ހުވަފެނުގެ ރާނީ 8
ދުރުދުރުގައި ފައި އަޅަމުންއައި ނިކަތުގެ ހިނގުން މަޑު ދުވުމަކަށް ބަދަލުވިއިރުވެސް އޭނާއަކަށް ރެއަކާއި ނުލިއެވެ. ކުރިން ދުވަހެއްގައި ގޭގެ އެތެރެއިން މީހަކު ހުރަސްކުރިހެން އޭނާއަށް ހީވިއެވެ. ފަހަރުގައި އެހެން މީހަކުވެސް ހަމަ މިމަގުން ހިނގާފައި އައިސް ދާނެއެވެ. ނަމަވެސް އޭނާގެ ހިތް ބުނަމުން ދިޔައީ ހުއްޓިފައި ފަހަތަށް ނުބެލުމަށެވެ. ނިކަތު ކަންތައްވެސް ކުރީވެސް އެހެންނެވެ. ބޯ ކަނާތްފަރާތަށް މަޑުމަޑުން އަނބުރާލިއިރު އެމީހާވެސް ބާރު ހިނގުމެއްގައި އާދެއެވެ. ކުއްލިއަކަށް އޭނާގެ ފައިން ވާގި ދޫވިހެން ހީވެއެވެ. އެއްވެސް ވަރަކަށް ކުރިއަށް ނުދާހެންވެސް އޭނާއަށް ހީވެއެވެ. ހުއްޓިއްޖެނަމަ އެމީހާ އޭނާ މަރައިލަފާނެ ކަމުގެ ބިރު ނިކަތުގެ ސިކުނޑީގައި އެނބުރިގަތެވެ. މީގެ ކުރިން ދުވަހަކުވެސް މީހަކު އެހެން އޭނާގެ ފަހަތުން ހިނގާފައެއް ނުވަތަ އޭނާއަށް ގެއްލުމަށްދޭން އުޅެފައެއް ނުވެއެވެ. އެހެންވީއިރު މިއަދު މިއިހްސާސް އޭނާއަށް އެނގުނީ ކިހިނެއް ހެއްޔެވެ. އެއްވެސް މީހަކު އޭނާއަށް އަނިޔާއެއް ދޭން ނޫޅޭނަމަ އަނިޔާއެއް ދިނުމުން އަޅާނެ ވޭނާއި މީހެއްގެ ފަރާތުން ފިލަން ދުވާއިރު މިހައި ބިރުގަންނާނެ ކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟ ކުއްލިއަކަށް ނިކަތު އަނގަމަތީގައި އަތްއަޅައި ގޭޓުގައި ހިފައި ތަޅުވައި ގަނެފިއެވެ. ހީވީ މީހަކު އޭނާގެ ކަންފަތް ދަށުގައި އަޑު ނުލައްވާށޭ ބުނިހެންނެވެ. ނަމަވެސް ދޮރެއް ނުހުޅުވުނެވެ.
ގޭޓު ކައިރީގައި ކާރު ޕާރކުކޮއްލާފައި އައި ނިޝާނަށް އެދިމާލަށް ދުވެފައި އައި ނިކަތު ފެނުނެވެ. އަދި އޭނާގެ ފަހަތުން ދުވެފައި ކަހަލަ ގޮތަކަށް އައި ފިރިހެންމީހާވެސް ފެނުނެވެ. ނިޝާން ފެނުމާއެކު އެމީހާ މަޑުޖެހިއްޖެއެވެ. ނަމަވެސް ނިކަތު އަދިވެސް ހަމައެއް ނުޖެއެވެ. ނިޝާން ބަލަންހުރީ އަނެއްކޮޅަށް ދުވެފައިދިޔަ ފިރިހެންމީހާއަށެވެ. ބައިމަތި ފުޅާވެފައި އެމީހާގައި ހަމަގައިމުގެސް 5 ފޫޓް 11 ނޫނީ 12 އިންޗް ހުންނާނެއެެވެ. ދޮރު ނުހުޅުވިގެން ތެޅެމުންދިޔަ ނިކަތުއަށް ބަލާލަމުން ނިޝާން ތަންކޮޅެއް ބާރަށް އެދިމާލަށް ހިނގައި ގަތެވެ. ތެޅެމުންދިޔަ ނިކަތުގެ އަތުގައި ހިފަލުމާއެކު ނިކަތު ދުއްވައި ގަންނަން އުޅުނީ ދުރަށެވެ. ނަމަވެސް އަނެއްކާވެސް ނިޝާން ނިކަތުގެ އަތުގައި ހިފައި ގޮވާލިއެވެ.
“ނިކޫ… ނިކޫ…” ނިޝާން ދެފަހަރަކު ގޮވާލިއެވެ. ނިޝާންގެ އަޑުގެ ބަދަލުގައި އޭނާއަށް އިވެމުން ދިޔައީ އޭނާގެ އަމިއްލަ އަޑެވެ. މިހާރު ނިކަތު އަމިއްލައަށް ގޮވަމުން ދިޔައީ އޭނާއަށެވެ.
