ހާސިލް ވުމަށް އެދި ހިތް ރޮނީ 21
.ކުއްލިއަކަށް އޯކާ އަށް ދެމިފައި އެހުރިތަަނަށް ހޮޑުލެވެންފެށިއެވެ.ހަމައެވަގުތު އަޅައިގަތް މާ ވަރުގަދަ އެލާރމް އާއެކު “އިޓްސް އަ ކާޑިއެކް އެރެސްޓް” އޭ ކިޔާ އެކަކު ހަޅޭއްލަވައިގަތް އަޑު އީން އަށް އިވުނެވެ. އެއާއެކު އީން ގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ.ނެގިނެގިފައި ހިތް ޖެހެން ފެށިއިރު ހީވަނީ ބޭރުގައި އޮވެ ތެޅެން ފެށީ ހެންނެވެ.ބޯ އަނބުރާގަތުމާއެކު ބެލެންސް ނުވެ ބިންމައްޗައްވެއްޓެން ދިޔަ އީން އަލްޔާން އާ ދިމާލަށް އަށް ދިއްކުރުމުން ހަމައެކަނި ފިރުމާލެވުނީ ގަދަމުށިކުލައިގެ އެ ފަން އިސްތަށިގަނޑުގައެވެ..
********
ބަރުވެފައިވާ ދެލޯހުޅުވުމާއެކު އީން ވަށައިގެން ނަޒަރު ހިންގާލިއެވެ. އެވަގުތު އޮވެވުނީ ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމް އެއްގާ ކަން އީން އަށް އެނގުނެވެ. އަތުގައި އައި. ވީ އެއް ގުޅާފައި ހުރުމުން މި އޮތީ އެޑްމިޓް ކުރެވިފާ ކަންވެސް އީން ވަގުތުން ދެނެގަތެވެ. ގާތުގައި ރޮވިފައި ހުރި އަލްކާ ގެ މޫނު ފެނުމާއެކު ވީ ހުރިހާކަމެއް މަތީން އީން ހަނދާންވިއެވެ.ހަށިގަނޑުގައި ވަރު ނެތަސް ތެދުވަން އުޅުމާއެކު ބޮލަށް ބަރުވެ އީން އެންދުމައްޗައް ވެއްޓުނެވެ.އަލްކާ ވަގުތުން ގޮސް ކައިރިވެލާފައި އީން ގައިގައި ހިފާ ރީތިކޮށް ބޭއްވިއެވެ. “އަލްކް ..ކޮބާ އަލްޔާން….އަހަންނަށް އަލްޔާން ދައްކަބަލަ ޕްލީޒް..” ރޮއެގަންނަމުން އީން އަށް އެހެން ބުނެވުނު އިރު އަލްޔާން އެކްސިޑެންޓް ވި ހާދިސާ އީން ގެ ލޯ ކުރިމަތީން ސިފަވަމުން ދިޔައެވެ. އަލްކާ އެއްޗެކޭ ނުބުނެ އިސްޖަހާލުމުން އީން ގެ ހިތް އާދަޔާ ހިލާފަށް ބާރަށް ތެޅިގަތެވެ.”އަލްކާ..ޕްލީޒް ޓެލް މީ..ކޮބާތަ އަހަރެންގެ އަލްޔާން..ހެޔޮނުވާނެ ބުނޭ އަލްޔާން އަށް އެއްވެސް ކަމެއް ނުވެޔޭ” ރޮއެގަންނަމުން އަނެއްކާވެސް ހިތްވަރު ކޮށްފައި ތެދުވާން އުޅުމުން އަލްކާ އީން ގައިގައި ހިފަހައްޓާ އޮށޯތުމަށް ބުންޏެވެ.”އީން..ލިސެން..ހަމަޖެހިބަލަ..އަލްޔާން ވަރަށް ކްރިޓިކަލް..ރޭގަ އޭނަ ބައްޕަ މެން އައިސް ވަގުތުން އެމް.އެން.ޑީ.އެފް ހެލިކަޕްޓަރުގަ އޭނަ މާލެ ގެންގޮސްފި..އީތަން ބުނި ދެންމެ ގުޅާފަ އަނެއްކާ މިހާރު ސިންގަޕޫރަށް ފުރި ވާހަކަ..ރަނގަޅުވާނެ އިރާދަ ކުރެއްވިއްޔާމު..ހިތްވަރުކުރޭ” އަލްކާ ގެ ވާހަކަ އަޑުއިވުމުން އީން ގެ ސިކުނޑި ސުމަކަށް ދިޔަކަހަލައެވެ. އޭނާގެ ލޯބިވާ އަލްޔާން އެހާލުގައި އޮއްވާ ފެންނާނެ އެއް ގޮތެއްވެސް ނެތް އިރު އޭނާޔާ ވަކިކޮށްގެން އެގެންދެވުނީއެވެ. ދެން އަލްޔާން ގެ ބައްޕަ އީން އަށް އަލްޔާން އާ ބައްދަލުވިޔަކަ ނުވެސް ދޭނެކަންނޭގެއެވެ.އެއާއެކު ހަނދާނަށް އައީ އޭނާޔާ ބައްދަލުވި އެންމެ ފަހު ފަހަރު އަލްޔާން ދެއްކި ވާހަކައެވެ. ހަމަ ހޭގަ ހުރެގެން އީން އާ ވަކިވެގެން ދުވަހަކުވެސް ނުދާނެ ކަމަށް ބުނެ ކުރިވައުދެވެ. ތެދެކެވެ އަލްޔާން ހަމަހޭގައި ހުރެގެން އީން ދޫކޮށްފައި ނުދެއެވެ. އޭނާގެ ހޭވެރިކަމެއްނެތް ހަށިގަނޑު އީން އާ ދުރަށް ގެންދެވުނީއެވެ. އަލްޔާން އާ ދެން ދުވަހަކުވެސް ބައްދަލު ނުކުރެވޭނެ ފަދަ ހިޔާލްތަށް ސިކުނޑިއަށް އަންނަން ފެށުމުން އީން ގެ ސިކުނޑި ފަޅާގެން ދާހެން ހީވިއެވެ.ހިތުގައިޖެހި ގިސްލެވުނުހާލު އެވަގުތު ބައްދާލެވުނީ ކައިރީގައި ހުރި އަލްކާގެ ގައިގައެވެ. “ނޫން..ޕްލީޒް..އައި ވޯންޓު ސީ ހިމް އެންމެ ފަހަރަކު..އައި ކާންޓް ލިވް ވިތައުޓް ހިމް..އަލްކް ޕްލީޒް އަހަރެން އަލްޔާން ކައިރިއަށް ގެންދޭ!!”