ކާރު ބާރު ބޮޑު މާލޭގައި އެހާ ބާރަށް ދުއްވާފައި ދިއުމުން މިޝްޔާ އިނީ ތުން ދަމައިގެންނެވެ. ޒައިން ކައިރީގައި ކިޔާ ކިޔާ ވެސް މަޑެއް ނުކުރިއެވެ. ވިލާ ކޮލެޖު ކައިރީގައި ސައިކަލު ޕާރކު ކޮށްފައި ދެމިހުން އެތެރެއަށް ވަންނަން ދިޔައީ އެކީގައެވެ. ޒައިން އާއި މިޝްޔާ އަކީ ކުޑައިރުން ސުރެ ވެސް ވަރަށް ގާތް ރަހުމަތްތެރިންނެވެ. މިޝްޔާގެ ބައްޕަ މާއިން އާއި ޒައިން ގެ ބައްޕަ ޒިޔާން އަކީ ވެސް އެމީހުން ކުޑައިރުން ފެށިގެން އެންމެ ގާތް […]
” މި ކައިވެންޏަކީ ކުރިންވެސް ކުރުމަށް ހަމަޖައްސާފައިވާ ކައިވެންޏެއް. އެހެންވީމަ ކައިވެނި އަވަސް ކުރުމަކީ މައްސަލަ އެއް ނޫން ކަންނޭގެ” މީރާގެ މަންމަ އާރިފާ ، ނާސިހާ އާއި ދިމާއަށް ބަލާލާފައި ބުންޏެވެ. ” މިއީ އަރީންގެވެސް މުޅި ދިރިއުޅުމާއި ގުޅިފައި ހުރިކަމެއް. އޭރުވެސް މިކަން ނިންމީ އަރީންގެ ހިޔާލެްްއް ނުހޯދާ. އެހެންވީމަ އަލުން ކައިވެނީގެ ވާހަކަތައް ދައްކާއިރު ވެސް އަރީންގެ ހިޔާލެްްއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް” ނާސިހާ ބޭނުންވަނީ ދަރިފުޅުގެ ރުހުމާއި އެކު ކައިވެނި […]
ކުއްލިއަކަށް ސިކުނޑި ހާސްވެ މީހާގެ މޫނު މަތިން ދާތިކިތައް ފާއްދާލިއެވެ. އަޔާން އަނެއްކާވެސް ދަހާ ގެ މޫނަށް ބަލާލިއެވެ. އޭރު ދަހާ ވެސް އަޔާން އަށް ބަލަހައްޓައިގެން ހެވިފައި ހުއްޓެވެ. “ނުހާ. މީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު އަޔާން.” އާސިފް ދަހާއަށް އަޔާން ތަޢާރަފްކޮށް ދިނެވެ. ދަހާ ކުރިއަށް ޖެހިލާ އަޔާން އާއި ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. އަޔާން އަށް ގަނޑުވެފައި ހުރެވެނީއެވެ. ކޮން ނުހާއެއް ހެއްޔެވެ؟ އަޔާން ދަންނަ މީހެއް ކަމަށްވެސް ނުހެދިއެވެ. އެކީއްވެ […]
އަހަރެންނަކީ ރަށު ސްކޫލުގައި ކިޔަވައިދެމުންދާ ޓީޗަރެކެވެ. އަހަރެންގެ އެ މަސައްކަތް ކުރަމުންދަނީ ނުހަނު ގަޔާވެގެންނެވެ. ވަޒީފާއެއްގެ ގޮތުގައި ނުދެކި އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. އެހެންކަމުން އަހަރެންނަށް ކުރެވޭ މަސައްކަތް ރަނގަޅުވަމުންދާކަށް އަހަރެންނަށް ޤަބޫލުކުރެވެން ފެށީ ދަރިވަރުންނާއި އެކުދީންގެ ބެލެނިވެރީންގެ ފަރާތުން ލިބެމުންދާ ތަޢުރީފާއި ހެޔޮދުޢާތަކުންނެވެ. އަހަރެން އެކަމާ ވަރަށް ހިތްހަމަޖެހެއެވެ. އަހަރެންގެ ލޯބިވެރިޔާ އަފްޒަލް އަހަރެންނަށް ދޭ ހިތްވަރަކީ އަހަރެންނަށް މަސައްކަތުގެ މާޙައުލުގައި ރަނގަޅަށް މަސައްކަތްކުރުމަށް ލިބޭ އެންމެ ބޮޑު އެއް ހިތްވަރެވެ. އަހަރެންގެ މަންމަގެ […]
އިސްކޮޅުން ދިގު ރީތި ޒުވާން ހަށިގަނޑެކެވެ. ފެހިކުލައިގެ ޓީޝާޓަކާއި ކަށިމައްޗައް އަރާ ދިގު ސޯޓެއް ލައިގެން ޖޮގިން ބޫޓަކައް އަރާފައި ހުއްޓެވެ. މެދުމިންވަރަކަށް ތުނބުޅި ދިގުކޮށްފައިހުރިއިރު، މަތިމަސް ތުނިކޮށް ކޮށާލާފައި ވެއެވެ. ކަޅެއް ނޫނެވެ. މާ ދޮނެއްވެސް ނޫނެވެ. “ތީ ހިބާ ދޯ؟” މާހިލް އެ ސުވާލު ކޮށްލީ ހިބާތޯ ޔަޤީންކުރުމަށެވެ. މޫނުބުރުގާގެ ނިވަލުގައިހުރި ހިބާގެ ނަޒަރު ގޮސް ހުއްޓުނީ އެ ޒުވާނާގެ މޫނަށެވެ. އެ މޫނުމަތިން ދަންނަ ވައްތަރު ނުޖެހިޔަސް އެއަޑަކީ ހިބާޔައް އޮޅޭނެ އަޑެއް […]
