ދިޔައެވެ. އީމާ ރޮމުން ދިޔައިރު އަޑު ބޭރުވިޔަ ނުދިނުމުގެ ގޮތުން އޭނަ އަނގަ މަތީގައި އަތް އަޅާލައިގެން އިނެވެ. އެމްބިއުލާންސް ތެރޭގައި ދެމުންދިޔަ އެމަރޖެންސީ ޓްރީޓް މެންޓްގެ ސަބަބުން އެވްލީން ކުޑަކޮށް ރަނގަޅު ވިއެވެ. ރޯޔަލް ލަންޑަން ހޮސްޓިޕަލްގެ އިމަޖެންސީ ޑިޕާޓްމެންޓަށް އެވްލީން ވެއްދުމާއެކު އަކިޔަސްއަށް ގޮށްމުއް ކަވާލެވުނެވެ. ހުރިހާ ކަމެއް ވިމީ އޭނަގެ ފަރުވާ ކުޑަ ކަމުންނެވެ. އެވްލީން ރަނގަޅަށް ބަލާނަމޭ ބުނެ މަންމައަށް ވިވައުދަށްވެސް ފަރުވާތެރި ނުވެވުނެވެ. އޭނަގެ ސަބަބުން މިއަދު އެވްލީން އެވަނީ މަރުގެ ތުންފަތް މަތީގައެވެ. އެހުރިހާ ކަމެއް ވެގެން ދިޔައިރުވެސް އަކިޔަސްގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ބޭރުނުވިއެވެ.
ޑޮކްޓަރުން އެވްލީންގެ ފުލް ބޮޑީ ޗެކަޕްއެއް ހަދާލުމަށްފަހު ހުރިހާ ކަމެއް ރަނގަޅު ވާހަކަ ބުނުމުން އަކިޔަސްއަށް ހީވީ ބޮޑު އުފަލެއް ލިބުނު ހެންނެވެ. އޭރު އެލީސާ ފިޔަވާ ކޭމްޕަށް ދިޔަ ހުރިހާ ކުދިން އިމަޖެންސީ ޑިމާޓްމެންޓްގެ ބޭރުގައި ހުއްޓިލައިގެން ތިއްބެވެ. އެވްލީން ޕްރައިވެޓް ރޫމަށް ބަދަލު ކުރެވުމާއެކު އެވްލީންއާއި ފުރަތަމަވެސް ބައްދަލު ކުރީ އަކިޔަސް އެވެ.
އަކިޔަސް އެވްލީން ބާއްވާފައިވާ އެނދު ކައިރިއަށް ހުއްޓިލަމުން ކެނިއުލާ ގުޅާފައިވާ އެވްލީންގެ އަތުގައި ހިފަހައްޓާލިއެވެ. އަކިޔަސް މަޑުމަޑުން އެއަތުގައި ބޮސް ދިނުމާއެކު އެވްލީން ބަލިގޮތަކަށް ދެލޯ ހުޅުވާލައިފިއެވެ.
” އައެމް ސޮރީ ލީން… ” އަކިޔަސް އެވްލީންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އެއަޅި ކުލައިގެ ދެލޮލުގައި ވިދަމުން ދިޔަ އެތައްހާސް ޖަޒުބާތު ތަކުން ހިތްތަކުގައި ކޫރުން އަޅުވާލާނެކަން ގައިމެވެ. އެވްލީން ގަދަކަމުން އެތުންފަތަށް ހިނިތުންވުމެއް ވެރިކުރަވިއެވެ.
