Skip to content
އެސްފިޔަ

ފުރަތަަމަ ނަޒަރުން 1

އެއީ ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ކާޅާއި ބަކަމޫންގެ އަޑު ފަޒާގެ ހިމޭންކަން ނަގާލާއެވެ. ފުރިހަމަވެފައިވާ ހަނދު ފަރުދާވެފައިވަނީ ހުދު ވިލާގަނޑެއްގެ ފަހަތުގައެވެ. ކޮޓަރި ތެރެއިން އިވެމުން ދިޔައީ މަޑު ގިސްލުމެއްގެ އަޑެވެ. އަސަރުގަދަ ރުއިމެކެވެ. އެ އެ ރުއިމުގެ އަޑުން އަސަރު ނުކުރާނެ ހިތެއް ނުވާނެކަން ގައިމެވެ.

“އޭތް..ރޯންވީކީ ނޫނޭ..ދޭބަލަ މަށަށް ކާން ހަދަން..” އަނދިރި ކޮޓަރިތެރެއަށް އަލިކަމެއް އެޅުނީ މައިދޮރު ހުޅުވުމުންނެވެ. ބާރު ހިނގުމެއްގައި އައި ކަޅު ހިޔަނި ހިފައިގަތީ ކޮޓަރީގެ ކަނުގައި އިށީނދެ އިން ކައިލީންގެ އިސްތަށިގަނޑުގައި ހިފައި ކޮޅަށް ނެގިއެވެ. ކައިލީންގެ އަނގައި މަޑު އާހެއް ނިކުތެވެ. ނަމަވެސް ނެތް ކަށިން ހިތްވަރު ނެރެމުން ތުރުތުރު އަޅަމުން ދިޔަ ހާލުވެސް ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ.

އޭނާގެ ހިތް ނޭނގޭ ބާރުމިނުގައި ތެޅެމުން ދިޔައެވެ. މި އަނިޔާތަށް ތަހައްމަލު ކުރަތާ ދެއަހަރު ވެފައިވީނަމަވެސް އެކަމަށް ހޭނުން ވީ ކައިލީންއަށް އުނދަގޫ ކަމަކަށެވެ.

ބަދިގެއަށް ވަދެވޭ ބިއްލޫރި ދޮރު ކަހާލުމާއެކު ކައިލީންގެ ލޮލުގައި އަޅައިގަތީ ސިންކު ކައިރީގައި ހުރި އަންހެން މީހާއެވެ. އަވަސް ހަރަކާތާއެކު ކައިލީން އޭނާގެ މޫނު ފޮހެލިއެވެ. ނޭފަތް ދަމާލަމުން މޫނުމަތިން ހަމަޖެހޭ ގޮތް ދައްކަން މަސަތްކަތް ކުރިއެވެ. މަދުން ނޫނީ އޭނާގެ ތުންފަތް މަތިން ނުފެންނަ ހިނިތުންވުން މައިދައިތަގެ ކުރިމަތީ ދައްކަން ކައިލީންއަށް މަޖުބޫރުވެފައިވާ ފަދައެވެ.

“އަހަ..ދަރިފުޅާ އަދި ނުކަންތަ..” ތަށި ދޮވެނުމުމުން ފަސް އެނބުރި ބަލާލި ދިޔާނާ އެއްސެވެ. އޭނާގެ އަޑުގައިވި އޯގާތެރިކަމުގެ ސަބަބުން ކައިލީންގެ ހިތަށް ތަފާތުގޮތެއް ވެލިއެވެ. “އަޅުގަނޑު ކައިފިން..އެކަމު އަލަމްއަށް ކާން ހަދަންވެގެން މިއައީ..ދެންމެ އޭނަ އޮފީހުން އެ އައީ..” ކައިލީންވެސް ބަދަލުގައި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ދިޔާނާއަށް ޖަވާބުދެމުން ޕާސްޓާ ހެދުމަށްޓަކައި އޭނާ އުނދުނާ ކައިރިވެލިއެވެ. “ހަދަ ލަހަކުންނޭ އެސޮރު އޮފީހުން އަންނަނީ..މިހާރު ގަޑިން އެގާރާ ގަޑި ބައިވީ ވިއްޔަ..” ދިޔާނާ ކުރި ސުވާލަށް ދޭނެ ޖަވާބު ދޭން އަނގަ ހުޅުވާލި ކައިލީން އަނގަ ލައްޕާލީ ހިތަށް ވެރިވި ނުބައި ހިޔާލެއްގެ ސަބަބުންނެެވެ.

