Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތް އެދުނަސް… (16)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
November 2, 2018 12 Mins Read
10 Comments

އެ ކޮޅުން ބުނާ ވާހަކައިން އީނާލް ގެ ތުންފަތް މައްޗަށް ވެރިވަމުން ދާ ހިނިތުންވުމާ ވާހަކަދައްކަމުން އަތަށް ގެންނަ ހަރަކާތް ތަކުން އޭނާ އެ ވާހަކަ ދައްކަމުން ދަނީ ވަރަށް ގަޔާވާ މީހަކާ ކަން އެނގެއެވެ. އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު އީނާލް ފޯން ބޭއްވިއެވެ. އަދި އަލުން އޭނާ ލެޕްޓޮޕުން ކުރަން އިން މަސައްކަތަށް ސަމާލް ވިއެވެ.

ކޮފީތަށި ހުސްވުމާއެކު އީނާލް އެ ހިފައިގެން ކައްކާ ބަޔަށް ވަތް އިރު ސާމިރާ އެހާ އަވަހަށް ބަދިގެ ތެރޭގައި ހަރަކާތް ތެރިވާތަން ފެނެއެވެ. “ދަރިފުޅާ ކޮން އިރަކު ޑިއުޓީ އަށް ދަނީ؟” ޑިއުޓީ އަށް ދަނީ އަށެއް ޖަހާއިރު މިއަދު” އީނާލް ސާމިރާގެ ވާހަކަ އަށް ޖަވާބުދިނެވެ. އަދި އެއަށް ފަހު އޭނާ ކޮޓަރިއަށް ވަނީ މަސައްކަތް ނިންމާލުމަށެވެ.

ހެނދުނު ސައިޓަށް މަސައްކަތު ދިޔަ ޒައިން ހުރީ ހިންހަމަޖެހިފައެވެ. އީނާލް އާއި އޭނާގެ ގުޅުން ރަނގަޅު ވުމާއެކު ނޭނގޭ ހިންހަމަ ޖެހުމެއް އޭނާ އަށް ލިބިފައިވެއެވެ.

ޒައިން އިންތިޒާރު ކުރަމުން ދިޔައީ އީނާލް އަންނާނޭ އިރަކަށެވެ. އެހެންކަމުން އޭނާ މަސައްކަތް ކުރަމުން ދިޔަ އިރުވެސް އީނާލް އަންނަ މަގާ ދިމާލަށް އޭނާ ގެ ނަޒަރު ހުއްޓެމުން ދިޔައެވެ.

އަށެއް ޖަހަން ގާތް ވަމުން ދިޔަވަރަކަށް ވަގުތު ދިގުވަމުން ދާހެން ޒައިން އަށް ހީވިއެވެ. އޭނާ ހިންހަމަޖެހުނީ އީނާލް އެ ލޮލުގައި އަޅައިގަތުމުންނެވެ. ފާރުބުރި މަތިން ފުންމާލިތަނާ އޭނާގެ ލޮލުގައި ސައިކަލުގައި އައި މިކްޔަން އަޅައިގަތެވެ. މިކްޔަން އައިސް މަޑު ކޮށްލީ އީނާލް އާއި ދާދި ގާތުގައެވެ.

ޒައިން ފެންނާނެތީ ފިޔަވަޅުތަކަށް ބާރުކޮށްލި އީނާލް ސިހުނީ ދާދި ގާތުން އޭނާގެ ގާތަށް ސައިކަލެއް އައިސް މަޑު ކޮށްލުމުންނެވެ. ބަލާލުމާއެކު އޭނާގެ ލޮލުގައި މިކްޔަން އަޅައިގަތެވެ. އެއާއެކު ދެން އޭނާގެ ނަޒަރު ހުއްޓުނީ ކުރިމައްޗަށެވެ. އޭރު އެ ދިމާލަށް ބަލަހައްޓައިގެން ހުރި ޒައިން ރީއްޗަށް ފެނުނެވެ.

“އަރާ ސައިކަލަށް އީނާލް… އަހަރެން ގެންގޮސް ދީފާނަން” މިކްޔަން ބުނެލިއެވެ. އެ ތުންފަތުގައި ފަހުރުވެރި ބޮޑާ ހިނިތުންވުމެއް ވިއެވެ.

އެއްވެސް އެއްޗެއް ނުބުނެ އީނާލް ހުންނަން ފެށުމާއެކު މިކްޔަން ވެސް އީނާލް ބަލަހައްޓައިގެން ހުރި ދިމާލަށްބަލާލިއެވެ. އެހެންނަމަވެސް އޭނާ އަށް ޒައިން ފެނުމުގެ ކުރިން ޒައިން އެތާ ބަހައްޓާފައި ހުރި ގާތަކެއްގެ ފުރަގަހަށް ވަދެ ފިލިއެވެ. “ކާކަށް ތަ ތިބަލަނީ… ނެތޭ އެތާކު މީހަކު” އީނާލްގެ މޫނާ ދިމާލުގައި އަތް ހޫރާލަމުން މިކްޔަން ބުނެލިއެވެ. އަދިވެސް އެއްފަހަރު މިކްޔަން ފަހަތަށް ބަލާލިއެވެ. އެހެންނަމަވެސް ކުރިން ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް މިކްޔަން އަކަށް އެތަނުން އެއްވެސް މީހަކު ނުފެނުނެވެ.

“އަރާ ބަލަ އީން” މިކްޔަން ބުނެލިއެވެ. “ނޫން އަހަރެން އެކަނި ގޮސްދާނަން… މިކްޔަން ތި ދާ ތާކަށް ދޭބަލަ” އީނާލް އަށް ރުންކުރުވެފައި ބުނެވުނެވެ. އަދި އެއަށްފަހު އޭނާ ހިނގައިގަތެވެ. އީނާލް ރުޅިއައުމުން މިކްޔަން ވެސް އަނގަޔަށް ގޮތެއް ހަދާލިއެވެ. އަދި އޭނާ އީނާލް ދިޔަ ދިމާލަށް ބަލަން އިނެވެ.

ޒައިން ހުރި ގާތަކާ އަރާ ހަމަވެފައި އީނާލް އޭނާގެ ފިޔަވަޅުތައް މަޑުކޮށްލިއެވެ. ޒައިން ގެ ހިތަށް އަރާނީ ކީކޭކަން ނޭނގޭ ހާލުގައި އީނާލް އަށް ހިންދިރުވާލެވުނެވެ. އޭނާ މަޑު މަޑުން އެނބުރިލާ ޒައިން ގެ މޫނަށް ބަލާލިއެވެ. އަދި ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ.

ޒައިން ގެ މޫނުމަތިން ފެނުނު ކުލަވަރުދިރާސާ ކުރަން އީނާލް ނުކުޅެދުނެވެ. އޭނާ އިސްޖަހާލީ ޒައިން އެއްވެސް ހަރަކާތެއް ކޮށްނުލީމައެވެ. އަދި އެއަށްފަހު މަޑު މަޑުން ފިޔަވަޅު އަޅަމުން އޭނާ ހޮސްޕިޓަލް އާއި ދިމާލަށް ދާން މިސްރާބުޖެހިއެވެ.

ދެންމެ ހިނގި ކަމަކުން އެ ދެ ހިތުގެ ހަމަޖެހުން ވެސް ނަގައިލައިފިއެވެ. އެކަކު އަނެކަކާ މެދު އަނެއްކާވެސް ނުތަނަވަސްކަމެއް އުފެދިގެން ދިޔައެވެ. އެކަކު އަނެކަކަށް ކިތަންމެ އިތުބާރު ކުރިނަމަވެސް އެ އަމަލުގެ ސަބަބުން އެދެމެދުގައި އޮތް ގުޅުމަށް ކުޑަނަމަވެސް ކިލަނބުކަމެއް ވެރިވެގެން ހިނގައްޖެއެވެ.

ހޮސްޕިޓަލަށް ގޮސް އީނާލް އޭނާއަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ވަތް އިރުވެސް ވިސްނެމުން ދިޔައީ ޒައިން އާ ދޭތެރޭގައެވެ. ޒައިން އާ އެ ދެމެދަށް ނުތަނަވަސްކަމެއް ވެރިވާކަށް އީނާލް ނޭދެއެވެ.

