ބަހަށް އެރީންސުރެ، ޖެހިގެން ހުރި ސީޓުގައި ފޯނާ ކުޅެން އިން މަންޖެގެ ހަރަކާތްތަކަށް ގެއްލިފައި އިނީމެވެ. ބޮޑުވައި އިނގިލީގެ މަޑު ހަރަކާތުން ފޯނުގެ ސްކްރީން ކަހަމުން ދިޔައެވެ. އޭނާ ބަލަމުން ދިޔައީ ފޭސްބުކު ނިޔުސްފީޑެވެ. އަހަންނަށް މާވަރަކުން އޭނާގެ ފޯން ސްކްރީނަށް މިބެލެނީ ކީއްވެބާއެވެ؟ ތިޔަ ހީވީ ރަނގަޅަށެވެ. އަހަރެން ބެލީ އޭނަގެ ފޭސްބުކް ޕްރޮފައިލްގެ ނަން ފެނޭތޯއެވެ. ނަސީބު ރަނގަޅު ކަމުން އެކަން މާއުނދަގޫ ކަމަކަށް ނުވިއެވެ. ޕްރޮފައިލްގެ ނަމަކީ “އީނާޝް ޢަލީ”އެވެ. ބަލާބެލުމުން އީނާޝްއަކީ […]
ޓެރެސްއަށް ނިކުމެވުނު އިރު ކުރިމަތިން ފެނުނީ ދުވަހަކުވެސް އަހަރެން ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. ދެލޯ އަހަރެންނަށް ކެހި ދެނީ ކަމަށް ހިކޮށް ދެތިން ފަހަރު ލޯ އުނގުޅާލެވުނެވެ. ނަމަވެސް މަންޒަރު ބަދަލެއް ނުވިއެވެ. އަހަރެންގެ ހިތުގައި އޮތް ބިރުވެރިކަން ހަގީގަތަކަށް ވީއެވެ. ގަބު އަރާފައި ހުރި އަހަރެންނަށް ހަމަ ބިމަށް ފޭބުނީ ތާތު އަހަރެންގެ ކޮނޑުގައި ހިފާ ތަޅުވައިގަތުމުންނެވެ. ރެއިލިންގ މަތީގައި ޝެރީ މަންމަ ހުރީ ޝަޒީ މަންމަގެ ކަރުގައި ހިފައިގެންނެވެ. ހިފައިގެން ހުރިލެއް ބާރުކަން ފުފިފައި ހުރި އެ އަތުގެ ނާރުތަކުންނާއި ފިއްތާ ބާރުކޮށްފަ ހުރި ދަތްތަކުން ހާމަވެއެވެ. ޝަޒީ މަންމަ ނޭވާ ނުލެވިގެން ތެޅި ފޮޅެމުން ދިޔައިރު މަންޒަރު ބަލަން އަހަރެންނަށް ހުރެވުނީ ރޮވިފައެވެ. ކިތަންމެހާވެސްއަދިވެސް އަހަރެންނަށް ލޯ ކުރިމަތިން ފެންނަމުން ދިޔަ ހިތި އަދި އަނިޔާވެރި މަންޒަރުތައް ގަބޫލުކުރަން ދައްޗެވެ. ” ޝީރީން… ހަމަ މިހާރު ދޫކުރޭ ޝަޒިއްޔާގެ ކަރުން… އެހެންނޫނީ… ” ބައްޕަ އެތަނުގައި ހުރިކަންވެސް އަހަރެންނަށް އިނގުނީ ބައްޕަ އަޅޭއްލަވައި ގަތުމުންނެވެ. ޝެރީ މަންމައާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލައިގެން ހުރެ ބުނެލީ އިންޒާރުގެ ރާގުގައެވެ. ބައްޕަގެ އަޑަށް ޝެރީ މަންމަ ބައްޕައާ ދިމާލަށް އެނބުރި ނުލަފާ ވައްތަރަކަށް ހޭން ފެށިއެވެ. އެ ހުނުމުގައި ނުރައްކާތެރިކަންވެސް އިންތިހާ ދަރަޖައަށް އެކުލެވިފައި ވެއެވެ. އެކަން އަހަރެންނަށް އިހްސާސްކުރެވުނެވެ. ” އެހެން ނޫނީ ކީއްކުރާނީ… ޖުމްލަ ފުރިހަމަ ކުރޭ… ” ޝަޒީ މަންމަގެ ކަރަށް ބާރު ކުރި ކުރީނުން ޝެރީ މަންމަގެ އަތުގެ ތޫނު ނިޔަފަތިތައް ކަރަށް ހަރާލިއެވެ. ހޯސްލާފައި ލޭގެ ކޯރެއް މުޅިތަނަށް ފައިބައިގަތެވެ. އަހަރެންނަށް އަނގަމަތީ އަތް އަޅާލެވުނީ މަންމަގެ ރަހުމްކުޑަކަން ފުރަތަމަ ފަހަރަށް ފެނުމުން ގަބޫލުކުރަން ދަތިވެފައި ހުރެއެވެ. ” މަންމާ!!! ” ދެން ކުރިމަތިން ފެނުނީ ބަލާލި ކޮންމެ އިންސާނެއްގެ ހިތަށްވެސް އޭގެ އަސަރު ކުރާހާ ހިތްދަތި އެހެނަސް އަނިޔާވެރި މަންޒަރެކެވެ. ޝަޒީ މަންމަގެ ކަނދުރާ ހަށިގަނޑުން ވަކިކޮށްލާފައި ޓެރެސްއަށް ވައްޓާލީ އަހަރެންގެ އުފަން މަންމަ ޝެރީންއެވެ. އެމަންޒަރު ފެންނަ ކޮންމެ މީހަކަށްވެސްް އެއީ އިންސާނެއްގެ އަމަލެއް ނޫން ކަން ޔަގީން ވާހާ ރަހުމްކުޑަ ކޮށެވެ. އެ މަންޒަރު އަހަރެން މި އަނިޔާވެރި ދުނިޔެއަށް ދޫކޮށްލާ ފަހު ނޭވާ އާ ޖެހެންދެންވެސް ތާޒާ ކަމާއެކު ހަނދާން ހުންނާނެއެވެ. ހިތާއި ދިމާލުން އަރައިގެން ދިޔަ ތޫނު ތަދުން އެ ދިމާލުގައި އަތް އަޅާލެވުނެވެ. ހީވީ ހިތް ދެފަޅިއަށް ފަޅި ފަޅިވެގެން ދިޔަ ހެންނެވެ. ހިތަށް މިޔަ ތޫނު ހަންޖަރެއް ހަރާލި ނަމަވެސް މިއަށް ވުރެ ތަދު ކުޑަވީސްކަން ޔަގީނެވެ. ބާރު އަޑެއް އިވުމާއެކު އަހަރެންނަށް އެދިމާލަށް ބަލާލެވުނު އިރު ބައްޕަ މެއާވީ ފަޅީގައި އަތް އަޅައިގެން ހުރެ ކަކޫ މައްޗަށް ތިރިވަނީއެވެ. ކަޅި ހުއްޓިފައިވަނީ ޝަޒީ މަންމަގެ ވަކިވެފައިވާ ކަނދުރާއަށާއި ފުރާނަ ނެތް މަސްގަނޑަށެވެ. އެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ކޯރެއް ބަންޑުންވާ ބީދައިންނެވެ. އަހަރެންނަށާއި ތާތުއަށް ބައްޕައާ ދިމާލަށް ދުއްވައިގަނެވުނީ އެކު އެކީގައެވެ. ދެމީހުން ބައްޕަގެ ކައިރިއަށް ތިރިވެ ބައްޕަ ނެގީމެވެ. ބައްޕަ ރަނގަޅަށް ކޮޅަށް ނުނެގެނީސް އަހަރެމެންގެ އަތް ފޮޅުވާލާފައި ޝެރީ މަންމައާ ދިމާލަށް ދިޔައީ ދުންޖަހާފައެވެ. […]
