“ތިކަހަލަ މީހަކު ދުނިޔޭގަވެސް ބަހައްޓާނެ ކަމެއް ނެތް..” ކުއްލިއަކަށް ޒޯރާ ހިފީ އެ އަންހެން މީހާގެ ކަރުގައެވެ. ______________________ ކޮޓަރި ދޮރު ހުޅުވާލާފައި ރޫބީއަށް ވެސް ވަދެވުނީ އެ ވަގުތުއެވެ. “ޒޯރާ…” ރޫބީގެ އަޑަށް ޒޯރާއަށް ސިހުމެއް ލިބުނު އިރު އެ އަންހެން މީހާގެ ކަރުން ދޫކޮށްލެވިއްޖެއެވެ. ބަލި ގޮތަކަށް ކެއްސަން ފެށި އެމީހާއާ ރޫބީ ކައިރި ވުމުން ޒޯރާ ނުކުތީ ބޭރަށެވެ. އޭނާ އަށް ލިބިފައި ހުރި ބައްޕަގެ ކޮންޓްރޯލް ނުކުރެވޭ ރުޅިގަނޑު ދެކެވާ ފޫހި […]
އެހެންއޮވެ ވިސްނެމުން ދިޔައީ އޭނަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ގޮވައިގެން ދުނިޔެ ބަލާލަން ދިޔަޔަސް އިންސިން އުޅޭ ތަނަކަށް އެދަރިފުޅު ގޮވައިގެން ދެވުމުން ވާނެ ގޮތަކާމެދުއެވެ. ކުޑައިރުއްސުރެ ސިޔާސަކަންވަނީ ގައިގައި ހަރުލާފައެވެ. ގޭތެރޭގައި އުޅޭ އިރުވެސް ކޮންމެވެސް މީހަކަށް ކޮންމެވެސް ޖެއްސުމެއް ކޮށްލުމަކީ ހާތިބުގެ އުފަލަކަށް ވެފައި ހުންނަ ކަންތައްތަކެވެ. ވަރުދާން އުންމީދު ކުރަނީ ތަމްރީނުތައް ދީ ނިމޭއިރު ހާތިބުގެ އެގޮތްގަނޑު ކެނޑޭނެކަމަށެވެ. މެންދުރު ނަމާދަށް ދާން ފެންވަރާލައިގެން ދެބަފައިން ގެއިންނިކުތްއިރު އާސިޔާގެ ދެމައިން ބަދިގޭގެ […]
އެތަކެއް ތެތް ރޯޅިތަކެކެވެ. އަހަރެންގެ ފަން އިސްތަށިތަކަށް ހަމަލާދެނީއެވެ. ގަސްގަހުގެ އެތަކެއް ގޮފިތަކެއްގެ ޝިކާރައަކަށްވެ އަހަރެންގެ މޫނާއި ދެއަތް ޒަހަމްވެފައިވެއެވެ. އަހަރެންގެ ހަލުވި ފިޔަވަޅުތަކުގެ ދަށުވެ ހިކިފަތްތައް މުގުރިގެންދާ އަޑު ވެހެމުންދިޔަ ވާރޭތެރޭން ފަޒާގައި މެދުނުކެނޑި ގުގުމަމުން ދިޔައެވެ. ކުރިމަތިވަމުން އައިހާ ހުރަހަކުން ރެކެމުން އަހަރެން ދުވީމެވެ. ނުހަނު ބާރަށެވެ. އެގޮތުގައި އެތައް އިރެއް ވަންދެން ދުވީމެވެ. ގައިން ވަރު ދޫވާން ފެށިއެވެ. ދުވެދުވެ ހުއްޓާ މޫގަނޑެއްގައި އަޅައިގަނެ އަހަރެން އަނގަވަތަށް ވެއްޓުނެވެ. ނެތް ހިތްވަރެއް ނެރުމަށް […]
ރީތި ބަގީޗާއެކެވެ. ހުރިހާ ގަހެއްގައިވަނީ މާތައް އަޅާ ފުރިފައެވެ. ކޮންމެ ވައްތަރެއްގެ މާ ގަސްބޮނޑިތަކުގެ ދޭތެރޭ ހިނގާނެ ހަނި މަގެއް އޮވެއެވެ. ހާތިބުއަށް ހިނގަމުން ހިނގަމުން ގޮސް ނިކުމެވުނީ އުސްފަރުބަދަތަކެއް ތީ ދިމާލަކަށެވެ. ވަކި ހިސާބަކަށް ދެމިފައިވާ ފެން ކޯރެއްވެސް އޮތެވެ. ފަރުބަދަ މަތިތައްވެސް ވަނީ ފެހި ބޮޑެތި ގަސްތަކުން ފުރިފައެވެ. ދުވަހަކުވެސް ނުދެކޭފަދަ ރީތި ވާދީއެކެވެ. އުޑުމަތިވެސް ހީވަނީ އެދުވަހަށް ހާތިބުއަށް މަރުހަބާ ކިޔާހެންނެވެ. އެކި މާ ތަކުން ދުވާ މީރުވަސް ވަނީ މުޅި ފަޒާގައި […]