އީން ގެ ރުއިމުގެ އަޑު ބާރުވަމުން ދިޔައެވެ. އެންމެ ފަހުން މުޅި މީހާތުރުތުރު އަޅައިގަނެ ތެދުވެގެން ދާން އުޅެގަތެވެ. އީން ހަމައަކަށް އެޅުވޭތޯ އަލްކާ ކުރި މަސައްކަތް ނާކާމިޔާބު ވުމުން ނަރުސް ކުއްޖަކަށް ގޮވިއެވެ. އެކުއްޖާ އައިސް ދިން އިންޖެކްޝަނާއެކު އިރުކޮޅަކުން އީން ހަމައަކަށް އެޅި ނިދުނެވެ. އީން ގެ ގައިމަތީ އޮތް ފޮތިގަނޑު ރަނގަޅު ކޮށްލަ ދިނުމަށްފަހު އެނބުރިލިތަނާ އީތަން ގުޅާތަން ފެނުމުން އަވަހަށް ފޯން ނެގިއެވެ.”އީން ގެ ހާލު ވަރަށް ދެރަ..ހަމަ ހޭލެވުމާއެކު ރޯން ފަށަނީ އަލްޔާން ކައިރިއަށް ގެންދާށޭ ކިޔާފަ..ރޭގަވެސް ނިންދަވާފަ އޮތީ..ދެންމެ ވެސް ހޭލެވުމާއެކު ސަކަރާތް ވެގެން އަނެއްކާ ވެސް އިންޖެކްޝަން ޖަހައިގެން ނިންދެވީ..” އަލްކާ ގެ ވާހަކަ އަޑު އިވުމުން އީތަން ވަރަށް ދެރަވިއެވެ. އެއްކޮޅުން އެންމެ ގާތް އެކުވެރިޔާ މިހާލުގާ އޮތް އިރު އަނެއްކޮޅުން އީން ވާނެ ދެރަ ހިތަށް ތަސައްވަރު ކުރެވުނެވެ. “އަލްޔާން އޮޕަރޭޝަނެއްކޮއްފި..އަދިވެސް އެކަމް އަންކޮންޝިއަސް..ޑޮކްޓާރސް ބުނަނީ އަދި ނޭގެޔޯ އެއްޗެއް ބުނަން ސިކުނޑީއަށް ގެއްލުންވެފަ ހުރީމަ..އެކަމް އައި ތިންކް ބެޓާ ނޮޓް ޓު ޓެލް އީން އިނގޭ..ޓޭކް ކެއާ އޮފް ހާ..” އަލްކާ ވެސް އެއްބަސް ވީ މިވަގުތަށް އަލްޔާން ގެ ހާލަތު އީން އަށް ސިއްރު ކުރުމަށެވެ.
ދެދުވަސްފަހުން އީން ގެއަށް ދޫކޮށްލެވުނު ނަމަވެސް ޑޮކްޓަރުން ބުނީ އެހާދިސާ ގެ ސަބަބުން އީން އަށް މެންޓަލީ ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށެވެ. މަންމަ އާއި އަލްކާ އެތަށް އާދޭހެއް ކުރުމުން ކުޑަކުޑަކޮށް އެއްޗެއް ކެއި ނަމަވެސް އީން އަބަދުވެސް ކިޔަނީ އަލްޔާން އާ ބައްދަލު ކުރަން ދިޔުމަށެވެ.ރޭގަނޑު ރަނގަޅަކަށް ނުނިދެއެވެ. އަލްޔާން ރަނގަޅު ކަމަށާއި ވަރަށް އަވަހަށް ރަނގަޅުވެެން އަންނާނެ ވާހަކަ ބުނުމުން ވެސް އީން ގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އަނެއްކޮޅުން އީތަން ސިންގަޕޫރުގައި އަލްޔާން އާއެކު ހުރި ކަމުގާ ވިޔަސް ހޭނާރާ އޮތުމުން އީން އާ ވީޑިއޯ ކޯލްއެއް ހެދޭނެ ގޮތެއްވެސް ނެތެވެ.
**************************
“މިވަގުތަށް އެއްޗެކޭ ނުބުނެ ހުއްޓަސް ކަލޭ ހީނުކުރާތި އެހާ ފަސޭހަ އިން މަ ކަލެއަށް މާފް ކުރާނެޔޭ..ކަލެޔާ ހަވާލު ކުރީ އެ އަންހެން ކުއްޖާގެ ދުވަސް ދުއްވާލަން އެކަަމަކު ކަލޭ ތި އަނިޔާ ދިނީ މަގޭ ދަރިފުޅަށް” ރުޅިއައިސް ރަތްވެފައި ހުރެ ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ވަލީދުގެ މޫނު މަތީން ވެސް ރުޅިވެރިކަމުގެ އިންތިހާ ފެންނަމުން ދިޔައެވެ. ހީވަނީ ފޯނު ތެރެއިން ވަދެ ވާހަކަ ދައްކަމުން ދިޔަ މީހާ ކަރުގައި ހިފާފާނެ ހެންނެވެ.”ބޮސް ސޮރީ އޭ..އަސްލު އެގޮލާ އެވަގުތަށް ހައި ވެފަ ހުންނާނެ ކަމެއް ނޭގޭނެއެއްނު..ހުވާ މި ބުނީ ހޭބަލިވެފަ ހުންނާނީ އެތިކޮޅެއް ފެނިއްޖެއްޔާ..މަ ބުނަންވެސް ބުނީމޭ އަންހެން ގޮލާ ގައިގަ އޭ ޖައްސަންވީ.. އެކަމަކު އޭއްޗަކު ގޮސް..” އެކޮޅުން ވާހަކަ ދެއްކި މީހާގެ ބަސްތަކުން ވަލީދު އިތުރަށް ރުޅިގަދަވެ ފޯން ކަނޑާލިއެވެ. ހަގީގަތަކީ އަލްޔާން ހުރިހާކަމެއް ދޫކޮށް ދިޔުމުގެ ސަބަބަކީ އީން ކަމުގައިވުމުން ވަލީދު ބޭނުންވީ އީން އެކްސިޑެންޓް ކުރުވާ މަރު ނުވިކަމުގާ ވިޔަސް ނުކުޅެދޭ މީހަކަށް ނަމަވެސް ހަދާށެވެ. އޭރުން ވެސް ފަހަރުގާ އަލްޔާން އީން ދޫކޮށްފާ އެނބުރި އައިސްދާނެތީއެވެ.އެހެނަސް ކަންތަށްވީ ދިމާ އިދިކޮޅަށެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ބަލިއެނދުގާ މިއަދު މަރާ ހަނގުރާމަ ކުރަމުން އެދަނީ އޭނާގެ ކުށުގެ ސަބަބުންނެވެ.