ޒަމާނީ ފެންވަރުގެ ބަދިގޭގެ ފާރުތަކުގައި ލާފައިވާ ހުދު ކުލައިގެ ސަަބަބުން ޝާހީކަމަށް ދައްކައެވެ. ދިޔާނާ ނިދަން ދިއުމުން ބަދިގެ ތެރޭގައި ކައިލީން އެކަނިވިއެވެ. ނަމަވެސް މާގިނަ އިރަކަށް ނޫނެވެ. ދިޔަނާ ދިޔަތާ ދެތިން މިނެޓު ނުވަނިސްް އަލަމްއައިސް ބަދިގެ ތެރެއަށް ވަދެގަތެވެ. “ކޮބާތަ އަންހެނާ ކައްކާ ނުނިމޭތަ..” އޭނާގެ ބަރު އަޑުން ހިޔާލެއްގައި ތަށި ދޮންނަން ހުރި ކައިލީންއަށް ސިހުން ގެނުވިއެވެ. “ނޫން މި ނިމުނީ..” އަވަސް އަރުވާލާފައި ތައްޓަށް ކާއެއްޗެހި އަޅަން ފެށި ކައިލީން ހުރީ އިސްއުފުލާލާ އަލަމްގެ މޫނަށް ބަލާލަން ނުކެރިފައެވެ. “މަންމަ ކައިރީ މަށޭ ކިޔައިގެން ކީކޭ ކީ ދެންމެ..” ބަދިގެ ދޮރު ކައިރީ ހުރެފައި އެތެރެއަށް ވަންނަމުން އަލަމް އެއްސެވެ. ކައިލީން ހުރި ފިޔަވަޅުމަތީގައި ގަނޑުވިއެވެ. “އާ…..ކޮން އިރަކު..” އޭނާ ނޭނގޭ ކަމަށް ހަދާލިއެވެ. “މީގެ ދެމިނެޓު ކުރިން..ކައިލީން މަގޭ ނަން ކީ އަޑު އިވުނޭ މަށަށް…” އަލަމްގެ އަޑު ކުރިއަށް ވުރެ ބާރުވިއެވެ.

“މަ ބުނީ..އަލަމް..ދެންމެ އޭ އޮފީހުން އައީ..” ކައިލީންގެ ޖުމްލަ ރަނގަޅަށް ފުރިހަމަ ނުވަނީސް އަލަމް އައި ގޮތަށް އައިސް ހިފީ އޭނާގެ އަތުގައެވެ. އަތަށް ދަމާގަތް ގޮތަށް ދުން އަރަމުން ދިޔަ އުނދުނުގައި ކައިލީންގެ އަތް ޖައްސާލިއެވެ. “އާހް..އަލަމް ހެޔޮނުވާނެ..” ކައިލީންއަށް ރޮއެގަނެވުނީ ނަގައިގަތް ދިލައިގެ ސަބަބުންނެވެ. “މަށަށްކަން ނުބުނެވޭތަ މަ އޮފީހަށް ދާ ގަޑިއާ އަންނަ ގަޑީ މަންމަ ކައިރީ ނުކިޔާށެކޭ..މިހާ ލަހުން އޮފީހުން އައި ވާހަކަ ބުނީމަ މަންމަ ނަގާނީ ކޮންކަހަލަ މާނައެއްކަން ތި ގަމާރު ސިކުނޑިއަށް ހަމަ ނުވިސްނޭތަ..” އަލަމް ދަތްކުނޑި ވިކައިގަތެވެ.