މި ހުރިހާ އިރު އެމަންޒަރުތައް ބަލަން ދުރުގައި އޮތް ކާރުގައި އިން އަންހެން މީހާގެ މޫނު މަތީ ނުލަފާ ހިނިތުން ވުމެއް ދުވެލިއެވެ. އޭނާ ކާރުގެ މިސްރާބު ބަދަލު ކޮށްލަމުން ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ. ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެކާރުގެ މިސްރާބު ހުރީ ސީދާ ނިކްހާއަށެވެ. ___________________ ނިކްހާ ހީ ކަރުވައިގަނެގެން ތުރުތުރު އަޅަން ފެށިއެވެ. ނަމަވެސް އޭނާ ގޮސް ވަންނާނީ ކޮންތަނަކަށް ހެއްޔެވެ. ނިކްހާ އަށް ކައިރީ ހުރި ފާރުގައި އަތްޖައްސާ ލެވުނު […]
މައްޝޫރު ވާހަކަލިޔުންތެރިއެއް ކަ މައްވާ ނަހުލާގެ ‘ މަންޖެ’ ވާހަކަ ކިޔަން ގެއްލިފާ އިން އަަހަރެން ގަޔަށް ހޭވެރިކަ މެއް އެރީ ޖަހާލި ބޮޑު ގުގުރި އަކުންނެވެ. ވާރޭ ވެހެ މުން ދާކަންވެސް އިހުސާސްވީ ހަ މަ އެވަގުތު އެވެ. އެއަށް ވުރެ ބޮޑަށް އަހަރެން އިނީ ވާހަކަައިގެ ތެރެއަށް ގެއްލިހުސްވެފައެވެ. ކޮޓަރީގެ އަލި ކުޑަދޮރުން ބޭރަށްއެޅިފާ ހުރު މުން ވާރޭ ތިކިތައް ގަހުގެ ފަތް ތަކުގަައި ބީހެ މުން ދާތަން ފެނެެއެވެ. އެ ހިއްގައި މު […]
ނަމަވެސް އޭގެ ކުރިން ފަރީޝާ ބުނެލި ވާހަކައިން ނިކްހާއަށް ފިޔަވަޅު މަޑުޖައްސާލެވުނެވެ. ހޭލާ ހުއްޓާ ހުވަފެނެއް ފެންނަނީކަމަށް ހިތާ އަތުގައި ވިކާވެސް ލެވުނެވެ. _______________ “ދައްތަ ބޭނުމެއް ނޫން ނިކްހާ ދެން މިގޭގައި ބަހައްޓާކަށް.. ފާއިތުވެ މިދިޔަ ދުވަސްތަކުގައި ދައްތަ ކޮއްދިން ކަންތައް ތައް ބަލައި ގަންނަ ނަމަ މިގެއިން ދާން ތައްޔާރުވޭ.. ނިކްހާގެ އެއްޗެއް މިތާ ހުރިއްޔާ ހިފައިގެން އާދޭ..” ފަރީޝާ ކިޔާނެ އެއްޗެއް ކިޔައިފައި ދަންދެން ބަލަން ހުރުން ނޫންކަމެއް ނިކްހާ އަކަށް ނުކުރެވުނެވެ. […]
އެއީ މިދިޔަ އަހަރުގެ( ދެހާސް ނަވާރަ) ޢީދު ދުވަސްތެރެއެވެ. އާދައިގެ މަތިން އައިޝާ މިރޭވެސް އިނީ ނުނިދައި ހޭލައި ފޯނު ހިފައިގެންނެވެ. އައިޝާގެ ބަލި ޙާލަތު ހުންނަ ގޮތުން އޭނާއަށް ކޮންމެ ރެއަކު ނިދުން ވަނީ ވަރަށް ބޮޑު ވޭނަކަށެވެ. މެންދަމު ވަގުތު ކެއްސައި ނޭވަޔަށް އުނދަގޫވެ ނޭވާ ހިއްލުމަކީ އޭނާއަށް ރޭގަނޑު ނުނިދޭ އެއް ސަބަބެވެ. މޭގައިވެސް ރިއްސަނީ ވަކިވަރެއް ބަލައިފައެއްނޫނެވެ. އެހެން ރޭރެއާއި ޚިލާފަށް މިރޭ އައިޝާ އިނީ އެކަނިމައިއެކަނި އޭނާގެ ދައްތަގެ ކޮޓަރީގައެވެ. […]
މަޑު ނޫ ކުލައަކުން ދިއްލެމުން ދިޔަ އަނގޮޓީގެ އެސް ކުއްލިއަކަށް ރަތްކުލައަށް ބަދަލު ވެއްޖެއެވެ. ދެލޯބޮޑު ކޮށްލަމުން ޒޯރާއަށް ފަހަތަށް އެނބުރެވުނު ގޮތްވެސް ނޭނގުނެވެ. ___________ ރުޅިއައިސް ރަތްވެފައި ހުރި ބަރްޒަލް ފެނި އޭނާއަށް އިސްޖަހާލެވުނެވެ. “އަހަރެން ޒޯރާ މިތަނަށް ފޮނުވީ ކީއްކުރަން…..” ބަރްޒަލް ކަރުބުޑުން ހަޅޭއްލަވައިގަތެވެ. ޒޯރާއަށް ބަލައިލެވުނީ ނިޝާއަށެވެ. އެއިރު ނިޝާ އިނީ މުސައްލަ މަތީގައެވެ. ދުޢާ އަށް ދެއަތް އުފުލާލައިގެން އިންއިރު އޭނާގެ ދެލޮން ކަރުނަ އޮހެރެމުން ދިޔައެވެ. ޒޯރާއަށް ހިން ދިރުވާލެނެވެ. […]