Skip to content
އެސްފިޔަ

އަޒްކާ

“މަޑުކޮށްބަލަ!” އަޒާން ބާރުބާރަށް ހިނގައިފައި އައިސް އައިކާއާ އަރައި ހަމަކުރިއެވެ. “އެއްޗެއް ބޮވިފަތަ؟” “ހާދަ ބާރަކަށޭ ތިޔަ ހިނގަނީ!”

 

“ނަމާދު ވަޤުތައް ފިހާރަތައް ބަންދު ކުރާނެ، ހަމަ ނޭނގެނީތަ؟” އައިކާ ބުނެލިއެވެ. ހަމައެއާއެކު އައިކާގެ ހިނގުން އިތުރަށް ބާރުކޮށްލިއެވެ. ހީވަނީ އެމަށް ދަހިވެގެން ދުވެފައި އަންނަ ކަންނެއްޔެއް ހެނެވެ. “މާލެ އެރިތާ މިހާރު ހަފްތާއެއްހާ ދުވަސްވީ އަދިވެސް ހިނގަންވީ ގޮތް ބުނެދޭން ޖެހޭނީ މަށަށް ދޯ؟” އައިކާ އިތުރު ގާބުރިއެއް އަޒާންއާ ދިމާލަށް އެއްލިއެވެ.

 

“ވަރެއްގެ އަންހެނެކޭ ދޯ؟” ޕިސް ކަނޑާލަމުން، އަޒާން ބެލީ އައިކާއާ އެއްވަރަށް ހިނގޭތޯ އެވެ. މަޖީދީ މަގުން މަންދު ކޮލެޖް ކުރިމައްޗެވެ. މަގުގެ އަނެއް ފަރާތު ދުވާރު މަތީ ހުއްޓިލައިގެން ހުރި ލޯބިލޯބި އަންހެން ކުއްޖެއް ފެނިފަ، އައިކާއަށް ކެތެއް ނުވިއެވެ.

 

އެ ކުއްޖާ ހުރީ އެކަންޏެވެ. އެހެންކަމުން އެކުއްޖާއާ ވާހަކަ ދައްކާލަން ގާތަށް ދާން އައިކާ ބޭނުންވިއެވެ. ފެންނަ ފެނުމުން އުމުރުން ފަސް އަހަރުގެ ކުއްޖެކެވެ. ލައިގެން ހުރި ޗާލު ހެދުމާއެކު ކުއްޖާގެ ލޯބިކަން އުތުރިއަރައެވެ. ހީވަނީ ކާޓޫނެއްގައި އުޅޭ “ބާބީ” އެއް ހެންނެވެ.

 

“އަޒާން، ބަލާބަ އެހެރަ ލޯބިގަނޑެއް، ހިނގާބަ އެކޮޅަށް” އަޒާންގެ އަތުގައި ހިފައިގެން އައިކާ ހިނގައިގެން ވަޤުތެވެ. ޞުބުޙާނަ ﷲ އެވެ. ފެނިގެން ދިޔަ މަންޒަރުން އައިކާގެ ހިތް ކުދިކުދިވި ކަހަލައެވެ.

 

އެ ތުއްތު ލޯބި ކުއްޖާގެ ގައިގައި ޖެހިގެން ދިޔައީ މަތިން ވެއްޓުނު ސިމެންތި ގޯންޏެކެވެ. އެވަޤުތު އެކުއްޖާގެ މަންމަ އެތާހުރި ފިހާރައަކުން ނުކުމެ ހަޅޭއްލަވައިގަތެވެ. “ދަރިފުޅާ… އަޒްކާ…” އެވަޤުތު އެހިސާބުގައި ތިބި ބަންގާޅިންތަކެއް އައިސް އެ ދެމައިންނަށް އެހީވިއެވެ. އަދި ޓެކްސީއެއްގައި ވަޤުތުން އެ ތުއްތު ދަރިފުޅު ހޮސްޕިޓަލަށް ގެންދެވުނެވެ.

 

އެރޭގެ 8 ގެ ޚަބަރެވެ. ޚަބަރު ބަލަން ތިބި އައިކާއާ އަޒާން އިންތިޒާރު ކުރަމުން އެދަނީ އެ ތުއްތު ކުއްޖާއާ ގުޅޭ އެއްވެސް ހަބަރެއް ކިޔާތޯއެވެ. “މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ގޯންޏަކުން ޖެހި، އަނިޔާވި ކުއްޖާ، ދާދި ދެންމެއަކު އައިޖީއެމް ހޮސްލިޓަލުގަައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ ކަމަަށް އެ ކުއްޖާގެ އާއިލާއިން ބުނެފި” އިވިގެން ދިޔަ ޚަބަރާއެކީ އައިކާއާއި އަޒާނަށް ރޮވުނެވެ. ލޮލުން ކަރުނަ ހިލާލިއެވެ.

