އިރުއޮއްސެމުން ދިޔަ ވަގުތެވެ. އިރުގެ ރަން ދޯދިތައް މޫދުގެ ލޮނުގަނޑުގެ މައްޗަށް އެޅިފައި ވާއިރު ދައްކަނީ ޝާޢިރެއްގެ ޤަލަމުން ވެސް ސިފަ ނުކުރެވޭނެ ހާ ޗާލު ކޮށެވެ. ގޮނޑުދޮށުގައި އޮތް ރުއް ބުޑެއްގައި އިށީނދެލައިގެން އެކަނިމާއެކަނި ކިޔާން ހުރީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އުމުރުން 19 އަހަރު ފުރިފައިވާ ކިޔާން އަކީ ބަލްޤީޝްއައް ލިބިފަ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އޮމާން އަދި ބާރުގަދަ ހަށިގަނޑެއް ލިބިފައި އަދި ކަންފަތާއި ހަމައަށް އަރާ ފަން އިސްތަށިގަނޑަކީ ކިޔާންއައް […]