ހިތް އެދުނަސް… (18)
ޝާމިން އަށް ވާހަކަ ތައް ކިޔައިދިނުމުން އެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްތަން ވެސް ހައްލުވިއެވެ. އެރޭ ތިން މީހުނ ގެއަށް ދާން ދިޔައި ހިންހަމަ ޖެހިފައިވާ ހިތަކާއިގެންނެވެ. އެހެންނަމަވެސް އެ ހަމަޖެހުން ދެމި އޮތީ މަދު ސިކުންތުކޮޅަކަށެވެ. މަލަކް އަށް އައި ފޯން ކޯލާއެކު މަލަކް ގެ އަތުން ފޯން ދޫވެގެން ވެއްޓުނެވެ.
“މަލަކް… ދައްތަ އަށް ގޮތެއް ވަނީ… އަވަސް… އަވަސް އާދޭ ގެއަށް… ވެއްޓެނީ” ބަސާލާ ގެ ޖުމްލަތައް ކަންފަތުގައި ގުގުމަން ފެށުމާއެކު މަލަކް އަށް ނޫނެކޭ ބުނެވުނެވެ.
“މަލަކް ވަޓް ހެޕެންޑް”
“ދޮންތާ ކިހިނެތް ވީ؟” އަޔާން އަށާއި ޝާމިން އަށް އެއްފަހަރާ އަހާލެވުނެވެ.
“މަންމަ” މަލަކް އަށް ވާހަކަ ދައްކަން ދަތިވުމާއެކު ބުނެވުނީ ހަމައެކަނި އެވަރަށެވެ.
“މަންމަ… މަންމަ އަށް ކިހިނެތްވީ މަލަކް… ބުނެބަލަ… މަންމަ އަށް ކަމެއް ވީތަ؟ ކިހިނެތްވީތަ މަންމަ އަށް” ޝާމިން އަށް މަލަކް ގެ އަތުގައި ހިފައި ތަޅުވައިގަނެވުނެވެ. އެވަގުތު ޖެހި ބުދެއްހެން ހަރަކާތް ހުއްޓިފައި ހުރި މަލަކް ގެ ސިކުނޑި މަސައްކަތް ކުރަން ފެށިފަދައެވެ.
“މަންމަ އަށް ގޮތެއް ވެއްޖެ… އަވަސް…. ހިނގާ ޝާމިން ދާން… އަޔާން… މަންމަ އަށް ގޮތެއް ވެއްޖޭ… ބަސާލާ ގުޅާފަ ބުނީ… ޝާމިން ހިނގާ” ފަހަރަކު މީހެއްގެ މޫނަށް ބަލަމުން އަވަސް ހަރަކާތާއެކު މަލަކް ބުނަމުން ދިޔައެވެ. “ހިނގާ ދާން” ޝާމިން ވެސް އަވަސް އަވަހަށް ބުނެލިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ތިން މީހުން ނަށް ގެއާ ހިސާބަށް އާދެވުނު އިރު އާނިސާ އެންބިއުލާންސް އަށް އަރުވަނީއެވެ. އާނިސާގެ ގާތުގައި ބަސާލާ ހުރިއިރު އޭނާ އަށް ވެސް ހުރެވުނީ ރޮވިފައެވެ.
“މަންމަ އަށް ކިހިނެތްވީ؟” މަލަކް ކައިރިއަށް ޖެހިލާ ސުވާލުކޮށްލިއެވެ. އެތަނުގައި އެވަގުތު އަވައްޓެރިންގެ ދެމީހުން ހަރަކާތް ތެރިވަމުން ދިޔައެވެ. ބަސާލާ ވެސް އާނިސާ ގާތު ހުއްޓެވެ. ކައިރި ގެތަކުން ވެސް ކޮންމެވެސް ވަރަކަށް މީހުން މަގު މައްޗަށް ނުކުމެ ތިއްބެވެ. މަލަކް މަންމަ ގާތަށް ޖެހިލިއެވެ. ޝާމިން ވެސް މެއެވެ. ރޮމުން ދިޔަ މަލަކް މަސަލަސް ކުރުމަށްޓަކައި އަޔާން ވެސް މަލަކް އާއި ދާދި ގާތުގައި މަޑު ކޮށްލައިގެން ހުއްޓެވެ.
“އަޔާން” އުނދަގުލުން ކަހަލަ ގޮތަކަށް އާނިސާ އަޔާން އަށް ގޮވާލިއެވެ. އެއާއެކު އަޔާން އާނިސާ އާއި ދާދި ގާތަށް ޖެހިލިއެވެ.
“މަލަކް އަށް ބަލައްޗޭ” އާނިސާ އަށް ބުނެވުނީ އަޅައަޅައިގަންނަމުން ނުހަނު އުނދަގުލުންނެވެ.
އަޔާން ބޯ ޖަހާލުމާއެކު އަނެއްކާވެސް އާނިސާ އެއްޗެކޭ ބުނަން މަސައްކަތް ކުރިއެވެ.
“މަލަކް ކުރި ކަންތަކަށް މާފް ކޮށްދީފަ… އަޔާން މަލަކް…” އާނިސާ އަށް އިތުރަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.
“މަންމާ… މަލަކް އެއްވެސް ކަމެއް ނުކުރެޔޭ… މަލަކް އިޒް އިނޮސެންޓް… މަންމަ ހާސް ނުވޭ… އަހަރެން މަލަކް އަށް އަޅާލާލަން… ދެން އިތުރަށް ވާހަކަ ނުދައްކާ” އަޔާން އާނިސާގެ އަތުގައި ހިފާ އެ އަތަށް ބާރުކޮށްލުމާއެކު ބޯ ޖަހާލަމުން ވާހަކަ ދެއްކިއެވެ.
ނޭވާ ލާން އުނދަގޫވެގެން އާނިސާ ތެޅެމުން ދިޔައެވެ. އެންބިއުލެންސަށް އެރުވުމާއެކު އަވަސް ފަރުވާދޭން ފެށުނެވެ.
ވޭން އޭގެ އެންމެ ބާރު ސްޕީޑް ގައި ސައިރެން އަޅަމުން ގޮސް ހޮސްޕިޓަލަށް މަޑު ކޮށްލިއެވެ. އެވަގުތު އީއާރް ގައި ހަރަކާތް ތެރިވަމުން ދިޔަ އީނާލް ގެ އިތުރުން އެހެން ޑޮކްޓަރަކާ ނަރުސް ދެކުދިން އައެވެ. ރޮމުން ދޔަ މަލަކް ގައިގައި ލައްކޮށްލައިގެން ފޭބި އަޔާން ފެނި އީނާލް ގެ ހިތުގައި ސުވާލުތައް ފުނިޖެހުނެވެ. އެހެންނަމަވެސް މި ވަގުތަކީ އެ ކަހަލަ ސުވާލް ތައް ކުރެވޭ ވަރަށް ވުރެ ނާޒުކު ވަގުތަކަށް ވުމާއެކު އީނާލް ނިންމީ ހުރިހާ ސުވާލެއްގެ ޖަވާބު ފަހުން ހޯދާށެވެ. އާނިސާ ބޭލުމާއެކު އެމަރޖެންސީ ފަރުވާދޭބަޔަށް ގެންދެވުނެވެ.