އޭގެ އަނެއް ދުވަހު ރޭގަނޑު އެވްލީން ހޮސްޕިޓަލުން ދޫކޮށްލުމާއެކު އެވްލީންއާއި އަކިޔަސް ” ވޯޓާރ ކްލިސްޓަލް ” އަށް އަންނަން ވާއިރަށް ކުޑަ ހަފްލާއަކަށް ހުރިހާ އެކުވެރިން ބައިވެރިވެގެން ގެ ތައްޔާރުކޮށް ނިންމާ ލައިފިއެވެ. އެވްލީންއަށް އެކުޑަ ހަފްލާވެސް ނުހަނު ކަމުދިޔައެވެ. އެކުވެރިންނާއެކު ވަގުތު ހޭދަ ކޮށްލުމަށްފަހު އެވްލީން ދިޔައީ ކޮޓަރިއަށެވެ. އޭރު ރޭގަނޑު އެގާރަ ޖަހަން ކައިރި ވެއްޖެއެވެ. އެވްލީން އެނދުގައި އިށީން ވަގުތު ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް އޭނަ ދޮރާއި ދިމާއަށް ބަލައިލިއެވެ. ޗިކެން ސޫޕް ތަށްޓެއް ތަބަކަށް ލައިގެން ، އަކިޔަސް އައިސް އެނދު ކައިރިއަށް ހުއްޓުނެވެ. ” ޑިއާރ ޕްރިންސެސް…. ހިޔާރ އިސް ޔޯރ ސޫޕް… ” އަކިޔަސް ސޫޕްތަށި އެވްލީންއާއި ދިމާއަށް ދިއްކޮށްލިއެވެ. ” ކިޔާ ދެޓްސް ޓޫ އޮޑް… އަހަރެން ބަދިގެއަށް ގޮސްދާނެމޭ ސޫޕް ބޯން ބޭނުންނަމަ…. ” އެވްލީން ރަކި ހިނިތުން ވުމަކާއެކު ސޫޕް ތަށީގައި ހިފަހައްޓާލިއެވެ. ” ލީން ތިހާ ބަލިކޮށް އުޅޭއިރު ވޯކް ކުރުންވެސް މަނާ އިނގޭ…. މާދަން ވީލް ޗެއާރ އެއް ގެނެސްދޭނަން… އެންޑް އަހަރެން ލީން ރަނގަޅު ވަންދެން ލީންގެ ހުރިހާ ކަމަކަށް ފަރުވާ ބަހައްޓާނަން ” މަޢުނަވީ ހިނިތުން ވުމަކާއެކު އަކިޔަސް އެނދުގައި އިށީނެވެ. އަކިޔަސް އެހާ ބޮޑު ކަމެއް ހިނގި އިރު ޒަރާ މެންނަށް އަންގާވެސް ނުލި އެވެ.
އެވްލީން އެއްޗެއް ބުނަން އުޅެފައިވެސް އޭނަގެ ދުލާ ހަމައަށް އެލަފްޒުތައް ނުފޯރުމުން އެވާހަކަ ނުބުނެ ފަސް ކޮށްލިއެވެ. އަކިޔަސް އެވްލީން ސޫޕްތަށި ހުސްކޮށްލަން ދެން މަޑުކޮށްލައިގެން އިނެވެ. އަކިޔަސް ދޭތެރެއަކުން އޭނަގެ ލާނެއް ވާހަކަތަކުން އެވްލީން ހެއްވާލައެވެ. އަކިޔަސްގެ ފަރާތުން ލިބެމުންދިޔަ އޯގާތެރި ކަމާއި އަޅާލުމުގެ ސަބަބުން އެވްލީން އިނީ ނުހަނު އުފާވެފަ އެވެ.
(ނުނިމޭ)
12 Comments
Comments are closed.
Baeh readers ah past ehaa kamu nudhaathi past nimendhen varah varah varah dhigukoh parts genesdey nan ingei (In sha allah).
Yeyy me first
No muthaa.. past vx hama vrh salhi.. u re the best.. I love this story.. it reminds me of my past…
Beynun muthaa balaalan.. kihineh muthaa fennaanee?
Varah reethi dear mi part ves . nextpart koirakun up vaany . vaahaka up vandhen inthizaarukuran ejehuny.
thanks
Yeah…past v boring…
story hama v reethi❤️??
THE BEST WRITER EVER
Mirey part when
Please beynun avahah
Dhoooni up koh dhyba dhen komme reyaku 2 parts
Dhuvaalu 1 part ok
Liye nimifa oiii vaahaka eh viyyya dho dhooonie
Please
Mivaahaka vvvsalhi negative kon message kuraa kudhin kuranee konmehen hadi veema ehnoon
Vvvvlike vejje dhigu kolleema?????????
Kobaatha nextu partu
… waiting curiously