Skip to content
އެސްފިޔަ

ހިތް ރޮއްވާނުލާނަމޭ 2

ބާރު ހިނގުމެއްގައި ހުޅުމާލެ ސެންޓްރަލް ޕާކް ފަހަނައަޅާ ދިޔަ ފަތްމިނި އަންހެން ކުއްޖާ ދިޔައީ އެތަކެއް ފިރިހެނުންގެ ހިތަށް ކަތިލަމުންނެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ފިނިފެންމަލެއްގެ ފިޔައެއް ފަދަ ތުނި ފިޔާތޮށި ތުންފަތެކެވެ. މޭކަޕެއް ކޮށްފައިނުވާ ދިގު އެސްފިޔަތަކަކާއި ބޮޑު ދެލޮލުވެ. ފުންކަނޑެހާ ފުން ހެޒެލް ދެލޮލުގެ ބާރު ގަދައެވެ. ބައްޓަން ރީތި އަންހެންވަންތަ ހަށިގަނޑެކެވެ. އޭނާ ލައިގެން ހުރީ ގަޔަށް ދޫ ހަދުމެއް ކަމުގައިވިޔަސް ޖެހެމުން ދިޔަ ބާރު ވައިރޯޅިތަކާއެކު އެ ހެދުން ހަށިގަނޑުގައި ބީހިލައެެވެ. ޒުވާން ހަށިގަނޑުގެ ވަނާތަށް ފާޅުވަމުން ދިޔަ ގޮތުން ވަހުޝީ ނަޒަރުތަކުގެ ވެރި ފިރިހެނުންގެ ވިންދު އަވަސް ކޮށްލާނެކަން ގައިމެވެ. މިނިވަންކަމާއެކު ދޫކޮށްލާފައިވާ އޭނާގެ އިސްތަށިގަނޑުން އެ ސޫރައަށް ޖާދުވީ ފުރިހަަމަކަމެއް ގެނެސްދެއެވެ.

މީހުންގެ ބެލުންތަކަށް މާ ބޮޑު ސަމާލުކަން ނުދީ ޔަމާނީގެ މަޑު ޖެހުމެއްނެތި ކުރިއަށް އެޅެމުން ދިޔަ ފިޔަވަޅުތަށް ހުއްޓުނީ ދިހަ ބުރިއަށް ނަގާފައިވާ “ސަނީ ސައިޑް” ކުންފުނީގެ މައި ޢިމާރާތުގެ ކުރިމައްޗަށެވެ. ޔަމާނީ ފުންނޭވާއެއް ދޫކޮށްލިއެވެ. އިސްތަށިގަނޑު ރީތިކޮށްލަމުން އަތުގައި އަޅުވާލައިފައި އޮތް ހޭންޑް ބޭގާއެކު އަތް އުފުލާލިއެވެ. ރިހި ކުލައިގެ ގަޑިއަށް ނަޒަރު ހިންގާލީ އުންމީދަކާއެކީގެވެ. “ޔެސް..ބަރާބަރު ގަޑިއަށް..” ހިތާހިތުން ޔަމާނީ ބުނެލިއެވެ. އޭނާގެ ތުންފަތް މަތީގައި ދުވެލީ ލުއި ހިނިތުންވުމެކެވެ.

އުނަގަނޑާ ހަމައަށް އަރާ ކޯޓުގައި އެއްއަތުން ހިފާއްޓާލަމުން ވިންދު އަވަސް ވެފައިވާ ހިތަކާއެކު އޭނާ ބިލްޑިންގް ތެރެއަށް ހިނގައިގަތެވެ. ފުރަތަމަ ލިފްޓަށް އެރީ އޭނާ އެކަނި ކަމުގައިވިޔަސް ދެތިން ސިކުންތުގެ ތެރޭގައި މީހުންތަށް ފުރި ބާރުވިއެވެ. މީހުންގަނޑުގައި ފަހަތުގައި ހުންނަން ޖެހުމުން ޔަމާނީގެ ނޭވާ ހާސްވިއެވެ. އެހެންނަމަވެސް މާގިނަ އިރެއް ނުވާނެއޭ ހިތް ގޮވަން ފެށުުމުން ކެތްކޮށްލީއެވެ.