17 ޑިސެމްބަރ 2002
“ނިކޫ… ނިކޫ…” ވާރޭ ތެރެއިން ދުވަމުންދިޔަ ރުކާޔަރު ގޮވަމުން ދިޔައީ އޭނާގެ ކޮއްކޮއަށެވެ. ރުކާޔަތަށްވުރެ ބާރަށް ނިކަތު ދުވަމުން ގޮސް ގެއްލިއްްޖެއެވެ. ނިކަތު އެހައި ބާރަށް ދުވެފައި ދިޔައީ ކީއްވެ ކަމެއް ރުކާޔަތަކަށް ނޭނގެއެވެ. އޭނާ ނިކަތުގެ ފަހަތުން ދުވަމުން ދިޔައީ ނިކަތު ކޮންމެވެސް ކަމަކާއި ބިރުން ދުވާތީއެވެ. ނިކަތު އެޅި ގޯޅިއެއް ނޭނގުމުން ރުކާޔަތު މަޑުޖެހިލަމުން އެކިފަރާތް ފަރާތަށް ބަލާލިއެވެ. ހަތަރު އަނގޮޅިއަކަށް ހުރި މަގެއް ވުމުން ސީދާ ދިޔައީ ދިމާއަކަށް ކަމެއް ރުކާޔަތަކަށް ނޭނގުނެވެ. ވާރޭއާ ތެމުމަކީ އޭނާ ކުރާހިތްވާ ކަމެއް ނުވުމުން ރުކާޔަތަށް ދިޔައީ ހަޑިވެސް ވަމުންނެވެ. ނަމަވެސް ކުޑަކުޑަ ރުކާޔަތު ހިތަށް ބިރުވެރިކަން ވަންނަފެށީ މިއޮތް ބޯކޮަށް ވެހެމުންދިޔަ ވާރޭގައި މަގުގެ އެއްފަރާތެއްގައި ހުއްޓި ހުރި ފިިރިހެންމީހާ ފެނުމުންނެވެ.
ކުއްލިއަކަށް އޭނާއާއި އާއި ނިކަތު އެތަނަށް ނިކުންނަން ޖެހުނީ ކީއްވެކަންވެސް ރުކާޔަތް ހަނދާނެއް ނުވިއެވެ. ވައި ކުރިއަށްވުރެ ބާރު ވުމުން ރުކާޔަތު އިސްޖަހާލަމުން ގައިގައި އަތް ވަށާލިއެވެ. ވާރޭވެސް މީހާރު އިހުނަށްވުރެ ބޯކޮށްލުުމުން ރުކާޔަތަށް ތަންތަން ފެންނަން ފެށީ ފުސްކޮށެވެ. ދުރުގައި ހުރި ފިރިހެންމީހާ ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު ރުކާޔަތުގެ ހިތުގައި ބިރުވަރި ކަމުގެ ފުރަތަމަ ވިންދު ޖަހާލިއެވެ. ވާރޭ ތެރޭގައި އެކުޑަކުޑަ ފުރާނަ ހުރިއިރު އެކުއްޖާގެ މޭ އުފުލިފައި ޖެހޭތަން ފެނެއެވެ. ރުކާޔަތު އައިކޮޅަށް ދުއްވައި ގަތުމާއެކު އެމީހަކުވެސް ދުއްވައި ގަނެއްޖެއެވެ. ފިނިވެ ތުރުތުރު އަޅަމުންދިޔަ ރުކާޔަތަށް މިހާރު ހުރީ ރޮވިފައެވެ. ނިކަތުވެސް ދުވަމުން ދިޔައީ މީހެއްދެކެ ބިރުންކަން ވިސްނުނު އެޅަ ސިކުނޑި ބުނަމުން ދިޔައީ ކުރިއަށް ވުރެ ބާރަށް ދުވުމަށެވެ. ނުހުއްޓުމަށެވެ. ފަހަތަށް ނުބެލުމަށެވެ. ލޯމަރައި ބާރުކޮށް ލުމަށްފަހު ތެޅެމުންދިޔަ ހިތާއި ދިމާލުން އަތްއަޅައި ބާރުކޮށްލާފައި ރުކާޔަތު ދެފަޔަށް ލެވޭހައި ބާރެއް ލިއެވެ.