އޭނާ ގެ ލޯބިވާ އަނބިމީހާ މެދުކެނޑުމެއްނެތި އޮއްސަމުން އެދާ ކަރުނައިގެ ހަގީގީ ސަބަބަކީ ޚުދް އޭނާއެވެ. މީހެއްގެ ދަރިއަކަށް ދޭން އުޅުނު އަނިޔާ އޭނާގެ ލޯބިވާ ދަރިފުޅު މިއަދު ތަހައްމަލް ކުރަމުން އެދަނީ ލޯކުރިމަތީންނެވެ. ލައްޕާލެވިފައި ހުރި އައި.ސީ.ޔޫގެ ދޮރުގެ ބިއްލޫރިގަނޑުގައި އަތް ޖައްސައިގެން ހުރި ވަލީދުގެ ލޮލުން އިޚްތިޔާރަކާ ނުލާ ކަރުނަ ފޭބީ އެކި މެޝިންތަކާ ގުޅާފައި އޮތް އޭނާގެ ދަރިފުޅު ގެ ހާލަތު ފެނުމުންނެވެ.އެވަގުތު ފަަހަތުން އައިސް މީހަކު ކޮނޑުގާ އަތްލުމުން ބަލާލި އިރު ކައިރީގައި ރޮވިފައި ހުރީ މައިރީންއެވެ.
***********
ފުސްވެފައިވާ މަންޒަރެއްގެ ތެރެއިން ހުދުކުލައިގެ ހެދުމެއްގާ ހުރި އަންހެންކުއްޖަކު ވެއްޓެން ދާ ތަންފެނި ހިފަން އަލްޔާން އަތް ހަރަކާތް ކުރުމާއެކު އެނާގެ ސިކުނޑި ހޭލައްވާލިއެވެ. އެކްސިޑެންޓް ވިތާ ބަރާބަރު ހަފްތާއެއް ފަހުން އަލްޔާން ހޭ އެރިއެވެ. ކުއްލިއަކަށް ލޯ ހުޅުވުމާއެކު ވަށައިގެން ނަޒަރު ހިންގާލެވުނެވެ.އެވަގުތު ކައިރީގައި ހުރި ނަރުސް ކުއްޖާ ފެނުމުން ހައިރާންވެފައި ބަލާލެވުނެވެ. ވީކީއްކަމެއް އަލްޔާން ހަނދާނެއް ނެތެވެ. އެކަމަކު މި އޮވެވުނީ ހޮސްޕިޓަލްގާ ކަން އެނގުމުން ތެދުވާން މަސައްކަތް ކުރަން ހިތަށް އެރިއެވެ. އެކަމަކު ހަށިގަނޑު އައްސިވެފައި ވުމުން އަތެއް ފަޔެއް ގުޑާވެސް ނުލެވުނެވެ.
އިރުގަނޑެއްފަހުން ތެޅެމުން ފޮޅެމުން ވަދެގެން އައި މަންމަ އާއި ބައްޕަ އަދި މައިރީން އާއި އީތަން ފެނުމުން އަލްޔާން ޝަކުވާގެ ނަޒަރަކުން ބަލާލިއެވެ. “މަންމާ..އަހަ..ން..ނަށް..ކި..ހި..ނެތްވީ؟” ވަރަށް އުނދަގުލުން އަލްޔާން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ދަރިފުޅު އެކްސިޑެންޓެއް ވީ ކަމަށް ބުނެ އާޝިޔާ އަލްޔާން ގައިގައި އޮޅުލައިގަންނަމުން ރޯން ފެށިއެވެ.” އެކް..ސި.ޑެންޓޭ..ކޮން..ތާކު. ހުއް.ޓާ…ކޮން.. އިރަ..ކު؟” އަލްޔާން ގެ ސިކުނޑިއަކަށް އެއްވެސް ހަނދާނެއް ނައެވެ. އެވަގުތު އެތާތިބި މީހުން ކަންބޮޑުވެފައި ތިބި ހާލު އެކަކު އަނެކަކު ގެ މޫނަށް ބަލާލިއެވެ.
***********************
އަލްޔާން ގެ ސިކުނޑީގެ ސީޓީ ސްކޭން އަށް ބަލަހައްޓައިގެން ހުރެފައިފައި ޑޮކްޓަރު އެނބުރިލީ ވެގެން އުޅޭ ގޮތް އަޑުއަހަން ކެތް މަދުވެފައި އޭނާގެ ކުރިމަތީގައި ތިބި އަލްޔާން ގެ އާއިލާ އާ ދިމާލަށެވެ. ވަލީދުގެ ދެމަފިރީންގެ އިތުރުން އީތަން އަދި މައިރީން ވެސް އެތަނުގާ ތިއްބެވެ.އިނގިރޭސި ބަހުން ވާހަކަ ދައްކަމުން ޑޮކްޓަރު ވިދާޅުވީ އަލްޔާން ގެ އެކްސިޑެންޓް ގާ ސިކުނޑި އަށް ލިބުނު ގެއްލުމުގެ ސަބަބުން ރެޓްރޯގްރޭޑް އެމްނީސިއާ ކިޔާ ކޮންޑިޝަން އެއް އަލްޔާން އަށް ދިމާވެފައިޥާ ކަމަށެވެ. އޭގެ ސަބަބުން ސިކުނޑީގައި ރައްކާ ކުރެވިފައިވާ ކުރީގެ ހަނދާން ނުވާކަމަށެވެ. އަދި ބައެއް ފަހަރު ކުރީގައި ދިމާވެފައިވާ މީހުންނާ ހިނގާފައި ހުންނަ ހާދިސާތަށް ވެސް ހަނދާނަށް ނައުން އެކަށީގެންވާ ކަމަށެވެ. އެހެނަސް މިކަން ދެމިގެންދާނީ ސީދާ ކިހާ ދުވަހަކަށް ކަން ބުނަން ނޭނގޭ ކަމަށާއި މިކަހަލަ ކޮންޑިޝަންގައި ގިނަފަހަަރަށް ފޮހެވެނީ ސިކުނޑިއަށް އެންމެ ސްޓްރެސް ގެނުވާ ހަނދާންތަށް ކަމަށް ބުންޏެވެ.އަދި ހަމަ ކުއްލިއަކަށް ވެސް ހުރިހާ ކަމެއް ހަނދާން ވުމަކީ ވެސް އެކަށީގެންވާކަމެއް ކަމާއި އެހެނަސް އެއްވެސް ކަމެއް ނުވަތަ ހާދިސާއެއް ހަނދާން ކޮށްދިނުމަށް ބާރު ނޭޅުމަށް ވެސް ޑޮކްޓަރ ލަފާދެއްވިއެވެ. އެހެން ނޫންނަމަ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެކަމުގައިވެސް ބުންޏެވެ.
