Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެވްލީން… 21

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
October 28, 2018 18 Mins Read
13 Comments

ދުވަސްތައް ހަލުވި ކަމާއެކު ފާއިތު ވެގެން ދިޔައިރު އަކިޔަސް އެވްލީންގެ ހުރިހާ ކަމަކަށް ވަރަށް ބޮޑު ފަރުވާތެރި ވިއެވެ. ޚިދުމަތްތެރި ފިރިއަކު ފަދައިން އަކިޔަސް ކޮންމެ ދުވަހަކު ހެނދުނު އެވްލީންއަށް ނާސްތާ ގެނެސްދެއެވެ. ގޭގައި މެއިޑުން ތިބި ކަމުގައި ވީނަމަވެސް އަކިޔަސް އެކަންތައް އަމިއްލައަށް ކުރުމުން އޭނައަށް ބުނަން ނޭގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދެއެވެ. ނޭގުމުގެ ތެރެއިންވެސް އަކިޔަސްގެ ހިތުން އެވްލީންއަށް ޖާގައެއް ވަނީ ދެވިފައެވެ. އެހެން ނޫންނަމަ ކަންކަމުގައި އެހާ ފަރުވާ ކުޑަ އަކިޔަސްގެ މިޒާޖަށް ”ޓަސް” ލާފައި ބަދަލުތަކެއް ނާންނާނެއެވެ. އެވްލީންގެ މައުސޫމް މޫނާއި އެފިޔާތޮށި ކުލައިގެ ތުންފަތަށް ވެރިވާ ރީތި ހިނިތުންވުންތައް ވެސް މިހާރު އަކިޔަސްއަށް ހާއްސަ ވެއްޖެއެވެ.

އާދައިގެ މަތިން ދެ ކޮފީ ތައްޔާރު ކޮށްލައިގެން އަކިޔަސް އެވްލީންގެ ކޮޓަރިއަށް އައި ދުވަހެކެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އެނދުގެ ހެޑްބޯޑަށް ލެނގިލައިގެން ވާހަކަ ފޮތެއް ކިޔަން އިން އެވްލީން އަވަސް އަވަހަށް ދޮރާއި ދިމާއަށް ނަޒަރު ހިންގާލިއެވެ. އޭރު ހިތްތައް ކަތިލާނެހާ ރީތި ހިނިތުން ވުމަކާއެކު އަކިޔަސް ލުއި ވިޔަވަޅު ތަކެއްގައި ހިނގާލާފައި އާދެއެވެ. އެވްލީންގެ ހިތުގެ ތެޅުނުން ކުޑަ އިރުކޮޅަކަށް މަޑު ޖެހިލުމަށްފަހު ، ނުހަނު ބާރު ވެގެން ދިޔައިރު ހީވަނީ މޭގަނޑު ފަޅާލާފައި ބޭރަށް ނިކުމެދާނެ ހެންނެވެ. ” ގުޑް މޯނިންގް… ” ކޮފީ މަގުތައް ސައިޑް ޓޭބަލް މަތީގައި ބަހައްޓަމުން އަކިޔަސް ޖިންސްގެ ޖީބަށް އަތްތިލަ ކޮށްޕާލައިފިއެވެ. ނޫކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ޖިންސެއްގައި އަކިޔަސް ހުރިއިރު ކުޑަކޮށް ދިގު ވެފައިވާ ތުނބުޅީގެ ސަބަބުން އެވްލީން އިނީ އަކިޔަސްއަށް ބަލަހައްޓައިގެން އާގަމަވެފައެވެ. ގަޔަށް ފިޓްކޮށް އޮތް ޓީޝާޓްގެ ސަބަބުން އެކަސްރަތީ ހަށިގަނޑުގެ ބައްޓަންތައް ހާމަވެފައި ވާއިރު ހާދަހާ ފުރިހަމައެވެ. ހަމައެކަނި އެރީިތި ދެލޮލުގެ ވިދުވަރު ތަކުންވެސް އެވްލީން މޮޔަ ކޮށްލާނެއެވެ.

އަކިޔަސް އެނދުގައި އިށީނުމާއެކު އެވްލީންއަށް އޭނަގެ ހުވަފެނީ ދުނިޔެއިން ނިކުންނަން މަޖުބޫރު ވިއެވެ. ” ކިޔާ ހައު މެނީ ޓައިމް ޑޫ އައި ހޭވް ޓު ޓެލް ޔޫ. އަހަރެން ލޫސީމެން ކައިރީގަ ބުނީމަ އެމީހުން އަހަރެން ބޭނުން ހުރިހާ ކަމެއް ކޮށްދީފާނެ…. އެކަމަކު ކިޔާ ތިކަހަލަ ކަންތައް ކުރަން އަހަރެން ބޭނުމެއް ނުވޭ… ” ވާހަކަ ފޮތް ގެންގޮސް މޭގައި ޖައްސައިލަމުން އެވްލީން ފަޒާގެ ތެރެއަށް ފުން ނޭވާއެއް ބޭރު ކޮށްލައިފިއެވެ. ” ލީން ޓޯކް ޓުދަ ޓްރީ ” އަކިޔަސް ކޮފީ މަގެއް އެވްލީންއަށް ދިއްކޮށްލަމުން ދެންހުރި ކޮފީ މަގު ނަގައި ތުންފަތުގައި ޖައްސާލިއެވެ. ކޮފީގެ ލުއި މީރު ވަހުން ކޮޓަރީގައި ވަނީ ހުވަނދު ލެވިފައެވެ.

” ކިޔާ… ” އެވްލީން ތުންކޮޅު އޫކޮށްލަމުން ބުނެލިއެވެ. ހަޤީޤަތުގައިވެސް އަކިޔަސް އެހަކަހަލަ ކަންތައްތައް ކުރަން އޭނަ ބޭނުމެއް ނުވެއެވެ. ” ޑޯންޓް ސްޕޮއިލް ދިސް ގުޑް ޑޭއި… ހިނގާބަލަ ވިންޑޯ ކައިރިއަށް…. ސްނޯ ފައިބާތަން ބަލައިގެން ކޮފީ ބޯން… އޭރުން މައިޑް ރީފްރެޝް ވާނެ. ” އަކިޔަސް ކޮފީ މަގުން ކޯވަރެއް ބޮއިލަމުން އެވްލީންއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު އެވްލީން އަވަސް އަވަހަށް ކޮފީ ދިރުވަން އުޅުމުގެ ތެރޭގައި ކޮށި އަރައިފިއެވެ. ” ކެއާރ ފުލް ސްވިޓީ… ” އަކިޔަސް ބުންޏެވެ. ” އައެމް ފައިން… ” ކެއްސުން ގަނޑު އޮއްބައިލަމުން ލޮލުން ފޭދިފައިވާ ކަރުނަ ތިކިތައް އެވްލީން ފޮހެލައިފިއެވެ.

ކާޓެއިންތައް ކަހާލުމަށްފަހު އެވްލީން ކުޑަ ދޮރުތައް ހުޅުވާލުމާއެކު ކޮޓަރިއަށް ވަން ވައިރޯޅި ތަކާއެކު ހީވީ ހަށިގަނޑު ” ފްރީޒް ” ވެގެން ދިޔަ ހެންނެވެ. ދެއަތުގެ ހިނގިލިތައް މަހައިލަމުން އެވްލީން މަޑުމަޑުން އަތަށް ފުމާލުމާއެކު ފަޒާގެ ތެރޭގައި ރޮނގު ތަކެއްހެން ދުންގަނޑެއް ފެތުރިގެން ދިޔައެވެ. އޭރު ވަޔާއެކު އުދުހެމުން ދިޔަ ސްނޯ ކޮޅުތައް ކޮޓަރީގައި ޖަހާފައިވާ މާބްލްސް މަތީގައި ބޮސްދެމުން ދިޔައެވެ. އަކިޔަސް ކުޑަދޮރަށް ލެނގިލައިގެން ކޮފީ ބޮމުން ދިޔައިރު ހީވަނީ އިޝްތިހާރަކަށް ހުއްޓިލައިގެން ހުރި ހެންނެވެ. ކަނާ އަތުން ކޮފީ މަގުގައި ހިފަހައްޓާލައިގެން ހުރިއިރު ވާއަތް ވަނީ ޖިންސްގެ ޖީބުގެ ތެރޭގައެވެ.

އެވްލީންއަށް އިރުކޮޅެއް ވަންދެން ފެންނަމުން ދިޔަ ގުދުރަތީ ރީތި މަންޒަރުތަކަށް ބަލަހައްޓައިގެން ހުރެވުނެވެ. ސްނޯއިން ހުރިހާތަނެއް ހުދު ކޮށްލާފައި ވުމުން ބަލަން ހާދަ ހިތްގައިމެވެ. ދޭތެރެއަކުން އިވިލާ ދޫންޏެއްގެ އަޑުން މުޅި ހިސާބުގައި ރަސްކަން ކުރަމުންދިޔަ މަރުފަދަ ހަމަހިމޭންކަން މުގުރާލައެވެ. ” ލީން… ހޭވް އަ ގްރޭޓް ނިއުސް ފޯރ ޔޫ… މިއަދު މޯމް އެންޑް ޑޭޑް އެބައާދޭ… ” އަކިޔަސް ކުޑަދޮރާއި ދުރަށް ޖެހިލަމުން ހުސްވެފައިވާ މަގު ސައިޑް ޓޭބަލް މަތީގައި ބެހެއްޓިއެވެ. ” ސީރިއަސްލީ ؟ ވެން ؟ ” އެވްލީން އަކިސްއަށް ބަލައިލަމުން އަހާލައިފިއެވެ. ” ޓުނައިޓް… ނައިން ވާއިރު ގޭގަ ތިބޭނީ…. ” އަކިޔަސް މޯޅިއަކަށް ދެމިލި ވަގުތު އެރީތި މުލައްދަނޑީގެ ބޮޑުބައެއް ހާމަވެގެން ދިއުމާއެކު އެވްލީންގެ މެޔަށް ފިނިވެގެން ދިޔައެވެ.

” ވަޓް އެ ކަޕްލް… ” ކޮޓަރިއަށް ވަން އީމާ ލާނެއް ރާގަކަށް ބުނެލި ޖުމްލައިން އެވްލީން ދެފަރާތަށް ބޯ ހުރާލަމުން އީމާއާއި ދިމާއަށް ލޯއަޅާލައިފިއެވެ. ” ލޭޑީސް ސްޕެޝަލް ޑޭއެއް ދޯ ؟ ހޭވް ފަން… ” އެވަގުތު އީމާގެ ފަހަތުން އައިސް ވަން އީންއާއި ވިއޭން ފެނުމާއެކު އަކިޔަސް ބާރަކަށް ހިނގާލާފައި ގޮސް ކޮޓަރިން ބޭރަށް ނިކުތެވެ. ” ލީން ހައު އާރ ޔޫ ” ހަތަރު އަންހެން ކުދިން ސޯފާގައި އިށީނުމާއެކު އީން ބުނެލިއެވެ. ” ފައިން…. ” އެވްލީން ކުޑަދޮރުން ބޭރު ބަލަން ފެށިއެވެ. ވައިރޯޅި ތަކާއެކު ކާޓެއިންތައް ނަށަމުން ދިޔައިރު އެގޮތް މިގޮތަށް އުދުހެމުން ދިޔަ ސްނޯ ކޮޅުތައް ވަޔާއެކު އޭގެ މަންޒިލާ ހަމައަށް ވާސިލު ވަމުން ދިޔައެވެ. ތަންކޮޅެއް އަވަހަށް ފިނި މޫސުން ނިމި ބަހާރު މޫސުން އައިސްފިނަމަ ކިހާ ރަނގަޅު ހެއްޔެވެ ؟ އޭރުން ކުލަ ކުލައިގެ މާތަކުން ބަގީޗާތަކާއި ގަސްތައް ބަރާވެފައި ވުމުން ހާދަ ފުރިހަމަ ވާނެއެވެ. މިހާރުވެސް ފިނި މޫސުން ދެކެ އޭނަ ފޫހި ވެއްޖެއެވެ.