އެތަނުގައި އާނިސާ އަށް ފަނަރަ މިނިޓް ފަރުވާ ދެވުނެވެ. އެހެންނަމަވެސް އިންސާނާގެ ފުރާނައަކީ ވަގުތު ޖެހުމާއެކު އެއްވެސް އިންސާނަކަށް ހިފެހެއްޓޭނޭ އެއްޗެއް ނޫނެވެ. ކިތަންމެ މޮޅު ޑޮކްޓަރަކާ ނަރުހަކަށް ވިޔަސް މެއެވެ. އާނިސާގެ ފުނާނަ ހަށިގަނޑާ ވަކިވެގެން ދިޔައީ ގާތް ގަނޑަކަށް އެރޭގެ އެގާރަ ގަޑި ފަނަރަ ހާއިރުގައެވެ. އާނިސާ އަށް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތް ތެރިވި ޑޮކްޓަރުންގެ ޓީމްގައި ހިމެނޭ އީނާލް ލޯ މަރާލުމަށްފަހު އެމަރޖެންސީ ބައިން ނުކުމެލިއެވެ.
އަޔާންގެ މޭގައި މޫނު ފޮރުވައިގެން ހުރެ ރޮމުން ދިޔަ މަލަކް ގާތު އަޔާން މަޑު މަޑުން ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. އެއާއެކު މަލަކް މޫނު އުފުލާލާ އީނާލް އާއި ދިމާލަށް ބަލާލިއެވެ. އަދި ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ގޮނޑީގައި އިށިނދެގެން އިން ޝާމިން ވެސް ތެދުވިއެވެ. ބަސާލާ ވެސް އެ ދިމާލަށް ޖެހިލިއެވެ.
މަލަކް އަށް އީނާލް ގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ.
“މަންމަ… ކިހިނެތްވީ މަންމަ އަށް… މަންމަ ރަނގަޅުތަ؟” މަލަކް އަށް އަވަސް އަވަހަށް ވާހަކަ ދެކެވުނެވެ.
އީނާލް އަޔާން އަށް ބަލާލިއެވެ. އީނާލް އެއަށްފަހު މަލަކް އަށް ބަލާލުމަށްފަހު ދެފަރާތަށް ބޯ ހޫރާލިއެވެ. އާނިސާގެ ފުރާނަ މި ދުނިޔެއަށް އަލްވަދާއު ކީކަން އެނގުމާއެކު މަލަކް އަށް ވީ ގޮތް ނޭނގުނެވެ. ޝާމިން ގެ ލޮލުގެތެރެއަށް ޖަމާވެފައި ވާ ކަރުނަތައްވެސް އޭގެ މަގާމް ދޫކޮށް ފައިބައިގަތެވެ. މަލަކް އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ގައިން ވަރު ދޫވަމުން ދިޔަ މަލަކްގެ ހަށިގަނޑުގައި އަޔާން ކުރިއަށް ޖެހިލާ ހިފައްޓާލިއެވެ. އަދި އެއަށްފަހު މަލަކް ގެ ބޮލުގައި މަޑު މަޑުން ފިރުމާލިއެވެ.
“ޝްޝްޝް” އަޔާން ގެ ލޯވެސް ވަނީ ފެންކަޅިވެފައެވެ. އެހެންނަމަވެސް އޭނާ މަލަކް އަށް ހިތްވަރު ދޭން ކެތްތެރިވަމުން ދިޔައެވެ. “ނޫން” މަލަކް އަށް ހުރިތަނުގައި އިށީނދެވުނެވެ. އަދި އެއަށްފަހު ބޮލުގައި ދެއަތުން ހިފައްޓާލެވުނެވެ.
“މަލަކް ޝްޝްޝް… އިޓްސް އޯކޭ… ކާމް ޑައުން” އަޔާން ބުނެލިއެވެ.
“ނޫން ނުން… މަންމަ އަދި މަރެއްނުވާނެ… އަޔާން ނޫން” މަލަކް ހަޅޭއްލަވައިގަތެވެ.
“މަލަކް… ކޮންމެ މީހަކީވެސް މަރުވާނެ މީހެއް… މަލަކް ގެ މަންމަ ބޭނުމެއްނުވާނެ މަލަކް ތިހެން ރޯކަށް… ހުއްޓާލާ އަވަހަށް… މަލަކް…” އަޔާން މަލަކް ގެ މޫނުގައި ދެފަރާތުން ހިފައިގެން އިނދެ އޭނާގެ ލޮލާ އެ ދެލޯ އަމާޒުކުރަމުން ވާހަކަ ދެއްކިއެވެ.
މަލަކް ދެފަރާތަށް ބޯ ހޫރަމުން ގެންދިޔައެވެ.
މަލަކް ރުއިމަ ޝާމިން އަށް ވާނީ ކިހިނެތް… ޔޫ ހޭވް ޓު ބީ ބްރޭވް…” އަޔާން މަލަކް އަށް ހިތްވަރު ދެވޭތޯ މަސައްކަތް ކުރިއެވެ. ޝާމިން ގާތަށް މަލަކް ތެދުވެ ދުއްވައިގަތެވެ. “ދެން މަންމަ އެއް ނާންނާނެ” މަލަކް ބުނެލިއެވެ. ޝާމިން ކަރުނަތަށް ފޮހެމުން ދިޔަނަމަވެސް ތާޒާ ކަރުނައިން އޭނާގެ ލޯ ވެސް ފުރެމުން ދިޔައެވެ.
އާނިސާގެ ފުރާނަ ނެތް މަސްގަނޑު ނެރެވުމާއެކު ޝާމިން އަށާއި މަލަކް އަށް އެދިމާލަށް ދުއްވައިގަނެވުނެވެ. ބަސާލާ ވެސް މަޑު ފިޔަވަޅުތަކުގައި ދިޔައެވެ. މޫނުމަތީގައި އަޅާފައިވާ ފޮތިގަނޑު މަޑު މަޑުން ކަހާލުމާއެކު މަލަކް އަށް ބާރަށް ރޮއިގަނެވުނެވެ. އެއާއެކު އެނާ އަނގަމަތީގައި ބާރަށް އަތް އެޅިއެވެ. އެ އަޑު ބޭރުވިޔަ ނުދިނުމަށެވެ. އެހެންނަމަވެސް މަލަކް ގެ ވޭނީ ގިސްލުމުގެ އަޑެއް ނުހުއްޓެވުނެވެ.
