ޔަމާންގެ ސައިކަލު ފަހަތުގައި އިން ޔަނާލް އިނީ ކަންބޮޑުވެފައެވެ. ދޭތެރެއަކުން ފުންނޭވާއެއް ލަމުން އަވަސް ކުރާށޭ ބުނެލައެވެ. އެމީހުން އުޅޭ ގެއާއި ހަމަވުމުން ސައިކަލު ރަނގަޅަށް މަޑުވެސް ކޮށް ނުލަނީސް ޔަނާލް ފުންމާލިއެވެ. އަދި އެހާމެ އަވަހަށް ދުވެގޮސް ގޭތެރެއަށް ވަނެވެ. ޔަނާލް އޭނާއާއި ނިކްހާ އުޅޭ ކޮޓަރި އާއި ހަމައަށް ގޮސް މަޑުމަޑުން އެދޮރު ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނީ އެނދުގައި އަރާމުކޮށް ނިދާލާފައި އޮތް ނިކްހާ ފެނިފައެވެ. “ނިކްހާ…” ޔަނާލްގެ އަޑު […]
އަލަމާރި މަޑުމަޑުން ހުޅުވިގެން ދިޔަ އަޑު އިވުނެވެ. އިސްއުފުލާލައި އަލަމަރިއަށް އަހަރެން ބަލާލީމެވެ. އަނދިރި ގަނޑުގެ ތެރެއިން ހުދުދިގުކުލައިގެ މޫނެއް ފެންނަހެން ހީވެގެން އަހަރެން އެ ދިމާއަށް ހިނގައިގަތީމެވެ. ހަމަ އެގަތުތު ރާނިޔާ އައިސް އަހަރެން އަތުގައި ހިފާ ތަޅުވައިގަތެވެ. ” ހިނގާ މިތަނުން ދާން ” ރާނިޔާ އަހަރެންގެ އަތުގައި ހިފާ ދަމަން ފެށިއެވެ. މުޅި ކޮލެޖް އޮތީ ހަލަބޮލިވެފައެވެ. ޕޮލިސްކާރުތަކާއި އެމްބިއުލާންސްގެ އަޑު މުޅި ތަނުގައި ފެތުރެމުން ދިޔައެވެ. އެދުވަހުގެ ފަހުން އަހަރެން އެ […]
ކުޅުދުއްފުށީ ފަސްގަނޑުގައި ފައިޖެހުމުން ނިކްހާއަށް ކުރެވުނީ ތަފާތު އިހްސާސް އެކެވެ. އޭނާގެ ވަށައިގެން މީހަކު އުޅޭކަހަލަ އިހްސާސް އެއް ކުރެވުނެވެ. އަވި ނުދީ އޮތް ނަމަވެސް ހޫނުވާން ފެށިއެވެ. ގައި ހިރުވަން ފެށިއެވެ. ބޮލުގައި ރިއްސައިގަތީ ހެޔަށް ގޮތްވާ ވަރަށެވެ. ކައިރީގައި ހުރި ޔަނާލްގެ އަތުގައި ހިފާ ނިކްހާ އަށް ބާރު ކޮށްލެވުނެވެ. “ނިކްހާ…” ނިކްހާ އަށް ވަމުން ދިޔަ ގޮތްފެނި ޔަނާލް ހާސްވިއެވެ. ނިކްހާ އަތް ހިތްލައިލަމުން ބޮލުގައި އަތްޖައްސާލިއެވެ. “މަންމާ…” ޔަނާލް ހާސްވެފައި ގޮވާލި […]
(މިވާހަކައިގެ އެއްވަނަ ސީޒަން ކިޔާލުމަށް ފޭސްބުކުގެ -ވާހަކަ ދުނިޔެ- އައިޑީއަށް ޒިޔާރަތް ކޮށްލައްވާ..) އެ އަންހެނާގެ ފަހަތުން ހާޒިމް ގޮސް އެ ޖިފުޓިއަށް ވަދުނެވެ. އެ ޖިފުޓިއަކީ މީގެ ކުރިން ހާޒިމް މިތަނުން ދެކިފައިވާ ޖިފުޓިއެއް ނޫނެވެ. ނަމަވެސް ބަލާބެލުމަށް އެ ޖިފުޓި ހީވަނީ ވަރަށް ޒަމާންވި ޖިފުޓިއެއް ހެންނެވެ. އެ ތަނުގައި ހުރީ ފާނޫޒެއް ދިއްލާފައެވެ. އެ ފާނޫޒުގެ އަލިން އެ ކުޑަކުޑަ ޖިފުޓި އެކީގައި އަލިކޮށްދީފައި ވެއެވެ. ދޮރުކައިރީގައި ހާޒިމް ހުއްޓިލައިގެން ހުރި […]
(މިވާހަކައިގެ އެއްވަނަ ސީޒަން ކިޔާލުމަށް ފޭސްބުކުގެ -ވާހަކަ ދުނިޔެ- އައިޑީއަށް ޒިޔާރަތް ކޮށްލައްވާ..) ފެރީ ދޯނި ރަށުގެ ބަނދަރު ކުރުމާއެކު ހާޒިމް ދޯނިން ފެއިބީ އަނދިރި މޫނަކާއެކުގައެވެ. ހިނގާދިޔަ ބިރުވެރި ކަންތަށް ހިތުގައި ފޮރުވައިގެން ހުންނާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އެވާހަކަ މަންމައަށް ކިޔައިދީ މަންމަގެ ހިތް ރޮއްވާލާކަށްވެސް ހާޒިމް ބޭނުމެއް ނުވެއެވެ. އަދި ދެން އަންނަންއޮތް ބިރުވެރި ހަމަލާ އައުމުން ވާނީ ކިހިނެއްބާއޭ ހިތަށް އަރުވައިގެން ގޮތްހުސްވެފަ ހުރެވޭކަށްވެސް ނެތެވެ. ގެޔަށް ގޮސް ވަދުނީ […]
