Skip to content
އެސްފިޔަ

އެއްޖިންސަށް ހިތްކިޔުމުގެ ވަބާ!

އެއްޖިންސުން ގުޅުން ހިނގުމުގެ މުޑުދާރު ޢަމަލު މިދުނިޔެއަށް އުފަންކުރުވި ބަޔަކީ لوط عليه السّلام ގެ ޤައުމުގެ މީސްތަކުންނެވެ. ސަދޫމުގެ މީސްތަކުންނެވެ. އެއަށްފަހު ދުނިޔަމަތީގައި ކޮންމެ ޒަމާނެއްގައިވެސް އެފާފަ ކުރަމުންގެންދާ ބަޔަކު ދިރިއުޅެމުން ގެންދެއެވެ. ނަމަވެސް އެ ޢަމަލަކީ އިންސާނީ ފިޠުރަތާއި މުޅިން ޚިލާފު ޢަމަލެކެވެ. އިންސާނީ ފިޠުރަތު އެކަމަށް ކުޑަވެސް ފުރުޞަތެއް ނުދޭ ޢަމަލެކެވެ. ބޮޑު ވަބާއެކެވެ.

މިހާރުގެ ދުނިޔޭގެ ކަންކޮޅުތަކަށް ނަޒަރު ހިންގާލިކަމުގައިވިޔަސް ފެންނަމުން ދަނީ އެއް ޖިންސުން ގުޅުން ހިނގުމަކީ އެއީ ކޮންމެހެން ލިބިދެވެންޖެހޭ އިންސާނީ ޙައްޤެކޭ ބުނާ މަންޒަރެވެ. އެފަދަ ނަޢުރާތައްކޮށް އަޑު އުފުލަމުން ގެންދާ މަންޒަރެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ޤައުމުތަކުގައި މި ނުބައި ޢަމަލުކުރުމަކީ އެއީ ހުއްދަކަމެއްކަމުގައި ނިންމައި ޤާނޫނުތައް ހެދިފައި އެބަހުއްޓެވެ. އަނެއްބައި ޤައުމުތަކުގައި އެޤާނޫނު އުފަންވުމާއި ވަނީ ނުހަނު ގާތްވެފައަވެ.

ދުނިޔޭގެ އެންމެން އެއްއަޑަކުން، ގުރާ ފަށްފަށް ކުރާފަދައިން އެއީ އިންސާނީ ޙައްޤެކޭ ބުނެ އެއްޖިންސުން ގުޅުން ހިނގުމަށް ބާރުއަޅައި އެފަދަ ޤާނޫނެއް އުފަންވިކަމުގައިވިޔަސް ކުށެއްވަނީ ކުށަކަށެވެ. ފާފައެއް ވާނީ ފާފައަކަށެވެ. އެފަދަ މުޑުދާރު ޢަމަލުތައް އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވަނީ އޭގެއިން ލިބޭ ދުންޔަވީ އަދި އުޚުރަވީ ގެއްލުމެއްގެ ބޮޑުކަމުންނެވެ. އެގޮތުން މިޒަމާނުގެ ތަޢައްޞުބުން އެއްކިބާވެތިބި ޞިއްޙީ މާހިރުންވަނީ އެއްޖިންސުން ގުޅުން ހިނގުމުން ލިބޭ ޞިއްޙީ ގެއްލުންތައް ހާހުން ދެހާހުން ގުނާލެވޭ މިންވަރަށް ބަޔާންކޮށްދެއްވާފައެވެ.

ވިސްނުމުގެ ނަޒަރުން ބެލިކަމުގައިވިޔަސް އެއްޖިންސުން ގުޅުން ހިނގުމަކީ އިންސާނީ ތަބީއަތު އެކަމަށް ތަރުހީބު ދޭނެކަމެއް ނޫނެވެ. އެހެނީ މާތް ﷲ އިންސާނުން ހައްދަވާފައިވަނީ އޭގެ އަނެއް ޖިންސަށް ބޭނުންވާނެ ފަދަގޮތެއްގައެވެ. އިންސާނާގެ ހަށިގަނޑުގެ ގުނަވަންތައްވެސް އެއީ އެކަމުގެ ވަރުގަދަ ދަލީލެކެވެ. ހަމައެހެންމެ އިންސާނީ ނަސްލު އަދި ކީއްތޯ ދޫނި ސޫފާސޫތްޕާއި ޖަނަވާރު ފަދަތަކެތިވެސް ހައްދަވާފައިވަނީ ދެޖިންސުގެ ގުޅުމުގެ ޒަރީއާއިން ދަރިފަސްކޮޅު އުފެދި ބިނާވެއްޓެއް ޤާއިމު ކުރެވޭފަދަ ގޮތަކަށެވެ. ދެޖިންސުގެ ދެ ފަރުދުންގެ ދެމެދުގައި ދަމާ ބާރު ނުވަތަ އެއްޖިންސުގެ ފަރުދަކު އަނެއް ޖިންސުގެ މީހަކަށް ހިތްލެނބުމުގެ ބާރު ލައްވާފައިވަނީ އެ ސަބަބަށްޓަކައެވެ.