ޑިއުޓީ ގައި ނުހަނު ބިޒީކޮށް އުޅެން ޖެހުމާއެކު ޒައިން އަށް ގުޅާލާނޭ ވަގުތެއް އީނާލް އަކަށް ވެސް ނުވިއެވެ. އެހެންނަމަވެސް ޑިއުޓީ ނިންމި ގޮތަށް އީނާލް ލަސްނުކޮށް އެންމެ ފުރަތަމަ ވެސް ގުޅީ ޒައިން އަށެވެ.

ޒައިން ފޯނެއް ނުނަގައެވެ.

އެހެންކަމުން އީނާލް ދެން ގަސްތު ކުރީ ލަސްނުކޮށް ގެއަށް ދާށެވެ. އަތް ނުފޯރާ ފަށަށް ކަންތައް ތައް ދިޔުމުގެ ކުރިން އޭނާ ބައްޕަ އާއި ވާހަކަ ދައްކަން ޖެހޭނެއެވެ. އެހެންނޫނީ މުޅި އުމުރަށް އޭނާ އަށް ޒައިން ގެއްލިދާނެއެވެ. އީނާލް ހިތްވަރު ކުރަން ޖެހޭނޭކަން އެ ސިކުނޑިއަށް މިއަދު ވީ ކަމަކުން ވެސް އަންގައިދީފިއެވެ.

އޭނާ ހީކުރި ގޮތާ ހިލާފަށް ކަންތައްތައް ވަމުން މިދަނީ ހާދަ ހަލުވި މިނެއްގައެވެ. މިކްޔަން އަކީ ފާޑެއްގެ ފިރިހެކެވެ. މަގުމައްޗަކަސް އެހެން ތަނަކަސް ބަލާލުމެއް ނޯވެއެވެ. އެކި ވިސްނުމުގައި ހުރެ ގެއަށް ގޮސް ވަތް އީނާލް އަށް ސޯފާގައި އިށީނދެގެން އިން ނާޖިދު ލޮލުގައި އަޅައިގަތެވެ.

އީނާލް ހިނިތުންވެލިއެވެ. އަދި ގޭތެރެއަށް ވަނެވެ. “ދަރިފުޅާ އާދެބަލަ އިށީނދެލަން މިތާ… ވާހަކަ އެއް ދައްކައިލަން އެބަ ޖެހޭ” ނާޖިދު ބުނެލިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތައް ދެނެގަންނަން އީނާލް ނުކުޅެދުނެވެ.

“ބައްޕަ ބޭނުން ދަރިފުޅުމެންގެ ކައިވެނީގެ ވާހަކަ ދައްކަން” ނާޖިދު ސީދާ މައުލޫއަށް ދިޔައެވެ. އީނާލް ގެ ހިތުގެ ތެޅުން ބާރުވިއެވެ. އެހެންނަމަވެސް އޭނާ ހިތްވަރު ކޮށްފައި ނާޖިދުއަށް ގޮވާލިއެވެ.

“ބައްޕާ”

“ކިކޭ” ނާޖިދު އީނާލް އަށް ފުން ނަޒަރެއް ދިނެވެ. އަދި އޭނާ އީނާލް ދައްކަން އުޅޭ ވާހަކައަށް ސަމާލުވިއެވެ.

“އަޅުގަނޑު ބޭނުމެއް ނޫން މިކްޔަން އާ އިންނާކަށް… އަޅުގަނޑު….” އީނާލް އަށް ވާހަކަދެކެވުނީ އަޅަ އަޅައިގަންނަމުންނެވެ.

“އެ ކީއްވެ؟” ހިސާބެއްގެ ހަރުކަށިކަމެއް އެ އަޑުގައި އެކުލެވިގެން ވީނަމަވެސް އޭނާ މަސައްކަތް ކުރީ އެ އަސަރު ފިލުވައިލެވެތޯއެވެ މިކަން އީނާލް އަށް ފާހަގަ ކުރެވުމާއެކު އޭނާ ވާހަކަ ދައްކަން ޖެހިލުންވިއެވެ. އެހެންނަމަވެސް އޭނާ މިއަދު ހިތް ވަރުކުރާނެއެވެ.

“އަޅުގަނޑު އަދި މީހަކާ އިންނަން ބޭނުންނުވާތީ…” އީނާލް އަށް އިތުރަށް ބުނާނެ އެއްޗެއް ނޭގި އިސްޖަހާލެވުނެވެ. “ދެން ކާކާ އިންނަން ބޭނުންވަނީ؟” ނާޖިދު ސުވާލުކޮށްލިއެވެ. އެ އަޑުގައި ނުރައްކާތެރި ގޮތެއްވިއެވެ.

“ބައްޕާ…” އީނާލް އަށް ގޮވާލެވުނެވެ. އޭރު އެ އަޑަށް މަޑު ތުރު ތުރު އެޅުމެއް ވެރިވެފައި ވެއެވެ. ބައްޕަ އާ ދެކޮޅަށް ވާހަކަ ދައްކާ ފުރަތަމަ ފަހަރަށް ވުމާއެކު އޭނާ ވަނީ ނުހަނު ބޮޑަށް ހާސްވެފައެވެ.

“އީނާލް ގާތު މި އަހަނީ ކޮބާ ހޭ ސަބަބަކީ… މީހާގެ އުމުރު ހުސްވާއިރުވެސް މީހަކާ އިންނަން ބޭނުންނުވާ… އަދި ހާއްސަކޮށް މިކްޔަން ފަދަ ހަރުދަނާ ޒުވާނަކާ އިންނަން ބޭނުންނުވާ…” ނާޖިދު ގެ އަޑު ފަހަރަކަށް ވުރެ ފަހަރެއް ބާރުވަމުން ދިޔައެވެ.

“ކޮބާހޭ ސަބަބަކީ؟” ނާޖިދު އެންމެ ފަހުން ހަޅޭއްލަވައިގަތެވެ. ސިހިފައި ހުރި އީނާލް ބިރުން އެއް ފިޔަވަޅު ފަހަތަށ އަޅާލިއެވެ.

“އެ އާދައިގެ… ނިކަމެތި ފިރިހެނާ އާ އިންނަންތަ؟” ނާޖިދު ގެ އަޑު ގައި ވަނީ ރުޅިވެރިކަމެވެ. އީނާލް ގެ ދެލޯ ބޮޑުވެގެން ދިޔުމާއެކު ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ. ބައްޕަ އޭނާ އާ ދިމާލަށް ދުވަހަކުވެސް ރުޅިއައިސް ހަޅޭއްލަވައިގަނެފައެއްނުވެއެވެ. އެހެންނަމަވެސް މިއަދު އެހާ ރުޅިއައިސް އެއްޗެސް ކިޔުމުން އޭނާ އަށް ކޮށްފައިވަނީ ނުހަނު ފުން އަސަރުތަކެކެވެ. މީގެ ކުރިން ބައްޕަ އޭނާ އާ ނުރުހުމުގެ ނަޒަރަކުން ބަލާވެސް ލާފައެއްނޯންނާނެއެވެ. އެކަމަކު މިއަދު އޭނާ އަށް ނާޖިދު ގެ ފަރާތުން ފެނިގެން ދަނީ ރުޅިވެރިކަމެވެ. އީނާލް އާ މެދު ވާ ހިންހަމަނުޖެހުމެވެ.