އެކުވެރިންގެ ވާހަކަ ތަކުން އެލީސާ ” އެޓެމްޓެޑް މާޑާރ ” ކޭސްއެއްގައި ހައްޔަރު ކުރިކަންވެސް އެވްލީންއަށް އެނގިގެން ދިޔައެވެ. އެލީސާ ހަވާއީއަށް ފުރަން އުޅެނި ކޮށް ހިފެހެއްޓުނީތީ ހުރިހާ އެކުވެރިން ތިބީ ނުހަނު އުފާވެފައެވެ. އެވްލީންއަށް އެންމެ ބޮޑު އުފަލެއް ލިބުނީ އެލީސާ ހައްޔަރު ކުރުމުގައި އަކިޔަސް ޕޮލިހުންނަށް ޕްރެޝާރ ކުރިކަން އެނގުމުންނެވެ.

އީމާ އެވްލީން ކައިރިން ކޯރަށް ވެއްޓުމުން އިހްސާސްކުރެވުނު ކަންތައްތައް ކިޔައި ދިނުމަށް ކުރުނުކޮށް ބުނަން ފެށުމުން އެވްލީން ، އޭނަގެ ދިރިއުޅުމުގައި ތަޖުރިބާ ކުރެވުނު އެންމެ ބިރުވެރި ދުވަހުގެ އިހްސާސްތައް ހިއްސާކުރިއެވެ. އޭނަ ކޯރުގެ ފެންގަނޑުގެ ތެރެއަށް ވެއްޓުމުން ވެގެން ދިޔަ ގޮތެވެ. ހަށިގަނޑުގެ ހުރިހާ ނާރުތަކުގައި ލޭދައުރުވުން ހުއްޓުނުހެން ހީވެގެން ދިޔަ ބިރުވެރި ވަގުތެވެ. ހުރިހާ މަންޒަރެއް ފުސްވެގެން ގޮސް މަޑުމަޑުން ލޯމެރިގެން ދިޔަ ނާމާން ވަގުތު ކޮޅެވެ.

” ސްޕޫކީ… ލީންގެ ފީލިންގްސް ތަކަށް ސްޓޯރީއެއް ރިލީސްކުރަން ފެނޭ…. އަހަރެން ހޯދައި ދޭނަން ބްރިޓިޝް ނަމްބާރ ވަން ރައިޓާރއެއް…. ” އީމާ އެވްލީންގެ ވާހަކަތައް ނިމުމާއެކު ދެލޯ ބޮޑު ކޮށްލައިފިއެވެ. ވިއޭންއާއި އީންވެސް ތިބީ ހުއްޓުން އަރާފައެވެ. ” ނޫނޭ… ލެޓް އިޓް ބީ…. ނެކްސްޓް މަންތް އެގްޒާމް ފެށެއެއްނު… އެގްޒާމަށް ދަސްކުރަން ފަށައިފިންތަ ؟ ” ފަހަރަކު ކުއްޖެއްގެ މޫނަށް ބަލައިލަމުން އެވްލީން އިނގިރޭސި ބަހުން ވާހަކަ ދެއްކީ މައުޟޫޢު ބަދަލު ކޮށްލުމަށެވެ. ” ނޮޓް ޔެޓް… ލީން ޑިޑް ޔޫ ފައުންޑް އެބައުޓް ދަ ޕްލޭސް ފޯރ ކިޔާ ހިން ޔޯރ ހާޓް ؟ ” އީމާ އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލަމުން އެހިއެވެ. ” ހީވަނީ ލޯބި ވެވިއްޖެހެން… ކިޔާ ފެނުނަސް މިހާރު ބްލަޝް ވާވަރުން ހީވަނީ މެލްޓް ވެދާނެ ހެން…. ” އެވްލީން ޝަހާދަތް އިނގިލީގައި ބާރަކަށް ދަތް އަޅައިލިއެވެ.

” ވާއު… އައި ކާންޓް ބްލީވް އިޓްސް ޓްރޫ…. ” ހަޅޭއްލަވައި ގަންނަމުން އީމާ އެވްލީންގެ ގައިގައި ބައްދާލިއެވެ. އީމާގެ އެއަމަލުން އެވްލީން ދިޔައީ ސިއްސައި ގެންނެވެ. ” ލީން އެންޑް ކިޔާ ވަރަށް ގުޅޭ… ” އީމާ ހުރީ ވަރަށް އުފާ ވެފައެވެ. ” އެސްކިއުޒް… ވީއާރ އޯލްސޯ ހިޔާރ … ” އީމާއާއި އެވްލީން ދިވެހިން ވާހަކަ ދެއްކުމުން އީންއާއި ވިއޭން އެކީ އެއްފަހަރާ ބުނެލިއެވެ. އެވަގުތު ކޮޓަރީގެ ހަތަރު ފާރު ގުގުމާލައިގެން ދިޔައީ ހަތަރު ކުދީންގެ ހުނުމުގެ އަޑުންނެވެ.

ޒަރާއާއި ބިލާލް ބަލާ އެއާރ ޕޯޓާށް ދާން އަކިޔަސް ނިންމާފައި ވާތީ އެވްލީން ތައްޔާރު ވެލައިގެން ” ވޯޓާރ ކްރިސްޓަލް ” ގޭގެ ޕޯޓިކޯއަށް ނިކުތް އިރު އަކިޔަސް އެވްލީންގެ އިންތިޒާރުގައި ކާރަށް ލެނގިލައިގިން ހުއްޓެވެ. ” ގޯރޖިއަސް… ” އަކިޔަސް އެވްލީންއަށް ފުންނަޒަރެއް ހިންގާލިއެވެ. ރޯޔަލް ބްލޫ ކުލައިގެ އަތްދިގު ޓޮޕަކާއި ހުދު ކުލައިގެ ލެޖިންޖްސްގައި އެވްލީން ފެންނަމުން ދިޔަ ގޮތް ނުހަނު ޗާލެވެ. ކަޅު ކުލައިގެ ހައި ހީލްސް ފައިވާނަކަށް އަރައިގެން ހުރިއިރު އެވްލީންގެ ކަނދުރާ ފަޅު ފިލުވަން ބޭނުން ކޮށްފައިވާ ގަހަނާތަކުން އެވްލީންގެ ރީތި ކަމަށް އިތުރު ދިރުމެއް ގެނެސްދީފައި ވާއިރު ހީވަނީ ރީިތިކަން ހުސްކޮށްލާފައިވާ ޙޫރެއް ހެންނެވެ. ” ހާދަ ވަރަކަށް ތައްޔާރު ވެލައިގެން ތިއައީ ؟ ” އަކިޔަސް އޭނަ ލައިގެން ހުރި މަޑު އަޅިކުލައިގެ ޖެކެސްޓްގެ ޖީބަށް ފިނިވެފައިވާ އަތްތިލަ ކޮށްޕާލައިފިއެވެ. ދުންފިނިން މުޅި ހިސާބުގައިވަނީ ހުދުކުލައިގެ ފަރުދާތަކެއް ދަމާލާފައެވެ. ” އާންޓް އެންޑް އަންކަލް އަންނާތީ ކުޑަކޮށް ރީތި ވެލީ…. ” އެވްލީން ލުއި ފިޔަވަޅު ތަކެއްގައި އައިސް އަކިޔަސް ކައިރިއަށް ހުއްޓުނެވެ. އޭރު ދުންފިނީގެ ތެރެއިން އަކިޔަސް ފެންނަމުން ދިޔައިރު ހީވަނީ ސުޕަނެޓުރަލް ޕަވާރއެއް ލިބިފައިވާ ހެންނެވެ. އެދެލޮލުގެ ވިދުވަރު އެތައް ގުނައަކަށް ކައިރީގައިވާ ލައިޓްތަކުން އިތުރު ކޮށްދީފައި ވުމުން އެދެލޮލަށް ބަލައިލަން ވެސް އެވްލީންއަށް އުނދަގޫ ވިއެވެ.

” ކުޑަކޮށް ؟ އާރ ޔޫ ޖޯކިންގް ؟ ލީން ހީވަނީ ޕެލެސްއެއްގެ ޕްރިންސެސް އެއްހެން… ” އެއްލޯ މަރައިލަމުން އަކިޔަސް ލާނެއް ރާގަކަށް ބުނެލިއެވެ. ” އައި އޭމް މޭޑްލީ އިން ލަވް ވިތް ޔޫ… ” އެވްލީންއަށް ހިތާހިތުން ބުނެލެވުނެވެ. އަކިޔަސް އެވްލީންގެ އަތުގައި ހިފަހައްޓާލުމާއެކު އެވްލީންގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. އެވްލީންއަށް ބޭއިހްތިޔާރުގައި
އަކިޔަސްގެ ރީތި ދެލޮލަށް ނަޒަރު ހިންގާލެވުނެވެ. ” ކަމް… ” އަކިޔަސް ގުދުވެލަމުން އެވްލީންގެ ކަންފަތް ދޮށުގައި ބުނެލުމާއެކު އެވްލީންގެ ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިލައިގެން ދިއުމާއެކު އެވްލީންއަށް ދެލޯ މަރާލެވުނެވެ.

އަކިޔަސް ކާރާއި އަރާހަމަކުރަމުން އެވްލީން އަރަން ކާރުގެ ޑްރައިވާރ ސިޓާއިގެ ޖެހިގެން ހުންނަ ސީޓުގެ ދޮރު ހުޅުވާލަ ދިނެވެ. އެވްލީން އަވަސް އަވަހަށް ސީޓުގައި އިށީންނަމުން ހަށަން ބަނދެލައިފިއެވެ. އޭނަގެ މުޅި ހަށިގަނޑުހެން ވަނީ ފިނިވެފައެވެ. ކާރުގެ ތެރެއަށް ފެތުރާލާފައިވާ އޭސީގެ ފިނީގައިވެސް އެދޮން މޫނުގައި ވިދަމުންދިޔަ ދާތިކިތަކަށް ނިމުމެއް ނައެވެ. އަކިޔަސް ކާރަށް އެރުމާއެކު އެވްލީންގެ ހިތް ބަންޑުން ވެގެން ދިޔައީ އެޕޯލޯ ބްލެކް ސެންޓްގެ ހިތްގައިމު މީރު ވަހުންނެވެ. ކާރު މެދުމިނުގެ ސްޕީޑެއްގައި ދުއްވަމުން ދިޔައިރު ފަސްދީފައިދާ ބޮޑެތި އިމާރާތްތަކަށް އެވްލީން ބަލަހައްޓައިގެން އިނެވެ.

ލަންޑަން ސިޓީ އެއާރ ޕޯޓްގެ ޕާކިންގް އޭރީއާ ކާރުތަކުން ފުރިފައި ވުމާއެކު ކާރު ޕާކްކުރަން ޖެހުނީ ތަންކޮޅެއް ދުރުގައި ހުންނަ ތަނެއްގައެވެ. ޓްރެފިކްވެސް އެހާ ބޮޑު ވުމުގެ ސަބަބުން އަކިޔަސް އިނީ ރުޅި އަންނަ ގޮތްވެފައެވެ. ކާރު ޕާކް ކޮށްލުމަށްފަހު ދެ ކުދީންވެސް ކާރުން ފޭބީ އެކީގައެވެ. ޒިބްރާ ކްރޮސް ކައިރިއަށް ހުއްޓުނު ވަގުތު އަކިޔަސްއަށް އެވްލީންގެ އަތުގައި ހިފާ އޭނައާއި ދިމާއަށް ދަމައިގަނެވުނީ ނުހަނު ލަހުވި ކަމާއެކުގައެވެ. ” ވޮޗް އިޓް ގާރލް… ” އަކިޔަސްގެ އަޑުގައި ނުތަނަވަސްކަން އެކުލެވިގެން ވިއެވެ. އެވްލީން ދުއްވާފައި ދިޔަ ޓްރަކްގައި ނުޖެހި ސަލާމަތް ވުމުން އަކިޔަސްއަށް ފުން ނޭވާތަކެއް ބޭރުކޮށް ލެވުނެވެ. އަކިޔަސްގެ ބާރުގަދަ އަތުގެ ތެރޭގައި ހުރެވުމުން އެވްލީންގެ ރޫރޫ އަޅަމުން ދިޔަ ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބުނެވެ. އަދިވެސް އެޓްރަކްގެ ބާރުގަދަ ބަރުގޮނުގެ އަޑު އެކަންފަތުގައި ގުގުމާލަމުން އެބަދެއެވެ. އެވްލީން އަކިޔަސްގެ ޓީޝާޓްގައި މޫނު ފޮރުވާލައިގެން ހުރިއިރު ބިރުންގޮސް އެލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކިތަކުން އަކިޔަސްގެ ޓީޝާޓް ތެމުމުން ދިޔައެވެ.