************************************
ހޭއެރިތާ ހަތަރު ދުވަސް ފާއިތުވެގެން ދިޔައިރު އަލްޔާން ގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވިއެވެ.ޒިޔާރަތް ކުރި އާއިލާ މީހުންނާވެސް ބައްދަލް ކުރާއިރު ބައެއް ފަހަރު ހަނދާން ނުވާ ކަހަލަ ގޮތަކަށް ބަލަން ހުންނަ ކަން ފާހަނގަކުރެވެއެވެ. އެހެނަސް ވަކިކަމެއް ހަނދާން ނުވެގެން އެއްވެސް ވާހަކައެއް ނުދައްކައެވެ.
ނިދިފައި އޮތް އަލްޔާން އަށް ބަލަން ދަތްދޮޅީގައި އަތްވިއްދާލައިގެން ހިޔާލަކަށް ގެއްލިފާ ހުރި އީތަން ހުރީ ފިކުރު ބޮޑުވެ ހަދާނެ ގޮތް ހުސްވެފައެވެ.ހަތަރުދުވަސް ވެގެން ދިޔައިރުވެސް އަލްޔާން އީން ގެ އެއްވެސް ވާހަކައެއް ނާހައެވެ. ނުވިތާކަށް އީން ގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދާކަމަށް ބުނެ އަލްކާވެސް ފުލުފުލުގައި ގުޅައެވެ. އަލްޔާން ކައިރީގައި އީން ގެ މަތީން ހަނދާން ނުވޭތޯ އަހަން ވެސް ނުކެރިގެން އުޅެނީ ޑޮކްޓަރު އެކަން އެހެން ނުކުރުމަށް އިރުޝާދު ދީފައިވާތީއެވެ. ކުއްލިއަކަށް އަލްޔާން ގެ ދެލޯ ހުޅުވުނީ އެއްކަލަ ވެއްޓެން ދިޔަ އަންހެން ކުއްޖާ ގައިގައި ހިފުމަށް އުޅެނިކޮށެވެ. އަލްޔާން އަށް ވީގޮތްފެނި އީތަން އަވަސް އަވަހަށް ކައިރިއަށް ޖެހިލާ ކިހިނެތްވީތޯ ސުވާލުކުރިއެވެ. އަލްޔާން ކުޑަކޮށް ތެދުވެލާ އެނދުގާ ލެނގިލަމުން ހޭއެރީއްސުރެ ތަކުރާރުކޮށް އޭނާއަށް ފެންނަ ހުވަފެން އީތަން އާ ހިއްސާކުރިއެވެ.
“އެކަމް..މަށަކަށް ނުފެނޭ މޫނު..ކާކު ކަމެއް ނޭނގޭ..ވަރަށް ނުސާފު..އެކަހަލަ ކަމެއް ހިނގިކަމަކަށް ހަނދާނަކަށް ވެސް ނާދޭ…ކާކުބާ އެއީ” ފިކުރުބޮޑުވެފައި ހުރި އަލްޔާން ފެނުމުން އީތަން ހައިރާންވިއެވެ. އީން ގެ މަތީން އަސްލުވެސް އަލްޔާން ހަނދާން ނެތުނީ ކަން ޔަގީންވެ އީތަން އަށް ލޯމަރާ ބާރުކޮށްލެވުނީ އެކަން އެނގިއްޖެ ނަމަ އީން އަށް ވާނެ ގޮތް ހިތަށް އެރުމުންނެވެ.އެބައަންނަމޭ ބުނެ އީތަން އަވަސް އަވަހަށް އެކޮޓަރީން ނިކުތީ ބުނާނެ އެއްޗެއްވެސް ނޭގުމުންނެވެ.އީން ފެނުނު އެންމެ ފުރަތަމަ ދުވަހުއްސުރެން ފެށިގެން މިހާތަނަށް އީން އަށް ޓަކާ އަލްޔާން ކުރި ކަންތަކާ، އުޅުނުވަރާ..އީން ދެކެ ލޯބިވާވަރު އީތަން އަށް ރަނގަޅަށް އިނގެއެވެ. ހަގީގަތުގައިވެސް އަލްޔާން ހަމަ އީން މަތީން އެއްކޮށް ހަނދާން ނެތުނީ ބާވައެވެ.އެހެން ވެއްޖެ ނަމަ ދެން ވާނީކިހިނެތް ބާވައެވެ. އެކި ހިޔާލުތަށް ސިކުނޑީގައި އެނބުރެން ފެށުމުން ބޯހާސްވެ އީތަން ދިޔައީ ވަކީން ޑޮކްޓަރާ ބައްދަލުކުރުމަށެވެ. ވީގޮތް ކިޔާ ދިނުމުން ޑޮކްޓަރު ބުނީ އީން ފެނުމުން އީން އާ ގުޅުން ހުރި ހުރިހާ ކަމެއް މަތީން އަލްޔާން ހަނދާން ވުމުގެ ފުރުސަތު ބޮޑުކަމަށެވެ.ޑޮކްޓަރާ ވާހަކަ ދެއްކުމުން އީތަން ގެ ހިތަށް ކޮންމެވެސް ވަރަކަށް ހަމަޖެހުމެއް ލިބުނެވެ.ބޭރަށް ނިކުތް ވަގުތު އީތަން އާ ބައްދަލުވީ ވަލީދުއާއެވެ. ކޮންމެހެން ދާންޖެހޭ ބައްދަލުވުމަކަށް މިއަދު މާލެ ފުރަން ޖެހިއްޖެކަމަށާއި އަލްޔާން ގެ ކަންތަށް ރަނގަޅަށް ބެލެހެއްޓުމަށް ވަލީދު ބުނުމުން އީތަން އުފާވެފާ އަވަހަށް އާއެކޭ ބުނެލިއެވެ. ވަލީދު މާލެދާ ވާހަކަ ބުނުމުން ލިބުނު ފުރުސަތުގެ ބޭނުން ހިފާ އީތަން ވަގުތުން ގުޅީ އަލްކާ އަށެވެ. އަދި ވީ އެންމެ އަވަހަކަށް އީން ގޮވައިގެން އަންނަން އެދުނެވެ.
