Skip to content
އެސްފިޔަ

ބުރިޖު ޖިންނި

ރެޔަކީ އުޑުމަތި ބަނަ ރެއެކެވެ. އިރުއިރުކޮޅުން ވާރޭ ކަނި ޖަހާލައެވެ. ޖެހެމުން ދިޔަ ވައިން ގަސްތަކުގެ ފަތްތަކުން އަޑުލައްވާލައެވެ. ވައިގައި ހިފާފައި ހުރީ ތެތް ފިނިކަމެކެވެ. މުޅި މީހާ ހުރީ ފިނިވެފައެވެ. ހަވީރު ވެހުނު ވާރެއިން މުޅި މަގުމަތި އޮތީ ތެމިފައެވެ. ކުދިކުދި ފެންގަނޑު ހެދިފައި ހުއްޓެއް ކަމަކު، ސައިކަލުގައި ދާ މީހަކަށް ދަތި ނުވާނެކަން ޔަޤީނެވެ.

 

ދަބަސް ކޮނޑުގައި އަޅުވާލައިގެން އަހަރެން މަގުމައްޗަށް ނުކުމެ ސައިކަކު ކައިރި މަޑުކޮށްލީމެވެ. ފުން ނޭވާއެއް ދޫކޮށްލީމެވެ. އެއަށްފަހު ސައިކަލަށް އަރާ ސްޓާޓުކޮށްލީ އައު ފެށުމަކުން އަހަރެންގެ ހަޔާތް އާރާސްތުކުރުމުގެ ފޮނި އުއްމީދުގައެވެ. ބުރަކޮށް މަސައްކަތްކޮށް ރަނގަޅަށް ފައިސާ ލިބުމުން ދިރިއުޅުމެއް ފަށައިގެން އަހަރެންގެ ހަޔާތް ކުރިއަށް ގެންދިއުމުގެ ނިޔަތުގައެވެ. ލޯބިވާ މައިންބަފައިން ދުނިޔޭގައި ތިބިހާ ހިނދަކު އެމީހުންގެ ހުވަފެންތަކުގައި ވީވަރަކުން ކުލަޖައްސައިދިނުމަކީ އަހަރެންގެ އަޒުމެވެ.

 

މައިންބަފައިންގެ ހުވަފެންތަކުގަ ކުލަޖައްސައިދޭށޭ ނުވަތަ ދިރިއުޅުން އާރާސްތުކުރާށޭ ކިޔާފައި ދަންވަރުގެ މިވަޤުތު އަހަރެން މިދަނީ ކޮންތާކަށް ހެއްޔެވެ؟ އާއެކެވެ. އަހަރެން މިދަނީ ވަޒީފާއަށެވެ. ކުރާނީ ކީއްހެއްޔެވެ؟ ޑިއުޓީ އޮތީ ދަންވަރު ވިއްޔާއެވެ. ދަންވަރަކަސް މެންދުރަކަސް އަހަރެންގެ ފަރުވާލެއް ނެތެވެ. މިދަނީ މަސައްކަތްކޮށް އޭގެ މޭވާ ލިބިގަތުމުގެ ފޮނި އުންމީދުގައެވެ.

 

އަހަރެން ދުއްވަމުން ދިޔައީ ސިނަމާލޭ ބުރިޖާ ދިމާލަށެވެ. ވާނީވެސް އެހެންތާއެވެ. މަސައްކަތް ކުރަންޖެހެނީ އެއާޕޯޓު އިންޖީނުގޭގައެވެ. އިރުކޮޅެއްގެ ދުއްވުމަށްފަހު، ސިނަމާލޭ ބުރިޖަށް އެރިއްޖެއެވެ. ވަގުތަކީ ދަންވަރުގެ ވަގުތުކަމުން ބުރިޖުމަތި އޮތީ ވަރަށް ފަޅުކޮށެވެ. އެހެންކަމުން ތަންކޮޅެއް ބާރު ސްޕީޑެއްގައި ދުއްވަމުން ދިޔައީމެވެ. ސިނަމާލޭ ބުރިޖުގެ ވަކި ހިސާބަކުން ޒާތެއްގެ ވަހެއް ދުވާހެން ހީވިއެވެ. ފަރުހަކިވަހާ ދާދި ގާތަށްދާ ވަހެކެވެ. މުޅިއަކުން ޔަގީނެއް ނޫނެވެ. އަހަރެން އެކަމަކާ އަޅައެއް ނުލީމެވެ.