ޝަވާދިން ވަޅުލުމަށްފަހު އެންމެން ގެއަށް ދިއުމުންވެސް ނިޝާން މަޑުކޮއްގެން ހުރީ ގަބުރުސްތާންގައެވެ. އޭނާގެ ދަރިފުޅު ދޫކޮއްފައި އެއްވެސް ތާކަށް ދާހިތެއް ނުވިއެވެ. ނަމަވެސް އިހުނަށްވުރެ ވާރޭ ބޯވުމުން އެތަނުގައި ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. ވާރޭ ތެރޭގައި ހިނގަމުން ދިޔަ ނިޝާންއަށް ކުޑަކުޑަ ޝަވާދިން ހޭއަޑު އިވޭ ކަހަލައެވެ. އޭނާ މައްޗަށް ބަލާލަމުން ލޯމަރާލިއެވެ. މިހެން ވެގެން ނުވާނެއެވެ. އޭނާގެ ޝަވާދިން މިހައި އަވަހާއި މަރުވެގެން ނުވާނެއެވެ. އެކި ހިޔާލުތަކުގައި އައި ނިޝާން ސިހުނީ ފައިގައި އައިސް ކުޑަކުއްޖެއް ޖެހުމުންނެވެ. އޭރު އޭނާގެ ޝަވާދިން ހުރީ އިސްޖަހާލައިގެންނެވެ. މުށިކުލައިގެ ދިގުދިގު އިސްތަށިގަނޑު ތިރިއަށް ވެއްޓިފައި އޮތުމުން ނިޝާން އެއިސްތަށިގަނޑުގައި އަތް ޖައްސާލިއެވެ. އަދި ކަރުނަ ޖަމާވަމުންދިޔަ ލޮލާއެކު ކަކޫ ޖަހާލަމުން ޝަވާދިންގެ މޫނުގައި ހިފައި މައްޗަށް އުފުލާލިއެވެ. އެކުޑަމޫނު އަނބުރާލުމާއެކު ނިޝާން ފަހަތަށް ގޮސް އިށީނދެވުނެވެ. އަދި ބިރެއް ފެނުނުހެން ބަލަންހުރީ ކުރިމަތިން ފެންނަމުންދިޔަ ފެހިކުލައިގެ ލޮލަށެވެ.
“ޝަވާދިން…” އެއީ ޝަވާދިން ނޫންކަން އެނގުމުން ނިޝާން ބޮޑަށް ދެރަވިއެވެ. އެއީވެސް އޭނާގެ ޝަވާދިންއާއި އެއްއަހަރެއްގެ ކުއްޖެކެވެ. ނިޝާން އެކުއްޖާގެ މޫނުން އަތް ނައްޓާލުމަށްފަހު ބަލާލީ ފަހަތުން ދުވަމުންއައި މީހާއަށެވެ. ނަމަވެސް ނިޝާނަށް އެމީހާގެ މޫނު ފެނުމުގެ ކުރިން އޭނާ އަނެއް ފަރާތަށް އެނބުރިއްޖެއެވެ. ނިޝާން ކޮޅަށް ތެދުވެ އެމީހާގެ ފަހަތުން ހިނގައިގަތްވެސް މެއެވެ. ނަމަވެސް އޭނާގެ ހިތުގައި މިވަގުތު އޮތީ އެކުޑަ އަންހެން ކުއްޖާއެވެ. ނިޝާން ފަހަތަށް ބަލާލިއެވެ. މިހާރު އެކުއްޖާއެއް އެތަނުގައެއް ނެތެވެ. އަނެއްކާ މީ އޭނާއަށް ހީވާގޮތް ހެއްޔެވެ. ބޯހޫރު ވާލަމުން ނިޝާން އަނެއްކާވެސް ހިނގައިގަތީ ގެއާއި ދިމާލަށެވެ.
01 ނޮވެމްބަރ 2018
ނިކަތު އަދިވެސް ދިޔައީ ނިޝާންގެ އަތުން ނެއްޓިގަނެގެން ދެވޭތީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ނިޝާނަށް އެނގުނު ކަމަކީ ނިކަތު ނިޝާނާއި ދިމާލަށް ބަލަމުން ދިޔަ ކަމުގައި ވިޔަސް އެލޮލާއި ސިކުނޑިވަނީ މުނިން އެހެން ތަނެއްގައި ކަމެވެ. ލޯމަރާލަމުން ނިޝާން އަތް ދަމާލާފައި ނިކަތުގެ މޫނުގައި ޖަހައިލައިފިއެވެ. އެއާއެކު ކޮލުގައި އަތް އަޅަމުން ނިކަތު ބަލާލީ ނިޝާންގެ ލޮލަށެވެ. އަދި އައްސިވެފައި ކޮލުގައި ފިރުމާލަމުން ވަށައިގެން ބަލާލިއެވެ. ހީވަނީ ދުރު ތަނެއްގައި ހުރެފައި އެތަނަށް އާދެވުނު ހެންނެވެ. އެކަން އިހްސާސްވި ނިޝާން އަވަހަށް ނިކަތު ގެއަށް ވައްދައިފިއެވެ.
