Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް ތިއޭ މިހިތް އެދޭ (9)

Nashy Level 110 Stories
November 3, 2018 4 Mins Read
16 Comments

” ބައްޕައަށް ފެންނަނީ ދަރިފުޅުމެން ކައިވެނިކުރަން” ބައްޕަ އަރީން ކައިރީގައި އިށީންނަމުން ބުންޏެވެ.
މީރާ އާއި މަންމަ ތިބީ އަރީން ބުނާނެްްއެެއްޗެއްގެ އިންތިޒާރުގައެވެ.
އަރީންއަށް ބުނާނެ އެއްޗެއް ނޭގިފައި އިދެވުނީއެވެ. ބައްޕަ ބުނީ ކާކާއި ކައިވެނި ކުރާ ވާހަކަބާއެވެ. އަރީން ހުރީ ނޭގުމެއްގެ ތެރޭގައެވެ.
“ކާކާތޯ؟؟ ” އަރީންގެ މި ސުވާލުން މީރާގެ މޫނުގައިވާ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އެ މަންޒަރު މަންމަ އަށް ހަމަ ރަނގަޅަށްވެސް ފެނުނެވެ. މަންމަ އަށް މީރާއާ ދޭތެރޭ ހަމްދަރުދީ އުފެދުނެވެ. އޭނާ ބޭނުންވީވެސް ހިތާމަވެރި މޫނު މަންމައަށް ދައްކާށެވެ. އޭނާ އަށް އެގެއެވެ. މަަންމައާއި ބައްޕަގެ އެދުމަކަށް އަރީން ނޫނެކޭ ނުބުނާނޭއެވެ.
“ދަރިފުޅާ އެއީ މީރާ އެއްނޫންތަ.. ” މަންމަ އެބުނި އެއްޗަކުން ބަލާލެވުނީ މީރާގެ މޫނަށެވެ. މިއީ އަރީން ދުވަހަކުވެސް އަތުވެދާނެކަމަށް ހީކޮށްގެން ހުރި ދުވަހެއް ނޫނެވެ. އަރީން ދުވަހަކުވެސް މީރާއާދޭތެރޭ އެގޮތަކަށް ނުދެކެއެވެ. ނަމަވެސް މަންމައާއި ބައްޕަގެ އެދުމަކަށް ދުވަހަކުވެސް އޭނާ ފުރަގަހެއް ނުދެއެވެ. މިފަހަރުވެސް އޭނާ އިސްކުރީ މައިންބަފައިންނެވެ. ހިތް އެކަން ނުކުރަން އެދި ރޯއިރުވެސްމެްެއެވެ. މިއަދާ ހަމައަށް އަރީން އަރީންގެ ގޮތުގައި ފެންނަން އެހުރީ އެ މައިންބަފައިންގެ ސަބަބުންނެވެ. ދުވަހަކުވެސް އެމީހުން އަރީން ދެރަވާފަދަ ކަމެްްއް ކޮށްފައެއް ނެތެވެ. އަރީން ބޭނުންވި ހުރިހާ އެއްޗެްްއް ހޯދައިދިނެވެ. އަރީންދެކެ އެވަރަށް ލޯބިވާނެ އެހެން ބަޔަކު ނުހުންނާނެއެވެ. އެހެންވީމަ އަރީނަށް ދެރަގޮތެއް އެމީހުން ކުރިމައްޗެއް ނުކުރާނެްައެވެ. ޙާއްސަކޮށް އަރީންގެ މުޅި ހަޔާތް ވޭތުކުރަން ހޯދާ ބައިވެރިޔާ އެމީހުން ހޯދާނީ ވަރަށް ވިސްނާފައެވެ.
****
މީރާގެ މައިންބަފައިންނާވެސް ކައިވެނީގެ ވާހަކަ ދެކެވި ކައިވެނީގެ ތާރީޚް ކަނޑައެޅިއްޖެއެވެ. އަރީން ބޭނުންވީ އެއް އަހަރުފަހުން ކުރާށެވެ. ސަބަބަކަށް އޭނާ ދެއްކީ ވަޒީފާ އަދާ ކުރާތާ އަހަރެއް ނުވުމެވެ. މިކަމާ މީރާ ވަރަށް ހިތްހަމަ ނުޖެހުނެވެ. އެވާހަކަ މަންމަގާތު ބުނުމުން މަންމަ އެވާހަކަ އަރީން ގާތު ދެއްކިވެސް މެއެވެ. އެކަމަކު އަރީންގެ އެ ނިންމުން ބަދަލެއް ނުކުރިއެވެ. މަންމައަށްވެސް ވިސްނުނީ އަރީން ބުނަނީ ރަގަޅު ވާހަކައެްްްއްކަމުގައެވެ. އެކަމަކު ހަގީގަތަކީއެއެއް ނޫނެވެ. އަރީން މި ކައިވެނި ކުރަން ބޭނުން ނުވަނީއެވެ.
