Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުރުވާހަކަމުބާރާތް

އާދޭސް

Sham Level 1
January 5, 2019 3 Mins Read
20 Comments

ހަނދުވަރު ދޭ ރީތި ރެއެކެވެ. މެންދަމުގެ ވަގުތު ކަމަށް ވާތީވެ މުޅި ފަޒާތެރޭގައި ވަނީ ތެތްފިނިކަމާއި ހަމަހިމޭންކަމުގެ ރަސްކަމެވެ. ނިދިފައި އޮއްވާ އަހަންނަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. ކައިރީގައި ހުރި މިނީބަރ ހުޅުވާ ބަލާލިއިރު ފެންފުޅި އޮތީ ހުސްވެފައެވެ. ނިދިބަރުކަމާއި ކަންނެއްކަން އިންތިހާގައި އޮއްވާ ބަދިގެއަށް ދާންޖެހުމުން ފެން ނުބޮއި ވާނެކަމަށް އެނދުގައި އޮށޯތީމެވެ. ނަމަވެސް ނިދިއަންނަ ގޮތް ނުވުމުން ވީ ފޫއްސާއި އައި ރުޅިން، އެނދުމަތިން ތެދުވެ ފެން ބަލާ ނިކުތީމެވެ.
ކޮޓަރިން ނިކުމެ ގޭތެރެއަށް ވަދެގެން އައި އިރު މެދުގޭތެރޭގައި ދިއްލާފައި ހުރި ބޮކީގެ ފަނޑުއަލިކަން ފިޔަވާ އެހެން އެއްވެސް އެއްޗެއް ނެތެވެ.ބިތް ބިތުގައި ކޭއްތެމުން ކަހަލަ ގޮތަކަށް ގޮސް ބަދިގެތެރެއަށް ވަނުމަށް ފަހު އައިސްއަލަމާރި ހުޅުވާލާފައި ފެންފުޅިއެއް ނެގީމެވެ.އަހަރެން ގެނައި ފުޅިއަށް ފެން އެޅުމަށްޓަކައި ފުޅީގެ މަތިގަނޑުގައި އަތްލެވޭތޯ އުޅުނީމެވެ. ނަމަވެސް އެ ފުޅީގެ މަތިގަނޑު އަހަރެންގެ އަތުގައި ޖެހުނު ކަމަކަށް ނުވިއެވެ. ދެލޯ ރަނގަޅަށް އުނގުޅާލުމަށް ފަހު އަތުގައި އޮތް ފުޅިއަށް ބަލާލި ވަގުތު އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މުޅިމީހާ ގަނޑުވިއެވެ.އިސާހިތަކު ގައިން އޮށްދާ ހިއްލައިގަތެވެ. އަތުގައި އޮތީކީ ފެންފުޅިއެއް ނޫނެވެ.ދިރި ދިރި އޮތް އިންސާނެއްގެ އަތެވެ. އެ އަތުގެ އިނގިލިތަށް ހަރަކާތްކުރަމުން ދެއެވެ.އަހަރެންގެ އަތުން ދެމިގަންނަންވެގެން އެ އަތުން ކުއްލިއެއް ޖަހާލިތަނާ އަހަރެންގެ ހިތް ތެޅިގަތީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. އަޑަށް ލެވުނުހާ ބާރެއްލާފައި ހަޅޭއްލަވައިގަންނަން ހުޅުވި އަނގަމަތީ އެއަތް އައިސް ތަތްވިއެވެ.މާތްކަލާކޯއެވެ.އަހަރެންގެ ހިތް ދެންމެ ދެންމެ މޭފަޅާލާފައި ނިކުމެގެން ހިނގައިދާނެހާ ބާރަށް ތެޅެންފަށައިފިއެވެ.