“އާން ދާންވީ އެކަމަކު..”އަލްކާގެ ވާހަކަ މެދު ކެނޑުމުން އެކަމަކު ކިހިނެތްވީހޭ އީތަން އަހާލިއެވެ. “އީން ބައްޕަ ޖޮބްލެސްކަން އިނގެއެއްނު..ޓިކެޓާ…ހުރިހާ ކަމަކަށް ހީވަނީ މަގޭ ސޭވިންގްސް ވިލް ނޮޓް ބީ އިނަފް ފޯ ބޯތް އޮފް އަސް ހެން..ރޭޓްސް ތަށް ވެސް ނޭނގޭ ތިކޮޅުގެ…އެކަމް ބަލަން އެބަ ދޮންތަ އާ..”
“ސާބަސް ހުއްޓާލާ….އަހަރެން މިހާރު ޚަރަދު ގެއެއްވެސް ވާހަކަ އެއް ދައްކައިފިންތަ ތިވަރަށް ތި ބޯގޮއްވަނީ؟..އަލްޔާން ނެތް ހާލަތުގާ އީން ގެ ކަންކަން ބެލެހެއްޓުމަކީ އަހަރެންގެ ޒިއްމާއެއް..އެއްވެސް ކަމަކާ އަލްކާ ވިސްނާނެ ކަމެއް ނެތް..ޖަސްޓް އީން ގޮވައިގެން ފުރަން ރެޑީވޭ..ޓިކެޓް ކަންތަށް އެބަ ހަމަޖައްސަން” އަލްކާ ގެ ވާހަކަ މެދު ކަނޑާލުމަށްފަހު އީތަން ހުރިހާ ކަމެއް ހަމަޖެހޭނެ ކަމުގެ ޔަގީންކަން އަލްކާއަށް ދިނެވެ.
އަލްޔާން އާ ބައްދަލުކުރަން ފުރަން އުޅޭ ވާހަކަ ބުނުމުން އީން ގެ މޯޅިވެފައިވާ މޫނު މަތީން އުފާވެރިކަމުގެ ކުލަވަރު ފެނުނެވެ.އެ ހާދިސާ ގެ ފަހުން ހިނތުންވާންވެސް ހަނދާން ނެތިފައި ހުރި އީން އެތައް ދުވަސްތަކަކަށްފަހު އޭނާގެ ފުރިހަމަ އިހްތިޔާރުގައި ހިނިތުންވެލިއެވެ.އެމަންޒަރު ފެނުމުން އަޝްރަފް އާއި އަމީނާގެ ހިތަށް ވެސް ހަމަޖެހުން ލިބުނެވެ.”ދަރިފުޅާ..ހިތްވަރު ކުރައްޗޭ..އިރާދަކުރެއްވިޔާމް ހުރިހާކަމެއް ރަނގަޅުވާނެ..ބައްޕައަށް މިހާރު ވިސްނިއްޖެ. ވަލީދު ކުރި ކުށުގެ އަދަބު ކޮންމެހެން އޭނާގެ ދަރިއަށް ދޭކަށް ބައްޕަ ނެތީން..އަލްޔާން އީން އާއެކު އުޅެން ހުރިއްޔާ ބައްޕަ ތިދެކުދީން ނަށް އެއްވެސް ހުރަހެއް އަޅާކަށް ނެތީން…އަލްޔާން ރަނގަޅު ވީހާ އަވަހަކަށް ކައިވެނިވެސް ކުރަންވީ..ބައްޕަ އާއި މަންމަ އަށް އެންމެ މުހިއްމީ ދަރިފުޅުގެ އުފާ” އީން ގެ ބޮލުގައި ފިރުމާލަމުން އަސަރުން ފުރިގެންވީ ރާގަކުން އަޝްރަފް ދެއްކި ވާހަކަ އިން އީން ގެ ހިތަށް އުފާވެރިކަން އިހްސާސްވިއެވެ. މަޑުމަޑުން ހިނިތުންވަމުން އީން އޭނާގެ ބައްޕަގެ މޭގައި ބޯ އަޅާލިއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު އީން އަލްކާ އާއެކު ރަށުން ފުރިއެވެ. މާލޭގެ ފަސްގަނޑުގައި ފައި ޖެހުމާއެކު އަލްޔާން ގެ ހަނދާންތައް މާ ބޮޑަށް އާވެ އީން ގެ ލޮލުން ކަރުނަ ހިލުނެވެ. މިއީ އޭނާގެ ގެ ލޯބި ފެށިގެން އައިތަނެވެ. ހަނދާނުން ނުފޮހެވޭނެ ފަދަ އެތަކެއް ހަނދާންތަށް ގުޅިފައިވާ އޭނާގެ ލޯބިވާ އަލްޔާން ގެ ރަށެވެ. ލޮލުން ފޭދުނު ކަރުނަ ވެއްޓުނަ ނުދީ ފޮހެމުން އަލްކާ އާއެކު އީން ޓެކްސީ އަށް އެރީ އަވަހަށް ގެއަށް ދިޔުމަށެވެ. އޭގެ އަނެއް ދުވަހު ސިންގަޕޫރަށް ދާން ފުރަން ޖެހޭތީ އިތުރަށް އަންޕެކް ނުކޮށް އީން އެނދުގާ ޖައްސާލިއެވެ.