Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ

Maayu Level 2100 Login10 Stories
November 12, 2018 6 Mins Read
5 Comments

” ނާޝް… ރެއިން… ދެން އާދޭ ސައިބޯން…… މިހާރު އެންމެން ސައިބުއީއޭ…. އަދޫ އެބައިން ތިމީހުން އަންނަންދެން… ދެން އަވަހަށް އާދެބަ….” ސަނާޝްއަށް ތެދުވެވުނީ މައިރާ ގޮވި އަޑަށެވެ. އޭރު މިހުރާން އޮތީ ލޯބި ގޮތަކަށް ސަނާޝްގައިގަ ބައްދާލައިގެން ނިދާފައެވެ. މިހުރާން ބައްދާލައިގެން އޮތް ގޮތުން ރޭގެ ހަނދާންތައް އާވެ ސަނާޝްގެ މޫނުމައްޗަށް ލަދުވެތި ހިނިތުންވުމެއް ވެރިކުރުވިއެވެ.

” ނާޝް…… ދެން އާދެބަ އަވަހަށް…. ޕްލީޒް..” މައިރާ ދެވަނަ ފަހަރަށް ގޮވާލުމުން ސަނާޝް ގަޑި ބަލާލިއެވެ. އޭރު ދިހަގަޑި ބައިވަނީއެވެ. އޭނަ އަވަހަށް މިހުރާންއަށް ގޮވަން މަސައްކަތްކުރިއެވެ. ” ރެއިން ދެން ތެދުވޭ.. ދޮންބެ އެބައިނޭ ސައިނުބޮއި ނާޝްމެން އަންނަންދެން… މިހާރު ދިހަގަޑި ބައިވަނީއޭ…. ތެދުވެބަ ޕްލީޒް…” މިހުރާން ކުޑަކޮށް ލޯހުޅުވާލަމުން އަދި ނިދާލަން ބޭނުންކަމުގައި ބުންޏެވެ.އޭނާއަށް ނިދުނީ އިރުއެރި ފަހުން ކަމަށްވުމާއެކު އޭނާ ބޭނުންވީ އަދި ނިދާލާށޭވެ. ނަމަވެސް ސަނާޝް އެވަރަކުން މިހުރާންއެއް ދުލެއް ނުކުރިއެވެ. ” ދެން ތެދުވޭ ދޫންޔާ… ފަހުން ސައިބޮއެގެން އައިސް ނިދޭނެނު.. ދޮންބެމެން ސައިނުބޮއިތިބީ ނާޝްމެންނާއެއްކޮން ސައިބޯށޭ…. ދެން ތިހާ ކަންނެތް ނުވެ ތެދުވެބަ…”

” ބޭބީ ޕްލީޒް… ފައިވް މޯ މިންސް…” މިހުރާން ނިދިއަޑުން އާދޭސްކޮށްލިއެވެ. ނަމަވެސް ސަނާޝް އެއްބަހެއް ނުވިއެވެ.

” މިހުރާން އަބްދުލް އަޒީޒް… ވޭކް އަޕް ރައިޓް ނައު… އޯ އެލްސް އައިލް ނެވާ ޓޯކް ޓު ޔޫ އެގެއިން…. ” ސަނާޝް މިހުރާންއަށް އަށް އިންޒާރެއް އަޅާލިއެވެ. ސަނާޝް އެގޮތައް ބުނެފިނަމަ މިހުރާން ތެދުވާނެކަން ސަނާޝްއަށް އެނގެއެވެ.

” ދެން ނާޝް….” މިހުރާން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.

