
ވަރުދާާން- 1
ށ.ފޭދޫ ގެ މަގުތަށް މައްޗަށް ބަލާލުމުން ފެނިގެންދަނީ ހަލަބޮލި ކަމެވެ. ދެޖިންސުގެ ޒުވާނުން އެކިކަން ކަމުގައި މަސްއޫލު ވެގެން އުޅޭތަން ފެނިގެންދެއެވެ. ރަށަކީ ބަލާ ބެލުމަށް އެހާ ބޮޑު ރަށެއް ނޫން ނަމަވެސް ފުދޭވަރެއް ގެ އާބާދީއެއް އޮންނަ ރަށެކެވެ. އެކިދިމަދިމާލު ގައި ޕޯސްޓަރ ތަކާ އިޝްތިހާރުތައް ހަރުކުރެވިފައިވެއެވެ. ނިމިގެން ދިޔަ ކައުންސިލް އިންތިހާބް ކާމިޔާބް ކުރި ހަސަން ޒަރީރް ގެ ޕޯސްޓަރތަށް ވަކި މަދެއްނޫނެވެ.ހަސަން ޒަރީރް އަކީ ކާމިޔާބު ބޭފުޅެކެވެ. 4 ބުރީގެ ބޮޑު ގެ އެއްގެ އިތުރުން 5 ފިހާރަ ޒަރީރު ގެ މިލްކިއްޔާތުގައި ވެއެވެ. ޖެހިޖެހިގެން 5 އަހަރު ރަށުގެ ކައުންސިލަރ ރައީސްކަން ކުރަމުންދާ ޒަރީރަށް އިދިކޮޅު ފަރާތްތަކުގެ ފުރަށްސާރަ ލިބެމުންދިޔައެވެ. ނަމަވެސް މީހުން ދަށްކާ ވާހަކައަށް އްލާލުމެއް ނެތި އަމިއްލަ ދިރިއުޅު މައިގެން ކުރިއަށްދެއެވެ. އިންތިހާބާ ގުޅުވައިގެން ރަށުގެ ރައްޔިތުންނަށް ކަންކަންކޮށް ދިނުމާ،ކުރާވައުދުތަށް ފުށްދައި ދިނުމަކީ ޒަރީރު ގައިގައިހުންނަ މީހުންނަށް ކަމުދާސިފަތަކެވެ. އަދި ބޭއްވޭ ބައްދަލު ވުންތަކުގައި ބުނެލާ ވަރަގަދަ ބަސްތަކުން ރަށްޔިތުންގެ ހިތްތަށް އަތުލަމުން ދިޔައެވެ.
ލިލީ ވައިޓް އަކީ ޒަމާނީ ގޮތައް ފަރުމާކުރެވިފައިވާ ބޮޑުގެއެކެވެ. ގޭގެ އެބައި އޮފީސްކަންކަމަށާއި ބައްދަލުވުންތަކާ ހާއްސަ އިވެންޓް ތަކަށް ފަރުމާ ކޮއްފައިވެއެވެ. ގޭގެ މަތީފްލޯ ގައި ކުޑަޖިމް އަކާ ބޮޑު ސިޓިންގް ރޫމްއެއް ބިނާކުރެވިފައިވެއެވެ. ލިލީ ވައިޓްގެ އަރާމުދާނުގައި ނިދާފައޮތް މައުރީން ދެފަރާތައް ފުރޮޅެމުން ދިޔައެވެ.ގަދަ އޭސީގެ ފިނީގައިވެސް މޫނުމަތީ ދާތިކިތަށް ވިދަމުން ދެއެވެ. މާސިންގާ ބޮޑު ކަނޑެއްގައި އަރަގު ވަމުންދިޔަ ދޯންޏެއް ފެންނަމުން ދިޔައެވެ. ވަށައިގެން ބިޔަރާޅުތައް ނަގަމުން ދޯނިގަންބަމުން ދިޔައެވެ.މީހުންނާއި ކުޑަ ކުދިންގެ ރުއިމުގެ އަޑު ގުގުމަމުން ދެއެވެ. ކައިރީގައި ހުރި މައުރީން ބައްޕަ ދަރިފުޅު ގަޔާކައިރި ކޮއްލަމުން ނުރޮއެ ހުއްޓާލުމަށް ބުނަމުން ދިޔައެވެ. އަދި ގާތުގައި އިން އަންހެން ކުއްޖެއް ގެ ކަރުނުން ފުރިގެންވާ ހިތާމަވެރި މޫނުފެނުނެވެ. ބަލާބެލުމަށް ވަރަށްގާތް ދަންނަ ކުއްޖެއް ހެންހީވިއެވެ. ފެނުނީ ކޮންތާކުންކަން ހަނދާނެއް ނުވެއެވެ.އިވުނު ބާރު އަޑާއެކު ސިއްސައިގެން ގޮސް މައުރީން އަށް ހޭލެވުނެވެ. ފުންނޭވާ ތަކެއް ލަމުން ހަމަޖެހެވޭތޯ ބެލިއެވެ. ކައިރީގައި ހަރި ޖަގުން ފެންތައްޓެއް ބޯލަމުން ދެލޯމަރާލިއެވެ.އަދިވެސް އެހުވަފެން ހިތައް އުނދަގޫކުރަމުން ދިޔައެވެ.ކުޑަކޮށް ތެދުވެލަމުން ފާރުގައިއިން ގަޑިއަށް ބަލާލެވުނެވެ. މެންދުރު 2 ޖެހީއެވެ. ކަންނެތްކޮށް ތެދުވެލަމުން މޯޅިއަކަށް ދެމިލިއެވެ. އަދި ކައިރީގައި ހުރި ވަތް ގަނޑުން ސިނގިރޭޓް ފޮށި ނަގަމުން ސިނގިރޭޓް އެއް ރޯކޮށްލިއެވެ.މިއީ އަބިދުވެސް އާދައެވެ.