***
އަރީން މިހާރު މީރާއާ ވާހަކަދައްކެނީވެސް ވަރަށް މަދުންނެވެ. ވާހަކަ ދައްކާ ހިތް ނުވެސް ވަނީއެވެ. ގެއަށް ވަންނަނީވެސް ރޭގަނޑު ވަރަށް ދަންވީމައެވެ. ދެކޭ ހިތް ނުވާތީއެވެ. މި ޝަކުވާ މީރާ ކުރަންފެށީ މަންމަ ގާތުގައެވެ. މީރާގެ މެދުވެރިޔަކަށް ވަނީ މަންމައެވެ. މަންމަ ބުނުމުން އޭނާއަށް ކަންކަމާއި ދެކޮޅު ހަދާކަށް ނުކެރެއެވެ.
” މަންމާ.. ހީވަނީ އަރީން އަހަރެންނާ ދުރަށް ދަނީހެން ” މީރާގެ އަޑަށް ހިތާމައިގެ އަސަރު ގެންނަން މަސައްކަތް ކުރަމުން ބުންޏެވެ.
” ދަރިފުޅާ. އެއީ އަރީން މިދުވަސްކޮޅު ބިޒީ ވީމަ” މަންމަ މީރާއަށް އޮޅުން ފިލުވައިދޭން މަސައްކަތް ކުރިއެވެ.
” އަރީން ނުވޭ އަޅުގަނޑާއެކީ ބޭރަށްދާ ހިތެއްވެސް ” މީރާ ދެލޯ ފޮހެލަމުންބުންޏެވެ.
“އަދި ތިކަންތައް ރަނގަޅުވާނެ” މީރާ ރޯތަން ބަލާކަށް މަންމައަކަށް ކެތެއް ނުވިއެވެ. އަރީން އަކީ އެހެންމީހުން ފަދައިން އަނބިމީހާ އަށް އަޅާނުލާ ފަރުވާ ކުޑަ މީހަކަށް ވިޔަކަ ނުދޭނެްެއެވެ. މަންމަ އަރީންގެ އެކަންކަން ރަގަޅު ކުރާނެއެވެ.
***
މަންމަގެ ނަސޭހަތާއި އެއްގޮތައް އަރީން މީރާއަށް ވަގުތު ހުސްކުރަމުން ދިޔައެވެ. އެކީގައި ބާޒާރު ކުރުމާއި ސައިކަލު ބުރުޖެހުމާއި ރެސްޓޯރަންޓްތަކުން ކެއުމަކީ މިހާރު އަރީން ޤަވާއިދުން ކުރާކަންކަމެވެ.ނަމަވެސް މީރާއަށްޓަކައި ހިތުން އެންމެ އިންޗިއެއްވެސް ހުސްށެއް ނުލެވުނެވެ. މިކަންކަން ހަމައެކަނި ކުރަނީ މަންމަ ހިތް ހަމަ ޖައްސައިދިނުމަށްޓަކައެވެ.
އަރީން އޮތީ ފޮތެއްގެ ތެރެއަށް ގެއްލިފައެވެ.
“އަރީން” އަރީން ސިއްސުވާލީ މީރާގެ އަޑެވެ.
” ކިހިނެތްވީ” އަރީން ފޮތް ބާއްވަލަމުން ބުންޏެވެ. މީރާ ކުއްލިއަކަށް ހިތާމައިގެ ވައްތަރު ދައްކާލައިފިއެވެ. އަރީނަށް ބުނެވުނު ރާގު ކަމުނުދިޔައީއެވެ.
” އަރީން ދުވަހަކުވެސް އަހަރެންނަކާ ލޯބިންނެްްއް ވާހަކައެއް ނުދައްކާނެ” މީރާ ކުޑަކުއްޖަކުހެން ބޮޑާހާކާރާގަކަށް ބުންޏެވެ.
ކަންތަކާޖެހުނީއެވެ. މަންމަ ކައިރީ މިވާހަކަ ގޮސްދައްކާނެއެވެ. އަރީންގެ ހިތައް އަރަމުން ދިޔައެވެ.
” ސޮރީ..މި ފޮތުގައި ލިޔެފައި އޮތް އެއްޗަކުން އެހެން ބުނެވުނީ” އަރީން މީރާ ހިތްހަމަޖައްސައިދެމުން ބުންޏެވެ.