” ދެން ނާޝް ކިޔާނެ ކަމެއް ނެތް…. ރެއިން… ތެދުވޭ… އައެމް ނޮޓް ޖޯކިން… ޖަސްޓް ވޭކްއަޕް…. ނާޝް މިދަނީ… ރެއިން އެކަނިން އޮވޭ….” ސަނާޝް އެދުން ތެދެވުމަށް އެބުރިލިއެވެ. ނަމަވެސް  މިހުރާން ސަނާޝްގެ އަތުގާ ހިފައި އޭނާއާ ދިމާލަށް ދަމައިގަތެވެ. ސަނާޝް އައިސް ޖެހުނީ މިހުރާންގެ ތަނަވަސް މޭމަތީގައެވެ. ” ރުޅިއައީތަ ޝުގަރ ޕްލަމް… އައިމް ސޮރީ… ހިނގާ ދާން ދޯ…” މިހުރާން ވަގުތުން ހަތިޔާރު ބެހެއްޓިއެވެ. އޭނައަށް ސަނާޝްގެ ގޮތް ވަރަށް ރަނގަޅަށް އެނގެއެވެ. އެއްޗެކޭ ބުނެވިއްޖެޔާ މި އަންހެން ކުއްޖާ ބުނާބަހުގެ ހިފަހައްޓާނެއެވެ. ކޮންމެ ގޮތެއްވިޔަސް ވަރިހަމަވާނެއެވެ.

މިހުރާންއާ ސަނާޝް އަވަސްއަރުވާލާފައި ތައްޔާރުވެލައިގެން ސައިބޯން ނުކުތެވެ. އޭރު ސަނާޝްމެން ނައިސްގެން މައިރާމެން ސައިބޯން ފަށަނީއެވެ. ” މޭއީ…. މި އައީއޭ….. ސޮރީ ލަސްވީމަ… މި ރެއިންގަނޑާ ހަދައިގެން ވީގޮތެއް އެއީ….” ސަނާޝް އަވަސްއަވަހަށް މައިރާގެ ކިބައިން މާފަށް އެދުނެވެ.

” ދޮންބޭ އޭ ހުސްދޮގޮ… ދޮންބެއަށް އިގޭނު އަހަރެން އެހެން ނަހަދާނެކަން ދޮންބެ ގޮވީމަ….. ” މިހުރާން އަވަހަށް އެކަމުން ރެކެން މަސައްކަތްކުރިއެވެ. ” އަދޫ…. އޭ ހުސް ދޮގު އިނގޭ.. ދެން ރެއިން… ބަލަ ކާކުތަ ފަސް މިނުޓު ބޭނުން ވެގެން އުޅުނީ.. ހަމަ ގައިމުވެސް ނާޝްއެއް ނޫން… ދެން ބޭބީއޭ ކިޔާފަ ނާޝް ގާތަށް ނާންނާތި……” މިހުރާން އެހެން ބުނުމުން ސަނާޝް ގާތަށް އައި ރުޅިއެވެ. މިހުރާން އަށް ސަނާޝް ރުޅިއައުމުން ވީ މަޖާ ކަމަކަށެވެ. ” ޝުގަރ ޕްލަމް މާ ލޯބި ތިހެން ރުޅިއައީމަ….” މިހުރާން އިތުރަށް ސަނާޝް ރުޅިއަރުވާލިއެވެ. ސަނާޝް އެއްޗެކޭ ބުނަން އެޅުނު ވަގުތު މައިރާ ސަނާޝް ހުއްޓުވިއެވެ.

” ނާޝް… ދެން ސައިބޯން ވެއްޖެއެއްނު…. ތި ކޯޅުންގަނޑު މަޑުޖައްސާލާފަ އިހަށް އާދެ ސައިބޯން… އައިމް ސްޓާވިންގ…. ޕްލީޒް…” މައިރާ އެހެން ބުނުމުން ކުޑަކުއްޖަކު ކިޔަމަންވާނެ ފަދައިން މިހުރާންއާ ސަނާޝް އައިސް ސައިބޯން އިށީނެވެ. އަދި އެންމެން އެއްކޮށް ސައި ބޯން ފެށިއެވެ.

ސައިބޮއި ނިމިގެން އަދުހަމް އެދުމުން މިހުރާން ދިޔައީ އޭނާއާއެއްކޮން ބޭރަށެވެ. ސަނާޝްއާ މައިރާ ތަށިތަށް ނަގާ ސާފްކޮއްލުމަށްފަހު ގޮސް މައިރާގެ ކޮޓަރިއަށްވަނީ އިތުރަށް ކުރާނެކަމެއް ނެތީމައެވެ.