ގޭތެރެއަށް ވަދެގެން އައި އައިމަންގެ ކަންފަތުގައި ބައްޕަގެ އަޑު ޖެހުމާއެކު އޭނާ ސައިކަލު ބަހައްޓަމުން އަވަސް އަވަހަށް ގޮސް ގޭތެރެއަށް ވަނެވެ. ސޯފާގައި އިށީނދެ އިސްޖަހާލައިގެން އިން އީނާލް އެތެރެއަށް ނޭފަތް ދަމާލުމާއެކު އޭނާ ރޮނީކަން އައިމަން ދެނެގަތެވެ. އޭނާ އީނާލް ގާތަށް ގޮސް އީނާލް ގެ ކޮނޑުގައި ހިފައްޓާލިއެވެ. “ބައްޕާ… ވަޓްސް ހެޕެނިންގް… ކިހިނެތް ވީ ތޯ އަނެއްކާ؟” އައިމަން ހައިރާންކަމާއެކު އަހާލީ ދވަހަކުވެސް ބައްޕަ އާއި އީނާލް އާއި ދެމެދު ހަމަނުޖެހުމެއް ހިނގާފައި ނުވާތީއެވެ. އަދި އީނާލް ރޮމުން ދިޔަ ރުއިމާ ނާޖިދު ގެ ލޮލުން ފާޅުވަމުން ދިޔަ ރުޅިވެރިކަން ގުޅިފައިވަނީ ކޮންމެވެސް ބޮޑުކަމަކާ ކަން ޔަގީންވާތީއެވެ.

“އީނާލް ގާތު އަހާބަލަ… އޭނާ ކޮށްގެން އެ އުޅޭ ކަމެއް… އެއްކަހަލަ ދެމީހުން މި ހުރީ އަހަރެންނަށް ލިބިފަ… އެއްކޮޅުން އެ އަޔާން… އަނެއްކޮޅުން އީނާލް… ވިސްނާލުމެއްނެތި ހުރިހާކަމެއް ކުރާނީ؟” ނާޖިދު ގެ ރުޅި ފިނިވާގޮތެއްނުވިއެވެ. އަޑުގަދަވެގެން ނާއިލާ ވެސް ކޮޓަރިން ނުކުމެގެން އައިސް ސިޓިން ރޫމްގައި ހުއްޓުނެވެ. ސާމިރާ ގޭގައި ނެތީ އަވައްޓެރިއެއްގެ ގެއަށް ގޮސްފައި ވީތީއެވެ.

“ބައްޕާ… ކިހިނެއްތޯ ވީ؟” އައިމަން ބެލީ މައްސަލަ ހައްލުކުރެވޭތޯއެވެ. ވީ ކީއްކަން ނޭނގުނަސް އީނާލް އެ ގޮތަށް ރޯކަށް އޭނާ ނޭދެއެވެ. އަދި ބައްޕަ އާއި އީނާލް އާ ދެމެދު މައްސަލަ ޖެހެން ވީ ސަބަބުންވެސް އިނގެން އޭނާ ބޭނުމެވެ.

“ކިހިނެތްހޭ ވީ؟ އަހާބަލަ އީނާލް ގާތު… ފާޑެއްގެ ފިރިހެނަކާ ހެދި މިކްޔަން އާއި ކައިވެނި ހަމަޖެހިފައި އޮއްވާ ދެކޮޅު ހަދާތީ… ނާޖިދު ފުންނޭވާއަކާއެކު އަޑު މަޑުކުރެވޭތޯ މަސައްކައް ކުރަމުން ބުނެލިއެވެ.

“ކާކާ؟” ހައިރާންވެ ހުރެ އީނާލް އާ ދިމާލަށް ބަލާލަމުން އައިމަން އަހާލިއެވެ.

“ޒައިން އާ… ދެން ކާކާ… އެ ނޫން ފިރިހެނަކު ނުފެނުނު ވިއްޔަ.. މަށަށް ފެނުނޭ ގަސްތަކު ގެ ތޭރެން ދެމީހުން ލަދުން ބޯ ހަލާކު.” ނާޖިދު ރުޅިއައިސް ބުނެލިއެވެ. އެއާއެކު އައިމަން ގެ ދެ ބުމަ ވެސް ގޮށްޖެހިގެން ދިޔައެވެ.

“އެތެދެއްތަ އީނާލް” މިފަހަރު އައިމަންގެ އަޑުވެސް އީނާލް އަށް އިވުނީ ބިރިވެރިކޮށެވެ. އެއަޑު އިހެނަށްވުރެ ބަރުވެފައި ވާހެން ހީވިއެވެ. މާގަދައަށް ރުޅިއައިސް ހުރިމަކަންނޭގެއެވެ. އެހެންނަމަވެސް އައިމަން ވާހަކަ ދައްކަމުން ދިޔަ ގޮތުން އޭނާ ވެސް އިނާލް ޒައިން އާ ގުޅެން ބޭނުން ނުވާކަން އެނގެއެވެ.

ބައްޕަ އާއި ދޮންބެގެ ރުޅިވެރި ކަމުން ސަލާމަތް ވާން ބޭނުންވެފައި އިން އީނާލް އަށް ގިސްލެވެމުން ދިޔައެވެ. އަމިއްލަ ނަފްސަށް އަޑުލަމުން ގެންދިޔައީ އޭނާ މިހާ ފިނޑިވީތީއެވެ.

އީނާލް ރޮމުން ދިޔަ ގޮތުން އައިމަން ރުޅި ފިނިކުރަން މަސައްކަތް ކުރިއެވެ.

“އިނާލް ދޭ ކޮޓަރިއަށް… ފަހުން މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާނީ” އައިމަން އީނާލް އާ ދިމާލަށް ބުނެލިއެވެ.

އީނާލް ސޯފާއިން ތެދުވެ ދުއްވައިގަތް ވަގުތަކީ ސާމިރާ ވެސް އައިސް ގެއަށް ވަތް ވަގުތެވެ. އޭނާ އަށް ރީއްޗަށް އީނާލް ދިޔަތަން ފެނުނެވެ. އަދި އެތެރެއަށް ވަނުމާއެކު ނާޖިދު ގެ ރުޅިވެރި މޫނާ އައިމަންގެ މޫނުމަތީގައިވި ހިންހަމަ ނުޖެހުމުގެ އަސަރުތައްވެސް ފެނުނެވެ. އެއާއެކު އޭނާ ނާއިލާ އަށް ބަލާލީ ވީ ކިހިނެއްހޭ އަހާފަދައަކުންނެވެ. އެހެންނަމަވެސް ނާއިލާގެ ފަރާތުން ވެސް އިޝާރާތެއް ނުލިބުނެވެ. އޭނާ ނާޖިދު އާ ގާތަށް ޖެހިލަމުން މަޑު މައިރި ކަމާއެކު ސުވާލުކުރިއެވެ.

“އީނާލް އުޅޭ ވައްތަރުން ލަދުން ބޯ ހަލާކު…” ނާޖިދު ދެފަރާތަށް ބޯ ހޫރާލަމުން ބުނެލިއެވެ. އަދި ސޯފާގައި އިށީނެވެ.

“އަޅުގަނޑު މި ދަނީ އީން އާ ވާހަކަ ދައްކަން” އައިމަން ނާޖިދު އަށް ބަލާލަމުން ބުނެލިއެވެ. ނާޖިދު ބޯ ޖަހާލިއެވެ. ދެން އޭނާ ސާމިރާ އަށް ބަލާލިއެވެ. ސާމިރާގެ މޫނުމަތިން އޭނާ ހުރިހާ ކަމެއް އެނގެން ބޭނުންވެފައި ހުރި ވަރު އެނގިގެން ދިޔައެވެ.

އީނާލް ގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަށްފަހު ތަޅުގައި އައިމަން ހިފާލިއެވެ. އެއަށް ފަހު އޭނާ ކޮޓަރިތެރެއަށް ދެމިގަތެވެ. އެނދުގެ އެއްފަރާތުގައި ލެނގިލައިގެން ކަކޫ ގެނެސް މޭގައި ޖައްސާލައިގެން އިން އީނާލް ފެނި އޭނާ އެ ދިމާލަށް ދިޔައެވެ. އަދި ގޮސް އީނާލް އާއި އެއް ހަމައެގައި އިށިނެވެ.

“ނުރޮއި އީން… ތެދުވޭ” އައިމަން އޯގާތެރިކަމާއެކު ބުނެލިއެވެ. އީނާލް އައިމަން އަށް ބަލާލުމަށްފަހު ތެދުވިއެވެ. އައިމަން އީނާން އެނދުމަތީގައި ބެއިން ދުމަށްފަހު އޭނާ ގޮނޑިއެއްގެނެސް އީނާލް އާއި ކުރިމަތިލައިގެން އިށީނެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.