(މިވާހަކައިގެ އެއްވަނަ ސީޒަން ކިޔާލުމަށް ފޭސްބުކުގެ -ވާހަކަ ދުނިޔެ- އައިޑީއަށް ޒިޔާރަތް ކޮށްލައްވާ..) ގަޑިން ތިނެއްޖަހާ ބޮޑު ވެއްޖެއެވެ. އުޝައިރުގެ ހޭވެރިކަމެއް އަދިވެސް ނެތެވެ. ގޭތެރޭގައިވަނީ ބިރުވެރިކަމާއި ނާމާންކަމެވެ. “ހިނގާބަލަ މޫނުމަތީގައި ފެންކޮޅެއް ހާކާލައިގެން ހޭއެރުވޭތޮ ބަލަން..” ހާޒިމްއަށް ވާހަކަ ދެއްކުނީ އެތަށް އިރަކު ގަނޑުވެފައި އިނުމަށްފަހުއެވެ. “އާނނ.. ފެންކޮޅެއް ގެންނަންތަ؟” ޒައިނާ އަހާލިއެވެ. “ނޫން މަޑުކުރޭ.. މަމިއަންނަނީ!!” ހާޒިމް ތެދުވެގެންގޮސް ވަދުނީ ފާހާނާއަށެވެ. ފާހާނާގެ ލައިޓު ދިއްލާލުމާއެކު ހާޒިމް ދިޔައީ ސިއްސައިގެންނެވެ. “އަހަރެން ސަލާމަތް […]
(މިވާހަކައިގެ އެއްވަނަ ސީޒަން ކިޔާލުމަށް ފޭސްބުކުގެ -ވާހަކަ ދުނިޔެ- އައިޑީއަށް ޒިޔާރަތް ކޮށްލައްވާ..) އާ ދުވަހަކަށް އިރުއެރީ ހާޒިމް އެނދުމަތީގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮއްވައެވެ. ލޮލަކަށް ނިންޖެއް ނާދެއެވެ. ސިކުނޑީގައި އެނބުރެނީ ހަމަ އެންމެ ހިޔާލެކެވެ. އެ ބިރުވެރި ހިޔާލެވެ. އާހިލްއަށް ދިމާވި ކަހަލަ ކަމެއް ހާޒިމްއަށް ދިމާވާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ކޮންމެއަކަސް ކްލާހަށް ދާން ހަމަޖެހިފައި އޮތް ގަޑިއަކީ އެދުވަހުގެ 8 ޖަހާއިރު ކަމުން ގަޑިން 7 ޖެހިއިރު ހާޒިމް […]
(މިވާހަކައިގެ އެއްވަނަ ސީޒަން ކިޔާލުމަށް ފޭސްބުކުގެ -ވާހަކަ ދުނިޔެ- އައިޑީއަށް ޒިޔާރަތް ކޮށްލައްވާ..) ހާޒިމް އެގެއިން ނުކުމެގެން ދިޔައީ އޭނާގެ ދިރުން އެގެޔަށް ދޫކޮށްލާފައެވެ. އޭނާގެ ސިކުނޑިއަށް ދެންމެ ނީލަމްއާ ދެއްކި ވާހަކަތަށް ނޫން އެއްވެސް އެއްޗެއް ނާދެއެވެ. ނީލަމް އެ ހަދަނީ ތެދެއް ނޫންކަން ހާޒިމްއަށް ހަމަ ޔަގީނެވެ. އެރޭ ހާޒިމްއާއި އެކު ތުނޑިމައްޗަށް ނުކުތީ ނީލަމް ނޫން އިތުރު ކުއްޖެއްނަމަ ހަމަޔަގީނުންވެސް ހާޒިމްއަށް އިނގޭނެއެވެ. ހާޒިމް މަދުމަދުން ނީލަމް ބުނާ ކަންތަށް ހަނދާން […]
(މިވާހަކައިގެ އެއްވަނަ ސީޒަން ކިޔާލުމަށް ފޭސްބުކުގެ -ވާހަކަ ދުނިޔެ- އައިޑީއަށް ޒިޔާރަތް ކޮށްލައްވާ..) އާހިލްމެން ގޭގެ ދޮރުމަތީގައި ދެތިން މިނެޓެއް ވަންދެން އެގެޔަށް ވަންނަން ނުކެރިފައި ހާޒިމް ހުރީ އެގޭތެރެޔަށް ބަލާށެވެ. ގޭތެރޭގައި އެއްވެސް މީހެއްގެ ހިލަންވެސް ފެންނާކަށް ނެތެވެ. ފަސްޖެހެވެނީ ފާތުން ދައްތަގެ މޫނުދެކެންކަން ހާޒިމްއަށް އެނގެއެވެ. ހާޒިމް ފެނުމުން އާހިލްގެ ހަނދާންތަށް ފާތުމާގެ ވިސްނުމަށް އަންނާނެކަން ހާޒިމްއަށް އެނގެއެވެ. ނަމަވެސް އޭނާ ގެއިން ނުކުމެގެން ހިފައިގެން އެއައި ސުވާލުތަކުގެ ޖަވާބު ހޯދައިގެން ނޫނީ […]