“އެހެންވިއްޔާ ހިނގާބަލަ ދުއްވާލަން ދާން” މީރާ އެހެން ބުނުމުން ދެކޮޅު ނުހަދާ މީރާއާއި އެކު ނުކުންނަށް ހިނގައިގަތެވެ.
******
ރާއްޖެތެރޭގެ ރަށްރަށަށް ހިލޭސާބަހަށް ދާނެ ޑޮކްޓަރުންނާއި ނަރުހުންގެ ގްރޫޕެއް ސިއްހަތު ޖަމްއިއްޔާއަކުން ހޯދަމުންދާ ދުވަސްކޮޅެކެވެ. އަރީން އެކަމުގައި ބައިވެރިވިއެވެ. ވީހާވެސް ގިނަ ބަލިމީހުންނަކާ ބައްދަލުކުރުމަކީ އޭނާއަށް ލިބޭ އުފަލެކެވެ. އަދި ހާއްސަކޮށް ރާއްޖެތެރޭ ރަށްރަށަށް ދާންވެސް ބޭނުންވެއެވެ. އެހެންނޫނަސް އަރީންވެސް ހުރީ ފަރުވާއަކަށް ބޭނުންވެފައެވެ. ރާއްޖެތެރޭގެ ހިތްގައިމު މާހައުލުން ސިކުނޑިއަށް ހަމަޖެހުމެއްވެސް ލިބޭނެއެވެ.
***
އަރީންމެން އެންމެ ފުރަތަމަވެސް ދާން އޮތީ ގއ. ވިލިނގިއްޔަށްކަން އެގުނީ ދަތުރަށް ފެށިފަހުންނެވެ. އެކަން އެގުނީންސުރެން އޭނާގެ ހިތައް ނޭގޭ ގޮތްތަކެއް ވާން ފަށައިފިއެވެ. އެއީ އޭނާގެ ރަހްމަތްތެރިޔާގެ ނިމުމާއި ގުޅިފައިވާ ރަށެވެ. އެ ހަދާންތައް އޭނާއަށް އުނދަގޫ ކުރިނަމަވެސް ބުނަން ނޭގޭ އެހެން އިހްސާސްތަކެއްވެސް ކުރަމުންދިޔައެވެ. އަރީންނަށް ހުރީ އެރަށަށް ނުދެވި ލަސްވެފައެވެ.
އެރަށަށް އެމީހުންނަށް ދެވުނީ ހެދުނު 8 ޖަހަނިކޮށެވެ. ބަދަރުމަތީގައި ފައިބީއްސާލުމުންވެސް ތަފާތު ގޮތްތަކެއް ވާންފެށިއެވެ. މިރަށަށް އައުމުން ވަކިވެ ގޮސްފައިވާ ރަހްމަތްތެރިޔާގެ ހަދާންތައް ހާދަ ބޮޑަކަށް އެބަ ކުރުވައެވެ. އަރީން ހިމެނޭ ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ 3 ޑޮކްޓަރުންނާއި ނަރުހެކެވެ. ދަތުރުގެ ކަންކަން ރޭވިފައިވާ ގޮތުން މިރަށުގައި މަޑުކުރާނީ ހަވީރު 5 ޖަހަންދެނެވެ. މިރޭ ރޭކުރުން އޮތީ އަތޮޅުގެ އެހެން ރަށެއްގައެވެ. މިރަށުގެ ޕްރޮގްރާމްތައް ރޭވިފައިވާ ގޮތުން ފުރަތަމަ އޮތީ ބަލިބައްޔަށް އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތު ބައްދަލުވުމެކެވެ. އެއަށްފަހު ހާލު ބޮޑު ބަލިމީހުންގެ ގޭގެޔަށް ޒިޔާރަތް ކުރުންވެސް އެބަ އޮތެވެ.
***
މަސައްކަތު ބައްދަލުވުން ނިމިއްޖެއެވެ. ދެން އޮތީ ގޭގެޔަށް ޒިޔާރަތް ކުރުމެވެ. އެގޮތުން ޒިޔާރަތް ކުރަން ހަމަޖެހިފައިވާ ގޭގެ ދޮރުމައްޗަށް އަރީންމެން ގެނައި ވެހިކަލް މަޑުކޮށްލައިފިއެވެ. އަރީން ހުރީ ހިތް އަވަސްވެ އަތްފައި ފިނިވާ ކަހަލަ ގޮތެްްއް ވެފައެވެ. މިކަހަލަ ގޮތަކަށް ބަލިމީހުންނާއި ބައްދަލުކުރާ ފުރަތަމަ ފަޙަރު ވީމަކަމަށް