****************************************

“ޕިސްޕިސް..މަގޭ ސެެކެޓްރީއަށް ވާނެ މީހަކު ހަމަ ނޫޅެނީތަ މި ދުނިޔޭގަ..ދުވަހަކު ކަމުދާ މީހަކު ނުފެނުނޭ..އެކަކު ކިޔެވުން ދަށިއްޔާ އަނެކަކު އަޙްލާގު ދަށް..” އަމިއްލަ ނަފްސާ ހިތާހިތުން ވާހަކަ ދައްކަމުން ފައިލް އަކަށް ބަލަހައްޓައިގެން އިން ޝިވަންގެ ހިތުގައި އުފެދިފާ ތޫފާނުގެ އަސަރު މުޅި ހަށިގަނޑަށް ކުރަމުން ދިޔައެވެ. ފައިލް ލައްޕާލަމުން ކުރިމަތީގައި އިން އަންހެން ކުއްޖާއަށް ބަލާލިއެވެ. “ޖޮބް ހަމަޖަހޭ ގޮތަށް އޮތިއްޔާ ނެކްސްޓް ވީކް ސަންޑޭގެ ކުރިން މިކޮޅުން ގުޅާލާނެ..” ގަދަކަމުން ހިނިތުންވެލަމުން ޝިވަން ބުނެލިއެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން އޭނާގެ ބޮލުގައި ރިއްސަމުން ދިޔައީ އިންތިހާއަށެވެ. ކެތްތެރިކަން ފަހަނައަޅާ ގޮސް ޑެސްކުގައި ބޯ އަޅާލެވޭ ފަހަރުވެސް މަދެއް ނޫނެވެ.

“ތެންކްޔިއު..” ކަޅުކުލައިގެ ޝޯލް ރީތިކޮށްލަމުން އެ އަންހެން ކުއްޖާ ބުނެލިއެވެ. މަޑުމައިތިރި އަޑަކުންނެވެ. ގޮޑިން ތެދުވެގެން އޭނާ މީޓިން ރޫމުން ބޭރަށް ދާން ހިނގައިގަތެވެ.

ޝިވަން ޗެކްލިސްޓަށް ބަލާލިއެވެ. “ޝިޓް ނައިން މޯރ..” ތަންކޮޅެއް ބާރަށް ބުނެލަމުން މޭޒު މަތީގައި އިން ފިތަށް ފިއްތާލިއެވެ. އިންޓަވިއު ކުރާ ކުއްޖާ އޭނާގެ މޭޒު ކައިރިއަށް އަންނާނެކަން އެނގިހުރެވެސް މޭޒުގައި ބޯ އަޅާލީ އިތުރަށް ކެތް ނުވުމުންނެވެ.

**********************************************

“ޔާމާނީ…” މީޓިން ރޫމްއިން ޒިވާއަށް ނިކުމެވުނީ ޔަމާނީގެ ކުރިމައްޗަށެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން މީޓިން ރޫމަށް ވަންނަން ދިޔަ ޔަމާނީ އިސްއުފުލާލިއެވެ. ފުޅާ ހިނިތުންވުމަކުން ހިނިތުންވެލިއެވެ. “އޭ ޒިވް ޔޫ ވެސް މިތަނަށްތަ ފޯމް ލީ..” އެކުވެރިޔާ ގައިގައި ބައްދާލަމުން ޔަމާނީ އެއްސެވެ. “ޔާރ އަހަރުން ދެމީހުންނަށް އެއްކޮށް ޖޮބް ލިބިއްޖެއްޔާ ސަޅި ވާނެ ދޯ..” ޒިވާގެ އަޑުގައި ބަޔާންކޮށްދޭން ނޭނގޭ ކަހަލަ ޖޯޝެއް ވިއެވެ. ޔަމާނީވެސް އޭނާގެ ވާހަކަޔާ އެއްބަސް ވަމުން ބޯ ޖަހާލިއެވެ.