ފޮޓޯގައި އެ ވަނީ މިލާގެ ސިފަ އެވެ. ހަމުގެ އެ ކުލަވެރެވެ. ފަޅު ރީނދޫވެރިކަމެކެވެ. އުމުރުގައި ޅަފުރާވެރިކަމެވެ. ބާރަ އަހަރެވެ. ހިނިތުމުން އެ ޒަމާނެއް ކަށަވަރުކޮށްދެއެވެ. ލޮލުގެ ކަޅިރަވުން ދެއްކުވިފައިވި އެ މައުސޫމު މިޒާޖެވެ. ފަރުދަލެއް ނެތެވެ. ކަށިތަކުގެ ބާރުން ބައްޓަމެއް އުފުލެވިފައެވެ. އިނގިލތައް އެ ސިފަ އެއްގައި ތަތްކުރެވޭން ފެށުނެވެ. ދެން ހަރަކާތްތެރިކަމެކެވެ. ތުރުތުރު ލުމެކެވެ. ހިއްސުތައް އައްސި ކުރެވިއްޖެ އެވެ. އެއީ ގަނޑުފެންގަނޑެކެވެ. ހައިސިއްޔަތެއް ނުނެރެވުނެވެ. ތަޅުންގަނޑަށް ވައްޓާލެވި ބޭރުފަށް ޗިސް ކުރެވުނެވެ. އެއަށްފަހު […]
މަންމަ އުދުއްސައިގަތުމާއެކު ފަހަތުން އަހަރެމެން ވެސް އުދުއްސައިގަތީމެވެ. ފުރަތަމަ ފަހަރެއް ކަމަކު އަހަރެންނަށް އުދުހުމަކީ މާ އުނދަގޫ ކަމަކަށް ނުވިއެވެ. ތާތު އާ އެއްވަރަށް އުދުހެމުން ދިޔައިރު ދެން ވާނެ ގޮތެއް ނޭނގޭތީ ހިތް ތެޅެމުން ދިޔަ ބާރު މިނުން ދެންމެ ދެންމެ މޭ ފަޅާފައި ނިކުމެދާނެ ހެން ހީވާ ފަހަރުވެސް މަދެއް ނޫނެވެ. އަހަރެންގެ ރަށުގެ މަލަމަތި އަހަރެންގެ ލޮލުގެ ކޮޅަށް ދައްކާލުމާއެކު ހިތަށް ލިބިގެން ދިޔަ ހިތްހަމަޖެހުން ދުލުން ބަޔާންކޮށް ދޭން ދައްޗެވެ. އެ ބިމުގައި ފައިތިލަ ޖެހުމާއެކު ފުރަތަމަވެސް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އެތައް ދުވަހަކު ނޭވާ ނުލާ ހުރެފައި ނޭވާއެއް ލީ މީހަކު ފަދައިންނެވެ. ރަށަށް ފޭބުމަށްފަހު އަހަރެމެން އިންސާނެއްގެ ސިފަ ޖެހި ހިނގަފައި ގެއާ ދިމާލަށް މިސްރާބު ޖެހީ މީހަކަށް ޝައްކުވުމުގެ ފުރުސަތު ނުދިނުމަށެވެ. ދިހަވަރަކަށް މިނެޓުގެ ކުރު ރާސްތާއަށް ފަހު އަހަރެންގެ ގެއާ ހިސާބަށް ފޯރައިފިއެވެ. އެންމެން ގެއަށް ވަންނަން ހިނގައިގަތް އިރު އަހަރެންނަށް ހުރެވުނީ ގެއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައެވެ. މަންމަ ފަސް އެނބުރި ބަލާލިއެވެ. އަހަރެން ނާންނަ ކަން އެނގުމުންނެވެ. ހައިރާންވެފައި ހުރެ މަންމަ ދަރިފުޅާއޭ ކިޔާ ގޮވާލުމުން ކުރިއަށް ހިނގައިގަތީމެވެ. ގޭޓުން ވަދެގެން ގާ ޖަހާފައި އޮތް މަގުން ހިނގާފައި ގޮސް ގެއަށް ވަދެވެން ހުރި ދޮރާ ހިސާބުން މަންމަ މަޑު ޖެހިލުމާއެކު އަހަރެންވެސް ހުއްޓުނީމެވެ. މަންމަ ފަހަތަށް ޖެހިލާފައި އަހަރެންނަށް އަތުން އިޝާރާތް ކޮށްލީ އެތެރެއަށް ވަނުމަށެވެ. އަހަރެން މަންމަގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ހިނގައިގަތީމެވެ. ގޭގެ ބެލް އަޅާލުމާއެކު މާގިނަ އިރެއް ނުވެ ދޮރުގެ ތަޅު އެނބުރާލި އަޑު އިވުނެވެ. އަހަރެންގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ހަފްތާއެއް ހާ ދުވަސް ފަހުން މަންމަމެން ފެންނާތީއެވެ. އަދި އަހަރެން ފެނުމުން މަންމަމެން ކަންތައް ކުރާނެ ގޮތެއް ނޭނގޭތީވެސް ހިތުގައި ހާސްކަމާއި ނުތަނަވަސްކަން ވަކި ހިއްޕާލާފައި ވެއެވެ. ދޮރު ހުޅުވުނު އިރު ކުރިމަތީ ހުރީ ގޭތެރޭ މަސައްކަތް ކުރަން ގެންގުޅޭ ކުއްޖެކެވެ. އަހަރެން ފެނުމުން އެކުއްޖާ ހީވީ ބިރެއް ފެނިގެން ތެޅިގަތް ހެންނެވެ. އަޑަށް ބާރު ލާފައި މޭމް އޭ ކިޔާ މަންމައަށް ގޮވަން ފެށިއެވެ. ” އޭޝްލީ… ކިހިނެއްވީ ” މަންމަގެ އަޑު އިވުނީ އޭޝްލީގެ ފުރަގަހުންނެވެ. އޭޝްލީ ދޮރު ކުރިމަތިން ދުރަށް ޖެހިލި ވަގުތު އަހަރެންނާ މަންމަގެ ހަތަރު ކަޅި ހަމަވިއެވެ. އަހަރެން ފެނުމާޢެކު