މަލަކް ގާތަށް ޖެހިލުމަށްފަހު އަޔާން މަލަކް ގެ އަތުގައި ހިފައްޓާލާ ހިތްވަރު ކުރުމަށް އެދުނެވެ. “ނޫން” މަލަކް ގެ އަނގައިން ބެރުވަމުން ދިޔަ ވޭނީ އާހް ތަކުން އަޔާން ގެ ހިތަށްވެސް ތަދުވަމުން ދިޔައެވެ. އެންމެ ފަހު ފަހަރަށް މަލަކް ގެ މަންމަ އޭނާގެ ގާތުން އެދުނު އެދުން ފުއްދައިދިނުމަށް އަޔާން އަޒަމު ކަނޑައެޅީއެވެ. މިއަދަށްފަހު މަލަކް ގެ ކޮންމެ އުފަލެއްގެ ޒިންމާ ނެގުމަށް ހިތާ ހިތުން ވައުދުވިއެވެ.
މަލަކް ގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިއްކަކީ އުފަލުން ވެއްޓޭ ކަރުނަ ތިއްކަކަށް ހަދަން ބޭނުންވިއެވެ.
އަޔާން އާއި މަލަކް އަށް ސަމާލް ކަން ދީގެން ހުރި އީނާލް އަށް އެދެމެދުގައި އޮތީ ކޮންކަހަލަ ގުޅުމެއްކަން ގާތް ގަނޑަކަށް ޔަގީންވެގެން ދިޔަނަމަވެސް އޭނާ ބޭނުންވީ އަޔާން ގާތުން އޮޅުން ފިލުވާށެވެ. މަލަކް އުޅެމުން ދިޔަ ގޮތުން އީނާލް ގެ މޫނުމަތިންވެސް ހިތާމައިގެ އަސަރު ފެންނަމުން ދިޔައެވެ. ލޯބިވާ މީހަކު ތިމާ އާއި ވަކިވެގެން ދިޔުމަކީ ކިހާ ވޭން ހުރި ކަމެއްކަން ހަމައެކަނި އެ މަންޒަރުން އެކަނިވެސް އީނާލް އަށް ދެނެގަނެވުނެވެ.
“އިޓްސް އޯކޭ ބޭބީ؟” އަޔާން މަލަކް ގެ އިސްތަށިގަނޑުގައި ދަތްދޮޅި އަޅުވާލަމުން ބުނެލިއެވެ. މިވަގުތު މަލަކް އާއި އެންމެ ގާތުގައި ހުންނަ މީހަކަށް އަޔާން ވާން ބޭނުމެވެ.
“ބީ ބްރޭވް ދޮންތާ؟” ހިތްވަރު އެލެމުން ދިޔަނަމަވެސް ދޮންތައަށް ވަމުން ދިޔަ ވަރު ފެނި ޝާމިން އެ ދިމާލަށް އައިސް ބުނެލިއެވެ.
ހޮސްޕިޓަލުން އާނިސާގެ ހަށިގަނޑު ގެއަށް ގެންދެވުނީ ކަށުކަމާ ކެމީގެ ކަންތައް ތައް ކޮށް ވަޅުލުމަށެވެ. ގާތްއަވައްޓެރިންނާއި ތިމާގެ މީހުންގެ އިތުރުން އަވައްޓެހިންވެސް އެ ގެއަށް ޖަމާވެ ތައުޒިޔާ ކިޔެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ހިތާމަ ވެރިކަމެވެ. މަޑުމޮޅިކަމެވެ.
ކަށުކަމާކެމީގެ ކަންތައް ކޮށް ނިމި މޫނު ދެއްކުން ކުރިއަށް ދިޔަ ވަގުތު މަލަކް އަށް ހުރެވުނީ ޖެހިބުދެއްހެން ހުއްޓިއެވެ. އެ ހިނދު މޭގައި އަތް އަޅާލެވުނީ މަންމަ ދެން ނުފެންނާނޭ ހިތަށް އެރުމުންނެވެ.
މަލަކް ގެ އެންމެ ގާތުގައި ހުރި އެކަކީ އަޔާން އެވެ.
“ބައްޕާ ބައްޕާ” ދުވަމުން ކަހަލަ ގޮތަކަށް ގޭތެރެއަށް ވަދެގެން އައި އައިމަން ގޮވާލިއެވެ. ސޯފާގައި ނޫހެއްކިޔަން ހަމަޖެހިލައި އިން ނާޖިދު އައިމަން އަށް ބަލާލަމުން ނޫސް ލައްޕާލިއެވެ.
“ކީކޭ ދަރިފުޅާ… ތަނެއްގަ ރޯވީތަ؟” އޭނާގެ އަޑުން ހިންހަމަ ނުޖެހުމުގެ އަސަރު ކުޑަކޮށްފެނިލިއެވެ.
“ރޯ ވުމަށް ވުރެ ބޮޑު ކަމެއް ވެގެން މިއުޅެނީ… އިނގޭތަ… މިރަށު އާނިސާ މަރުވެގެން އެބަ އުޅޭ… މަލަކް ގެ މަންމަ… މީހަކު ބުނި އަޔާން އެބަ ހުއްޓޯ އެ މަލަކް ގާތު ކަރުނަ ފޮހެދޭން” އައިމަން ގެ ވާހަކަ އާއެކު ނާޖިދުއަށް ފުންމައިގެން ތެދުވެވުނެވެ. އޭނާ އައިމަން އަށް ބަލާލަމުން “ކީކޭ ހޭ” އަދި އެއްފަހަރު އަހާލިއެވެ.
“އަނެއްފަހަރު އެ އަންހެނާ ކައިރިއަށް ދިޔައީ ދޯ” ނާޖިދު ގެ އަޑަށް ރުޅިވެރިކަން ވެރިވެފައވެއެވެ.
މޫނު ދައްކާ ނިމުމަށްފަހު މޫނު އެޅުމަށް ރެޑީވި ވަގުތު މަލަކް އަށް ހީވީ ކަރަންޓް ޝޮކެއް ޖެހުނުހެންނެވެ. ތެޅިގަނެފައި ގޮސް މަންމަގެ ގައިގައި ހިފައިގަތެވެ.
އަޔާން މަލަކް ގެ ފަހަތުން ގޮސް މަލަކް މަތަ ކުރަން އުޅުނު ކަމުގައި ވިނަމަވެސް އޭނާ އަށް ވެސް އެކަން ކާމިޔާބެއް ނުވިއެވެ. އަމިއްލަ ދޮންތަ އުޅޭ ގޮތް ބަލަން ކެތް ނުކުރެވިގެން ޝާމިން ވެސް އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.