“ސޯ ކޮބާ އިންޓަވިއު ކިހިނެތް..ކާކު އިންޓަވިއު ކުރަނީ..ވަރަށް ރޫޑް މީހެއްތަ..” އޭނާގެ ހިތުގައި ފުނި ޖެހިފައި ހުރި ސުވާލުތަށް ފައްޗަކަށް އަމުނާލިއެވެ. “އިންޓަވިއު ހަމަ ބެސްޓު..މިތާގެ ސީއީއޯގެ ދަރި ޝިވަން އިންޓަވިއު ކުރީ އޭނާ ބުނީ ޖޮބް ލިބިއްޖެއްޔާ ގުޅާނަމޭ..ދެން..އެހާ ރޫޑެއް ނޫން އޭނާއެއް އެކަމު ބަލާލާފަ ވަރަށް ކޯލްޑް ވައްތަރު ޖަހާ..ވެދާނެ ދޯ ހޮޓު ވީމަ ކަމަށްވެސް.ހެއްހެއް އެކަމު އޭނާ އިނީ ނިދި ބުރާންތި ޖެހިފަ ހުވާ އަޑުގަ ވަރެއްވެސް ނެތް..އިރު އިރުކޮޅާ އާފުރެނިއްޔޭ” އެއްނޭވާއިން ދިން ޒިވާގެ ޖަވާބު ވަރަށް ދިގެވެ. އެހުރިހާ ވާހަކައެއް ކަނުލާ އަޑުއަހަން ހުރި ޔަމާނީގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. “ހިނގާ ބަލަމާ ދޯ ނިންޖެއްގެ ހުރި ބާރެއްވެސް..” ޒިވާގެ ކޮނޑުގައި ޖަހާލަމުން ޔަމާނީ ދާން ހިނގަިއގަތެވެ. “ޔާނީ ފެނުނީމަ އޭނާގެ ނިދި ފިލާފާނެ..” ފަސްއެނބުރި ދިޔަ ޔަމާނީގެ ފަރާތުން ޒިވާގެ ވާހަކައަކަށް ޖަވާބެއް ނުލިބުނެވެ.

މޭޒުގައި ބޯ އަޅައިގެން އޮތް ޝިވަން ބޯ ހިއްލާލީ މޭޒުގައި މީހަކު ޖަހާލުމުންނެވެ. “އޯހް ސޮރީ..” ހަމަޖެހިލަމުން އޭނާ ބުނެލިއެވެ. އިސްއުފުލާލާ ކުރިމަތީ އިން އަންހެން ކުއްޖާއަށް އެންމެ ފަހަރަކުވެސް ބަލާނުލައެވެ. އެހެންނަމަވެސް އޭނާގެ މަގާމު ހަނދާން ކޮށްލަމުން އިސްއުފުލާލިއެެވެ. އެއާއެކު ޝިވަން ލާން އުޅުނު ނޭވާ ތާށިވި ކަހަލައެވެ. އޭނާގެ ހަރަކާތްތަށް ގަނޑުވިއެވެ. ކުރިމަތީ އިން އަންހެން ކުއްޖާއަށް އެސްފިޔަ ޖަހާނުލާ ބަލަން އިނދެވުނީއެވެ.

*****************************************

ލިފްޓުން ފެބުމަށްފަހު ބިލްޑިންގެ ބޭރުގައި މަޑުކޮށްލި ޒިވާ އަތް ހިއްލަން ފެށީ ކާރެއް ލިބޭތޯއެވެ. ނަމަވެސް އޭނާގެ މަސަތްކަތަށް ކުރިއެރުމެއް ނުލިބުނެވެ. އިރުގެ އަލިކަން މަޑުވެ ވައިބޯރުވާން ފެށުމުން އޭނާގެ ބުރުގަލާ ހެދުންވެސް ވިހުރެން ފެށިއެވެ. އެއްއަތުން ފައިލްތަށް ހިފައިގެން ހެދުމުގައި ހިފެއްޓުން ޒިވާއަށް ވީ އުނދަގޫ ކަމަކަށެވެ. މޫނުމައްވަށް ބުރުގަލުގެ ބައެއް އެޅުމުން އޭނާ އެ އެއްފަރާތްކޮށްލިއެވެ. ކުރިމައްޗަށް ނަޒަރު ހުއްޓާލުމުން އޭނާއަށް ލިބުނީ ހައިރާންކަމެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި އޭނާގެ ހިއްލިފައިވާ ބުަމަ ދެއްކޭނެއެވެ. ކުރިމަތީ އޮތް ޕްރައިވަޓް ކާރު ޒިވާގެ ކުރިމަގު ބެއްދިއެވެ. އޭނާއަށް އިތުރު ހައިރާންކަމެއް ލިބުނީ ކާރުގެ ކަޅު ބިއްލޫރިގަނޑު ޖެހުމުންނެވެ.