ގެއަށްވަން ނިޝާން އަވަހާއި ދިޔައީ ބަދިގެއާއި ދިމާލަށެވެ. އޭރު ބޭރު ސޯފާގައި ނިދިފައި އޮތް ސާރާއަށްވެސް ހޭލެވިގެން ރޮވިފައި ހުރި ނިކަތުއާއި ދިމާލަށް އާދެއެވެ. ނިޝާން ބަދިގެއަށްވަދެ ފެންތައްޓެއް ހިފައިގެން އައިސް ނިކަތުއަށް ދިއްކޮށްލިއެވެ. އަދި އެބޮލުގައި އަތް ޖައްސާލިއެވެ.
“ކިހިނެއްވީ ނިކޫ؟…” ސާރާ ހާސްވެފައި އެހެން ބުނުމުން ނިކަތު ބޯހޫރުވާލިއެވެ. އަދިކަމެއް ނުވެއޭ ބުނެލިއެވެ. ނިކަތުދެން ބަލާލީ ސާރާއަށް ކަމެއް ވެފައި ހުރިތޯއެވެ. އޭނާއަށް ބިރުގަންނަ ކަމަކާއި ދިމާވުމުން އޭނާ އެންމެ ފުރަތަމަ ބެލޭނީ ސާރާ ރަނގަޅުތޯއެވެ.
“ނިކޫއަށް މީހަކު ފޮލޯ ކުރާހެން ބައްޕައަށް ހީވަނީ… ކޮބާ އެ ޒިން…” އެހެން ބުނި ނިޝާން ހިނގައިގަތީ މައްޗަށެވެ. މިވަގުތު ނިކަތުއާއި ވާހަކަ ދެއްކޭނީ ނާޒިންއަށެވެ. ކުޑައިރުން ފަށައިގެންވެސް އަބަދުވެސް ނިކަތުގެ ހުރިހާ ކަމެއް ހިއްސާ ކުރަމުން އައީ ނާޒިންއާއެވެ.
ނިޝާންއާއި ސާރާ ކޮޓަރިއަށް ދިއުމުން ނާޒިން އިށީނދެލައިގެން އިނީ ނިކަތު ކައިރީގައި ސޯފާގައެވެ. އެހެން އިނދެފައި ނިކަތު ކޮޓަރިއަށްދާން ބުނުމުން ނާޒިންވެސް ފަހަތުން ހިނގައިގަނެއްޖެއެވެ. ކޮޓަރިއަށްވަން ނާޒިން ދުރުގައި ހުރި ސޯފާއަށް ވެއްޓި ގަންނަމުން ބަލާލީ އެނދަށްއަރައި އިށީން ނިކަތުއަށެވެ. ނިކަތު ބޭނުންވީ ނާޒިން އޭނާގެ ކޮޓަރީގައި ނިދާށެވެ.
“ނިކޫ؟ ހޫ ވޯޒް ދެޓް؟ އަމްރު؟” ނާޒިން އެހެން ބުނެލީ އަމްރު އެވަރަކުން ނިކަތުއޭ ކިޔާފައި އެހައި ސުވާލު ކުރުމުންނެވެ. ކޮންމެ މީހެއް ނަމަވެސް އަހާނެއެވެ. ޖަވާބުގައި ބޯހޫރާލި ނިކަތުހުރީ އަދިވެސް ކުރިންވީ ކަންތަކާއިމެދު ވިސްނާށެވެ. އެއީ ހަމަގައިމުވެސް ހުވަފެނެއް ނޫނެވެ. ނިޝާންއަކީ ކުރިން އޭނާއަށް ފެނިފައިވި މީހެކެވެ. ނުދަންނަ މީހެކެވެ.
“ނިކޫ…” ނިކަތު ހިޔާލަށް ގެއްލިފައިވި ތަން ފެނުމުން ނާޒިން ގޮވާލިއެވެ.
“ދޮންބެއަށް ދުވަހަކުވެސް ހީވިތަ… ނޫން އަޅާނުލާ…” ބުނަން ބޭނުންވި ވާހަކަ ބެހެއްޓުމަށްފަހު ނިކަތު ބަލާލީ ކުޑަދޮރުން ބޭރަށެވެ. އޭރު ވާރޭ ބޯކޮށްލައިފިއެވެ. ކުއްލިއަކަށް ވާރޭ ވެހެން ފެށުމުން ކުރީގޭ ވީ ކަންތައް މަތިން މާބޮޑަށް ނިކަތު ހަނދާންވިއެވެ. ހަމަގައިމުވެސް ދެންމެ އޭނާއަށް ފެނުނީ ހުވަފެނެއް ނޫނެވެ. ބައެއް ފަހަރު ކަމެއް ވުމުން ނުވަތަ އެއްޗެއް ފެނުމުން ކުރީގައި ވެފައި ހުރި ކަމެކޭ ހިތަށް އަރައެވެ. ނިކަަށްވެސް ވީ އެހެންނެވެ.
“ކިހިނެއް ވީ ބުނެބަ ނިކޫ؟..” ނާޒިންއަށް ކަމެއް ވެއްޖެ ކަމުގެ އިހްސާސް ވުމުން އަހާލިއެެވެ.