“އީން ރުއިން ހުއްޓާލާފަ ދޮންބެ ދައްކާ ވާހަކަ އަޑު އަހާބަލަ…” އައިމަން އެދުނެވެ.

“އީން… އީން އަށް ވެސް ރަނގަޅުވާނީ މިކްޔަން އާ އިނިއްޔާ…” އައިމަން އާ ތޭދެރޭ އީނާލް ގެ ހިތުގައި އޮތް ކުޑަ ހުޅުކޮޅުވެސް ނިވިގެން ދިޔައީ އެ އަނގައިން ބޭރުވި ލަފްޒުތަކުންނެވެ. އީނާލް ގެ އަނގައިން މަޑު މަޑު އާހް އެއް ބޭރުވެގެން ދިޔައެވެ.

“އީން… ޒައިން އަކީ ކާކު؟ ކޮން ގުޅުމެއް އޮތީ… އީނާލް ކަހަލަ ކިޔަވައިގެން ހުރި މޮޅު ކުއްޖަކާ ޒައިން ކަހަލަ އާދއިގެ ނިކަމެތި މީހަކު ނުވެސް ގުޅޭނެ… އޭނާ އަށް އީނާލް އަށް މިކްޔަން އާ އެއްފެންވަރަށް ލޯބި ދެވިދާނެތަ؟. އޭނާ އަށް މިކްޔަން އީން ގެންގުޅޭހާ އުފަލުގައި ގެންގުޅެވިދާނެތަ؟ މިކްޔަން ހޯދައިދޭނެ ކަހަލަ އުފާވެރި ދިރިއުޅުމެއް ހޯދައި ދެވިދާނެތަ؟ އުވާފެރި ހަޔާތެއް ބިނާ ކުރެވިދާނެތަ؟” އައިމަން މަޑުން ވާހަކަ ދެއްކޭތޯ ބެލިއެވެ.

ރޮމުން ދިޔަ އީނާލް ގެ ހިތުގައި އެތަކެއް ވާހަކަތަކެއް ދައުރުވަމުން ދިޔައެވެ. ލޯތްބަކީ ފައިސާއިން ގަނެވޭނޭ އެއްޗެއްނޫން ކަން ބުނަން ބޭނުންވިއެވެ. އުފާވެރި ހަމަޖެހޭ ދިރިއުޅުމަކީ ހަމައެކަނި ފައިސާއިން ހޯދޭނޭ އެއްޗެއް ނޫން ކަން ބުނަން ބޭނުންވިއެވެ. ހަމަޖެހޭ ދިރިއުޅުމެއް ބިނާކުރެވޭނީ ލޯބިވެސް ލިބިގެންކަން އޭނާ އައިމަން ގާތު ބުނަން ބނުންވިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ވާހަކައެއް ބުނާނޭ ހިތްވަރެއް އީނާލް ގެ ގައިގައި މިހާރު ނެތެވެ.

“އެކަމަކު ދޮންބޭ… އަޅުގަނޑު ބޭނު…،” އީނާލް ގެ ވާހަކަ މެދު ކެނޑުނީ އައިމަންގެ ގެ ވާހަކައިންނެވެ.

“އީނާލް ވެސް ޖެހޭނީ ބުނީމަ ބުނާ ގޮތަށް ކަންތައް ކުރަން… އޭރުން ފަހުން ވާ ގޮތް މާ ރަނގަޅެއް ނުވާނެ”

އައިމަން ގޮނޑުން ތެދުވިއެވެ. އަދި ދޮރާ ދިމާލަށް ހިނގައިގަތެވެ.

ކޮޓަރީގެ ދޮރުހުޅުވާފައި ވަތް އަޔާން އައިމަން އާ އަރާ ހަމެވެފައި ވާހަކަ ދެއްކިއެވެ.

“އެހެންތަ؟ ދޮންބެ ތި އުޅެނީ އަހަރެންގެ ދިރި އުޅުމާ ކުޅުނު ގޮތަށް އީން ގެ ދިރިއުޅުމާ ކުޅެންތަ؟ މި އަޔާން ހުއްޓާ އެހެން ހަދާކަށް ލާ ހިކެއް ނޫން” އަޔާންގެ ބަސްތަކުން އައިމަންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ރޯން އިން އީނާލް ވެސް ހައިރާން ކަމާއެކު އިސް އުފުލާލާ އަޔާން އަށް ބަލާލިއެވެ. އަދި އަނެއްފަހަރު ފުރަގަސްދީގެން ހުރި އައިމަން އަށް ބަލާލިއެވެ.

އައިމަން ފަސް އެނބުރު ވަގުރު އަޔާން ވެސް ފަސް އެނބުރި ބަލާލިއެވެ. އެއާއެކު އޭނާ އަށް އަޔާންގެ ގޮށްޖެހިފައިވާ ދެ ބުމަ ފެނުނެވެ. ހައިރާންކަން އެކުލެވިގެން ވީ ނަޒަރަކުން ބަލަން ހުރި އައިމަން އަށް އަޔާން މަލާމާތުގެ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

“އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލުމަށްފަހު އީން ގެ ދިރިއުޅުމާވެސް އެހެން ކުޅެން ތަ ތި ގަސްތު ކުރަނީ؟” އަޔާން ދެންވެސް އަހާލިއެވެ. “އަޔާން ކީކޭ ތި ކޔަނީ؟” އައިމަން އަހާލިއެވެ. “ހެހެ. ކީކޭ ހޭ؟ ލަދެއް ނުނަގޭތަ ދޮންބޭ… އެއްވެސް ކަމެއް ނޭނގޭ ކަމަށް ހެދިގެން ހުއްޓަސް އަހަރެންނަށް ހުރިހާކަމެއް ވެސް އެނގިއްޖެ… އަހަރެން އީން އާއި އެކީ ހުންނާނަން… އަހަރެން ކުރި ފަދަ ހިތާމައެއް އީން ކުރިއަކަ ނުދޭނަން… އެ ހެއީ ބައްޕަ އާ ކުރިމަތިލާން ޖެހުނަސް… ދޮންބެ އާ ކުރިމަތި ލާން ޖެހުނަސް… ހަނދާން ކުރައްޗޭ” އަޔާން އިންޒާރެއް ދިންފަދައެވެ. އޭނާގެ ހިތުގައި އައިމަން އާއި މެދު ނަފްރަތު އުފެދެމުން ދިޔައެވެ.

އައިމަން އާއި އަޔާން އާއި ދެމެދު އުފެދިގެން އުޅޭ މައްސަލައިގެ ތަފްސީލް ނޭގުނަސް އެއީ އާދައިގެ ކަމެއްނޫން ކަމާއި އޭނާ އަށް މިހާރު ދިމާވެގެން އުޅޭފަދަ ކަމެއް އަޔާން އަށް ވެސް ކުރިން ދިމާވެފައި ވާކަން އޭނާގެ ތޫނުފިލި ސިކުނޑިއަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ.

ޝައްކުގެ ނަޒަރަކުން އެ ދެމީހުންނަށް ބަލަން އިން އީނާލް ގެ ދެލޮލުގައި އޭރުވެސް ވަނީ ކަރުނައެވެ.

“އަޔާން… މާގިނަ ވާހަކަ ދައްކާނެ ކަމެއް ނެތް އިނގޭ… ކަންތައް ތައް އެނގިގެން ވާހަކަ ދައްކާނީ” އީނާލް އަށް އިޝާރާތް ކޮށްލަމުން އައިމަން އެދުނީ އެ ވާހަކަ ނުދެއްކުމަށެވެ.