އެއްޖިންސުން ގުޅުން ހިނގާމީހާ އެކުރަނީ ހަމައެކަނި އެންމެ ފާފައެއް ނޫނެވެ. އެތައް ބައިވަރި ފާފައެކެވެ. ފުރަތަމަކަމަކީ އޭނާ އެންމެ ފުރަތަމަ އޭނާގެ އަމިއްލަ ފިޠުރަތާއި މެދުގައި ކުރެވޭ ހަނގުރާމައިގެ އިޢުލާނެކެވެ. އޭނާއަށް އޭނާގެ ކާބަފައިންގެ ފަރާތުން ވާރުތަވި ޖިސްމާނީ ސިފައަށްވެސްމެއެވެ. އެގޮތުން އެޢަމަލު ކުރާމީހާ އަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުންނާއި ދީނީގޮތުންނާއި އަޚްލާޤީގޮތުން ވަރަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރެއެވެ. މިމުގެ ސަބަބުން ލިބޭ ގެއްލުން މުޖުތަމައުގެ އެންމެން ހިއްސާކުރެއެވެ.

ދެވަނަ ކަމަކީ އިންސާނާ އޭނާ ހެއްދެވި ގޮތާއި ޤުދުރަތުގެ ނިޒާމު ބޮލާލާއި ޖެހުމެވެ. އޭނާ އޭނާގެ އެދުވެރިންކަން އެއްޖިންސުގެ ބައިވެރިޔާގެ ފަރާތުން ހާސިލްކުރަމުން ގެންދިޔުމެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ދުނިޔެއަށް އަސްލުފޮނުވުމުގެ ބޭނުން ނެތިދެއެވެ. ދުނިޔެ އާރާސްތުކުރުމާއި ހެޔޮލަފާ ދަރިފަސްކޮޅެއް އުފަންކުރުމުގެ ބާރާއި އުސޫލަށް ހަނގުރާމަ ކުރެވެއެވެ.

ކަންމިހެން ހުރުމާއިއެކު މިފަދަ ޢަމަލުތަކާމެދު ނަބިއްޔާ صلّى اللّـه عليه وسلّم މި އުންމަތަށް ވަނީ އިންޒާރު ދެއްވާފައެވެ. އެކަލޭގެފާނުވަނީ އެއްޖިންސުން ގުޅުން ހިނގާ މީހުންނަށް ލައުނަތްލެއްވުން އެދި ދުޢާކުރައްވާފައެވެ. ކީރިތި މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘްކުރައްވާފައިވެއެވެ.

لَعَنَ اللَّهُ مَنْ عَمِلَ عَمَلَ قَوْمِ لُوطٍ {އަޙްމަދު}

“ލޫޠުގެފާނުގެ ޤައުމުގެ މީހުން ކުރި (ފާޙިޝް) ޢަމަލު ކުރާ ކޮންމެ މީހަކަށް މާތް ﷲ ލަޢުނަތް ލެއްވިއެވެ.”

އެކަމުގެ ނުބައިކަމާއި ގެއްލުމުގެ ބޮޑުންކަން ބަޔާންކޮށްދެއްވުމުގެ ގޮތުން ނަބިއްޔާ صلّى اللّـه عليه وسلّم އެހެން ތިންފަހަރު ޙަދީޘްކުރެއްވިއެވެ.

އިމާމު ތިރުމިޒީ އެކަލޭގެފާނުގެ ޙަދީޘް ފޮތުގައި ރިވާ ކުރައްވާފައިވާ ޙަދީޘެއްގެ މާނަގައިވެއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. ” ލޫޠުގެފާނުގެ ޤައުމުގެ މީސްތަކުން ކުޅަ ކަންތައްކުރަނިކޮށް ބަޔަކު ހިފިއްޖެނަމަ، އެކަން ކުރާމީހާއާއި، އެކަން ކުރެވޭ މީހާއާއި ދެމީހުންވެސް ތިޔަބައިމީހުން ޤަތުލުކުރާހުށިކަމެވެ.”

އިބްނު ޢައްބާސް ވިދާޅުވެފައިވެއެވެ. ” ސަހަރުގައިވާ އެންމެ އުސް ޢިމާރާތް ހޯދާށެވެ. އެއަށްފަހު އެދެމީހުން އެ ޢިމާރާތުން ބިމަށްވައްޓާލާށެވެ. އެއަށްފަހު ލޫޠުގެފާނުގެ ޤައުމުގެ މީސްތަކުންނަށް ހިލަވާރޭ ވެއްސަވައި ހަލާކުކުރެއްވި ފަދައިން އެދެމީހުން ރަޖަމު ކުރާށެވެ.”