މީހާ ހަމަޖެހިލަމުން އޭނާ ވެސް މަލަކް އާ ދިމާލަށް ހިނގައިގަތެވެ. ޝާމިން އާއި އަޔާން އާއި ދެމހުންވެގެން ވެސް މަލަކް ހިފެހެއްޓެނީ ވަރަށް ވަރުންނެވެ. ތެޅެމުން ދިޔަ މަލަކް ގެ ހަރާކަތް ތަކަށް މަޑުކަމެއް ވެރިވުމާއެކު އަޔާން މަލަކް އަށް ބަލާލިއެވެ. މަޑު މަޑުން މެރެމުން ދިޔަ މަލަކް ގެ ދެލޯ ފެނުމާއެކު އަޔާން އަށް މަލަކް އަށް ގޮވާލެވުނެވެ. އެހެންނަމަވެސް މަލަކް ގެ ހަބަރު ހުސްވެގެން ވެއްޓުނީއެވެ.
އާނިސާގެ މޫނު އެޅުމާއެކު ކަށުނަމާދު ކޮށް ވަޅުލަން ގެންދެވުނެވެ. އެންމެ ކުރީ ސަފުގައި ޝާމިން ހުއްޓެވެ. އަޔާން ވެސް މަލަކް އަވައްޓެރިންނާ ހަވާލުކޮށްފައި އެންމެން ނާއެކު ދިޔައެވެ.
ސަހަރާއަށް ގެންދެވުނު ސަންދޯއް ވަޅަށް ތިރި ކޮށްލި ވަގުތު ޝާމިން އަށް އޭނާގެ ދެލޯ މަރާލެވުނެވެ. އެ ހިނދު އަޔާން އޭނާގެ އަތް ޝާމިން ގެ ކޮނޑުގައި ޖައްސާލިއެވެ. ހިތްވަރު ކުރަން ބަހެއް ނުބުނު ކަމުގައި ވިޔަސް އެ އަމަލް އެކަމަށް ފުދެއެވެ. ޝާމިން ބޯޖަހާލިއެވެ.
މަންމަ ވަޅުލާފައި ޝާމިން އާއެކު އަޔާން ވެސް ދިޔައެވެ. ގެއަށް ދިޔައިރުވެސް މަލަކް ހެޔެއްނާރައެވެ.
ރޭގަނޑުގެ ގެ ވަގުތުގައި މަލަކް މެން ގޭތެރޭގައި ވަނީ މަރުފަދަ ހިމޭންކަމެކެވެ. އެއްވެސް ދިރޭ ފުރާނައެއްގެ ހިލަމެއް ނުވާ އެގޭތެރޭގައި ތިބި އަޔާން އާއި ޝާމިން އާއިވެސް އެކަކު އަނެކަކާ ވާހަކަ އެއްނުދައްކައެވެ. ކޮންމެ މީހަކުވެސް ވަނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. މަލަކް އޮތީ އަދިވެސް ފުން ނިންޖަކުން ނިދާފައެވެ. މަލަކް ގެ ގާތުގައި އެރޭ ހަތަރު ދަމު އުޅުނު ހައްވަވެސް ގެއަށް ދިޔައީ ކުޑަދަރިންވެސް ނިންދަވަން ޖެހޭނެތީއެވެ.
އޭރު ގަޑިން ބާރަ ޖަހާ ބޮޑުވެއްޖެއެވެ. ބަސާލާ ވެސް ވަރުބަލި ވެފައި ހުރުމާއެކު ޝާމިން އާއި އަޔާން އޭނާ ނިދަން ކޮޓަރިއަށް ފޮނުވާލީއެވެ.
ގޭތެރޭގައި ހުރި ގަޑީގެ ކަށީގެ އަޑު ގެ އިތުތުން ދެން އިވެނީ ޖަހާފައިވާ ފަންކާގެ އަޑެވެ. ދިއްލާފައި ހުރި ބޮކިތަކުގެ ސަބަބުން ގޭތެރެ އޮތީ އަލިކޮށް ނަމަވެސް ގޭތެރެއިން ފެންނަނީ ފަޅުކަމެވެ. މަލަކް ހޭނާރާ ގިނަ އިރުވަމުން ދާތީ އަޔާން ގެ ކަންބޮޑުވުން އިތުރު ވަމުން ދިޔައެވެ.
މަލްކް ހޭ އަރާތޯ ދުޢާ ކުރެވުނު އަދަދެއްވެސް ނޭނގެއެވެ. އެންމެ ފަހުން ހިތަށް ކެތް ނުވުމާއެކު އޭނާ އީނާލް އަށް ގުޅާލިއެވެ. އަދި ޑިއުޓީ ނިމެނީ ކިހާއިރަކުތޯ އަހާލިއެވެ.
“ޑިއުޓީ ނިމިގެން މިހުރީ… އެމަރޖެންސީ ކޭސް އެއް ދިމާވީ… ގެއަށް ދާން މއުޅެނީ… ކިހިނެތްވީ ކުޑަބޭ…” އީނާލް އަހާލިއެވެ. “އީން ޑިއުޓީ ނިންމާފައި އާދެވިދާނެތަ… މި މަލަކް… މަލަކް މެންގެއަށް… މަލަކް އަދިވެސް ހޭ ނާރާ… މައްސަލައެއް އުޅެފާނެތަ؟ ވަރަށް އިރުވެއްޖެ… ހޮސްޕިޓަލަށް ގެންދަން ވީތަ ނޫނީ… ގެއަށް އައިސް ދީބަލަ މަލަކް ގާތު މިރޭ މަޑޫ ކޮށްލަދޭން” އަޔާން އީނާލް ގާތުން އެދުނެވެ.
އީނާލް އެއްބަސް ވަމުން ފޯން ބޭއްވިއެވެ. “ދެވަނަ ފަހަރަށް ވެސް އަޔާން ގުޅުމާއެކު އީނާލް ފޯން ނެގިއެވެ. “ކިހާ އިރެއްވާނެ އަންނަން އީން” އަޔާން އަހާލިއެވެ. “މިހާރު ދަނީ… ވަރަށް ލަސް ވެއްޖެ… ކުޑަބެ ބަލާ އާދެވިދާ” އީނާލް ގެ ޖުމްލަ ފުރިހަމަ ނުކޮށް އުޅެނިކޯށް ފޯން ކެނޑުނު އަޑު އިވުނެވެ. އެކަނި ވިޔަކަސް ރަނގަޅުވާނޭ ހިތާ އީނާލް އޭނާގެ ރޫމަށް ގޮސް ވަނެވެ. ދެން އޭނާ އަވަސްވެގަތީ އެއްޗެހި ތައް ނަގައިގެން މަލަކް މެން ގެއާ ދިމާލަށް މިސްރާބުޖެހުމަށެވެ.
