ށ.ފޭދޫ ގެ މަގުތަށް މައްޗަށް ބަލާލުމުން ފެނިގެންދަނީ ހަލަބޮލި ކަމެވެ. ދެޖިންސުގެ ޒުވާނުން އެކިކަން ކަމުގައި މަސްއޫލު ވެގެން އުޅޭތަން ފެނިގެންދެއެވެ. ރަށަކީ ބަލާ ބެލުމަށް އެހާ ބޮޑު ރަށެއް ނޫން ނަމަވެސް ފުދޭވަރެއް ގެ އާބާދީއެއް އޮންނަ ރަށެކެވެ. އެކިދިމަދިމާލު ގައި ޕޯސްޓަރ ތަކާ އިޝްތިހާރުތައް ހަރުކުރެވިފައިވެއެވެ. ނިމިގެން ދިޔަ ކައުންސިލް އިންތިހާބް ކާމިޔާބް ކުރި ހަސަން ޒަރީރް ގެ ޕޯސްޓަރތަށް ވަކި މަދެއްނޫނެވެ.ހަސަން ޒަރީރް އަކީ ކާމިޔާބު ބޭފުޅެކެވެ. 4 ބުރީގެ ބޮޑު ގެ […]
އަމާން މާހައުލެކެވެ.14 ވިލޭރޭގެ ހަނދު އޭގެ މަގާމުގައި ރަނިކަން ކުރަމުން ދިޔައެވެ. ރީތި ހިމުން ދޮންވެލިގަނޑު ގައި ރާޅުތައް ބީހިލާ އަޑު މިއުޒިކެއް ފަދައިން ގުގުމަމުން ދިޔައެވެ.ކުއްލިއަކަށް ނެގި ބޮޑު ރާލާ އެކު ފައުޅުވީ ލޯބި އަންހެން ކުއްޖެކެވެ. ރާޅުތައް ކަފަމުން ފަރިހިނގުމެއް ގައި ލުޔޫން ރަށުގެ އެއްގަމާ ދިމާއިށް މިސްރާބުޖެހިއެވެ.ހަނދުގެ ދޯދިތަށް އެމޫނަށް އެޅީފައިވާ ގޮތުން މޫނުގެ ސާދާކަން އިތުރުކޮށް ދެއެވެ.ޖެހިލާ ފިނިވައި ރޯޅި އެފަން އިސްތަށިގަނޑު ގައި ބީހިލި ގޮތް ކިތަންމެހާވެސް ޗާލެވެ.ބޯއެސްފިޔަ ތަކުގެ […]
އުއްމީދުން އާވެފައި އަހަރެންނަށް ހުއްޓައި އަހަރެން ގެ ދިރިއުޅުން އެއްކޮށް ބަދަލަވެގެން ދިޔައީ ނުލާހިކު ކުޑަ ކުޑަ ވަގުތު ކޮޅެއްގައެވެ . އުފާވެރި ކަމުން ހިތާމަ އަކަށް ބަދަލު ވެގެން ދިޔައީ ކުޑަ ކުޑަ ވަގުތު ކޮޅަކު އެވެ . ކަޅު ބޯ ވިލާގަޑު އަހަރެން ބޯ މައްޗައް އައީ ނުލާހިކު ހަލުވި ކަމާ އެކުއެވެ . އަހަރެންނަށް ވާނުވާ ނޭނި ދާނޭ ކޮޅެއް ވެސް ނޭގެއެވެ . 2019 އަހަރު ގެ އޮކްޓޯބަރ މަހަކީ އަހަރެންނަށް […]
މެންދަމުގެ ހަމަ ހިމޭންކަމެވެ. ފެންރީތި ގޭތެރެވެސް ވަނީ އަރާމު ނިންޖެއްގެ ތެރޭގައެވެ. ކުއްލިއަކަށް އެގޭ ގިފިލީގެ ދޮރު ހުޅުވުނެވެ. ގޭތެރެއަލިކުރަން ދިއްލާފައިހުރި ބޮތްކަށްވެސް ގޮތެއްވާހެން ހީވިއެވެ. އަލި މަޑުވެފައި އަލިގަދަވާންފެށިއެވެ. ހީވަނީ ދެންމެ ދެންމެ ބޮކިވެސް ތަޅައިގެން ކުދިކުދިވާން އުޅޭހެންނެވެ. ގިފިލީގެ ދޮރު ހުޅުވުނުތަނާހެން ގޮތް ނޭންގޭ ވައިރޯޅިއއަކާއެކު ގޭތެރޭގައި އެލުވާފައިހުރި އުނދޯލިވެސް ހެއްލެންފެށިއެވެ. މީހަކު ހެއްލާފަދަ ގޮތަކަށް އުނދޯލި ހެއްލެންފެށިއެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި އުނދާލި ހުއްޓުނެވެ. އެއަށް ގުޑުމެއްވެސް ނުވާފަދައެވެ. އުނދޯލި ހުއްޓުވަގުތު އުނދޯލި […]