އެ އަތުގެ ކިބައިން ސަލާމަތް ވުމަށްޓަކައި އަހަންނަށް ކުރެވުނުހާ ކަމެއް ކުރަން ބާރުލީމެވެ. ނަމަވެސް އެ އަތުގެ ބާރުގައި އަހަރެންގެ ހަށިގަނޑު ފަހަތަށް ދެމެން ފެށިއެވެ. ބިރުންގޮސް ތުރު ތުރުލާ ހާލު އަހަންނަށް ގިސްލަގިސްލާފައި ރޮވެންފެށުނެވެ. ހަދާނެގޮތް ހުސްވެގެން މާތް ރަސްކަލާންގެ ހަޟްރަތަށް ދެންނެވުނުހާ ދުޢާއަކާއި ކިޔުނުހައި ހެޔޮއެއްޗެހި ކިޔަމުން ދަނިކޮށް ކުރިމަތީ ހުރި ކޮޓަރީގެ ދޮރު ހުޅުވާފައި ބޭރަށް ނިކުތް މަންމަ އަހަންނަށް ފެނުނެވެ.މަންމަ ފެނުމުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެއްކަމަކު އަހަރެން މި ގައިދުވެފައިވާ ބިރުވެރިކަމުން ސަލާމަތްކޮށްދޭތޯ މަންމައަށް ގޮވާނީ ކިހިނެއް ހެއްޔެވެ؟ އެ ވަގުތު ކައިރީ ހުރި މޭޒު މަތީގައި އިން މާ ޖަހާ ވާސް އަހަންނަށް ފެނުނެވެ. ތެޅިގަތުމަށްފަހު ވަރަށް ހާލުން ވާހުގައި އަތް ލީމެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެހެންއަތެއް އައިސް އަހަރެންގެ އަތުން ވާސް އަތުލިއެވެ. އަދި ގޭގެ ދޮރު ހުޅުވާ އަހަރެން ބޭރަށް ގެންދިޔައެވެ.އަޖާއިބެކެވެ. ތިންހަތަރުއަތް އަހަރެންގެ ގާތުގައި ހަރަކާތްތެރިވަމުންދާއިރު އަހަންނަށް އެ އަތްތަކުގެ ވެރި މީހާ ނުފެންނަންވީ ކީއްވެ ހެއްޔެވެ؟އެމީހާގެ އަޑު އަހަރެންގެ ކަންފަތަށް ނީވެންވީ ކީއްވެހެއްޔެވެ. މާތް ރަސްކަލާކޯއެވެ. މިއޮއް ކަޅުފޮއެ އަނދިރި ރޭގައި އަހަރެންގެ އިވުމުގެ ހިއްސުން މަހުރޫމުކުރެއްވީހެއްޔެވެ؟އަހަރެންގެ ފެނުމުގެ ހިއްސު ގެންދެވީހެއްޔެވެ؟ އަހަރެންގެ ހިތް ފަޅައިގެންދާން އުޅޭކަހަލަ އިހުސާސެއް ވާން ފެށިއިރު އެ މީހަކު އަހަރެން ގެއިން ނެރެ މަގުމައްޗައްވެސް ނެރެފިއެވެ.އެ ދެ އަތުގެ ބާރުގައި އޮތް އަހަރެންގެ ހަށިގަނޑުން އެ ދެއަތް ކުއްލިއަކަށް ދޫވެއްޖެއެވެ. ރޮވި ގިސްލެވި މާނޭވާ ލެވެމުންދާ ހާލުގައި، ގައި ހުރި ބާރެއްލާފައި އަހަރެން ދުއްވައިގަތް އިރު ދެވޭ ނުދެވޭ ދިމާލެއްވެސް އަހަންނަކަށް ނޭންގެއެވެ. ބާރަށް ދުވެފައި އައި ވަގުތ ުއެއްޗެއްގައި އަޅައިގެންފައި އަނގަވަތަށް ވެއްޓުނީ ދިވެހި ރުކެއް ކަނޑާ ވައްޓާލާ ފަދަ ބާރުމިނެއްގައެވެ. ވެއްޓި ޖެހުން އެތީގައި ދުވަންފެށި  ވަހުން ނޯއްދަމާލަން ނުކެރި އޯކާ ދެމި ދެމި ހުއްޓާ ކަންފަތް ކައިރީ ވަރަށް ސިއްރުން މީހަކު އަހަރެންގެ ނަން ކިޔާލިއެވެ. ލިބުނު ކުއްލި ސިހުމުގައި އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތުމަށްފަހު އަނިއްކާވެސް ތެދުވެ އަމިއްލަ ސަލާމަތަށްޓަކައި ދުއްވައިގަންނަން ފައި ނަގަ ނަގާ ހުއްޓާ އެއްކަލަ ދެއަތް އައިސް އަހަރެންގެ ކަރުގައި ވަށާލާ ބާރުކޮށްލީ އަހަންނަށް ނެވާލާނެ ފުރުސަތެއްވެސް ނުދީއެވެ. އަހަންނަށް އެހެން ނުހެދުމަށް ކުރި އާދޭސް ވީ ދޮން ދަގަނޑުމައްޗައް އެޅި ފެނަށެވެ. ހަށިގަނޑު ފުރާނައާއި ވަކިވެގެން ދާން އުޅޭ ކަމުގެ އިހުސާސް ވާންފެށީ ގައިން ވާގި ދޫވާން ފެށީމައެވެ. އެ ހިނދު އަހަންނަށް އަޑުއިވިގެންދިޔައީ މީގެ ދެ އަހަރު ކުރިން އެ ކުއްޖަކާ ދޭތެރޭ އަހަރެން އިހާނެތިވި ކުއްޖާގެ ވޭނުން ފުރިގެންވީ އާދޭހުގެ އަޑެވެ.އަހަރެން މީގެ ދެއަހަރު ކުރިން ވަރަށް އަނިޔާވެރި ގޮތަކަށް މަރާލި އަންހެން ދަރިފުޅެވެ. ދުނިޔޭގެ ލަދުން ސަލާމަތް ވުމަށްޓަކައި އަހަރެންގެ ދެ އަތުގެ ބާރުން އެ ކުއްޖާގެ ނޭވާތަށް ބަންދުކޮއްލި އަހަރެންގެ ހަށިގަނޑުން ދިރުން ލިބުނު ކުޑަ ކުޑަ ފުރާނައެވެ. އެ ވޭނުން ފުރިގެންވި އަޑު އަހަރެން ގާތުގައި ބުނާކަހަލައެވެ.މަންމާއެވެ. އަހަރެންގެ ކުށަކަށްވީ ބޭނުން ނުވި ވަގުތު މަންމަގެ ބަނޑުތެރޭގައި އަށަގަތުން ހެއްޔެވެ؟ސިއްރުން ކުރަމުން ދިޔަ ފާފަ ފަޅާ އަރާފާނެ ކަމުގެ އިންޒާރު އަހަރެންގެ ފަރާތުން ލިބުނީމަހެއްޔެވެ؟ ނޫނީ އަހަރެންގެ ކުށަކީ ބާރެއް ނެތި ތި މަންމަގެ އަތުން މަރުވުން ހެއްޔެވެ؟ ނޫނެކެވެ. ހުރިހާވެސް ކުށެއްގެ ޒިންމާ ނަގަން ޖެހޭނީ މަންމައެވެ. އަހަރެން މަންމަ ބޭނުންވާކަމަށް ބުނެ އާދޭސް ކޮށް ކޮށް ހުއްޓާ އަހަރެން ތި ލޯބި މަންމައާއި ދުރު ކުރުވީމައެވެ. މަންމަގެ ފަރާތުން ލިބެން އޮތް ލޯތްބާއި ކުލުނުން އަހަރެން މަހުރޫމް ކުރީތީއެވެ. އެ ލޯބިވެތި ފިރުމުންތަކުގެ އުފާ އަހަރެންގެ އަތުން ޖަހައިގަތީތީއެވެ. އަހަރެން މަރުވީ ތި އަނިޔާވެރި މީހާގެ އަތްދަށުގައެވެ.އަހަރެންގެ އަތްދަށުން މިއަދު ކަލޭ މަރުވާށެވެ.
(ނިމުނީ)                          އެކި ކަހަލަ ފާފަތައް ކުރުމަށްފަހު ޅަފަތުގައި މައުސޫމު ދަރިން މެރުން މިއަދު މި ވަނީ އިންތިހާ ދަރަޖައަށް އާންމުވެފައެވެ. ލޯބިވެތި މައުސޫމު އެ ތުއްތު ކުދިންގެ އެއްވެސް ކުށަކާ ނުލާ އެ ކުދިންގެ ގުނަވަންތަށް ރަނގަޅަށް ނުއުފެދެނީސް ކުއްޖާ ވައްޓާލާ މައިން މި ވަނީ ގިނަވެފައެވެ.އަޅުގަނޑުގެ ދުޢާ އަކީ މި ވާހަކައިގެ ސަބަބުން މާތް ރަސްކަލާންގެ އެ ފަދަ މައިން ބަފައިންނަށް ހެޔޮ ވިސްނުން ދެއްވާ އެފަދަ ފާފަތަކާ ދުރުހެލިވުމަށް ތައުފީޤް ދެއްވުމެވެ. އާމީން.