އެދިޔަ މަގުމަތީގައި އީނާލް ޒައިން އަށް ގުޅާލިއެވެ. އަދި އެއަށްފަހު އޭނާ އަޔާން ބުނެގެން މަލަކް މެން ގެއަށް ދަނީކަމުގައި ބުނެލިއެވެ.
“އޯކޭ އީން” ނިދި އަޑުން ޒައިން ބުނި އަޑު އިވުމާއެކު އީނާލް އަށް ޒައިން އޮތީ ނިދާފައި ކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އެއާއެކު އޭނާ ލަސްނުކޮށް ފޯން ބާއްވަމުން މަންމަ އަށް ގުޅާފައި މިރޭ ގެއަށް ދެވެން ނެތް ވާހަކަ ބުނެލިއެވެ.
ފިޔަވަޅުތަކަށް ބާރު ކޮށްލަމުން އީނާލް މަލަކް މެން ގެ އާ ދިމާލަށް މިސްރާބުޖެހިއެވެ. އެ ހިސާބަށް އަރާ ހަމަވެފައި އޭނާ އަޔާން އަށް ގުޅާލިއެވެ. އަޔާން ދޮރުމައްޗަށް ނުކުތުމާއެކު އޭނާގެ ލޮލުގައި އީނާލް އަޅައިގަތެވެ. އެއާއެކު އޭނާ އީނާލް އަށް އައުމަށް އަތުން އިޝާރާތް ކޮށްލިއެވެ. އީނާލް ގޮސް އަޔާން ގެ ފަހަތުން ގޭތެރެއަށް ވަނެވެ. އަޔާން ގެ ފަހަތުން ގޮސް މަލަކް ގެ ކޮޓަރިއަށް ވަތް އީނާލް އަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އާދައިގެ އެ ކޮޓަރިތެރޭގައި ސިންގަލް އެނދަކާއި އަލަމާރިއެއްގެ އިތުން މޭޒެއް ހުއްޓެވެ. ކޮޓަރިން ވަދެވޭ ގޮތަށް ފާހާނާއެއް ހުރި އިރު ކުޑަވަރެއްގެ ޑްރެސިން ޓޭބަލް އެއްގެ އިތުރުން ދެ ގޮނޑި ހުއްޓެވެ. އެއްގޮނޑީގައި މަލަކް ގެ ކޮއްކޮ ޝާމިން އިން އިރު އޭނާ އަށް ވެސް އިނީ ނިދި ޖެހިފައެވެ. ފާރުގައި ހުދުކުލަ ލާފައި ވުމާއެކު ކޮޓަރިތެރޭގެ ސާފުތާހިރުކަން އިތުރު ވާހެން ހީވެއެވެ.
“ކިހިނެތްތަ ވީ؟” އީނާލް އަޔާން ގާތުން ސުވާލުކުރިއެވެ. އަޔާން ޖަވާބު ދިނުމާއެކު އީނާލް މަލަކް އާ ދިމާލަށް މިސްރާބުޖެހިއެވެ. އަދި މަލަކް އެގްޒޭމިން ކޮށްލުމަށްފަހު އިތުރު އެއްވެސް ކަމެއް ނެތް ކަމަށް ބުނަމުން އޭނާ ނިންމީ މަލަކް ހޭ އއަރަންދެން މަޑު ކުރުމަށެވެ.
އަޔާން ވެސް އެގޮތަށް އެއްބަސް ވިއެވެ.
“އެހެންވީމަ އީން މިރޭ މަޑު ކޮށްދޭނަން ދޯ މަލަކް ގާތު؟” އަޔާން ބުނެލިއެވެ.
“ހޫމް” އީނާލް ބުނެލިއެވެ.
އޭނާ މަލަކް ގާތު އިށީނެވެ.
އަޔާން ޝާމިން އަށް ގޮވާލިއެވެ. މޯޅިއަކަށް ދެމިލަމުން ތެދުވި ޝާމިން އަށް އީނާލް ފެނުމާއެކު ވެގެން އުޅޭ ގޮތް ނަގައިގަނެވުނެވެ. އަޔާން އަށް ބަލާލަމުން އޭނާ އަޔާން ގެ ފަހަތުން ނުކުތެވެ.
އިރުކޮޅަކުން މަލަކް ގެ އަތަށް ހަރަކާތެއް ވެރިވިހެން ހީވުމާއެކު އީނާލް މަލަކް އަށް ގޮވާލިއެވެ. ދެތިންފަހަރު އެސްފިޔަތައް ތަޅުވާލުމަށްފަހު އެ އެސްފިޔަ ތައް ދުރު ކޮށްލަމުން މަލަކް ލޯ ހުޅުވާލިއެވެ. އަދި ވަށައިގެން ނަޒަރު ހިންގާލިއެވެ. ބޮލުގައި ހިފައްޓާލަމުން އޭނާ ފުން ކޮން ދެތިން ނޭވާ ލިޔެވެ.
“ކުޑަބޭ” ގޭތެރެއަށް ނުކުމެ ހުރި އަޔާން އަށް އީނާލް ގޮވާލިއެވެ. އެއާއެކު އަޔާން ލަސްތަކެއް ނުވެ ކޮޓަރިއަށް ވަނެވެ. އޭނާގެ ފަހަތުން ޝާމިން ވެސް ވަނެވެ. ދެމީހުންގެ ލޮލުގައިވެސް ލޯ ހުޅުވާލައިގެން އޮތް މަލަކް އަޅައިގަތުމާއެކު އަޔާން އާއި ދެމީހުންނަށް ވެސް އެދިމާލަށް ދެވުނެވެ. މަލްކް ގެ އެއްފަރާތުގައި އިށީނަމުން އަޔާން މަލަކް ކުޑަކޮށް ހިއްލާލިއެވެ.
“ފެން” މަލަކް އަށް ބަލާލަމުން އަޔާން ބުނެލިއެވެ. ޝާމިން ގޮސް ފެންތައްތެއް ހިފައިގެން އައިސް އަޔާން އަތަށް ދިއްކޮށްލިއެވެ. އަޔާން މަލަކް ކުޑަކޮށް އޭނާގެ އެއްފަރާތުގައި ލައްކޮށްލައިގެން އިނދެގެން ފެން ތަށިން ފެން ފޮދެއް މަލަކް އަށް ދިނެވެ.
މަލަކް އަށް އަނެއްކާ ނިދުމާއެކު އަޔާން އާއި ޝާމިން އާއި ދެމީހުން ނުކުތީ އީނާލް މަލަކް ރަނގަޅުކަމުގައި ބުނުމުންނެވެ.
