Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 1

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
November 12, 2018 One Min Read
5 Comments

މެންދުރުގެ ހޫނު ވަގުތުގައި މަގުގެ އެއްކައިރިން ހިނގާފައި ދިޔަ ޒުވާން ފިރިހެން ކުއްޖާގެ މޫނުމަތިން ފެންނަމުން ދަނީ ވަރުބަލިކަމެވެ. ބަލާބެލުމަށް އެއީ ފަނަރަ އަހަރުގެ ކުއްޖެކެވެ. ލާފައި ވަނީ ކަޅުކުލައިގެ ޖިންސަކާއި ކަނޑު ނޫކުލައިގެ ގަމީހެކެވެ. އިސްތަށިގަނޑުގައި ފުނާ އަޅާފައިވާ ގޮތުން އެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އަތުގައި އޮތް މެދުވަރުގެ ޙަތިމުން އެ ދަނީ ޤުރްޢާން ކިޔަވަން ކަން ޔަޤީނެވެ. އޭގެ ކުޑަ ތަންކޮޅެއް ފަހަތުން ދެ އަންހެން ކުދިން އަންނަތަން ފެނެއެވެ.  އެ ދެ ކުދިންވެސް އެދަނީ ޤުރްޢާން ކިޔަވަންކަން ހާމަވަނީ އަތުގައި އޮތް ޙަތިމުންނެވެ. ކަޅުކުލައިގެ ބަޓަފުލައި އަބާޔާއަކާއި ކަޅުކުލައިގެ ބުރުގަލެއް އަޅައިގެން ހުރި އަންހެން ކުއްޖާ ބަލާބެލުމަށް ވައްތަރީ ފަނަރަ އަހަރުގެ ކުއްޖަކާއެވެ. ކާރީގައި ހުރި ކުޑަ އަންހެން ކުއްޖާ ވައްތަރީ ތޭރަ އަހަރުގެ ކުއްޖަކާއެވެ. ލާފައިވާ ނޫ ކުލައިގެ ޖިންސާއި ވައިލެޓް ކުލައިގެ ޓޮޕް ކޮޅުން އެއީ ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން ހާމަވެއެވެ.

” ދޮންތާ ބަލާ! އެއޮށް ދަނީ ދޮންތަގެ ހޭންޑްސަމް.” އެތާހުރި ކުޑަ އަންހެން ކުއްޖާ އޭނަގެ ދޮންތައާއި ދިމާއަށް ކުރިމަތިން ދިޔަ ފިރިހެން ކުއްޖާއަށް ބުނެލިއެވެ. ”މީޝާ ގާތު ކިތައް ފަހަރު ބުނާނީ އެއީ ދޮންތަގެ ހޭންޑްސަމް އެއް ނޫނޭ! ދޮންތަ އަދި ނޫޅެމޭ މީހަކާ ހެދިއެއް! އެތާހުރި ބޮޑު އަންހެން ކުއްޖާ އޭނާގެ ކޮއްކޮ އަށް ބުނެލިއެވެ. ”ބަލަ ދޮންތައެއް ނޫންތަ ބުނީ އެއީ ދޮންތަގެ ހޭންޑްސަމް އޭ! މީޝާ އޭނާގެ ދޮންތަ އަށް ރައްދެއްދިނެވެ. ”މީޝާ! އެއީ ދޮންތަ މަޖަލަކަށް ބުނި އެއްޗެކޭ…. މީހަކަށް މަޖަލަކަށް އެއްޗެއް ބުނެލެވެން ވެސް ނެތެންނު މިހިރި ބޮޑު އަނގައާ ހެދި…… މުޅި އުމުރަށް ވެސް ދެން ކިޔާނެ….” މީޝާގެ ދޮންތަ އެހެން ބުނެފައި ގޮސް ކިޔަވަން ދާ ގެއަށްވަނިއެވެ.

އައިޒަން! ކިޔަވާ! ކިޔަވާއްތަ ބުނެލިއެވެ. ”ދޮންތާ… ދޮންތާ..ހޭންޑްސަމް ކިޔަވަން ފަށަނި” ހަމައެކަނި ދޮންތައަށް އަޑު އިވޭވަރަށް މީޝާ ބުނެލިއެވެ. މީޝާ އެ ބުނިއެއްޗެއް އަޑު އިވޭކަމަށް ވެސް ހަދާނުލައި އޭނާގެ ދޮންތަ އިނެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން އައިޒަން ކިޔަވަން ފެށިއެވެ.އައިޒަން ކިޔަވާ ނިމުމުން ދެން ކިޔަވާއްތަ ޖެއްސީ މިޝާގެ ދޮންތަ ނިފްޝާއަށެވެ. މީޝާ އޭނާގެ ދޮންތައާ ދިމާއަށް މީހުން ލަދުގަންނަވާލާ ކަހަލަ ގޮތަކަށް ބަލާލިއެވެ. ނިފްޝާ އަޅާނުލާ ކިޔަވަން ފެށިއެވެ. އެންމެން ކިޔަވާ ނިންމައިގެން ގެއަށް ދިއުމަށް ހިނގާގަނެވެ.ނަމަވެސް މީޝާ އާއި ނިފްޝާ ކިޔަވާ ގެއިން ނިކުމީ ތަންކޮޅެއް ލަހުންނެވެ. ”މި މީޝާގެ ކަންތަކޭ! ދެންވެސް ކިޔަވާގޭގަ ވާހަކަ ނުދައްކާތި! އެންމެން ދިޔަފަހުން އަހަރެމެންނަށް ގެއަށް މިދެވެނި….”ނިފްޝާ ބުނެލިއެވެ. ”ދޮންތާ މީޝްއަށް ހީވަނި ކިޔަވާއްތައަށް ވެސް އެނގޭހެން…” މީޝާ އެއްޗެއް ވިސްނަލާފައި ބުނެލިއެވެ. ” ކޯއްޗެއް؟؟”ނިފްޝާ އެއްޗެއް ނުވިސްނޭ ފަދައަކުން އަހާލިއެވެ. ” ދޮންތައާއި އެ ހޭންޑްސަމް……….”މީޝާއަށް ޖުމުލަ ފުރިހަމަ ނުކުރެވެނީހެން ނިފްޝާ އޭނާގެ ގައިގާ ޖަހާލިއެވެ. ދެ މީހުން ގެއަށް ދިޔައީވެސް ހަމަ ސަކަރާތުގައެވެ.

*******************

”މީޝާ އަވަސް ކޮށްބަލަ.. މިހާރު ކޮން އިރެއް މިހެން ކިޔާތާ….. މިދަނީ މިދަނީ ކިޔާތާ ވެސް ކޮން އިރެއް… ހަތަރެއް ޖަހާއިރު ދާން އުޅުނި މީހާވިއްޔަ… މިހާރު އެހެރި ހަތަރު ގަޑި ބައި ވީ އޭ…. ދެން ނިކުންނަން ވީ..!” މީޝާ ލަސް ކަމުން ނިފްޝާ އޭނާ އާ ދިމާއަށްހަޅޭލަވައިގަތެވެ. ”ސާބަހޭ ދޮންތާ…. ހާދަ ކެތްތެރިކަން ކުޑައޭ ދޯ…. ތިވަރުން ކިހިނެއް އުޅޭނި..” މީޝާ ބުނެލިއެވެ. ”ކެތްކުރިކަމަށް ވާނި މިތާ ފާރުބުޑުގަ އިނދެގެން މަރުވީމަތަ؟” ނިފްޝާ މަޖާ ކޮށްލަމުން ބުނެލިއެވެ. ”ހެހެހެހެހެހެހެ………… އަނެއްކާ މަރުވަންދެން މިތާ ފާރު ކާރީ އިންނާނީކީ ނޫން އިނގޭ….” މީޝާވެސް އެ މަޖަލުގައި ބާވެރިވިއެވެ. ”ހަހަހަހަ…….މަންމާ މިދަނީ ހިނގާލަން…. އެންމެ ރަނގަޅު ދޯ؟” ނިފްޝާ އޭނާގެ މަންމަގެ ހުއްދަ ހޯދިއެވެ. ”ހުމް…… އެކަމު ބަންގި ނުގޮވަނީހެން ގެއަށް އަންނާތި އިނގޭ!” ހުއްދަ ދެމުން މަންމަ ބުނެލިއެވެ. ”ލައްބަ މަންމާ!އަޅުގަނޑުމެން މިދަަނީ މުޅި އުމުރަކަށް ނޫނެއްނު… ދެން އަވަހަށް އަންނާނު…. މަންމަ ހާސްނުވެބަލަ އަޅުގަނޑުމެންނަކަށް ކަމެއް ނުވާނޭ…. ” މީޝާ އޭނާގެ މަންމަ ގާތު ބުނެލިއެވެ. ”ހުމް.. ދެން ހެޔޮލޭ….އަވަހަށް ދޭ ދެން..”މަންމަ ބުނެލިއެވެ.