“ބައެއް ފަހަރު އަހަރެން ކަމަކާ ހާސްވީމަ ހީވަނީ.. އައި މީން ވެން ސަމްތިންގްސް ކަމްސް ޓު މީ އިން ޕީސެސް.. އެއްކޮށެއް ނޫން… ތަންތަން ކޮޅުން…” ނިކަތު ބުނަން އުޅުނު އެއްޗެއް ނާޒިންއަކަށް ސާފެއް ނުވިއެވެ. ނާޒިން ހޫމް އެކޭ ލައްވާލުމުން ނިކަތު އެނދުން ތެދުވެގެން ގޮސް ހުއްޓިލީ ބެލްކަނީގައެވެ. މިވާރޭގައި އޭނާ ޖެހޭ ކޮންމެ ފަހަރަކު އެހައި ފަކުރު ގަނެއެވެ. ކީއްވެ ހެއްޔެވެ؟ ނިކަތު ލޯމަރާލަމުން ވާރެއަށް އަތް ދިއްކޮށްލިއެވެ. ފުރަތަމަ ކެރި އަތުގެ މެދުގައި ޖެހުމާއެކު މީހަކު ގޮވާލިހެން ހީވިއެވެ.
“ނިކޫ… އާދޭ އެތެރެއަށް…” ނާޒިންވެސް ނިކަތު ކައިރިއަށް ނިކުންނަމުން ބުނެލިއެެވެ.
“ދޮންބޭ އަޅުގަނޑު ކުރިން ބައްޕަ ދުށިން.. ކުޑައިރުގަ.. އެކަމް އޭރު އެއީ ބައްޕައެއް ނޫން…” މޮޔަ މީހަކުހެން ނިކަތު ވާހަކަ ދައްކަން ފެށުމުން ނާޒިން ހިންދިރުވާލިއެވެ. އަނެއްކާ ކުރީގެ ހަނދާންތައް ނިކަތު ވަނީބާއެވެެ. މިހުރިހާ ދުވަހު ނުވެފައި މިހާރު ނިކަތު މިހަނދާންވާން ފެށީ ކިއްވެގެން ބާވައެވެ.
“ޔޫ އާ ޓޯކިން ލައިކް އަ ކްރޭޒީ ޕާރސަން ސިސްޓަރ…” ނާޒިން މޫނަށް ވެރިވި ހާސްކަން ފޮރުވާލަމުން ބުނެލިއެވެ. އަދި ކޮޓަރިއަށްވަދެ ސޯފާގައި އޮށޯވެލިއެވެ. ނިކަތު އަދިވެސް ހުރީ ބެލްކަނީގައި ވާރެއަށް ބަލާށެވެ. ނިކަތުގެ ލޯމަރާލަމުން ހަށިފުރާ ނޭވައެއް ލުމަށްފަހު އަނެއްކާ ލޯ ހުޅުވާލިއެވެ. އަމްރު ބެލްކަނީގައި އަތް އަޅުވާލައިގެން ބަލަން ހުރިތަން ފެނުމުން ނިކަތު ސިހުނެވެ.
ކުރިން ދުވަހެކޭ އެއްގޮތަށް މިރޭވެސް އަމްރުހުރީ ފަޓުލޫނެއްގައެވެ. އެހަށިގަނޑުގައި ފަޓްލޫނު ހިފިފައި ހުރިގޮތުން ނިކަތުއަށް އެދިމާލަށް ބަލައިނުލައި ނުހުރެވުނެވެ. އަމްރު ބަލަހައްޓައިގެން ހުރީ ސީދާ ނިކަތުގެ މޫނަށެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް މިރޭގައި ނިކަތުގެ މޫނުގައި ކުރީގެ އުޖާލާކަމެއް ނެތެވެ. ނިކަތު އެއްވެސް އަސަރެއް ނެތި އަމްރު މޫނަށް ބަލާލީ އަމްރުވެސް މިއަދު ކަންތައް ކުރި ގޮތުންނެވެ. ލޯ މަރާލަމުން ނިކަތު ދުރު ބަލާލިއެވެ. ހީވަނީ މިރޭ އޭނާއަށް އަމްރު އެތަނުން ނުފެންނަ ކަހަލައެވެ. އެކަން އިހްސާސްވި އަމްރު ފޯނުނަގައި ނިކަތުއަށް ގުޅާލިއެެވެ. ނިކަތުގެ އަތުގައި ފޯނު ނެތްކަން އެނގުމުން އަމްރު އަތުން ހަނާ އަޅާލިއެވެ. ނަމަވެސް ނިކަތު އެނގުހުރެވެސް އެދިމާލަށް ބަލައެއް ނުލިއެވެ. އަމްރު އޭނާއާއި ދޭތެރޭގައި ދެކެނީ ވަރަށް ދައްކޮށްކަން އެނގުމުން ނިކަތުގެ ހިތުގައި ޖެހުނެވެ. އެކަން އަންގަން ބޭނުންނުވި ނަމަވެސް މިވަގުތު އެނޫން ގޮތެއް އޭނާއަަކަށް ނެތެވެ.