“މަށަށް ކޮން ބަލާއެއްތަ މަންމަ ކޮންމެ ކަހަލަ މާނައެއް ނެގިޔަސް އަލަމް އަމިއްލައަށް ތެދަށް މަންމަ ކައިރީ ބުަނަންވީނު އެކި އަންހެނުންގެ ތަންމަތި ފަޅުފިލުވާ ނިންމާފައޭ ގެއަށް ދަންވަރު ބާރަޖާހާއިރު އަންނަނީ..” ރުއިމުގެ ތެރެއިން ކައިލީންވެސް ހަޅޭއްލަވައިގަތެެވެ. “ކަލޭ ކޮންއިރަކު މަށާ ދެކޮޅަށް ބަހުސް ކުރަން ފެށީ..ހުރެބަލަ ނިކަން ސައިޒަށް ތިރިކޮށްލާނަމޭ..” އުނަގަނޑަށް ވުރެ ތިރިއަށް ދިގުކޮށްފައި ހުރި ކައިލީންގެ ދިގު އަދި އެހާމެ ފަން އިސްތަށިގަނޑުގައި ހިފައި ދަމަމުން އަލަމް އޭނާ ކޮޓަރިއަށް ވެއްދިއެވެ.

އެނދުމައްޗަށް ވައްޓާލަމުން އެ ހަށިގަނޑުން ފޭރާން ވަކިކުރުވީ އެއްވެސް ރަހުމެއް ނެތިއެވެ. ކައިލީންގެ ތުނި ހަށިގަނޑު މައްޗަށް ޖެހިގަތީ ވަލު ޖަނަވާރެއް ފަދައިންނެވެ. ސަލާމަތް ވާނެ އިތުރު ގޮތެއް ކައިލީންއަކަށް ނެތެވެ. ހިތާހިތުން ދުޢާ ކުރުން ނޫންކަމެއް ނުކުރެވުނެވެ.

** ** ** **

“ކާކު ހަޅޭއްލަވާ އަޑުތަ އެއިވެނީ..” ފުން ނިއްޖެއްގައި އޮއްވާ ކުއްލިއަކަށް ހޭލެވުނު ދިޔާނާ ބޯ ހިއްލާލަމުން އޭނާގެ ފިރިމީހާ ނިޒާރުގެ ކޮނޑުގައި ކޮއްޓާލިއެވެ. ލެޕްޓޮޕް ހިފައިގެއިން އިން ނިޒާރުވެސް އޭނާގެ ކަންފަތަށް ޖަހަފާއި ހުރި ހެޑްފޯނު ނައްޓާލަމުން ދިޔާނާ ބުނި އެއްޗަށް ސަމާލުކަން ދިނެވެ. “ވެދާނެ ގެއިން ބޭރުން އިވޭ އަޑަކަށްވެސް..” އޭނާއަށް މާ ބޮޑު ކަމަށް ނުވިއެވެ. ނަމަވެސް ދިޔާނާގެ ހިތުގައި ތަފާތު ވަހުމުތަށް އުފެދެމުން ދިޔައެވެ. އެނދުގެ ފަޑީގައި ލެނގިލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އިވެމުން ދިޔަ އަޑުތަކަށް ސަމާލުކަން ދިނެވެ. “އަލަމްގެ އަޑުހެންވެސް ހީވޭ..” ވިސްނާލަން އިނދެފައި ދިޔާނާ ބުނެލިއެވެ. ނިޒާރުގެ ހަރަކާތްތަށް ހުއްޓުނެވެ. ޖަވާބެއް ނުދީ އޭނާ ކުރަން ހުރި މަސަތްކަތައިގެން މަސްއޫލުވިއެވެ.

“ނިޒާރޫ…ކައިލީންއާ އަލަމް ގުޅުވުމަކީ އަހަރުމެން ދެ އާއިލާއަށް ކުރެވުނު ރަނގަޅު ކަމެއްތަ..” ނިޒާރުގެ ފަރާތުން ޖަވާބެއް ނުލިބުމުން ދިޔާނާ އެއްސެވެ. “އާން..އެ ދެކުދިން ނުލާހިކު ލޯބިވޭ އެކަކު އަނެކަކު ދެކެ..އެހެން ނޫނަސް ކައިލީންގެ އާއިލާޔާ އަހަރުމެންގެ އާއިލާއަކީ ވިޔަފާރީގަވެސް ނުލާހިކު އެކުވެރި ބައެއް އެހެންމަ އަހަރުމެން ދެބައިމީހުންގެވެސް ގުޅުން ވަރުގަދާ ވީނު މިހާރު..” ނިޒާރުގެ އަޑުގައިވީ އުފާވެރިކަމެވެ. ނަމަވެސް އޭނާގެ ހިތުގައި ވާ އެއްޗެއް ދެނެވޮޑިގަންނަވަނީ ހަމަ އެންމެ ފަރާތެކެވެ. “އެކަމު މަށަށް ހިއެއް ނުވޭ އެދެމީހުން ގުޅޭ ހެންނެއް..ކައިލީން އުޅެނީ ގިނަ ވަގުތު ޑިއުޓީގަ އަލަމް އަބަދުވެސް އޮފީހުގަ..ދެން ގެއަށް އަޔަސް ވާހަކަ ދައްކާ ތަނެއް ނުފެނޭ..އަލަމް ދޮންބެއާ އޭނާ އަންހެނުންނާ ކިހާ ތަފާތު..” ދިޔާނާގެ ހިތުގައިވާ ނުތަނަވަސްކަން ފިލާ ކަމަކަށް ނުވިއެވެ.