ފޯން ނުގެންގުޅޭތާވެސް އެތަށް ދުވަހެއް ވެފައި ވުމުންނާ ވެސް އެކުގައި އީން އޭނާގެ ފޯން ނަގާ ފޭސްބުކް އިން އޮންލައިން ވެލިއެވެ. ނިއުސްފީޑްގައި އެކި މީހުން ޝެއާރ ކޮށްފައި ހުރި އައްޑޫ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓް ގެ ޥާހަކަ ފެނުމުން އީން ހިތް ނުތަނަވަސް ވާން ފެށިއެވެ. އެއާއެކު ލޮލުގައި އަޅާގަތީ އަލްޔާން މަގުމައްޗައް ވެއްޓި ޒަހަމް ވެފައި އޮތް ފޮޓޯ މީހަކު ޝެއާކޮށްފައި ހުއްޓައެވެ. އަވަސް އަވަހަށް އީން އެ ފޮޓޯ ޒޫމްކޮށް ބަލަން ފެށިއެވެ. އެހާލަތުގައި އޮތް އަލްޔާން ފެނުމުން އީން އަށް ގިސްލެވެން ފެށުނެވެ. އެހާދިސާ އޭނާގެ ލޯ ކުރިމަތީން ހިނގާދިޔަ ކަމުގާ ވިޔަސް ހުރެވުނީ ދުރުގާ ކަމުން ޒަހަމް ވެފާ މަގުމަތީ ގައި އަލްޔާން އޮތް ހާލަތު އީން އަކަށްމާ ރަނަގަޅަކަށް ނުފެނެއެވެ. އެހެން ކަމުން އެ ފޮޓޯ ފެނުމުން އީން މާ ބޮޑަށް ވެސް ހިތުގާ ޖެހުނެވެ. ތިމާ އެންމެ ލޯބިވާ މީހާ އެހާލުގައި އޮންނަތަން ދެކެން ބޭނުންވާނީ ފަހެ ކާކު ހެއްޔެވެ.އީން ގެ ގިސްލުމުގެ އަޑަށް ފާހަނާ ގައި ހުރެފައި އަވަސްކޮށްލައިގެން ނިކުމެ އަލްކާ އައިސް އީން ހިފައިގެން ހުރި ފޯން ހޯދައިގެން ބެލިއެވެ. އީން ރޮނީ އަލްޔާން ގެ އެ ފޮޓޯ ފެނުމުންކަން އެނގި ރުޅިގަދަވިއެވެ. އެގޮތަށް ފޮޓޯތަށް ލާ މީހުންނަށް ވިކްޓިމް ގެ އާއިލާ އާއި ލޯބިވާ މީހުންނަށް ކުރާނެ ނުވިސްނެނީ ބާއޭ ހިތަށް އަރައި ވަގުތުން އެފޮޓޯ އިތުރަށް ޝެއާ ނުކުރުމަށް އެދި އަމިއްލަ ފޭސްބުކް ސްޓެޓަސް އަޕްޑޭޓް ކޮށްލިއެވެ. އަލްކާ ކުދި ކިޔަމުން ދިޔައަޑު އަހަން އޮތް އީން ވަކި އެއްޗެކޭ ނުބުނެއެވެެ. އެނާގެ ހިތް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ އަލްޔާން ފެންނާނޭ ވަގުތަކަށެވެ.
****************
ޖެހިގެން އައި ދުވަހަކީ ހުކުރުދުވަސްކަމުންނާ ވެސް އެކު ހެނދުނު ސައިބޯން އީން ގޮވައިގެން އަލްކާ ދިޔައީ ދި ސީ ހައުސް ރެސްޓޯރެންޓަށެވެ. ބޭރަށް އެގޮތަށް ނިކުމެލެވުމުން އަސްލުވެސް އީން ގެ ހިތްހަމަޖެހި ފްރެޝްކަން އިހްސާސްވިއެވެ.ސައިބޯން ތިބެފައި އީތަން ގެ ފޯނެއް އައުމުން އަލްކާ ތެދުވެ ތަންކޮޅެއް ދުރަށް ދިޔައީ އެދެމީހުންގެ ވާހަކަ އީން އަށް އަދި މިވަގުތު އަޑު އިއްވަން ބެނުން ނުވާތީއެވެ. އީން އެކޮަޅަށް ގެންދަނީ އަލްކާ ގެ އަމިއްލަ ޚަރަދުގާ ކަަމަށް އަލްކާ ބުނެފައިވަނީ އީތަންގެ ވެސް އެދުމުގެ މަތީންނެވެ. ކުއްލިއަކަށް ކުރިމަތީ ހުރި ގޮނޑިދަމާލައިފައި އިށީން މީހާ ފެނުމުން އީން އަނގަޔަށް ލީ އެތިކޮޅު ކޮށިއަރައި ކެއްސައިގަތެވެ.