ހަމަ ވަގުތުން ދުވެފައި ގޮސް އަލްޔާން ގެ ގައިގައި ބައްދާލަން އީން ގެ ހިތް އެދެމުން ދިޔައެވެ.އެދުލުން އެންމެ ފަހަރަކު އޭނާގެ ނަމުން ގޮވާލާތޯ އިންތިޒާރުގައި ހުރި އީން ގެ ކެތްތެރިކަން ކޮޅުންލީ ބަހެއް ނުބުނެ ފުން ނަޒަރަކުން އަލްޔާން ބަލަން ހުރުމުންނެވެ..އެހިނދު އިޚްތިޔާރަކާ ނުލާ އީން ގެ ލޮލުން ކަރުނަ ހިލުނެވެ…”އަހަނ…ވަޓް އަ ސަޕްރައިޒް…ޖީ.އެފް ވެސް މިކޮޅަށް ގެނައީތަ..” ކޮށާފައި ހުރި ފުރުޓްސް ތައްޓެއް ހިފާއިގެން ވަރަށް ހެވިލާފައި ހުރެ ކޮޓަރިއަށް ވަން މައިރީން ފެނުމުން […]
ހިތުގެ އެ ގޮވުމަށް އިޖާބަދީ ދުވަހަކަށްފަހު ދުވަހެއް އޭނާ ފާއިތު ކުރަމުން ދިޔައީ ހެޔޮ ކަންތައް ތަކުގައި ޝާމިލުވުމުގައި އިސްނެގުމުގައެވެ. އެގޮތުން ފުރަތަމަ ނަމާދު ޤާއިމްކުރުމަށްފަހު، ފަހަރަކު ކަމަކަށް ފަހު ކަމެއް އިސްލާހުކުރަމުން ގޮސް މޫނުބުރުގާވެސް އެޅީއެވެ. ހިބާ އަކީ ކުރީގައި ދީނީ ކަންތައްތަކަށް ކުޑަކޮށް ނަމަވެސް ހޭލުންތެރި ކުއްޖެއް ނޫނެވެ. އޭނާގެ ދިރިއުޅުން ބައްޓަންވެފައި ހުރީ އޭނާގެ މައިންބަފައިން ފަދައިންނެވެ. ސްކޫލުގައި އުޅުނު އިރު އިސްލާމް ފޮތުން އިސްލާމްދީނާ ބެހޭ ގޮތުން އެނގުނު އެއްޗެއް އެނގުނީއެވެ. […]
އެއީ 2012ވަނަ އަހަރެވެ. އަހަރެންނަކީ މާލޭގައި ޓީޗިންގ ކޯހެއްގައި ކިޔަވަމުން ދިޔަ ދަރިވަރަކީމެވެ. އަހަރެންގެ މަންމައާއި ބައްޕަ އަހަރެންނަށް ކިޔަވައިދިނުމަށްޓަކައި ނުހަނު ބުރަ މަސައްކަތް ކުރެއެވެ. އަތްމަތި ހުސްކޮށްލައިގެންވެސް އަހަރެންނަށް ކިޔަވައިދެވޭތޯ އެމީހުން ބެލިއެވެ. އަހަރެން ފިޔަވައި އިތުރު ދަރިއަކުވެސް ނުހުންނާތީ ކަންނޭނގެއެވެ. އެމީހުން އަހަރެންދެކެ ވާ ލޯބީގައި ހައްދެއް ނޯވެއެވެ. އަހަރެންނަށް ކިތަންމެ ކުޑަކުޑަ ކަމެއް ދިމާވިނަމަވެސް އެކަމެއް އިންތިހާއަށް ބޮޑުކޮށްލާނެއެވެ. އަހަރެން ބަލިވެއްޖެނަމަ ދުވަސް ދިޔައީއެވެ. އަހަރެން ތެދުވެ އުޅުންވެސް މަނާކުރާނެއެވެ. މަންމަމެންގެ އެ […]
ކުރީގެ އަދަދާއި ގުޅޭ: ޒޭންވެސް ޝައިހާގެ ހަށިގަނޑުގައި ދެއަތްވަށާލުމަށްފަހު ހިނިތުންވެލިއެވެ. އެވަގުތު އަނެއްކާވެސް ޒޭންގެ ދެލޯ ކަޅުކުލައަށް ބަދަލުވިއެވެ. އެހެންނަމަވެސް ޝަައިިހާާއަަށްް މިފަހަރުވެސް އެމަންޒަރު ފެންނަ ގޮތެއް ނުވިއެވެ. “މިއީ އަދި ފެށުން. ސިތާ ކޮއްކޮއަށް ނޭނގުނަސް އަހަރެން ތި އަންހެނާއަށް ފާރަލަން. އެކަމަކު ތިއަންހެނާދެކެ އަހަރެން ކުޑަކޮށްވެސް ލޯތްބެއްނުވޭ.. ނިވާކަން ކުޑަ ހެދުން އަބަދު ލާނީ. އަހަރެން ތި އަންހެނާއާ އަޅައިގަތީ އެހެންވެ. މިހާރު ތިއީ ހަމަ އެކަނިި މަގޭ މީހެއް. އަހަރެން ބޭނުންްގޮތަކަށް އުފާވެސް […]