އެހެން ހުރެފައި އެތެރެއަށްވަން ނިކަތު ފުރަތަމަވެސް ބަލާލީ ސޯފާގައި ނާޒިން އޮތްތޯއެވެ. މިވަގުތު އެތަނުގައި ނާޒިން ނެތްނަމަ އަނެއްކާ ހާސްވެ ބިރު ގަންނާނެއެވެ. ސައިޑު ޓޭބަލް މަތީގައި އޮތް ފޯނު ރިންގްވާތަން ފެނުމުން އޭނާ އޭގެއަށް ބަލާލުމަށްފަހު ދެން ބަލާލީ ބެލްކަންޏާއި ދިމާލަށެވެ. އަމްރު މިގަޑީގައި ގުޅުމުގެ ބޭނުމެއް އޭނާއަކަށް ނޭނގުނެވެ. އެނދުގައި އޮށޯތުމަށްފަހު ނިކަތު ފޯނަށް ބަލަން އޮތީއެވެ. ފޯނު ނަގަންވެސް ބޭނުން ވެއެވެ. ނަމަވެސް ނަގައިފިއްޔާ ވާހަކަވެސް ދައްކަން ޖެހޭނެތާއެވެ. ނިކަތު ބޭނުންވީ މިވަގުތު އެކަނިވާށެވެ. އަމްރުވެސް ހީކުރަނީ އޭނާއަކީ ފެންނަހައި ކޮންމެ ފިރިހެނަކާއި ކައިިރިވާ މީހެއް ކަމުގައެެވެ. އުމުރުން މިހައި ދުވަސް ވީއިރު ހަމައެކަނި ނިކަތު މިވަރަށްވެސް ގައިގޯޅިވީ އަމްރުއާއި އެކަންޏެވެ. އެކި ހިޔާލު ތަކުގައި ފޯނަށް ބަލަން އޮވެފައި ނިކަތު އެންމެ ފަހު ފޯނު ބާއްވާލީ ދުރުގައެވެ. އެހެން އޮވެ އޭނާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނީ އިރުގެ އަލި މޫނަށް އެޅެން ފެށުމުންނެވެ. ރޭގައި ކުޑަދޮރު ނުލައްޕާއަދި ފަރުދާވެސް ނުކަހައި ނިދުނު ހަނދާން ވުމުން ކަންނެތް ގޮތަކަށްގޮސް ނިކަތު އެކަން ކޮއްލިއެވެ. ގަޑިން ވީވަރު ބަލާލަން ފޯނު ނަގައި ބަލާލިއިރު އަމްރު ތިރީސް ފަހަރު ގުޅާފައި އޮތެވެ.
އޮފީހަށް ވަދެގެން އައި ނިކަތު ކުރިއަށް ދިޔައީ އިސް ޖަހާލައިގެންނެވެ. މިއަދު އަމްރުމެންގެ އޮފީހަށް އޭނާއައީ އޭނާނެގި ކޭހުގައި ވާ މީހުނަށް ގަޑި ކިޔާފައި އޮތުމުންނެވެ. އެމީހުންނާއި ވާހަކަ ދައްކައިގެން މެނުވީ ސީދާ މީގެއިން ވީގޮތެއް ނޭނގޭއެވެ. ވަގުވަގަށް އައިސް މަޒީންގެ ކެބިންނަށް ވަން ނިކަތު ސިހުނީ އެތަނުގައި ފުރަގަސް ޖަހައިގެން ހުރި އަމްރު ފެނުމުންނެވެ. އެފުޅާ ހަށިގަނޑު ފެނުނު ގޮތުން ކުޑަކޮށް ނިކަތު ބިރު ގަންނަ ގޮތްވެސް ވިއެވެ. މަޒީންއާއި އަމްރު އެއްފަހަރާހެން ނިކަތުއަށް ބަލާލުމުން ނިކަތު އިހުނަށްވުރެ ބޮޑަށް ބިރު ގަންނަގޮތްވިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ އޭނާގެ އަތުގައި އޮތް ފައިލު ނަގާފައި ދައްކާލިއެވެ. އަދި އޭނާ ނެގި ކޭހުގެ ވެރިންނަށް ގަޑި ކިޔާފައި އޮތް ވާހަކަ ބުނުމުން އަމްރު ކަނާތްފަރާތު ބުމަ އަރުވާލިއެވެ. މަޒީން ހީގަނެފައި ދިޔައީ ކޮފީއެއް ހިފައިގެން އަންނާނަމޭ ކިޔާފައެވެ.