***********************************************************

އަދުހަމްއާ މިހުރާން ދިޔައީ ސީހައުސްއަށެވެ. އަދުހަމް ބޭނުންވީ ރޭގައި ހިނގި ހާދިސާއަށްފަހު ދެން ކަންތައްކުރާނެ ގޮތާމެދު ވާހަކަދައްކާލުމަށެވެ.

” ރެއިން… ދޮންބެ ބޭނުން ރޭގެ ކަންތައް ކުޑަކޮށް ޑިސްކަސް ކޮއްލަން…” އަދުހަމް ވާހަކަ ފެށިއެވެ. ” ޔާ ޓެލް…. އަހަރެންވެސް ދޮންބެ ގާތު ތިވާހަކަ ދައްކަން ބޭނުންވެފައޭ މިހުރީ…” މިހުރާން ޖަވާބު ދިނެވެ. ” އޯހ… އެހެންތަ؟؟؟… ހޫމް… ސޯ ވަޓް ޝުޑް ވީ ޑޫ؟؟؟؟”  ” ހޫމް… ލެޓް މީ ތިންކް……. ސޯ ހިނގާ މޭއީއާ ނާޝް ގޮވައިގެން ހިނގާ އެމީހާ ގާތަށް ދާން… ދޭ ޝުޑް ނޯ ދަ ރީސަން ބިހައިންޑް އޯލް ދިސް… ވަޑް ޑޫ ޔޫ ތިންކް؟؟؟…” ” ޔާ.. އައި ތިންކް ދެޓްސް އޯކޭ…. ސޯ މިރޭ ހިނގާ ދާން…” މިހުރާންއެކޭ އެއްގޮތަށް އަދުހަމްވެސް ބޭނުންވީ ހުރިހާ ކަމެއްގެ ހަޤީގަތް ހޯދާށެވެ. ދެމީހުން އެތާތިބި އެކިއެކި ވާހަކަދެއްކުމަށް ފަހު ނަމާދަށް ގޮވުމުން ދިޔައީ މިސްކިތަށެވެ.

*********************************************************

” މޭއީ… ނާޝް ވާހަކައެއް އަހާލާފިއްޔާ ތެދަށް ޖަވާބުދޭނަންތަ؟؟؟… ” މައިރާމެން ކޮޓަރިއަށްވަދެ ހަމަޖެހިލެވުމާއެކު ސަނާޝް ވާހަކަ ދައްކަން ފެށިއެވެ. އޭނާ ހުރީ ރޭގެ ހާދިސާއާ ގުޅޭގޮތުން މައިރާއާ އެކަނިން ވާހަކަ ދައްކާލަން ބޭނުންވެފައެވެ.

” ހޫމް… އަހާބަ…. ރޭގެ ވާހަކަ ދައްކަން ދޯ ތި އުޅެނީ… މޭއީވެސް ވަރަށް ވިސްނިން އެކަމާ… މޭއީ ވެސް ނާޝްއާ އެވާހަކަ ދައްކަން ބޭނުންވެފަ މި ހުރީ….”

” އޯހ.. އެހެންތަ؟؟… މޭއީ ކޮންއިރަކުންތަ މައިންޑް ރީޑް ކުރަން ފެށީ…؟؟؟ ” ސަނާޝް މަޖާކޮއްލިއެވެ. ” ނާޝް ސީރިޔަސް ނުވާނެ ކިތަންމެ ބޮޑުކަމެއް ވިޔަސް… ދުވަހަކު ބަދަލު ނުވާނެ…. ސަންތި…”

” ދެން މޭއީ އެހެން ނުކިޔާށޭ…. ސަންތިއޭ… ތީ ސަފަރުކަތްދަ….. އެކަމް ވަރަށް ލޯބިވޭ މޭއީދެކެ…”

ދެން ފެށުނީ ބާލީހުގެ ހަނގުރާމައެކެވެ. މައިރާއާ ސަނާޝްތިބީ ސަކަރާތް ޖެހުނުލެއް ގިނަކަމުން ވަރުބަލިވެފައެވެ. އެހެންވެ ދެމީހުންވެސް ވަރުބަލި ފިލުވައިލުމަށް އެނދުމަތީގައި އޮށޯތެވެ.