އުމުރުން 15 އަހަރުން ފެށިގެން ސިނގިރޭޓް ބޯން އާދަވެފައިވާ ނައުރީން މޭފުރާ ދުން އެތެރެކުރަމުން ދިޔައެވެ. ނުތަނަވަސް ކަމާ ހިޔާލު ތަކާ ދުރުވާނެ މިއަށްވުރެ ރަނގަޅުމަގެއް ނައުރީން އަކަށް ނަފެނުނެވެ. ނަމާދާ ޤުރުއާން ކިޔެވުމަކީ މައުރީން ދެކޭ ގޮތުގައި މުސްކުޅިން ކުރާން ޖެހޭކަން ކަމެވެ. ޒުވާން ކަމުގެ ދުވަސްތަށް މަޖަލާ ސަކަރާތުގައި މައުރީން ބޭކާރުކުރަމުން ދިޔައެވެ. ރަނގަޅު ތަރުބިއްޔަތު ނުލިބި ބޮޑު ވަމުން ދިޔަ މައުރީން އަކީ ފޭދޫ އަށް ނަން މަސްހޫރު ކުއްޖެކެވެ. ހަމުގެ ކުލަ އަލިވެފައި ލިބިފައިވާ ރީތި ވަނާ ތަކަކީ އެތައްބައެއް ގެ ލޮލުގައި އަޅައިގަންނަ ސިފަތަކެކެވެ. އަދި ލިބިފައިވާ މީހުން ގަޔާކުރުވަނިވި މިޒާޖަކީ ގިނަ ޒުވާނުން މައުރީންއާ އެކުވެރިކަން ބާއްވާ ސަބަބުވެސްމެއެވެ. ހިތް ފުރޭ ވަރުވުމުން މައުރީން ފެންވަރާލަން މިސްރާބު ޖެހިއެވެ. ބިލިގާފުރާ ފެން އަޅާލަމުން ބިލިގާއަށް އެރުނެވެ. ހަށިގަނޑަށް ވީ އަރާމަކުން ލޯމަރާ ލެވުނެވެ. އެހިދު ހުވަފެނުން ފެނުނު މަންޒަރު ސިފަވުމުން ކުއްލިއަކަށް ލޯހުޅުވާ ލެވުނެވެ. އުމުރުން 7 އަހަރުން ސުރެ މިފަދަހުވަފެން ފެންނަމުން ދެއެވެ. ބައެއް ފަހަރު ހިޔާލައް ކުދިކުދި ތަންތަން ކޮޅު އާދެއެވެ. ނޭވާ އެއްލަމުން މައުރީން ވިސްނާލިއެވެ. ހުވަފެނުން ފެންނަ އަންހެން ކުއްޖައަކީ ކާކުބާ އެވެ. ހުވަފެނުން ފެންނަ އަންހެން މީހަ މައުރީން އަށް ދަރިފުޅާއޭ ކިޔާފަ ގޮވަނީ ކީއްވެ ހެއްޔެވެ.މައުރީން އަށް ނޭންގުނު ހާވެސް އެއްޗަކީ އެއީ މާޒީވެ ގޮސް ފައިވާ ހަނދާންތައް ކަމެވެ.
