ކަޅު ހިޔަނި
އުއްމީދުން އާވެފައި އަހަރެންނަށް ހުއްޓައި އަހަރެން ގެ ދިރިއުޅުން އެއްކޮށް ބަދަލަވެގެން ދިޔައީ ނުލާހިކު ކުޑަ ކުޑަ ވަގުތު ކޮޅެއްގައެވެ . އުފާވެރި ކަމުން ހިތާމަ އަކަށް ބަދަލު ވެގެން ދިޔައީ ކުޑަ ކުޑަ ވަގުތު ކޮޅަކު އެވެ . ކަޅު ބޯ ވިލާގަޑު އަހަރެން ބޯ މައްޗައް އައީ ނުލާހިކު ހަލުވި ކަމާ އެކުއެވެ . އަހަރެންނަށް ވާނުވާ ނޭނި ދާނޭ ކޮޅެއް ވެސް ނޭގެއެވެ . 2019 އަހަރު ގެ އޮކްޓޯބަރ މަހަކީ އަހަރެންނަށް ދިރިއުޅުން އެއްކޮށް ހުއްޓުނު އެއް އަހަރެއެވެ . އަހަރެން ހީ ވެސް ނުކުރާ ކަހަލައި ގެ ކަމަކާ އަހަރެން ކުރިމަތި ލާން ޖެހުނެއެވެ
ނިދިވެސް އަހަރެންނާ ދުރުވެގެން ދިޔައެވެ . އެންމެ ކަމަކާ ހުރެއެވެ . އެއީ އަހަރެންގެ މަންމަ ބަލި ވެގެން ދިޔުމުންނެއެވެ . އަހަރެން ނަށް ލިބުނީ ކުއްލި ސިހުމެކެވެ . ހީވެސް ނުކުރާ ބޮޑު ބައްޔަކާ އަހަރެންގެ މަންމަ ކުރިމަތި ލާން ޖެހުނެއެވެ . ރުޤްޔާ ކުރާ މީހެއް ލައްވައި އަހަރެން ގެ މަންމަ އެކަމުން މިންޖުވެއްޖެއެވެ . ނަމަވެސް އަހަރެން މި ވާހަކައިގައި މި ބަލާލަނީ އެކަން ވެގެން ދިޔަ ގޮތުގެ ކުޑަ ކުޑަ ތަފްސީލެކެވެ .. އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް މި ވާހަކައިން ނިސްބަތް ވާނަމަ އެކަމަށް މާފް ކުރުން އެދެމެވެ .
2019 ވަނަ އަހަރުގެ އޮކްޓޯބަރ ގައި އަހަރެން މާލޭގައި އުޅެލާފައި އަހަރެންގެ އުފަން ރަށް އެބުރި އައީމެއެވެ . އެއީ ރަށު ކޮޅުގައި ވިޔަފާރި އެއް ހިންގާތީ އެތާ މަސައްކަތް ކޮށް ލުމަށެއެވެ . އަހަރެންނަކީ އަމިއްލަ ވިޔަފާރި އެއް ކުރަމުން އަންނަ އުމުރުން 22 އަހަރު ފުރިފައި ވާ ޒުވާނަކީމެއެވެ . އެކި ގޮތް ގޮތުން އަހަރެން އަމިއްލަ މަސައްކަތް ކޮށްގެން އަހަރެން އާމްދަނީ ހޯދަމެއެވެ ބޭރުން އެއްޗިހި ގެނެސްގެންނާ އަދި އެނޫންވެސް ކަންކަން ކޮށްގެންނެވެ . ހަރާމް ގޮތުގައި މަސައްކަތް ކުރުން އެއީ އަހަރެން އެންމެ ފޫހިވާ އެއްކަމެ .
އަހަރެން އެބުރި ރަށް އައިސް ކުޑަ ދުވަސް ކޮޅެއްވެސް ނުވެއެވެ . އަހަރެންގެ މަންމަ އަށް ބޮޑެތި ބަދަލު ތަކެއް އަންނަ ހެން ހީވިއެވެ . އެހެން ނުނިދާ އުޅޭ ކަމާ އަބަދުވެސް ކޮންމެވެސް ބިރުވެރި ކަމެއްގައި އުޅޭ ހެން ހީވެއެވެ . އަހަރެން ކިތައްމެ ފަހަރަކު ވެސް އަހަރެން އަހަމެއެވެ . އަދި އެހުމުން އެއްވެސް ކަމެއް ނުވާ ކަމަށް ބުނެ އުޅެއެވެ . އަހަރެން އެ ވާހަކަ އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެ ކާރި ބުނެގެން އަހަރެންނާ އަހަރެންގެ މަންމަ އަދި ބައްޕަ ވަގުތުން ފުރާގެން ދިޔައީ ފުރަ މާލެ އަށެއެވެ
މާލޭ ކޮޅަށް ވިއްސާރައެވެ . ނަމަވެސް އަހަރުމެން ދިޔައީ މަތިން ކަމުން އަހަރުމެންނށް ގަދަ ހެންނެ ހީ ވެސް ނުވެއެވެ .
އަހަރެން ގަބޫލް ކުރާ ގޮތުގައި ފަނޑިތަ އަދި ސިހުރަކީ އަހަރެން ގަބޫލް ކުރާ ގޮތުގައި އެއްވެސް އެއްޗެއް ނޫނެއެވެ . އަހަންނަށް އެއީ މުޅިން ފޭކް ވާހަކަ ތަކެއް ކަން ގަބޫލް ކުރަމެއެވެ .. ނަމަވެސް އަހަރެންނަށް އެކަން ޖެހުނީ ގަބޫލް ކުރާށެއެވެ . އެއީ އަހަރެން ގެ މަންމަ އަށް ހުރީ ފަންޑިތަ ހަދާފައެވެ . އެއީ އަހަރެންގެ މަންމަ މި ދުނިޔެ އިން ދުއްވާލުމަށާއި އަހަރުން ކުރަމުން އަންނަ ވިޔަފާރި ނައްތާލުމަށެއވެ .
އަހަރެން ރުޤިޔަ ކުރާ މީހާ ގެނެސް ގެން އޭނަ ލައްވާ މަސައްކަތް ކުރުވީމެއެވެ . އަދި ގޮތް ހުސްވެ ތިބެމެ އަހަރެން އެކަމާ ކުރިމަތި ލީމެއެވެ . ކޮންމެ އަކަސް އަހަރެންނަށް ވާން އުޅޭ ގޮތެއް ދެން ކިހިނެއް ކަމެއް އެއްވެސް ވަރަކަށް ނޭންގެއެވެ .
ރުޤްގިޔާ ކުރާ މީހާ ބުނާ ކޮންމެ ކަމެއް ކުރަމުން ދިޔާމެއެވެ .
2 ވަނަ ބަޔަށް އިންތިޒާރު ކޮށް ލައްވާ …
6 Comments!
Comments are closed.


Nice. Waiting for the next part???
Varah salhi ✌ ✌
Varah reethi Masha Allah ?
Meetheege dhevena bai kobaatha
Vrh salhi story eh
varah reethi