 

ދުއްވަމުން ދިޔައީމެވެ. ބުރިޖު ނިމޭ ހިސާބުން ޓްރެފިކް ލައިޓާ އަރާހަމަވުން ދެލޯ ބޮޑުވެގެން ދިޔައެވެ. އެވަގުތު ހީވީ ކަޅުއޮށްފުންމި ކޮމަންޑޫ ފަޅާލިހެންނެވެ. ފެނުނު މަންޒަރު ގަބޫލުކުރަން ދައްޗެވެ. އަހަރެންގެ ލޯ އަހަންނާ ސަމާސާ ކުރަނީ ބާއެވެ؟ ނޫނީ މިފެންނީ ހަގީގަތް ބާއޭ ހިތަށް އެރިއެވެ. ބޭ އިހުތިޔާރުގައި އަހަންނަށް ސައިކަލު ހުއްޓާލެވުނެވެ. ކުރިމަތީ ފެންނަން އެހުރީ މީގެ ކުރިން އިންސާނަކު ދެކެފަ ނުވާ ފަދަ ހޫރު ޕަރީއެކެވެ. އަހަރެންގެ ހިތަށް ވެރިވަމުން އެދިޔަ އިހުސާސްތައް ބަޔާންކުރަން ދައްޗެވެ. ފުރަތަމަ ނަޒަރުން ވެސް ހީވީ، ބާރަށް ތަޅުވާފައި އޮތް ކޮކާކޯލާފުޅިއެއް ކަނޑާލިހެންނެވެ.

 

ހަމަ އެހިނދުކޮޅުގައި، ޖަވާބު ބޭނުންވާ އެތަށް ސުވާލެއް ހިތުތެރޭ އުތުރި އަރައިގަތެވެ. އަންހެން ކުއްޖަކު އެކަނި، މިވަގުތު، މިތާ ކީއްކުރަނީ ހެއްޔެވެ؟ އޭނާ މިތަނަށް އައީ ކިހިނެއްބާއެވެ؟ އޭނާ ގާތު އިތުރު މީހަކުވެސް ނެތީ ހެއްޔެވެ؟ ހިތަށް އެރިއެވެ. ހުރިނަމަ ވެސް ފެންނާނެތާއެވެ. “ކީއްކުރަނީ މިތާ؟ އެކަ….” އަހަންނަށް ބުނެވުނީ އެވަރަށެވެ. “ފަހުން ކިޔައިދޭނަން، ވިލްޔޫ ޕްލީސް ޑްރޮޕް މީ ޓު އެއާޕޯޓް؟” މީގެ ކުރިން ކަންފަތުގައި ޖެހިފައި ނުވާ، ނިކަން ލޯބ،ި އެހާމެ، ލަތީފީ އަޑަކުން އޭނާ ބުނެލިއެވެ. “އާން އަރާ، މަވެސް މިދަނީ އެކޮޅަށް” ހިނިތުންވެލަމުން އޭނާ ގާތު ސައިކަލަށް އެރުމަަށް އެދުނީމެވެ.

 

 

ސައިކަލު ނައްޓާލީމެވެ. ނަމަވެސް، ކުއްލިއަކަށް ދެން ލިބުނީ ކުއްލި ޝޮކެކެވެ. ބުރިޖު – ހުޅެލެ ހަލިމަގުން ތަންކޮޅަކަށް ދުއްވާލިތަނާ ސައިކަލު ކުރިމަތިން ދައްކާލީ ދެއްމެ ސައިކަލަށް އެރުވި މަންޖެއެވެ. ދުއްވީ މަޑުންކަމުން ޖެއްސި ބުރަތްކާއެކު ސައިކަލު މަޑުކުރެވުނެވެ.

 

ދެން ފެންނަންފެށި މަންޒަރު ކިޔައިދޭން ވެސް އަހަރެން ޖެހިލުންވެއެވެ. ފެންނަމުން ދިޔައީ އެ މަންޖެގެ ފަހަތުން އަރައިގެން އައި އަލިފާންގަނޑެކެވެ. އެ އަލިފާންގަނޑު ހުއްޓުނީ އޭނާގެ ފަހަތުންނެވެ. ދެން ފެނުނީ އަލިގުޅަތަކެއް އޭނާ ވަށާ އެނބުރޭ މަންޒަރެވެ. ހަމަ އެވަގުތު އެމަންޖެގެ ސިފަ ބަދަލުވާތަން ދުށީމެވެ. އިސްތަށިގަނޑު ހޭވި އަނަރޫފަވެފައިވާ މޫނެކެވެ. ދެލޯ ހީވަނީ ރަތް އަނގުރުގަނޑެއް ހެނެވެ. ނިޔަފަތިތައް މަޑުމަޑުން ދިގުވިއެވެ.

