މެންދުރުގެ ހޫނު ވަގުތުގައި މަގުގެ އެއްކައިރިން ހިނގާފައި ދިޔަ ޒުވާން ފިރިހެން ކުއްޖާގެ މޫނުމަތިން ފެންނަމުން ދަނީ ވަރުބަލިކަމެވެ. ބަލާބެލުމަށް އެއީ ފަނަރަ އަހަރުގެ ކުއްޖެކެވެ. ލާފައި ވަނީ ކަޅުކުލައިގެ ޖިންސަކާއި ކަނޑު ނޫކުލައިގެ ގަމީހެކެވެ. އިސްތަށިގަނޑުގައި ފުނާ އަޅާފައިވާ ގޮތުން އެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އަތުގައި އޮތް މެދުވަރުގެ ޙަތިމުން އެ ދަނީ ޤުރްޢާން ކިޔަވަން ކަން ޔަޤީނެވެ. އޭގެ ކުޑަ ތަންކޮޅެއް ފަހަތުން ދެ އަންހެން ކުދިން އަންނަތަން ފެނެއެވެ. އެ ދެ ކުދިންވެސް އެދަނީ ޤުރްޢާން ކިޔަވަންކަން ހާމަވަނީ އަތުގައި އޮތް ޙަތިމުންނެވެ. ކަޅުކުލައިގެ ބަޓަފުލައި އަބާޔާއަކާއި ކަޅުކުލައިގެ ބުރުގަލެއް އަޅައިގެން ހުރި އަންހެން ކުއްޖާ ބަލާބެލުމަށް ވައްތަރީ ފަނަރަ އަހަރުގެ ކުއްޖަކާއެވެ. ކާރީގައި ހުރި ކުޑަ އަންހެން ކުއްޖާ ވައްތަރީ ތޭރަ އަހަރުގެ ކުއްޖަކާއެވެ. ލާފައިވާ ނޫ ކުލައިގެ ޖިންސާއި ވައިލެޓް ކުލައިގެ ޓޮޕް ކޮޅުން އެއީ ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން ހާމަވެއެވެ. ” ދޮންތާ ބަލާ! އެއޮށް ދަނީ ދޮންތަގެ ހޭންޑްސަމް.” އެތާހުރި ކުޑަ އަންހެން ކުއްޖާ އޭނަގެ ދޮންތައާއި ދިމާއަށް ކުރިމަތިން ދިޔަ ފިރިހެން ކުއްޖާއަށް ބުނެލިއެވެ. ”މީޝާ ގާތު ކިތައް ފަހަރު ބުނާނީ އެއީ ދޮންތަގެ ހޭންޑްސަމް އެއް ނޫނޭ! ދޮންތަ އަދި ނޫޅެމޭ މީހަކާ ހެދިއެއް! އެތާހުރި ބޮޑު އަންހެން ކުއްޖާ އޭނާގެ ކޮއްކޮ އަށް ބުނެލިއެވެ. ”ބަލަ ދޮންތައެއް ނޫންތަ ބުނީ އެއީ ދޮންތަގެ ހޭންޑްސަމް އޭ! މީޝާ އޭނާގެ ދޮންތަ އަށް ރައްދެއްދިނެވެ. ”މީޝާ! އެއީ ދޮންތަ މަޖަލަކަށް ބުނި އެއްޗެކޭ…. މީހަކަށް މަޖަލަކަށް އެއްޗެއް ބުނެލެވެން ވެސް ނެތެންނު މިހިރި ބޮޑު އަނގައާ ހެދި…… މުޅި އުމުރަށް ވެސް ދެން ކިޔާނެ….” މީޝާގެ ދޮންތަ އެހެން ބުނެފައި ގޮސް ކިޔަވަން ދާ ގެއަށްވަނިއެވެ. އައިޒަން! ކިޔަވާ! ކިޔަވާއްތަ ބުނެލިއެވެ. ”ދޮންތާ… ދޮންތާ..