“ޕްލީޒް ހޭވް ސަމް ވޯޓާ” ފެންތަށިނަގާ އީން އަށް ދިއްކޮށްލަމުން ވަރަށް ހަމަޖެހިލާފައި ހުރެ ޒިން ބުނެލިއެވެ. ކުއްލިއަކަށް ޒިން ފެނުމުން އީން ގެ ހިތުގާ ހިނގާގަތް އެކި އިހްސާސްތަކާއެކު ރުޅިއައިސް ޒިން ދިއްކުރި ފެންތަށީގައި އަތުން ޖަހާލެވުނީ މީހުން ބަލާނެކަން ވިސްނާވެސް ނުލައެވެ. “ޒިން ނުޖެހޭނެ އަހަންނަށް ފެން ދޭކަށް..މަރުވިޔަސް ތި އަތުން ދޭ ފެން ބޯކަށް ނުވެސް އުޅެން އަމުދަކުން ވެސް” ރުޅިއައިސް ހުރެ ނިތަށް ރޫއަރުވަމުން ފޫހި ރާގެއްގާ އީން ބުނެލި އެ ޖުމްލައިން ޒިން ހިތުގާ ޖެހުނެވެ. އީން ގެ ހިތް އޭނާގެ މައްޗައް ދުވަހަކުވެސް ލަންބުވާލެވޭނެބާއޭ އަމިއްލަ ހިތާ ސުވާލުކުރެވުނެވެ. އަލްޔާން އެކްސިޑެންޓް ވުމަކީ އީން އާ ހަމައަށް ދިޔުމަށް ހުޅުވުނު ދޮރެއް ކަމަށް ޒިން އަށް ގަބޫލްކުރެވުނެވެ. އޭގެ ފަހުން އީން އާ ބައްދަލު ނުކުރިކަމުގާ ވިޔަސް އޭނާގެ ހާލަތު ދުވަހުން ދުވަހަށް ޒިން އައީ ބަލަމުންނެވެ. އެންމެ ފަހުން މާލެ އައި ހަބަރު ލިބުމުން އަވަހަށް ބައްދަލްކުރީ އީން ހުންނާނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައި ކަމުގެ އުއްމީދުގައެވެ. އެހެނަސް ކަންތަށް ވީ ހަމަ އަބަދުވެސް ވާގޮތަށެވެ. އީން ގެ މޫނުމަތީން ޒިން އަށް ފެނުނީ ހަމަ ރުޅިވެރިކަމާއި ނަފްރަތެވެ. “އަހަންނަށް އީން ދެކެ ލޯބިވުން އެއީ އަހަރެންގެ ކުށެއްތަ؟..ހެޔޮނުވާނެ އަހަރެން ދެކެ ތިހާ ނަފްރަތު ނުކޮށްބަލަ..އީން އާ ދޭތެރޭ ވިސްނާ ވިސްނާ މޮޔަވެދާނެ..އީން ގެ ލޯތްބަށް ޓަކައި އަހަރެން މިހިރީ ބުނި ކޮންމެ ކަމެއް ކުރަން ތައްޔާރަށް” އާދޭހުގެ ރާގެއްގާ ޒިން ވާހަކަ ދައްކަމުން ދިޔައިރު ހަރުކަށި ކަމާއެކު ބަލަން އީން ހުއްޓެވެ. އެވާހަކަތަކުން އީން ގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. “އެހެންތަ..އަހަރެން ބުނާ ހަމަ ކޮންމެ ކަމެއް ކުރަން ތައްޔާރުތަ..ދޭ އެހެންވެއްޖެއްޔާމު ގޮސް އެއޮތް ކަނޑަށް އެރެން…އަހަރެން ފަހަތުން ލޯތްބޭ ކިޔަމުން ނާންނާތި..ތި އިންސާނާ ދެކެ ވެވުނީ ހަމައެކަނި ނަފްރަތު..ވާނީ ވެސް ނަފްރަތު..އިނގޭތަ ކީއްވެގެން ކަން..ސަބަބަކީ އަހަރެން އެންމެ ލޯބިވާ މީހާއާއި އަހަންނާ ދުރުކުރުވަން ކެނޑިނޭޅި މަސައްކަތް ކުރާތީ..މިހާރުވެސް އަހަރެން ގެ ހިތް ބުނޭ އަލްޔާން ވީ އެކްސިޑެންޓެއް ނޫނޭ..އެއި ގަސްތުގަ މީހަކު ހިނގި ޖަރީމާއެކޭ..” އަލްޔާން ގެ އެކްސިޑެންޓާ ގުޅިގެން އީން ގެ ތުހުމަތުގެ އިނގިލި އަމާޒުވުމުން ޒިން ހިތްހަމަ ނުޖެހުނެވެ. “އަހަރެން އަލްޔާން އެކްސިޑެންޓެއް ނުކުރުވަން!!”
“ހްމްމް..ކުށްކުރާ މީހާ ދުވަހަކުވެސް ނުބުނާނެ އާން އެކުށް ކުރީ ތިމަންނައޭ…އެހެން ނޫނަސް އަހަންނަށް އިނގޭ އެއީ ޒިން ގެ ކަމަކަށް ވިޔަސް އެކަން ތަހްގީގް ކޮށްދޭނެ ސަލާމަތީ ބާރެއް، ސާބިތު ކޮށްދޭނެ ކޯޓެއް މި ރާއްޖޭގަ ނުހުންނާނެކަން..އެހާވެސް ބާރުގަދަ މީހެއް ނު ތީ..އެކަމް ހަނދާން ކުރާތި އަލްޔާން ގެ ނަން މިހިތަކުން ދުވަހަކުވެސް ނުފޮހެވޭނެ” އޭނާގެ ވާހަކަ ނިންމާލަމުން އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެއް ޒިން އަށް ނުދީ އީން ބޭރަށް ނިކުންނަން ހިނގާގަތެވެ. ބާރުބާރަށް ހިނގާފައި ދިޔަ އީން އަށް ބަލަން ހުރެ ޒިން އަށް މޭޒުމަތީގައި ޖަހާލެވުނެވެ.
*****************
އެއާރޕޯރޓުން އީން މެން ގޮވައިގެން އީތަން ދިޔައީ ސީދާ ހޮސްޕިޓަލަށެވެ. ސިންގަޕޫރުގެ މައުންޓް އެލިޒެބަތް ނޮވޭނާ ހޮސްޕިޓަލް ގެ ތެރެއަށް ވަދެވުމާއެކު އީން އަށް ވަށައިގެން ހޯދާލެވުނެވެ.ހައިބަތު ބޮޑު އެ ހޮސްޕިޓަލަށް ވަދެވުމުން އީން އާ އަލްކާ ދެމީހުން އެކަކު އަނެކަކަށް ބަލާލެވުނީ ހައިރާންކަމާއެކީގައެވެ. ހޮސްޕިޓަލަކަށް ވުރެބޮޑަށް ވައްތަރުވީ ގަނޑުވަރަކާއެވެ.”އީން ..އަލްޔާން އާ ބައްދަލުވުމުގެ ކުރީން އައި ނީޑް ޓު ޓެލް ޔޫ ސަމްތިންގް…” އަލްޔާން ކޮންޝިއަސް ވީ ހިސާބުން ފެށިގެން ކަންތަށްވީ ގޮތް އީތަން ކިޔާދިނުމުން އީން ގެ ހިތަށް ލޮޅުމެއް ގެނުވި އިރު ފައިން ވާގިދޫވާ ކަހަލަ އިހްސާސެއް ކުރެވުނެވެ. އަލްކާ އާއި އީތަން ވެގެން އީން ގެންގޮސް ސޯފާގައި އަވަހަށް ބޭންދިއެވެ.”އީން ހިތްވަރު ކޮށްބަލަ..މަށަށް ޔަގީން އީން ފެނުނީމަ ހުރިހާ ކަމެއް އަލްޔާން ހަނދާންވާނެ..