ބިއްލޫރިގަނޑު ކަހާލުމާއެކު ކަޝްފުވެގެން ދިޔަ ސޫރަ ޒާއިންގެ ހިތަށް ބަޔާންކުރަން ނޭނގޭ ހިތްހަމަޖެހުމެއް ގެނެސްދިނެވެ. ބީހެމުން ދިޔަ ފިނިފިނި ވައިރޯޅިތަކުގެ އަރާމަށް ވުރެ އަރާމު އިޙްސާސެއް ހިތަށް ކުރުވިއެވެ. “މިގަޑީ ކާރު ހުއްޓުމަކީ މާ ފަސޭހަ ކަމެއްނޫން..ލިފްޓެއް ދެންތަ..” ޒާއިންގެ އޭނާގެ ހިތުގެ އެދުން ހިތުގެ މަލިކާ ކުރިމަތީގައި އިއްވާލީ ނުބައި މާނައެއްގައެއް ނޫނެވެ. ނަމަވެސް އޭނާގެ ހިތް އެކަަމަށް އާދޭސްކުރަން ފެށުުމުން އެ އެދުމުގައި ކޮޅުފައިން ނުޖެހުމަށްޓަކައެވެ.

ޒިވާގެ ދެބުމަ ގޮށްޖެހުނެވެ. މީ ކާކު ހެއްޔެވެ. މަގުމަތިން އަންހެނެއް ފެންނައިރަށް ލިފްޓު ދޭން ޖެހޭ ހެއްޔެވެ. އޭނާގެ ހިތަށް އަރަމުން ދިޔައެވެ. “ތީ ކާކު..އެން މަގުމަތިން ފެންނަ ކޮންމެ އަންހެނަކާ ވާހަކަދައްކާ ލިފްޓު ދިނުމަކީ މާ ރީތި ގޮތެއްނު ނޫން..ތިހެން އުޅެނިކޮށް މީހެއްގެ އަންބަކާ އަޅައިގަނެދާނެ..”ހިތުގެ އުދާސްތަށް ދުލުން ބޭރުކުރަމަށް އާދަވެފައިވާ ޒިވާ ބުނެލިއެވެ. އޭނާގެ ރާގުގައި ހިތްހަމަ ނުޖެހުން އެކުލެވިގެންވިއެވެ. “އޯހް ސޮރީ ޑާރޓީ މައިންޑް ކުއްޖެއް ދޯ..ހްމްްމް..މަ ގޯސް ނިޔަތެއްގަ ބުނި އެއްޗެއް ނޫން..އެހެންނޫނަސް މަގުމަތިން ފެންނަ އެންމެނަކާ ވާހަކައެއް ނުދައްކަން..ވިއްސާރަ ވެހުމުގެ ކުލަވަރު ފެންނާތީ ހަމަ އަހާލީ ތި ކުއްޖާ ކައިރީ.” ޒާއިންް ކައިރިއަށް އައީ ލާނެއް ހިންޏެކެވެ.

ޒިވާ މޫނަށް ވައްތަރު ޖައްސާލިއެވެ. އޭނާއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް އިންޒާރެއް ދިނުމެއްނެތި ވާރޭ އޮއްސާލިއެވެ. “މޭމް..ނޯ ޗޮއިސް އަވަހަށް އަރާ..ތެމުނީމަ ރޯގާ ޖެހިދާނެ ކަމަނާފާނާ..ތިކަހަލަ ރީތި ކުދިން ރޯގާ ޖެހެންޏާ ޑޮކްޓަރުންވެސް ބަލިވެދާނެ” ޒާއިންގެ ލާނެއްކަންވީ އިތުރެވެ. ގޮތް ހުސްވެފައިވާ މީހެއް ފަދައިން ޒިވާ ކާރުގެ ކުރީ ސީޓަށް އެރުމަށްފަހު ދޮރުޖެހިއެވެ.