ވެދާނެއެވެ. އެންމެ ފަހުން ފޭބީ އަރީނެވެ. ފޭބުމާއެކު އަރީންގެ އެކުވެރިޔާ ނަގާފައިވާ ގޭގެ ތަސްވީރުތައް ގަޑަކަށްފަހު ގަޑެއް ލޮލުގެ ކުރިމަތީގައި އުކެމުން ދިޔައެވެ. މީހަމަ އެގެއެވެ. އެހެންވީމަ އައިޝަތު އުޅޭނީ މިގޭގައެވެ. ގޭތެރެޔަށް ވަންނަން އެންމެން ދިޔައިރުވެސް އަރީން ހުރީ ވިސްނުމެއްގެ ތެރޭގައެވެ. އެންމެންވެސް ހުރީ އަރީން އަންނަންދެން ބަލިމީހާ އޮތް ކޮޓަރިއަށް ނުވަދެވިފައެވެ. ކޮޓަރި ދޮރުމަތީގައި ހުރެފަ ނަރުސް ކުއްޖާ ދިއްކޮށްލީ މާސްކްއާއި އަންގިއެވެ. ބަލިމީހާ ކައިރީގައި ދޮރަށް ފުރަގަސްދީގެން ހުރި އަންހެން ކުއްޖާ ފެނުނީ އަނގަމަތީގައި މާސްކު އެޅިފަހުންނެވެ. އެއީ ހަމަ އެ އަންހެންކުއްޖާއެވެ. ހަމަ އެ ފަން އިސްތަށިގަނޑެވެ. އަރީން ހުރީ އެކުއްޖާގެ މޫނު ދެކިލާ ހިތުންނެވެ. ހިތުގެ ވިންދަށްވެސް ބަދަލެއް އަތުވެއްޖެހެން ހީވެއެވެ. އެކަމަކު އަރީނަށް މި އަންހެންކުއްޖާ ފެނުމުން މިހާވަރު މިވަނީ ކީއްވެބާއޭ އަރީންގެ ހިތައް އަރަމުން ދިޔައެވެ. އަރީން ވަނުމުން ނަރުސް އެކުއްޖާކައިރީ އެއްކައިރިޔަށް ޖެހިލަން ބުނުމުން އެކުއްޖާ ބަލައިލިފިއެވެ. އަރީނަށް ވީގޮތްވެސް ނޭގުނެވެ. ކުރިމަތިން ފެންނަން އެހުރީ މިއޮަށްހުރިހާ ދުވަހު ދުށުމަށް ދެލޯ އެދެމުން ދިޔަ ސޫރައެވެ. އެއީ އެކުއްޖަކަށްޓަކައި އެ ހިތް އެހެންމީހަކަށް ނުދެވުނު ކުއްޖާއެވެ. އެއީ ހަމަ އައިރާއެވެ.
“އައިރާ” އަރީންއަށް މަޑުމަޑުން އެނަމުން ގޮވާލެވުނެވެ. ނަމަވެސް ހަމައެކަނި ހިތައް އިވޭވަރެށެވެ. ދެން ހަދާނަށް އައީ އޭނާގެ ރަހްމަތްތެރިޔާ މަތިންނެވެ. އެ ހުރިހާ ދުވަހު އޭނާ ހަދާން އެކުރީ އައިރާމަތިންނެވެ. މި އަންހެން ކުއްޖާއަކީ ކާކުކަން ކުރިން ނޭގުންކަން އެއީ ދެމީހުންކުރެން ކާކުގެ ނަސީބެްްއް ކަމެްްއް ނޭގެއެވެ.
އައިރާގެ ހިތައްވެސް ތަފާތު ގޮތްތަކެއް ވެްއްޖެއެވެ. ދެވަނަފަހަރަށް ޑޮކްޓަރުގެ މޫނަށް ބަލާލިވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެއްޖެއެވެ. އެތަނުގެ ތެރޭގައި މީހަކު ތިބިކަމެއްވެސް ހަދާން ނެތެވެ. ދެމީހުންނަށްވެސް ކުއްލި ސިހުމެއް ގެނައީ އެތަނުން ޑޮކްޓަރަކު ކަރު ކެހިލުމުންނެވެ. އައިރާއަށް ހަމަ ޑޮކްޓަރާއި ދިމާއަށް ބެލެނީއެވެ. މޫނުގެ ފޮރުވިފައިވާ ބައި ބަލާލަން ބޭނުން ވަނީއެވެ.
އަރީން އައިރާގެ މަންމަ ބެލުމުން ދެން ބަލަންފެށީ އެހެން ޑޮކްޓަރެކެވެ.