ލިންކުރޯޑުގެ ބޮޑުމަގުން ހިނގާފައި އަންނަ ދެ އަންހެން ކުދިންނަށް ވަނީ ގިނަ ލޯ ތަކެއް އަމާޒުވެފައެވެ. ކަނޑު ނޫ ކުލައިގެ ބަޓަފުލައި އަބާޔާ އަކާއިއެކު މުށި ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި ނިފްޝާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އޭނާގެ ނުފިލާ ހިނިތުންވުމެވެ. މޭކަޕްއަކާއި ނުލައިވެސް ނިފްޝާ އެހައި ރީއްޗެވެ. ނިފްޝާ ދީނާ އެއްގޮތަށް ހެދުން އަޅާއިރު މީޝާ އަކީ އޭގެ އިދިކޮޅެވެ. ކަޅު ކުލައިގެ ސްކިނީ އަކާއި ފަލަމަސް ގަނޑާއިހަމައަށް އަންނަ ރަތް ކުލައިގެ ހެދުމާއިއެކު ކަޅުކުލައިގެ ޝޯލް އަޅާފައިވާ މީޝާގެ ރީތި ކަން ވެސް އިންތިހާއެވެ. ކޮށްފައިވާ ގަދަ މޭކަޕް އިން އެ ރީތި ކަން ދެގުނައެވެ. އެދެ ކުދިންނަށް ގިނަ ލޯ ތަކެއް އަމާޒުވެފައިވީ ނަމަވެސް  އެއިން އެއްވެސް ކަމަކަށް އަޅާލާ ހެނެއް ހިޔެއްނުވެއެވެ. ހީވާގޮތުން ދެމީހުން ވެސް ތިބީ އަމިއްލަ ވަާހަކާގައެވެ. ނިފްޝާ އަކީ ޤުދުރަތީ ރީތި މަންޒަރުތަކަށް ލޯބިކުރާ ކުއްޖެއްކަމުން އޭނާ ދިޔައީ ފޯނުގައި އެ ރީތި މަންޒަރުތައް ރައްކާކުރަމުންނެވެ. އަދި މީޝާ ރުޅިއެރުވުމުގެ ގޮތުން ދިޔައީ ތަފާތު އެކި ވާހަކަ ދައްކަމުންނެވެ. ނަމަވެސް މީޝާ ދަނީ އެކަމުން ނިފްޝާއަށް ވުރެ ކުރި ހޯދަމުންނެވެ.ނިފްޝާ ބުނެލާ ކޮންމެ ބަހަކަށް މީޝާ ދިޔައީ ރައްދު ދެމުންނެވެ. ” ދޮންތާ ބަލާބަލާ.. އެހެރަ އަނަނީ ދޮންތަގެ ހޭންޑްސަމް… ދޮންތަ ހަމަ ކުރާ ކަންތަކޭ އޭނާވެސް އެކުރަނި.. ބަލާބަލަ ހަމަ ދޮންތަފޮޓޯނަގާތީ އޭ އޭނާވެސް އެ ނަގަނި….” މީޝާ ބުނި ވާހަކައިން ހަމަ ރަނގަޅަށްވެސް މިފަހަރު ނިފްޝާ ރުޅި އައެވެ. ”މީޝް އަށް ކިހިނެއް ހެދީމަތަ ދޮންތައާއި ނުބެހޭނި އޭނައޭ ކިޔާގެން….. ދެން ހަމަ މަންމަ ކާރީ އިނގޭ ބުނާނި..ދޮންތައަށް ހީވަނި މީޝް ހެން އުޅެނި އައިޒަންއާ ހެދި.. އެހެންވެ އެއްނު އަބަދު އެނަން ދުލުން ބޭރުވަނި…”ނިފްޝާ ވެސް ގޮތްދޫކުރާ ޙިޔާލެއް ނުކުރެއެވެ. ”ނޯ ވޭ ދޮންތާ… އަޅުގަނޑެއް ނޫޅެން އޭނަ އާ ހެދިއެއް… ހުއް.. ދެން އަޅުގަނޑެއް ވެސް ނޫޅޭނެ ދޯ ދޮންތަ އިންނަން އުޅޭ ކުއްޖަކާ ހެދިއެއް… ދޮންތަވެސް ދައްކާ ވާހަކަ…” މީޝާވެސް ގޮތް ދޫ ކުރާ ޙިޔާލެއް ނުކުރިއެވެ. ނިފްޝާ ފަހުން އެއްޗެއް ބުނާކަހަަލަ ޙިޔާލެއް ނުކުރިއެވެ. އެއީ ފަށައިގެން އުޅޭ ވާހަކަ ނިންމާލުމުގެ ގޮތުންނެވެ. ”ދޮންތާ އެއްޗެކޭ ނުބުނާނަންތަ؟” ހިމޭންކަމުގެ އެވަގުތުކޮޅު ދުއްވާލީ މީޝާއެވެ. ”ހުމް ނޫޅެން އެއްޗެކޭ ބުނާކަށް.. ކީއްކުރަން ބުނަންވީކީ….”ނިފްޝާ ބުނެލިއެވެ.