” ލީން ޑޯންޓް ކްރައި… ﷲގެ އިރާދަފުޅާއެކު އެއްވެސް ކަމެއް ނުވެއެއްނު…. ” އަކިޔަސް އެވްލީންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކިތައް ފޮހެލަމުން އެވްލީން ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. ” ލެޓް މީ ގޯ އެންޑް ބައި އަ ވޯޓާރ ބޮޓްލް ފޯރ ޔޫ… ވެއިޓް ހިޔާރ…. ” މަގުގައި ބަހައްޓާފައިވާ ބެންޗެއްގައި އިށީންނަމުން އެވްލީންގެ އަތްތިލައަށް އަކިޔަސް ފިތާލައިފިއެވެ. ” އަހަރެންވެސް ދާނަން… ” އެވްލީން ކަރުނައިން ފުރިފައިވާ ދެލޮލާއެކު އަކިޔަސްއަށް ބަލައިލުމުން އަކިޔަސްގެ ހިތުގައި ތޫނު ރިހުމެއް އުފައްދާލައިފިއެވެ. އެވްލީންގެ ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ފައިބާތަން ދެކެން އޭނައަށް ކެތް ނުކުރެވޭނެއެވެ. ” އުހުނ… ވަރަށް ކްރައުޑް ބޮޑުވާނެ މިދުވަސް ކޮޅު…. ކްރިސްމަސް ކައިރިވާތީ ޝޮޕްސްތައް އެއްކޮށް ފުރާލާފަ އޮތްނާނީ… ލީން ތިހާ ސްލިމް އިރު ބިންދައިގެންވެސް ހިނގައިދާނެ… ޔޫރަޕް މީހުން ނުލާހިކު ހިއުޖް ވާނެ ވިއްޔާ ” އަކިޔަސް ވިސްނައި ދޭފަދަ ގޮތަކަށް ބުނެލިއެވެ.

އަކިޔަސް ކައިރީގައި ހުރި ކުޑަ ރީޓެއިލް ފިހާރަޔަކަށް ވަނުމާއެކު އެވްލީންއަށް ދެފާރަތަށް ނަޒަރު ހިންގާލެވުނެވެ. އެފިހާރަ ކިތަންމެ ކުޑަ ކަމުގައި ވީނަމަވެސް މީހުންތަކުން ފިހާރަވަނީ ފުރާލާފައެވެ. އެވްލީން ބެންޗްގައި އިށީންދެލައިގެން އިންދާ އެބެންޗް ކައިރިއަށް ހުއްޓުނު ދެ ފިރިހެނެއްގެ ސަބަބުން އެވްލީން ކުޑަކޮށް ސިހުނެވެ. ” ހޭއި ބިއުޓިފުލް… އައެމް ރިޗާޑް ” ފެހި ކުލައިގެ ހޫޑީއަކާއި ފަޔަށް ދޫކޮށް އޮތް ޖިންސްގައި ހުރި މީހާ ބެންޗްގައި އިށީނެވެ. ” އެންޑް އައެމް ޑޭވިޑް…. ” އެވްލީން އެދެމީހުންގެ ދެމެދުގައި ފިތިގެން ދިޔައެވެ.

” ވަޓް ދަ ހެލް….. ” އެވްލީން ތެދުވެގެން ދާން އުޅުމާއެކު ޑޭވިޑް އެވްލީންގެ އަތުގައި ހިފަހައްޓާލިއެވެ. ” ވީއާރ ޓްރައިގް ޓު މޭކް އަ ގުޑް ކޮންވެސޭޝަން… ” ހިނިތުންވުމަކާއެކު ރިޗާޑް ބުންޏެވެ.

” ލެޓް ހާރ ގޯ!!!… ” އަކިޔަސްގެ ބާރު ހަޅޭކުގެ އަޑު ގުގުމާލައިގެން ދިޔައިރު ހޮނު ގުގުރިއަކަށްވުރެ ބާރުވާނެކަން ޔަޤީނެވެ. އެވްލީންއަށް ވެސް ފަސް އެނބުރި ބަލައިލެވުނީ ދެލޯބޮޑު ކޮށްލައިގެން ހުރެއެވެ. އަކިޔަސް ބާރަކަށް ހިނގާލާފައި އައިސް ޑޭވިޑްގެ އަތުގެ ތެރޭން އެވްލީންގެ އަތް މިނިވަން ކޮށްދިނީ ނުހަނު ފަސޭހަ ކަމާއެކު އެވެ. ރިޗާޑް އާއި ޑޭވީޑް ބިރުން ތިބި ކަމުގައި ވީނަމަވެސް އެމީހުން ބަލި ޤަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ” ހޫ އާރ ޔޫ ؟ ” ރިޗާޑް އަކިޔަސްއާއި ދިމާއަށް އަތް މަޅާލައިފިއެވެ. އެކިޔަސް ރިޗާޑްގެ އަތުގައި ހިފާ ފޮޅުވާލުމާއެކު ލުއި ފަތެއްހެން ރިޗާޑް ވިއްސައިގެން ގޮސް ބިންމަތީގައި ޖެހުނެވެ. ” ކިޔާ !!… ” ތުރުތުރު އަޅަމުން ދިޔަ އަޑަކާއެކު އެވްލީން އަކިޔަސްގެ އަތުގައި ހިފަހައްޓާލިއެވެ. އޭރު ރިޗާޑް އާއި ޑޭވިޑް ބާރު ބާރަށް ދުވެލާފައި ގޮސްފިއެވެެ. ނަމަވެސް ރުޅި ގަދަ ވެފައިވާ އަކިޔަސްގެ ރުޅި ފިނިވާގޮތެއް ނުވިއެވެ. އަކިރީގައި ހުރި ގަހަށް އަކިޔަސް ވީއްލައިލި ބާރު އެތިފަހަރާއެކު ގަސްވެސް ހެލިލައިފިއެވެ. ” ކިޔާ އަޑުއަހާބަލަ… ” އެވްލީން އަނެއްކާވެސް އަކިޔަސްގެ އަތުގައި ހިފަހައްޓާލައިފިއެވެ. ” ހައު ކުޑް އައި ލީވް ޔޫ ހިޔާރ ؟ ކުރިން ވިސްނާ ލެވުނުނަމަ… ލީންއަށް ހުރިހާ ކަމެއްވެސް މިވަނީ އަހަރެންގެ ސަބަބުން…. ” އަކިޔަސް ދެދަތްޕިލަ ޖައްސާ ބާރުކޮށްލައިފިއެވެ. ” ކިޔާ އަހަންނަށް ކަމެއް ނުވެއެއްނު… ޕްލީސް ކާމް ޑައުން… ” އެވްލީން ކުރެހިފައިވާ އަޑަކުން ބުންޏެވެ. ފުރަތަމަ ފަހަރަށް އަކިޔަސް އެހާ ރުޅި އައިސްފައި ހުއްޓާ ފެނުމުން އެވްލީން ހުރީ ބިރުން ފިތްކަނޑައިގެން ދާވަރު ވެފައެވެ. ” ލީން… އައި ޑޯންޓް ނޯ ވަޓްސް ހެޕެނިންގް ޓު މީ…. ލީންއަށް ކަމެއް ވާކަށް އަހަރެން ބޭނުންމެއް ނުވޭ. ލީންއަށް ހުރިހާ އުފަލެއް ލިބެން އަހަރެން ބޭނުންވެނީ… ލީން ރިވާރއަށް ވެއްޓުނު ދުވަހުވެސް ކިރިޔާ ހަޓް އެޓޭކެއް ނުޖެހުނީ… ލީން… ނައު ޔޫއާރ އަ ވެރީ އިމްޕޯޓެންޓް ޕާސަން ފޯރމީ… ” އަކިޔަސް އެވްލީންއާއި ދިމާއަށް ބަލައިލިއިރު އެދެލޮލުގައި ވަނީ ތަފަތު ޖަޒުބާތު ތަކެވެ. އަކިޔަސް ބުނި ޖުމްލަ އެވްލީންގެ ކަންފަތުގައި ގުގުމާލަމުން ދިޔައިރު އެހިތަށް ވަނީ ބުނަން ނޭގޭ އުފަލާއި ހިތްހަމަ ޖެހުން ގެނެސް ދީފައެވެ.

” ލީން އިފް ދިސް އިސް ލަވް… ދެން ޔެސް… އަހަންނަށް ލީންދެކެ ލޯބި ވެވިއްޖެ… ” އަކިޔަސް އެބާރުގަދަ ދެއަތުން އެވްލީންގެ މޫނުގައި ހިފަހައްޓާލިއެވެ. އެވްލީންއަށް އަކިޔަސްގެ ދެލޮލަށް ބަލައިލެވުނު އިރު އެވްލީން އުފާވެފައި ހުރި ވަރު ލަފްޒުތަކުން ބަޔާކް ކުރެވޭނެ ހެނެއް ހިއްޔެއް ނުވެއެވެ. އުފަލުންގޮސް އެވްލީންގެ ދެލޮލުން ކަރުނަ ހިލިގެން ދިޔައެވެ. ” އައި ލަވް ޔޫ… ” އެވްލީން ގެނެސް މެޔާލާއި ބޮނޑިކޮށްލަމުން އަކިޔަސް ވައި އަޑަކުން ބުނެލިއެވެ. ” ލަވް ޔޫ ޓޫ… ” އެވްލީން އަޅައި ގަންނަމުން ބުނެލިއިރު ލިބުނު އުފަލެއްގެ ސަބަބުން އެވްލީންއަށް ވާހަކަ ދައްކަން ވެސް އުދަގޫވިއެވެ. އަކިޔަސްއާއި އެވްލީން ބައްދާލައިގެން ތިބިއިރު ހީވަނީ ރީތި ތަސްވީރެއް ހެންނެވެ.

” އޯކޭ…. މިހާރު ފްލޭޓް ލޭންޑް ކޮށްފާނެ… ހިނގާ އަވަހަށް ދާން… ” އަކިޔަސް އާއި އެވްލީން އަތު ގުޅުވާލައިގެން ހިނގައިގަތީ އެއާރ ޕޯޓާއި ދިމާއަށެވެ. ދެކުދީންނަށް އެއާރ ޕޯޓާއި ހަމައަށް ދެވުނު އިރު ބިލާލްއާއި ޒަރާ ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. ” ކިޔާ ނާންނާނެ ކަމަށް ހީކޮށް ޑްރައިވަރަށް ގުޅަން އުޅެނިކޮށް ތިއައީ… ” ބިލާން އާއި ނުހަނު ގާތުގައި ޒަރާ ހުއްޓިލައިގެން ހުރިއިރު ހާދަ ގުޅެއެވެ. ހީވަނީ ޒުވާން ދެ ލޯބިވެރިން ހެންނެވެ. ” މަމް… ރިސީވްކުރަން ނައިސް ހުރެވޭނެތަ ؟ ” އެވްލީންގެ އަތުން ދޫކޮށްލަމުން އަކިޔަސް ގޮސް ޒަރާގެ ގައިގައި ބައްދާލިއެވެ. ބިލާލް އަކިޔަސްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ވޭތުވެގެން ދިޔަ ދުވަސްތައް ދިޔައީ ކިހިނެއްތޯ އަހާލައިފިއެވެ. ” ޑޭޑް… ހުރިހާ ކަމެއްވެސް ދިޔައީ ރަނގަޅަށް… ” އަކިޔަސް ހިނިތުންވުމަކާއެކު ބުނެލިއެވެ. ” ލީންއަށް ދޭން ވަރަށް ރީތި ޓަރަމްޕެޓް ޑެރެސްއެއް ގަނެގެން މިއައީ… އައެމް ޝުއާރ ޔޫ ވިލް ލައިކް އިޓް… ” ޒަރާ އެވްލީން ކުރިމައްޗަށް ހުއްޓިލަމުން ވާހަކަ ދެއްކިއެވެ. ” ހޫމްމް… ކޮބާ އަހަންނަށް ދޭން ގެނައި ޕްރެސެންޓް ؟ މިހާރު ލީން އައީމަ މީ އެންޑް ޒޭވް ވޭނިޝްވެއްޖެ ދޯ… ” އަކިޔަސް ލާނެއް ރާގަކަށް ބުންޏެވެ. ” ނޫނޭ… ލީން ގެސްޓަކަށް ވީމައޭ… އެންޑް މައި ޓޫ ސަން އާރ އަ ވަންޑަފުން ގިފްޓް ފްރޮމް ގޯޑް… ” ޒަރާ ބުންޏެވެ.