ހޭންޑްސަމް ކިޔަވަން ފަށަނި” ހަމައެކަނި ދޮންތައަށް އަޑު އިވޭވަރަށް މީޝާ ބުނެލިއެވެ. މީޝާ އެ ބުނިއެއްޗެއް އަޑު އިވޭކަމަށް ވެސް ހަދާނުލައި އޭނާގެ ދޮންތަ އިނެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން އައިޒަން ކިޔަވަން ފެށިއެވެ.އައިޒަން ކިޔަވާ ނިމުމުން ދެން ކިޔަވާއްތަ ޖެއްސީ މިޝާގެ ދޮންތަ ނިފްޝާއަށެވެ. މީޝާ އޭނާގެ ދޮންތައާ ދިމާއަށް މީހުން ލަދުގަންނަވާލާ ކަހަލަ ގޮތަކަށް ބަލާލިއެވެ. ނިފްޝާ އަޅާނުލާ ކިޔަވަން ފެށިއެވެ. އެންމެން ކިޔަވާ ނިންމައިގެން ގެއަށް ދިއުމަށް ހިނގާގަނެވެ.ނަމަވެސް މީޝާ އާއި ނިފްޝާ ކިޔަވާ ގެއިން ނިކުމީ ތަންކޮޅެއް ލަހުންނެވެ. ”މި މީޝާގެ ކަންތަކޭ! ދެންވެސް ކިޔަވާގޭގަ ވާހަކަ ނުދައްކާތި! އެންމެން ދިޔަފަހުން އަހަރެމެންނަށް ގެއަށް މިދެވެނި….”ނިފްޝާ ބުނެލިއެވެ. ”ދޮންތާ މީޝްއަށް ހީވަނި ކިޔަވާއްތައަށް ވެސް އެނގޭހެން…” މީޝާ އެއްޗެއް ވިސްނަލާފައި ބުނެލިއެވެ. ” ކޯއްޗެއް؟؟”ނިފްޝާ އެއްޗެއް ނުވިސްނޭ ފަދައަކުން އަހާލިއެވެ. ” ދޮންތައާއި އެ ހޭންޑްސަމް……….”މީޝާއަށް ޖުމުލަ ފުރިހަމަ ނުކުރެވެނީހެން ނިފްޝާ އޭނާގެ ގައިގާ ޖަހާލިއެވެ. ދެ މީހުން ގެއަށް ދިޔައީވެސް ހަމަ ސަކަރާތުގައެވެ. ******************* ”މީޝާ އަވަސް ކޮށްބަލަ.. މިހާރު ކޮން އިރެއް މިހެން ކިޔާތާ….. މިދަނީ މިދަނީ ކިޔާތާ ވެސް ކޮން އިރެއް… ހަތަރެއް ޖަހާއިރު ދާން އުޅުނި މީހާވިއްޔަ… މިހާރު އެހެރި ހަތަރު ގަޑި ބައި ވީ އޭ…. ދެން ނިކުންނަން ވީ..!” މީޝާ ލަސް ކަމުން ނިފްޝާ އޭނާ އާ ދިމާއަށްހަޅޭލަވައިގަތެވެ. ”ސާބަހޭ ދޮންތާ…. ހާދަ ކެތްތެރިކަން ކުޑައޭ ދޯ…. ތިވަރުން ކިހިނެއް އުޅޭނި..” މީޝާ ބުނެލިއެވެ. ”ކެތްކުރިކަމަށް ވާނި މިތާ ފާރުބުޑުގަ އިނދެގެން މަރުވީމަތަ؟” ނިފްޝާ މަޖާ ކޮށްލަމުން ބުނެލިއެވެ. ”ހެހެހެހެހެހެހެ………… އަނެއްކާ މަރުވަންދެން މިތާ ފާރު ކާރީ އިންނާނީކީ ނޫން އިނގޭ….” މީޝާވެސް އެ މަޖަލުގައި ބާވެރިވިއެވެ. ”ހަހަހަހަ…….