 

ލައިގެންހުރި ކަޅުކަންގަދަ ހެދުމުން ދުން އަރަންފެށިއެވެ. އޭރު މުޅި ހިސާބުގައި ދުވަމުންދިޔަ ވަހަކީ ނޯށަށް ކެތްވާވަރު ވަހެއް ނޫނެވެ. އަހަރެން އިނީ ބިރުން ވިރިވިރިއެވެ. ހޮޑުލަވައިގަތެވެ. އަހަރެން ގަސްތުކުރީ ދުއްވައިގަންނާށެވެ. ސައިކަލަކާ ސައިކަލެކެވެ. ސައިކަލުން ހުރިތާ ބަހައްޓާފައި ދުއްވައިގަތީ ނިކަން ބާރަށެވެ. ނަމަވެސް، އަހަރެން ދުވެދުވެ ހުއްޓާ ފަހަތުން އައިސް ކުއްލިގޮތަކަށް ބޮލުގައި ޖެހުނު އެތިގަނޑާއެކު މަ  ފަކީރަށް ވީގޮތެއް ނޭނގެއެވެ. ހޭލެވުނީ މަންމަ ގޮވާއަޑަށެވެ. “ދަރިފުޅާ އަޒާން، މިހާރު އެއޮއްގެން ގަޑިޖެހެނީ” މަންމަ ގޮވަމުންދިޔައެވެ. “ލައްބަ މަންމާ، މި ހޭލީ” އަހަރެން މޫނުމަތީހުރި ދާތަަށް ފޮހެލަމުން، ފުންނޭވާއެއް ދޫކޮށްލާފައި ބުނެލީމެވެ. އެވަގުތު ހިނިއަސްފައި، ހިތާ ހިތުން ކިޔާލެވުނެވެ. “ބުރިޖު ޖިންނި މަ ކާނުލިކަން ނަސީބެއްނު”

 

Comments (30)

  1. Nattu

    wow v reethi

    1. Z I D H A N
      Nattu

      Thanks

  2. Sweaty

    Ehaa avahah bridge jinni vaahaka liyan fehtytha. V rangalhu.anu way vaahaka kiyaalaafa nxt coment ves bunaanan??

    1. Z I D H A N
      Sweaty

      Thanks

  3. LOL

    Mi haaru konme thanakun ves fennany bridge jinnni vaahaka ????.. Ehenveema esoru V famous vaanethaa dhw mihaaru?.. Anyway v reethi mi story..??

    1. Z I D H A N
      LOL

      Thanks

  4. shiyaa

    zidhaaaaan♥️ v loabi vey?

    1. Z I D H A N
      shiyaa

      oh ok.

  5. Insha

    Wow!???

    1. Z I D H A N
      Insha

      Thanks

  6. afiah

    lol..anga ey liyeba ! dhen kommes haasareh anburani maa liyevey meehunnah vaan :d

    1. Z I D H A N
      afiah

      Thankyou for commenting on.

  7. Ishra

    Its really nice ♥️ Loved after a long time esfiya ah mi vany zidhan stry ga mi vaahaka up vi vaahaka inyma kiyaalan

    1. Z I D H A N
      Ishra

      Thankyou!

  8. Hernu

    It’s actually very nice. Love the flow of this story. Keep it up. Change your hate readers mind. I know you can do it boy!

  9. bridge jinni

    kess liyebala..

    1. Z I D H A N
      bridge jinni

      Thankyou for commenting on.

  10. UTHUREY

    Mi vaahaka akee varah baraabaru vaahakaeh

  11. Maasa

    Hehe bridge jinni anyway v salhi ingey mivaahaka

  12. Leesh

    Hama brij in gost feneytha……. ?

  13. Shaha

    Hmm dhen brilliant machine fennaane jinn

  14. maly

    woww

  15. ބަނާނާ

    varah reethi
    ma birun iny viriviri
    kiriyaa heart nuhuttuney

  16. Isha

    Maa fahun mi kiyaaly story…v cool hageegathehnama.he he.

    1. Aroon
      Isha

      Asluves Sarah reethi genesfa huri goe

  17. ##

    Thee half korean meeheh tha

  18. Xoona

    Vrh nice story

  19. Shallow Quiiinn

    V salhi ingey …..?

    Bridge ga asluves jinni ulhey tha ???

  20. !y@@d#

    Wow vrh reethi mi story

  21. Aroon

    Wow zidhaan gadha igee

Comments are closed.