Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިކުރުވާހަކައެހެނިހެން

ހިތި ހުވަފެން

Allura Level 110 Stories
January 18, 2019 2 Mins Read
2 Comments

‍‍‍‍‍‍‍‍”ﷲއަކުބަރު!” ސިރާގެ ހަށިގަނޑު ކުއްލިއަކަށް ކޮޅަށް ޖެހުނު އިރު މަންޒަރު ތަފާތެވެ. ނަފުސަށް ވެސް އޮތީ ސަލާމަތްތެރިކަމެކެވެ. ތަން ހަމަހިމޭންވެފައި ފަނޑެވެ. ހަމަނުޖެހުމެއްގެ އަޑެއްބަޑެއް ނެތެވެ. ފެތުރިފައިވި ހާސްކަން ހަމައަކަން އެޅެން ފެށުނެެވެ. އޭނާ އަށް ދެންމެއަކު އެ ފެނުނީ ހުވަފެނެއްކަން ޔަގީވުމުންނެވެ. އެހެނެއްކަމަކު ހިތުގައިވި އުދާސްކަމެއް ނުފިލުވުނެވެ. ފެނުނު ހުވަފެން ރަނގަޅުނޫން ވުމުންނެވެ. އަދި އެ ހުވަފެނުގެ ފަހަތުގައި ނޭދެވޭ ތަޢުބީރެއް އޮވެދާނެ ކަމަށްޓަކައެވެ.

އެ ރެއަކު އިތުރަކަށެއް ނުނިދުނެވެ. ނަސީބަކުން ހޭލެވުނީ ވެސް ފަތިސް ބަންގިއާ ކައިރިކޮށެވެ. އެހެންކަމުން ބަންގިގޮވަންދެކަން ކުރުސި ކިޔައިގެން ދެ ލޯ ހުޅުވައިގެން އޮއެވުނީ އެވެ. އަދިވެސް ފެނުނު ހުވަފެނުގެ ފިކުރުގައެވެ. އާންއެކެވެ. އެ ވާންވާނީ ޝައިތާނާގެ އަމަލަކަށެވެ. އޭގައި އަސްލެއް ނުވާނެ އެވެ. ކުރެވުން އޮތީ ހަމައެކަނި އުންމީދެވެ.

ނަމާދުކޮށް ޤުރުއާން ކިޔަވާ އޮފީހާ ގުޅުންހުރި ބައެއް މަސައްކަތްތައް ނިންމާލުމަށަފަހު ހެނދުނުގެ ސަޔަށް ބޮޑުކޮޓަރި އަށް ނުކުތެވެ. އެއިރު މަންމަ އިނެވެ. އިސްލާމީ ފޮތެއް ކިޔާށެވެ. އިސްއުފުލާ ބަލައިވެސް ނުލަ އެވެ. ސިރާ ވެސް އަޑެއް ބޭރުނުކޮށް ވަދެގަތީ ކާގެ އަށެވެ. އެއިރު އޭނާގެ ހަގު ކޮއްކޮ, މީރާ ސައިބުއިމަށް މޭޒުދޮށުގައި އިނެވެ.

” ހޭތް ސިސް, ވަޓްއަޕް” މީރާ އޭނާގެ އާންމު ރާގު ބޭރުކުރި އެވެ. އިނގިރޭސިން ވާހަކަދެއްކުމަށް އޭނާ ވަރަށް ލޯބިކުރެއެވެ. ކިޔަވަމުންދަނީ ގުރޭޑު ނުވައެއްގަ އެވެ. ނަމަވެސް އިނގިރޭސި ފެންވަރު ގުރޭޑަށްވުރެ މައްޗެވެ.

“ބަންދު ދުވަހެއް އައިއްސިއްޔާ ބަދިގެއަކުން ނުނިކުމެވޭ, ދޯ” ސިރާ ޖައްސާލުމުގެ ގޮތުން ފޫހިރާގަކަށް ބޭރުކުރި އެވެ. ކަރަންޓުޖަގުން ފެން ހޫނުކުރުމަށް ޖައްސަމުންނެވެ. އެއިރު މީރާ އިނީ ޕާންފޮއްޗެއްގައި ކުރަމްޕީ ކާތާށެވެ.

“ސޯ ވަޓް. ފަލައީ ހަމަ ތުއްތައެއްނު. ހެހެ”

އެއީ ތެދެކެވެ. އަދި އަހަރެން ހުރީ ޖަދަލުކުރުމުގެ މޫޑެއްގައެއް ނޫނެވެ. ސީރިއަސް ވެވުނެވެ.