* * *

ދުވަސްތައް ހަލުވިކަމާއެކު ފާއިތު ވަމުންގޮސް ޖެނުއަރީ މަހާއި ފެބްރުއަރީ މަސް ނިމިގެން ދިޔައީ ހީވެސް ނުކުރާހާ ހަލުވިކޮށެވެ. މޮޅިވެރިކަމުގެ ސައިލުތައް އޮޅާލައިގެން ތިބި ގަސްތަކުގައި މަޑުމަޑުން ފެހިކަން ފެންނަން ފަށައިފިއެވެ. ހިޖްރަ ކޮށްފައިވާ ކޮކާތަކާއި ދޫނި ސޫފާސޫފިން ފަޒާ ފުރާލަމުން ދިޔައިރު ވީރާނާކަން ކުރިން ފެނިފައި ވީނަމަވެސް މިހާރު ކޮންމެ ތަނަކަށް ނަޒަރު ހިންގާލި ކަމުގައި ވީނަމަވެސް ފެނިގެން ދަނީ ބަހާރު މޫސުމުގެ އެކި ދަޅަތަކެކެވެ. ބަގީޗާ ތަކުގައި ކުލަކުލައިގެ މާތައް ފޮޅެމުން ދާއިރު ޗެރީ ބްލޮސަމްގެ ޖާދޫ މުޅި ލަންޑަން ސިޓީއަށް ފަތުރާލާފައި ވުމުން ހާދަ ފުރިހަމައެވެ. އެކިކަލަހަ ދޫނިތަކުގެ ހިތްގައިމު އަޑު އެކުވެގެން އައިސްފައި ވުމުން އަޑުއަހަން އެއަޑު އެހާ ހިތްގައިމެވެ.

އެވްލީން ” ވޯޓާރ ކްރިސްޓަލް ” ގޭގެ ބަގީޗާއަށް ނަޒަރު ހިންގާލުމަށްފަހު ކުލަ ކުލައިގެ މާތަކުގެ ވަސްބަލަމުން ދިޔައެވެ. މީރުވަސް ދުވާ މާތަށް ބިންނަމުން ދިޔައިރު އެވްލީންގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ވެއެވެ. އަކިޔަސްގެ ފަރާތުން އޭނައަށް ލިބެމުންދިޔަ ނިމުމެއް ނެތް ލޯބީގެ ސަބަބުން އެވްލީން މިހާރު ފޮނި ހުވަފެންތައް ވެސް ދެކެން ފަށައި ފިއެވެ. ހުދާއި ކަޅު ކުލައިގެ ސްޓަރައިޕްޑް އަތް ދިގު ޓޮޕަކާއި ނޫކުލައިގެ ފަޔަށް ފިޓްކޮށް އޮތް ޖިންސެއްގައި އެވްލީން ހުރިއިރު މިނިވަން ކަމާއެކު ދޫކޮށް ލެވިފައިވާ އެވްލީންގެ އިސްތަށިގަނޑު ވަޔާއެކު ސަމާސާ ކުރަމުން ދިޔައެވެ. ” ބޭބް ހާދަ ހެޕީވެފަ ؟ އެނީތިންގް ސްޕެޝަލް ؟ ” ކައިރިން އަކިޔަސްގެ ފިޔަވަޅު ތަކުގެ އަޑުއިވުމާއެކު އެވްލީން އަށް ފަސްއެނބުރި ބަލައިލެވުނެވެ. ” ނޫނޭ ނަތިންގް ސްޕެޝަލް… ހަމަ ކިޔާ މަތިން ހަނދާން ކޮށްލި އިރަށް ތިއައީ…. ” އެވްލީން ރަކި ހިނިތުންވުމަކާއެކު އަކިޔަސްގެ ސުވާލަށް ޖަވާބު ދިނެވެ.

” ހިޔާރ އިސް އަ ގިފްޓް ފޯރ ޔޫ… ” ނޫކުލައިގެ ކުޑަ ފޮށްޓެއް ނަގައި އެވްލީންއަށް ދިއްކޮށްލަމުން އަކިޔަސް ބުނެލައިފިއެވެ.

އެވްލީން ފޮށި ހުޅުވާލިއިރު އޭގެ ތެރޭގައި އޮތް އަލިމަސްކަށިން ފުރާލާފައިވާ އަނގޮޓި ފެނުމާއެކު އެވްލީން އޭގައި ފިރުމާލިއެވެ. އިރުގެ ދޯދިތަކުން އަލިމަސްކަށީގެ ވިދުވަރު އިތުރުކޮށްދީފައި ވުމުން ހީވަނީ ލޯތަރަތަރަ ޖަހައިގެން ހިނގައިދާނެ ހެންނެވެ. އަކިޔަސް އަނގޮޓި އެވްލީންގެ ޝަހާދަތް އިނގިލީގައި އަޅުވާލަ ދިނެވެ. ” ތެންކިއު… ” އެވްލީން އަކިޔަސްގެ މޫނަށް ބަލައިފިއެވެ. ” މިއަދު ފުދޭވަރަކަށް ހޫނު ދުވަހެއްނު ޕޫލަށް އެރެން ހިނގާބަލަ… އިޓް ވިލް ބީ ފަން… ” އަކިޔަސް ކައިރީގައި ހުރި ބޮޑު އޮރެންޖް ގަހަށް ލެނގިލިއެވެ. ” ކިޔާ… އަހަންނަށް ފަތާކަށް ނޭގޭ… ” އެވްލީން ލެވެންޑާރ ގަހުން މަލެއް ބިންނަމުން އޭގެ ވަސް ބަލައިލިއެވެ. ” ނޯ ވޮރީން ބޭބް ވެން އައެމް ވިތް ޔޫ … ” އަކިޔަސް އެވްލީންގެ އަތުގައި ހިފާ އޭނައާ ދިމާއަށް ދަމައިގެންފިއެވެ. އެވްލީން އަކިޔަސްގެ ބައިމަތި ފުޅާ ހަށިގަނޑުގައި ޖެހުމާއެކު އެވްލީންއަށް ހީވީ ފިނިފެންމަލުގެ ފިޔަތަކުން ފުރާލަފައިވާ ދާނެއްގެ މަތީގައި މޫނު ފޮރުވާލެވުނު ހެންނެވެ.

” އޯކޭ… ޑްރެސް ޖޭންޖް ކޮށްލައިގެން އަންނަންދެން މަޑު ކުރައްޗޭ…. ” ޕޫލާއި އަރާހަމަކުރަމުން އެވްލީން ވާހަކަ ދެއްކިއެވެ. ” ހޫމްމް… ވެއިޓް ކުރާނަން… ” އަކިޔަސް ޕޫލް ކައިރީގައި ބަހައްޓާފައިވާ ޕޫލް ޗެއާރ އެއްގައި އިށީނެވެ. ފަސް މިނެޓް ފަހުން އެވްލީން ހެދުން ބަދަލު ކޮށްލައިގެން އައިއިރު އަކިޔަސް ފޯރިއާއެކު ފޯނުން ގޭމެއް ކުޅެމުން ދިޔައެވެ.

އެވްލީން އަވަސް ފިޔަވަޅު ތަކެއްގައި ގޮސް އަކިޔަސް ކުރިމައްޗަށް ހުއްޓުމާއެކު އަކިޔަސް އޭނަ ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު މޯޅިއަކަށް ދެމިލިއެވެ. އެރީތި ކަސްރަތީ ހަށިގަނޑު ހާމަވެގެން ދިއުމާއެކު އެވްލީންގެ މެޔަށް ފިނިވެގެން ދިޔައެވެ.

އިރުގެ ރަން ދޯދިތައް އެއްވެސް ހުރަހެއްނެތި އެކަސްރަތީ ހަށިގަނޑުގެ ބޮސްދޭން ފެށުމާއެކު އެވްލީންއަށް ބަލަހައްޓައިގެން ހުރެވުނީ ހިސާބަކަށް ހުއްޓުން އަރާފައެވެ. ” ރެޑީ ؟ ” އަކިޔަސް ފިރިހެންވަންތަ ހިނގުމެއްގައި ގޮސް ޕޫލް ވަށާ ޖަހާފައިވާ ރެއިލިންގްގައި އަތް ވިއްދާލިއެވެ. ” ކިޔާ…. ހެދުންވެސް ބަދަލު ނުކޮށްތަ ޕޫލަށް އެރެން ތިއުޅޭނީ ؟ ” އެވްލީން ގަނޑު ފެންކޮޅެއްހާ ފިނި ވެފައިވާ ދެއަތް ޖޯޑު ކޮށްލިއެވެ. އަކިޔަސް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

އަކިޔަސް ޕޫލަށް ފުންމާލުމުން އެވްލީން ޕޫލްގެ ފެންގަނޑު ތެރެއަށް އެދޮން ފައިތިލަ ކޮށްޕައިލަމުން އިށީނެވެ. އަކިޔަސް ކުއްލިޔަކަށް އައިސް އެވްލީންގެ އަތުގައި ހިފައި ފެންގަނޑުގެ ތެރެއަށް ދަމައި ގަތުމާއެކު އެވްލީންއަށް ބާރަކަށް ހަޅޭއްލަވައި ގަނެވުނެވެ. އެވްލީން އަވަސް އަވަހަށް އަކިޔަސްގެ ގައިގައި ބައްދާލި އިރު ފިނިވެފައިވާ ފެންގަނޑުގެ ސަބަބުން އޭނަ ރޫރޫ އަޅައިގެން ދިޔައެވެ.

އަކިޔަސް ޕޫލަށް ފުންމާލުމުން އެވްލީން ޕޫލްގެ ފެންގަނޑު ތެރެއަށް އެދޮން ފައިތިލަ ކޮށްޕައިލަމުން އިށީނެވެ. އަކިޔަސް ކުއްލިޔަކަށް އައިސް އެވްލީންގެ އަތުގައި ހިފައި ފެންގަނޑުގެ ތެރެއަށް ދަމައި ގަތުމާއެކު އެވްލީންއަށް ބާރަކަށް ހަޅޭއްލަވައި ގަނެވުނެވެ. އެވްލީން އަވަސް އަވަހަށް އަކިޔަސްގެ ގައިގައި ބައްދާލި އިރު ފިނިވެފައިވާ ފެންގަނޑުގެ ސަބަބުން އޭނަ ރޫރޫ އަޅައިގެން ދިޔައެވެ.