” ނާޝް… އައިމް ރިއަލީ ހެޕީ ޓުޑޭ…. ހީވަނީ ހުވަފެނެއްގަ އުޅެވެނީހެން…. މީ ހަމަ ހަޤީގަތްތަ؟؟؟ އައިމް މެރިޑް ޓު އަދޫ… މީ މިސަސް އަދުހަމް އަޒީޒް… ” މައިރާ ވިސްނުމެއްގެ ތެރޭގައި އޮވެގެން ވާހަކަ ދެއްކިއެވެ.

” އައިމް އޯލްސޯ ރިއަލީ ހެޕީ އެބައުޓް އެވްރީތިންގ…. އެންޑް ނާޝްގެ މަންމާފުޅާ… މީ ހަމަ ހަޤީގަތް… ޔޫ އާރ މިސަސް އަދޫ އެންޑް އައިމް މިސަސް ރެއިން… އޯކޭ…. އެންޑް މޭއީއާ އަދޫއާ ހަދައިގެން ރޭ ނުވެސް ނިދުނޭ ރަނގަޅަށް.. ވަރަށް ނިދިއައިއްސި… ލެޓްމީ ސްލީޕް…..” ރޭގައި ރަނގަޅަށް ނިދިހަމަނުވުމުގެ ސަބަބުން ސަނާޝްއޮތީ ވަރަށް ނިދިއައިސްފައެވެ.

” މޭއީއާ އަދޫއާ ހަދައިގެންނޭ ނުނިދުނީ… ބަލަ މޭއީއާ އަދޫތަ ރޭ ހަތަރުދަމު ނާޝްއާ އެއްކޮން އޮތީ… އެހެންނޫނަސް ހެޔޮ ނުނިދިޔަސް… ނިދާތަނުން އަދޫމެން އައިއްސިއްޔާ ކިހިނެތްވާނީ؟؟…”

ދެން ދިޔައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. މައިރާ އަށް ވިސްނެނީ އޭނާގެ މާޒީގައި ހިނގި ކަންތަތްތަކާ މެދުގައެވެ. އެ ހާދިސާތަކަކީ ދުވަހަކުވެސް މައިރާގެ ހިތުން ފިލައިގެންދާނެ ކަންތައްތަކެއް ނޫނެވެ. އޭނާއަށް މިއަދު މިހުރިހާ އުފަލެއް ލިބުނަސް އޭނާގެ ހިތަށް ހިތްހަމަޖެހުމެއް ލިބޭނީ ކަންތައްތައް ހިނގާދިޔަ ގޮތް ރަނގަޅަށް އޮޅުންފިލީމައެވެ. އޭނާގެ ހިތުގައިވާ ހުރިހާ ސުވާލެއްގެ ޖަވާބުތައް ލިބުނީމައެވެ.

**********************************************************

އެއީ ގާތްގަނޑަކަށް މީގެ ފަސްވަރަކަށް އަހަރު ކުރިއެވެ. މައިރާއަކީ ރާއްޖެތެރޭ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ ހަނދާން ހުންނަން ފެށީއްސުރެ އޭނާ އުޅެމުން ދިޔައީ އޭނާގެ ބައްޕައާ އެކުގައެވެ. ނަމަވެސް އެބައްޕަގެ ލޯތްބާ އަޅާލުމެއް މައިރާއަކަށް ދުވަހަކުވެސް ނުލިބެއެވެ. ބައްޕައެއްގެ ފަރާތުން ދޭންޖެހޭ ލޯބީގެ ބަދަލު އެބައްޕަގެ ފަރާތުން މައިރާއަށް ލިބުނީ ހުސް ނަފުރަތެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން އެބައްޕަގެ ފަރާތުން ލޯތްބާ އަޅާލުން ލިބޭނޭކަމުގެ އުއްމީދުގައި އޭނާ ދިޔައީ ކެނޑިނޭޅި މިންނެތް މަސައްކަތްތައް ކުރަމުންނެވެ.