“ކީއްވެ ނުދައްކަން ވީ… އަހަރެން ގެ ކޮއްކޮ ގެ ދިރިއުޅުން ހަލާކުކޮށްލަން އަހަރެން ފުރުސަތެއް ނުދޭނަން… މި ދައްކަނީ ކަންތައް ހިނގާފަ އޮތް ގޮތުގެ ވާހަކަ ދޯ… އީން އަށް ވެސް އެނގެނ ޖެހޭނެ… މަގޭ ދިރިއުޅުމާ ކުޅުނު ގޮތަށް ލާ ހިކެއް ނޫން އިން ގެ ދިރިއުޅުމާ ކުޅޭކަށް… އީން އާ ހިސާބަށް ފޯރާނީ މަ ގިރާކޮށްފަ” އައިމަން އާ ދިމާލަށް އިނގިލި ދިއްކޮށްގެން ހުރެ އަޔާން ބުނެލިއެވެ. އެ އަޑުގައި މީގެ ކުރިން ދުވަހަކުވެސް ނުވާފަދަ ރުޅިވެރިކަމެއް ވިއެވެ.

އަޔާންގެ ވާހަކަތައް ހުރި ގޮތުން އައިމަންގެ ދެ އަތް މުށްކެވިގެން ދިޔައެވެ. އެނާ ރުޅި ކޮންޓްރޯލް ކޮށްގެން ހުރީ ވަރަށް ވަރުންނެވެ. އަޔާން އަށް ރުޅިވެރިނަޒަރަކުން ބަލާލުމަށްފަހު އައިމަން ނުކުތުމަށް ހިނގައިގަތެވެ. ބަންލާފައި ދޮރު ޖަހެމަށް ފަހު އައިމަން ކޮޓަރިއަށް މިސްރާބުޖެހިއެވެ. އޭނާ ކޮޓަރިއަށް ވަތް އިރު ކުޑަ ދަރިފުޅު ރޯތީ މަސަލަސް ކުރަން ނާއިލާ އުޅެއެވެ.

އައިސްފައި ހުރި ރުޅި ފިނިކުރަމުން އޭނާ ވެސް ނާއިލާ ގާތަށް ދިޔައެވެ. އަދި ނާއިލާ އަތުން ތުއްތު ދަރިފުޅު އަތުލަމުން އޭނާ ނާނާ ކިޔަންފެށިއެވެ.

އައިމަން އަތަށް އެރުމާއެކު ތުއްތު ދަރިފުޅު ރުއިން ހުއްޓާލައިފިއެވެ. ހީވީ ބައްޕަގެ އަތު ތެރެއަށް އާދެވުނުކަން އެނގުނީހެންނެވެ. “ކޮބާ އެ ހުއްޓާލީނު” އައިމަން ގެ ތުންފަތް މަތީގައި ހިނިތުންވުމެއް ވިއެވެ.

ރޮވިފައި އިން އީނާލް ގާތަށް ހުއްޓިލުމަށްފަހު އަޔާން އީނާލް އާ ވާހަކަ ދައްކަން ފެށިއެވެ.

“އީން… އެއްގޮތަކަށް ވެސް ރޯކަށް ނުވާނެ… ރޮއިގެން މިކަމެއް ނުވާނެ… އީން ގެ ދިރުއުޅުން ހަލާކު ވިޔަ ދީގެން ނުވާނެ… އީން އަށް ވެސް އެބަ ފެނޭނު ލޮލުގެ ކުރިމައްޗަށް ކަންތައް ތައް ވަމުން ދާ ގޮތް… ބޭނުންވަނީ އީން ގެ ހިތްވަރެއް… އެއްގޮތަކަށް ވެސް އެކޮޅަށް ދޫ ދީގެން ނުވާނެ… ދޮންބެ އަކީ ކުޑަބެވެސް އަދި އީން ވެސް ހީކުރި ކަހަލަ މީހެއްނޫން… އަދި ބައްޕަވެސް” ފަހު ޖުމްލަ ބުނެލިއިރު އަޔާން ގެ އަޑުގައި މާޔޫސްކަން ވިއެވެ. އޭނާ އީނާލްއަށް ބަލާލާ ބޯ ޖަހާލީ އޭނާ އަށް އިތުބާރު ކުރާށޭ ބުނާފަދައަކުންނެވެ.

ކަރުނަތަށް ފޮހެލާ އީނާލް ހަމަޖެހިލިއެވެ. އެ ހުރިހާ އިރު އަޔާން އީނާލް ގާތު ހުއްޓެވެ.

“ދޮންބެ ކުޑަބެ އަށް ކީކުރީ؟” އީނާލް މިއޮއް ހުރިހާ އިރުއޭނާގެ ހިތުގައި އުފެދިފައި ހުރި ސުވާލުކޮށްލިއެވެ.

“ލޯންގް ސްޓޯރީ އީން… ފޯ ނައު ޔޫ ކޮންސެންޓްރޭޓް އޮން ޔޯ ލައިފް އީން… ޑޯންޓް ލެޓް ދެމް ރުއިން އިޓް…” އަޔާން އީނާލް އަށް ހިތްވަރު ދިނެވެ. އީނާލް ބޯ ޖަހާލިއެވެ. އޭރު އޭނާ އަށް އަމިއްލަ ބައްޕަ އާ ދެކޮޅަށް ނުކުމެ އީނާލް އަށް ކުރިމަތިލާން ޖެހޭނީ ކޮން ކޮން ކަންތައް ތަކަކާ ކަމެއް ނޭނގެއެވެ.

އީނާލް ހަމައަކަށް އެޅުމާއެކު އަޔާން ދިޔައެވެ. އެއާއެކު އީނާލް ގަސްތުކުރީ ވެފައި ހުރި ވަރުބައްޔާއެކު ފެންވަރާލުމަށެވެ. ކިތަންމެ ބަނޑުހައިވެފަ ހުއްޓަސް ކާން ކޮޓަރިން ބޭރަށް ދާކަށް އީނާލް ބޭނުމެއް ނުވިއެވެ. އެހެންކަމުން ބަނޑުހައި ވެފައި ވާ ހާލުވެސް އީނާލް އެނދުމަތީގައި ޖައްސާލީއެވެ.

ސޯފާގައި ވިސްނުމަކަށް ގެއްލިފައި އިން ސާމިރާ އިންތިޒާރު ކުރަމުން ދިޔައީ އީނާލް ކޮޓަރިން ނުކުންނާނޭ އިރަކަށެވެ. އާއްމުކޮށް ކޮންމެ ދުވަހަކުވެސް ޑިއިޓީން ނިންމާފައި އައިސް އީނާލް އަރާމް ކޮށްލަން ވަންނާނީ އެއްޗެއް ކައިލައިގެންނެވެ. އެހެންކަމުން އޭނާ އިނީ އީނާލް ގެ އިންތިޒާރުގައި ވަގުތުތައް ގުނަ ގުނައެވެ.

އެހެންނަމަވެސް ސާމިރާ އެތަނުގައި އިންނަތާ ބައިގަޑިއިރު ވީއިރުވެސް އީނާލް އެއް ނުނިކުތެވެ. އީނާލް އަށް ގޮވަން ދާ ހިޔަލެއް ސާމިރާ ނުކުރިއެވެ. އީނާލް ހުންނާނީ އެކަނި ވެލަން ބޭނުންވެފައޭ އޭނާ އަށް ހީވަނީއެވެ. އަޔާން ވެސް އެ ކޮޓިން ނުކުންނަމުން އެ ދިޔައީ އެހެން ބުނެލާފައެވެ.

ސާމިރާ ޓީވީ ހުޅުވާލީ ފޫހިވީ ވަރުންނެވެ. އެ ވަގުތު ޓީވީއިން ފޮނުވަމުން ދިޔަ ހަބަރަށް އޭނާ އަށް ސަމާލުކަން ދެވުނީ އަވަސް ހަބަރަކަށް ވީތީއެވެ.

އީނާލް އަށް ނިދިފައި ހޭލެވުނީ މަޢްރިބް ނަމާދުގެ ބަންގީގެ އަޑަށެވެ. ކަންނެތް ކަމާއެކު ލޯ ހުޅުވާލުމާއެކު އީނާލް ދެފަރާތަށް ފުރޮޅިލާ މޯޅިއަކަށް ދެމިލިއެވެ. އެއަށް ފަހު ލަސްނުކޮށް އޭނާ ތެދުވިއެވެ. މަޢްރިބް ނަމާދުކޮށް ނިމިގެން އީނާލް އެނދާ ދިމާލާށް މިސްރާބުޖެހީ އޮށޯވެލާށެވެ. އޭރު އޭނާގެ ބޮލުގައި ކޮންމެވެސް ވަރަކަށް ރިއްސަމުން ދިޔައެވެ. ބަނޑުހައިކަމާހުރެ ބަނޑުން އަޑު ކިޔަމުން ދިޔައެވެ. އެހެންނަމަވެސް އީނާލް އެއްގޮތަކަށް ވެސް ބޭރަށް ނުކުންނާކަށް ބޭނުމެއް ނުވިއެވެ.

