ބާރު ހިނގުމެއްގައި ހުޅުމާލެ ސެންޓްރަލް ޕާކް ފަހަނައަޅާ ދިޔަ ފަތްމިނި އަންހެން ކުއްޖާ ދިޔައީ އެތަކެއް ފިރިހެނުންގެ ހިތަށް ކަތިލަމުންނެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ފިނިފެންމަލެއްގެ ފިޔައެއް ފަދަ ތުނި ފިޔާތޮށި ތުންފަތެކެވެ. މޭކަޕެއް ކޮށްފައިނުވާ ދިގު އެސްފިޔަތަކަކާއި ބޮޑު ދެލޮލުވެ. ފުންކަނޑެހާ ފުން ހެޒެލް ދެލޮލުގެ ބާރު ގަދައެވެ. ބައްޓަން ރީތި އަންހެންވަންތަ ހަށިގަނޑެކެވެ. އޭނާ ލައިގެން ހުރީ ގަޔަށް ދޫ ހަދުމެއް ކަމުގައިވިޔަސް ޖެހެމުން ދިޔަ ބާރު ވައިރޯޅިތަކާއެކު އެ ހެދުން ހަށިގަނޑުގައި ބީހިލައެެވެ. ޒުވާން […]
ދޫނި ސޫފާ ސޫފީގެ އަޑު ފަޒާގައި ގުގުމަން ފެށުމާއެކު އިރުގެ ރަން ދޯދިތަށްވެސް ދުނިޔެމައްޗަށް އަލިކުރަން ފެށިއެވެ. ރޭގަނޑުގެ ފިނިފިނި ވަގުތުތަކަށް ޢަލްވަދާޢު ކީ ނަމަވެސް ރޭ އިއްސުރެއް ވެހެމުން ދިޔަ ވިއްސާރައިގެ އަސަރު އަރައިގެން އައި އިރާއެކުވެސް ފިލައިގެނެއް ނުދެއެވެ. މަގުތަކުގައި ފެން ހެދިފައިވީނަމަވެސް ހިނގާފައި އޮފީސްތަކަށާއި ސްކޫލުތަކަށް ދާ މީހުންގެ ޢަދަދު މަދެއް ނޫނެވެ. ކާރުތަކާއި ސައިކަލުތަށް ދުއްވަމުން ދިޔައީ ފެންގަނޑުތަށް ކަފަމުންނެވެ. ފެހިގަސްތަކުގެ ފަތްތަކުގައްޔާއި މާތަކުގެ ފިޔަތަކުފައި ހަރުލާފައި ހުރި ކުދި ކުދި […]