ފެންވަރާ ނިމިގެން ރީތިވާން ހުރިއިރުވެސް މައުރީން އަށް ވިސްނެމުން ދިޔައީ ހުވަފެނާ މެދުގައެވެ. މައުރީން ހަނދާން ހުންނަން ފެޝީއްސުރެ އުޅެމުން އައީ ބައްޕަ އާއެކު ފޭދޫ ގައެވެ. ބައްޕަ ގާތު މަންމަ އާބެހޭ ގޮތުން އެހުމުން އިނގުނުހާވެސް އެއްޗަކީ މައުރީން ވަރަށް ކުޑައިރު މަންމަ މަރުވެފައިވާކަމެވެ. އަދި އެއީ ކީއްވެ ކިހިނެތްވީ ކަމެއްކަމެއް ބުނެފައެއްނެތެވެ. ފަހުންފަހުން އައިސް މައުރީން މަންމަގެ ވާހަކަ ބައްޕަ ގާތުދަށްކަން ފަސްޖެހެއެވެ. ބައްޕަގެ މިޒާޖް ހުންނަ ގޮތުން ކުދިކުދި ކަންކަމާ ރުޅިއާދެއެވެ. ކުޑައިރުންސުރެ ބައްޕަގެ އަޅާލުން ކުޑަ އާދަތަކަށް ފަރިތަވެފައިވާ ނައުރީންއަށް މިހާރު އުމުރުން 16 އަހަރެވެ. ކުރިއަށް އޮތް މަހު 17 އަހަރުވާނެކަން ކުއްލިއަކަށް ހަނދާން ވުމުން މޫނަށް ހިނިތުންވުމެއް ވެރިކުރަމުން ނައުރީން އަމިއްލަ ސޫރަ ލޯގަނޑުން ބަލާލިއެވެ. ރީތި ދޮން ވަށް މޫނެކެވެ ބޮޑު ދެލޮލާ ބޯއެސް ފިޔަތަކެކެވެ. ގުދުރަތުން ލިބިފައިވާ އެހާމެ އޮމާން ހަންގަނޑެކެވެ. ބަލާބެލުމަށް މައުރީން އާ މައުރީން ގެ ބައްޕަ އެއޮވެސް ވައްތަރެއް ނޫނެވެ. ބައްޕަގެ ހަމުގެ ކުލަފިޔަވާ މައުރީން އަށް އެހެން ސިފައެއް ވާރުތަ ކޮއްފައެއް ނުވެއެވެ. އަމިއްލަމޫނައް ފަހުރުވެރި ކަމާއެކު ބަލަމުން ދިޔައެވެ. ހޭވިފައިވާ ރާޅުބާނި އިސަތަށިގަނޑު އަތުން ރީތި ކުރަމުން ފުނާއަޅާލިއެވެ. އަދި ބޮލުމެދައް ހުޅިއެއްހެން އިސްތަށި ގަނޑު ވޫލްކޮޅަކުން ހައްޔަރުކޮށްލިއެވެ. އަދި ކަބަޑުން ހުޑީ އަކާ ކުރު ސޯރޓެއް ނަގަމުން އެންދުގައި ބާއްވާލިއެވެ.
“އޯޝިޓް” ކުށްލިއަކައް ހަނދާނަށް އައިކަމަކުން މައުރީން އަށް ބުނެވުނެ. އަވަހަށް ވައިފައި އޮން ކޮއްލަމުން މެސެންޖަރ ހުލުވާލިއެވެ. ފުލުފުލުން މެސެޖްތަށް އަންނަން ފެށިއެވެ. މެސެންޖަރ ގައި ހަދާފައިވާ ފްރޭންޑްސް ގުރޫޕް ގައި އެންމެ ހޫނުކޮން ދެކެވިފައިވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިޑް ނައިޓް ޕަޓީގެ ވާހަކައެވެ. މައުރީން ވެސް ރަށްޓެރިންނާ ބައިވެރިވެލަމުން ދާނެކަމަށް ބުނެލަމުން ހެދުން ލުމައިގެން އަވަސްވެލިއެވެ. ހެނދުނުންސުރެ ނުކައި ހުރުމުން ބަނޑުފައިކަން އިހުސާސް ކުރެވެއެވެ. ބަދިގެއަށް ގޮސް ކޮފީއަކާ ޕާނަކުން ބަނޑުފުރާލިއެވެ. މައުރީން އުމުރުފުރައިގެ އެހެން ކުދިންނައްވުރެ މައުރީން ހުންނަނީ ހިކިކޮން ރީތިކޮށެވެ. ކަސްރަތު ކުރުމަށާ ހަށިގަނޑު ރީތިކޮން ބެހެއްޓުމަށް މައުރީންހާއްސަ ސަމާލު ކަމެއް ދެއެވެ.މިހާރު ގަޑިން 5 ޖެހީއެވެ. ރޭގަނޑު 8 ޖެހުމުގެ ކުރިން ބައްޕަ ގެއަށް ނާންނާނެކަން ޔަގީނެވެ. ސިޓިންގް ރޫމްގެ އޭސީ ސޯޅައަށް ލަމުން ސޯފާގައި މައުރީން އިށީނެވެ. ފޯނުން ރަށްޓެހިންނާ ޗެޓް ކޮށްލުމަށް ފަހު، ޓީވީ ނެޓްފްލިކްސް އިން ފިލްމެއް އަޅުވާލިއެވެ. ފިލްމުން ފެންނަ މަންޒަރު ތަކަށް ގެތްލިފައި އޮވެވުނެވެ. ބޮޑުއީދާ ގުޅިގެން ބާއްވާ މިޑްނައިޓް ޕާޓީ އާމެދު ދޭތެރެ އަކުން ވިސްނެމުން ދިޔައެވެ. ބައްޕައަށް ނޭނގި ސްނީކް އައުޓް ކުރާނެ ގޮތުގެ މޮޅު ޕޮލޭން އެއްރާވާލިއެވެ.
3 Comments!
Comments are closed.
Samla Usman
Aishath Jumana me koahcheh?
Reethi ??