އެހާ ފަސޭހައިން ހަނދާންނެތޭ ވަރަށް ވުރެ ބޮޑަށް އަލްޔާން އީން ދެކެ ލޯބިވޭ..ޔޫ ޝުޑް ބީ ސްޓްރޯންގް އިނގޭ..” ރަނގަޅަށް ހުރިހާކަމެއް ވިސްނާ ދިނުމަށްފަހު އީން ގޮވައިގެން އީތަން ހިނގައިގަތީ އަލްޔާން އެޑްމިޓް ވެފައި އޮތް ޕްރައިވެޓް ސޫޓް އަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން ވަން އީތަން ފެނުމުން ފޫހިވެފައި އޮތް އަލްޔާން ހީލިއެވެ. “ބްރޯ..ދެން މަށަށް ގިޓާ ކުޅެލެވޭނީ ކޮން އިރަކު ކަމެއް ވެސް ނޭނގޭ..އެއްކަލަ ޝޯ ވެސް ޑިލޭ ކުރަން ޖެހޭނެ ދޯ..ކަލޭ އެވާހަކަ ދެއްކިންތަ..؟” އަލްޔާން ދެއްކީ އީން އާ ބައްދަލުވި ދުވަސްކޮޅު ހޮޓެލް ޖެން ގައި ދިން ޝޯ ގެ ވާހަކަ ކަން އެނގުމުން އީތަން ހައިރާންވިއެވެ. ހަގީގަތުގާ ވެސް އީން ފެނުނު ހިސާބުން ފެށިގެން ވީ ހުރހާކަމެއް އަލްޔާން ގެ މެމޮރީއިން ޑިލީޓް ވީ ބާވައޭ ހިތަށް އަރައި އީތަން އަށް ދެއަތަކަށް ބޯ ހުރާލެވުނެވެ. އެކަމާ ގުޅޭ އިތުރު ވާހަކައެއް ނުދައްކާ އީތަން ބުނީ ސަޕްރައިޒް އެއް ދޭން ބޭނުން ވާކަމަށެވެ.އެކްސައިޓް ވެފާ ހުރެ ކޮން ސަޕްރައިޒް އެއްތޯ އަހާލި އަލްޔާން އަށް ކުއްލިއަކަށް ބަލާލެވުނީ ދޮރާ ދިމާލަށެވެ. ޑެނިމް ސްކިނީ އަކާއެކު ކަޅުކުލައިގެ ޓޮޕަކާ އަދި ހަމަ އެކުލައިގެ ޝޯލް އެއް އަޅާއިގެން މަޑުހިނގުމެއްގައި ދޮރުން ވަދެގެން އައި އީން ފެނުމުން އަލްޔާން ގެ ހިތް ބާރަށް ތެޅެން ފެށިއެވެ.އިސްތަށިގަނޑު ތުނިކޮށްކޮށާލެވިފައި ނޫން އެހެން މާބޮޑު ބަދަލެއް އައިސްފާ ނެތް އަލްޔާން ގެ ރީތި މޫނު ފެނުމުން ކާރުގައި ޖެހި އަލްޔާން ވިއްސާގެން ދިޔަ މަންޒަރު އީން ގެ ލޯ ކުރިމަތީން ސިފަވިއެވެ.ގަދަ މުށިކުލާއިގެ އެދެލޮލާ އާ ހަތަރު ކަޅި ހަމަވުމުން އީން ގެ ހިތް ގަނޑުވި ކަހަލައެވެ. ހަމަ ވަގުތުން ދުވެފައި ގޮސް އަލްޔާން ގެ ގައިގައި ބައްދާލަން އީން ގެ ހިތް އެދެމުން ދިޔައެވެ.އެދުލުން އެންމެ ފަހަރަކު އޭނާގެ ނަމުން ގޮވާލާތޯ އިންތިޒާރުގައި ހުރި އީން ގެ ކެތްތެރިކަން ކޮޅުންލީ ބަހެއް ނުބުނެ ފުން ނަޒަރަކުން އަލްޔާން ބަލަން ހުރުމުންނެވެ..އެހިނދު އިޚްތިޔާރަކާ ނުލާ އީން ގެ ލޮލުން ކަރުނަ ހިލުނެވެ…”އަހަނ…ވަޓް އަ ސަޕްރައިޒް…ޖީ.އެފް ވެސް މިކޮޅަށް ގެނައީތަ..” ކޮށާފައި ހުރި ފުރުޓްސް ތައްޓެއް ހިފާއިގެން ވަރަށް ހެވިލާފައި ހުރެ ކޮޓަރިއަށް ވަން މައިރީން ފެނުމުން އީތަން އަށް ނިތުގާ ޖަހާލެވުނެ.”ޑޭމް އިޓް!!!”…………………….
14 Comments
Comments are closed.
Just wow! Alhey so curious dhen kihinehbaa vaany?? Writer haadha molhey i love this story.. plx plx plx avahah up kohdhehche
varah rythi .. but haadha lahunney thi up kolly
vrh vrh reethi mibaii ves ekamaku maa lahii vaahaka up kuraaleh Thankolheh avahah up kohdhecheyy dhen 🙂 ……
Just wow…Itx amazzing…I am adiccted to read this wonderful stoty…like the story a lot…Please alyaan ah dhera gotheh nahadhaathi…Waiting for the next…Much love angal ❤❤❤
Alheyy alyan dhen naureen aai tha..
Dhen ehen nahadhaba… Adhi Singapore ah tha maireen ah dhaan engunee… Alyan aai Een dhuru nukuracchey ?
Why does wrong people come to wrong places on wrong time…mireen ge timimg v sakaraai.???. hithah araa..???..buneh eh nun dhemyhaku ufaluga ulhenna asaru kuraamy hun ulheyney…alhey dhen alyaan ah avahah handhaan kohdheeba pls..???..when nxt…if u can avahah up kodhehchey sis..???..keep up the good work.??? luv ya…❤❤❤
Asluves vvv reethi mi story. Ekam up kuraaleh lasvyma vvvv dheravey
Alheyy haadha reethi ey mi part ves
I love it??☺
Kon iraku next part??
Varah avahah up kondheythi igey☺
Kon iraku next part??
Avahah up kondheythi igeyy☺
When is the next part? ?
?????????????????????????????????????????????????Kihaa ?dhera ?kameh ?midhen. ?Mi nuun ?gadieh? ves ?nei ?dhw? e ?fruit ?thatteh? hifaigen ?eyna ?annan ??????????????????????????????????????????????????????????????????????????????????????????????????????
When is the next part??