” ކިޔާ… އައެމް ފްރީޒިންގް…. ” އެވްލީން ބާރަކަށް އަކިޔަސްގެ ގައިގައި ބައްދާލަމުން އަކިޔަސްގެ މޭގައި މޫނު ފޮރުވާލިއެވެ. ފެންގަނޑުގައި އެކުލެވިގެންވާ ފިނިކަމަށްވުރެ އެހިތުގައި ވިކަމުން ދިޔަ ބިރުވެރިކަމުގެ ސަބަބުން އެވްލީންއަށް ރޮވޭ ގޮތްވިއެވެ. ތުންފަތުގައި ދަތް އަޅާލެވުނީ ވެސް އެހެން ވެގެންނެވެ. އަދިވެސް އޭނަ ކޯރަށް ވެއްޓުނު ބިރުވެރި ހާދިސާ މަތިން ހަނދާން ނައްތާ ނުލެވެއެވެ. ” ބޭބް ކާމްޑައުން… އެހާ ފުން ހިސާބެއްގަވެސް ނޫން މިތިބީ… ” އަކިޔަސް އެވްލީންގެ އިސްތަށިގަނޑުގައި ފިރުމާލަމުން ވާހަކަ ދެއްކީ ލޯބިން ފުރިގެންވާ އަޑަކުންނެވެ. އަކިޔަސްގެ ޖުމްލައިން އެވްލީން ހިތްވަރު ކޮށްލުމަށްފަހު ބާރު ކޮށްލައިގެން ހުރި އެސްފިޔަތަކަށް ދޫދިނުމަށްފަހު ލޯހުޅުވާލިއެވެ. އެވަގުތު އޭނަ ގެ ފައިތިލަ ޕޫލްގައި ޖަހާފައިވާ ނޫކުލައިގެ ޓައިލްސް މަތީގައި ޖެހޭފަދަ އިހްސާސްތަކެއް ކުރެވިގެން ދިޔައެވެ.

” ދެޓްސް އިޓް…. ލީން މާބޮޑަށް ބިރު ގަންނަނީ… ” އެވްލީންގެ އަތުގައި ހިފަމުން އަކިޔަސް އެއަތަށް ފިތާލައިފިއެވެ. އެވްލީން ފުޅާ ހިނިތުންވުމަކާއެކު އަކިޔަސްގެ އެހީގައި ޕޫލްގެ ފެންގަނޑު ތެރޭގައި ފަތާލިއެވެ. ފުން ހިސާބަށް ދެވުމާއެކު އެވްލީން ހުރީ ނޭވާ ހިފަހަށްޓާ ލައިގެންނެވެ. ނަމަވެސް އަކިޔަސްއަށް އޭނަ އިތުބާރު ކުރާލެއް ބޮޑުކަމުން އެވްލީންއަށް މިފަހަރު ”ބިރު” އިހްސާސް ނުކުރެވުނެވެ. އަމިއްލަ ދުނިޔެއެއްގައި އެވްލީންއާއި އަކިޔަސް އުޅުމުން ދިޔައިރު އަކިޔަސް ދޭތެރެއަކުން ކޮށްލާ ގޯނާ ތަކުން އެވްލީންގެ ބަޑިފަޅައިގެން ދެއެވެ.

ނުރައްކާތެރި ދަރަޖައަކަށް ދެ ޒުވާނުންގެ މޫނު ކައިރިވެފައި ވުމާއެކު އެވްލީން އަކިޔަސްގެ އަޅިކުލައިގެ ދެލޮލުގެ ތެރެއަށް ގެނބިގެންދާން ބޭނުންވިއެވެ. އެދެލޮލުން އޭނަގެ ހިތަށް ކުރުވާ އަސަރުތަކުން އޭނަ މޮޔަކޮށްލާހާ ވެއެވެ. އިސްތަށިގަނޑުގައި ހަރުލާފައިވާ ފެންތިކިތަށް އެރީތި މޫނުގައި ބޮސް ދިނުމަށްފަހު ދަތްދޮޅިން ތިރިއަށް ފައިބެން ދާއިރު ހާދަ ފުރިހަމައެވެ. ކިތަންމެ ރީތި އެއްޗެއް ތާއަބަދު ފެންނަގޮތް ވުމުން އޭގެ ރީތިކަން ފަނޑުވެގެން ދިއަޔަސް އަކިޔަސްގެ ރީތިކަން އެވްލީންގެ ހިތުން ދުވަހަކުވެސް ފޮހެވިގެން ދާނެ ހެނެއް ހިޔެއް ނުވެއެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކާއެކު އެހިތުގައިވާ ލޯބި އިތުރު ވަމުންދާއިރު އެހިތުގައި ޖަހަމުންދާ އުއްމީދުގެ ވިންދު ތަކުގައިވެސް ވަނީ އަކިޔަސްގެ ނަމެވެ. ” ލީން ހީވަނީ ވޯޓާރ ފެއަރީއެއް ހެން… ” އެވްލީންގެ ކޯތާފަތުގައި އަކިޔަސްގެ އިނގިލިތައް ބީހިގެން ދިއުމާއެކު އެވްލީންގެ ހިތް ތެޅިލައިފިއެވެ. ކަރަންޓް ރާޅުބާނީ ތަކާއެކު ހީވީ އެތެރެހަށީގައި ވަރުގަދަ ނިގޫރޯޅިތައް އުފެދިގެން ދިޔަ ހެންނެވެ. ތިލަ ހިސާބެގައި ތިބެވުމާއެކު އެވްލީންއަށް ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުމާއެކު އޭނަ ކައްސާލައިގެން ވެއްޓެން ދިޔަ ވަގުތު އަކިޔަސްއަށް އެވްލީންގެ އަތުގައި ހިފަހައްޓާލެވުނީ ނުހަނު ލަހުވި ކަމާއެކުގައެވެ.

”’ އަބަދު ލީން ސޭވް ކުރަން ހުންނަން މިޖެހެނީ. ޑޭންޖާރސް ތަކާއި ހާދަ ކައިރީގައި އުޅޭ ކުއްޖެކޭ. ލީންއާ އަވަހަށް މެރީ ކުރަންވީ… ” އަކިޔަސް އެވްލީންގެ މުށި ކުލައިގެ ލޮލަށް ނަޒަރު ހިންގާލިއެވެ. އަކިޔަސްގެ ޖުމްލައިން އެވްލީންގެ މޫނަށް ރަތް ފިނިފެން މަލުގެ ކުލަ ވެރިވެގެން ދިޔައިރު ފަތިހަށް ފޮޅިފައިވާ މަލެއްގެ ފިޔަތަކުގައި ޝަބްނަމް ތިކިތައް ވިދާހެން އެދޮން މޫނުގައި ފެން ތިކިތައް މޫތިތަކެއްހެން ވިދައެވެ. ” ސްޓްރޯބެރީ ފޭސް ހާދަ ރީއްޗޭ… ” އަކިޔަސް އެވްލީންގެ ކޯތާފަތުގައި ހިފާލިއެވެ. އެވްލީން ރަކިވެގެން ދިޔައިރު ފެންގަނޑުގެ ތެރެއަށް ގެނބިގެންދާން އޭނަ ބޭނުންވިއެވެ. ތުންފަތުގައި ދަތް އަޅާލެވުނު އިރު އެލޮލުގައި ވިދަމުން ދިޔައީ މައުސޫމް ކަމެވެ.

ޕޫލް ޗެއާރ އެއްގައި އަކިޔަސް އިށީނުމާއެކު އެވްލީން އިސްތަށިގަނޑުން ފެން ހިއްކަމުން ގޮސް ކައިރީގައި ހުރި ޓްރަމްޕެޓް ވައިން ގަހުގެ މާތަކާ ކުޅެލިއެވެ. މާތައް ތެޅިލުމާއެކު މާތަކުން ފޮނި ބަމުން ދިޔަ ހަމިންގްބާޑްސް ތަކެއް ބާރު ބާރަށް އުދުހިލާފައި ދިޔައިރު ބޫން އަޑެއް ފަޒާގެ ތެރޭއަށް ފެތުރިގެން ދިޔައެވެ. ވަޔާ ހަނގުރާމަ ކުރަމުން މޮނާޗް ކޮކާތައް މާތަކުން ފޮނި ބޯން އުދުހެމުން ދާއިރު ލޮލަށް ފިނިކަން ގެނެސްދެއެވެ. އެވްލީން ޙައިރާންކަމާއެކު ބަގީޗާއަށް ނަޒަރު ހިންގާލުމާއެކު ހީވީ ފެންޓަސީ ފިލްމެއްގެ ތެރޭގައި އުޅޭވޭ ހެންނެވެ. ރޮބިންސް އަދި ސްޕެރޯގެ ޖާދުވީ އަޑު މުޅި ހިސާބުގައި ގުގުމާލާފައި ވާއިރު ބަހާރު މޫސުމުގެ ފުރިހަމަކަން ކޮންމެ ދިމާލަކުން ވެސް ފެންނަމުން ދިޔައެވެ. ” އައި ލަވް ސްޕްރިންގް…. ” އެވްލީން މޮނާޗް ކޮކާތައް އުދުހެމުން ދިޔަ ދިމާއަށް ކުޑަ ނެޓެއް ދިއްކޮށްލިއެވެ. އަކިޔަސް އެވްލީންއާއި ދިމާއަށް ބަލައިލަމުން ހިނިގަނޑެއް ޖަހާލައިފިއެވެ. އެވްލީން ކުރަމުން ދިޔަ ބޭކާރު މަސައްކަތާއި ދޭތެރެއަކުން މޫނަށް ހަދާލާ ގޮތުން އަކިޔަސް އިނީ މަޖާވެފައެވެ. ” ލީން ދީ ބަލަ ތިނެޓް އަހަރެން އަތަށް…. އެންމެ ބަޓަފްލައިއެއް ވެސް ނުހިފުނެއްނު… ” އަކިޔަސް ޓީޝާޓް ބޮލުން ވައްޓާލައިގެން އައިސް އެވްލީންއާއި ދާދި ގާތުގައި ހުއްޓުނެވެ.

އެވްލީން އަކިޔަސް އަތަށް ނެޓް ދިއްކޮށްލުމާއެ އަކިޔަސް ފުރަތަމަ ބުރުން ދިހަ ކޮކާ ނެޓް ތެރޭގައި ހައްޔަރު ކޮށްލިއެވެ. ” ހިޔާރ ޔޫ ގޯ… ” ނެޓް ތިރިކޮށްލަމުން އަކިޔަސް ބުންޏެވެ. ކޮކާތައް ތެޅިފޮޅުމުން ދިޔަ މަންޒަރު ފެނުމާއެކު އެވްލީން އަތު ތެރެއަށް ހުރިހާ ކޮކާތަށް ލުމަށްފަހު ފަޒާގެ ތެރެއަށް މިނިވަން ކަމާއެކު ދޫކޮށްލައިފިއެވެ. ” ލީން ތިހާ ކްރީޗާސް ދެކެ ލޯބި ވާނަމަ އެނިމަލް ޒޫއެއް ހުޅުވަން ވީ ދޯ ؟ ” އަކިޔަސް ހިނިތުންވުމަކާއެކު ބުނެލިއެވެ. ” ޑޯންޓް ވޯންޓް އަ ޒޫ… އެކަމަކު އެކްލެކްޓަސް ޕެރޮޓްއެއް ބޭނުން… ރިހާނީ ގެންގުޅޭނޭ އޭގެ ޕެރޮޓެއް… ” އެވްލީން ޓްރަމްޕެޓް ވައިން މާތަކާއި ކުޅެލިއެވެ.

އަކިޔަސް މާދަމާ އޭގެ ގުރައެއް އެވްލީންއަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭނެ ކަމަށް ބުނުމާއެކު އެވްލީން ނުހަނު އުފާވިއެވެ. ދެ ކުދީން ވާހަކަ ދައްކަމުން ގޮސް އައުޓް ޑޯރ ސޯފާ ސެޓެއްގައި އިށީނެވެ. އަކިޔަސް މެއިޑަކަށް ގޮވާލާފައި ދެ ވެނީލާ ހޮޓް ކޮކޯ ތަށި ގެންނަން ބުނެލިއެވެ. ކައިރީގައި ހުރި ކަމެލިއާ ގަހުން ދިގުވެފައިވާ ގޮފިތައް ސޯފާ ކައިރިއަށް އައިސްފައި ވާއިރު ފިޔާތޮށި ކުލައިގެ ފިޔަތަކުން އެހިސާބު ވަނީ ފުރާލާފައެވެ. ބަހާރު މޫސުމުގައި ” ވޯޓާރ ކްރިސްޓަލް ” ފެންނަމުން ދިޔައީ ދުނިޔެ މަތީގެ ސުވަރުގެއެއް ހެންނެވެ. ފަސް މިނެޓް ފަހުން މެއިޑަކު ވެނީލާ ހޮޓް ކޮކޯ ތަށިތައް ތަބަކަށް ލައިގެން އައިސް ސޯފާ ކުރިމަތީގައި ހުރި ވަށް މޭޒު މަތީގައި ބެހެއްޓިއެވެ.