މައިރާ ބޮޑުވެގެންއައީ ބައްޕަ ފަޚުރުވެރިވާނޭފަދަ ދަރިއަކަށް ވުމަށްޓަކައި ބުރަ މަސައްކަތްކުރަމުންނެވެ. ހަމައެންމެ އެ ނަތީޖާތަކުގެ ރަހަ ނުހަނު ފޮންޏެވެ. މައިރާ ވެގެންދިޔައީ ލާމަސީލު ނަމޫނާއަކަށެވެ. މުޅި ރަށުގައިވެސް މައިރާއާ އަރާފޯދޭނޭވަރުގެ ކުއްޖަކު ނުހުންނާނެއެވެ. އޭނާއަކީ ކިޔެވުމަށްވެސް އެއްވަނައެވެ. މަކާރިމުލް އަޚްލާގުން ގަހަނާއަޅާފައިވާ އެހެންމީހުންނަށް އިޙްތިރާމް ކުރަން ދަންނަ ކުއްޖެކެވެ.

މިއަދު އޭނާ ކިޔަވައި މޮޅު ކުއްޖަކަށް އެވީ އޭނާގެ ބައްޕައަށްޓަކައެވެ. އެބައްޕަގެ ލޯތްބަށް އެދި ފެންބޮވައިގެންފައިވާލެއް ބޮޑުކަމުންނެވެ. އެހެނަސް މިއަދުވެސް މައިރާ ކުރިމަތިލާން ޖެހުނީ އެބައްޕަގެ ވިހަ ބަސްތަކާއެވެ. އޭނާގެ ބައްޕަ އެގޮތަށް ކަންކުރާ ސަބަބެއް މައިރާއަކަށް ނުވިސްނުނެވެ.

މައިރާ ގެއިން އެނެރެލީ އޭނާ އެބައްޕަގެ ރުހުން ހޯދުމަށްޓަކައި މައިރާ ދިއްލާފައިވާ ކުޑަކުޑަ ހުޅުކޮޅުވެސް ނިއްވާލަމުންނެވެ. އެ ބައްޕައަށްޓަކައި އޭނާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ނަމަވެސް މިއަދު އޭނާއަށް އޭގެ ބަދަލު މި ލިބެނީ ކިހިނަކުން ހެއްޔެވެ؟ މައިރާ އުމުރުން ސަތާރަ އަހަރުވީއިރު ދުވަހަކުވެސް މީހަކު ގާތު ޝަކުވާއެއް ކޮއްފައެއް ނޯންނާނެއެވެ. ނަމަވެސް މިއަދު އޭނާ މި ކުރިމަތިލާން ޖެހުނު ހިތާމައިގެ ބޮޑުކަމުން އެބައްޕަގާތު ޝަކުވާ ކުރެވުނެވެ.

” ބައްޕަ ކީއްވެތަ އަޅުގަނޑަށް ތިހެން ތިހަދަނީ؟؟؟ ބައްޕަ އަޅުގަނޑު ދެކެ ކީއްވެތަ  ލޯބިނުވަނީ؟؟؟ އަޅުގަނޑަށް ކޮން ކުށެއްތަ ކުރެވުނީ މިހާބޮޑު އަދަބެއް ދޭވަރުގެ؟؟؟ އަޅުގަނޑަށް އެނގިގެން ދުވަހަކުވެސް ބައްޕައަށް ދެރައެއް ނުދެން.. ބައްޕަ ހިތްހަމަނުޖެހޭވަރުގެ ކަމެއް ނުކުރަން.. އަދި ބައްޕަގެ އަގުވެޓޭފަދަ ކަމެއްވެސް އަޅުގަނޑެއް ނުކުރަން.. އަޅުގަނޑު ބައްޕަދެކެ ނުލާހިކު ލޯބިވޭ…. ދެން ކީއްވެތަ ބައްޕާ؟؟؟ ބައްޕަ އަޅުގަނޑުދެކެ ތިހާ ނަފްރަތު ކުރާ ސަބަބެއް މިއޮއް ހުރިހާ ދުވަސްވީއިރުވެސް އަޅުގަނޑަކަށް ނޭގުނު… ބައްޕަ އަޅުގަނޑަށް ތިހެން ނަހަދާ… ޕްލީޒް ބައްޕާ… އަޅުގަނޑު ވަކި ދާނީ ކޮންތާކަށް؟؟؟ ބައްޕަނޫން އެކެއްވެސް އަޅުގަނޑުގެ ހުރީކީ ނޫން…” މައިރާއަށް ރޮވުނެވެ. ނަމަވެސް އެބައްޕައަށް މައިރާގެ އެއްވެސް ވާހަކައެއް އަޑުއިވުނު ހެނެއް ހިޔެއް ނުވެއެވެ. ނުވަތަ އެސުވާލުތަކަށް ޖަވާބު ދިނުން މުހިއްމު ނުވީއެވެ.

