އުއްމު ކުލްޘޫމު ރަޟިޔަ ﷲ ޢަންހާއަކީ ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ގެ ތިންވަނަ ދަރިކަނބަލުންނެވެ. އެކަމަނާގެ ޢިއްޒަތްތެރި މަންމާފުޅަކީ އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަ ﷲ ޢަންހާއެވެ. އެކަމަނާ ރައްކާވީ ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިން މާތްވެގެންވާ މައްކަތުލް މުކައްރަމާގެއެވެ. އައްސައްޔިދާ އުއްމު ކުލްޘޫމު ރަޟިޔަ ﷲ ޢަންހާގެ ތުއްޕުޅު ދުވަސްތައް ހޭދަކުރައްވާފައިވަނީ ނުހަނު ހަރުދަނާ މަންމާފުޅަކާއި، ނުހަނު އޯގާތެރި ބައްޕާފުޅެއްގެ އުނގުފުޅު ތެރޭގައެވެ. މަންމާފުޅުގެ […]
ރެޔަކީ އުޑުމަތި ބަނަ ރެއެކެވެ. އިރުއިރުކޮޅުން ވާރޭ ކަނި ޖަހާލައެވެ. ޖެހެމުން ދިޔަ ވައިން ގަސްތަކުގެ ފަތްތަކުން އަޑުލައްވާލައެވެ. ވައިގައި ހިފާފައި ހުރީ ތެތް ފިނިކަމެކެވެ. މުޅި މީހާ ހުރީ ފިނިވެފައެވެ. ހަވީރު ވެހުނު ވާރެއިން މުޅި މަގުމަތި އޮތީ ތެމިފައެވެ. ކުދިކުދި ފެންގަނޑު ހެދިފައި ހުއްޓެއް ކަމަކު، ސައިކަލުގައި ދާ މީހަކަށް ދަތި ނުވާނެކަން ޔަޤީނެވެ. ދަބަސް ކޮނޑުގައި އަޅުވާލައިގެން އަހަރެން މަގުމައްޗަށް ނުކުމެ ސައިކަކު ކައިރި މަޑުކޮށްލީމެވެ. ފުން ނޭވާއެއް ދޫކޮށްލީމެވެ. އެއަށްފަހު […]
މޫސާގެފާނު އަވަހާރަވުމަށްފަހު ބަނީއިސްރާޢީލު ބާގައިގެ މީސްތަކުންގެ ގާތަށް ނަބީކަމައިގެން ފޮނުއްވީ ޔޫޝަޢުގެފާނެވެ. ޔޫޝަޢުގެފާނު އެބައިމީހުންނަށް ތެދުމަގު ދެއްކެވުމުގައި ދުވަސްތަކެއް ވޭތުކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ޚަލީފެއްގެ ގޮތުން ދީނުގެ ކަންތައްތައް ކުރިއަށް ގެންދެވީ كالب بن يوفنا އެވެ. كالب بن يوفنا އަޖަލުގެ ގޮވެއްޗަށް އިޖާބަދެއްވުމުން ބަނީއިސްރާޢީލު ބާގައިގެ މީސްތަކުންގެ ގާތަށް ނަބީކަމުގެ މަތިވެރި މަސްއޫލިއްޔަތާއިގެން حزقيل (ހިޒްޤީލު) عليه السّلام ފޮނުއްވިއެވެ. އިބްނު އިސްޙާޤު، ވަހަބު ބިން މުނައްބިޙުގެ އަރިހުން ރިވާކުރައްވާ ގޮތުގައި حزقيلގެފާނުގެ ފުރިހަމަ ނަންފުޅަކީ، حزقيل […]
އެއްޖިންސުން ގުޅުން ހިނގުމުގެ މުޑުދާރު ޢަމަލު މިދުނިޔެއަށް އުފަންކުރުވި ބަޔަކީ لوط عليه السّلام ގެ ޤައުމުގެ މީސްތަކުންނެވެ. ސަދޫމުގެ މީސްތަކުންނެވެ. އެއަށްފަހު ދުނިޔަމަތީގައި ކޮންމެ ޒަމާނެއްގައިވެސް އެފާފަ ކުރަމުންގެންދާ ބަޔަކު ދިރިއުޅެމުން ގެންދެއެވެ. ނަމަވެސް އެ ޢަމަލަކީ އިންސާނީ ފިޠުރަތާއި މުޅިން ޚިލާފު ޢަމަލެކެވެ. އިންސާނީ ފިޠުރަތު އެކަމަށް ކުޑަވެސް ފުރުޞަތެއް ނުދޭ ޢަމަލެކެވެ. ބޮޑު ވަބާއެކެވެ. މިހާރުގެ ދުނިޔޭގެ ކަންކޮޅުތަކަށް ނަޒަރު ހިންގާލިކަމުގައިވިޔަސް ފެންނަމުން ދަނީ އެއް ޖިންސުން ގުޅުން ހިނގުމަކީ އެއީ ކޮންމެހެން […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ކޮންމެ ދުވަހަކު އިރުއަރާ އޮއްސެއެވެ. އިރުއެރުމުން ބިންމައްޗަށް އަލިވެއެވެ. އިރުއޮއްސުމުން ރަތްވިލާ އުފެދި އަނދިރިވެއެވެ. އެއަށްފަހު ފަޖުރުގެ އަލިކަން ފާޅުވެ އަލިވަމުންގޮސް އާދުވަހަކަށް އިރުއަރައެވެ. މިއީ އިލާހީ ޤާނޫނެވެ.ދުނިޔެ ދެމިއޮތްހާ ހިނދަކު މިޤާނޫނު މިގޮތަށް ދެމިގެންދާނެއެވެ. މިމަތިވެރިޤާނޫނުން ދަލީލު ލިބެނީ ވަގުތު މަދުވަމުންދާ ކަމެވެ.އަހަރެމެން ކުރަން ހުރިކޮންމެ ކަމެއްގައިވެސް ވަގުތެއްވެއެވެ. އެވަގުތު އެކަމެއް ނުކޮށްފިންމަ ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. ރޭދުވާ ތަކުރާރު ކުރައްވާ ރަސްކަލާނގެ އިންސާނާ ހެއްދެވީ ﷲއަށް އަޅުކަން ކުރުމަށެވެ.އެކަލާނގެ […]