”ދޮންތާ ބަލާބަލަ…”މީޝާ އެހެން ކިޔާފައި ނިފްޝާ ކޮއްޕާލީ އެތަނުން ދިޔަ ފިރިހެން ގުރޫޕާދިމާލަށެވެ. މުޅި އެތަނުގައި ހަރުލާފައި ހުރީ ނިފްޝާގެ ހަޅޭކުގެ އަޑެވެ. ނިފްޝާ ގޮސް ޖެހުނީ އެތަނުން އެންމެ މިކޮޅަށް ހުރި ކުއްޖާގެ ގައިގައެވެ. ހުށިޔާރު ކަމާއެކީ އެކުއްޖާ ނިފްޝާ ނުވެއްޓި ހިފެހެއްޓިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

މާފްކުރާށޭ ކަލާ 5

Next

ދަރީންނާއިމެދު ފޮނި އުއްމީދު ތަކެއް ކުރެވެއެވެ.

Next
November 12, 2018

ދަރީންނާއިމެދު ފޮނި އުއްމީދު ތަކެއް ކުރެވެއެވެ.

Previews
November 12, 2018

މާފްކުރާށޭ ކަލާ 5

5 Comments!

  1. mariyanbu says:
    November 12, 2018 at 9:53 pm

    assalaam alaikum…
    here it is the my 3rd story in this site…..point out the mistakes so i can improve my writings….. hope u all will like the story…….:) 🙂
    next part tomorrow.. insha allah…

  2. Anonymous says:
    November 13, 2018 at 7:03 am

    Maa sha Allah.. Vrh furihama.. Vrh Vrh reethi.. Dheeny vaahaka eh v am Vrh Vrh kiyaalaa hithun mihury.. Next part ah waiting………….. Btw photo ga einy umm Abdhulla dhw? ☺️☺️????? love the story… ??????????

  3. mariyanbu says:
    November 13, 2018 at 7:24 am

    thanks anonymous….. i don’t know photo ga einy kaaku kameh….. 🙂

  4. Nice says:
    November 13, 2018 at 11:46 am

    Maashallah.. vvvvv reethi… aneh hn neii maabodu mistakes thakeiiii………

  5. mariyanbu says:
    November 13, 2018 at 2:17 pm

    thanks nice………..mistakes huriyyaa kiyaa knme kuhjjaku vs ekan bunedhinun edhen….eyrun rangalhu kohleveyny………:)

Comments are closed.

Next Episodeކުރެހުން އެޅުނޭ ހިތުގެ އަޑީގައި 2←


All Right Reserved!