“ކޮން ނަމެއްތޯ ކިޔަނީ އަހާލެވިދާނެތަ..” ވާރޭގެ ތެރޭގައި ކާރު ދުއްވާލަމުން ޒާއިން އެއްސެވެ. ދޮރުން ބޭރަށް ބަލަހައްޓައިގެން އިން ޒިވާ އޭނާއަށް ބަލާލިއެވެ. ދެލޯ ކުޑަކޮށްލީ ހިނގައި ދިޔަ ކަންތަކުގެ ސަބަބުން ކަޑަ ނުވާ ކަން ދައްކާލާށެވެ. “އާން..އަނގައެއް އޮތިއްޔާ އެހޭނެއެއްނު..” ޒިވާ ބުނެލިއެވެ. ޒާއިން އިނީ ހިނިގަނޑު ހިފާއްޓާަލައިގެންނެވެ. “ވަރެއްގެ އަންހެނެއް..” އޭނާ ހިތަށް އެރިއެވެ. “ދެން ނަން ބުނަންވީނު..އުހުނ ރީތި ކުދިން ކައިރީ އަހަންވަނީ ރީއްޗަށް ދޯ..މޭމް..ޕްލީޗް ޓެލްމީ ޔޯ ނޭމް..” ޒާއިންއާއި އެކްޓަރަކާ އަޅާނުކިޔޭނެއެވެ. އެހާވެސް އެކްޓުކުރުމުގެ ފެންވަރު ރަނގަޅެވެ.

“ޒިވާ…އާތްތްތް” ޒިވާގެ ޖަވާބު ފުރިހަމަ ނުވަނީސް ޖަހާލި ބާރު ހޮނުގުގުރިއާއެކު އޭނާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. ގަތް ބިރާއެކު ބައްދައިގަތީ ޖެހިގެން އިން ޒާއިންގެ ކަރުގައެވެ. ކުއްލި ސިހުމާއެކު ޒާއިންއަށް ކާރުގެ ބުރަކި ޖައްސާލެވުނެވެ. ގުގުރީގެ އަޑާއެކު ވާރޭގެ ކެރިގަނޑު ބޯކޮށްލިއެވެ. ޒާއިންގެ ސީޓަށް ވެއްޓިގަންފާ އޮތް ޒިވާ އޭނާ ކުޑަކޮށް ދުރުކޮށްލިއެވެ. ޒިވާގެ މޫނުގައި އޭނާ ހިފާއްޓާލިއެވެ. އެ ޖިންސުއްލަތީފުގެ ދެލޮލުގެ ޖާދުލުގައި އޭނާ ރަނގަޅަވެސް ޖެހުނެވެ. “ޒިވާ..” ޒިވާގެ ލޯ ތެރެއަށް ގެންބިފައި އޮތް ޒާއިންގެ ތުންފަތް ފޫއަޅުވާ ނުކުތީ އެންމެ ލަފްޒެކެވެ.

(ނުނިމޭ)

Comments (8)

  1. Zoe

    Me first dhw
    vaahaka vvv reethi and kiyahithun gos maruvany… ekam haadha kurey☹️☹️☹️
    thankolheh avahah and thankolheh dhigu kon up kohdhechey plx plx plx
    varah loabi vey ?????

    vey
    ekam haadha kurey ☹️☹️

    1. luwwwwww
      Zoe

      YESH congra ??? alhe marunuvahcheyy I’ll be so sad ??..thankyou❤❤❤ Next part insha allah dhigukohlaanan..loabivey more ???

  2. Aalaa yo bffff

    Vrh reethi man
    ☺☺☺☺

    1. luwwwwww
      Aalaa yo bffff

      Thank you much man ❤??

  3. hamtii

    salhi..kuree part ah i forgot to comment..actually idk that it was u bro..sorry
    heyonuvaane mashah maafu kurey..luww plzz..hehe..majaa

    1. luwwwwww
      hamtii

      Thanks much luv❤❤❤ issok mi part ga kureema thnkus hehe ??I ge ehchissa ekani that comment kurani?? ya ya I’ll forgive if only u gimme chocolate ??

    2. hamtii
      hamtii

      Okay! tmrw I’ll give it..aharun class ah annathi chocolate balaa..eirah only I’ll give ya..?will wait for yuh

  4. Zoe

    Kobaa adhives up nukurevey sis kihineiy thi hadhany??? ?kiyahithun gos maruvany
    avahah dhn up kohdhybala heyonuvaane

Comments are closed.