މައިރާ އެތަނުން ދިޔުމަށް ހިނގައިގަތީ ދާނި ވަކި މަންޒިލެއް އެނގިގެނެއްނޫނެވެ. އޭނާ ގޮތްހުސްވީއެވެ. އޭނާ މުޅިން އެކަނިވެރިވީއެވެ. އެބައްޕަގެ ރުހުން ހޯދުމަށްކުރި ހުރިހާ މަސައްކަތެއް ފެނަށްވީއެވެ.

މައިރާއަށް އެޚިޔާލުތަކުން ނުކުމެވުނީ މީހަކު އޭނާގައިގައި ހިފައި ތަޅުވާލުމުންނެވެ.

“މޭއީ… ކީއްވެތަ ތިރޮނީ… ކޮންތާކަށްތަ ތި ދަނީ… ބުނެބަ ނާޝްގާތު… ނާޝް މޭއިއަށް ގޮވާތާ ކިހާއިރެއް… މޭއީގެ ޖަވާބެއް ނުލިބުނީމަ މިއައީ…ޓެލް މީ…” މައިރާ ކުރިމަތީ އެހުރީ އޭނާގެ ކޮއްކޮ އަދި ހަމައެހެންމެ އޭނާގެ އެންމެ ގާތް އެކުވެރިޔާ ސަނާޝްއެވެ. ސަނާޝް ފެނުމުން މައިރާއަށް އަދި ބޮޑަށް ރޮވުނީއެވެ.

” މޭއީ ތިހެން ރޯން ހުއްޓަކަސް ނާޝްއަކަށް ނޭގޭނެއެއްނު… ވީގޮތެއް ބުނީމަ ދޯ ނާޝްއަށް އިނގޭނީ…. ދެން ބުނެބަ… ބައްޕަ އެއްޗެކޭ ބުނީތަ އަނެއްކާ؟؟.. މޭއީ ހުއްޓާލާފަ ވާހަކަ ދައްކަބަލަ.. ނާޝްވެސް ދެރަވެޔޭ މޭއި ރޯތަން ފެނުނީމަ… ނާޝްއަށްވެސް ރޮވިދާނެ.. ހުއްޓާލަބަ ޕްލީޒް…” މައިރާއަށް ވީގޮތެއް ނޭނގުމުން ސަނާޝް ހުރީ ކަންބޮޑުވެފައެވެ. ކޮންމެވެސް ބޮޑުކަމެއް ވެގެން ނޫނީ މައިރާ ނުރޯނެކަން ސަނާޝްއަށް އިނގެއެވެ. ސަނާޝް މައިރާ ގޮވައިގެން ދިޔައީ އޭނާގެ ގެއަށެވެ. މައިރާއަށް ވީގޮތް އެންމެ ރަނގަޅަށް ދެން އޮޅުންފިލުވޭނީ އޭނާގެ މަންމައަށެވެ. ޟައިރާ ހަމަ ޔަޤީނުންވެސް އޭނާގެ ބޮޑުދައިތަގެ ބަސް އަހާނެއެވެ.

