… ފުރަތަމަ އަހަރެންގެ ވާޖިބަކަށްވީ ޑިއުޓީއަށް *ސައިން އިން* ވެލުމެވެ. ހާޒިރީގައި ސޮއެ ކުރުމަށްފަހު، ކޮމްޕިއުޓަރު ހުޅުވާ މަސައްކަތައިގެން މަސްޢޫލު ވެއްޖައީމެވެ. ޚަބަރަކަަށްފަހު ޚަބަރެއް ލިޔަމުން ދިޔައީ އެއްވެސް ފޫހިކަމެއް ނެތި، އާދައިގެ މަތިން ވަރަަށް ވެސް ކަމާއި ވެގެންނެވެ. ކަމާއި ކަންފަށާ ޚަބަރު ލިޔަން އިން އަހަރެންނަށް ވަޤުތު ދިޔަގޮތް ވެސް ނޭނގުނެވެ.

މިހާރު ހަވީރު ހަތަރެއް ޖެހީއެވެ. އަހަރެން މަސައްކަތް ކުރަން އޮތް ވަޤުތު ވެސް ހަމަވީއެވެ. *ސައިން އޮފް ވެލީ* މެވެ. ހާޒިރީގައި ސޮއެކޮށް، ބޭރަށް ނުކުންނަށް ދޮރުހުޅުވާލި އިރު ކަމަކު ދާކަށް ނެތެވެ.

މުޅި މަގުމަތީ ފެންބޮޑުވެފައި ވާއިރު، ތުނިތުނިކޮށް ވާރޭ ވެހެމުން ދެއެވެ. ނުތެމި ހިނގާފައި ނުދެވޭނެކަން ޔަޤީން ވުމުން ކާރެއް އަތުއަޅުވާލެވޭތޯ މަސައްކަތް ކުރީމެވެ. އިސާހިތަކު މާއިރުތަކެއް ނުވެ، ނަސީބަކުން ޓެކްސީއެއް އަތު އަޅުވާލަން ކުރި މަސައްކަތް ކާމިޔާބު ވެއްޖެއެވެ.

“ވިލިމާލޭ ފެރީއަށް” އަހަރެން ދާންވީ މަންޒިލް ކާރުގެ ކައްޕިތާނަށް ބުނެދިނީމެވެ. ކުޑަ އިރުކޮޅަކުން ވިލިމާލޭ ޓާމިނަލަށް ދެވުނެވެ. އަގު ދިނުމަށްފަހު ކާރުން ފައިބަައި އަވަސްވެ ގަތީ ފެރީ ޓިކެޓް ނެގުމަށެވެ. ޓިކެޓް ކައުންޓަރުން ޓިކެޓް ނަގައިގެން ދިޔަ ވަޤުތަކީ ކަން ދިމާކުރިގޮތުން ފެރީއަށް މީހުން އެރުވުމަށް ގޭޓް ހުޅުވި ވަޤުތެވެ. އަހަރެން ވެސް އެހެން މީހުންނެކޭ އެއްފަދައިން ފެރީއަށް އަރާ ގޮނޑިއެއްގައި އިށީނދެ ހަމަޖެހިލީމެވެ.

ދުވަހަކީ ވައިބާރު، މޫސުން ގޯސް ދުވަހެކެވެ. ފެރީ ނައްޓާލުމާއި އެކުހެން، އަރިއަރިއަށް ޖެހެން ފެށިއެވެ. ނަގާލާ ރާޅުތައް ބޮޑެއްޗެވެ.

ދެން ފެނުނީ ބައެއް މީހުން ބިރުން ހަޅޭއްލަވާ މަންޒަރެވެ. އެއްބަޔަކު ހޮޑުލާއިރު، ފިރިހެން ވެރިން ދަރިން މަަސަލަސް ކުރުމުގައި އެވެ. ފަޅުވެރިންނާ ބައެއް ދަތުރުވެރިން ހޮޑުލާ މީހުންނަށް އެހީވަމުން ދިޔައެވެ. މާލެއާއި ވިލިމާލޭ ކައިރި ނަމަވެސް، ގަދަކަމުން ފެރީގެ ދުވެލި މަޑެވެ.

ކުއްލިއަކަަށް އަހަރެންގެ ކުރިމަތީ ހުރި ސީޓުގައި އެކަނީމާ އެކަނިން އިން އަންހެން ކުއްޖަކު، ކުޑަދޮރު ހުޅުވާލިއެވެ. އެ އުޅެނީ ހޮޑުލާންކަން އަހަރެންނަށް އެނގުމުން އަވަހަށް ތެދުވެ، އެ ކުއްޖާއަށް އެހީވުމަަށް ދިޔައީމެވެ.

އަހަރެން އެ ކުއްޖާގެ ކޮނޑުގައި ހިފަހައްޓަައިގެން ހުރީ ބޭބެއަކު ކޮއްކޮއަކަށް، އެހީވާ ފަދައިންނެވެ. އެކުއްޖާ ހޮޑުލާ ނިމުނު ކަން ޔަޤީން ވުމުން އަވަހަށް އަހަރެންގެ ދަބަހުން ފެންފުޅިއެއް ނަގާ ދިއްކޮށްލީމެވެ. މި ހުރިހާ ކަމެއް ހިނގި އިރު އަހަންނަށް ނުފެނުނު އޭ މަންޖެގެ މޫނު ފެނުމުން ހީވީ، ފްރިޖަކަށްލާ މީހާ ގަނޑުކޮށްލި ހެނެވެ.

އާއެކެވެ. އެއީ….

– ނުނިމޭ –

25

9 Comments

 1. Zidhan /R. Vaadhoo

  November 11, 2018 at 11:50 pm

  Omg .. eii kaakubaa? My ex? My besty? Friendeh? Who she is?

  Please keep waiting for third part. Which will be more curious.

  Thanks for the support and love. Sorry for the delay.

  and yah I have changed my decision and came back for my fans. Love you! Tc! ?❤

  • zeneeshaa

   November 12, 2018 at 6:37 am

   Lol zeck

 2. zeneeshaa

  November 12, 2018 at 6:38 am

  Thankyou zeck and thanks and thanks and loves??

 3. Shyma

  November 12, 2018 at 7:13 am

  Reethi varah.but furathama part nimun thanaa mi part feshunu hisaabaa huri gulhumakee kobaabaa

 4. Shaa

  November 12, 2018 at 7:42 am

  Wow varah kiyaa hithun mihuree 3 part.kihineh vaane baa

 5. Ishaan

  November 12, 2018 at 8:05 am

  habeys?….part 3 up kure veynee kon xamaanakun baaa??? nulaahiku kiyaa hithun indha viyya e
  nimunee?….?n vrh kuru…

 6. Sarah

  November 12, 2018 at 6:42 pm

  Oh varah salhi
  Waitingggg for next !
  Please avahah up kohdhehchey

 7. aff

  November 13, 2018 at 8:18 am

  Thi storyga aharennaky you tha?

  • Zidhan /R. Vaadhoo

   November 15, 2018 at 12:08 am

   Affff.. Habareh nuvaathi ingey?! Huh…

   maybe ?

Comments are closed.