މަންމަގެ އުޅުން…..” އުސްމާނު ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. އުސްމާނު އެހެން ބުނުމުން ސަމީރާގެ ތުންފަތަށް ހިނިތުންވުމެއް ދުވެލިއެވެ. ޔަޤިނުންވެސް އުސްމާނަށް ބުނެވުނީ ތެދެއްކަމަށްވެސް ވެދާނެއެވެ. އޭނައަށް ލިބިފައިހުރީ އޭނަގެ މަންމަގެ އުޅުންތާއެވެ. އިތުރު އެއްވެސް އެއްޗެކޭ ނުބުނެ ފެންޑާގެ މޭޒުމަތީގައި ހުރި ކިރުތަށި ތުންޖަހާ އެއްފަހަރާ ދަމާލަމުން އުސްމާނު ނުކުތީ މަދަރުސާއަށް ދިއުމަށެވެ. އޭރު މަދަރުސާގެ ރަނގަބީލުޖެހިއަޑުވެސް އިވުނެވެ. “ހާލަތު.. ކީއްކުރާނީ.. އާން ދެން އަމާގެ އުޅުން ދަސްވެފައި ހުރި ދަރިއެއް…” ތަވާ މަތީގައި އޮތް ރޮށި […]
ނޯޓް: މިއީ އެއްވެސް އިރަކު ހިނގި އަދި ހިނގާފާނެ ކަމަށް ލަފާކޮށް ލިޔެފައިވާ ވާހަކަ އެއް ނޫނެވެ. މިވާހަކަ އަކީ އަޅުގަނޑުގެ އަމިއްލަ ޚިޔާލުގެ މައްޗައް ބިނާކޮށް ލިޔެފައިވާ މުޅިން ޚިޔާލީ، ބިރުވެރި، ކުރުވާހަކަ އެކެވެ. *** “އާނާ….. އާނާ…..” ކުއްލިއަކަށް އާނާ އަށް ތެދުވެވުނީ މީހަކު އޭނާގެ ކަންފަތް ދޮށުގައި ވައި އަޑުން އޭނާގެ ނަމުން ގޮވާލި އަޑު އިވުނުހެން ހީވެގެންނެވެ. އޭރު އޭނާގެ ނިދިވަނީ އެއްކޮށްހެން ފިލައިގެން ގޮސްފައެވެ. އާނާ އެކި ފަރާތް ފަރާތައް […]
ނޯޓް:- މި ވާހަކައަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް މީގެ ފަސްވަރަކަށް އަހަރު ކުރިން އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކަކީ މުޅިންވެސް ޚިޔާލީ ނަންތަކެވެ. މި ވާހަކަ ހާއްސަކުރެވިފައިވަނީ އުމުރުން 18+ (އަށާރަ) އަހަރުން މަތީގެ ބޭފުޅުންނަށެވެ.) *** ގަޑިން މެންދަމުން އަލިވެ 2 ޖަހަނީއެވެ. ތޭރަ ވިލޭރޭގެ ހަނދު އުޑުމަތީގައި ރަސްކަން ކުރަމުން ދިޔައެވެ. ބަބުޅަމުންދާ ތަރިތަށް އުޑުގައި ފިޔަޖަހަމުންދިޔައީ އެއްވެސް ކަހަލަ ޚިޔާލެއް ފިކުރެއްނެތިއެވެ. ކައިނާތުގެ ކުޅަދުންވަންތަކަމުގެ މަންޒަރުތަކަކީ އަހަރެމެން އިންސާނުންނަށް […]
އޭނައަށް ހޭވެރިކަންވީ އޭނައާ ދިމާއަށް ހަޅޭއްލަވައިގެން އަޑަށެވެ. އޭނަ ވަނީ ދާހިއްލާ ފޯވެފައެވެ. ވަށައިގެން ހޯދާލިއެވެ. އެ ތަނުގަ ބައިވަރު މީހުން ތިއްބެވެ. ބަލާލި ކޮންމެ ދިމާލަކުންމެ ފެންނަނީ މީހުން ފުރި ބާރުވެފައިވާ ތަނެވެ. ބައެއް މީހުން ތިބީ ގަނޑުވެފައެވެ. ބައެއް މީހުން ކޮޅުކޮޅުމައްޗަށް ދުވަނީއެވެ. ބައެއްމީހުން ދެކޮޅު ހޯދާ ބަލަނީއެވެ. ބައެއް މީހުން ކަކޫ މަތީގައި ތިބި އިރު ދަތްދޮޅި އަތަށް ލައިގެން މޮޅިވެރިކަމާއެކު އަނެއް ބަޔަކު ތިއްބެވެ. އެންމެންހެން ތިބީ ހަދާނެގޮތް ހުސްވެފައެވެ. އަނެކާއަށް އެހީތެރިވެދޭފަދައިގައި […]