ާ އަރީންގެ އެންމެ ގަާތް ރަހްމަތްތެރިޔާގެ ނަސީބުގައި އައިރާއާ ބައްދަލު ކުރެވެން އޮތްނަމަ އެ ދުވަހު ރަހްމަތްތެރިޔާއަށްޓަކައި އަރީންގެ ލޯބި ގްރުބާން ކުރީހެވެ. ނަމަވެސް މިއަދުވެސް އައިރާ ލިބޭކަށް ނެތެވެ. މިއަދު އޭނާގެ ހަޔާތްވަނީ މިވަނީ މަޖުބޫރީ ހާލަތަކަށް ވެއްޓިފައެވެ. މަންމައާއި ބައްޕައާ ދެކޮޅަށް އޭނާގެ ލޯބި ހޯދާނެހާ ހިތްވަރެއް އޭނައަކަށް ނުލިބޭނެްެއެވެ.
“އަޅުގަނޑަށް ފެންނަނީ މަންމަގެ އިތުރު ޓެސްޓުތަކެްްއް ހަދާލުން.” ޑޮކްޓަރު އަތީފް ބުނިއެްްއްޗަކާއި އެއްބަސްވުމަށްޓަކައި އަރީންވެސް ބޯޖަހާލިއެވެ.
އަރީން މިގެޔަށް ވަނުމުން އައިރާގެ ދިރިއުޅުން ވަރަށް ބޮޑަށް އިހްސާސް ކުރެވިއްޖެްއެވެ. އައިރާއަށް އެހީވެދެން އޭނަ ބޭނުމެވެ.
އަރީން އައިރާއާއި ދިމާއަށް އެބުރުނީ ހިތަށް އައިރާއާ ވާހަކަ ނުދައްކާލާ ނުހުރެވުމުންނެވެ. އެހެންނަމަވެސް އެއްޗެއް ބުނަން އަނގަ ހުޅުވާލިވަގުތު އެއައީ ފޯނެކެވެ. މީރާގެ ފޯނެކެވެ. އަރީން ފޯނަށް ޖަވާބުދޭން ނުކުތީ ބޭރަށެވެ. އަނގަމަތިން މާަްސްކު ނަގާފައި ވާހަކަ ދައްކަންފެށިއެވެ. އަރީން އުޅުނީ އެތެރެއަށް ވަންނާށެވެ
އެހެންނަމަވެސް އެންމެން އޭރު ނުކުންނަނީ އެވެ. އޭރު އައިރާގެ މަންމަ ވާރަށް ބާރަށް ކެްްއްސާ އަޑު އިވެއެވެ. އެންމެން ވެހިކަލްއަށް އަރައިފިއެވެ. އަރީންނަށްވެސް މަޖުބޫރުވީ އަރާށެވެ. އަދިވެސް ބަލިމީހުންތައް އެބަތިއްބެވެ. ލިބިފައިވާ މަދު ވަގުތު ކޮަަޅުގައި އެންމެން ކައިރިޔަށް ޒިޔާރަތެްްއްވެސް ނުކުރެވޭނެްެްެއެވެ. އެހެންވެ ވަގުތު ބޭކާރުނުކޮށް ޑޮކްޓަރުން ބެލީ ގިނަ ބަލިމީހުންނަށް ޒިޔާރަތް ކުރެވޭތޯއެވެ އެ ގޭ ގެއްލެންދެން އަރީން އެގެޔާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މަންމަ އަށް ފެންފޮދެއް ދީފައި އައިރާ ގެއިން ނުކުތް އިރު ވެހިކަލް ގޮސް އޮބާލައިފިއެވެ….
****
އަރީންނަށް އެރަށުން ފުރައިގެން ދާންޖެހުނީ އައިރާއާއި އާއި އަލުން ބައްދަލު ނުވެއެވެ. އެހެންނަމަވެސް އަރީން އައިރާއާއި ބެހޭ އެތައް މައުލޫމާތެެއް ހޯދައިފިއެވެ. އައިރާ އަދި ކައިވެންޏެއް ނުކުރެެއެވެ. އައިރާ ހޯދުމަށް ހިތް އާދޭސް ކުރަމުން ދަނީއެވެ. އެހިތް އެބަ ބުނެްއެވެ. އަދިވެސް އަރީންނަށް އެފުރުސަތު އެބައޮތެވެ. އެކަމަކު މައިންބަފައިންގެ އެދުމަށް ފުރަގަސްދީގެންނެވެ. މީރާގެ ހިތް ހަލާކު ކޮށްލާގެންނެވެ. އަރީންގެ ހަޔާތައް ދެން އައިރާ ގެންނާނީ ކިހިނެއްބާއެވެ؟؟؟؟