“އެނގޭތަ, ރޭގައި އަހުރެންނަށް ބިރުގަންނަ ފަދަ ހުވަފެނެއް ފެނިއްޖެ. މީހަކުގެ ގައިގައި އަލިފާން ހިފައިގެން އުޅެނިކޮށް.” މޭޒު ދޮށުގައި ހުރި ގޮނޑިއެއްގައި ޖައްސާލަމުން  ބޭއިޚުތިޔާގަައި ކަހަލަގޮތަކަށް ބުނެދެވުނެވެ. ހިތުތެރޭގައި ބޭއްވުމުން ކުރަމުންދިޔަ ނުތަނަވަސްކަމަށް ކުޑަ ލުޔެއް ލިބުނެވެ.

“ޔާ ރައްބީ. ތިޔަފަދަ ހުވަފެންތައް ބޭރުނުކުރުމަށް ބައްޕަ ބުނަނީ. ކީއްވެތަ ތި އަޅުގަނޑަށް ކިޔައިދިނީ.” މީރާގެ އަޑުގައިވީ ހަމަޖެހުމުގެ ރާގެކެވެ. އަދި ކުޑަ ސުކޫންތަކަށް ފަހު ވާހަކަ ދައްކަން ފެށި އެވެ.

“އެކަމަކު ބޭނުންވަންޏާ ކިޔައިދީބަލަ. ހުވަފެނުގައި އަނިޔާލިބިގެން އުޅުނީ ކާކައްތަ. އެ މީހަކު މަރުވިތަ.”

“އެހެންނެއް ނޭނގެ. ކޮންމެވެސް ނުދަންނަ މީހެއް. މަރެއް ނުވޭ.” އަހުރެންނަށް ކުރެވެމުންދިޔަ ނުތަނަވަސްކަން އިތުރުވި އެވެ. މި ހުވަފެން ހިތުން ފުހެލަން ބޭނުންވި އެވެ.

“މީއްކޮ ބުނިހެން އަޅާނުލިއްޔާ ރަނގަޅުވާނީ. ބުނަން, މިއަދު ހެނދުނު މެޝިނަށް ހެދުން އަޅާނީ އަހަރެން. ޔޫ ބޭނުމިއްޔާ މެންދުރު އުޅޭ.” ފެށިގަނތް ވާހަކަ އޮއްބާލުމަށް ފަހު ހެނދުނުގެ ސަޔައިގެން އުޅެގަތީމެވެ. މީރާ ‘އޯކޭ’ އޭ ބުނެ ތަނުން ނުކުމެއްޖެ އެވެ.

………

“އެނގޭތަ މިއަދުގެ ހެނދުނު ހަމަ ދެންމެކަހަލަހެން މީހަކު މަރުވެއްޖަކަން.” ކާން ނުފެށި އުޅެނިކޮށް ކޮޓަރިތެރެއަށް އެ ފެތުރުނީ މަންމަގެ އަޑެވެ.

“ދެންމެއަކު ބައްޕަ ގުޅާފަ އެ ބުނީ, ގޭސް ލީކުވެގެން އެ މީހާގެ ގައިގަ އަލިފާން ހިފައިގެންނޯ. އެނގެއެއްނު މި ނާސަރީ އިސްކޫލު ކައިރީގައި ދުވަސްވީ ދެމަފިރިން އުޅޭ ގެޔެއް. ތަންކޮޅެއް ދެރަކޮށް އޮންނަ. ޒުބޭއްތަ އޭނަގެ އަންހެނުންނަށް ކިޔާނީ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައޯ އޮތީ ހަސަންފުޅު.”

“ލާޙައުލަ ވަލާ ޤުއްވަތަ އިއްލާ ބިﷲ.” ހައިރާންކަމުން ފުރިފައިވި ހާލުގައި އަހުރެންގެ ދުލުން ބޭރުކުރެވުނު ހަމައެކަނި ޖުމުލަކީ އެއީ އެވެ. ދުށް ހުވަފެނުގައި ހުރި ތަޢުބީރުވަންތަކަމުގެ ބޮޑުުކަމާއިއެވެ.

(ނިމުނީ)

 

Share Article

Follow Me Written By

Allura

Level 110 Stories

Other Articles

Previous

އަހަރެން

Next

ވިސްނުނީއެވެ.ޓުރެއިލާރ

Next
January 18, 2019

ވިސްނުނީއެވެ.ޓުރެއިލާރ

Previews
January 18, 2019

އަހަރެން

2 Comments!

  1. Blackniqabi says:
    January 19, 2019 at 2:52 pm

    “Fenunu huvafen rangalhu noon vumunneve” badhaluga ‘fenuny rangalhu huvafenakah nuveema eve’ jehi nama thankolheh gulheyne hen heevany. Overall koh vaahaka varah reethi ma sha allah ? ithuru story akah inthizaaru kuran ? kaamiyaabah edhen. Genes dhyfa in goiy varah hiygaimu ?
    Ps.this is my very first comment to this site, since i started to read stories from 2015 ?

    1. Allura says:
      January 19, 2019 at 7:11 pm

      Ookay. Thanks for the suggestion and the comment. Inshallah, will keep postings on.
      And, oh, ur Ps mssg sounds like a joke to me. I hope it is. ?

Comments are closed.



All Right Reserved!