”ﷲއަކުބަރު!” ސިރާގެ ހަށިގަނޑު ކުއްލިއަކަށް ކޮޅަށް ޖެހުނު އިރު މަންޒަރު ތަފާތެވެ. ނަފުސަށް ވެސް އޮތީ ސަލާމަތްތެރިކަމެކެވެ. ތަން ހަމަހިމޭންވެފައި ފަނޑެވެ. ހަމަނުޖެހުމެއްގެ އަޑެއްބަޑެއް ނެތެވެ. ފެތުރިފައިވި ހާސްކަން ހަމައަކަން އެޅެން ފެށުނެެވެ. އޭނާ އަށް ދެންމެއަކު އެ ފެނުނީ ހުވަފެނެއްކަން ޔަގީވުމުންނެވެ. އެހެނެއްކަމަކު ހިތުގައިވި އުދާސްކަމެއް ނުފިލުވުނެވެ. ފެނުނު ހުވަފެން ރަނގަޅުނޫން ވުމުންނެވެ. އަދި އެ ހުވަފެނުގެ ފަހަތުގައި ނޭދެވޭ ތަޢުބީރެއް އޮވެދާނެ ކަމަށްޓަކައެވެ. އެ ރެއަކު އިތުރަކަށެއް ނުނިދުނެވެ. ނަސީބަކުން ހޭލެވުނީ ވެސް ފަތިސް […]
“މަޑުކޮށްބަލަ!” އަޒާން ބާރުބާރަށް ހިނގައިފައި އައިސް އައިކާއާ އަރައި ހަމަކުރިއެވެ. “އެއްޗެއް ބޮވިފަތަ؟” “ހާދަ ބާރަކަށޭ ތިޔަ ހިނގަނީ!” “ނަމާދު ވަޤުތައް ފިހާރަތައް ބަންދު ކުރާނެ، ހަމަ ނޭނގެނީތަ؟” އައިކާ ބުނެލިއެވެ. ހަމައެއާއެކު އައިކާގެ ހިނގުން އިތުރަށް ބާރުކޮށްލިއެވެ. ހީވަނީ އެމަށް ދަހިވެގެން ދުވެފައި އަންނަ ކަންނެއްޔެއް ހެނެވެ. “މާލެ އެރިތާ މިހާރު ހަފްތާއެއްހާ ދުވަސްވީ އަދިވެސް ހިނގަންވީ ގޮތް ބުނެދޭން ޖެހޭނީ މަށަށް ދޯ؟” އައިކާ އިތުރު ގާބުރިއެއް އަޒާންއާ ދިމާލަށް އެއްލިއެވެ. […]
ގަޑިން ރޭގަނޑު 10 ޖެހީއެވެ. ދުވަހަކީ ހޮނިހިރު ދުވަސްކަމުން ހުޅުމާލޭގެ ފެރީ ޓާރމިނަލް އޮތީ ފުރިބާރުވެފައެވެ. އެ ބައިގަނޑު ތެރެއިން ޖާގަ ހޯދަމުން އަވަސްގޮތެއްގައި މާހިން ގޮސް ފެރީއަށް އެރިއެވެ. ގެއަށް ގޮއްސައި ފެންވަރައިގެން އޮފީހަށް ދާން ނިކުންނަން ޖެހޭތީއެވެ. އޮފީހުން ގުޅާފައި މާ ހައިރާން ކުރުވަނިވި ކަމެއް ވެގެން އުޅޭ ވާހަކަ ބުނެގެންނެވެ. މާހިން ވަޒީފާ އަދާކުރަމުންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަރުގެ މައްސަލަތައް ދިރާސާ ކުރާ ޓީމްގައެވެ. އެއީ މައްސަލަތައް އަވަސް ގޮތެއްގައި ތަޙުޤީޤުކޮށް […]
ހަނދުވަރު ދޭ ރީތި ރެއެކެވެ. މެންދަމުގެ ވަގުތު ކަމަށް ވާތީވެ މުޅި ފަޒާތެރޭގައި ވަނީ ތެތްފިނިކަމާއި ހަމަހިމޭންކަމުގެ ރަސްކަމެވެ. ނިދިފައި އޮއްވާ އަހަންނަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. ކައިރީގައި ހުރި މިނީބަރ ހުޅުވާ ބަލާލިއިރު ފެންފުޅި އޮތީ ހުސްވެފައެވެ. ނިދިބަރުކަމާއި ކަންނެއްކަން އިންތިހާގައި އޮއްވާ ބަދިގެއަށް ދާންޖެހުމުން ފެން ނުބޮއި ވާނެކަމަށް އެނދުގައި އޮށޯތީމެވެ. ނަމަވެސް ނިދިއަންނަ ގޮތް ނުވުމުން ވީ ފޫއްސާއި އައި ރުޅިން، އެނދުމަތިން ތެދުވެ ފެން ބަލާ ނިކުތީމެވެ. ކޮޓަރިން ނިކުމެ ގޭތެރެއަށް ވަދެގެން […]