މަންމަ އަނގަ މަތީ އަތް އަޅާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އަދި ވައި އަޑުން ޖަޒްލީ އޭ ބުނެލި އަޑު އިވުނެވެ. ” ސުބްހާނަﷲ! މީ ކޮންފަދަ ދުވަހެއް…. އަނެއްކާ އަހަރެންނަށް މިއުޅެވެނީ ހުވަފެނެއްގަ ބާ! ” މަންމަގެ މޫނުމަތިން ފެނުނީ ގަބޫލުކުރަން ދަތި ޝުއޫރުތަކެކެވެ. އަހަރެން މަޑުމަޑުން ކުރިއަށް ޖެހިލަމުން މަންމަގެ އަތުގައި ހިފާ ވިކާލީމެވެ. ގަބޫލު ނުކުރެވުނަސް މީ ހަގީގަތްކަން އަނގައި ދިނުމަށެވެ. ” މަންމާ… މީ ހުވަފެނެއް ނޫނޭ… މީ ހަމަ މަންމަަގެ ޖަޒްލީ އޭ… ބަލާބަލަ އަޅުގަނޑު މިއައީ އޭ… ދެން މަންމަ ދޫކޮށްލާފައެއް ނުދާނަމޭ… ” އަހަރެންގެ ހިތަށް ކުރި ފުން އަސަރަކުން ރޮވެން ފެށުނެވެ. މަންމަގެ ގައިގައި ބައްދާލެވުނީ އަދިވެސް މަންމަ ހުރީ ގަބޫލު ނުކުރެވިފައިހެން ހީވުމުންނެވެ. ” ދަރިފުޅާ! ” މަންމަގެ ރުއިމުގެ އަޑު މުޅި މާހައުލަށް ހިތްދަތިކަން ގެނުވިއެވެ. ” ޝަޒީ! ޝަޒީ ” މަންމަގެ ރުއިމުގެ އަޑާއެކު ބައްޕަގެ ފިޔަވަޅުތަކުގެ އަޑު އިވުމުން އަހަރެން އިސް އުފުލާ ބަލާލީމެވެ. ނަމަވެސް ބައްފަގެ ނަޒަރު ހުއްޓިފައިވީ ގޭ ދޮރުން ބޭރަށެވެ. އަހަރެންގެ ނަޒަރުވެސް އެދިމާލަށް ދަތުރުކޮށްލިއެވެ. ބައްޕައަށް ފެނުނީ އަހަރެންގެ އަސްލު މަންމައެވެ. ބައްޕަ މަޑުމަޑުން ޝިރީން އޭ ކިޔާލި އެވެ. މަންމަ އާ ބައްފަ އެކަކު އަނެކަކާ ދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ތިބި ތަން ފެނުމުން ބޭއިޚްތިޔާރުގައި ނަމަވެސް އަހަރެންނަށް ހިނިތުންވެވުނެވެ. ” ޖާޒިމް… ބަލާބަލަ މިހިރީ އަހަރެމެންގެ ޖަޒްލީ… ” ޝަޒީ މަންމަ އަހަރެންނާ ދުރުވެލަމުން ބައްޕައަށް އަހަރެން ދައްކާލިއެވެ. ބައްޕަ ލަސް ލަހުން އަހަރެންނާ ދިމާލަށް އެނބުރިލިއެވެ. ދެން ފެނުނީ ދުވެލާފައި އައިސް އަހަރެންގެ ގައިގައި ބައްދާލައިގެން ހުއްޓައެވެ. ބައްޕަ ބައްދާލިލެއް ބާރުކަމުން އަހަރެންނަށް ހަމައަށް ނޭވާވެސް ނުލެވެއެވެ. އެގޮތުގައި ބައްދާލައިގެން އިރުކޮޅަކު ހުރުމަށްފަހު ބައްޕަ މަޑުމަޑުން އަހަރެން ދުރުކޮށްލުމަށްފަހު އަހަރެންގެ ނިތުގައި ބޮސް ދިނެވެ. ” ދަރިފުޅާ! ކޮންތާކު އުޅެފަ ތިއައީ… ދަރިފުޅާ ނުލާ މިވީ ހަފަތާއެއް ހާ ދުވަހު ބައްޕައާ މަންމަ އުޅުނު ހާލެއް އިނގޭތަ! މަންމައަށް އަރުތެރެއިން ފެންފޮދެއް ނުދިރޭ… ހަމައަކަށް ނުނިދޭ… ހޭ ހުންނަނީ މަދު ވަގުތަކު… ހޭ ހުއްޓަކަސް ދުލުކުރީގައި އޮންނަނީ އަބަދުވެސް ދަރިފުޅުގެ ނަން… ބައްޕަމެން ސިފައިންނަށްވެސް އެންގިން ދަރިފުޅު ނުފެނިގެން…. މިހާ ދުވަހު ހޯދި އިރުވެސް ނުފެނުމުން އެމީހުން އުއްމީދު ކަނޑާލި ފެންނާނެ ކަމުގެ… ދަރިފުޅު ގެއްލުނު ފަހުން އަރީޝާ ބޭނުމެއް ނުވޭ ސްކޫލަށް ދާކަށް… މާ ބޮޑަށް ދަރިފުޅު މަތިން ހަނދާން ވާތީ ވެ… މިގެއަކަށްވެސް ނާދޭ… ދަރިފުޅު ދެން ނުދާތި ބައްޕަމެން ދޫކޮށްފަ… ދެވަނަ […]
މަންމަގެ ވޭނީ ރުއިމުގެ އަޑު މާހައުުލުގައި ގުގުމާލުމާއެކު އިށީނދެ އިން ގޮނޑިން ތެދުވެގެން ގޮސް މަންމަގެ ގައިގައި ބައްދާލެވުނެވެ. އޭރު އަހަރެންނަށްވެސް ރޮވެނީއެވެ. މަންމަގެ ހަޔާތުގެ ވޭނީ ފަލްސަފާ އަޑު އެހުންވީ އަހަރެން ހީކުރި ވަރަށް ވެރެ މާ ހިތްދަތި އަދި އުނދަގޫ ކަމަކަށެވެ. ދުވަހަކުވެސް ނުފެނުނު ނަމަވެސް ހިތު ތެރޭގައި މާމައަށްޓަކައި އުފަންވީ ޝަކުވާއެވެ. ކިތަންމެ ބޭނުން ނުވިޔަސް ވެހެވެ. މަންމަގެ ގައިގައި ބައްދާލައިގެން އޮވެ ރޮމުން ދިޔަ އަހަރެންގެ އަތުގައި ހިފާ މަންމަ އަހަރެންގެ ކަރުނަތައް ފުހެލަދިނެވެ. އަދި ހިނިތުންވެލިއެވެ. ” ދަރިފުޅާ! ދެން ހުއްޓާލާ! ” މަންމަ އަހަރެންގެ އަތުގައި ހިފާ ނަގަމުން އަހަރެންގެ ނިތަށް ބޮސްދިނެވެ. ކަރުނައިގެ ތެރެއިން ހިނިތުންވެލެވުނީ ހިތަށް ލިބުނު ހިތްހަމަ ޖެހުމަކުން ނެވެ. ” ދަރިފުޅާ! މަންމަ ދަރިފުޅަށް މަންމަގެ މާޒީ އާ ހުރިހާ އެއްޗެއް ކިޔައިދިނީ މިއަދު ދެން ކުރިއަށް އޮތް ކަންތައް ކުރެވޭނީ ދަރިފުޅަށް އެ ހުރިހާ އެއްޗެއް އިނގިގެން ކަމަށް ވާތީ… ” ހައިރާންކަމުގެ ކުލަވަރާއެކު މަންމަގެ މޫނަށް ބަލާލެވުނެވެ. ” ކޮންކަމެއް… ” ސުވާލު ނުކޮށެއް ކެތެއް ނުވިއެވެ. ” މަންމަ މިއުޅެނީ ދަރިފުޅުގެ ބައްޕަ ކައިރިއަށް ދަރިފުޅު ގޮވައިގެން ދާން… ” މަންމަގެ ޖަވާބުން އަހަރެންގެ ހިތަށް ވެރިވި މަސްހުނި އިހްސާސްތަކެއްގެ ސަބަބުން އަހަރެންނަށް އަހަރެންގެ ހިތަށް ކުރީ ކޮންކަހަލަ އަސަރެއް ކަމެއް ބުނެދޭކަށް ނޭނގުނެވެ. ” ބައްޕަމެން ކައިރި އަށޭ… ” އެ ހައިރާންކަން މަތީ ހުރެ ބުނެލެވުނެވެ. ” ހޫމްމ… ކިހިނެއްވީ… ” މަންމަގެ މޫނުމަތިން ކޮންމެސް ވަރަކަށް ނުތަނަވަސްކަމުގެ އަސަރު ފެންނަން ހުއްޓެވެ. ފުން ނޭވާއެއްލީ އެހުރިހާ ކަމަކަށް ނަފްސު ތައްޔާރުކޮށްލުމުގެ ގޮތުން ކަންނޭނގެ އެވެ. ” މިރޭ 8:00 ރެޑީ ވާތި… ތާތު ދާނަން ދޯ! ” ތާތުގެ މޫނަށް ބަލަހައްޓައިގެން ހުރެ މަންމަ ބުނެލުމާއެކު ތާތު ބޯ ޖަހާލިއެވެ. ” ޝާލީ އޯކޭ ނުދިޔަޔަސް…. އެކަމު ޝާލީ ދާން ބޭނުމިއްޔާ ދެވިދާނެ… ވަރަށް ވަރުބަލި ވެފަ ހުންނާނެތީ މިހެން މިބުނީ… ” މަންމަ ޝާލީންގެ އަތުގައި ހިފަހައްޓާލަމުން ބެނެލިއެވެ. ” ނޫން… އަހަރެން ދާނަން… ދެ ކުޑަކުދިން ގޮވައިގެން ގޮސް ކަމެއް ވިއްޔާ ހަދާނީ ކިހިނެއް… ޝީރިން އެކަނި މީހަކަށް ތިހިރީ… އެކަނި އެ ހުރިހާ ކަމަކާ ކުރިމައްޗެއް ނުލެވޭނެ… ” ޝާލީންގެ އަޑުން އެކަނިވެސް މަންމަ އާ މެދު ކަންބޮޑުވެފައި ވީ ވަރު ހާމަ ވެއެވެ. ” އަހަރެންނަށް އެކަނިކުރިމަތި ލެވޭނެ … އެމީހުން ނިކަމެތި އިންސާނުންނާ ކުރިމަތި ނުލެވޭހާ އަހަރެން ބަލިކައްޓެއް ނޫން… ދެން ޝާލީވެސް ދޯ… ” މަންމަގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ ކުލަވަރު ފާޅު ވާން ފެށިއެވެ. ” ސާބަސް ޝީރިން… އަދިވެސް އެކަމުން ފިލާވަޅެއް ލިބި ގަނެ ގޮތް ދޫކުރާކަށް ނުވޭ ދޯ! ވަރިހަމަ ކޮންމެ ގޮތެއް ވިޔަސް އަހަރެން ދާނަން… ” ޝާލީން އެތަނުން ނިކުމެގެން ދިޔައީ އޭނަގެ ފަހު ބަސް އިއްވާފައެވެ. ޝާލީން ނުކުމެގެން ދިޔަ ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު މަންމަ ފުން ނޭވާއެއް ދޫކޮށްލިއެވެ. ” ކޮބާ! ދަރިފުޅުމެންވެސް ދެން ދޭ ތައްޔާރުވާން… ” މަންމަ އަހަރެންނަށާއި ތާތުއަށް ވަކި ވަކިން ބަލާލުމަށްފަހު ބުނެލިއެވެ. އަދި އެތަނުން ނިކުތުމަށް ހިނގައިގަތެވެ. ” މަންމާ! އަޅުގަނޑު އެއްޗެއް އަހާލަން ތަ؟؟؟ ” މަންމަ ފަސް އެނބުރި ބަލާލުމަށްފަހު ބޯ ޖަހާލީ އެކަމަށް ހުއްދަ ދޭ ފަދައިން ނެވެ. ” މަންމަ އަސްލު ކީއްވެ ބައްޕަމެން ކައިރިއަށް ދާން ތި އުޅެނީ… ބައްޕަ ފެނުމުން މަންމަ ދެރަވެ ރޯ ތަން ބަލާކަށް އަޅުގަނޑަކަށް ކެތެއް ނުވާނެ… ” ޖެހިލުންވުމާއެކު ނަމަވެސް އަހަރެންގެ ހިތުގައި އޮތް އެއްޗެއް ދުލާ ހަމައަށް ގެނައީމެވެ. އަހަރެން ކައިރިއަށް އައިސް ހުއްޓިލަމުން މަންމަ ހިތި ގޮތަކަށް ހިނިތުންވެލިއެވެ. ” ދަރިފުޅަށް ނޭނގުނަސް ދަރިފުޅު އެންމެ ކުޑަ އިރުން ފެށިގެން މިއަދާ ހަމައަށް ވެސް ދަރިފުޅުގެ ގާތަށް ގޮސް ހާލު އޮޅުން ނުފިލުވިޔަސް މަންމަގެ ގާތް މީހަކު ލައްވާ ދަރިފުޅަށާއި ބައްޕައަށް ވާނުވާ ބަލަން… މަންމަ އެ ތަނަށް ދާން ބޭނުން ނުވީ މަންމަގެ ވައުދާ ޚިލާފުވާން ބޭނުން ނުވާތީ… މަންމަ ބޭނުންވީ ދަރިފުޅަށް ބަރާބަރު ސާދަ އަހަރު ވާ ދުވަހު ދަރިފުޅު ބަލާ ދާން… މަންމަގެ ހިތަށް ކެތްވާތީއެއް ނޫން… ފާޑަކަށް މަޖުބޫރު ވީ… ދަރިފުޅު މިކޮޅަށް ގެނަ ފަހުންވެސް އޭނަ ބަރާބަރަށް މަންމައަށް ބައްޕަގެ ޚަބަރުތައް ގެނެސް ދޭ… ދަރިފުޅު ނުފެނިގެން ބައްޕަ އުޅޭ ހާލު މަންމައަށް ކިޔައިދޭ ކޮންމެ ފަހަރަކު މި ހިތަށް ވަރަށް ތަދުވޭ… މަންމަ ބޭނުމެއް ނޫން އެ ހިތާމައިގައި ދަރިފުޅުގެ ބައްޕަ އަދި އެ މަންމަވެސް ނިމިގެން ދާކަށް… މަންމަ ހީކުރީ ޝަޒިއްޔާ ދަރިފުޅަށް ވަރަށް ގޯސް ވާނެ ކަމަށް… ދޮން މަންމަ ދޮން ނިޔަނދުރެއް ފަދައޭ ބުނާ އަޑު އަހާތީ… ނަމަވެސް ޝަޒިއްޔާ އެކަން މުޅިން ބަދަލުކޮށްލައިފި… ދަރިފުޅަށް ސާދަ އަހަރުވަންދެން ޝަޒިއްޔާ އެ ކޮށް ދިން ޚިދުމަތާއި ދިން ލޯބީގެ އަގު ވަޒަންކޮށް ދޭން ގޮތެއް މަންމައަކަށް ނޭނގެ… ދަރިފުޅު ނުފެނިގެން އެ ފަކީރު ދުނިޔެއިން މޮޔަވާ ތަން ބަލާކަށް މަންމަގެ ހިތަކަށް ކުޅަދާނައެއް ނުވާނެ… އެހާ ހިތް ހިލަ މީހެއް ނޫން މަންމަ އަކީ… އޭނަ އެ […]
” ތައްޔާރު ވެގެން އާދޭ! އޭރުން ދެން ވާން ވީ ގޮތް އިނގޭނެ… ” އަހަރެންގެ ބޮލުގައި ފިރުމާލަމުން ތާތުއަށް ބަލާލާ ހިނިތުންވެލައިގެން ހުރެ މަންމަ ބުންޏެވެ. ހިތު ތެރޭގައި ފުނި ޖެހެމުން ދިޔަ ޖަވާބު ނުލިބޭ ސުވާލުތަށް ވީ އިތުރެވެ. ހައިރާންވެފައި ހުރެ ނަމަވެސް މަންމަގެ ބަހަށް ކިޔަމަންވުމުގެ ގޮތުން އަހަރެން ހިނގައިގަތީ ތިރިއަށް ގޮސް ތައްޔާރު ވާށެވެ. ތާތުވެސް އަހަރެންގެ ފަހަތުން ނިކުންނަން އައި ކަން އަހަރެންނަށް އިނގެއެވެ. ނަމަވެސް ކުރިއަށް ހިނގައިގަތީ ތައްޔާރުވެގެން އަވަހަށް އައުމަށެވެ. އަހަރެންނަކީ ތަތް މީހެއްކަން ގަބޫލުކުރެވޭތީ އެވެ. ************************************* ތައްޔާރުވެގެން އަހަރެންނަށާއި ތާތުއަށް ޓެރެސްއަށް އެރުނީ ގާތް ގަނޑަކަށް އެކު އެކީ ގައެވެ. ހިނިތުންވުމެއް ހަދިޔާކޮށްލަމުން ކުރިއަށް ހިނގައިގަތީ މަންމަ ބަލަން ހުރުމުން ނެވެ. ” ދަރިފުޅާ! މަންމަ މިއަދު ބޭނުންވަނީ މަންމަގެ މާޒީ ދަރިފުޅާ ހިއްސާކޮށްލަން… އަދި މަންމަގެ ވަރަށް ގާތް ފަރާތަކާ ބައްދަލުކޮށް ދޭން ވެސް ބޭނުން… އޭނަ އެބަ އާދޭ މިހާރު… އޭނަ އައީމަ މަންމަ އެ ވާހަކަތައް ދަރިފުޅަށް ކިޔައިދޭނަން… ” މަންމަގެ ވާހަކަ ނިންމާލީ އަހަރެންގެ ހިތް ސުވާލުން ފުރާލަމުންނެވެ. އަނެއްކާ ކިހާ ގާތް ފަރާތެއް ބާ އެވެ. މި ތަނުގައި ހަފްތާއެއް ވީ އިރު އެ މީހަކާ ބައްދަލު ނުވީ ކީއްވެ ބާ އެވެ. އެއީ ކޮންތާކު މީހެއް ބާ އެވެ. ނަމަވެސް މި ހުރިހާ ސުވާލަކާ ބޯ ގޮއްވާކަށް ނަހަދަމެވެ. ސިކުނޑިން އެ ހުރިހާ ސުވާލެއް ނެރެލީ ފެން ތައްޓެއް ބޯލާހާ ފަސޭހަ އިންނެވެ. އަހަރެންގެ މުޅި ހިތް ފުރާލީ މަންމަގެ މާޒީ އިނގޭތީ އެކަމުގެ ޝައުގުވެރި ކަމުންނެވެ. ހިތް އަވަސްވެ ގަޑީގެ ސިކުންތު ކަށީގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިނދެ އޭގެ ލަސްކަމާ ހެދި ހިތާ ހިތުން ކުދި ކިޔުނެވެ. ދޮރުން ވަދެގެން އައި މީހާ ފެނި އަހަރެން ހައިރާންވި އެވެ. ދުވަހަކުވެސް ދެކެފައި ނުވާ އެ މީހާވެސް ލައިގެން ހުރީ މަންމަ އާއި ތާތު ލައިގެން ހުރި ކަހަލަ ކަޅު ދިގު ހެދުމެކެވެ. ކަޅު ކުލައިގެ ފޮތިކޮޅެއްގެ އެހީގައި ލޮލުން ތިރި ނިވާކޮށްފައިވާ އިރު ވައްތަރީ ނިންޖާއަކާ އެވެ. ހަނިވެފައިވީ ބޮޑު ދެ ލޮލުން އޭނާ ހުރީ ހިނިތުންވެލައިގެން ކަން އިނގެއެވެ. މަޑު ހިނގުމެއްގައި އޭނާ އައިސް މަންމަގެ ގައިގާ ބައްދާލި އެވެ. ” މަންޖެ ހާދަ ގަދައޭ… ހަމަ ގޮސް ގޮވައިގެން ދޯ އައީ… އަހަރެންނަށް ކިޔައިދީ ބަލަ ކަންތައްތައް ވީ ގޮތް… ” އެ މީހާ ދައްކަމުން ދިޔަ ވާހަކައަށް މަންމަ ހިނިތުންވެލި އެވެ. ” މަންޖެ ވައްތަރީ މަންޖެ މަންމަ އާ ދޯ… މަންޖެ ބައްޕަ މަންޖެ ފޮނުވީ ތަ؟؟؟ އެ ހާދަ ނުބައި އިންސާނެކޭ…” އެ މީހާ އަހަރެންގެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ފަހު ޖުމްލަ ނިންމާލީ ރުޅިވެރިކަމާ އެކު އެވެ. އޭނަ ދައްކަމުން ދިޔަ އެއްވެސް ވާހަކަ އެއް އަހަރެންނަކަށް އޮޅުމެއް ނުފިލިއެވެ. ނިތަށް އަރައިގެން ދިޔަ ރުލާ އެކު މަންމަގެ މޫނަށް ބަލާލެވުނީ އެ ކިޔަނީ ކީކޭ ހޭ އަހާލާ ފަދަ ގޮތަކަށެވެ. ” ޝާލީން… ” މަންމަގެ އަޑުގައިވީ ހިތްހަމަ ނުޖެހުމެވެ. ވަގުތުން އެ މީހާ ހިމޭން ވެއްޖެ އެވެ. ” ދަރިފުޅާ! މީ މަންމަގެ އެންމެ ގާތް އެކުވެރިޔާ ޝާލީން… ” މަންމަ އެމީހާ ތައާރަފްކޮށް ދޭން ފެށިއެވެ. އަހަރެން ޝާލީންއަށް ބަލާލީމެވެ. އޭނަ އަހަރެންނަށް ހިނިތުންވުމެއް ހަދިޔާކޮށްލި އެވެ. ބަދަލުގައި ހިނިތުންވެލީ އަހަރެންނާ މެދު ގޯސްކޮށް ދެކެން ބޭނުން ނުވާތީ އެވެ. ” ޝާލީ… މީ އަހަރެންގެ ޖަޒްލީ… ” ޝާލީން ދިއްކޮށްލި އަތުގައި ހިފާ ސަލާމްކޮށްލީމެވެ. […]
