Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

އަނދިރިކަން_ދެވަނަބައި_

💞Shaa💞 Level 3100 Comments100 Login10 Stories
March 28, 2020 2 Mins Read
0 Comments

ފިޔަވަޅު ތަކުގެ އަޑު އަންނަ ދިމާލަށް ރާޔާ ބަލާލިއެވެ. އެތަނުން އެއްޗެއް ނުފެނުނެއް ކަމަކު ކަޅު ބުޅަލެއް އޮތެވެ. އެ ފައްސާލުމަށްޓަކައި ކައިރީ އޮތް ގާބުރި އެއް ނަގައި އެޔާ ދިމާލަށް އެއްލާލިއެވެ. އެ ގާބުރި ގޮސް ޖެހުނީ އެ ބުގައި އެވެ. އެ ބުޅާ ފާޑަކަށް ބަލައި ލުމަށްފަހު ބާރު ބާރަށް ދުވެފައި ދިޔައެވެ. ރާޔާ އެކަމަށް ސަމާލުކަން ނުދިނީ އެއީ ކުޑަ ކުޑަ ބުޅަލަކަށް ވުމުގެ ސަބަބުންނެވެ. އޭގެ ފަހަތުގައި ފޮރުވިފައި އޮތް ސިއްރު ރާޔާ އަށް އެނގޭ ނަމަ ވާނީ ކިހިނެއް ކަން ހަމަ އެކަކަށް ވެސް ނޭނގޭނެ ކަން ގައިމެވެ. ރާޔާ މަސްބަތް ކައްކާ ނިމުން އިރު އެންމެން އެތަން ވެއްޖެވެ. އެންމެންވެސ ްވަރަށް އުފަލުގައި ހުރި އިރު ރާޔާ ހުރީ ދެރަވެފައެވެ.
“ރާޔާ. ހާދަ ދުރަކު. އާދެ މި ކޮޅަށް” އީމާންގެ އެ ގާތް ކަމުގެ ސަބަބުން ރާޔާގެ ހިތުގައި އައި ވިންދެއް ޖަހާލިއެވެ. ރާޔާ އުފަލުގައި ބެހެއްޓުމަށް ބޭނުންވާ މީހުން ވެސ ްތިބިކަން ރާޔާ އަށް ހާމަ ވެގެން ހިނގައްޖެވެ. އުފަލުގައި ހުރެ ފިޔަވަޅު ތަކެއް ނަގަމުން ގޮސް އީމާން ގާތު މަޑު ކޮށްލިއެވެ. އެ ވަގުތު އީމާންގެ ދައްތަގެ ލޮލުގައި ރާޔާ އަޅާގަތެވެ. ބާރު ބާރަށް އީމާން ގާތު އައުމަށް އެދުނެވެ. އުފަލުގައި އޮތް ރާޔާގެ ހިތް މިލާފިއެވެ. ވާނީވެސް އެހެނެއް ނޫހެއްޔެވެ؟
އިންސާނިއްޔަތު ކަމުގެ ކުލުނެއް މަންމަގެ ހުރީކީ ނޫނެވެ. އަނެއްކޮޅުން ބައްޕަ އުޅެނީ ވަރަށް ދުރުގައެވެ.
ހައެއް ޖެހުމާއެކު ދަތުރު ނިންމާލުމަށްފަހު ރަށަށް ދިޔުމަށް އެންމެން ދަތުރު ހެދިއެވެ.
7 ޖެހިއިރު އެމީހުން ތިބީ ރަށުގައެވެ. ރާޔާ ވެސް އަވަހަށް ގެޔަށް ގޮސް ފެންވަރައިގެން އޮށޯތީ ނިދާށެވެ. އަރާމު ނިންޖެއްގައި އޮއްވައި ބިރުވެރި ހުވަފެނެއް ރާޔާ އަށް ބިރު ދައްކަމުން ދިޔައެވެ. ހިވަފެނުގައި ފެންނަމުން ދިޔައީ މިއަދު ފެނުން ކަޅު ބުޅަލެވެ. އެ ބުޅާ ވަކި ހިސާބަކަށް ގޮސް ބަދަލުވީ ކަޅު އެއްޗަކަށެވެ. އޭގަ އަނދިރިކަން އިންތިހާއެވެ. ކަޅު ކަމުން ސިފަ އެއް ނުފެނެއެވެ. އޭގެ މޫނު ފެނުމާއެކު ރާޔާ ސިއްސައިގެން ގޮސް ތެދުވިއެވެ.
