Skip to content
އެސްފިޔަ

މޫނު ބަލާ ލޯގަނޑު މީހާގެ ސޫރަ ބުނެދެއެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ދިރި އުޅުމަށް ހިޔާވަހިކަން ބޭނުން ވެއެވެ.

ކޮންމެ މީހަކަށްވެސް ރަނގަޅު ރަޙުމަތްތެރިން ބޭނުން ވެއެވެ.

ރަނގަޅު ކަމަކަށް މެނުވީ ނުގޮވާނެއެވެ.

ކަމެއް ދަމެއް ބޮޑުވާ ހިނދު އެހީތެރި ވެދޭނެއެވެ.

ކޮންމެ ކަމެއްގައި ތިމާފަދައިން ވުމަށް އެދޭނެއެވެ.

ޢާއިލާއަކީ އޭނާގެވެސް ޢާއިލާ ކަމުގައި ހިތާނެއެވެ.

ޖާނާއި މާލުން ޤުރްބާން ވުމަށް ތައްޔާރު ވާނެއެވެ.

ރަނގަޅު ރަޙުމަތްތެރިއެއް ލިބުމަކީ ނަސީބު ރަނގަޅު ކަމުގެ ހެޔޮފާލެކެވެ.

ރަނގަޅު ރަޙުމަތްތެރިން މަގުދައްކައެވެ.

ނަފްސުގެ އަގަށްވުރެ ރަޙުމަތްތެރިޔާގެ އަގުބޮޑުކަމުގައި ދެކޭނެއެވެ.

ނިޔަތް ރަނގަޅު ނަމަ ޢަމަލު ސީދާ ވެދެއެވެ.

ރަނގަޅު ރަޙުމަތްތެރިއެއް ލިބިއްޖެ ނަމަ އެމީހާ ރަގަޅު ވެދެއެވެ.

ނުބައި މީހަކާއި ޖެހިއްޖެ ނަމަ އަގުވެއްޓި ދެއެވެ.

އަހިވަކާއިޖެހި އަހިވައް ފާވެއެވެ.

ރަޙުމް ނުކުރާނަމަ ރަނގަޅު ރަޙުމަތްތެރި އަކަށް ނުވާނެއެވެ.

ނަމުންވެސް ރަޙުމަތްތެރިޔާގެ މާތްކަން ހާމަވެއެވެ.

Comments (2)

  1. manje

    mee lhemehthoa???? noony liyumehthoa??

    1. ismail ali kaleyfaanu
      manje

      v.shukriyya.alhugandu hithun miee aalhemekeve.beynumaky mujthama ah masejeh dhinun

Comments are closed.