ކުރި މަތިން ފެނުނު މަންޒަރުން އަހަރެންނަށް ލިބުނު ހައިރާން ކަމުގައި ދެ ލޯ ބޮޑުވެ އަނގަ މަތީގައި އަތް އަޅާލެވުނެވެ. ތާތުގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލާލި އިރު އަހަރެން ހުރީ ގަބޫލު ކުރަން ދަތިވެފަ އެވެ. ކުރި މަތީ ހުރި ތާތު އާ މީގެ އިރުކޮޅެއް ކުރިން އަހަރެންގެ ކައިރީގައި ހުރި ތާތު އާ އުޑާއި ބިމާ ހާ ތަފާތެވެ. ދެ ކަންފަތުގައި އަތް އަޅައިގެން ހުރެ އަޑުގައި ނެތް ތަނަށް ހަޅޭއްލަވައިގަނެ ވުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ބަދަލުވާނެ ކަމަށެވެ. ނަމަވެސް އެހެން ވާނީ ކިހިނެއް ހެއްޔެވެ. އެ ކަހަލަ އެއްޗެއް ހިތަށް އަރުވާނީވެސް އަހަރެންގެ މޮޔަކަމުން ނެވެ. ވާލެއްގެ ފިޔަގަނޑު ފަދަ ފިޔަގަނޑެއް ބުރަކަށިން ނިކުމެފައިވާ އިރު ބޮލުގެ ދެ ފަރާތުގައި އެތުގެ ދަޅު ފަދަ ދެ ދަޅު އިނެވެ. އެ ދެދަޅު ދިގުކަމުން ކަންފަތަށް ވުރެ ތިރިއަށް ފޯރައެވެ. އެ އުނަގަނޑާ ހަމައަށް އޮތް އިސްތަށިގަނޑު އޮތީ މައްޗައް ވާ ގޮތަށް އުފުލިފަ އެވެ. އަނގައިގެ ދެ މިޔަކަނިން ލޭ ފައިބަމުން ދިޔައެވެ. ލައިގެން ހުރި ހެދުމެއް ބަދަލެއް ނުވެ އެވެ. ނަމަވެސް އެ ބިރު ވެރި ސިފައިގައި ހުރި ތާތު ފެނި އެކަކުވެސް އެއީ ތާތުކަމަށް ގަބޫލެއް ނުކުރާނެ ކަން އަހަރެންނަށް ޔަޤީނެވެ. ނަމަވެސް ދުނިޔޭގެ އެކަކު ގަބޫލު ނުކުރިޔަސް ހަޤީޤަތް ބަދަލެއް ނުވާނެ ތާ އެވެ. ” ހޭ ޖޭޒް… މީ ތާތު އޭ… ހަޅޭއް ނުލަވަބަލަ… މީހުންތައް އެއްވެއްޖިއްޔާ ރީއްޗެއް ނުވާނެ… ” ދެ ލޯ މަރާ ތަގުޅިކޮށްގެން ހުރި އަހަރެންގެ އަތުގައި ހިފައި މީހަކު ތަޅުވާލުމުން އަހަރެން ލޯ ހުޅުވާ ބަލާލީ މެވެ. އަޑުންވެސް އެއީ ތާތު ކަން އަހަރެންނަށް ފާހަގަ ކުރެވުމުން ނެވެ. ކުޑަ ނަމަވެސް ހައިރާން ކަމެއް ލިބުނީ ތާތު ކުރިން ހުރި ސިފައަށް ބަދަލުވެ ހުރުމުން ނެވެ. ” އޭތް… ނުބުނާތި އިނގޭ ޝީރީން ދައްތަ ކައިރީ… ވަރަށް ރުޅި އަންނާނެ އަހަރެން ސިފަ ބަދަލު ވި ކަން އިނގިއްޖިއްޔާ… ” އަހަރެންގެ މޫނު ކުރިމަތީ އަތް ހޫރާލަމުން ތާތު ބުންޏެވެ. އަހަރެން ހޫމް ލައްވާލީ މަންމައަށް ތާތުގެ އެ ސިފަ އިނގެ އޭ ބުނުމުން ކުރެވުނު އިހްސާސަކުން ނެވެ. ދެން ހިތަށް އެރި އެއްޗަކުން ދެ ލޯ ބޮޑުވެ ހިންދިރުވާލަން ނުކެރިފައި އަހަރެންނަށް ހުރެ ވުނެވެ. ހިންދުރީގައި ހީވީ ގާގަނޑެއް ތާށިވެފައި އޮތް ހެންނެވެ. ކަރު ކެހިލަމުން އަހަރެން ތާތުގެ އަތުގައި ހިފާ ހުއްޓުވީމެވެ. ތާތު އަހަރެންނާ ދިމާލަށް ބަލާލި އިރު އެ މޫނު މަތިން ފާޅުވަނީ ހައިރާން ކަމެވެ. އިރުކޮޅަކު އެހެން އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު އެއް ބުމަ ހިއްލާލީ ކިހިނެއްވީ ހޭ އަހާލާ ފަދަ ގޮތަކަށެވެ. ” ތާތު… އެއްޗެއް އަހާލަން ތަ… ބީ އޮނެސްޓް… ” އަހަރެން ބަލާލީ ސީދާ ތާތުގެ ދެ ލޮލަ ށެވެ. ތާތު ބޯ ޖަހާލުމުން އަހަރެންގެ ހިތުގައި އޮތް އެއްޗެއް ދުލާ ހަމައަށް ގެންނަން މަސައްކަތް ތަކެއް ކުރީ މެވެ. ” މަންމަ އަކީ ވެސް ތާތު ކަހަލަ މީހެއް ތަ؟؟؟ ” އަހަރެންގެ ހިތް ތެޅި ފޮޅި […]