މީހާ އަށް ވީ އެހެން ކަހަލަ އިހްސާސެކެވެ. ހީވީ ހިތް މައްޗައް ހޫނު ފެން ގަނޑެއް އޮއްސާލި ހެނެވެ. ހިތް ތެޅެމުން ދިޔައީ އިންތިހާ އަށެވެ. މުޅި މީހާ ހުރީ ދަލުން ފެނަވެރިފައެވެ. މިއަދު ރާޔާ އަށް އެހީވާނީ ފަހެ ކާކު ހެއްޔެވެ.؟
ކައިރީ ހުރި ފެންފުޅިން ފެން ފޮދެއް ބޯލުމަށްފަހު ޝަހާދް ކިޔާ ނިދަން އޮށޯތެވެ.
އައު ދުވަހަކަށް އިރު އެރިއެވެ.ރާޔާ ގޭ ތެރޭގެ މަސައްކަތުގައި ހޭބޯ ނަރައި އުޅެމުން ދިޔައެވެ. ވާނީވެސ ްހަމަ އެހެނެއް ނޫން ހެއްޔެވެ؟ މަންމަމެން ހޭލަން ވާއިރަށް ކައްކަން ޖެހެއެވެ. ނުކައްކާފިއްޔާ ރާޔާ ގެ ދުވަސް ދިޔައީއެވެ. ރޮށި ފިހެ ނިމުމަށްފަހު މަސްރިހަ ރާޔާ ކެއްކިއެވެ. ކަޅު ސައި ސައިކުރާ ކެކި ނިމުން އިރު ގޭ އެންމެން ކާގެއަށް ޖަމާވާން ފަށާފިއެވެ. ކާ މޭޒް ދޮށަށް ހުރިހާ އެއްޗެއް ގެނައިސް ލުމަށްފަހު ރާޔާ އުޅުނީ މެންދުރަށް ކައްކަން ތައްޔާރުވާށެވެ. ފޭރާ ދޮށަށް ގޮސް ކާއްތެއް އެހެން ކާއްޓެއް ނެގި ވަގުތު ހީވީ މީހަކު ރާޔާގެ އިސްތަށިގަނޑުގައި ބީހިލި ހެނެވެ. ފަހަތް ބަލާލިއިރު އެކަކުވެސ ްނެތެވެ. ކައިރީ ހުރި އަތަ ގަސް ދޮށުގައި ފަޅު ރަށުން ފެނުން ބުޅާ އޮތެވެ. އޭތި އޮތީ ދެލޯ ބޮޑު ކޮށްގެން ރާޔާ އާ ދިމާ ބަލާށެވެ. ބިރުވެރިކަން މީހާ ވަށައިލައިފިއެވެ. ކޮންމެސް ގޯހެއް އުޅޭކަން ރާޔާގެ ސިކުނޑި އަށް ނަގާގަނެވުނީ އަދި ކިރިޔާއެވެ. ރާޔާ އެ ބުޅަލާ ދިމާ ބަލަން ހުއްޓާ އެ ދުންގަނޑަކަށް ބަދަލުވެ މައްޗައް އަރަިގނ ހިނގައްޖެވެ. ރާޔާގެ ދެލޯ ބޮޑު ކޮށްލެވުނެވެ.
♡◇☆ނުނިމޭ☆◇♡

Share Article

Follow Me Written By

💞Shaa💞

Level 3100 Comments100 Login10 Stories

Writing and reading improve your skills❤ Proud to be a basic author?? Mail: [email protected] inster: _._.BLACKKKK._._

Other Articles

Previous

މަޢާފް – ސަތާރަވަނަ ބައި

Next

ނުވާނަން ތަފާތެއް… 13

Next
March 28, 2020

ނުވާނަން ތަފާތެއް… 13

Previews
March 28, 2020

މަޢާފް – ސަތާރަވަނަ ބައި



All Right Reserved!