 

ކުރާނީ ކީއްހެއްޔެވެ؟ ކޮންމެ މީހެއްގެ ވެސް އަޖަލު ހަމަވުމުން ދުނިޔެ އަޅާ ދާންޖެހޭނެއެވެ. މަރުވާނެ އިރެއް، މަރުވާނެ ތަނެއް، މަރުވާނެ ގޮތެއް ހަމަ އެކަކަަށް ވެސް ނޭނގެއެވެ. މިއީ ދުނިޔެ ހިނގާ އުސޫލެވެ.

 

ނޯޓް: މިއީ 2018 ވަނަ އަހަރު މާލޭގައި ހިނގި ހިތާމަވެރި ހާދިސާއެއްގެ ހަނދާނުގައި ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައާ އަސްލު ހާދިސާއާ ނުގުޅުވުން އެދެމެވެ . ސަބަބަކީ، މިއީ ހާދިސާ ހިނގާފައިވާ ގޮތަަށް ނުވުމުންނެވެ. މިވާހަކައިގެ ހާދިސާ އެތުރުމުގައި އަޅުގަނޑު ބޭނުންކުރީ އަމިއްލަ ހިޔާލުތަކެވެ.

 

Comments (19)

  1. solano

    foohsey dhw

  2. Zidhan #LiyaaKujjaa

    Alhuganduge Vaahathakah Abadhuvess Inthizaarukuraa Loabivaa Kiyuntherinnahshaai, Alhuganduge Vaahakathah Kamunudhiyas Kiyun Huttaanulevey Kiyuntherinnahshaai! Vaahaka kiyumah loabikuraa adhi liyumah loabikuraa hurihaa faraaiythakah au aharuge heyoedhunthah fonuvaahaalu bunameve. Dhuvaskolhakah namavess kiyuntherinnaa dhurah jehilevunythee maafah edheme. Alhuganduge inthizaaruga thibi kiyuntherinneyve, alhugandu enburi miaee’eve.
    Varah Loabivey! #Salam

  3. Sara?

    Zidhern varah bodah maafah edhen…
    Haadha inthizaareh kohffeemey zidhern ge story akah finally vaahaka up v
    Varah reethi ingey
    Dhen kon iraku aa vaahaka eh kiyaalan libeyny
    Masha allah ❤???? v molhu
    ❤❤??????
    Waittingg for another storyy….

    1. Zidhan #LiyaaKujjaa
      Sara?

      It’s ok. Message kurahche. Miss you too!

      SOON story eh upvaane IA! ?❤

  4. Angel

    Foohi

  5. Zidhan #LiyaaKujjaa

    ❤❤❤

  6. anooooooo?

    maasha allah vrh reethi story eh
    zeck ah ingeytha zeck vaahaka nuliyaane kamah vrh dheravi
    but now happy
    zeck ragalhu thr
    keep it upp
    waiting for another story

    1. Zidhan #LiyaaKujjaa
      anooooooo?

      Alhamdhulillaahi! Haalu Rangalhu! adhi v Miss anu! Message eh kollahche. Phone change vegen miulheny! ❤

      9877233 (In case you lost)

  7. teacher

    nice to story… dhen faharakun dhigu kohlahchey… gud luck…

  8. AZKA

    BRO HABARU LIYAN VEENU. KEKEKEKE

    1. Suvaalumaaku
      AZKA

      Mashah ves feney..khabaru liyann

    2. mmnhrr
      AZKA

      yesh yesh zidhaan has the talent to write anything so to be honest no wonder he can write both strys and news ❤❤❤❤❤

    3. Zidhan #LiyaaKujjaa
      AZKA

      I’m already a journalist duh. I spent quater of the day to write news!

  9. Dheem

    amazing story. ammila hiyaalan liyu neemaa maa reethi

  10. anooo?

    whattt!!!!
    you really know me
    i didn’t even talk to you
    i found the name zeck in comments and i like that nick name so i have called yuh like that nothing special why yuh would miss me
    sorry zidhan i am really sorry for this
    i write the name anoooo? not to confuse yuh
    is there a friend of yurs that called anooo
    seriously the name anooo is not even a name that is related to me i have seen that name in a story of yurs and in comments so i also write like that wanna tell something really that comment is my first comment to esfiya but i always read yur stories itss so nice maasha allah

  11. anooo?

    butt nw i wanaa to be friends i got yurs num also so insha allah i will txt but only when i got my mums phone oook
    anyways zeck ragalhu thr

  12. Zack ey ?

    Keke ?????????????????? boehalaaku ???????????

  13. lam

    vrh salhi…

  14. Vikovikko

    Wow??

Comments are closed.