ކޮޓަރިން ނުކުމެ ގޭތެރެއަށް ނުކުމެލާފައި އަޔާން ގެ ނަޒަރު ހުއްޓުނީ ހުޅުވާފައި ހުރި ގޭގެ މައި ދޮރަށެވެ. އޭނާ މަޑު މަޑުން ބޭރަށް ނުކުމެލިއެވެ. އަދި މަޑު ކޮށްލިއެވެ. އަޔާން ގެ ފަހަތުން ޝާމިން ވެސް ނުކުމެލިއެވެ. ގޭގެ ދޮރުގެ ދެފަރާތަށް ވާ ގޮތުން އެޅިގަލުން ރާނާ ފައިވާ ފާރުބުރިގައި ލެނގިލައިގެން އަޔާން ހުއްޓެވެ. އޭގެ އަނެއްފަރާތު ފާރުބުރީގައި ލެނގިލައިގެން ޝާމިން ހުރި އިރު އޭނާ އަށް އިރު އިރު ކޮޅަކާ އަޔާން އަށް ބަލާލެވެއެވެ.
“ތެންކިއު” ޝާމިން އެންމެ ފަހުން ވާހަކަ ދެއްކަމުން އަޔާން އާއި އޭނާ އާއި ދެމެދަށް ވެރިވެފައި އޮތް ހަމަހިމޭން ކަން ފޫދުއްވާލިއެވެ.
“ކޮންކަމަކާ” އަޔާން ހިނިތުންވާން މަސައްކަތް ކުރަމުން އަހާލިއެވެ.
“ފޯ ޓޭކިން ކެއާ އޮފް މައި ސިސް… ތޭންކްސް ފޯ ސަޕޯރޓިން ހާރ… ތޭންކްސް ފޯ ބީއިން ވިތް ހާރ” ޝާމިން ބުނެލިއެވެ.
“އައި ލަވް ހާރ… އިޓްސް އޯކޭ” އަޔާން އެއްވެސް ޖެހިލުމެއް ނެތި ހާމަކޮށްލިއެވެ.
“އެންޑް އައި އެމް ސޮރީ… އައި އެމް ސޮރީ އެބައިޓް ދި އަދަރ ޑޭ ޓޫ” އަޔާން ގެ ގައިގައި ޖެހުނު ރޭގެ މަތިން ހަނދާންވުމާއެކު ޝާމިން ހުރިހާކަމަށްވެސް މާފަށް އެދުނެވެ.
އެވަގުތު ސައިކަލެއް އެމަގުން ހުރަސްކުރިތަން ދެމީހުންނަށްވެސް ފެނުނެވެ. އެ ސައިކަލުގެ ފަހަތުގައި އިން މީހަކު ފަސް އެނބުރި އެނބުރިފައި ވަރަށް އަޔާން އަށް ބެލިކަން ދެމީހުންނަށް ވެސް ފާހަގަ ކުރެވުނެވެ.
“ހާދަ ވަރަކަށޭ… އެ ބަލަނީ… ” ޝާމިން ބުނެލިއެވެ. “މަގޭ ގައިގަ ނުފެންނަ ތަނެއް އޮތީ ކަންނޭގެ” ފޫހި ގޮތަކަށް އަޔާން ވެސް ބުނެލިއެވެ. އެހެންނަމަވެސް އޭނާ ފަހުން އެކަމަކަށް މާ ބޮޑު ސަމާލް ކަމެއް ނުދިނެވެ.
އޭގެ އަނެއްދުވަހު މަލަކް އަށް ހޭލެވުމާއެކު އޭނާ އަށް ބޮލުގައި ހިފައްޓާލެވުނީ ބޮލަށް ބަރުކަމެއް ވެރިވެފައި ހުރީތީއެވެ. ބޮލުގައި ދެ އަތުން ހިފައްޓައިގެން އިނދެ މަލަކް ތެދުވަން މަސައްކަތް ކުރިއެވެ. ތެދުވެ އިށީންތަނާ އޭނާގެ ލޮލުގައި ގޮނޑީގައި އިނދެ އެނދުގައި ބޯ އަޅައިގެން ނިދިފައި އޮތް އަންހެން ކުއްޖާ އަޅައިގަތެވެ. އެއްއަރިމަތިން މޫނު ފެނުމާއެކު އެއީ އަޔާން ގެ ކޮއްކޮ އީނާލް ކަން ދެގެނަން ނަން އޭނާ އަށް އުނދަގުލެއް ނުވިއެވެ. އޭރުވެސް ބޮލުގައި ހުރި ބަރުކަމުގެ ސަބަބުން މަލަކް އަށް އިނދެވުނީ ބޮލުގައި ދެ އަތް އަޅާލި ތޮތަށެވެ.
ވީ ކީއްކަން ހަނދާން ކުރުމާއެކު އޭނާ އަށް ކުރިމަތިން ހުރިހާ މަންޒަރުތަކެއް ސިފަވަމުން ދިޔައެވެ. އެއާއެކު އެ ދެލޯ ކަރުނުން ފުރުނެވެ.
“ބީ ވިތް ހާރ އިނގޭ… އައި ހޭވް ޓް ގޯ ފޯ އަ ވައިލް… ހޭލީމަ ބުނެލާތި މަންމަ ވަޅުލި ވާހަކަ ވެސް… ކީއްވެކަން ވެސް…” ދުވެފައި ކޮޓަރިން ނުކުންނަން އައި މަލަކް އަށް އަޔާން އާއި ޝާމިން އާއި ދައްކަމުން ދިޔަ ވާހަކަ އަޑު އިވުމާއެކު ހުއްޓެވުނެވެ. ޝާމިން އޭނާ ގެ ހިތާމަތައް އަޔާން ގާތު ދައްކަމުން ދިޔަ ގޮތުން މަލަކް ގެ ހިތަށް ތަދުވިއެވެ. މިހުރިހާ އިރު ޝާމިން އޭނާ އެކު ހުރިފަދައިން މިވަގުތު ޝާމިން އަށް ވެސް ބޭނުންވަނީ އޭނާގެ އެހީތެރިކަންކަން މަލަކް އަށް ވިސްނިގެން ދިޔައެވެ. ހާއްސަކޮށް މިއިން އެއްވެސް ކަމަކުން ޝާމިން ގެ ކިޔެވުމަށާއި ދިރިއުޅުމަށް އަސަރު ކުރާކަށް މަލަކް ނޭދެއެވެ. ބަސާލާ ވެސް ވީ ކޮޓަރީގައި ކަންނޭގެއެވެ. އޭނާވެސް ހިތާމަ ކުރަނީ ކަންނޭގެއެވެ.