މަންމާ މިދަނީ ހިނގާލަން…. އެންމެ ރަނގަޅު ދޯ؟” ނިފްޝާ އޭނާގެ މަންމަގެ ހުއްދަ ހޯދިއެވެ. ”ހުމް…… އެކަމު ބަންގި ނުގޮވަނީހެން ގެއަށް އަންނާތި އިނގޭ!” ހުއްދަ ދެމުން މަންމަ ބުނެލިއެވެ. ”ލައްބަ މަންމާ!އަޅުގަނޑުމެން މިދަަނީ މުޅި އުމުރަކަށް ނޫނެއްނު… ދެން އަވަހަށް އަންނާނު…. މަންމަ ހާސްނުވެބަލަ އަޅުގަނޑުމެންނަކަށް ކަމެއް ނުވާނޭ…. ” މީޝާ އޭނާގެ މަންމަ ގާތު ބުނެލިއެވެ. ”ހުމް.. ދެން ހެޔޮލޭ….އަވަހަށް ދޭ ދެން..”މަންމަ ބުނެލިއެވެ. ލިންކުރޯޑުގެ ބޮޑުމަގުން ހިނގާފައި އަންނަ ދެ އަންހެން ކުދިންނަށް ވަނީ ގިނަ ލޯ ތަކެއް އަމާޒުވެފައެވެ. ކަނޑު ނޫ ކުލައިގެ ބަޓަފުލައި އަބާޔާ އަކާއިއެކު މުށި ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި ނިފްޝާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އޭނާގެ ނުފިލާ ހިނިތުންވުމެވެ. މޭކަޕްއަކާއި ނުލައިވެސް ނިފްޝާ އެހައި ރީއްޗެވެ. ނިފްޝާ ދީނާ އެއްގޮތަށް ހެދުން އަޅާއިރު މީޝާ އަކީ އޭގެ އިދިކޮޅެވެ. ކަޅު ކުލައިގެ ސްކިނީ އަކާއި ފަލަމަސް ގަނޑާއިހަމައަށް އަންނަ ރަތް ކުލައިގެ ހެދުމާއިއެކު ކަޅުކުލައިގެ ޝޯލް އަޅާފައިވާ މީޝާގެ ރީތި ކަން ވެސް އިންތިހާއެވެ. ކޮށްފައިވާ ގަދަ މޭކަޕް އިން އެ ރީތި ކަން ދެގުނައެވެ. އެދެ ކުދިންނަށް ގިނަ ލޯ ތަކެއް އަމާޒުވެފައިވީ ނަމަވެސް އެއިން އެއްވެސް ކަމަކަށް އަޅާލާ ހެނެއް ހިޔެއްނުވެއެވެ. ހީވާގޮތުން ދެމީހުން ވެސް ތިބީ އަމިއްލަ ވަާހަކާގައެވެ. ނިފްޝާ އަކީ ޤުދުރަތީ ރީތި މަންޒަރުތަކަށް ލޯބިކުރާ ކުއްޖެއްކަމުން އޭނާ ދިޔައީ ފޯނުގައި އެ ރީތި މަންޒަރުތައް ރައްކާކުރަމުންނެވެ. އަދި މީޝާ ރުޅިއެރުވުމުގެ ގޮތުން ދިޔައީ ތަފާތު އެކި ވާހަކަ ދައްކަމުންނެވެ. ނަމަވެސް މީޝާ ދަނީ އެކަމުން ނިފްޝާއަށް ވުރެ ކުރި ހޯދަމުންނެވެ.