Share Article

Follow Me Written By

Sham

Level 1

Newly started.. Will accept every feedback because your feedbacks are my improvement. 18

Other Articles

Previous

ވަގުތު 5

Next

ލޯތްބެއް ދެން ނުވާނަމޭ 1

Next
January 5, 2019

ލޯތްބެއް ދެން ނުވާނަމޭ 1

Previews
January 5, 2019

ވަގުތު 5

20 Comments!

  1. Lam says:
    January 6, 2019 at 1:20 am

    V iburaiteri..keep itup

    1. Sham says:
      January 7, 2019 at 7:36 pm

      Thank you lam <3

  2. jin says:
    January 6, 2019 at 8:54 am

    yes v reethi adhi

    1. Sham says:
      January 7, 2019 at 7:37 pm

      Thank you jin <3

  3. QUEEN❤ says:
    January 6, 2019 at 9:44 am

    V reethi adhi v iburaitheri

    1. Sham says:
      January 7, 2019 at 7:38 pm

      Thank you Queen <3

  4. Zee says:
    January 6, 2019 at 1:01 pm

    Aameen

    1. Sham says:
      January 7, 2019 at 7:38 pm

      <3

  5. zoe says:
    January 7, 2019 at 2:33 pm

    ehen v ma hurihaa kudhin ves faafa akah arai gathumuge kurygai vrangalhah visnaathi…mi haa ehvanaige vaahaka eh

    1. Sham says:
      January 7, 2019 at 7:42 pm

      Thank you zoe <3 That means a lot. Mi Waahaka liyumuge kurin abortion aa adhi miscarriage ge warah baiwaru real life kan kan balaalin. And faafa eh nukoh dhariaku libi e kujja abort kohliyas e kurewenii warah bodu kusheh.

  6. Aika says:
    January 8, 2019 at 2:51 pm

    Vara iburatheri.
    Keep it up.

    1. Sham says:
      January 9, 2019 at 8:48 pm

      Thank you Aika <3

  7. SOOOHAAAA says:
    January 11, 2019 at 9:45 pm

    ????????

    1. Sham says:
      January 14, 2019 at 9:04 am

      Thank you for your comment sooohaaaa. If you don’t like the story, please tell me the mistakes, Inshallah i will try my best to improve.

  8. Dheem says:
    January 17, 2019 at 8:48 pm

    wow. varan iburai theri vaahaka en. mi zamaanaa varan gulhey

    1. Sham says:
      January 22, 2019 at 9:13 pm

      Dheem. Thank you <3

  9. adhla says:
    February 23, 2019 at 4:22 pm

    vvv reethi… keep itup

    1. Sham says:
      March 25, 2019 at 10:22 pm

      Thank yuh adhla ❤

  10. Ammu says:
    March 25, 2019 at 10:50 pm

    Woow ❤ keep it up

    1. Sham says:
      April 8, 2019 at 1:23 pm

      Aan mihaaru engijje amana kan.. Thank yuh loabi ❤

Comments are closed.



All Right Reserved!