މަލަކް ކަރުނަތައް ފޮހެލިއެވެ. އަދި މުޅިން އާ ހިތްވަރަކާއެކު ދިރިއުޅުމައިގެން ކުރިމަތިލުމަށް އޭނާ ނިން މިއެވެ. ޝާމިން އަށް ހިތްވަރު ދޭން ހުރި ހަމައެކަނި މީހަކީ މަލަކް އެވެ.
ނިދިފައި އިން އީނާލް އަށް ބަލާލުމަށް ފަހު މަލަކް ގޭތެރެއަށް ނުކުމެލިއެވެ. އޭރު ޝާމިންވެސް އަޔާން ވެސް ފެންނާކަށް ނެތެވެ. އެހެންކަމުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މަލަކް ކައްކާ ބަޔަށް ގޮސް ވަނެވެ. ގޮނޑިތައް ތަރުތީބު ކުރުމަށްފަހު މަލަކް ތަށިތަކާ އެއްޗެހި ދޮންނަން ފެށިއެވެ.
ނިދިފައި ހޭލެވުނު އީނާލް އަށް ފުންމައިގެން ތެދުވެވުނީ މަލަކް ނުފެނުމުންނެވެ. ވަށައިގެން ހޯދާލުމަށްފަހު އީނާލް ގަޑިއަށް ނަޒަރެއް ދިނެވެ. އަށެއްޖަހާ ބޮޑުވެއްޖެއެވެ. އެވަގުތު ގޭތެރެއިން އެއްޗެހި ތަކެއް ތަޅުވާއަޑު އިވުމާއެކު އޭނާ ކޮޓަރިން ބޭރަށް ނުކުތުމަށް މިސްރާބުޖެހިއެވެ.
ކޮޓަރީގެ އޮޅިގަނޑު ހުރަސް ކުރުމާއެކު އޭނާގެ ލޮލުގައި މަލަކް އަޅައިގަތެވެ. ތެލިތައް ދޮންނަމުން އެ އެއްޗެހި ތަރުތީބު ކުރަން އަވަސް އަރުވާލައިގެން އުޅުނު މަލަކް ގެ މޫނުމަތިން ރޭގައި އެއްވެސް ކަމެއް ވެފައި ހުރި ކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.
އީނާލް އަށް ކުޑަ އިރުކޮޅަކު މަލަކް އަށް ބަލަހައްޓައިގެން ހުރެވުނެވެ.
މަލަކް އަށް ބަލަހައްޓައިގެން މީހަކު ހުރިކަމުގެ ހިލަމެއް މަލަކް އަށް ވީ ފަސް ވަރަކަށް މިނިޓް ވެސް ވީ ފަހުންނެވެ. ހަގީގަތުގައި މަލަކް އެ ހުރިހާ މަސައްކަތެއް ކުރަމުން ދިޔަ އިރުވެސް އޭނާގެ ސިކުނޑީގެ ވިސްނުން ހުރި އެހެން ދިމާލެއްގައެވެ.
ފަހަތަށް ބަލާލި މަލަކް އީނަލް ފެނިގެން ހިނިތުންވެލިއެވެ. ރައްދުގައި އީނާލް ވެސް ހިނިތުންވުމެއް މަލަކް އަށް ހަދިޔާ ކޮށްލަމުން އެ ދިމާލަށް ކުދި ފިޔަވަޅުތަކެއްގައި މިސްރާބުޖެހިއެވެ.
“ތެންކިއު” މަލަކް ހަރަކާތް ތައް މަޑު ޖައްސާލަމުން އީނާލް އާއި ކުރިމަތިލަމުން ބުނެލިއެވެ. “އިޓްސް އޯކޭ” އީނާލް ހިނިތުންވެލިއެވެ.
“އެއްޗެއް ބޯނަންތަ؟” މަލަކް ސުވާލުކޮށްލިއެވެ.
“ހޫމް” އީނާލް ބުނެލިއެވެ. މަލަކް އަވަސް ވެގަތީ ސައިތަޔްޔާރުކުރުމަށެވެ. މަލަކް އަށް އެހީވުމަށްޓަކައި އީނާލް ވެސް އެދުނެވެ. މަލަކް ވެސް ދެކޮޅެއް ނުހަދައެވެ.
ކޮޓަރިތެރޭގައި ހުރި އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން ހުޅުވާފައިވާ ކުޑަ މަހުމާ ފޮއްޓަކަށް ނަޒަރު ހުއްޓާލައިގެން އިން ޒަފާ ގެ ލޮލުގައި ބޮޑެތި ކަރުނަތައް ވިދަމުން ދިޔައެވެ. ހިތަށް އަރަމުން ދިޔަ ހިޔާލް ތަކުން އެ ހިތް ކަފާ ކުދި ކުރަމުން ދިޔައެވެ. ފަސް އަޅާ ފޮރުވިފައިވާ އެ ހަގީގަތް އޭނާ އަށް ކޮނެގެން ނެގޭކަށް ނެތޭ ހިތަށް އަރަނީއެވެ.
ދޮރުގައި ޓަކި ޖަހާލި އަޑަށް ޒަފާ ލޮލުގެ ތެރެއަށް ޖަމާވެފައި ހުރި ކަރުނަތައް ފޮހެލިއެވެ. އަދި އެއަށްފަހު އޭނާ ކޮޓަރީގެ ދޮރާ ދިމާލަށް ބަލާލަމުން ވަނުމަށް އެދުނެވެ. ކޮޓަރީގެ ދޮރު ހުޅުމާވަލަމުން އެތެރެއަށް ބޯ ދިއްކޮށްލި ބަހީޖު ފެނުމުން ޒަފާ އަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. “ޑޭޑް” ޒަފާ ހިނިތުންވާން މަސައްކަތް ކުރިއެވެ. ބަހީޖު ވަދެގެން އައިސް އެނދުގެ އެއްފަރާތުގައި އިށީނެވެ. ޒަފާވެސް ރީތިކޮށް އެނދުގައި އިށީދެހަމަޖެހިލިއެވެ.
“ދަރިފުޅާ… ދެން ހަމަ ތި ގޮތަށް ކަންތައް ކުރަން ނިންމީތަ؟ ޔަގީންތަ ދަރިފުޅު އުފަލުގައި ހުންނާނެކަން… ބައްޕަގެ ޕްރިންސެސް އަށް ދެރައެއް ވާކަށް ދުވަހަކުވެސް ނޭދެން” ބަހީޖު ޒަފާ އާ ދިމާލަށް ބަލާލިއެވެ.
“ޔެސް ޑޭޑް” ދެމީހުންވެސް ވާހަކަ ދައްކަމުން ދިޔައީ އިނގިރޭސިންނެވެ.