ޒަރާ ހެލްތް މެގެޒިންއެއް ހިފައިގެން ބޭރަށް ނިކުތް އިރު އަކިޔަސްއާއި އެވްލީން އެކީގައި ތިބި މަންޒަރު ފެނުމުން ޒަރާގެ މޫނަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ލޯބީގެ އާލަމުގައި ފިޔަ ޖަހަމުން ދިޔަ ދެތަރި ހެން އެވަގުތު އެވްލީންއާއި އަކިޔަސް ޒަރާއަށް ސިފަވިއެވެ. ” ކިޔާ… ޔޫއާރ ސޯ ހެޕީ ޓު ޑޭއި… ” ޒަރާ އެވްލީން މެންނާއި އަރާހަމަކުރަމުން ވާހަކަ ދެއްކިއެވެ. ޒަރާ ފެނުމާއެކު އެވްލީން އަކިޔަސްއާއި ދުރަށް ޖެހިލައިފިއެވެ.

” މަމްއަށް ފެންނަނީ އަވަހަށް ތި ދެކުދިން މެރީ ކުރަން… ” ޒަރާ ކައިރީގައި ހުރި ސިންގްލް ސޯފާގައި އިށީނެވެ. ” އާންޓް… ބައްޕަމެންނާ ޑިސްކަސް ކުރަން ޖެހޭނެއެއްނު… ސްޓިލް އައި ޑިޑް ނޮޓް ޓެލް ދެމް އެބައުޓް އިޓް… ” އެވްލީން އަޅައިގަންނަމުން ބުނެލިއިރު މުޅި މީހާ ވަނީ ފިނިވެފައެވެ. ތެތް ހެދުންތަކުގެ ސަބަބުންނާއި ވައިރޯޅި ތަކުން އެވްލީން ރޫރޫ އަޅާގޮތްވިއެވެ. ” ރިޒަލްޓް ލިބުނީމަ ލީން އެންޑް ކިޔާ މާލެ ދާން ވާނެ… ދެއާރ ޔޫ ކޭން ޓެލް އެވްރީތިންގް… ” ޒަރާ މެގަޒިންއަށް ނަޒަރު ހިންގާލަމުން ބުންޏެވެ. އަކިޔަސް ވެނީލާ ހޮޓް ކޮކޯ ތަށި ހުސް ކޮށްލުމަށް ފަހު ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާއަށެވެ. އެވްލީން އިން ގޮތަށް ޕޫލްގެ ފެންގަނޑުގެ ތެރޭގައި ނަށަމުން ދިޔަ ގަސްތަކުގެ ހިޔަނިއަށް ބަލަހައްޓައިގެން އިނެވެ. ” ލީން…. ގޯ އެންޑް ޗޭންޗް ޔޯރ ވެޓް ޑެރެސް ޑިއާރ… އެހެންނޫނީ ރޯނގާ ޖެހިދާނެ…. އިޓްސް އަ ވިންޑީ ޑޭއި… ” ޒަރާ އެވްލީންއާއި ދިމާއަށް ބަަލައިލުމަށްފަހު ހީލިއެވެ.

ރޭގަނޑުގެ ކަނު އަނދިރިކަން ފޫއަޅުވާލާފައިވާ ތަރިތަކުން އުޑު ވިދާ ބަބުޅަމުން ދިޔައެވެ. ވައިރޯޅިތައް ވެސް ބާރު ވެފައިވުމުން ފަޒާވަނީ ފިނި ކޮށްލާފައެވެ. ރޭގަނޑުގެ ކެއުން ހަމަޖެހިފައިވަނީ ބޭރުގައި ކަމަށް ވުމާއެކު އައުޓް ޑޯރ ޑައިނިންގް ޓޭބަލް ވަނީ އެކިކަހަލަ މީރު ކާނާ ތަކުން ފުރާލާފައެވެ. އާފަލު ގަސްތަކާއި ޕްލަމްޕް ގަސްތައް މޭވާތަކުން ބަރާވެފައި ވުމުން ގަސްތަކުގެ ގޮފިގަނޑުތައް ވަނީ ލެނބިގެން ގޮސް ބިމުގައި ޖެހޭ ވަރުވެފައެވެ. އޮރެންޖް ބްލޮސަމް މާތައް ފޮޅެން ފަށާފައި ވުމުން ވައި ރޯޅިތަކާއެކު ފަޒާގެ ތެރެއަށް ފަތުރާލަމުން ދިޔައީ ސިކުނޑި ތާޒާ ކޮށްލާނެހާ މީރުވަހެކެވެ. އެލުއި މީރުވަހުން ހިތްތަށް ބަންޑުން ކޮށްލާހާ ވެއެވެ. އެވްލީން އަކިޔަސްގެ އަތުގައި ހިފަހައްޓާލައިގެން ލަސް ހިނގުމެއްގައި ޑައިނިން ޓޭބަލްއާއި ދިމާއަށް ހިނގަމުން ދިޔައެވެ.

” ވާއު… ސަވާރ އެޕްލް ޓްރީ… ” ބަގީޗާގައި ދިއްލާފައިވާ ލައިޓްތައް ފެހި ކުލައިގެ އާފަލު ތަކުން ބަރާވެފައިވާ ގަހަށް އެޅިފައި ވުމުން އެވްލީންއަށް ބުނެލެވުނީ ބާރަކަށެވެ. ހުތް މޭވާތަކަކީ އެވްލީންއަށް އަބަދުވެސް މީރު އެއްޗެކެވެ. އެކުވެރިން ބައެއްފަހަރު އޭނަ ސްޓޯން އެޕްލް ކައިއުޅޭތީ ދިމާކޮށް ވެސް ހަަދައެވެ.

” ހިޔާރ ޔޫ ގޯ ބޭބް… ވަރަށް ހުތް ވާނެ… ” އަކިޔަސް އެގަހުން އާފަލެއެއް ބިންނަމުން އެވްލީންއަށް ދިއްކޮށްލައިފިއެވެ.

އެވްލީން އާފަލުގައި ދަތް އަޅާލުމާއެކު އެވްލީން އަނގަޔަށް ނުބައި ވައްތަރެއް ޖައްސާލައިފިއެވެ. ” ޔަކް… ” ތުންކޮޅު އޫކޮށްލަމުން އެވްލީން އާފަލު ބިންމައްޗަށް ވައްޓާލިއެވެ. ކެއްސަމުން ގޮސް އެވްލީންއަށް ހޮޑުލެވޭ ގޮތްވިއެވެ. ” ލީން… ހާދަ ވަރަކަށް ތިކެއްސަނީ… ޑްރިންކް ސަމް ވޯޓާރ… ” އަކިޔަސް ޑައިނިގް ޓޭބަލް މަތީގަައި ބަހައްޓާފައިވާ ފެންތަށްޓެއް ނަގައި އެވްލީންއަށް ދިއްކޮށްލައިފިއެވެ. އެވްލީން އަވަސް އަވަހަށް ފެން ފޮދަކުން ކަރުތެރެ ތެތްމާލިއެވެ.

ކާމޭޒު ދޮށަށް ހުރިހާ އެންމެން ޖަމާވުމާއެކު ޒަރާ އެވްލީން އާއި އަކިޔަސް ފުރަން އުޅޭ ވާހަކަ ބިލާލް ކައިރީގައި ބުންޏެވެ. ކޯހުގެ ނަތީޖާ ކުރިއަށް އޮތް ހަފްތާގައި ދޫކުރާކަމާއި މިހާރު ދެކުދިންނަށް ޓިކެޓް ނަގާފައިވާ ވާހަކަ ޒަރާ ހާމަ ކުރިއިރު އެތުންފަތުގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ޒަރާ ހުރިހާ ކަމަކަށް އަވަސް އަރުވާލައިގެން އުޅޭކަން ބިލާލްއަށް އެވަގުތު ފާހަގަ ކުރެވުމާއެކު ސުވާލު ކޮށްލިއެވެ. ޒަރާ ބިލާލްގެ ސުވާލަށް ޖަވާބު ދެމުން ބުނީ އެވްލީން ކަހަލަ ރަނގަޅު ކުއްޖަކު ދުނިޔޭގައި އަތްފުނާ އެޅިކަމުގައި ވީނަމަވެސް ނުލިބޭނެ ކަމަށެވެ. އަދި އެވްލީންއަކީ އަކިޔަސްގެ ބައިވެރިއަކަށް އެންމެ ރަނގަޅު ކުއްޖާ ކަމުގައި ވެސް ބުންޏެވެ.

ޖެހިގެން އައި ދުވަހު އަކިޔަސް ޕެޓް ޝޮޕަކަށް ގޮސް އެކްލެކްޓަސްއެއް ގަނެގެން އައުމުން އެވްލީން ހުރިހާ ކުދި ދަތްތައް ފެންނަވަރުގެ ހިނިތުންވުމަކާއެކު އެސޮރުގެ ފިޔަތަކުގައި ފިރުމާލިއެވެ. އެވަގުތު އެސޮރު ލެވި ބާރު ހަޅޭކުގެ އަޑާއެކު ހީވީ ކަންފަތް ބައްވެގެން ދިޔަ ހެންނެވެ. އަކިޔަސް އެކްލެކްޓަސް ކޮށްޓަށް ލުމައްފަހު އެތެރެއަށް ވަންތާ މާގިނި އިރެއް ނުވަނީސް އެވްލީން ބާރަކަށް ހަޅޭއްލަވައި ގަތުމާއެކު އަކިޔަސްއަށް ބޭރަށް ނިކުމެވުނީ ދުވެލާފައެވެ.

” ލީން ވަޓް ހެޕެންޑް ؟ ” އަކިޔަސްގެ އަޑުގައި ހާސްކަން އެކުލެވިގެން ވިއެވެ. ” އިޓް ވެންޓް… ” އެވްލީން ތުން ފިއްތާލަމުން ކޮށްޓަށް އިޝާރާތް ކޮށްލިއެވެ. ” ލީން އެކަހަލަ ޓެން ޕެރޮޓްވެސް ހޯދަ ދީފާނަން. ނައު ސްޓޮޕް ކްރައިންގް… ” އެވްލީންގެ ލޮލުގައި ވިދަމުންދިޔަ ކަރުނަ ތިކިތައް އޭގެ މަގާމް ދޫކޮށް ފައިބަމުން ދިޔައެވެ. ” ކިޔާ އެހާ ލޯބިން ގެނައި ގިފްޓެއް ވީމަ ދެރަ ވާނެއެއްނު… ” އެވްލީންގެ ކޯތާފަތުން ތިރިއަށް ދެމެމުން ދިޔަ ކަރުނަ ތިކިތައް އަކިޔަސް ފޮހެލަ ދިނެވެ. ” ފޮގެޓް އެބައުޓް އިޓް ލީން… ހައު އިޒް ދިސް ގިފްޓް ؟ ” ހުދު ރިހީގެ ކެވެލި ކޮޅެއް އެވްލީންގެ އަތުގައި އަކިޔަސް އަޅުވާލަ ދިނެވެ. އެމެރެލްޑް އަދި ރޫބީ އިން ކެވެލި ކޮޅު ފުރާލާފައި ވާއިރު މީހުން ދަހި ކޮށްލާހާވެއެވެ.