މިއީ ހަޤީޤީ ހާދިސާ އެކެ … އު ކުރުން އެން މެ 22 އަހަރު ޒުވާނަކަށް ދި މާ ވެފައިވާ ހަޤީޤީ ކަ މެއެވެ ……. *********************** 2019 ވަނަ އަހަރުގެ ފަހު ކޮޅެއެވެ … އަހަރެން އުޅެ މުން ދިޔައީ ވަރަށް ވެސް އުފާވެރި ކޮށެއެވެ . ވާ ކަންތައް ނުވާ ކަ ނަމަށް ހަދައިގެން މެއެވެ . ********* އަހަރެން ގަބޫލް ކުރާ ގޮތުގައި ޖިންނީން ނަކީ އެއްވެސް ބައެއް ނޫނެކެވެ . އަދި […]
އަންހެން އަޑެކެވެ. ކުރިން އަޑުއިވިފައި ހުރި އަޑެކެވެ. ދޮރު ހުޅުވާލުމުން ކުރިމަތީގައި ހުރި ނައިރާ ފެނި އަހަރެން ހައިރާންވިއެވެ. “ނައިރާ؟…” ނައިރާ ރަކި ގޮތަކަށް ހީލިއެވެ. އެވަގުތު އޭނާގެ ކޮލަށް އެޅުނު އަޑިކޮޅު ފެނިފައި އަހަރެންގެ ދެލޯ އިހުނަށްވުރެ ބޮޑުވިއެވެ. “ހެނދުނުގެ ނާސްތާ ހެދީ އެންމެނަށް ވާ ވަރަށް.. އެހެން ވީމަ ފިރާއަށް ގޮވާލަން މިއައީ..” މަޑުމައިތިރި އަންހެންވަންތަ އަޑަކުން ނައިރާ ވާހަކަ ދެއްކިއެވެ. ގައިގެ ބައްޓަމަށް ފަހާފައި އިން ނަރުސް ޔުނީފޯމުން ނައިރާގެ ހަށިގަނޑުގެ ފުރިހަމަކަން […]
ލޮލުން އޮހެމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު އެޒުވާނާއެ ތެދުވީ ކަށިންނެތް ހިތްވަރު ލައިގެންނެވެ. ތެދުވެ ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލެވުމާއެކު އަނެއްކާވެސް އެލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް އޮހެންފެށިއެވެ. ވަށައިގެން އިވެމުންދާ ކުޑަކުދިންނާއި ، ބޮޑެތިމީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ ރުއިމާއި ގިސްލުމުގެ އަޑުން އޭނާގެ ކަންފަތްވީ ބައްވެފައެވެ. ޒަޚަމްވެފައި ތިބި މީހުންނަށް އެހީތެރިވަމުން ދިޔަ ޑޮކްޓަރުން އަވަސް ހަރަކާތްތަކާއި އެކު އެމީހުންނަށް ދެވެން އޮތްހާ ފަރުވާއެއްދެމުން ދިޔަނަމަވެސް އެތައްބަޔަކު މި […]
ނިޝާގެ ޑައިރީ ހިފައިގެން ނިކްހާ އިނީ ކޮޓަރި އެނދު މަތީގައެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަވަސް ވެފައިވީ ހިތަކާއެކު ފޮތުގެ ފުރަތަމަ ގަނޑު ހުޅުވާލިއެވެ. އެފޮތުގައި ނުހަނު ރީތި އަތުލިއުމަކުން ލިއެވިފައި އެވަނީ ނިޝާގެ ކުލަނެއް ހަޔާތުގެ ޞަފްޙާތަކެވެ. *** ** *** އެނގޭ ހެއްޔެވެ؟؟ އަހަރެންވެސް އަހަރެންގެ ދިރިއުޅުމަށް ޓަކައި ހާދަ ފޮނި އުންމީދު ތަކެއް ކުރީމެވެ. ހާދަ ހުވަފެން ތަކެއް ދުށީމެވެ. އެކަމަކު އެ ހުރިހާ ކަމެއް ފެނަށްވީ ދާދި މަދު ދުވަސް ކޮޅެއް ތެރޭގައެވެ. […]
ހަމަ އެހިނދު ކޮޓަރި ތެރޭގައިވީ ގަދަ އަލިކަން ނެތި ކަނު އަނދިރިކަން ވެރިވެގަތެވެ. ނިކްހާ ދެލޯ ތަންމިނަށް ހުޅުވާލީވެސް އެވަގުތުއެވެ. އޭނާގެ ލޮލުގެ ކަޅި ފެންނަން ނެތް އިރު ލޯ ވަށައިގެން ގަދަ ރަތް ކުލައިގެ ބައެއް ވިއެވެ. އަތުގެ ނިޔަފަތިތައް ދިގުވެ ބުޅިވަމުން އައެވެ. އޭނާގެ ހަށިގަނޑަށް ހަރަކައިތެއް ނުގެނެއެއް ކަމަކު އޭނާގެ ސިފަ ބަދަލުވެ ހުތުރު ވަމުން އައީ އެތާ އިންސާނަކު ހުރި ނަމަ ހެއަށް ގޮތްވާ ވަރަށެވެ. ނަމަވެސް އޭގެ ކުޑަ ހިނދުކޮޅެއް […]