ނިފްޝާ ބުނެލާ ކޮންމެ ބަހަކަށް މީޝާ ދިޔައީ ރައްދު ދެމުންނެވެ. ” ދޮންތާ ބަލާބަލާ.. އެހެރަ އަނަނީ ދޮންތަގެ ހޭންޑްސަމް… ދޮންތަ ހަމަ ކުރާ ކަންތަކޭ އޭނާވެސް އެކުރަނި.. ބަލާބަލަ ހަމަ ދޮންތަފޮޓޯނަގާތީ އޭ އޭނާވެސް އެ ނަގަނި….” މީޝާ ބުނި ވާހަކައިން ހަމަ ރަނގަޅަށްވެސް މިފަހަރު ނިފްޝާ ރުޅި އައެވެ. ”މީޝް އަށް ކިހިނެއް ހެދީމަތަ ދޮންތައާއި ނުބެހޭނި އޭނައޭ ކިޔާގެން….. ދެން ހަމަ މަންމަ ކާރީ އިނގޭ ބުނާނި..ދޮންތައަށް ހީވަނި މީޝް ހެން އުޅެނި އައިޒަންއާ ހެދި.. އެހެންވެ އެއްނު އަބަދު އެނަން ދުލުން ބޭރުވަނި…”ނިފްޝާ ވެސް ގޮތްދޫކުރާ ޙިޔާލެއް ނުކުރެއެވެ. ”ނޯ ވޭ ދޮންތާ… އަޅުގަނޑެއް ނޫޅެން އޭނަ އާ ހެދިއެއް… ހުއް.. ދެން އަޅުގަނޑެއް ވެސް ނޫޅޭނެ ދޯ ދޮންތަ އިންނަން އުޅޭ ކުއްޖަކާ ހެދިއެއް… ދޮންތަވެސް ދައްކާ ވާހަކަ…” މީޝާވެސް ގޮތް ދޫ ކުރާ ޙިޔާލެއް ނުކުރިއެވެ. ނިފްޝާ ފަހުން އެއްޗެއް ބުނާކަހަަލަ ޙިޔާލެއް ނުކުރިއެވެ. އެއީ ފަށައިގެން އުޅޭ ވާހަކަ ނިންމާލުމުގެ ގޮތުންނެވެ. ”ދޮންތާ އެއްޗެކޭ ނުބުނާނަންތަ؟” ހިމޭންކަމުގެ އެވަގުތުކޮޅު ދުއްވާލީ މީޝާއެވެ. […]
މީތަންގެ ޕާސް ތެރޭގައި އޮތް ފޮޓޯ ގަނޑަށް ނަޒަރު ހުއްޓިފައި އަޔާން ހުރީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައެވެ. “ޝީ އިޒް ޓޫ ކިޔުޓް.” ޕާސް ތެރެއިން ފޮޓޯގަނޑު ނަގަމުން އަޔާން އަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. އެފޮޓޯއަކީ މީތަންގެ ފޮޓޯއެކެވެ. މީތަންގެ ލޮލުގައި އޮންނަ ކަޓް އައިނު ގަނޑެއްވެސް އެފޮޓޯގައި ނެތެވެ. މެރޫން ކުލައިގެ ކުރު ހެދުމެއް ލައިގެން ހުރިއިރު މީތަންގެ ރީތިކަން ބަލައި ފޫހިނުވެއެވެ. ކުއްލިއަކަށް މީޓިން ރޫމް ދޮރު ހުޅުވުނު އަޑަށް އަޔާން އަށް […]
ބާރު ހިނގުމެއްގައި ހުޅުމާލެ ސެންޓްރަލް ޕާކް ފަހަނައަޅާ ދިޔަ ފަތްމިނި އަންހެން ކުއްޖާ ދިޔައީ އެތަކެއް ފިރިހެނުންގެ ހިތަށް ކަތިލަމުންނެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ފިނިފެންމަލެއްގެ ފިޔައެއް ފަދަ ތުނި ފިޔާތޮށި ތުންފަތެކެވެ. މޭކަޕެއް ކޮށްފައިނުވާ ދިގު އެސްފިޔަތަކަކާއި ބޮޑު ދެލޮލުވެ. ފުންކަނޑެހާ ފުން ހެޒެލް ދެލޮލުގެ ބާރު ގަދައެވެ. ބައްޓަން ރީތި އަންހެންވަންތަ ހަށިގަނޑެކެވެ. އޭނާ ލައިގެން ހުރީ ގަޔަށް ދޫ ހަދުމެއް ކަމުގައިވިޔަސް ޖެހެމުން ދިޔަ ބާރު ވައިރޯޅިތަކާއެކު އެ ހެދުން ހަށިގަނޑުގައި ބީހިލައެެވެ. ޒުވާން […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ދިރި އުޅުމަށް ހިޔާވަހިކަން ބޭނުން ވެއެވެ. ކޮންމެ މީހަކަށްވެސް ރަނގަޅު ރަޙުމަތްތެރިން ބޭނުން ވެއެވެ. ރަނގަޅު ކަމަކަށް މެނުވީ ނުގޮވާނެއެވެ. ކަމެއް ދަމެއް ބޮޑުވާ ހިނދު އެހީތެރި ވެދޭނެއެވެ. ކޮންމެ ކަމެއްގައި ތިމާފަދައިން ވުމަށް އެދޭނެއެވެ. ޢާއިލާއަކީ އޭނާގެވެސް ޢާއިލާ ކަމުގައި ހިތާނެއެވެ. ޖާނާއި މާލުން ޤުރްބާން ވުމަށް ތައްޔާރު ވާނެއެވެ. ރަނގަޅު ރަޙުމަތްތެރިއެއް ލިބުމަކީ ނަސީބު ރަނގަޅު ކަމުގެ ހެޔޮފާލެކެވެ. ރަނގަޅު ރަޙުމަތްތެރިން މަގުދައްކައެވެ. ނަފްސުގެ އަގަށްވުރެ ރަޙުމަތްތެރިޔާގެ އަގުބޮޑުކަމުގައި ދެކޭނެއެވެ. […]
”އިތުރު މީހަކަށް މިފޮޓޯތައް ނުދައްކާތި!، އައިލް ހޭންޑްލް ދިސް!…” ރުކާން އެލީނާއަށް ބަލާލަމުން ބުނެލިއެވެ. އޭނަ ބޭނުންވީ އިހަށް އެކަންތައް ސިއްރެއްގެ ގޮތުގައި ބާއްވާށެވެ. ކުއްލިއަކަށް ސޯފާއިން ތެދުވުނު ރުކާން އެލީނާ އަތަށް ފޯނު ދިނުމަށް ފަހު ދިގު ފިޔަވަޅުތަކެއް އަޅަމުން ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާއަށެވެ. އޭރު އޭނަގެ މުށް ބާރުކޮށްލެވިފައި ވާއިރު ދެލޮލުން ރުޅިވެރިކަމުގެ ހައިޖާނެއް އުފެދިފައިވާތަން ފެނެއެވެ. ބޭރު ގައުމަކަށް ގޮސް އެފަދަ ވިޔާނުދާ ގޮތަކަށް ތޫގާ އުޅެފާނެކަމަށް ހިތަށް ވެސް ގެންނަން […]
” ނާޝް… ރެއިން… ދެން އާދޭ ސައިބޯން…… މިހާރު އެންމެން ސައިބުއީއޭ…. އަދޫ އެބައިން ތިމީހުން އަންނަންދެން… ދެން އަވަހަށް އާދެބަ….” ސަނާޝްއަށް ތެދުވެވުނީ މައިރާ ގޮވި އަޑަށެވެ. އޭރު މިހުރާން އޮތީ ލޯބި ގޮތަކަށް ސަނާޝްގައިގަ ބައްދާލައިގެން ނިދާފައެވެ. މިހުރާން ބައްދާލައިގެން އޮތް ގޮތުން ރޭގެ ހަނދާންތައް އާވެ ސަނާޝްގެ މޫނުމައްޗަށް ލަދުވެތި ހިނިތުންވުމެއް ވެރިކުރުވިއެވެ. ” ނާޝް…… ދެން އާދެބަ އަވަހަށް…. ޕްލީޒް..” މައިރާ ދެވަނަ ފަހަރަށް ގޮވާލުމުން ސަނާޝް ގަޑި ބަލާލިއެވެ. އޭރު […]
ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން އަހަރެން އިނީ ޓެރަހުގައި އޮފީސް މަސައްކަތެއްގައި މަސްއޫލުވެގެންނެވެ. އޮފީހުގައި މިރޭ އޮންނަ ބައްދަލުވުމަކަށް ތައްޔާރުކުރަންޖެހޭ ޕްރެޒެންޓޭޝަނެއް ނިންމާލުމަށެވެ. މަސައްކަތުގެ ތެރެއަށް ވަދެވިފައި އިންވަރުން އެތަނަށް މީހަކު އައިކަމެއްވެސް އަހަރެންނަކަށް ނޭނގުނެވެ. “ޕޮއް..” އަހަރެން ދިޔައީ ސިއްސައިގެންނެވެ. ސިއްސައިގެން ދިޔަ ވަގުތު މޭޒުގައި ފައިން ޖެހިފައި މޭޒުމަތީގައި ހުރި ކޮފީތަށި ބަންޑުންވިއެވެ. އަހަރެން ބަލާލިއިރު ކައިރީގައި ހެވިފައި ހުރީ އަހަރެންގެ ހަ އަހަރަށްދާ ފިރިހެން ދަރިފުޅު ޒައުލްއެވެ. “ދަރިފުޅާ! ބައްޕަ އަބަދުވެސް ބުނަމެއްނު […]
… ފުރަތަމަ އަހަރެންގެ ވާޖިބަކަށްވީ ޑިއުޓީއަށް *ސައިން އިން* ވެލުމެވެ. ހާޒިރީގައި ސޮއެ ކުރުމަށްފަހު، ކޮމްޕިއުޓަރު ހުޅުވާ މަސައްކަތައިގެން މަސްޢޫލު ވެއްޖައީމެވެ. ޚަބަރަކަަށްފަހު ޚަބަރެއް ލިޔަމުން ދިޔައީ އެއްވެސް ފޫހިކަމެއް ނެތި، އާދައިގެ މަތިން ވަރަަށް ވެސް ކަމާއި ވެގެންނެވެ. ކަމާއި ކަންފަށާ ޚަބަރު ލިޔަން އިން އަހަރެންނަށް ވަޤުތު ދިޔަގޮތް ވެސް ނޭނގުނެވެ. މިހާރު ހަވީރު ހަތަރެއް ޖެހީއެވެ. އަހަރެން މަސައްކަތް ކުރަން އޮތް ވަޤުތު ވެސް ހަމަވީއެވެ. *ސައިން އޮފް ވެލީ* މެވެ. ހާޒިރީގައި […]
ޝާމިން އަށް ވާހަކަ ތައް ކިޔައިދިނުމުން އެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްތަން ވެސް ހައްލުވިއެވެ. އެރޭ ތިން މީހުނ ގެއަށް ދާން ދިޔައި ހިންހަމަ ޖެހިފައިވާ ހިތަކާއިގެންނެވެ. އެހެންނަމަވެސް އެ ހަމަޖެހުން ދެމި އޮތީ މަދު ސިކުންތުކޮޅަކަށެވެ. މަލަކް އަށް އައި ފޯން ކޯލާއެކު މަލަކް ގެ އަތުން ފޯން ދޫވެގެން ވެއްޓުނެވެ. “މަލަކް… ދައްތަ އަށް ގޮތެއް ވަނީ… އަވަސް… އަވަސް އާދޭ ގެއަށް… ވެއްޓެނީ” ބަސާލާ ގެ ޖުމްލަތައް ކަންފަތުގައި ގުގުމަން ފެށުމާއެކު […]