” ހޭ ބޭބް ސޮރީ، މާބޮޑަށްވެސް ލަސްވެއްޖެދޯ؟ އަސްލު މާވިން އަންގާވެސްނުލާ ކާރު ގެންދިޔައީ” ފިޒާން އެއްނޭވާއަކުން ހުރިހާ އެއްޗެއްކިޔާ ނިންމާލިއެވެ. މާއީ އޭރުވެސް އިނީ ފިޒާނަށް ފުރަގަސްދީގެންނެވެ. މާއީގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އޭނާ ހުރީ ވަރަށް ބޮޑަށް ހިންހަމަ ނުޖެހިފައިކިން ފިޒާނަށް އެގުނެވެ. އެންމެފަހުން ފިޒާންގޮސް މާއީ އިށީދެގެން އިން ބެންޗު ކައިރީގައި މާއީގެ ކުރިމައްޗަށް ވާގޮތަށްއިށީނެވެ. ކައިރީގައިން ބޮކިދަނޑީގެ އަލިން މާއީގެ މޫނަށް އަލިއެޅިފައިވާއިރު ހީވަނީ ސާދިވިލޭރޭ ހަނދު ފާޅުވެފައި ހުރިހެންނެވެ. […]
ނާޝްއަށް ހޭލެވުނީ ހަށިގަނޑު ފިނިވެގެންނެވެ. ނިދީގެ އަސަރު ހުރުމާއިއެކު އޭނާއަށް ދެލޯހުޅުވާލެވުނީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. ލޯހުޅުވާ ލުމާއިއެކު ފެނުނީ ހާމަ އުޑެވެ. އަދިރިކަން ގަދަ ރޭނގަޑެކެވެ. ހަނދުގެ އެއްވެސް އަލިކަމެއް ނެތެވެ. ބޯ ވިލާތަކުން ތަރިތަކާއި ހަނދުގެ އަސަރުވަނީ ފޮރުވިފައެވެ. ސާފު ފިނި ވައިރޯޅިތައް ނާޝްގެ މޫނުގައި ބީހިލާފައި ދެއެވެ. ރާޅުގެ މަޑުއަޑެއް ކަންފަތުގައި ޖެހޭތީވެ ނާޝް ބޯހިއްލާލާފައި ބަލާލިއެވެ. ނާޝްއަށް ފުންމައިގެން ތެދުވެވުނެވެ. އޭނާ އޮތީ ދޮންވެލި ގަނޑުމަތީގައި ރާޅު ބީއްސާ ހިސާބުގައެވެ. ހަށިގނަޑު […]