ތާތުގެ މޫނަށް ބަލާލެވުނީ ދެލޯ ބޮޑު ކޮށްލަމުން ނެވެ. ދެންމެ ނިކުމެގެން އެ ދިޔައީ ހަމަ އަހަރެންގެ އަސްލު މަންމަ ހެއްޔެވެ. އެކަމަކު އަހަރެންގެ އަސްލު މަންމަ ކައިރިއަށް އަހަރެން ގެނައީ ކާކު ހެއްޔެވެ. މި ފަދަ އެތައް ސުވާލެއް އަހަރެންގެ ހިތު ތެރޭގައި ބުރުޖަހަމުން ދިޔައެވެ. ކިތަންމެ އަނގައިން ބުނާ ހިތް ވިޔަސް އަހަރެންނަކަށް އެންމެ ލަފްޒެއް ވެސް ބޭރުކޮށެއް ނުލެވުނެވެ. އަހަރެންގެ ދުލުގައި މީހަކު ހިފަހައްޓާފައިވާ ފަދަ އެވެ. އަހަރެންނަށް ވަމުން ދިޔަ ގޮތުން ކައިރީގައި އިން ތާތު އިނީ ހައިރާންވެފަ އެވެ. އޭނާގެ މޫނުމަތިން ހާސްކަން ވެސް ފެނެއެވެ. ވަރަށް ބާރަށް ނިކުމެގެން ގޮސްފައި ދެން އައީ މަންމަ ގޮވައިގެން ނެވެ. އަހަރެންނަށް އެތެރެއަށް ވަތް މަންމަ ފެނުމާ އެކު އެނދުން ތެދުވެ އެ ދިމާލަށް ދުއްވައިގަތީ މެވެ. އަދި ވަރަށް ބާރަށް މަންމަގެ ގައިގައި ބައްދާލީ މެވެ. އެ ހިސާބުން އަހަރެން މި އޮއް ހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގެން ހިނގައްޖެ އެވެ. ތިއްކަކަށް ފަހު ތިއްކެކެވެ. އަޑުން އަޑުނަގާފައި ރޮވެން ފެށުނީ ހިތަށް ކުރި ފުން އަސަރުން ނެވެ. މަންމަވެސް އަހަރެންގެ ގައިގައި ބައްދާލުމަށްފަހު ރޯން ފެށި އެވެ. މަންޒަރުގެ ހިތްދަތިކަމުން ތޯއްޗެކެވެ. މަންޒަރު ބަލަން ދުރުގައި ހުރި ތާތު ވެސް ހުރީ ފެންކަޅިވެފަ އެވެ. މަޑު މަޑުން އަހަރެން ދުރުކޮށްލަމުން މަންމަ އެދުނީ އަރާމުކޮށްލަން ދިއުމަށެވެ. އަދި އަހަރެންގެ އަތުގައި ހިފަަހައްޓައިގެން ހުރެ ގެނެސް އެނދުގައި ބާއްވާލި އެވެ. މަންމަ އިށީނީ އަހަރެންގެ މަގަތުގައެވެ. އަދި މަޑު މަޑުން އަހަރެންގެ ބޮލުގައި އޯގާތެރި ކަމާއެކު ފިރުމަމުން ދިޔައެވެ. މަންމަގެ ފުރަތަމަ ބީހިލުމުން ވެސް އަހަރެންގެ ހިތަށް ލިބިދިނީ ހިތްހަމަ ޖެހުމެވެ. އިހްސާސް ކުރެވުނީ ރައްކާތެރި ކަމެވެ. މިއިން ދުވަހަކުވެސް އިހްސާސް ނުކުރެވޭ ވަރަށެވެ. މަންމަ އަހަރެންގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔަ ވަރަކަށް އަހަރެންގެ ބޮލަށް ބަރުވެގެން ގޮސް އަހަރެންނަށް ދުވަހަކުވެސް ނުނިދޭހާ އަރާމުކޮށް ނިދިއްޖެ އެވެ. * * * * * * * * * * * * * * * ” ޖާޒިމް… ކޮބާ…؟ ޖަޒްލީ ފެނުނު ތަ..؟ ” ދޮރުން ވަތް ޖާޒިމް ފެނުމާ އެކު ސިޓިންރޫމްގައި އިން ޝަޒިއްޔާ އަށް އަހާލެވުނީ ހާސްކަމާއެކު އެވެ. ޖާޒިމްއަށް ކަރު އެލުވާ ލެވުނީ ޖަޒްލީ އެއް ނުފެނުނޭ ބުނާނެހާ ހިތްވަރު އޭނާގެ ކިބައިގައި ނެތުމުން ނެވެ. ނަމަވެސް ޖާޒިމްގެ މި އަމަލުން ޝަޒިއްޔާއަށް އޭގެ މާނަ ނަގައި ގަނެވުނު ފަދައެވެ. ” ނޫން… ނޫން…” ދެން ފެނުނީ ޝަޒިއްޔާ ހޭނެތިގެން ވެއްޓުނު ތަނެވެ. ޖާޒިމް އަށް ދުއްވައިގަނެވުނީ ޝަޒިއްޔާ އާ ދިމާލަށެވެ. މިއީ ރޭއްސުރެންވެސް އޭނާގެ ހާލަތެވެ. * * * * * * * * * * * * * * – ރޭގައި… ޖާޒިމް އާއި ޝަޒިއްޔާ ކޮޓަރީގައި ތިބީ ޖަޒްލީގެ ޕާޓީ އޮތުމުން ނުނިކުންނާށެވެ. ދެ މީހުން ވާހަކަ ދައްކަން ތިއްބާ މީހަކު ދޮރުގައި ޓަކި ޖެހުމުން ގޮސް ދޮރުހުޅުވީ ޝަޒިއްޔާއެވެ. ” ދައްތާ… ޖަޒްލީ އެބަ އުޅޭތަ…؟ ” އަރީޝާ ވާހަކަ ދެއްކީ ކޮޓަރިތެރެއަށް ބޯ ދިއްކޮށްލަމުން ނެވެ. މޫނު މަތިން ހާސްކަން ފެންނަމުން ދިޔައެވެ. ” ޖަޒްލީ އޭ… ޖަޒްލީއެއް ނާދޭ މި ކޮޓަރިއަކަށް… ” ޝަޒިއްޔާއަށް ލިބުނު ހައިރާންކަމާއި އެކު ބުނެވުނެވެ. […]
ވަށައިގެންވީ މާ ގަސްތައް ފެނުމުން ހިތަށް ބިރުވެރިކަން އިހްސާސް ކުރެވެން ފެށީ ވަކި ވަރަކަށް ނޫނެވެ. ވަށައިގެން މުޅި ތަނަށް ނަޒަރު އުކެންފެށީ އަރީޝާ ކޮންމެސް ސަމާސާ އެއް ކުރަނީ އޭ ހިތަށް އެރުމުން ނެވެ. ފަސް ވަރަކަށް މިނެޓު އެތާ ހޭދަވި އިރުވެސް އަރީޝާގެ ހިލަމެއް ނުވިއެވެ. މަޑު މަޑުން އެތަނުން ނިކުތުމަށް ހިނގައިގަތް ވަގުތު އަހަރެންގެ ކަންފަތް ދޮށުގައި މީހަކު ވައި އަޑުން އަހަރެންނަށް ގޮވާލުމުން ފަސް އެނބުރި ބަލާލީމެވެ. މި ފަހަރު އެއީ ހީ އެއް ނޫނެވެ. އަހަރެންނަށް