“ހުރިހާ ޖޯޑެއް އެއްވައްތަރެއް ނުވާނެއެއްނު..ވެދާނެ އެއްނު އެ ދެކުދިންނަށް މީހުން ކުރިމަތީ މާ ގުޅިގެން އުޅެން ނުކެރެނީ ކަމަށް..” ނިޒާރުގެ ވާހަކަތަށް ހުރީ އަލަމްއާއި އެއްކޮޅަށެވެ. “މަށަށް ފެންނަނީ އެދެމީހުންނަށް ރިސޯޓު ދަތުރެއް ދޭން..އޭރަށް އެއްކޮށް އެހެން ގޮސް އުޅެ ހަދާލީމަ ގުޅުންވެސް ވަރުގަދަވާނު..” ދިޔާނާ ބުނެލިއެވެ. ނިޒާރުވެސް އެހިޔާލާ ގަބޫލު ކަން އެނގިގެން ދިޔައީ އޭނާ ބޯ ޖަހާލުމުންނެވެ.

** ** ** ** **

އާދަޔާޙިލާފަށް ވައި ގަދައެވެ. ގަސްތަށް ދިޔައީ އެ ވަޔާއެކު ވިހުރެމުންނެވެ. ފަތްތަށްވެސް ގަހުން ވަކިވެގެން އުދިހިގަނެއެވެ. ދޫނި ސޫފާ ސުއްިޕަށްވެސް އުދުހެން އުނދަގޫވާފަދައެވެ. މުޅި މާހައުލަށް ވަނީ ވައިގެ ތޫފާނެއް އަރާފައެވެ. ގަސްތަކު ތެރޭއިން ހިނގާފައި ދިޔަ ނިކްޔަލްގެ ގަދަ ބްލޮންޑު ކުލައަކަށް ދާ ފަން އިސްތަށިގަނޑާއި އޭނާގެ ލައިގެން ހުރި ކަޅު ޖެކެޓުވެސް ދިޔައީ އެ ރޯޅިތަކުގެ ބާރުގައި ވިހިރެމުންނެވެ. އަވަސް ފިޔަވަޅުތަކެއްގައި ނިކްޔަލް ހުއްޓިލީ ހުދު ކުލައިގެ ގެއެއްގެ ދޮރުމަތީގައެވެ. ގޭތެރެއަށް ވަދެ ދެފިޔަވަޅުވެސް ނޭޅެނީސް ދުވެފައި އައި އަންހެން ކުއްޖާ ބައްދައިގަތީ އޭނާ މެދުހަށީގައެވެ.

“ކޮންތާކު އުޅެފަ..އައި ވޯސް ވޮރިޑް..” ނިކްޔަލްގެ މޫނުގައި ނަދުވާ ފިރުމާލިއެވެ. މި ޢަމަލުން ނިކްޔަލްއަށް އުނދަގޫވީ ކީއްވެކަމެއް ޙުދު އޭނާއަކަށްވެސް ނޭނގެއެވެ. ” މަ ބުނީމެއްނު އިންސާނުން އުޅޭ ހިސާބަށް ނުދާށޭ..ނިކް އަށް ގޮތެއް ވެއްޖިއްޔާ އައި މައިޓް ޑައި..” ނަދުވާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތަށް ނިކްޔަލްގެ ހިތަށް މިއަދު އަސަރު ނުކުރުމުން އޭނާ ހައިރާންވިއެވެ. އެއީ އެއްއިރެއްގައި އޭނާ އެންމެ ލޯބިވީ މީހާއެވެ. ހަތަރު އަހަރު ވިޔަސް ފޫހި ނުވި ލޯބިވެރިޔާއާ މެދު މިއަދު ފަރުވާ ކުޑަކުރެވުނީ ކީއްވެކަމެއް ނޭނގުނެވެ.

