
ވަރުދާން…
އަމާން މާހައުލެކެވެ.14 ވިލޭރޭގެ ހަނދު އޭގެ މަގާމުގައި ރަނިކަން ކުރަމުން ދިޔައެވެ. ރީތި ހިމުން ދޮންވެލިގަނޑު ގައި ރާޅުތައް ބީހިލާ އަޑު މިއުޒިކެއް ފަދައިން ގުގުމަމުން ދިޔައެވެ.ކުއްލިއަކަށް ނެގި ބޮޑު ރާލާ އެކު ފައުޅުވީ ލޯބި އަންހެން ކުއްޖެކެވެ. ރާޅުތައް ކަފަމުން ފަރިހިނގުމެއް ގައި ލުޔޫން ރަށުގެ އެއްގަމާ ދިމާއިށް މިސްރާބުޖެހިއެވެ.ހަނދުގެ ދޯދިތަށް އެމޫނަށް އެޅީފައިވާ ގޮތުން މޫނުގެ ސާދާކަން އިތުރުކޮށް ދެއެވެ.ޖެހިލާ ފިނިވައި ރޯޅި އެފަން އިސްތަށިގަނޑު ގައި ބީހިލި ގޮތް ކިތަންމެހާވެސް ޗާލެވެ.ބޯއެސްފިޔަ ތަކުގެ ދަށުގައި ފޮރުވިފައިވާ މުށިކުލައިގެ ދެލޯ ބަލާބަލާ ފޫހިނުވާނެކަން ކަށަވަރެވެ. މަންޒިލަށް ވާސިލްވެވުމުން ލުޔޫން މަޑުޖެލިއެވެ.ފަޒާއަށް ފުންނޭވާ އެއް ދޫކޮށް ލަމުން އަތަށްގެނައި ކުއް ހަރަކާތެއް ލުޔޫންގެނައެވެ. އެއާއެކު ބިމަށް އެރި ކުޑަ ލޮޅުމާއެކު ދެފަރާތަށް ވެލިތަށް ކެހެމުން ކުޑަ ފޮށްޓެއް ފައެޅުވިއެވެ. އަތައް ފޮށި ނަގަމުން ވަށަ އިގެންވާ ހިރަފުސްތަށް ފޮޅާލިއެވެ.ހިތުގައިވާ އިހުސާސު ތަކުގެ މައްޗަށް ބާރު ފޯރުވަމުން ލުޔޫން ފޮށީގެމަތި ހުޅުވާލިއެވެ.ފެންނަ ފެނުމަށް އެހާބޮޑުނޫން އެފޮށި ބަރާވެފައި ވަނީ ހިކިފައިވާ މާމެލާމެއްޔާ ފަތުންނެވެ. ލުޔޫން ގެ ހިމަހޯލި އިނގިލިތަކުން ފަތްތަށް އެއް ފަރާތް ކުރަމުން އަތަށް ކުޑަ ވަރެއްގެ ފޮތެއް ނެގިއެވެ.ބަލާ ބެލުމަށް ކުޑަވަރެއް ގެ ޑިއިރީ އެއްހެންހީވާ ފޮތުގެ ގަނޑުތަށް ފަޅު ފިލުވާލެވި ފައިވަނީ އުފާވެރި އާއިލާއެއްގެ ފޮޓޯ ތަކުންނެވެ.
އެހިނދު ބޭއިހް ތިޔާރުގައި އެފޮޓޯތަށް މަތީ ލުޔޫން ގެ އިނގިލިތަށް ހިންގާލެވުނެވެ.މާޒީގެ ހިތި ހަނދާންތައް ހިތައް އުނދަގޫ ކުރަމުން ދިޔައެވެ. އެދުވަސްތަށް އިނބުރާ ލިބުމައް އެދެވެމުންދިޔައެވެެ. “މަންމާ ކީއްވެ ލޫލޫ އަށް މޫދަށްނެރެވެނީ. އެކަމް މައޫވެސް މޫދައް އެރެއެންނު.” 17 އަހަރުގެ މައުރީން އޭނާގެ މަންމަ ގާތުގައި ޝަކުވާ ކުރަމުންދިޔައެވެ.”އެކަމް ދަރިފުޅާ ބަލާ މަންމަވެސް މޫދަކަށް ނޭރެމެންނު ދޯ ،އެއީ މޫދަށް އެރުނީމާ ގައިކަހާ ބިހިނަގާނެތީއޭ ލޫލޫ ގެ ހަންގަނޑު ހުންނަނީ މަންމަގެ ހަންގަނޑު ގުތަށޭ ދަރިފުޅާ.”މޫނު މަށްޗައް ފޫހިކަން ވެރި ކުރަމުން ލުޔޫން އޭނާގެ އަންހެން ކޮއްކޮ މައުރީން މޫދައް އެރި މަޖާކުރާ މަންޒަރު ބަލަންއިނެވެ.