“އެއީ ދަރިފުޅަށް ފެންނަ އެންމެ ރަނގަޅު ގޮތް ކަމަށް ވާނަމަ ބައްޕަ ދެބަހެއް ނުވާނަން… ދަރިފުޅުގެ ހަޔާތުގައި ނަގާ އެންމެ ބޮޑު ޑެޒިޝަން ނެގުމަށް ތައްޔާރު ވަމުން ދާއިރު ބައްޕަ އަށް ވެސް އެނގޭ ދަރިފުޅު ބޭނުންވާނެކަން… އެކަމަކު ވެސް ހިތް ބިރުގަންނަނީ ދަރިފުޅަށް ދެރައެއް ވެދާނެތީ… އެއްވެސް ކަމެއް ދަރިފުޅަށް މަދު ނުވާނެކަން އެނގޭ އިރުވެސް ތި ކަމުގެ ފަހަތުގައި ކޮންމެވެސް ބޮޑު ސަބަބެއް ވާނެކަމަށް ބައްޕަ އަށް ފާހަގަ ކުރެވޭ” ބަހީޖު ވިސްނުން ތެރިކަމާއެކު ވާހަކަ ދެއްކިއެވެ.
“ޑޭޑް… އަޅުގަނޑު ބޭނުންވަނީ އަޅުގަނޑު މި ނަގަން އުޅޭ ޑެޒިޝަން ނެގުމުގެ ކުރިން އެއްފަހަރުވެސް އެކޮޅަށް ދާން… އުންމީދުކުރަން ޑޭޑް އަށް ވެސް އަންޑަސްޓޭންޑް ވާނެކަމަށް އަޅުގަނޑު މިދައްކާ ވާހަކަ” ޒަފާ ވާހަކަ ދެއްކިއެވެ. “ބައްޕަ އަށް އެނގޭ ދަރިފުޅާ… ދެން އެކަމާ ނުވިސްނާ… މާމަ ވެސް ބައްޕަ ވެސް ހަމަ ގަބޫލު… އެނގޭ ތީ ވަރަށް ވިސްނޭ ކުއްޖެއްކަން… އެއްވެސް ފިޔަވަޅެއް މުސްތަގްބަލަށް ނުވިސްނާ ކަތިކޮށް ނާޅާ ނޭކަން” ބަހީޖުގެ އަޑުގައިވަނީ ޔަގީންކަމެވެ. ޒަފާ އޭނާގެ އިތުބާރު ގެއްލުވާނޭ ކަމެއް އެއްވެސް ހާލަތެއްގައި ނުކުރާނޭ ކަމުގެ ޔަގީންކަން ބަހީޖުގެ ހިތުގައި ވިއެވެ.
ދެބަފައިން ވާހަކަ ދައްކަން ތިބެފައި ރަކީނާ ގޮވާލުމާއެކު ތިރިއަށް މިސްރާބުޖެހިއެވެ.
ޒައިން މަސައްކަތުގައި އުޅެފައި ގެއަށް އައި އިރު ހުރި ހަވީރުން އަނބުރާފައެވެ. އޭނާ ފެންވަރާލައިގެން ނުކުމެ ރީތިވެގެން ކޮޓަރިންނުކުންނަން ހިނގައިގަތްތަނާ ފޯން ކޯލެއް އައެވެ. އެއާއެކު ފިޔަވަޅުތައް މަޑޫކޮށްލަމުން އޭނާ އެ ކޯލް ނެގީ ނުދަންނަ ނަންބަރަކަށް ވީމައެވެ.
“ހެލޯ” ފޯން ނަގާ ހަލޯ އޭ ކިޔާލުމާއެކު އެކޮޅުން ވާހަކަ ދައްކަން ފެށިއެވެ.
“ޒައިން ތަ؟”
” ހޫމް ޒައިން” ހޫމް އެއް ލައްވާލިއެވެ. އޭނާގެ މޫނުމަތިން ހައިރާން ކަމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ.
“އަހަރެން މީ އީނާލް ގެ ބޭބެ… ބައްދަލުކޮށްލަން ބޭނުންވެގެން މިގުޅާނީ ވަގުތު ކޮޅެއް އެބަ އެއްތަ އަހަރެންނާ ބައްދަލުކުރަން”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.








salaam. sorry for the late update. as i dnt have wifi connection at my home at the moment i couldnt upload the story. data package eh nagaigen mi upload kohli. mi furusathugai himi ge story kiyamun adhi haassa gotheh gai hiyaal faalhu kohlaa hurihaa kudhinnah v haassa shukurueh dhannavan.
much loves
himi
jazakallah khairan
thanks hi mi story upkoh dhinythy…
its ok dear it hppnx…
eii ehaa bodu massala eh noon..
but thanks for the story
Aley eenaal kaaree bunefa zain daanee igey
varah huthuru
Masha ﷲ v v v v nice n emotional mi part ??? Himi Ur a great ingey hama ??? Mihaaru mi story migendhaagoi hama v v v nice n intresting ingey ??? I just love it ??? Keep up the good work ??? curiously waiting for the next ??? much loves ❤❤❤
Ohh soooo sad ???… Malak mother is no more ???… So pinky ge guess was correct ???… Alhey zain ah egulhy anehkaa aiman tha??? ???… Please zain eenaal ah inform kurey avahah ???… Zafaa dhw… Zafaa ge life v v v interesting ???❤️❤️❤️… Mi part vx hama v v v reethi ingey Hi Mi ❤️❤️❤️??????????????????… Emotions, description hama superb ?????????… I just can imagine each n every scene of it ???… It’s awesome ❤️❤️❤️????????????????????????… Keep up the good work Hi Mi ❤️❤️❤️?????????… There are some typing mistakes so try to correct those mistakes ???… Keep going my favourite writer Hi Mi ❤️❤️❤️???… Lots of love my favourite Hi Mi from pinky ❤️❤️❤️???????????????…
ehkala..pinky pinky pinky pinky…haadha gina ey meena ge hearts tha…ragalhah vanna meena v loabi vey Hi Mi dheke..firiheneh thoache..pis pis
Ehves kujjaku aneh kujjakaa dhimaalah ehchehi kiyumaki himi beynun gotheh nun. Konme kujjeh ves e kujjeh ge hiyaal faalhu kohlaano aneh kujjakaa dhimaalah dheravaa fadha rhchis nubine ingey dears. U guysbare free to do that. And pinky aki girl eh and a v close frnd of mine. Thankyou. ???
Heheh ???… I’m a girl dear reader ??? n Hi Mi knows me very well ???… Hi Mi akee pinky ge v close friendeh… Got it ???…
this is interesting…..
cant wait to read next part
just hope everything goes fine
story vrh nice .. when is the next part