މިސް ކިހިނެއްތަވީ؟” ތަކުރާރުކޮށް އުސްމާނު އެ ސުވާލުކުރިއެވެ. ނަމަވެސް ޖަވާބުދިނުމުގެ ބަދަލުގައި ޒުމްރާ އެ ސަރަހައްދަށް ނަޒަރު ހިންގައިލެވުނެވެ. ހަށިފުރާ ނޭވާއެއް ބޭރުކޮށްލަމުން ވާހަކަ ދައްކަން އަނގަހުޅުވައިލިވަގުތު ފިނި ވައިރޯޅިއެއް އޭނަގެ ހަށިގަނޑުގައި ބީހުނެވެ. ޒުމްރާ ތެޅިގަތެވެ. ހަމަ އެވަގުތު އުސްމާނަށްވެސް އެވައިރޯޅީގެ އަސަރުކޮށްލިއެވެ. އުސްމާނުވެސް ތެޅިގަތެވެ. “މިސްއަށް ކަމެއް ފާހަގަ ކުރެވުނުތަ؟” ނިތަށް ކުދި ރޫތަކެއް އަރުވާލަމުން އުސްމާނު ބުންޏެވެ. ޒުމްރާގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އެ ފަނޑު ހިނިތުންވުން […]
ޝާޔާ އެތައް އިރަކު އެދެކުދިންނާ ވާހަކަ ދައްކަން އިނދެފައި ބަލައި އަންނާނެ ކަމަށް ބުނެ އެގެއިން ނިކުތް އިރު އޭނާގެ ހިތް އުފަލުން ނަށަމުން ދިޔައެވެ. އޭނާ ކުރަމުން އައި މަސައްކަތް ފުރިހަމަ ވާން އުޅޭ ކަމުގެ ފެހި ސިގްނަލް އާއެކު އެހިތުގައި އާ ޖޯށެއް އުފެދިފައި ވާފަދައެވެ. ޝާޔާ އެހާވަރަކަށް ވާހަކަ ދައްކާ ނަޔާނީ އެ އެއްބަސް ކުރުވީ ކޮން ކަމަކަށް ބާއެވެ. *** ** *** ކޮޓަރި އަށް ވަދެވުމާއެކު ނިކްހާއަށް ދެވުނީ ޑައިރީ […]
ފިޔަވަޅު ތަކުގެ އަޑު އަންނަ ދިމާލަށް ރާޔާ ބަލާލިއެވެ. އެތަނުން އެއްޗެއް ނުފެނުނެއް ކަމަކު ކަޅު ބުޅަލެއް އޮތެވެ. އެ ފައްސާލުމަށްޓަކައި ކައިރީ އޮތް ގާބުރި އެއް ނަގައި އެޔާ ދިމާލަށް އެއްލާލިއެވެ. އެ ގާބުރި ގޮސް ޖެހުނީ އެ ބުގައި އެވެ. އެ ބުޅާ ފާޑަކަށް ބަލައި ލުމަށްފަހު ބާރު ބާރަށް ދުވެފައި ދިޔައެވެ. ރާޔާ އެކަމަށް ސަމާލުކަން ނުދިނީ އެއީ ކުޑަ ކުޑަ ބުޅަލަކަށް ވުމުގެ ސަބަބުންނެވެ. އޭގެ ފަހަތުގައި ފޮރުވިފައި އޮތް ސިއްރު […]
ކަމަކު ނޫނަސް.. މާނު މިއަދު ބުނަން އުޅުނު ވާހަކަ ކޮބާ؟” އެތެރެއަށް ވަންނަމުން މާނާ ހަނދާންކޮށްދިނެވެ. އުސްމާނު ހައިރާންވެފައި މާނާއަށް ބަލަހައްޓައިގެން ދޮރުމަތީގައި ހުރީއެވެ. “ސާބަސް މާނޫ.. ތި ދޮރުލައްޕާފައި އާދެބަލަ…” މާނާ އަޑުހަރުކޮށް އުސްމާނަށް ގޮވައިލިއެވެ. މާނާ ގޮސް އެނދުގެ މަގަތުގައި ޖައްސައިލިއެވެ. އުސްމާނު ހުރިފިޔަވަޅު މަތީގައި ހުއްޓިލައިގެން ހުއްޓެވެ. އޭނަގެ ކަޅި ހުއްޓާލައިގެން ހުރީ މާނާއަށެވެ. މޫނަށް ގޮތެއް ހަދާލަމުން މާނާ އަތުގެ އިޝާރާތަކުން އެދުނީ އައުމަށެވެ. “ދެން އާދެބަލަ.. ދޮންތަ ހަނދާންކޮށްލަ ދޭނަން.. […]
އިރުއޮއްސެމުން ދިޔަ ވަގުތެވެ. އިރުގެ ރަން ދޯދިތައް މޫދުގެ ލޮނުގަނޑުގެ މައްޗަށް އެޅިފައި ވާއިރު ދައްކަނީ ޝާޢިރެއްގެ ޤަލަމުން ވެސް ސިފަ ނުކުރެވޭނެ ހާ ޗާލު ކޮށެވެ. ގޮނޑުދޮށުގައި އޮތް ރުއް ބުޑެއްގައި އިށީނދެލައިގެން އެކަނިމާއެކަނި ކިޔާން ހުރީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އުމުރުން 19 އަހަރު ފުރިފައިވާ ކިޔާން އަކީ ބަލްޤީޝްއައް ލިބިފަ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އޮމާން އަދި ބާރުގަދަ ހަށިގަނޑެއް ލިބިފައި އަދި ކަންފަތާއި ހަމައަށް އަރާ ފަން އިސްތަށިގަނޑަކީ ކިޔާންއައް […]