އެމުރުން 38 އަހަރުގެ ޒަރީރު ޔުޔޫން އުނގަށް ކުރުނބަލެއް ލައިދެމުން ކޮލުގައި ހިފާލިއެވެ.”ބައްޕަ ގެ ލޫލޫ ކޮންކަމަކާ މާދެރަވެފަ.”ލޯބިވާ ދަރިފުޅުގެ މޫނު ތަރުޖަމާކުރާ ފަދައަކުން ޒަރީރު އަހާލިއެވެ.”ބައްޕާ ލޫލޫ ބޭނުމީ އެހެންކުދިންހެން މޫދައް އެރި ފްރޭންޑްސް އާއެކީ ހިނގާލަންގޮސް މަޖާކުރަން”. “މަންމީ ބަލާ މައޫއަށް ފެނުނު އެއްޗެއް ވަރަށް ރީތިދޯ މާހައުލުގެ ހިމޭން ކަންނަގާލަމުން ކުޑަކުޑަ މައުރީން ބުނެލިއެވެ. “މަންމީ މީ ރަބަވެއްޔެއް ދޯ އެއަށް ކިޔާނަން ނޭނގިގެން މައުރީން އަށް ބުނެވުނެވެ.އެހިނދު ލުޔޫން އަށް ހޭން ފެށުނެވެ.ކޮއްކޮ ގެ މަޖާ ހަރަކާތް ތަކައްބަލަން ތިބި ޒަރީރާ ހުމައިދާއަށް އެކުއެކީގަ ހޭންފެށުނެވެ. ހިނދުކޮޅަކަށް ދެމިގެން ދިޔަ އެވަގުތު ފަޒާގައި ގުގުމާލާފިއިވަނީ ތިންބައިންގެ އުފާވެރި ހުނުމުގެ އަޑެވެ.”ދަރިފުޅާ…ހަހަހަ…މައޫ..ތީ ރަބަވެއްޔެއް ނޫނޭ ތީ ބަރަވެއްޔެކޭ”.ވާނުވާ ނޭނގިފައި ހުރި މައުރީން ފަހަރަކު މީހެއްގެ މޫނަށް ހައިރާންކަމާ އެކު ބަލަމުން ދިޔައެވެ.
ހިޔާލީ ދުނިޔެއިން ބޭރުވުމުން ލުޔޫން ފޮތް ލަށްޕާލިއެވެ. އަދި ފޮށިތެރޭގައި އޮތް ފައްއަތަށް ނަގާ ގަޔާ ކައިރި ކޮއްލިއެވެ. މަންމަގެ އެންމެ ފަހުގެ ހަނދާން ފެނުމުން ކަރުނަތައް އޭގެމަގާމް ދޫކޮށް ބޯއެސްފިޔަ ތަށްދަށުން ވިދަންފެށިއެވެ.ރީތިއަލިމަހާ ޔާގޫތު އަދި ރެނދަލި ބޭނުންކޮށްގެން ފަރުމާ ކުރެވިފައިވާ އެފަށް ކިތަންމެހާވެސް ރީއްޗެވެ. ފަށުފުލުގައި ލައިވިފައިވާ އިތާމުތް ނޫކުލަިން ދިއްލިފައިވެއެވެ. ފޮށިއޭގެ މަގާމަަށް ލަމުން ފަސް އެނބުރި ޗާލު ހަނދައް ލުޔޫން ބަލާލިއެވެ. އަދި އަތުގައޮތް ފަށް ކަރުގައި އަޅުވާލަމުން ކޮންމެހާލެއް ގައިވެސް ފަށް ރަށްކާތެރިކުރަން އަމިއްލަ ނަފްސަށް ވައުދުވިއެވެ. ކޯތާފާތް މަތީ ދަތުރުކުރަމުން ދިޔަ ކަރުނަތަށް ފުހެލަމުން ހިނިތުން ވެލިއެވެ. އާއަޒުމަކާއެކު ރާޅުތަކުގެ ތެރެއަށް މޫރިތި މަހެއްފަދައިން ޤަރަގުވެގެން ދިޔައެވެ..
ނޯޓް: މީއި އަޅުގަނދު މި ސައިޓަށް ލިޔާ ފުރަތަމަ ވާހަކައިގެ ކުޑަ ޓްރެއިލަރ އެކެވެ.ވާހަކައިގެ ކުރިޔަށް ހުރި ބައިތައް ވަރަށް އަވަހަށް ގެނެސް ދެވޭނެ ވާހަކާ ދަންނަވަމެވެެ.
One Comment
Comments are closed.
Masha Allah . Varah Reethi .Waiting for the next part??????????