“މަ ވަރަށް ވަރުބަލި ނަދޫވެސް ދެން ދޭ ނިދަން ގެއަށް..” ނަދުވާ ދުރުކޮށްލަމުން ނިކްޔަލް އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. “ނިކްޔަލް…މި ދެދުވަސް ތެރޭގަ ނިކްޔަލްއަށް ތިހާ ބޮޑު ބަދަލެއްއައި ސަބަބަކީ ކޮބާ” ނަދުވާ ގޮވީމައިވެސް މަޑު ކުރާކަހަލަ ހިޔާލެއް ނިކްޔަލްއެއް ނުކުރިއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑު އެއަށްވުރެ ބޮޑެވެ.

އަމިއްލަ ކޮޓަރި ހުރަސްކޮށް ދެވުނު އިރުވެސް ނިކްޔަލް ހުރީ ހިޔާލެއްގައެވެ. ނަމަވެސް އެނާގެ ކޮޓަރިއާ ޖެހިގެން ހުރި މަންމަމެންގެ ކޮޓަރިން އިވެމުން ދިޔަ ވާހަކައަށް ނިކްޔަލްގެ ސަމާލުކަން ހުއްޓުނެވެ. “ނިކްޔަލް ކައިރީ އެވާހަކަ ބުނަން ވެއްޖެ ކަންނޭނގެ މިހާރު..އޭނާ އިނގިލީ އިން އަގޮޓީގެ ބާރުވެސް ކެނޑޭނީ ވިއްޔަ..” ނިކްޔަލްގެ މަންމަ ސާޖިދާ ބުނެލި އަޑު އިވުނެވެ. “ނޫން..އެސޮރު އަހަރުމެން ދެކެ ރުޅިއަންނާނެ އޭރުން..” ބައްޕަ އާޒިމް ދެކޮޅު ހެދިއެވެ. “އެކަމު މިހާރު އެއީ ފުރާފުރިހަމަ ވެފަ ހުރި ފިރިހެނެއް..އޭނާއަށްވެސް ވިސްނޭނެއެއްނު..އަބަދު އެކަން ސިއްރުކޮށްފަކާވެސް ނުބޭއްވޭނެ ދޯ..” ސާޖިދާ ބުނި އަޑުއިވުނެވެ. ނަމަވެސް އާޒިމްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ.

ހުރިހާ ވާހަކައެއް އަޑުއަހަން ކޮޓަރި ދޮރުގައި ކަންފަތް ޖައްސާލައިގެން ހުރި ނިކްޔަލްގެ ދެބުމަ ގޮށްޖެހުނެވެ. އޭނާގެ އަތުގައި އޮތް އަގޮޓިއަށް ބަލާލިއެވެ. އެ އަގޮޓި ނެގޭތޯ ނިކްޔަލް ކުރި މަސަތްކަތް އެހެން ފަހަރުތަކެކޭ އެއްގޮތަށް ނާކާމިޔާބު ވިއެވެ. “މަށަށް ސިއްރުކުރަނީ ކޮންކަމެއްބާ” އަމިއްލަ ނަފްސާއި އޭނާ ސުވާލުކޮށްލިއެވެ.

(ނުނިމޭ)

Comments (11)

  1. Khadhee

    ❤️??

  2. Naaya

    Wow. Waiting for next part. When is next part. I love this story

  3. Gud❤

    Wow…. curiously waiting…

  4. Mal

    Wow vrh reethi story ..???whn next part

  5. @AL@A

    vrh reeth i

  6. XAINA ?

    OMG…. IT’S BEAUTIFUL….. WAITING…..

  7. Aegi Gom ?

    Wow haadha reehchey feshun..dhn oih bai miahvureves reethivaane kamah unmeedhu kuran..best of luck dear ?

  8. shaha

    Varah reethi feshumeh.?? Waiting for next part.

  9. Nyctophile

    nice……….

  10. Rose

    When is the next part?

  11. Kate

    When next part dear just can,t wait this the first story y loabyge vaahaka mi kids curiously waiting and gooooood luck all the best this story is like?️?️?️?️?️?️?️?️

Comments are closed.