ޒާހިދާ ހަނޑޫ ދޮންނަން ހުރެފަ ނުކުތީ ސަނާޝް މާ ވަރަކަށް ގޮވާތީއެވެ. ” ކިހިނެތްވީތަ ދަރިފުޅާ؟؟ ހާދަ ބާރަކަށް ތިގޮވަނީ މަންމަ ބީރެއްނުވެޔޭ އަދިއެއް…”

” މަންމާ ބަލާބަ މޭއީ… ހަމަ ރޮނީ.. ނާޝްއަހައަހާވެސް ކިހިނެތްވީކަމެއް ނުބުނި… ނާޝް މިހާރު އަހައަހާ ވަރުބަލިވެއްޖެ… އިކަށް މަންމަ އަހާބަ… އޭރުން ފަހަރެއްގަ ބުނެދާނެ.. އެހެންވެ މިއައީ މޭއީ ގޮވައިގެން…” ސަނާޝް އޭނާގެ މަންމަގާޓު މައިރާއަށް ވީގޮތެއް އޮޅުންފިލުވުމަށް ބުންޔެވެ.

” ތެދެއް ދަރިފުޅާ މައިރާ ބޮޑުދައިތަ ގާތު ވީގޮތެއް ބުނެބަލަ.. އޭރަށް ބޮޑުދައިތައަށްވެސް އެހީއެއް ވެވޭނީ.. ބައްޕަ އެއްޗެކޭ ބުނީތަ؟؟ ނުރޮއި ހުއްޓާލާފަ ބުނެބަލަ ދަރިފުޅާ…” ޒާހިދާވެސް މައިރާ ފެނުމުން ކަންބޮޑުވިއެވެ. މައިރާގެ ދެލޯވަނީ ރޮއިރޮއި ދުޅަވެފައެވެ.

” ބޮޑުދައިތާ… ކި..ކީއްވެތަ ބައްޕަ އެ…އެގޮތަށް….. އެ ކަންތައް ކުރަނީ؟؟؟… ކީއްވެތަ.. ބައްޕަ އަޅުގަނޑުދެކެ.. އެހާ ރުޅިއަންނަނީ…؟؟؟ ” ބޮޑުދައިތަ ފެނުމުން މައިރާއަށް ކުޑަ ހިތްވަރެއް ލިބުނެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ ބައްޕަ ބޮޑުދައިތަ ދެކެ ކިތަންމެ ރުޅި އަޔަސް ބޮޑުދައިތަ އޭނަ ދެކެ ނުލާހިކު ލޯބިވެއެވެ. އެހެންވެ އެވަގުތުވެސް މައިރާއަށް އޭނާގެ ނަސީބާ މެދު ޝަކުވާ ކުރެވުނެވެ.

” ދަރިފުޅާ ބައްޕަ ކީކޭތަ ބުނީ؟؟ ކިހިނެއްތަ ވީ؟؟ ވީގޮތް ކިޔާދީބަލަ.. އޭރަށް ބޮޑުދައިތަ ބައްޕައާ ވާހަކަ ދައްކާނަން…” ޒާހިދާއަށް ކުރެވުނު ޝައްކު ޔަޤީންވިއެވެ. ޔާސިރު މައިރާއާ ދިމާލަށް އެއްޗެކޭ ބުނީއެވެ.

” ބައްޕަ އަޅުގަނޑު ގެއިން ނެރެލީ… ކީއްވެކަމެއްވެސް ނޭގޭ… އަޅުގަނޑު ގޯސް ގޮތަކަށް ނޫޅެމޭ ބޮޑުދައިތާ… ދެން ކިއްވެތަ އެގޮތަށް ބައްޕަ ކަންތައް ކުރަނީ؟؟؟ ” ރޮވިފައިވާ އަޑަކުން މައިރާ ޒާހިދާއަށް ވީގޮތް ކިޔާދިނެވެ.

ޔާސިރު މައިރާދެކެ ކިތަންމެ ރުޅި އަޔަސް އޭނާ ގެއިން ނެރެލަފާނެކަމަށް ޒާހިދާ ދުވަހަކުވެސް ހިޔެއްނުކުރެއެވެ. ” މައިރާ.. ދަރިފުޅު ސަނާޝް ގާތު މަޑުކޮއްލަ އިނގޭ… ބޮޑުދައިތަ އަންނާނަން ބައްޕައާ ވާހަކަދައްކާފަ… ދެން ނުރޮއްޗޭ އިނގޭ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..” ޒާހިދާ އަވަސްވެގަތީ ޔާސިރުއަށް ވިސްނައިދެން ދާށެވެ.