ނަތީޖާ ލިބުނު ދުވަހުގެ ދަންވަރު ފުރުން ހަމަޖެހިފައި ވުމާއެކު އެވްލީންއަށް ރަނގަޅަށް ނުވެސް ނިދުނެވެ. އަދި ހަމައެއާއެކު ދިގު ދަތުރެއް ކުރަން ޖެހުމުން އެވްލީންގެ މޫޑު އޮފްވާ ގޮތްވިއެވެ. ލަގެޖްތައް ލިފައިގެން އެވްލީން ކޮޓަރިން ބޭރަށް ނިކުތް އިރު ޒަރާ އައިސް އޭނަ އާއި އަރާ ހަމަކުރަނީއެވެ.

” ލީން އިޓްސް އޯލް މޯސްޓް ޓައިމް…. ޖެކެޓް ކޮބާތަ ؟ މިގަޑީގަ ޓެމްޕެރާޗާރ ވަރަށް ދަށްވާނެ…. ” ޒަރާ އަވަސް އަވަހަށް ބުންޏެވެ. އެވްލީން މިއަންނަނީއޭ ބުނަމަށްފަހު ޖެކެޓް ނަގަން ކޮޓަރިއަށް ވަނެވެ. މިނެޓެއްވެސް ނުވަނީސް އެވްލީން ކޮޓަރިން ނިކުމެގެންއައީ އޭނަ ލައިގެން ހުރި ހުދު ކުލައިގެ ޓްރަމްޕެޓް ޑްރެސް މަތިން ކަޅު ކުލައިގެ ފާރ ޖެކެޓެއް ލައިގެންނެވެ.

އަށާރަ ގަޑިއިރުގެ ދިގު ދަތުރަކަށްފަހު މާލެ އިންޓަރނޭޝަނަލް އެއާރ ޕޯޓްގައި ފްލެއިޓް ލޭންޑް ކުރިއިރު ހަވީރު ވެއްޖެއެވެ. ވާރޭ ވިލާތަކުން އުޑުމަތި ބައްދާލާފައި ވާއިރު ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ސަބަބުން އެއާރ ޕޯޓްގައި ފެން ކޯރުތައް އުފެދެން ވަނީ ފަށާފައެވެ. ވަޔާއެކު ގަސްތަކުގައި އަޅުވާލަމުން ދިޔަ ނާނާގެ އާޑައި ވާރޭގެ މިޔުޒިކީ އަޑުން ފަޒާވަނީ ގުގުމާލާފައެވެ. އެވްލީންއާއި އަކިޔަސް ރިސީވް ކުރަން އައިސް ތިބި ރިހާނީއާއި މިފްޒާލްގެ ދިގު އިންތިޒާރަށް ނިމުމެއްއައީ ލަގެޖްތައް ޓްރޯލީއަކަށް ލައިގެން އެދިމާއަށް އައި އެވްލީން ފެނުމާއެކުއެވެ. އޭރު އަކިޔަސް އެވްލީންގެ ފަހަތުން ހިނގާލާފައި އާދެއެވެ.

” އެޓްލާސްޓް…. ރިނީ ހީކުރީ މޫސުން ގޯސްވީމަ ފްލައިޓް ކެންސަލް ކުރީކަމަށް… ” ރިހާނީ ބާރަކަށް ދުވެލާފައި ގޮސް އެވްލީންގެ ގައިގައި ބައްދާލުމާއެކު އެވްލީން ނުވެއްޓުނީ ކިރިޔާއެވެ. ” ސޯ ހެޕީ ޓު ސީ ޔޫ… ރިނީ މަތިން ވަރަށް ބޮޑަށް މިސްވި… މަންމަ ކޮބާ ؟ ” ޖުނެއިނާ ފެންނަން ނެތުމުން އެވްލީން އަހާލައިފިއެވެ. ” މޯމް ބަލިވެ އުޅޭތީ ނާދެވުނު… މިސްޑް ޔޫ ޓޫ ސިސް… ” ރިހާނީ އޭނަގެ ބުޅި އިސްތަށިގަނޑުގުން އެމޫނަށް ފައިބައިފައިވާ އިސްތަށި ކޮޅުތައް އެއްކައިރި ކޮށްލިއެވެ.

” ލީން ރިޒަލްޓް ކިހިނެއްތަ ؟ ” މިފްޒާލް އެވްލީންގެ އިސްތަށިގަނޑުގައި ފިރުމާލަމުން އަހާލިއެވެ.

” ބައްޕައަށް ޤަބޫލެއްވެސް ނުވާނެ… އައި ގޮޓް ދަ ބެސްޓް ރިޒަލްޓް އިން މައި ބެޗް… ” އެވްލީންގެ އަޑުގައި ވަނީ އުފާވެރި ކަމެވެ. އެވްލީންގެ ޖުމްލައިން މިފްޒާލް ނުހަނު އުފާވިއެވެ.

ރިހާނީއަށް އަކިޔަސް ފެނުމާއެކު އޭނައަށް އަކިޔަސް ނޫން އެހެން ދިމާއަކަށް ބަލަންވެސް އުދަގޫ ވިއެވެ. ހުދުކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ޖިންސެއްގައި އަކިޔަސް ހުރިއިރު ބަލާ ފޫހި ނުވާނެހާ ރީއްޗެވެ. ” ރިނީ މީޓް އަކިޔަސް… ” އެވްލީން ރިހާނީއަށް އަކިޔަސް ތަޢާރަފް ކޮށްދިނެވެ. އަކިޔަސް ރިހާނީއާއި ސަލާމް ކުރަން އަތް ދިއްކޮށްލުމާއެކު ރިހާނީ ތުރުތުރު އަޅަމުން ދިޔަ އަތަކާއެކު އަކިޔަސްގެ އަތުގައި ހިފާލިއެވެ. އެވަގުތު ރިހާނީގެ ހިތުގެ ތެޅުން ބާރުވެެގެން ދިޔައީ އޮބިނޯންނަ ވަރަށެވެ. ރިހާނީ އަކިޔަސްގެ ދެލޮލަށް ބަލަަހައްޓައިގެން ހުރުމަށްފަހު އެސްފިޔަތައް ތިރިކޮށްލި އިރު އެތުންފަތަށް ވެރިވެފައިވަނީ ރަކި ހިނިތުންވުމެކެވެ.

ރިހާނީ އެވްލީންއާއި ތަފާތު ވާހަކަތައް ދައްކަމުން ގޮސް ފެރީ ޓާރމިނަލްއާއި އަރާހަމަކުރިއިރު ވާރޭ ވަނީ ހުއްޓާލާފައެވެ. ނަމަވެސް މަގުތަކުގައި ދެމެމުން ދިޔަ ފެން ކޯރުތައް ބޮޑު ވުމުގެ ސަބަބުން ހިނގަން ނުހަނު އުނދަގުލެވެ. ރިހާނީ އެވްލީންގެ ކޯހާ ބެހޭ ގޮތުންނާނި ފިނި މޫސުން ދިޔައީ ކިހިނެއްތޯ އަހާލައިފިއެވެ. ރިހާނީ އަނގަ ގަދަކަމުން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ހުއްޓާ ނުލައި އަނގަތަޅަމުން ދިޔައިރު އޭނަ އުފާވެފައި ހުރިވަރު އެމޫނުމަތިން އަންގައިދެއެވެ. އެތައް ދުވަހަކަށް ފަހު އޭނަގެ އެންމެ ގާތް އެކުވެރިޔާ އަދި އޭނަ އެންމެ ލޯބިވާ ދައްތަ އަނބުރާ އައީއެވެ. ކަނޑު ގަދަ ވުމުގެ ސަބަބުން މާލެއަށް އާދެވުނު އިރު މަޢުރިބު ނަމާދަށް ބަންގި ގޮވައިފިއެވެ.

އެވްލީން މަޢުރިބު ނަމާދުކޮށް ނިމުނު ތަނާހެން ޖުނެއިނާ އައިސް އެކޮޓަރިއަށް ވަނެވެ.

” ލީން ކިހިނެއްތަ ؟ ” ރޯނގާގެ ސަބަބުން ޖުނެއިނާގެ އަޑަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ” ރަނގަޅު… މަންމަ ޑޮކްޓަރަށް ދެއްކިންތަ ؟ ހާދަ ހުންގަދައޭ… ” އެވްލީން ޖުނެއިނާގެ ނިތުގައި އަތުގެ ނުފުށުން ޖައްސައިލުމާއެކު ހީވީ އަލިފާނުގައި އަތްލެވުނު ހެންނެވެ. އެވްލީންއަށް އަތް ދަމައިގަނެވުނީ ހަލުވި ކަމާއެކުގައެވެ. ” އާނ ޑޮކްޓަރަށް ދެއްކިން އެކަމަކު އަދިވެސް ރަނގަޅު ނުވޭ… ” ޖުނެއިނާ އެނދުގައި އިށީންނަމުން ފަޒާގެ ތެރެއަށް ފުން ނޭވާތަކެއް ބޭރު ކޮށްލިއެވެ.

ރޭގަނޑުގެ ކެއުމަށްފަހު ރިހާނީއާއި އެވްލީން ތިބީ ބަގީޗާގައި ބަހައްޓާފައިވާ ބެންޗެއްގައި އިށީންދެ ލައިގެން ވާހަކަ ދައްކާށެވެ. އެވްލީންއަށް ރިހާނީގެ ވާހަކަ ތަކުން ރެކި ގަނެވުނީ ރޭގަނޑު ދިހައެއް ޖެހިފަހުންނެވެ. ވަރުބަލިކަން އިހްސާސް ކުރެވެމުން ދިޔަ ކަމުގައި ވީނަމަވެސް އަކިޔަސްއާއި ބައްދަލުނުކޮށް ކޮޓަރިއަށް ދާން ބޭނުން ނުވާތީ އެވްލީން ބާރު ބާރަށް ހިނގާލާފައި ގޮސް އަކިޔަސް ހުރުމަށް ހަމަޖެހިފައިވާ ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. ކޮޓަރީގައި ބަހައްޓާފައިވާ ކްރީމް ކުލައިގެ ރޯޔަލް ސޯފާގައި އަކިޔަސް އިށީންދެލައިގެން އިންއިރު އޭނަގެ ނަޒަރު ހުއްޓާ ލެވިފައިވަނީ ލެޕްޓޮޕްގެ ސްކްރީނަށެވެ. ހެޑްސެޓް އަޅައިގެން ހުރުމުގެ ސަބަބުން ކޮޓަރިއަށް މީހަކު ވަންކަން ވެސް އަކިޔަސް އަށް ނޭގުނެވެ. ފެހި ކުލައިގެ ނިދާ ބޮކީގެ ފަނޑު އަލިކަން ކޮޓަރީގެ ހަތަރު ފާރުތެރޭގައި ރަސްކަން ކުރަމުން ދިޔައިރު އޭސީގެ ފިނިން ކޮޓަރިވަނީ ފިނި ކޮށްލާފައެވެ. އެވްލީން ސޯފާގައި އިށީންނަމުން އަކިޔަސް ބަލަމުންދިޔަ ” ސްޓާރ ވާސް – ރިވެންޖް އޮފް ދަ ސިތް ” ޕޯސް ކޮށްލިއެވެ.

