ވަށައިގެންވާ މާޙައުލުން އިވެނީ އެތައް ބައެއްގެ ރުއިމުގެ އަޑެވެ. ބައެއް މީހުން ގިސްލަ ގިސްލާފައެވެ. ރަފާގެ ކުޑަ ކުޑަ ކަމެއްގެ ސަބަބުން އެތައް ބަޔެއްގެ ދިރިއުޅުން މި ވަނީ އިދިފުށަށް ޖެހިފައެވެ. 2 އަހަރުގެ ކައިވެނީގެ ގޮށް ރޫޅޭ ހިސާބަށް ގޮސްފައެވެ.ރަފާގެ ދިރިއުޅުމަކީ ފެށުނީއްސުރެ އެކަނިވެރި ދިރިއުޅުމެކެވެ. އޭގައި ހިމެނެނީ އޭނާއާއި އޭނާގެ މަންމަ އެކަންޏެވެ. ރަފާއަކީ އޭނާގެ މަންމަ ރަށްމެދަށް ވިހާފައިވާ ކުއްޖެއްކަމުން ޢާއިލާ މީހުން އޭނާގެ މަންމަ ބާކީ ކޮށްލީއެވެ.އުމުރުން އެންމެ 11 އަހަރުގައި […]
” ހާރިސް.. އަހަރެން ބިރުގަނޭ.. މީހަކަށް އިނގިއްޖެޔާޔޯ…؟” ކުރަން އުޅުނު ފާފައިގެ ބޮޑު ކަމުން ނިހާ ވަނީ ދާހިތްލާ ފޯވެފައެވެ. ވަށައިގެންވާ މާހައުލަށް އިރުއިރުކޮޅާ ބެލުން ނޫންކަމެއް ނުކުރެވެއެވެ. ވާނީވެސް އެހެންތާއެވެ. މީހަކަށް ފެނިއްޖެއްޔާ ހާރިސްއާއި އޭނާގެ ދިރިއުޅުން އެހާ ހިސާބުން ނިމޭނެކަން ޔަގީނެވެ. “ކަމޯން ބޭބް.. ކުރިންވެސް އޮތީ މިގޮތަށް ޑިސައިޑް ކޮއްފައެއްނު.. އޯކޭވާނޭ.. މިހާރު ވަރަށް ގިނަ މީހުން ކުރާ ކަމެއް މީ..” ނިހާގެ ހިތް ހަމަޖައްސައިދިނުމަށްޓަކައި ހާރިސް ނިހާގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ. […]
ގަޑިން ރޭގަނޑު 10 ޖެހީއެވެ. ދުވަހަކީ ހޮނިހިރު ދުވަސްކަމުން ހުޅުމާލޭގެ ފެރީ ޓާރމިނަލް އޮތީ ފުރިބާރުވެފައެވެ. އެ ބައިގަނޑު ތެރެއިން ޖާގަ ހޯދަމުން އަވަސްގޮތެއްގައި މާހިން ގޮސް ފެރީއަށް އެރިއެވެ. ގެއަށް ގޮއްސައި ފެންވަރައިގެން އޮފީހަށް ދާން ނިކުންނަން ޖެހޭތީއެވެ. އޮފީހުން ގުޅާފައި މާ ހައިރާން ކުރުވަނިވި ކަމެއް ވެގެން އުޅޭ ވާހަކަ ބުނެގެންނެވެ. މާހިން ވަޒީފާ އަދާކުރަމުންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަރުގެ މައްސަލަތައް ދިރާސާ ކުރާ ޓީމްގައެވެ. އެއީ މައްސަލަތައް އަވަސް ގޮތެއްގައި ތަޙުޤީޤުކޮށް […]
“މަންމާ މަންމާ އަނާ މޮޔައެއް ނޫނޭ މަންމާ.. ޕްލީސް.. ޕްލީސް އަނާ ގެންދޭ..” ކޮންމެ ދުވަހެއްގައިވެސް އަނާގެ ކޮޓަރިން މެދުކެޑުމެއްނެތި މި އަޑު އިވެމުންދެއެވެ. އާބިދާ އޭނާގެ ދަރި ކިތަންމެ ވަރަކަށް ދެކޭ ހިތްވެއެވެ. ކިތަންމެ ވަރަކަށް އަނާ ނެރެގެން އެ ގެއިން ފިލައިދާނަމޭވެސް އާބިދާ ހިތަށް އަރައެވެ. ނަމަވެސް ފިރިމީހާގެ ބަހުން އޭނާ ވަނީ ކަސްތޮޅު އެޅުވިފައެވެ. “އާބިދާ… މީ އާބިދާއަށް ނުފެންނަ މަންޒަރެއް… ތި ދޮރު ލައްޕާފައި ރައްކާވޭ.. މިކަން މީހެއް ގާތުގައި ބުންޏަސް […]
އެއީ ވަރަށް އުޑުމަތި ސާފު ރީތި ރެއެކެވެ. އަހަންނަކީ އޮފީހުގައި އާދައިގެ މަޤާމަކަށް އަލަށް ވަތް މުވައްޒަފެއްކަމުން، އޮފީސް ތަޅުމުގެ ޒިންމާ އޮންނަނީ އަހަރެންގެ ބޮލަށް ޖަހާފައެވެ. ކޮންމެ ރެއަކު 11 ޖަހާއިރަށް އޮފީސް ތަޅުލަން ޖެހޭނެކަމަށް އަންގާފައި އޮވެއެވެ. އަހަންނަށް މިކަން ވެފައި އޮތީ ބޮޑު ކަމަކަށެވެ. ތަޅުލާން ޖެހެނީ ހަމައެކަނި މައިދޮރެވެ. ދެން ޖެހެނީ ހުރިހާ އޭސީތަކާއި ބޮކިތައް ނިއްވާށެވެ. ފާހަނާތަކުގެ ކުޑަދޮރުތައް ލައްޕާށެވެ. “އަޅެ ދެން ދޮންތާ.. ތިތާ ބޮޑު މީހާ ގާތުގައި […]