މަޖުމަޢުއް ޒަވާޢިދޭ ކިޔުނު ފޮތުގައި އިބްނު ޙަޖަރު ރިވާ ކުރައްވާފައިވެއެވެ. އަބޫ ހުރައިރަތުގެފާނު ވިދާޅުވެފައިވެއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. ” ރެއާއި ދުވާލު ހަތަރު މީހަކަށް މާތް ﷲ ލަޢުނަތް އަމާޒުވެގެންވެއެވެ. ދެންނެވުނެވެ. އޭ މާތް ﷲ ގެ ރަސޫލާއެވެ. އެއީ ކޮންބައެއްތޯއެވެ؟ ހަދީޘް ކުރެއްވިއެވެ. އެއީ އަންހެން ދުޅާވެގެން އުޅޭ ފިރިހެނުންނާއި، ފިރިހެންދުޅާވެގެން އުޅޭ އަންހެނުންނާއި، ޖަނަވާރުންނާއެކު ޖިންސީގުޅުން ހިނގާ މީހުންނާއި، އެއްޖިންސުން ގުޅުން ހިނގާ މީހުންނެވެ.”

ޢަބްދު ﷲ ބްނު ޢަމްރު ވިދާޅުވެފައިވެއެވެ. “ލިވާޠުކުރާ މީހުން ޤިޔާމަތްދުވަހު މަޙުޝަރުކުރެއްވޭނީ، ރާމާމަކުނާއި، އޫރުގެ ސިފައިގަ އެވެ.”

ރިވާވެގެންވެއެވެ. ދެފިރިހެނުން އެއްޖިންސުން ގުޅުން ހިނގަން ފަށައިފިނަމަ މާތް ﷲ ގެ ކޯފާއަށް ބިރުވެތިވެ އެކަލާނގެ އަރުޝި ތުރުތުރު އަޅަންފަށައެވެ. އުޑުތައް ބިންމައްޗަށް ވެއްޓޭ ވަރަށް އަރުޝި ތުރުތުރު އަޅައެވެ. ދެން މަލާއިކަތްބޭކަލުން އުޑުތަކުގެ ކައިރިތައް ހިފަހައްޓަވައެވެ. އަދި މާތް ﷲ ގެ ކޯފާ މަޑުވެއްޖައުމަށް ދާންދެން ސޫރަތުލް އިޚްލާސް އެބޭކަލުން ވިދާޅުވަމުން ގެންދަވައެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. “ފިރިހެނަކު ފިރިހެނަކާއެކު ލިވާޠުކުރަން ފަށައިފިނަމަ، ރަޙުމަތުގެ މަލާއިކަތުން އެތަނުން ދުރަށް ވަޑައިގަންނަވާނެއެވެ. އެމީހުންގެ ގާތަށް ޝައިޠާނުން އެއްވެ، އެމީހުންގެ ވަށައިގެން ތިބޭނެއެވެ.
ބިމުގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ބިން ރޮއި އާދޭސް ދަންނަވާނެއެވެ. އެމީހުންނާއެކު ގަންބަވައިގަތުމުގެ އިޛުނަ ދެއްވުން އެދި ބިން، މާތް ﷲ ގެ ޙަޟުރަތުގައި ދަންނަވާނެއެވެ. ދެން ލިވާޠުކުރާ މީހުންގެ މައްޗަށް މާތް ރަސްކަލާނގެ ލަޢުނަތް ލައްވާނެއެވެ. އެމީހުން މަރުގެންނެވޭހިނދު އެމީހުންގެ ފުރާނަތައް ގެންދެވޭނީ، ޖަހަންނަމައިގައި އެމީހުންނަށް ޢަޛާބުދެއްވާނެ ތަނަށެވެ. އެތަނަކީ، ޒިނޭކުރާ މީހުންނަށް ޢަޛާބުދެއްވާ ތަނަށްވުރެ ޢަޛާބު ގަދަވެގެންވާ ތަނެކެވެ”.

ލިވާޠުކުރާ މީހުންނަކީ، ކަށްވަޅުގައި ވެސް ވަރަށް ބޮޑު ޢަޛާބެއް ލިބެމުންދާނެ ބަޔެކެވެ. “ޢީސާގެފާނު ދަތުރުފުޅެއްގައި ނުކުމެވަޑައިގެން އުޅުއްވަނިކޮށް، އެކަލޭގެނަށް ވަރަށް އާދަޔާ ޚިލާފު ޙާދިސާއެއް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ މަރުވެފައިވާ މީހެއްގެ ގައިގައި އަލިފާން ރޯވެ އަނދަމުންދަނިކޮށެވެ. އެހިނދު އެކަލޭގެފާނު އެ އަލިފާންގަނޑު ނިއްވާލެއްވުމަށްޓަކައި ފެންއެއްޗެއް އެމީހާގެ ގަޔަށް އޮއްސަވައިލެއްވިއެވެ.

އެވަގުތު އެމީހާ އަލިފާންގަނޑަކަށް ބަދަލުވެ، އެމީހާގެ ގައިގައި ރޯވެ އަނދަމުންދިޔަ އަލިފާންގަނޑު ޅަފުރައިގެ ފިރިހެން ކުއްޖަކަށް ބަދަލުވިއެވެ. އެކަމާމެދު ޙައިރާންފުޅުވެވަޑައިގެން، އެ ދެ މީހުންގެ ޚަބަރު އޮޅުންފިލުއްވަވައި ދެއްވުން އެދި،  މާތް ﷲ ގެ ޙަޟުރަތުގައި ދެންނެވިއެވެ. އެހިނދު މާތް ﷲ އެ ދެ މީހުންނަށް ދިރުން ދެއްވައި، އެ ދެ މީހުން އަލުން ދުނިޔެއަށް ފޮނުއްވެވިއެވެ. އެއީ ބާލިޣުވެ ފުރާފުރިހަމަވެފައިވާ ފިރިހެނަކާއި، ޅަފުރައިގެ ފިރިހެން ކުއްޖެކެވެ. ޢީސާގެފާނު އެ ދެ މީހުންކުރެން އެއްސެވިއެވެ. “ތިޔައިގެ ދެ މީހުންނަށް ތިޔަ ޙާލު ޖެހުނު ސަބަބަކީ ކޮބައިހެއްޔެވެ؟” ބާލިޣުވެފައިވާ މީހާ ދެންނެވިއެވެ.

“ﷲ ގެ ނަބިއްޔާ އެވެ! ތިމަންނާ ދިރިދުނިޔޭގައި އުޅުނުއިރު މި ކުއްޖާ ދެކެ ލޯބިވުމުގެ އިމްތިޙާނަށް ހުށަހެޅުނެވެ. އެ ލޯބީގައި ޝަހުވަތްތެރިކަމަށް އިޖާބަދީ، މި ކުއްޖާއާއެކު ލިވާޠުކޮށް އުޅުނީމެވެ. ފަހެ، އަޖަލުޖެހި ތިމަންނާ މަރުވިފަހުން މި ކުއްޖާ ވެސް މަރުވިއެވެ. ދެން ތިމަންމެން ދެމީހުންނަކީ އެކަކު އަނެކެއްގެ ހަށިގަނޑު އަންދާ އަލިފާނެއް ކަމުގައި މާތް ﷲ ލެއްވެވިއެވެ. ބައެއް ފަހަރު އޭނާގެ ހަށިގަނޑު އަލިފާނަށް ބަދަލުވެ، އެ އަލިފާން ތިމަންނާގެ ހަށިގަނޑު އަންދަމުން ގެންދެއެވެ. އަދި އަނެއްބައި ފަހަރު ތިމަންނާގެ ހަށިގަނޑު އަލިފާނަށް ބަދަލުވެ، އެ އަލިފާން އޭނާގެ ހަށިގަނޑު އަންދަމުން ގެންދެއެވެ. ޤިޔާމަތްދުވަސް އަތުވެއްޖައުމަށްދާންދެން ތިމަންމެން ދެމީހުންނަށް މި އަޒާބު ލިބެމުންދާނެއެވެ.”

Comments (9)

  1. ismail ali kaleyfaanu

    thibaa kurahvva masahkathugai barakaath lavvashi

    1. MS
      ismail ali kaleyfaanu

      Aameen

    2. Sss
      ismail ali kaleyfaanu

      Aameen

  2. Kitty

    Aameen

  3. Lotus

    Keep up the good work brother…

  4. Sun

    Keep it up bro….

  5. Jasmine

    Mifadha nubai faahish kanthahthakun mi ummaiyy salaamaiyy kuravvashi

  6. Saif

    sifaingeyga theege baivaru meehun ulhey. Polihuga ves. Mashah varah shakku vaa Sifainge meehakaa police meehaku hama asluves ulheny bestfriends ey kiyaafa rattehivegen. Mi dhemeehun mathi obban meehunna indhe konme meehegge anhen kujjakuves eba huri. Love chat koh masdhathuru ge namuga gos ves ulhey gotheh dhenevodigannavaanee Allah. Ma varah dherave e dhemeehunge kushsh nei anbin fenuneema. varah dheravefa thibeyhen dhe anbinn ves thibenee.

  7. Rifa

    Keep doing the good work

Comments are closed.