” ލީން… ” އަކިޔަސް ހެޑްސެޓް ސޯފާ މަތީގައި ބާއްވަމުން އެވްލީންއަށް ބަލައިލިއެވެ. ނިދާ ބޮކީގެ ފަނޑު އަލި އެރީތި ދެލޮލަށް އެޅިފައިވުމުން އެވްލީންގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. ދެއަތް ޖޯޑު ކޮށްލަމުން އެވްލީން އަވަސް ނޭވާތަކެއް ބޭރުކޮށްލިއެވެ. އޭރު ކޮޓަރިއަށް ފެތުރިފައިވާ ފިނީގެ އެއްވެސް އިހްސާސެއް އެވްލީންއަށް ނުވާ ފަދައެވެ. އަކިޔަސް ސްލީވްލެސް ޓީޝާޓެއް ލައިގެން ހުރުމުން ހާމަވެފައި މުލައްދަނޑިގެ ސަބަބުން އެވްލީންގެ ހިތުގައި އުފައްދާލީ އުސްމިން ނޭގޭ ބިޔަ ރާޅުތަކެކެވެ. ” ކ..ކިޔާ… އައެމް.. ސޮރީ … ” އެވްލީން އަޅައިގަންނަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ. ” ކޮންކަމަކަށް ސޮރީއޭ ތިބުނީ ؟ ” އެވްލީންގެ އަތުގައި އަކިޔަސް ހިފަހައްޓާލިއެވެ. ” މިއަދު ކިޔާއަށް ޓައިމް ނުދެވުނެއްނު…. ” އެވްލީން ބުންޏެވެ. ” ލީން އެހާ ގިނަ ދުވަސް ކޮށްލާފަ އައީމަ ފެމިލީ މީހުން ބޭނުން ވާނެދޯ ވާހަކަ ދައްކާލަން… ސޯ ޔޫ ޑޯންޓް ހޭވް ޓު ސޭއި ސޮރީ… ” އަކިޔަސް އެވްލީންގެ ނޭފަތުގައި ހިފާލުމާއެކު ސްޓްރޯބެރި ކޮޅޭއްހާ އެނޭފަތް ރަތްވެގެން ދިއައެވެ.

ރިހާނީ އޭނަގެ އެކުވެރިން ތަކާއެކު ދެދުވަހަށް އައްޑޫއަށް ދާން ނިންމާފައި ވާތީ އެދަތުރުގައި އެވްލީން ބައިވެރި ކުރަން ރިހާނީ ބޭނުންވިއެވެ. އެވްލީން ދުވަހަކު ވެސް އައްޑޫއަށް ގޮސްފައި ނުވާތީ އެއީ އައްޑޫ ބަލައިލަން ލިބޭ ރަނުގެ ފުރުސަތެއް ކަމުގައި ސިފަ ކުރެވުނެވެ. އެވްލީން އާއެކު އަކިޔަސް ދާކަން އެނގުމުން ރިހާނީގެ ހިތުގައި ވަރުގަދަ ރިހުމެއް އުފައްދާލައިފިއެވެ. ނޭގުމުގެ ތެރެއިންވެސް އެހިތުގައި ރުޅިވެރި ކަމުގެ ހުޅުކޮޅު ރޯވެގެން ދިޔައެވެ.

ގަން އެއާރ ޕޯޓް ކުރިމަތީގައި އޮތްނަ ރީތި މޫދާއި ސްނޯ އަށްވުރެ ހުދު ދޮންވެލި ގަނޑުގެ ސަބަބުން ގަމަކީ އަބަދުވެސް ޓޫރިސްޓުންގެ ހިތް އަތުލުމުގައި މަޝްހޫރު ތަނެކެވެ. ތޮށިގަނޑު ކައިރީގައި މަދޮށި ގަސްތަކާއި އަނޯނާ ގަސްތައް ހެދިފައި ވާއިރު މުޅި ހިސާބުވަނީ ހިޔާކޮށް ލާފައެވެ. ފިތުރޯނު ގަސްތައް މަގުގެ ދެފަރާތުގައި ބިޔަކޮށް ހެދިފައިވާއިރު މައިނާގެ މިޔުޒިކީ އަޑު ދޭތެރެއަކުން އިވެގެން ދެއެވެ. ރަތްކުލައިގެ މާތަކުން ބަރާވެފައިވާ ގަހުން ފައިބާފައިވާ މާތައް ފެހިކުލައިގެ ކާރޕެޓް ގްރާސް ދޫލައިގެ މަތީގައި ފަތުރާލެވިފައި ވުމުން ދުނިޔެ މަތީގެ ކަމެއްހެން ވެސް ހިޔެއްނުވެއެވެ. އެކިކަހަލަ ރީތި މާގަސްތަކާއި ބާވެފައިވާ ފެކްޓްރީ ތަކުގެ އިތުރުން އާސަހަރީ ތަންތަނުގެ ސަބަބުން ގަމުގެ ރީތިކަމަށް އިތުރު ދިރުމަކާއި އާރޯކަން ގެނެސްދީފައި ވެއެވެ. ފޭދުއާއި ގަމާ ދެމެދުގައި އޮތްނަ ޖެޓީ ކައިރީގައިވާ ސާފް ނޫކުލައިގެ ބިއްލޫރި ކޮޅެއްފަދަ މޫދުގެ ދިޔަވަރު ބޮޑު ވަގުތަކަށް ވުމުން މޫދުގައި ހަރާކްތެރިވާ ބޮޑެތި މަސްތައް ފެންނަމުން ދިޔައީ ހެޗްޑީ މަންޒަރެއްގެ ގޮތުގައެވެ. ޑިންގީ ތަކާއި ބޮޑެތި ބޯޓު ފަހަރުތަކުގެ ހިޔަނި މޫދުގެ ލޮނުގަނޑު ތެރޭގައި ނަށަމުން ދިޔައިރު ވައިރޯޅި ތަކާއެކު ބޯޓު ފަހަރުތައް ދެފަހާރަތަށް ހެލިލައެވެ. ” އޯ އެމް ޖީ… ވަރަށް ފުންވާނެ ދޯ މިތަން ؟ ” ރިހާނީ ޖެޓީއާއި އަރާހަމަވުމާއެކު ފެންނަމުން ދިޔަ ފުން މޫދަށް ނަޒަރު ހިންގާލުމުން އޭނަ ބިރުން ގޮސް ރޫރޫ އަޅައިގެން ދިޔައެވެ. އޮޔަވަރު ނުހަނު ގަދަވުމާއެކު އެތަން ސިފަވަމުން ދިޔައީ ބިރުވެރި ގޮތަކަށެވެ.

” ހޫމްމްމް ވަރަށް ފުންވާނެ… ތީ ވަރަށް ޑޭންޖަރަސް ފިޝްތައް އުޅޭ ސަރަހައްދެއް…. ” ރިހާނީގެ އެކުވެރިއަކު ކަމުގައިވާ ކިފާހް ޖެޓީ ކައިރީގައި ޖަހާފައިވާ ރެއިލިންގްގައި އަތް ވިއްދާލިއެވެ. ” އޯކޭ.. ދެން ހަންކެޑެ ބަލަން ދާނީ… އެންޑް އާފްޓާރ ދެޓް ކޯއްޓޭއަށް ދަތުރު ދާނީ… ” ދުވަހުގެ ތާވަލް ރޭވިފައިވާ ގޮތް އެކުވެރިއަކު ހާމަ ކުރިއެވެ. ދަތުރުގައި ބައިވެރިވަނީ ހަތް ކުދިންނަށް ވުމާއެކު އެހާ ބޮޑު ތައްޔާރީ ތަކެއް ވާކަށް ނުޖެހުނެވެ.

އަކިޔަސްއާއި އެވްލީން ޖެޓީގައި ހިނގަމުންދިޔަ މަންޒަރު ފެނުމުން ރިހާނީގެ ތަބީއަތު ގޯސްވާ ހިސާބަށް ދިޔައެވެ. ރިހާނީ އެބުޅި އިސްތަށިގަނޑުގެ ބުޅިކޮޅުތައް އަތުގެ އިނގިލިތަކަށް އޮޅާލައިގެން ހުރިއިރު އެމޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރި ކަމެވެ. އޭނަގެ މިޒާޖަށް ކުއްލިޔަކަށް އަންނަން ފެށި ބަދަލު ތަކާމެދު ރިހާނީ ޙައިރާންވިއެވެ. އޭނަގެ ދައްތަ އަކިޔަސް އާއެކު ހުރުމަށް އެހިތް ނުރުހެންވީ ކީއްވެ ހެއްޔެވެ ؟ އެންމެ ލޯބިވާ ދައްތައާ މެދު އެހިތުގައި ރުޅުވެރިކަމާއި ނަފްރަތް އުފެދެންވީ ސަބަބަކީ ކޮބާ ބާވައެވެ ؟

ރިހާނީ ގަދަކަމުން ހިނިތުވެލައިގެން ހުރިއިރު އެހިތުގައި އުފެދިފައިވާ ތޫފާނަށް ނިމުމެއް ގެންނަން އޭނަ ބޭނުންވިއެވެ. ” ޔިވާން ކޮބާ ޓެކްސީތައް ؟ މެންދުރު ވެއްޖެ މިތާ ތިއްބާ… ހިތަދޫއަށް ދާން ކިތައް މިނެޓް ނަގާނެ ؟ ” އިރުމް ގަޑި ބަލައިލަމުން ވާހަކަ ދެއްކީ ފޫހި ރާގަކަށެވެ. އޭރު އިރުގެ ހޫނު ގަދަ އަވީގެ އަސަރު ފެންނަން ފަށައިފި އެވެ. ” މަޑުކޮށްބަލަ އިރޫ. އިރުކޮޅަކުން އަންނާނަމޭ އޭނަ ބުނީ… އެޕްރޮކްސިމޭޓްލީ ފަނަރަ މިނެޓް ނަގާނެ ހިތަދޫއަށް ދާން… ” ޔިވާން ފޯނު ބާއްވަމުން ބުނެލި އެވެ.

އެވްލީން ޖެޓީ ވަށާ ޖަހާފައިވާ ރެއިލިންގައި އަތް ވިއްދާލުމަށްފަހު މޫދަށް ނަޒަރު ހިންގާލުމުން އަކިޔަސް ވަޔާއެކު އެވްލީންގެ މޫނަށް ފައިބަމުން ދިޔަ އިސްތަށި ކޮޅުތައް އެއްފަރާތް ކޮށްލަ ދިނެވެ. ” ސަޗް އަ ބިއުޓިފުލް އޯޝަން… ލަންޑަން އިން ނުފެންނަހާ ރީތި ސީނެރީތަކެއް… ” އެވްލީން ހުވަފެނީ ގޮތަކަށް ބުންޏެވެ. ” ނޮޓް އީވެން ކްލޯޒް ޓު ޔޯރ ބިއުޓީ… ” އަކިޔަސް އެއްލޯ މަރައިލަމުން ހިނިތުންވެލި އެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

އެވްލީން… 20

Next

ފިލާވަޅު

Next
October 29, 2018

ފިލާވަޅު

Previews
October 28, 2018

އެވްލީން… 20

13 Comments!

  1. Nunama says:
    October 28, 2018 at 10:32 pm

    Yess me first nice part waiting for next part

  2. mar-hath says:
    October 28, 2018 at 10:41 pm

    story v reethi

  3. Mary says:
    October 28, 2018 at 11:36 pm

    v reethi

  4. CU says:
    October 29, 2018 at 10:43 am

    Alhey akiyas is actually so innocent
    Evelyn ah akiyas goahey hithah araafa akiyas dheke varah foohi vefa mihurevuny
    Mihaaru mivy gothun akiyas ah ves zave ah ves evleen liben beynun ?????????????????????????????????????????????????????????????????????????? seriously rihaany. Em going to kill you bitch???????????????????????????????????

  5. Jana says:
    October 29, 2018 at 11:00 am

    Evves haadhisaa eh nuhingaathee thankolheh foohi n past ma dhigu Nukurachchey

  6. Fathun says:
    October 29, 2018 at 11:59 am

    Next part when

  7. papaya says:
    October 29, 2018 at 12:10 pm

    ?????

  8. banana says:
    October 29, 2018 at 12:12 pm

    ???????

  9. Dheh says:
    October 29, 2018 at 12:19 pm

    Haadha lahey mihaaru up vaaleh.. kurin hendhunu nd reygandu 7 haairu up kohdhe

  10. unknown says:
    October 29, 2018 at 12:35 pm

    Dhw

  11. Aish says:
    October 29, 2018 at 1:22 pm

    It’s 1321 now
    Not updated yet
    ?????????????????????

  12. Love U?? says:
    October 29, 2018 at 6:05 pm

    kiyaa kiyaa foohi vefa oi vaahakaeh mee. New story eh liyanveenun dhw

  13. Positive commenter says:
    November 3, 2018 at 3:38 pm

    Don’t be jealous…… Abhadhu kiyas foohseh nuvaane maasha allah

Comments are closed.

Next Episodeއެވްލީން… 22←


All Right Reserved!