Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އާލް

Haicham 16 Level 1
March 26, 2020 One Min Read
0 Comments

އިރުއޮއްސެމުން ދިޔަ ވަގުތެވެ.  އިރުގެ ރަން ދޯދިތައް މޫދުގެ ލޮނުގަނޑުގެ މައްޗަށް އެޅިފައި ވާއިރު ދައްކަނީ ޝާޢިރެއްގެ ޤަލަމުން ވެސް ސިފަ ނުކުރެވޭނެ ހާ ޗާލު ކޮށެވެ.
ގޮނޑުދޮށުގައި އޮތް ރުއް ބުޑެއްގައި އިށީނދެލައިގެން  އެކަނިމާއެކަނި ކިޔާން ހުރީ ފުން ވިސްނުމެއްގެ ތެރޭގައެވެ.  އުމުރުން 19 އަހަރު ފުރިފައިވާ ކިޔާން އަކީ ބަލްޤީޝްއައް ލިބިފަ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ.  އޮމާން އަދި ބާރުގަދަ ހަށިގަނޑެއް ލިބިފައި  އަދި ކަންފަތާއި ހަމައަށް އަރާ ފަން އިސްތަށިގަނޑަކީ ކިޔާންއައް  އޭނާގެ މަންމަގެ ފަރާތުން ލިބިފައި ހުރި  އެންމެ ފާހަގަ ކޮއްލެވޭ ސިފަތަކެވެ. ކިޔާންގެ ބައްޕަ ވަނީ ކިޔާން ވަރަށް ކުޑައިރު  އެހެން  އަންހެނަކާއި ކައިވެނި ކޮށްގެން ކިޔާން އާއި  އޭނާގެ މަންމަ ދޫކޮށް ގޮސްފައެވެ. ކިޔާން ބޮޑުވެފައި ވަނީ ބަފައެއްގެ ލޯބި ނުލިބިއެވެ.

މަޣުރިބު ނަމާދަށް ބަންގި ގޮވުމުން ކިޔާން ތެދުވީ ގެއާއި ދިމާލަށް ދާށެވެ. އެއްލި ކަޅިއަކުން ޖެޓީގައި  އަންހެން ކުއްޖަކު ހުއްޓާ އޭނާ އައް ފެނުނެވެ.  އިރުއޮއްސެމުން ދިޔަ ވަގުތު އެކަނިމާއެކަނި  އެކުއްޖާ ހުރުމުން ކިޔާން އައް ލިބުނީ ހައިރާން ކަމެކެވެ. ކިޔާން އެކުއްޖާ ކައިރިއަށް ގޮސް ގޮވާލި އެވެ. އެކުއްޖާ ކިޔާން އާއި ދިމާލަށް ބަލާލި އެވެ. ކިޔާން ހުރިތަނައް ގަނޑުވި ކަހަލައެވެ. އެ އަންހެން ކުއްޖާ އަކީ ދުވަހަކުވެސް ކިޔާން ދެކިފައިނުވާ ވަރަށް ވުރެ ރީތި ކުއްޖެކެވެ. އެ އަންހެން ކުއްޖާގެ ވަރުގަދަ އަދި ފަން  އިސްތަށިގަނޑު ޖެހޭ ވަޔައް ވިހުރެމުން ދެއެވެ. އިރުއޮއްސިފައިވީ ނަމަވެސް އެގަޑީގައި ވެސް އެ އަންހެން ކުއްޖާގެ ކަޅި ދަނީ ވިދާ ބަބުޅަމުންނެވެ. ސާދަ  ފަނަރައިގެ ހަނދެއް ފަދައިން ފެންނަ މޫނު ފެނި ކިޔާން އާޝޯހުވިއެވެ.  އިސްކޮޅުން ގާތްގަނޑަކަށް ފަސް ފޫޓް ވަރު ހުންނާނެ އެވެ. ކިޔާންއަށް  އެކުއްޖާ  އާއި ދިމާލަށް އެހާއި ގިނައިން ބެލުނީ އެ ކުއްޖާ، ރާއްޖޭގައި އުޅޭ އެހެން ކުދިންނަށް ވުރެ ރީތި ވެފައި ބޭރު ކުއްޖަކާއި ވައްތަރުވީމައެވެ.

ކިޔާން ހުރީ ބަސްހުއްޓިފަ އެވެ. އެކުއްޖާ، ކިޔާން  އައް ހިނިތުންވުމެއް ރައްދު ކުރިއެވެ. ކިޔާން ހުރީ ހީލަން ވެސް ނޭނގިފަ އެވެ. ކިޔާން ވާހަކަ ދައްކަން ފެށިއެވެ. އަމިއްލައަށް ތަޢާރަފު ވެލި އެވެ. “އަހަރެންގެ ނަމަކީ ކިޔާން. ތީ ކޮން ކުއްޖެއް؟ މިރަށު ކުއްޖެއްތަ؟ކީއްކުރަނީ  އަތިރިމަތީގަ  އެކަނިމާ އެކަނި.؟”  ކިޔާން ފައްޗަކަށް ސުވާލުތައް އަމުނާލި އެވެ.  އެ  އަންހެން ކުއްޖާގެ ޖަވާބު ދިނެވެ.  އަހަރެންގެ ނަމަކީ ” އާލް”.

=ނުނިމޭ=

Share Article

Follow Me Written By

Haicham 16

Level 1

Other Articles

Previous

ރާސްތާ2 49

Next

ހީވޭ ހިތް ބުނާހެން 27

Next
March 26, 2020

ހީވޭ ހިތް ބުނާހެން 27

Previews
March 25, 2020

ރާސްތާ2 49


All Right Reserved!