އައިމަން އާއި ނާޖިދު ގެ ކުރިމައްޗަށް އަރަން އީނާލް ހުރި ޖެހިލުންވެފައެވެ. އަޔާން އޭނާ އާ އެކީ ނެތް ނަމަ މިހާރު އޭނާގެ ހާލަކީ ކޮބައިކަމެއް ނޭނގެއެވެ.

އީޝާނަމާދަށް ބަންގި ގޮވިއިރު ޒައިން ހުރީ އާސިފް މެން ގޭގައެވެ. ދެމީހުން އެއްކޮށް މިސްކިތަށް ގޮސް ނަމާދު ކޮށްލައިގެން މިސްރާބުޖެހީ ޒައިންގެ ގެއާދިމާލަށެވެ. “އަނހާ އާސިފް… ހާދަ ދުވަހެއް ފަހުންނޭ މި ފެނުނީ ދޯ” ރާނިޔާ އަށް އާސިފް ފެނުމާއެކު އޭނާގޭ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“އަވަހަށް އާދޭ… އެއްޗެއް ބޯލަން ވާނެއެއްނު… ” ރާނިޔާ އަތުން އީޝާރާތް ކޮށްލިއެވެ. އާސިފް ވެސް ޒައިން އާއެކު ނުހަނު ހެވިފައި ހުރެ ގޮސް ގޭތެރެއަށް ވަނެވެ.

އޭރު އާޝާ ފޮތްތައް ހިފައިގެން ކިޔަވަން އިންތަން އޭނާ އަށް ފެނުނެވެ.

“މިހާރު މާ ބަސް އަހަނީތަ ކިޔަވަނީ؟” ޢާސިފް އާޝާ އާއި ދިމާކޮށްލިއެވެ.

“ހުއް… ފޫހި މީހާގަނޑު” އާޝާ ތުންކޮޅު ހަދާލަމުން ވާހަކަ ދެއްކިއެވެ.

އެއާއެކު އާސިފް ލުއި ހީލުމަކާއެކު ޒައިން އަށް ބަލާލިއެވެ. ދެ ކޮނޑު އަރުވާލުމާއެކު ޒައިން ވެސް ހީގަތެވެ.

ރާނިޔާ ރޭގަނޑު ކެއުން ތައްޔާރު ކުރަން އަތް މަތި އަވަސް ކޮށްލިއެވެ. “ދެން މިގަޑީގަ އައީމަ ޖެހޭނީ އެއްޗެއް ކާލަން ދޯ… ރޭގަނޑު ކައިގެން ދެން ދެވޭނީ” ރާނިޔާ ވާހަކަ ދެއްކިއެވެ. ޖޯލިފަތީގައި މަޑު ކޮށްގެން ތިބި ޒައިން އާއި އާސިފް އާއި ދެމީހުން ގަދަ ވާހަކަ އެއްގައެވެ.

“އޭތް ބުނެފިންތް އެވާހަކަ” އާސިފް މަޑު މަޑުން ޒައިން ގާތު އަހާލިއެވެ.

“ކޮން ވާހަކައެއް” ޒައިން ދެ ކޮނޑު އަރުވާލަމުން އަހާލިއެވެ.

“ބަލަ… ތި ހިތުގެ ރާނީގެ ވާހަކަ އެއްނު؟” އާސިފް އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. “ނޫން… އަނގަ މަޑުން ލައިގެން އިންނާނީ އިނގޭ” ޒައިން ދެލޯ އަޅާލަމުން ބުނެލިއެވެ. އެއާއެކު އާސިފް ރާނިޔާ އަށް ގޮވާލިއެވެ.

“ރާނިޔައްތަ އަށް އެނގޭތަ؟ މި ޒައިން ކޮށްގެން އުޅޭކަމެއް…” އެއްފަހަރު ޒައިން އަށް ބަލާލާ ދެވަނަ ފަހަރު ރާނިޔާ އަށް ބަލާލަމުން އާސިފް ބުނެލިއެވެ.

“ނޫން ކިޔާބަލ” ރާނިޔާ ޒައިން އަށް ބަލާލިއެވެ.

“މި ބުނަން އުޅުނީ މި ޒައިން މިހާރު ގެއަށް ނުދާވާހަކައޭ” އާސިފް ވާހަކަ އޮޅުވާލިއެވެ. އެއާއެކު ޒައިންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. “އެހެންތަ؟ އެކަމު ޒައިން ވަރަށް ގިނައިން ދޭ ކަންނޭގެ ތިގެއަށް… މގޭގަ ނޫޅެންޏާ ތި ގޭގަ” ރާނިޔާ ދެބުމަ އަރުވާލިއެވެ.

ރާނިޔާ ތަށިތައް ނަގާ އެއްޗެހިވެސް އެޅުމަށްފަހު ފެންފުޅި ނަގާ މޭޒުމަތީގައި ބެހެއްޓިއެވެ.

“މި ޒައިން ދެން ވަރަށް އަވަހަށް މި ގެއަށް ކުއްޖަކު ގެނެސް ފާނެ ދޯ” އާސިފް ގެ އަޑަށް އެ ދިމާލަށް ރާނިޔާ ބަލާލިއެވެ. އާސިފް ފުރަތަމަ ކުރި ސަމާސާ އަށް ފަހު ހިންހަމަ ޖެހިފައި އިން ޒައިން އަށް ދެލޯ ބޮޑު ކޮށްލެވުމާއެކު އާސިފް އަށް ބަލާލެވުނެވެ. އޭރު އާސިފް އިނީ ނުލަފާ ވައްތަރަކަށް ހީގަނެގެންނެވެ.

“ކީކޭ ތިބުނީ” ކާގެއިގެ ދޮރުން ބޯދިއްކޮށްލަމުން ރާނިޔާ ސުވާލުކުރިއެވެ.

“މި ބުނީ މިހާރު ދެން މީހަކާ ވެސް އިންނަ ވަރު ވެފަ އެއްނޫން ހޭ އެ ހުރީ… ވަރަށް އަވަހަކަށް އެކަހަލަ ކަމެއް ކޮށްފާނެއެއް ނޫންހޭ… ކިހިނެއް އެނގޭނީ… އެންމެ ގާތް އެކުވެރިޔާ އަށް ވެސް ނޭނގި ކަންނޭގެޔޭ ނިންމާލާނީ” އާސިފް ހީގަތެވެ.

“ނޫނޭ… ދެން ޒައިން ކަމެއް ކުރަންޏާ އާސިފް އަށް އެނގޭނެއެއްނު” ރާނިޔާ ވެސް އާސިފް އާ ދިމާލަށް ބަލާލާ ހީގަތެވެ.

އާސިފް ގެ ސަމާސާ ތަކުން ޒައިން ދެފަރާތަށް ބޯ ހޫރާލިއެވެ.

“އައި އެމް ގޮނަ ކިލް ޔޫ” އަނގައިން އިޝާރާތް ކޮށްލުމާއެކު ޒައިން ބުނެލިއެވެ. ދެ އަތް ދައްކާލަމުން އާސިފް އަމާން ދިނެވެ.

“މަންމާ… މި އާސިފް ވެސް އެބަ ކަމެއް ކުރޭހެން ހީވަނީ މިހާރު… އަބަދު ފޯނެއްގަ އިންނަނީ” އާސިފް ފޯން ނަގާ ސްކްރީނަށް ނަޒަރު ހުއްޓާލުމާއެކު ޒައިން ބުނެލިއެވެ.

އެތަކެއް ސަކަރާތެއް ޖެހުމުގައި ދެމީހުން ހޭދަކުރިއެވެ.