ކެބިންގައި ދެމީހުން އެކަނި ވުމުން އަމްރު ވަގުތުން އައިސް ނިކަތުގެ އަތުން ފޯނު އަތުލަމުން އޭގައި ހުރި މިސްކޯލުތައް ދައްކާލިއެެވެ. ހީވަނީ ނިކަތުއެއީ އޭނަގެ މިލްކެއް ހެންނެވެ. ނިކަތުގެ މޫނުން އެއްވެސް ކަހަލަގެ ޖަވާބެއް ލިބޭނެ ކުލަވަރެއް ނުފެނުމުން އަމްރު އިތުރަށް ހިތަހަމަ ނުޖެހުނެވެ. ނަމަވެސް އޭނާ ނަޒަރު ހިންގާލީ ދެން ފައިލަށެވެ. ނިކަތު ރާއްޖޭން ބޭރުން ކިޔެވި ކަމުގައިވިޔަސް މިއީ އިސްލާމީ ގައުމެކެވެ. މިތަނުގައި ކަންކަން ހިންގާއިރު އިސްލާމީ ޝަރީއާއަށް ވިސްނުން މުހިންމެވެ.
“ނިކަތު.. ތިވިސްނަނީ ކިހިނެއް ނިންމަން މިކަންތައް؟..” ފައިލަށް ނަޒަރު ހުއްޓާލައިގެން އިނުމަށްފަހު އަމްރު އަހާލިއެެވެ. އޭނާ ބޭނުންވީ ނިކަތު ހަނދާން ނެތިފައި އިން ކަމެއް ހަނދާން ކޮއްދޭށެވެ.
“އެމީހުނާއި ވާހަކަ ދައްކާނީ ފުރަތަމަ.. އިޓްސް އަ ސީކްރެޓް ޓްރަސްޓް”
” ސީކްރެޓް ޓްރަސްޓްއަށް ވިއަސް މި އިސްލާމީ ޤައުމެއް.. ސޯ އަގެއިން އިޓް ފޯލްސް އަންޑަރ ޝަރީއާ… އޭމް އައި ރައިޓް؟..” އަމްރު އެހެން ބުނުމުން ނިކަތު ދެލޯ ބޮޑު ކޮއްލިއެވެ. ތެދެކެވެ. އޭނާއަށް ގޮތް މި ނިންމުނީ މާ އަވަހަށެވެ.
“އޯ.ކޭ.. ދެން އެހެންވީމަ އެމީހުނާއި ބޮޑު ފިރިހެން ދަރިއާ ވާހަކަ ދައްކާފަ ގޮތެއް ނިންމާނީ.. ބަޓް ޓެކްނިކަލީ…:” އަމްރު ނިކަތުއާއި ދިމާލަށް ބަލާލި ގޮތުން ނިކަތުގެ އަރުގައި ބަސްވެސް ތާށިވި ކަހަލައެވެ. އެތޫނު ނަޒަރުން އޭނާ ޒަހަމް ވެދާނެއެެވެ. މަޒީންއައިސް ނިކަތުއާއި ބައްދަލު ކުރަން މީހުން އައިސްތިބި ވާހަކަ ބުނުމުން ނިކަތު ހިނގައިގަތި ހަވަނަ ފްލޯރއަށް ދާށެވެ. ފައިލް ހުޅުވައިގެން ކިޔަންއިން އަމްރު އޭގައި ވި ނަން ފެނުމުން އެއީ ކޮންމެވެސް ތަނަކުން އޭނާއަށް ފެނުނު ނަންތަކެކޭ ހިތަށް އެރިއެވެ. ފާތުމަތުއަކާއި އާދަނަކީ އޭނާއަށް އެނގޭ ދެނަމެވެ. ފައިލު ބޭއްވުމަށްފަހު އަމްރު ސިކުނޑިއަށް ބާރުލީ އޭނާއަށް އެދެނަން ފެނުނު ތަނެކެވެ.
އެތަނުގައި ހުރެފައި ކުއްލިއަކަށް ދުއްވައިގަތް އަމްރު ބޭނުންވީ ނިކަތު އެމީހުނަށް ފެނުމުގެ ކުރިން ހުއްޓުވާށެވެ. ދުވަމުން އައިސް ސިޑިން ފޭބި ނިކަތު އޭނާއަށް އަތުލައިގަނެވުނީ ހަވަނަ ބުރިއަށް ވަންނަން ދަނިކޮށެވެ. ހަވަނަ ބުރީގެ ފަހަތު ހަރުފަތުގައި އިން ނިކަތު ސިހުނީ އަމްރު އޭނާގެ އަތުގައި ހިފައި ދަމާފައި ގެނެސް ފާރާއި އެއްވަރު ކޮއްލުމުންނެވެ. އަމްރުއަށް ހަނދާނެ ގޮތެއް ނޭނގުނެވެ. ކޮންމެވެސް ގޮތަކުން އެމީހުނަށް ނިކަތު ނުފެންނަ ގޮތެއް ހަނދަން ޖެހެއެވެ. އަމްރު ނިކަތުގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ގެނެސް ހަތްވަނަ ބުރިއަށް އެރުވުމަށްފަހު މިސްރާބު ޖެހީ އޭނާގެ ބައްޕަގެ ކެބިންއަށެވެ. އެތަނުގައި ހުންނަނީ ހަމައެކަނި އޭނާގެ ބައްޕަގެ ކެބިންކަމަށް ވުމުން އެތަނަށް ވަދެ އަމްރު ދޮރު ތަޅުލިއެވެ. ވާނުވާ ނޭގިހުރި ނިކަތު ވަށައިގެން ބަލާލުމަށްފަހު އޭނާގެ އަތް އަމްރުގެ އަތުން ނައްޓުވާލިއެވެ. ދޮރާއި ދިމާއަށް ދިޔަ ނިކަތު އަނެއްކާވެސް ސިހުނީ އަމްރުގެ ވަރުގަދަ ދެއަތް އޭނާގެ އުނަގަނޑާއި ދިމާލުން ހިފަހައްޓާލުމުންނެވެ.