( ނުނިމޭ)

ަ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nashy

Level 110 Stories

Other Articles

Previous

ކަޅު ދުވަސް

Next

ފުރަތަމަ ނަޒަރުން (ފެށުން)

Next
November 3, 2018

ފުރަތަމަ ނަޒަރުން (ފެށުން)

Previews
November 3, 2018

ކަޅު ދުވަސް

16 Comments!

  1. Mixuhan says:
    November 3, 2018 at 12:22 pm

    Alhey….so sad ??..when is the next part. .Curiously waiting dear. ..Haadha reeiichey mi story ..maashaa allah.

    1. Nashy says:
      November 3, 2018 at 2:40 pm

      Thank youuu mixuhan.. ☺️ varah avahah next part annaane… Insha Allah

  2. Noor says:
    November 3, 2018 at 2:22 pm

    Dhen Alhe konmes sababeh medhuveri kollaafa areen adhi erashah fonuvadheebala to meet Aira vaahaka varah reethi

    1. Nashy says:
      November 3, 2018 at 2:34 pm

      Thank u.. nashy ves mi ulheny aira ah areen fennaane gotheh hedheythw.. ?and varah avah up kohdheynan.. insha Allah

  3. Anonymous says:
    November 3, 2018 at 2:24 pm

    Wow nice story masha Allah waiting for next part ??

    1. Nashy says:
      November 3, 2018 at 2:38 pm

      ?thank u… Ehaa gina iru wait kuran bahahtaakah nashyves beynumehnun.. ekamves dhen anna part ga hingaane heeves nukuraahaa bodu kamehge sababun up nukurevigen mi ulheny.. hama baeh faharu nashy vahaka liyamun dhaairuves hithah araa vahakaga ulhey meehunah mihen hadhan vaane baaey.. ekam eba jehey konme gothakunviyas emeeheh manzilah emeehaku gendhan…. Dhwwww.. ?

  4. Nunnu says:
    November 3, 2018 at 2:41 pm

    Nashy adhi areen erashah funuvabala… Ticket hamajassadheynameyy hurihaa readers in vegenn. Keumai hurumuge haradhuvess hama jassadheynan hama

    1. Nashy says:
      November 3, 2018 at 2:54 pm

      Thee varah ragalhu gotheh… But Meera ves dhaan beynun vehjehyyaayo…

    2. Nashy says:
      November 3, 2018 at 2:58 pm

      Meera aa areen dhuruvaane kahala gotheh raavabala hurihaa kiyuntherin ?

  5. Noor says:
    November 3, 2018 at 3:07 pm

    Noor hama jassadheynan hurun hama freeko if he comes without meera

    1. Nashy says:
      November 3, 2018 at 7:54 pm

      Hhehe… Anekka aira rashu kujjeh thr

  6. Noor says:
    November 3, 2018 at 9:12 pm

    He he ehenveyey ehaa faseyhain mi bunee

  7. Noor says:
    November 3, 2018 at 9:21 pm

    Meeraa fonuvaa dhathuru hadhan shopping nakah dhen shopping mole ehga ulhenikoh. hihguduvaalaakahala reethi kuhjaku dhahkaalaa ekujjaa fenuneema meeraa kuch kuch hoathaahey vaakahala

    1. Nashy says:
      November 3, 2018 at 10:04 pm

      Hehehehehhehe…

  8. Gud❤ says:
    November 4, 2018 at 6:08 am

    Vrh reethi mipart…. knirakah next part?

  9. black biuty says:
    November 4, 2018 at 4:33 pm

    nice story…when next part?

Comments are closed.

Next Episodeމަންޒިލް ތިއޭ މި ހިތް އެދޭ (10)←


All Right Reserved!