އަޔާން މަލަކް އާއި ބައްދަލު ކުރީ ބަނދަރުގެ އެއްފަރާތުގައި އޮތް ގޮނޑު ދޮށުންނެވެ. “މަލަކް އަހަރެން ބޭނުން ހުރިހާ ވާހަކައެއް ކިޔައިދޭން… މަލަކް ގެ މަންމަ އަށް… މަލަކް އަށް އެ ލިބުނު ހުރިހާ ހިތާމަ ތަކަކީ އަހަރެންގެ އާއިލާ ގެ ފަރާތުން ލިބުނު ހިތާމަ ތަކެއްކަން ބުނެދޭން ބޭނުން… ޝާމިން ވެސް އެ ހުރީ އޮޅުމެއްގެ ތެރޭގަ”

“ޝާމިން އަށް ހުރިހާ ކަމެއް އެނގޭ އަޔާން… އެކަމަކު މަންމަ އަކަށް ނޭނގޭނެ… މަންމަ އަށް ހީވެފައި އޮތީ އަހަރެންގެ ސަބަބުން އަޔާން އަހަރެން ދޫކޮށްލީ ކަމަށް… އަޔާން ދިޔުމުގެ އަސްލު ސަބަބަކީ އަހަރެންކަމަށް… މަންމަ އަށް މިހާރު އެނގުނަސް އަހަރެމެން ދެމީހުންގެ ގުޅުމަށް ދުވަހަކުވެސް އެއްބަހެއް ނުވާނެ… މަންމަ އަށް ނޭނގުން ކަންނޭގެ ރަނގަޅުވާނީ…” އަޔާން ގެވާހަކަ ހުއްޓުވާލާފައި މަލަކް އޭނާގެ ހިޔާލް ފާޅު ކުރިއެވެ.

“މަލަކް އަށް ފެންނަ ގޮތަކަށް… އެކަމަކު ޝާމިން އަށް ހަގީގަތް ކިޔައދޭން ބޭނުން ހުދު އަހަރެންވެސް… މާފަށް އެދެން ވެސް ބޭނުން… އަހަރެންގެ ކުށެއް ނެތް ކަން އަންގައިދޭން ބޭނުން… ޝާމިން އަށް ހަގީގަތް އެނގިފައި ވީނަމަވެސް އޭނާ ގަބޫލް ކުރަނީ އެއީ އަހަރެންގެ ކުށް ކަމަށް މަލަކް ފަހަތުން އަހަރެން ފުރަތަމަ އުޅުން… އެހެންވީމަ އަހަރެންބޭނުން އޭނާ އާއި ވެސް ވާހަކަ ދައްކަން…” ކުރިން ރޭ ޝާމިން އާއި އޭނާ އާއި ދޭތެރޭ ދެކެވުނު ރުޅިވެރިކަމުގެ ބަހުގެ ހަމަލާ ހަންދާން ވުމާއެކު އަޔާން އަށް އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ.

“ވަޓް… ޝާމިން އާއި ދިމާވިތަ؟. ކޮން އިރަކު ކިހިނެތް” މަލަކް ހައިރާން ކަމާއެކު އަޔާން އަށް ބަލާލިއެވެ.

އަޔާން މަލަކް އަށް އެރޭގެ ވާހަކަ ކިޔައިދިނުމާއެކު މަލަކް އަށް ނިތް ކުރި ކަތީގައި އަތުން ޖަހާލެވުނެވެ. “ކީކޭ ބުނާނީ އަބަދުވެސް އެކަހަލަ މޮޔަ ކަންތައް ކުރާނީ”

“މޮޔަ ކަމެއް ނޫނޭ އެއީ… ހީ ލަވްސް ޔޫ ވަރަށް ބޮޑަށް… ނޫންތަ؟ އަހަރެންނަށް ޔަގީން އަހަރެން ނާ ދުރަށް މަލަކް ދިޔުމަށް ފަހު ވެސް ޝާމިން ހުންނާނީ މަލަކް އަށް ހިތްވަރުދޭން… އައި ހޭވް ޓް ސޭ ތޭންކްސް ވެސް ޝާމިން… އަށް… މަލަކް އަށް ބަލައިދިނީތީ އަހަރެން ނެތް ދުވަސް ތަކުގަ… ޔޫ އާރ ސޯ ބްރޭވް އަސްލު” އަޔާން މަލަކް ގެ އަތުގައި ހިފާލިއެވެ.

“ޔާ… ޝާމިން ނެތް ނަމަ އަހަރެންނަކަށް ނޭނގެ އަހަރެން އުޅޭނެ ގޮތެއް ވެސް… އަހަންނަށް ހުރިހާ ސަޕޯޓް އެއް ދިން މީހަކީ އެއީ… މަންމަ އަދިވެސް ގަބޫލް ކުރަނީ އަހަރެން އަޔާން އަށް ޗީޓް ކުރީކަމަށް… އެއަށްފަހު އަހަރެން ރުއިމަ މަންމަ އަށް ހީވީ އަހަރެންނަށް ވިސްނިގެން ރޮނީކަމަށް… ކަންތައް ތައް ވެފަ އޮތް ގޮތުން އަހަރެން ވެސް މަންމަ އަށް އެއްވެސް ވާހަކަ އެއް ކިޔައދޭން ބޭނުމެއް ނުވި… މަންމަ ވިސްނަން ފަށައިފިނަމަ އިތުރަށް ބަލިވެސް ގޯސް ވެދާނެތީ…” މަލަކް ގެ އަޑުގައިވަނީ ވޭނެވެ. ހިތާމައެވެ. ހިތްދަތިކަމެވެ.

އަޔާން ބޯ ޖަހާލިއެވެ. އަދި މަލަކް ގާތު ކަންބޮޑު ނުވުމަށް ބުންޏެވެ.

ދެމީހުން ވާހަކަ ދެއްކުމަށްފަހު ނިންމީ މާދަމާގެ ވަގުތެއްގައި އަޔާން ޝާމިން އާ ބައްދަލުކުރާށެވެ. އެއަށްފަހު އާނިސާ އާއި ބައްދަލުކުރާށެވެ.

ވިސްނުމަކަށް ގެއްލިފައި ދުރު ބަލަހައްޓައިގެން އަޔާން ހުރުމާއެކު މަލަކް އަޔާން އަށް ގޮވާލިއެވެ.

“ޔާން…ކޮން ވިސްނުމަކަށް ގެއްލިފަ؟” މަލަކް އަޔާންގެ އަތަށް ބާރުކޮށްލިއެވެ.

“ވަރަށް ބައިވަރު ކަންތައް ވެއްޖެ މަލަކް… އެ ހުރިހާ ވާހަކަ އެއް އަހަރެން މަލަކް އަށް ފަހުން ކިޔައިދޭނަން އިނގޭ… އެހަށް މިރޭ ހިނގާ ދެން ގެއަށް ދާން ދޯ” އަޔާން ހިނިތުންވެލަމުން މަލަކް އަށް ޖަވާބުދިނެވެ. މަލަކް ވެސް އިތުރަށް އެ ވާހަކަ އަހަން ގާސްތެއްނުކުރިއެވެ. އަޔާން އަމިއްލައަށް ބުނާނެކަން މަލަކް އަށް އެނގެއެވެ.


ކާރޫބާރޫ ބޮޑެވެ. ބޮޑެތި ބަސްތަކާ ރޭލް ތަކުގެ އިތުރުން ކާރާ ސައިކަލުގެ އަޑުން މަގުމަތީގެ އަމާން ކަން ވަނީ ނަގާލާފައެވެ. ކެނޑި ނޭޅި ކަންފަތަށް އިވެމުން ދާ ބަރުގޮނުގެ ސަބަބުން ކަންފަތް ތަކަށް އުނދަގޫވާނޭކަން ޔަގީނެވެ. ޓްރެފިކްގައި ޖެހިފައި ގިނަ އިރު ތިބެން ޖެހުމުގެ ސަބަބުން މީހުންގެ މޫނުމަތިން ފޫހިކަން ފެންނަމުން ދިޔައެވެ. ހަތަރު ލޭނަށް ހަދާފައިވާ ފުޅާ މަގުގެ ދެފަރާތުގައި ހިނގާމީހުން ވެސް މަދެއްނޫނެވެ. އެމީހުންގެ އަތުގައި ތަފާތު އެކި ސައިޒުގެ ބާޒާރު ކޮތަޅުތައް ވެއެވެ. މުޅި ސަރަހައްދުން ފެންނަނީ ތަހުޒީބުކަމާ ތަރައްގީއެވެ. ބޮޑެތި ޝޮޕިން މޯލް ތަކާ ފިހާރަތަކެވެ. ރެސްޓޯރެންޓް ތަކާ ޕާރކުތަކެވެ.