ހަމަ ޔަޤީނެވެ. އަހަރެންގެ ކަންފަތް ކައިރިން އެމީހެއްގެ ހޫނު ނޭވާ އިހްސާސް ކުރެވުނެވެ. ބަލާލި އިރު އެކަކުވެސް ފެންނަން ނެތުމުން ބިރުވެރިކަމާއި ވަސްވާހުން ފުރިފައިވި އަހަރެންގެ ހިތް ހީވީ ދެންމެ ދެންމެ މޭ ފަޅާފައި ނުކުމެ ދާނެ ހެންނެވެ. ދެ ފައިގައި ހުރި ބާރެއްލާފައި ދުއްވައިގަނެވުނީ ގެއާ ދިމާލަށެވެ. އެތަނުން ނުނިކުމެވެނީސް މީހަކު އަހަރެންގެ ފައިގައި ހިފާ ވައްޓާލިކަން އެނގުނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ. އަހަރެންނަށް ހޭލެވުނު އިރު އަހަރެން އޮތީ އެނދެއްގައި އޮށޯވެ އެވެ. ވަށައިގެން މީހުން ހަރަކާތްތެރި ވަމުން ދިޔަ އިރު އަހަރެންގެ ކައިރީގައި ކޮޅަށް އަހަރެން ދުވަހަކުވެސް ނުދެކޭ މީހަކު ހުއްޓެވެ. މީހެކޭ ބުނުމަށް ވުރެ ރަނގަޅު ވާނީ ޒުވާން ކުއްޖެކޭ ބުނިއްޔާ އެވެ. ކޮންމެ އަކަސް އެއީ ވަރަށް ރީތި ކުއްޖެކެވެ. ފުރިހަމަ އިސްކޮޅަކާއި ހެޔޮ ވަރުގެ ހަށިގަނޑެއް ލިބިފައިވާ އެކުއްޖާ ގެ އުނަގަނޑާ ހަމައަށް ހުރި ފަން ރީތި އިސްތަށިގަނޑު ވައިގެ ހަމަލާތަކަށް ކެތްނުކުރެވިގެން ދެ ކޮޅަށް ވިހުރެމުން ދިޔައެވެ. ލައިގެން ހުރީ ފައި ތިލަ ފޮރުވޭ ވަރުގެ ދިގު ކަޅު ހެދުމެކެވެ. ބޮޑު ލޮލެއް ލިބިފައިވާ އެކުއްޖާގެ ކަޅި އިނީ ވިލު ނޫ ކުލައިގަ އެވެ. ގަދަ ފިޔާތޮށި ކުލައިގެ ތުނި ތުންފަތުން އޭނާ އަހަރެންނަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލި އެވެ. ” ހޭ… އަހަރެންގެ ނަމަކީ ތާތު… ލޯބިން ކިޔާ އުޅެނީ ތޫ… ޖަޒްލީ ބޭނުމިއްޔާ ޖަޒްލީވެސް އެހެން ކިޔަން ވީ… ” ތާތު އަމިއްލައަށް ތައާރަފް ވީ އިރު އަހަރެންނަށް އިނދެވުނީ މޫނުގައި ސުވާލު މާކެއް ޖަހައިގެން އޭނާ އާ ދިމާލަށް ބަލަހައްޓައިގެން ނެވެ. އެންމެ ކުޑަ މިނުން ހިނިތުންވެލަންވެސް އަހަރެން ހަނދާނެއް ނެތެވެ. ” ހޭ… ” އަހަރެންނަށް ހޭވެރި ކަމެއްވީ ތާތު އަހަރެންގެ މޫނުމަތީގައި އަތް ހޫރާލުމުން ނެވެ. ” އަމް… ކިހިނެއް އަހަރެންގެ ނަން އިނގުނީ… ” އެންމެ ފުރަތަމަ އަހަރެންގެ ހިތަށް އައި ސުވާލު ކޮށްލީމެވެ. އެއްޗެއް ތަޅައިގެން ދިޔަ ފަދަ އަޑެއް އިވުމުން އަހަރެން އެ ދިމާލަށް ބޯ އަނބުރާލީމެވެ. ތަބަކެއް ހިފަހައްޓައިގެން ހުރި އެމީހާ ހުރީ ތާތު އެކޭ އެއްފަދައިން ކަޅު ދިގު ހެދުމެއް ލައިގެން ނެވެ. ތަފާތަކީ އޭނާ ހުރީ މޫނު ބުރުގާ ފާޑު އެއްޗެއް އަޅައިގެން ނެވެ. ލޮލުން ފެށިގެން މަތި ފެންނަން އޮތް އިރު އިސްތަށިގަނޑު ވެސް އޮތީ ހާމައަށް ފެންނާށެވެ. އޭނާ ހުރީ އަހަރެންނާ ދިމާލަށް ބަލަން ހުއްޓުން އަރާފައެވެ. އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ހުއްޓެވެ. ނަމަވެސް އަހަރެން ބަލާލުމުން ނޫން ކަމަށް ހެދެމުން ތަޅައިގެން ގޮސްފައިވާ ބިއްލޫރިކޮޅު ތައް ނެގުމައިގެން މަޝްއޫލު ވެެެެއްޖެ އެވެ. ” ވިއަރޑް… ” އަހަރެންގެ ހިތަށް އެރި އެތި ދުލުން ބޭރުކޮށް ލެވުނުކަން ރޭކާލީ ތާތު އަހަރެންނާ ދިމާލަށް ދެ ލޯ ހަނިކޮށްލަމުން ބަލާލީމަ އެވެ. ދުލުން ބޭރު ކުރެވުނު ބަސް އަލުން އަނބުރާ ގެނެވޭނެ ނަމަ އޭ އެވަގުތު އަހަރެންގެ ހިތަށް އެރި އެވެ. ހިތަށް އައި އެއްޗަކުން އަނެއްކާވެސް މުޅިތަން ވަށާ ބަލާލެވުނީ މަންމަ އާއި ބައްޕަ ފެނިދާނެ ކަމުގެ އުއްމީދުގަ އެވެ. ނަމަވެސް އެވެގެން ދިޔައީ ހަމަ އެކަނި އުއްމީދަކަށެވެ. މަންމަ އާއި ބައްޕަ ނުފެނުނު ތަނުގައި އެތާ އަހަރެން ދަންނަ އެކަކުވެސް ނެތެވެ. އެހެން މީހުން އެމީހެއްގެ އަމިއްލަ މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔައެވެ. އެއްފަހަރުވެސް އެއިން މީހެއްގެ ކަޅި އަހަރެންނަށް އަމާޒު ނުވާތީވެސް އަހަރެންގެ ހިތުގައި ސުވާލު އުފެދިއްޖެ އެވެ. ނަމަވެސް އެ ސުވާލު ހިތުގައި ބާއްވާލީ ފަހުން އެނގިދާނެ ތާ އޭ ހިތަށް އަރުވާލަމުން ނެވެ. […]