“އަމްރު.. ވަޓް ދަ ހެލް އިޒް ރޯންގް ވިތް ޔޫ..” ރުޅިއައި ނިކަތު ރަނގަޅަށް އެހެން ނުބުނެވިގެން އުޅެނިކޮށް އަމްރުގެ ތުންފަތް ޖައްސާލި ނިކަތުގެ ކޮލުގައެވެ. އަމްރު ކޮންމެ ގޮތެއް ހަދައިގެން ވިއަސް އެމީހުންގެ ކުރިމައްޗަށް ނިކަތުއެއް ނާރުވާނެއެވެ.
“ޝުޝް…” އަމްރު އެހެން ބުނެފައި އޭނާ އަތް ނިކަތުގެ ކަނދުރާގައި އަޅުވާލިއެވެ. އަދި މަޑުމަޑުން ނިކަތުގެ ތުންފަތުގެ މީރުކަން ހޯދަންފެށިއެވެ. އަމްރުގެ ކުދި ގޯނާތަކަށް ކެއްނުކުރެވުނު ނިކަތުވެސް އެންމެފަހުން ފުރަގަހުން އަމްރުގެ ގަމީހުގައި ބާރަށް ހިފަހައްޓާލިއެވެ. އަމްރު ނިކަތުގެ ފައިފަލަ މަސްގަނޑުގައި އަތްއަޅުވާލަމުން އޭނާ ނަގައި ކައިރީގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ. އަދި ނިކަތުއާއި ދުރަށް ޖެހިލަމުން ރަތްވެފައިވާ ނިކަތުގެ މޫނަށް ބަލާލަމުން ހީލިއެވެ. ނިކަތުއަށްވެސް ވީ އެހެންނެވެ.
އަމްރު އަނެއްކާވެސް ނިކަތުއާއި ކައިރިވެލިއެވެ. މަޑުމަޑުން ނިކަތުގެ ކަންފަތުގައި ތުންފަތް ޖައްސާލަމުން ކަރުން ތިރިއަށް އަތް ހިންގާލިއެވެ. އަދި ނިކަތު ލައިގެން ހުރި ގަމީހުގެ ފުރަތަމަ ގޮށް ނައްޓާލަމުން ކަނާތް ފަރާތުން ގަމީސް ތިރިކޮށްލަމުން އެތަނުގައި އަމްރު ތުންފަތް ޖައްސާލިއެވެ. ދެމީހުންވެސް ހަމައިން ނެއްޓިފައިވާ ކަހަލައެވެ. ނިކަތުވެސް އަމްރުގެ އިސްތަށިގަނޑުފައި ހިފާލަމުން މަޑު އާހެއް އަނގައިން ބޭރުކޮއްލިއެެވެ. އަމްރު މަޑުމަޑުން އޭނާގެ އަތް ނިކަތު ލައިގެން އިން ޗގަމީސް އެތެރެއިން މައްޗަށް ހިންގާލިއެވެ. އެކަން އިހްސާސްވި ނިކަތުއަށް ކުރެވެން މިއުޅޭ ކަމެއް އިހްސާސްވި ކަހަލައެވެ. ވަގުތުން ދުރަށް ޖެހިލިއެވެ. ނަމަވެސް އަނެއްކާވެސް އަމްރުގެ ތުންފަތް ކަނދުރާގައި ޖެހުމުން ހުރިހާ ކަމަކުން ހަނދާން ނެތުނު ކަހަލައެވެ.
ނުނިމޭ
4 Comments
Comments are closed.
V sali mivaahaka avahan up kondenva.Thanks
thankolheh avaahah next part upkohdheeba ls and more of both of them story id fantatsic dear
Dhn konirakun vhk up vaany.v wait kurevey eba
?
Mi vaahaka vs v reethi…ummeedhu kuran vaahaka ehkoh kiyaalan libeynekamah.. kurin liunu vaahaka vs nuninmaa enee…. Ninnuge vaahakathah v reethi ….kurin genes dheefa huri vaahaka vs nimun genes dheyne kamah ummeedhu kuran….gud luck…