” ނޫން ބޮޑުދައިތާ.. ބޮޑުދައިތަ ގޮއްސިއްޔާ ބައްޕަ އިތުރަށް ރުޅިއަންނާނެ… އޭރަށް މިހާރު ދައްކާ ވަރަށްވެސް ބައްޕަ ބޮޑުދައިތައާ ވާހަކަ ނުދައްކާނެ… އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑުގެ ސަބަބުން އެހެން ވާކަށް..” މައިރާ އެވަގުތުވެސް ވިސްނީ އޭނާގެ ބޮޑުދައިތައާ މެދުއެވެ. ޒާހިދާއަށްވެސް އެވަގުތު ރޮވުނެވެ. މިކަހަލަ ރަނގަޅު ޞާލިޙު ދަރިއެއް ލިބޭނީ ނަސީބުވެރިޔަކަށެވެ. މިއަދުން ފެށިގެން އެދަރިފުޅުގެ ޒިންމާ ނަގައި މުޖްތަމަޢަށް ފައިދާ ހުރި ޤާބިލް ދަރިއަކަށް މައިރާ ހެދުމަށް ޒާހިދާ އެވަގުތު އަޒުމް ކަނޑައެޅިއެވެ.

” މައިރާ ދެން ދަރިފުޅު ނުރއްޗޭ.. ދެން މައިރާ އުޅޭނީ ބޮޑުދައިތަ ގާތު.. އެއްވެސް މީހަކަށް ނުކެރޭނެ ދަރިފުޅަށް ދެރަގޮތެއް ހަދާކަށް..” ޒާހިދާ މައިރާގެ ކަރުނަތައް ފޮހެލަމުން ބުނެލިއެވެ.

” އެކަމް ބޮޑުދައިތަ ކިހިނެއް…” މައިރާ ބުނަން އުޅުނީ ކީކޭކަން އިގުމުން ޒާހިދާ މައިރާ ހުއްޓުވިއެވެ.

” އެކަމް ކިޔާނެ ކަމެއް ނެތް.. ބޮޑުދައިތައަށް ތިދެކުދިން ބެލޭ ވަރުގެ ތަނަވަސްކަން އިރާދަކުރެއްވިއްޔާ އެބަ ހުރި… ހިނގާ އެގެޔަށް ދަރިފުޅުގެ އެއްޗިހިތައް ބަލައި…”

Share Article

Follow Me Written By

Maayu

Level 2100 Login10 Stories

Other Articles

Previous

ހިތް އެދުނު ލޯބި

Next

ހޯދޭތޯ މަންޒިލެއް… 10

Next
November 12, 2018

ހޯދޭތޯ މަންޒިލެއް… 10

Previews
November 12, 2018

ހިތް އެދުނު ލޯބި

5 Comments!

  1. Maayu says:
    November 12, 2018 at 9:02 pm

    Dear Readers.. Finally 2nd part miothy up vefa.. Hope you guys will like it.. And thnkiu wait kuryma.. Inshah allah nxt part maadhamaaga up kuraanan…And kurin buni mistake thah rangalhu kohffa hunnaany… So mi part ga vx mistakes huriyya faahaga kohladheythi…

  2. Beryl Stone says:
    November 13, 2018 at 4:02 pm

    Btw me first dhw ?masha allah…vrh reethi mi prt vx..?????whn nxt?

    1. Maayu says:
      November 14, 2018 at 10:08 am

      Yes.. Thnikiu Beryl Stone?? Insha Allah miadhuge vaguthehga up kuraanan❤❤

  3. Sana says:
    November 13, 2018 at 4:22 pm

    Nice when is next part????

    1. Maayu says:
      November 13, 2018 at 5:53 pm

      Insha Allah mirey up kureveythoa mi balany…

Comments are closed.



All Right Reserved!