އުސްއިމާރާތެއްގެ ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރި ޒުވާން ފުރައިގެ އަންހެން ކުއްޖާގެ ނަޒަރު ހުރީ ކުރިމަތިން ފެންނަމުން ދިޔަ އުސް އިމާރާތް ތަކަށް ހުއްޓިފައެވެ. ރޭގަނޑުގެ ވަގުތަށް ވުމާއެކު އިމާރާތް ތަކުގެ ކުޑަދޮރުތަކުން ތަފާތު އެކު ކުލައިގެ އަލި ފޭދިގެން ބޭރަށް އަންނަމުން ދިޔައެވެ. ބަލާލަން ނުހަނު ހިތްގައިމު މަންޒަރެކެވެ.

ޖެހެމުން ދިޔަ ވައިރޯޅިތައް އެ އަންހެން ކުއްޖާގެ އިސްތަށިގަނޑާ ސަމާސާ ކުރަމުން ދިޔައެވެ. އިރު އިރު ކޮޅަކާ މޫނުމއްޗަށް ވެއްޓޭ އިސްތަށިގަނޑު އަތުން އެފަރާތް ކޮށްލައެވެ.

ހަނގަނޑު އޮމާނެވެ. ރާއްޖޭގެ އެހެން ކުދިންނާ ހިލާފަށް ދޮނެވެ. ތުންފަތުގައި ވަނީ މަޑު ފިޔާތޮށިކުލައެކެވެ. ލާފައި ހުރީ ކަކުލުން ތިރިއަށް އަންނަ ކަޅު ކުލައިގެ ހެދުމެކެވެ. އަރާފައިވަނީ އުސްފައިވާނަކަށެވެ. ކަރުގައި ރީތި ގެތުމެއް އެކުލެވޭ ހާރެއް އަޅާފައި ވާއިރު ހެދުމާ ގުޅުވައިގެން އަތުގައިވެސް ގަހަނާ އަޅާފައިވެއެވެ.

ކޯތާފަތުން ތިރިއަށް ކަރުނައިގެ ރޮނގެއް ފައިބަމުން ދިޔައެވެ. އެސްފިޔަތަކުގައިވަނީ ތެތްކަމެވެ. އަޅާފައިވާ އަނދުން ތައް ކަރުނައިގެ ސަބަބުން ކޮންމެވެސް ވަރަކަށް ފޭޑް ވެފައި ވެއެވެ. ބައެއްފަހަރު ހިން ދިރުވާލާ ގޮތުން އެ ހުރީ ވަރަށް ދެރަވެ ހިތަށް އަސަރު ކޮށްފައި ކަން އެނގެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ފަސްދާނު…

Next

ހާސިލް ވުމަށް އެދި ހިތް ރޮނީ 21

Next
November 2, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 21

Previews
November 2, 2018

ފަސްދާނު…

10 Comments!

  1. Hi Mi says:
    November 2, 2018 at 8:31 pm

    Assalaam alaikum. So heres the 16 th ep of the story. Hope u all will like this chapter too. Pls mention in the comment below about ur opinion about this part. What do u think wil hpn next?. Miss yh all. This part is dedicated to all readers who is reading this story of mine. And especially pinky and naju ah haassa kohlan. And comment kuraa hurihaa kudhinnah vez. Much loves. Jazakallah Khairan. ???

  2. lotus says:
    November 2, 2018 at 8:44 pm

    Story v nice..
    new character eh annaneetha

    1. umm says:
      November 2, 2018 at 10:53 pm

      The last part dw Its more like a dream to me.. lets see..

  3. Pinky shifoo says:
    November 2, 2018 at 10:25 pm

    Wowww ???❤️❤️❤️… Mi part vx v v v reethi ingey Hi Mi ❤️❤️❤️????????????????????????… Hama superb ???… Haadha emotional ey ???… Eenaal ge dad n Aiman haadha gohey ???… New character eh annaneedhw ???… Alhey mihaaru vx next part kiyaa hihvehje ???… Pinky ah heevany aasif n aashaa gulheyne henn adhi ???… Hehhe… N new character akaa mikyan aa kanneynge gulheynee ???… Heheh… Thankyou soooooooooooo Much my favourite Hi Mi pinky ah mi part haasakohla dhinyma ❤️❤️❤️?????????… I’m soooooo happy ??????❤️❤️❤️… It means a lot for me ???… Mi part ga eba huri typing mistakes… Ekan kan next part ga ragalhu kohlaane kamah ummeedhukuran ???… Story hama v v v reethi n ehaame interesting ❤️❤️❤️????????????… U are a great writer Hi Mi n keep up the good work ❤️❤️❤️?????????????????????… I really appreciate your hard work ???… Curiously waiting for the next part ???… Once again v v v bodah thanks mi part pinky ah haahsakohlyma ???❤️❤️❤️???… V v ufalun mihury ???❤️❤️❤️… Hama Hithaa furaanain hadhaan vany ???… E story gavx Hi Mi pinky ah haahsa kurymehnu dhw baeh parts ???… Hehe… Lots n lots n lots of love pinky ge favourite Hi Mi ❤️❤️❤️??????????????????…

  4. Unkown says:
    November 3, 2018 at 7:19 am

    Nice storyyy … whn next part

  5. unique says:
    November 3, 2018 at 1:24 pm

    its so cute varah loabi mi story heheh hi mi thanks for the lovely story

  6. Blue beauty says:
    November 3, 2018 at 5:06 pm

    Mipart Ves Varah Reethi Hi Mi Dhooni….???❤❤❤

  7. Naju says:
    November 3, 2018 at 9:05 pm

    Masha Allah mi partvx v v v furihama ??????❤❤❤… I just love it ?????????… May Allah give you the happiness and the jannat ?????????… You are the best ingey ?????????… Mi partvx v nice n emotional ingey ??????… Eanaal ge dad n aiman Haadha gohey dhw I really hate both of them ?????… Naju ah vx hyvany new character aa gulheyny mikyan hen ?????????… Thank you soooo much mi part naju ah haasakohla dhinyma ??????❤❤❤… I’m soooo happy ?????????… It means alot for me ingey ?????????… keep up the good work Himi dear ??????… curiously waiting for the next ??????… much loves from naju ??????????????????

  8. Naju says:
    November 5, 2018 at 9:20 am

    Masha Allah ??? Mi partvx v v v furihama ???❤❤❤???… wow eysh ??? Sifakurunthah hama obiness to the max ??????☀☀☀… Heevany manzaruthah hama lolah fennahen ?????????… Ehaavx furihama ?????????… Naju ah hyvany hama asluvx dhaain eynage loabi gurubaan kuraany hen n kail n zeek vx salaamaaih vaane hen ??????… story hama v v v reethi n ehaame intresting ???❤❤❤???… U are a great writer eysh ??? keep up the good work dear ?????????… I really appreciate your hard work ??????❤❤❤… n haadha curious kuruvaafa ey thi ninmaalee ??? mihaaruvx next part kiyaahithun kehmadhu vehje ???… curiously waiting for the next ??????❤❤❤… lysm my sweet sweet eysh ????????????❤❤❤????????????????????????

  9. Jenna says:
    November 5, 2018 at 4:37 pm

    ?Mihaaru varah reethi mi story?
    ❤?And I had been reading Himi ge huriha vaahaka eh ves and eh huriha stories ves hama enme reeche buneveyne??
    ?Good luck in the future ?

Comments are closed.

Next Episodeހިތް އެދުނަސް… (17)←


All Right Reserved!